Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (އަށާވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 11, 2020 7 Mins Read
32 Comments

ނިހާ ލިބުމަށްފަހު ނިހާނަށް ބަދަލުތަކެއް އައިސްފިކަން ނިހާންއަށް ފާހަަގަކުރެވިފައިވިއެވެ. އޭނާއަށް މާ ބޮޑަށް އޭނާގެ މާޒީ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާއާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވަނީއެވެ. މާޒީއަށް އަނބުރައި ދާހިތްވަނީއެވެ. ނިހާނަށް މިވަނީ ފަހެ ކޮން ގޮތްތަކެއް ހެއްޔެވެ؟ ޖަމީލާ އާއި ކައިވެނިކޮށް ދަރިއަކު ލިބުމުން އެ ދުވަސްތައް މަތިން ހަނދާން ނައްތައި ނުލެވިގެން މިއުޅެނީ ފަހެ ކީއްވެގެން ހެއްޔެވެ؟

ލިއަމްގެ ހުރިހާ ކަންތައްތަކެއް ނިންމައިލުމަށްފަހު ޒާޔާ ކޮޓަރިއަށް ވަދެ އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. އެއާއިއެކު ޑެސްކްޓޮޕް ބެކްގްރައުންޑްއަށް އެރި ފޮޓޯ ފެނި ޒާޔާގެ ހިތުގައި ޖެހޭގޮތްވިއެވެ. ހިތަށް ތަދުވެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ލެޕްޓޮޕްގެ ޑެސްކްޓޮޕް ބެކްގްރައުންޑްގައި ވީ ޒާޔާ އޭނާގެ މައިންބަފައިންނާއި އެކު ނަގައިފައިވާ ވަރަށް ރީތި ފޮޓޮއެކެވެ. “ބައްޕާ.. ބަލާބަ. ބައްޕަޔާ ނުލާ ދިރިއުޅޭތާ މިހާރު ދެ އަހަރުވީ. މިއޮތް ހުރިހާ ދުވަހު އަހަންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނީ ދުރުހިލޭ މީހެއް. އެކަމަކު އެންމެ ގާތް މީހާއަށްވުރެ ދުރުހިލޭ މީހުން މަށަށް މި އަޅާލަނީ. ކީއްވެތަ އެންމެ ގާތް މީހުން އަހަންނަށް އެހާ ރަހުމް ކުޑައީ؟” އެ ފޮޓޯގައިވި ނިހާންގެ މޫނަށް ބަލަހައްޓައިގެން އިނދެ ޒާޔާ ޝަކުވާ ކުރަމުން ދިޔައެވެ. ބޭރު ދޮރު ހުޅުވައިލެވުނު އަޑަށް ޒާޔާ އަވަސްއަވަހަށް އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިފައި އަވަހަށް ފިލާވަޅު ހަދަން ފެށިއެވެ.

“ސަރޕްރައިޒް.” ލިއަމް ޒާޔާގެ ކޮޓަރިއަށް ވަންނަމުން އޭނާގެ އަތުގައި އޮތް ކޮތަޅު ޒާޔާއަށް ދައްކައިލިއެވެ. “މީ ކޯއްޗެއް؟” ލިއަމްގެ އަތުން ކޮތަޅު އަތުލަމުން ޒާޔާ އަހައިލިއެވެ. “ބެލީމަ ދޯ އެނގޭނީ.”

ޒާޔާ އެ ކޮތަޅުގައި އޮތް ފޮތިގަނޑު ނެގިއެވެ. އެއާއިއެކު ޒާޔާއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ.

“މި.. ލިއަމް ބުނީމެއްނު މިއެއް ނުގަނެވޭނެއޭ.” ޙައިރާންކަން އެކުލެވިފައިވި އަޑަކުން ޒާޔާ ބުންޏެވެ. “ހެހެ. ކުޑަކޮށް ސަރޕްރައިޒް ކޮށްލީ މި. މާދަން ވާނެ ދޯ ތީގެން ހެދުމެއް ފަހަން ގެންދަން… ކޮބާ އެއްޗެހިތައް ކޮޓަރިއަށް ވެއްދިންތަ؟” ޒާޔާ ބޯ ޖަހައިލުމާއިއެކު ލިއަމް ހިނިތުންވެލައިފައި ޒާޔާގެ ކޮޓަރިން ނުކުތެވެ. ޒާޔާ އެ ފޮތިގަނޑު އަލަމާރިއަށް ލައި ފޮރުވުމަށްފަހު އައިސް އަނެއްކާވެސް އެސައިންމެންޓް ހަދަން ފެށިއެވެ. ލިއަމްގެ ސަބަބުން އެވަގުތު ޒާޔާގެ ހިތުގައި އުފެދިފައި ހުރި ހުރިހާ ޝަކުވާއަކާއި އުދާސްތައް އެއްކޮށް ފިލައިގެން ދިޔައެވެ.

ޒާޔާ އެސައިންމެންޓް ހަދަން އިނދެފައި ކުއްލިއަަކަށް ކަމެއް މަތިން ހަނދާންވީ ފަދައަކުން ޓައިޕްކުރުން ހުއްޓައިލެވުނެވެ. މި އޮތް ހުރިހާ ދުވަހު އެ ނަން މަތިން ހަނދާން ނެތިފައި ހުއްޓައި ކުއްލިއަކަށް މިއަދު ޒާޔާގެ ހަނދާނަށް އެ ނަން އައުމުން ޒާޔާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. “މަލައިކާ.. ކޮބާބާ؟”

ފެހި ވިނަތަކުގެ ތެރޭގައި އިންދައިފައި ހުރި ކުލަކުލައިގެ މާތަކުގެ ވަށައިގެން މަލައިކާ އާއި މަލަކާ އުދުހެމުން ދިޔައެވެ. މަލައިކާމެންގެ އިސްކޮޅު މާބުރަކާއި އެއްވަރުވާނޭވަރަށް އެ ޖިންނީން ތިބީ ކުޑަވެލައިގެންނެވެ. މަލައިކާ އުދުހިލައިފައި ގޮސް ފިނިފެންމަލެއްގެ ނިވަލަށް ވަދެ ފިލިއެވެ. އޭރު މަލަކާ މާތަކުގެ ވަށައި ހޯދަމުން މަލައިކާ ހޯދަން އުޅެއެވެ. އެގޮތަށް މިނިވަންކަމާއިއެކު ދެބެން އެތާ އުފާކޮށް ކުޅެ ހަދަމުން ދިޔައެވެ.

އެ ސަރަޙައްދުގައި ދަނޑު ހައްދަން އުޅޭ މީހުންނަށް މަަލައިކާމެން ފެންނާނީ ކުދި ކޮކާތަކެއްގެ ސިފައިގައެވެ. އެއީ މަލައިކާމެން މާ ބޮޑަށްވެސް ކުދިވެފައި އެމީހުނަށް މަލައިކާމެން ދުރުން ފެންނާތީއެވެ.

މަލައިކާ ވަނީ މި ވޭތުވެދިޔަ ދެ އަހަރުތެރޭ ޒާޔާ އާއި ގުޅިގެން ހިނގި ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދަން ވަރަށް މަސައްކަތް ކޮށްފައެވެ. އެކަން ކާމިޔާބުވެފައިވިއެއްކަމަކު މަލައިކާ އަށް އަދިވެސް އެންމެ ބޮޑު ސިއްރެއް އެނގިފައެއް ނެތެވެ. މަލައިކާ އަދިވެސް އިންތިޒާރު ކުރަމުން އެ ދަނީ ޒާޔާ އެނބުރި ރަށަށް އަންނާނެ ދުވަހަކަށެވެ.

މަލަކާ އުދުހިލައިފައި ގޮސް ޖައްވަށް އެރުމުން މަލައިކާ އުދުހިލައިފައި ދިޔައީ ޒާޔާގެ ގެއަށެވެ. އަދި ޒާޔާގެ ކޮޓަރިއާއި ވީ ދިމާލަށް ގޮސް އެތާ އިން ކުޑަދޮރުގައި އިން ހަނި ދޭތެރެއަކުން އެތެރެއަށް ދެމިގަތެވެ. ޒާޔާ ދިޔުމަށްފަހު މަލައިކާ އާންމުކޮށް ދިރިއުޅެނީ ޒާޔާގެ ގޭގައި ޒާޔާގެ ކޮޓަރިތެރޭގައެވެ. މަލައިކާ ނިހާން އާއި ޖަމީލާއަށް އޭނާ އެގޭގައި އުޅޭ ކަމުގެ އެއްވެސް ހިލަމެއް ވިޔަކަ ނުދެއެވެ. އެ ކޮޓަރިތެރޭ މަލައިކާ އުޅޭއިރު އެކި ރޭރޭ މަތިން ޒާޔާއާއި އެއްކޮށް ޖެހި ސަކަރާތުގެ މަތިން މަލައިކާ ވަރަށް ހަނދާންވެއެވެ. މަލައިކާ އަށް ޒާޔާ ދެކެވެނީ އޭނާގެ އެކުވެރިޔަކަށްވުރެ ބޮޑަށް އޭނާގެ ކޮއްކޮއެއް ގޮތަށެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަލައިކާ ރީތިވެލައިގެން ރަށުތެރެއަށް ނުކުތެވެ. ރަތްކުލައިގެ ދިގުހެދުމެއްގައި މަލައިކާ ހުރިއިރު އޭނާ ހީވަނީ ރަތް ފިނިފެންމަލެއްހެނެވެ. މިރޭ އެއްވެސް އިންސާނަކަށް މަލައިކާ ފެނުނިއްޔާ މޮޔަވާނެކަން ގައިމެވެ. މަލައިކާ މިރޭ ހުރީ އެހާވެސް ރީތިކޮށެވެ. މަލައިކާގެ ދިގު ދިގު އިސްތަށިގަނޑުވެސް ބިންމަތީގައި ކޭއްތެމުން ދެއެވެ. މަލައިކާގެ މިޞްރާބަކަށްވެފައިވީ އެއްކަލަ ދަނޑުގައި ހައްދައިފައި އޮތް ކުޑަކުޑަ ބަގީޗައެވެ.

ދަނޑުތެރެއަށް ވަދެގެން ގޮސް މަލައިކާ އެއްކަލަ ބަގީޗާ ތެރެއަށް ވަދެގަތެވެ. މާތަކުގައި އޭނާގެ ތުނި އިނގިލިތަކުން ބީހިލަމުން ދިޔައިރު މަލައިކާގެ އިނގިލިތަކުގައި އެ މާތަކުގެ މީރުވަސް ހަރުލަމުން ދިޔައެވެ. މަލައިކާ މަޑުމަޑުން ހިނގައިލައިފައި ގޮސް މާތަކުގެ ތެރޭގައި އިށީންދެލިއެވެ.

ދަންވަރުގެ މި ހަމަހިމޭން ވަގުތު އުޑުމަތިން ރޭގަނޑުގެ ރާނީ ރަސްކަން ކުރަމުން ދިޔައެވެ. ހަނދު ވަށައިގެން ޖަވާހިރުތަކެއް ފަދައިން ތަރިތައް ވިދާ ބަބުޅަމުން ދިޔައެވެ. އުޑުމަތީގައިވި ތަރިތަކާއި ހަނދަށްވުރެ މަލައިކާގެ މޫނު މާ އަލިކަމަށް ދައްކައެވެ. މަންޒަރު ބަލައިލަން އަންނަ މީހަކު ތަރިތަކާއި ހަނދަަށްވުރެ ބޮޑަށް ބަލަން ބޭނުންވާނީ މަލައިކާގެ މޫނަށް ބަލަން ކަންނޭނގެއެވެ. “ދިސް އިސް މައި ހެޕިނެސް. އަލްޙަމްދުލިއްލާހް.” މަލައިކާ އާއި ދާދި ގަތުގައި އިން ފިނިފެންމަލެއްގެ ފިޔަތަކުގައި ބީހިލައިފައި މަލައިކާ މާތަކުގެ ތެރޭގައި އޮށޯވެލިއެވެ. އޭރު މަލައިކާގެ ތުންފަތުގައި ވަނީ އިންސާނެއްގެ ހިތް ކަތިލެވޭނޭފަދަ ރީތި ހިނިތުންވުމެކެވެ. މަޑުމަޑުން މަލައިކާ އޭނާގެ ދެލޯ މަރައިލިއެވެ. މަލައިކާ ބޭނުންވީ މިރޭ މާތަކުގެ ތެރޭގައި ނިދައިލާށެވެ.

މެންދަމުން އަލިވެ މިހާރު ތިނެއް ޖަހައިފިއެވެ. އެނދުގައި ދެފަރާތަކަށް ފުރޮޅެން ނިހާން އޮތެވެ. އޭނާއަށް މިރޭ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވެއެވެ. ދެލޯ މަރައިލާއިރަށް އޭނާގެ ދެލޯ ކުރިމަތިން ޒާޔާ ސިފަވާހެން ހީވެއެވެ. ޒާޔާ ރުއި ރުއިމުގެ އަޑު އަދިވެެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދާ ކަހަލައެވެ.

ނިހާން އެންމެ ފަހުން އެނދުން ތެދުވެ އެނދުގައި އިށީނެވެ. ފުންކޮށް ދެތިން ނޭވައެއް ލުމަށްފަހު ސައިޑް ޓޭބަލް މަތީ ހުރި ފެންފުޅިން ފެންފޮދެއް ނިހާން ބޮއެލިއެވެ. ނިހާން ތެދުވެ ނިހާ ނިންދަވަން ބާއްވައިފައި އޮތް ކޮށި ކައިރިއަށް ދިޔައެވެ. ނިހާގެ މޫނަށް ނަޒަރު ހިިންގައިލުމާއިއެއްކޮށް ނިހާން އަށް ސިފަވީ އޭނާގެ ދަރިފުޅު ޒާޔާއެވެ. ނިހާ ނިދައިލައިފައި އޮންނައިރު ޒާޔާ އާއި ވަރަށް ވައްތަރެވެ. ނިހާން މަޑުމަޑުން ނިހާގެ ނިއްކުރީގައި ފިރުމައިލުމަށްފަހު ކޮޓަރީގައި ހުރި އަލަމާރި ކައިރިއަށް ދިޔައެވެ.

އަލަމާރި ހުޅުވައި އެތަނުން ތަޅުދަނޑި ނަގައިގެން ނިހާން ތަޅުލައިފައި ހުންނަ ކަބަޑު ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތް ފޮތެއް ނަގައިގެން އައިސް ނިހާން އެނދުގައި އިށީނެވެ. އަދި އެ ފޮތް ހުޅުވައި އޭގައިވި ގަނޑުތައް އުކަމުން ގޮސް ޒާޔާގެ ފޮޓޮއެއް ލައިފައި އޮތް ގަނޑު ހުޅުވައިލިއެވެ. އެ ފޮޓޯ ނަގައިފައި ނިހާން އެ ފޮތް ލައްޕައިލިއެވެ. އެ ފޮޓޯގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު އެ މޫނުމަތިން މައުސޫމްކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. މަކަރުވެރިކަމުގެ އެއްވެެސް ސިފައެއް އެ މޫނުމައްޗަކުން ނުފެނެއެވެ.

ޒާޔާގެ ފޮޓޮއަށް ބަލަހައްޓައިގެން އިންދައި ނިހާންގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ޒާޔާ ނެތުމުން ނިހާން ހުންނަނީ ފާޑަކަށް ފޫހިވެފައެވެ. ދިރިއުޅޭ ހިތެއްވެސް ނުވަނީއެވެ. ކިރިޔާވެސް ނިހާނަށް އެ ކެތްކުރެވެނީ ނިހާ ހުރުމުންނެވެ.

ނިހާން ޒާޔާ ގެއިން ނެރެލި ދުވަސް އިއްޔެ ވީ ކަމެއް ފަދައިން ނިހާންގެ ސިކުނޑި ތެރޭ އެނބުރެމުން ދިޔައެވެ. އެ ދުވަސްތައް ހަނދާންވީވީހެން ނިހާނަށް އެއް ކަމެއް ފާހަގަ ކުރެވުނެވެ. އެއީ ނިހާން ހަޅޭއްލަވައިގަތުމާއިއެކު ޒާޔާ އުއްފު އޭ ވެސް ނުބުނެ ގެއިން ނުކުމެގެން ދިޔަ ގޮތެވެ. ޒާޔާގެ އެ ޢަމަލުންވެސް މައިންބަފައިންގެ ބަހަށް ކިޔަމަންތެރިވާކަން ނިހާނަށް އެނގުނެވެ.

ކޮންމެއަކަސް ނިހާނަށް މިހާރު ވާނުވާ އޮޅިއްޖެއެވެ. ޒާޔާ ‘ކުރި ނުބައި ކަންތަކަށްފަހު’ ވެސް ނިހާނަށް ޒާޔާގެ ކިބައިން އެއްވެސް ވަރަކަށް ގޯސް ސިފައެއް ފާހަގައެއްނުވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކުއްލިއަކަށް ޒާޔާ ހޯދުމަށް ނިހާންގެ ހިތުގައި ޝައުގުވެރިކަން އުފެދިއްޖެއެވެ. އޭނާގެ ދަރިފުޅު އެފަދަ ކަމެއް ނުކުރާނެކަމަށް ހިތް ބުނަން ފަށައިފިއެވެ. އަތުން ނޫނަސް ނިހާންއަށް ޒާޔާއަށް މި ދެވުނީ ވަރަށް ބޮޑު އަނިޔާއެއްކަމަށް ނިހާންގެ ހިތް ބުނަން ފަށައިފިއެވެ.

ކޮންމެއަކަސް އޭނާގެ ދަރިފުޅު އަލުން ހޯދުމަށް ހިތުގައި ޢަޒުމެއް ކަނޑައަޅަމުން އެ ފޮޓޯ ފޮތުގެ ތެރެއަށް ލައި އެ ފޮތް ފޮރުވިއެވެ. އަދި އަލަމާރީގެ އެ ކަބަޑު ތަޅުލުމަށްފަހު ނިހާން އެނދުގައި އޮށޯވެލިއެވެ. އިސާހިތަކު މާ ގިނައިރުތަކެއް ނުވެ ނިހާނަށް ނިދިއްޖެއެވެ.

އިންޑިއާއިން ފުރައިގެން އައި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސީ ފަތިހުގެ ހިތްފަސޭހަ ވަގުތުގައެވެ. މީހުންތަކުގެ ތެރެއިން ދެމިގަންނަމުން މަތީން ބޯއްޓުން އަވަހަށް ފޭބިއެވެ. ދެއަހަރު ފަހުން އަނެއްކާވެސް ރާއްޖެ އާދެވުމުން މަތީންގެ ހިތަށް ލިބިފައިވީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

އެއަރޕޯޓުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައި މަތީން ފޮށި ހިފައިގެން އެއަރޕޯޓުން ނުކުތެވެ. ދުރުން އައި ޓެކްސީއެއް ހުއްޓުވައިފައި މަތީން އެދުނީ އޭނާ މާލެ ގެންގޮސްދިނުމަށެވެ. ޑްރައިވަރަށް ފައިސާ ދިނުމާއިއެކު އިސާހިތަކު ކާރު ސިނަމާލެ ބްރިޖާއި ދިމާލަށް މިޞްރާބު ޖަހައިފިއެވެ.

ފަތިސް ނަމާދުކޮށްލައިގެން ލިއަމް ނުކުމެ ޒާޔާ ކޮބައިތޯ ބަލައިލިއެވެ. ސިޓިންގް ރޫމްގައާއި ބަދިގޭގައި ޒާޔާ ނެތުމުން ދެން ލިއަމް ދިޔައީ ޒާޔާގެ ކޮޓަރިއަށެވެ. ކޮޓަރީގައިވެސް ޒާޔާ ނެތުމުން ލިއަމް ކޮޓަރިއަށް ވަދެ އެ ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަނި ބަލައިލިއެވެ. އޭރު ޒާޔާ ބެލްކަނީގެ ރެއިލިންގް ގައި އަތް އަޅުވައިލައިގެން ހިނިތުންވެލައިގެން ދެލޯ މަރައިލައިގެން ހުއްޓެވެ. ހީވާ ގޮތުން ތާޒާ ވައި ލިބިގަންނަނީއެވެ. ޒާޔާ އެހެން ހުންނައިރު ހީވަނީ ދުނިޔެމައްޗަށް ދޫކޮށްލައިފައިވި ހޫރުޕަރީއެއްހެނެވެ. ލިއަމް ހިނިތުންވެލަމުން ބެލްކަންޏަށް ނުކުތެވެ.

“މޯނިންގް.” ލިއަމްގެ އަޑަށް ޒާޔާ ދެލޯ ހުޅުވައިލިއެވެ. އަދި ލިއަމްއަށް ބަލައިލައި ހިނިތުންވެލިއެވެ. “މޯނިންގް ލިއަމް.”

“މިއަދު އަހަރެން އޮފް ދުވަހެއް. ޒާޔާވެސް މިއަދު ކޮލެޖަށް ދާކަށް ނުޖެހެއެއްނު. ނޫންތަ؟”

“އާނ. ނުޖެހޭ.”

“އޭރުން ހިނގާބަ މިއަދު މެންދުރު ދެމީހުންވެގެން މީރު އެއްޗެއް ހަދާލަން ދޯ.” ލިއަމް ދިން ޚިޔާލު ޒާޔާއަށް ވަރަށް ކަމުދިޔައެވެ. ޒާޔާވެސް އެކަމަށް އެކަމަށް އެއްބަސްވަމުން ހަދާނީ ކޯއްޗެއްތޯ އަހައިލިއެވެ.

“ޒާޔާ ބުނޭ. ޒާޔާއަށް މީރުވާނެ އެއްޗެއް ހަދާނީ.” ޒާޔާ ކުޑަ ވަގުތުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ލިއަމް އަށް ބަލައިލިއެވެ. “ހައު އެބައުޓް ޕާސްތާ؟ ވަރަށް ޗީޒީ ކޮށް.” ލިއަމް މަޑު ހުނުމަކާއިއެކު އާނއެކޭ ބުނެލިއެވެ. ދެމީހުންވެސް އިރުކޮޅެއް ވަންދެން ބެލްކަނީގައި ވާހަކަ ދައްކަން ތިއްބެވެ.

ކޮންމެއަކަސް މަތީނަށް މާލެއަށް އާދެވިއްޖެއެވެ. ޓެކްސީއިން ފައިބައިފައި މަތީން އޭނާގެ ފޮށި ހިފައިގެން އޭނާ ދިރިއުޅޭ އިމާރާތާއި ދިމާލަށް ދާން މިޞްރާބު ޖެހިއެވެ.

‘ހ. ވައިޓްރޯސް’ ޢިމާރާތުގެ ކުރިމައްޗަށް ހުއްޓި މަތީން ރަނގަޅަށް އެ ޢިމާރާތަށް ނަޒަރު ހިންގައިލިއެވެ. ކުރިއާއި މިހާރާއި އެ އިމާރާތް ތަފާތުވެފައި ރީއްޗެވެ. ޢިމާރާތުގެ ފާރުތަކުގައި ރެނދު ލައިފައިވި ތަންތަން މިހާރު ވަނީ ރީތިކޮށް ސިމެންތި ޖަހައި ބައްދައި ހަދައިފައެވެ. އަދި އިތުރަށް ރީތިކުރުމުގެ ގޮތުން ރީތި ދަނބުކުލައެއްލައި ހުދު ކުލައިން އެކި ކަހަލަ ފަރުމާތައްކޮށްފައިވެއެވެ.

ޖީބުން އެޕަރޓްމެންޓްގެ ތަޅުދަނޑި ނަގަމުން މަތީން އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ގޮސް މަތީން ހަތްވަނަ ބައިގައި ހުރި އޭނާ ދިރިއުޅޭ އެޕަރޓްމެންޓް ދޮރުކައިރިއަށް ހުއްޓުނެވެ. އަދި ތަޅުދަނޑިން އެތަން ހުޅުވައިލުމަށްފަހު އެތެރެއަށްވަދެ ދޮރު ތަޅުލިއެވެ.

ގިނަ ދުވަސްވެފައިވުމުގެ ސަބަބުން އެޕަރޓްމެންޓް ތެރެ ފެންނަމުން ދިޔައީ ވަރަށް ހަޑިކޮށެވެ. ގިނަ ތަންތަނާއި އެއްޗެހި ހިރަފުސްވެފައި ހުރުމުގެ ސަބަބުން މުޅި އެޕަރޓްމެންޓް ތެރެއިންވެސް ދުވަނީ މެޔަށް ނުބައިކުރުވާ ޒާތުގެ ވަހެކެވެ. އަރާމުކޮށްލަން ބޭނުންވެފައި ހުރެވެސް މަތީން އެންމެ ފުރަތަމަ އުޅުނީ އެތަން ސާފުކުރާށެވެ. ސިޓިންގް ރޫމުގެ އިތުރުން ބަދިގެއާއި އެ އެޕަރޓްމެންޓުގައި ހުރި ދެ ކޮޓަރިވެސް ސާފުކުރަން ޖެހެއެވެ. ނަމަވެސް އެކަން މާ ބޮޑުކަމަކަށް ނުހަދައި މަތީން ފޮށި އެއްފަރާތް ކޮށްލުމަށްފަހު ސާފުކުރާ ސާމާނުތައް ހިފައިގެން އައިސް އެތަން ސާފުކުރަން ފެށިއެވެ.

މާތަކުގެ ތެރޭ ނިދައިލައިފައި އޮތް މަލައިކާ ލޯ ހުޅުވައިލަމުން އެތަނުން ތެދުވިއެވެ. މާތަކުގައި ބީހިލުމަށްފަހު މަލައިކާ ރަށުތެރެއަށް ފޭބިއެވެ. މަލައިކާ ހިނގައިލައިފައި ދާއިރު އެ ދާ ކޮންމެ ތަނެއްގައިވެސް މާތަކުގެ މީރުވަސް ހަރުލައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މަލައިކާ މާތަކާއިއެކު އެތައް ވަގުތެއް ރޭގައި ވަނީ ހޭދަކޮށްފައެވެ. މަލައިކާގެ ހަށިގަނޑު ހީވަނީ މަލުގެ މީރުވަހުން ހުވަނދުލެވިފައިވާހެނެވެ.

“އަފްލާހް. ފަވާޝަތު މާލެ ގެންނަން ހިނގާ.” އަފްލާހު އާލިޔާއޮތް ކޮޓަރިއަށް ވަދެ އާލިޔާ ގާތުގައި އިށީނުމާއިއެކު އާލިޔާ ބުންޏެވެ. އާލިޔާ މިހާރު އެތައް ފަހަރަކު އަފްލާހް ގާތުގައި ފަވާޝަތު ގެނައިސްދިނުމަށް ބުނެފައިވެއެވެ. އެހެނަސް އަދިވެސް އަފްލާހުގެ ފަރާތުން އެކަމަށް އެންމެ އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ.

“ބޮޑުދައިތާ. ފަވާ ވަރަށް އަވަހަށް ގެންނާނަމޭ. ހާސްނުވެބަލަ. އަހަރެންވެސް މި ހުރީއެއްނު ދޯ!” އާލިޔާގެ ބޮލުގައި ފިރުމައިލަމުން އަފްލާހް ހިތްހެޔޮ ރާގަކަށް ބުނެލިއެވެ. އާލިޔާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. އޭނާ އަބަދުވެސް އިންތިޒާރު ކުރަމުން އެ ދަނީ ފަވާޝަތު އޭނާ ގާތަށް މާލެ އަންނާނެ ދުވަހަކަށެވެ. ފަވާޝަތު ނުފެންނަތާވެސް މިހާރު ދެ އަހަރު ވީ ވިއްޔާއެވެ.

މުޅި އެޕަރޓްމެންޓް އެއްކޮށް ސާފުކޮށް ނިންމައިލެވުނުއިރު މަތީން ހުރީ ވަރުބަލިވެ ބަނޑުހައިވެސް ވެފައެވެ. ރެސްޓޯރެންޓަކަށް ގުޅައިގެން ކާއެއްޗަކަށް އޯޑަރ ކޮށްފައި މަތީން ދެން ދިޔައީ ތާޒާވެލާށެވެ.

ރީތިވެލައިގެން ނުކުމެ ސިޓިންގް ރޫމުގައި މަތީން އިންދައި އެޕަރޓްމެންޓުގެ ބެލް އަޅުވައިލި އަޑު އިވުނެވެ. އަވަހަށް ލާރި ހިފައިގެން ގޮސް މަތީން ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރި މީހާ ޕާރުސަލް ކޮތަޅު ދިއްކޮށްލުމުން މަތީން އޭގައި ހިފައިފައި އެ މީހާ އަތަށް ލާރި ދިނެވެ. އެ މީހާ ދިއުމުން މަތީން ދޮރު ލައްޕައިލައިފައި އައިސް އަވަހަށް ކާން ފެށިއެވެ.

ހައިހޫނުކަން ފިލުވައިލުމަށްފަހު މަތީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަދި އެނދުގައި އޮށޯވެލީ އަރާމުކޮށްލަން ބޭނުންވެފައިވި ވަރުންނެވެ.

މަތީން އެހެން އޮތްއިރު އޭނާއަށް ވިސްނެމުން ދިޔައީ ޒާޔާއާއި ދޭތެރޭގައެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި މަތީން ވަނީ ހުރިހާ ކަމެއްގެ ޙަޤީޤަތް އެންމެނަށްވެެސް ހާމަކޮށްދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ޒާޔާ އަށް ނުގުޅުނު ތަނުގައި ޒާޔާގެ އާއިލާ މީހަކާވެސް މަތީނަކަށް ނުގުޅުނެވެ. މަތީން އެންމެ ދެރަވީ އޭނާއަށް ނޭނގި ޖިނާން އެ ހުރިހާ ފޮޓޯތަކެއް ޖަމީލާއަށް ފޮނުވައިލުމުންނެވެ. މަތީނަށް އެކަން އެނގުނީ އޭނާ އިންޑިއާއަށް ފުރިތާ ތިންވަނަ ދުވަހުއެވެ. ޖިނާން އަމިއްލައަށް އެ ހުރިހާ ވާހަކަތަކެއް މަތީނަށް ވަނީ ކިޔައިދީފައެވެ.

ޖިނާން އެ ފޮޓޯތައް ޖަމީލާއަށް ފޮނުވައިލުމާއިއެކު ޖަމީލާ ވަނީ އެ ރަށުގައި ވަަރަށް މަޝްހޫރު ފޭސްބޫކް ޕޭޖެއް ހިންގާ މީހަކާއި އެ ފޮޓޯތައް ޚިއްޞާ ކޮށްފައެވެ. އެ ޕޭޖް މަޝްހޫރުވިއެއްކަމަކު އެއީ މީހުންގެ އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެލަން ހަދައިފައި ހުންނަ ޕޭޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްވެސް ކަމެއްގެ ޙަޤީޤަތެއް ބަލައިލުމެއްނެތި އިވޭހާ ވާހަކަތަކާއި ބުނާހާ ވާހަކަތަކެއް އެ ޕޭޖުގެ ބޮޑުމީހާ އެ ޕޭޖުގައި ޚިއްޞާ ކުރަމުން ދެއެވެ. އެގޮތަށް އެތައް ބައެއްގެ އަބުރާއި ޢިއްޒަތް ވަނީ ކަތިލެވިގެން ގޮސްފައެވެ. ޒާޔާއަކީ އޭގެން އެކަކެވެ.

މަތީނަށް ޔަޤީންވާ އެއްކަމަކީ ޒާޔާ އަދިވެސް ދުނިޔޭގައި އެބަ ހުރިކަމެވެ. އެހެންނޫނީ މީހުންގެ ފަރާތުން ޒާޔާ މަރުވި ޚަބަރުވެސް އޭނާއަށް އިވޭނެތާއެވެ. މަތީން އަށް ނޭނގެނީ ޒާޔާ އުޅޭ ޙާލެވެ. ޒާޔާ މިހާރު ފަޤީރުވެ ނިކަމެއްޗަކަށް ވެދާނެކަމަށް މަތީން ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ޖެހެއެވެ. އޭނާގެ ސަބަބުން ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް އެވަނީ އަތުން ނޫނަސް ވަރަށް ބޮޑު އަނިޔާއެއް ދެވިފައެވެ.

ހެނދުނު ގަޑިން ނުވައެއް ޖެހުމާއިއެކު ލިއަމް އާއި ޒާޔާ އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ނުކުތީ ކާން ދާށެވެ. ރެސްޓޯރެންޓަކަށް ގޮސް ދެމީހުން ސައި ބޮއެލައިގެން ދެން ދެމީހުން ދިޔައީ މެންދުރަށް ކައްކަން ބޭނުންވާ ސާމާނުތައް ގަންނާށެވެ. އެއްޗެހި ގަނެވުމާއިއެކު ދެމީހުން ގެއަށް އައިސް އެއްޗެހިތައް ބަަހައްޓައިފައި ދިޔައީ ހިނގައިލާށެވެ.

ޓީޝާޓެއް އިސްތިރިކޮށްލައިގެން ނުކުމެ މަތީން އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ނުކުތީ މާލެ ތެރެ ބަލައިލައި ސައިކަލު ބުރެއް ޖަހައިލުމަށްޓަކައެވެ. އިމާރާތުން ނުކުމެ އިމާރާތާއި ތަންކޮޅެއް ދުރުގައި ޕާކްކޮށްފައިވި ސައިކަލު ކައިރިއަށް މަތީނަށް ދެވުނު ވަގުތު އޭނާއަށް ވަރަށް ދަންނަ މީހެއް ފެނުނުހެން ހީވިއެވެ. މަތީން އަށް އޭނާގެ އިޚްތިޔާރުން ބޭރުގައި އެމީހެއްގެ ފަހަތުން ހިނގައިގަނެވުނެވެ. އެ މަޑު މުށިކުލައަކަށްދާ އިސްތަށިގަނޑު ފެނުމުން އެއީ އޭނާ ކުރިން ދެކެފައިވާ މީހެކޭ ހިތަށް އެރިއެވެ. އަދި ވަކިން ޚާއްޞަކޮށް އެ ކުއްޖާ ހިނގާ ގޮތުން އެއީ މަތީނަށް މީގެ ކުރިން ފެނިފައިވާ ކުއްޖެއްކަމަށް ޔަޤީން ކުރެވެން އުޅުނެވެ.

މަތީނަށް ރަނގަޅަށް އެއީ ކޮން ކުއްޖެއްކަން ޔަޤީންވީ އެ ކުއްޖާ ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. “ޒާޔާ!” އެ ކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަތީނަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ބީޓީއެސް އެންޑް ބެންޓަން ގަރލްސް (ޓްރެއިލަރ #2)

Next

ނޭދެމޭ ވަކިވުމެއް-10

Next
September 11, 2020

ނޭދެމޭ ވަކިވުމެއް-10

Previews
September 10, 2020

ބީޓީއެސް އެންޑް ބެންޓަން ގަރލްސް (ޓްރެއިލަރ #2)

32 Comments!

  1. ?LamHaa? says:
    September 11, 2020 at 6:07 am

    V reethi Maasha allah
    Curiously waiting for nxt part dear

    1. Dhonthy says:
      September 11, 2020 at 6:55 pm

      LamHaa 🙂 🙂 🙂 Thank you so much. And yes! Keep waiting curiously for the next episode 😀 <3 <3

  2. ⛦Xoya⛧ says:
    September 11, 2020 at 9:41 am

    Mi part varah interesting. Curiously waiting for the next part. Sorry comment nukureveythy. Btw hurihaa part ehves kiyaalan. Varah cool story eh. ??????? stay safe.

    1. Dhonthy says:
      September 11, 2020 at 6:57 pm

      Xoya 🙂 🙂 🙂 Thank you so much dear. It really means a lot. It’s totally okay Xoya comment nukurevuniyas 😀 😀 😀 And yes! Keep waiting for the next episode. Once again thank you so much Xoya. Stay home and stay safe <3 <3 <3

  3. ⛦Xoya⛧ says:
    September 11, 2020 at 9:46 am

    Hey dhonthy don’t stop writing story. Pleaaaaaaaaaaaaaaase. We love your stories. ???????

    1. Dhonthy says:
      September 11, 2020 at 6:59 pm

      Xoya 🙂 🙂 🙂 Story liyun huttanulaa weythw balaanan inge 🙂 🙂 Don’t worry. you can read more of my stories in future Insha Allah 😀 😀 😀 <3 <3 <3

  4. R¥N says:
    September 11, 2020 at 10:05 am

    Dhonthy ????????maashaa Allah ????????????????????mi part ves v salhi ???????????????????????????varah interesting ???????????????curiously waiting for the nxt part ????????????????????????
    ???LYSSM ???
    ???TC ???
    ???BE SAFE ???

    1. Dhonthy says:
      September 11, 2020 at 7:01 pm

      RYN 😀 😀 😀 😀 😀 <3 <3 <3 <3 Thank you so much dear. vvv ufaawejje 😀 😀 😀 And yes! Keep waiting curiously for the next episode 😀 😀 😀 Take care and stay safe. Love you too <3 <3 <3 <3 <3

  5. Noo_ra says:
    September 11, 2020 at 10:25 am

    Varah Varah reethi mi part ves.. Maasha allah ❤️❤️?
    Curiously waiting for the next part ??
    Stay home and stay safe.. ??

    1. Dhonthy says:
      September 11, 2020 at 7:02 pm

      Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiously for the next episode 😀 😀 😀 Stay home and stay safe <3 <3 <3

  6. ❤shyn❤ says:
    September 11, 2020 at 12:26 pm

    Varah reethi mi part ves..good luck dhonthy..??..
    TC
    LYSM ♥️♥️♥️

    1. Dhonthy says:
      September 11, 2020 at 7:03 pm

      shyn 🙂 🙂 🙂 Thank you so much dear. Take care and love you too <3 <3 <3 <3

  7. Ram says:
    September 11, 2020 at 1:24 pm

    Maasha allah vvvvvv reethi mibai ves next part please❤❤❤❤❤?????????

    1. Dhonthy says:
      September 11, 2020 at 7:04 pm

      Ram 🙂 🙂 🙂 Thank you so much dear <3 <3 <3

  8. Aishwarya says:
    September 11, 2020 at 6:44 pm

    Love it

    1. Dhonthy says:
      September 11, 2020 at 7:05 pm

      Aishwarya 🙂 🙂 🙂 Thank you so much dear 😀

  9. maasha says:
    September 11, 2020 at 9:20 pm

    Nice waiting for next part?

    1. Dhonthy says:
      September 11, 2020 at 10:44 pm

      maasha 😀 😀 😀 Thank you so much dear. And yes! Keep waiting for the next episode <3

  10. yooha says:
    September 11, 2020 at 10:15 pm

    Varah varah reethi maasha allah you are the best
    Keep doing your work
    Curiously waiting for next part☺️??

    1. maasha says:
      September 12, 2020 at 11:26 am

      Are u yooha hassan

    2. maasha says:
      September 12, 2020 at 11:27 am

      Who is maash

    3. Dhonthy says:
      September 12, 2020 at 2:16 pm

      Yooha 🙂 🙂 🙂 Thank you so much dear 😀 vvv ufaawejje <3 <3 And yes! Keep waiting curiously for the next episode 😀 😉 🙂 🙂 <3 <3 <3

  11. Sadha says:
    September 11, 2020 at 11:35 pm

    Wow wow wow wow … mi part vx vrh salhi…. alhe avahah nihaan ah e hurihaa kameh bust vaanama… dhonthy u r the best writer… ?ma sha allah … i cant wait for next part ..?. love you❤

    1. Dhonthy says:
      September 12, 2020 at 2:17 pm

      Sadha 😀 😀 😀 Thank you so much dear. vv ufaawejje mi comment kiyaafa 😀 😀 😀 😀 Nihaan au adhi bust waaneyey inge just keep waiting 😛 😛 ;P Love you too Sadha <3 <3 <3

  12. maasha says:
    September 12, 2020 at 11:24 am

    Sadha yooha kobaa tha mee aishath maasha e

  13. maasha says:
    September 13, 2020 at 7:49 pm

    Dhonthy I can’t wait make it fast plz????

    1. Dhonthy says:
      September 14, 2020 at 12:20 am

      maasha 🙂 🙂 🙂 Dhonthi au ebai liyevunuhaa avahakau upload kolladheynan inge. Keep waiting 🙂 😀 😀 <3

  14. ?KIMSAMUEL? says:
    September 14, 2020 at 10:12 am

    Yowwwwwww ? Wowwwwwwwwww ? Mi part vess varah habeysss ?? I’m dying to read next part ?? When is next part coming up ?? kim can’t wait to know what happens next ? Keep up the guud wrk dhnthyy ????❤️✨

    1. Dhonthy says:
      September 14, 2020 at 7:17 pm

      KIMSAMUEL 🙂 🙂 🙂 Thank you so much dear. v ufaawejje mi comment kiyaalaafa 😀 😀 😀 Next part mihaaru liyamun mi gendhanee. Iraadhakurevviyyaa v avahau upload kolladheynan 🙂 Once again thank you so much dear 🙂 🙂 <3 <3

  15. maasha says:
    September 14, 2020 at 7:26 pm

    Dhonthy avas plz I CAN’T WAIT aslu dhonthi liyefa hunah vahaka eh kiyafee aamu moya vaane meehaku hama keedhey bunaa nee ahaa ves reethi

  16. maasha says:
    September 14, 2020 at 7:27 pm

    Dhonthy avas plz I CAN’T WAIT aslu dhonthi liyefa hunah vahaka eh kiyafee aamu moya vaane meehaku hama keedhey bunaa nee ahaa ves reethi hama dhonthi buneema wait kuranee

  17. ☆ޝަޔާން☆ says:
    October 13, 2020 at 9:36 pm

    V. Reethi ingey mi vaahaka ??

Comments are closed.

Next Episodeޒާޔާ (ނަވާވީސްވަނަ ބައި)←


All Right Reserved!