ލޯބިންއކުގާ (11)
އެދުވަހު އެށްކޮށް ސަކަރާތުގައި އުޅުމަށްފަހު ރޭގަނޑުވުމުން ކައިގެން ހުރިހާއެންމެން ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. ޒަޔާން ލެޕްހިފައިގެން އިނީ އައިނާ ފާހަނާއަށް ވަނުމުންނެވެ. އައިނާގެ ފޯން ވައިބްރޭޓް ވުމުން ޒަޔާން ނަގާބަލައިލި ވަގުތަކީ އައިނާފާހަނައިން ނިކުތްގަޑިއެވެ. “ހޭ ލަވް.. މިސިންގްޔޫ” މެސެޖުގައި އޮތެވެ. މެސެޖް ކިޔާލުމަށްފަހު ޒަޔާންއައިނާއަށް ބަލައިލީ ޖަވާބެއް ބޭނުމޭ ބުނާފަދައިންނެވެ. އައިނާއައިސް ފޯނުބަލާލުމާއެކު ދެލޯބޮޑުވިއެވެ. ސޭވްކޮށްފައި ނެތަސް އެއީ އިމާދުގެ ނަމްބަރުކަން އައިނާއަށް އެނގެއެވެ. މިހުރިހާދުވަހު އިމާދުގެ ހަބަރެއް ނުވެއެވެ. ދެންމިގޮތައް މެގެޖް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. “ނުދަންނަ ނަމްބަރެއް.. ވެދާނެ އޮޅިގެން ކަމަށް” އައިނާ ހުއްޓަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އިމާދުގެ ވާހަކަ ކިޔައިދޭން އައިނާ ފަސްޖެހެނީއެވެ. ޒަޔާންއަށް އެގިއްޖިއްޔާ އޭނަ ނުބައިގޮތަކަށް ދެކެފާނެއެވެ. މެސެޖް ކޮށްފައިން ގޮތުންހީވަނީ ވަރަށް ގާތް މީހެއްހެނެވެ. އައިނާގެ މޫނަށްބަލާލަމުން ޒަޔާންއެނބުރި އޭނަގެ މަސައްކަތައް ދިޔައަސް ވިސްނެނީ އެމެސެޖާ ދޭތެރޭގައެވެ. ހަމަ ނުދައްނަ މަބްބަރަކުން އެގޮތައް މުސެޖްކޮށްފާނެ ބާއެވެ. އައިނާ އުނދަގުލުން އެހެންބުނުމުން ޒަޔާން އިރުރަށް ވިސްނިއެވެ. އެހެނަސް އެހުރިހާކަމެއް ބޮލުންނެރެލީ އައިނާއަށް އިތުބާރު ކުރާތީއެވެ. ދިރިއުޅުމުގައި އިތުބާރަކީ ކިހާބާރުގަދަ އެއްޗެއްކަން ޒަޔާންއަށް އެނގެއެވެ. އައިނާ ނިދަން ދިޔައިރުވެސް ޒަޔާން ލެޕްކައިރީގައި އިނެވެ. އައިނާ ހާސްވަމުންދިޔައީ އިމާދުގެ މެސެޖެއް ލިބުމުންނެވެ. އޭނާ ނަމްބަރު ބަދަލުކޮށްގެން އުޅެނިކޮށް އިމާދުއަށް ނަމްބަރުލިބުނީ ކިހިނެއް ހެއްޔެވެ. އައިނާއެހެން ވިސްނަން އޮތީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ.
………
ޒަޔާންއަށް ހޭލެވުނި އޭނާގެ ފޯންރިންގުވާ އަޑަށެވެ. ފޯނުކަންފަތުގައި ޖެހުމާއެކު ފަރީދާގެ އަޑުއައެވެ. “ކޮބާތަ އައިނާ އަދިނުތެދުވޭތަ؟ ސަންސެޓް ބަލަންދާން ކިޔާފަ ނުހޭލެވުނު ދޯ..” ޒަޔާން ބަލައިލީ އެނދުގައި ނިދާފައޮތް އައިނާއަށެވެ. ތުއްތުކުއްޖަކު ނިދާ ފަދައިން އައިނާއޮތީ ނިދާފެވެ.. “ހެހެ.. ދޮންތާ ދެން މިއަދު ޒަޔާންއަށް ދޭންވީނު.. އިއްޔެ އުޅުނީ ދޮންތައާ އެކުގައެއްނު..” ޒަޔާން އެހެންބުނުމުން ފަރީދާ އެންމެރަނގަޅޭ ބުނެ ފޯނުބޭއްވިއެވެ. ޒަޔާން އައިނާގެ ކައިރިއަށް އެނދަށް އެރިއެވެ. ނިދާފަ އޮންނައިރު ހާދަ ރީއްޗެވެ. ރީނދޫކުލައިގެ ޓީޝާޓެއް ލައިގެން މުޅިރަޖާ ގަޔާލާ އޮޅާލައިގެން އައިނާއޮތްއިރު ކުޑަކުއްޖަކަށް ދޫނުކުރެއެވެ. ޒަޔާން އައިނާއާ ކައިރިވެލިއެވެ. އައިނާގެ ބޯގެނެސް އޭނާގެ އަތްމަތީ ބާއްވަމުން ކުޑަކޮށް ބައްދާލިއެވެ. އައިނާއާ މިހާކައިރީގައި އުޅޭއިރު އޭނަގެ އިހްސާސްތައް ކޮންޓުރޯލް ކުރަނީ ވަރަށް ހިތްވަރުންނެވެ. އައިނާގެ ނުރުހުމުގައި އައިނާއާ ކައިރިވާކަށް ޒަޔާން ބޭނުމެއް ނޫނެވެ. ޒަޔާންލޯ މަރާލީ އިތުރަށް ނިދާލުމުގެ ބޭނުމުގައެވެ. އައިނާއާ މިހާކައިރީ އޮވެގެން ޒަޔާންނިދާ މީފުރަތަމަ ފަހަރެވެ. ގޭގަ އޭނަނިދަނީ ލިވިންރޫމުގަ ހުންނަ ސޯފާގައެވެ. އެނދުގަ ނިދާރެއަކަސް އައިނާ އެދެމެދުގައި ބާލީސްޖައްސާނެއެވެ. އެކަންހަނދާންވުމުން ހިނިތުންވެލަމުން އޭނާގެ ފޯނުނަގާ ފޮޓޯއެއް ނެގިއެވެ. ފޯންބާއްވަމުން އަނެއްކާވެސް ލޯމަރާލީ ނިދޭތޯއެވެ. އައިނާލޯހުޅުވާލުމާއެކު ފުނުނީ ނިދާފައޮތް ޒަޔާންއެވެ. އެވަގުތު އައިނާގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. ދެލޯމަރާލުމަށްފަހު މަޑުމަޑުން ފައިގެއިނގިލި ކުރި ޖައްސަމުން ހިނގަމުންދިޔައީ ޒަޔާން ހޭލާފާނެތީއެވެ. ފާހަނާއާ ހަމައަށް ނުދެވެނީސް ބާރުގަދަ އަތަކުން އައިނާ ހައްޔަރު ކޮށްލިއެވެ. އައިނާގެ ހަރަކާތް އެށްކޮށް ހުއްޓުނީ އޭނާގެ ކަންފަތާ ކައިރިވެލަމުން ޒަޔާން ގުޑްމޯނިންގް އޭ ބުނުމުންނެވެ. ޒަޔާން އައިނާއާ ކުޑަކޮށް ކައިރިވެލުމުން އައިނާ ފުންމައިގެން ދުރަށް ދިޔައީ ފައިކައިރީގައި އޮތް ކުރަފި ފެނުމުންނެވެ. އައިނާއަށް މާބޮޑަށް ވިސްނާނުލެވުނަސް ޒަޔާން ހީކުރީ އޭނަކައިރިވުމުން އައިނާ ރުޅި އައީ ކަމަށެވެ. އެހެންކަމުން ސޮރީއޭ ބުނުމަށްފަހު އަލުން ގޮސް އެނދުގައި އިށީނިއެވެ. އައިނާ ޒަޔާން ދިޔައިމަ ނުތަނަވަސް ވިއެވެ. އެހެނަސް އައިނާއަށް އިތުރަށް ވާހަކަ ދައްކަން ނުކެރުމުން ފާހަނައަށް ވަނީ އެކަމުގެ ސަބަބުން ނިކުމެދާނެ ކަމަކާ ދޭތެރޭ ނުވިސްނުމުންނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ޒަޔާންމެން ރިސޯޓައް އައިތާ ފަސް ދުވަސް ވީއެވެ. މިދުވަސް ތަކުގައި ޒަޔާންއުޅެނީ އައިނާއާ ތަންކޮޅެއް ދުރުންނެވެ. އައިނާއަށް މިކަމުން ފަޅުކަން އިހުސާސް ވެއެވެ. އެހެންނަމަވެސް ޒަޔާންގާތު އޭނާ ޒަޔާންގެ ސަމާސާއަކަށް ބޭނުންވާކަމަށް ބުނާނީ ކިހިނެއްހެއްޔެވެ. ކިތަމެ ސަކަރާތް ޖަހާފަ އުޅުނަސް ޒަޔާން ފެނުމުން އައިނާ މަޑުޖެހެއެވެ. ޒަޔާން ފެނުމުން މާބޮޑަށް ލަދުގަންނަނީއެވެ. ޒަޔާންހީކޮށްގެން ހުރީ އައިނާކުރީގެ ގޮތައް ބަދަލުވީކަމަށެވެ. އެމީހުންގެ ކަންކަމަށް ވަރަށް ކައިރިން ފާރަލަމުން މީހަކު އުޅޭކަމެއް އެމީހުނަކަށް ނޭންގެއެވެ. “އަހަރެން ބޭނުންވަނީ އެންމެ ޗާންސެއް.. އޭރުން އެކަން ނިންމާލާނަން.. އައިނާ މަގޭ ފައިބުޑަށް ވެއްޓޭވަރު ކޮށްލާނަން..” އިމާދު ވާހަކަދައްކަމުން ދިޔައީ އޭނާގެ އެކުވެރި ރާޝިދާއެވެ. ރާޝިދު ދަނީ އައިނާމެންގެ ކަންކަން އިމާދުއަށް ކިޔައިދެމުންނެވެ. “ކިރިޔާ ޗާންސެއް ލިބުނަސް އަހަރެން ގުޅާނަން” އެހެން ބުނުމަށްފަހު ރާޝިދު ފޯނުބޭއްވީ ނުލަފާހިނިތުން ވުމަކާ އެކީގައެވެ.
ޒަޔާން އޭނާގެ މަންމަ ކައިރީ އިންދާ ރާދުގެ ފޯނެއްއައީ އޮފީސް ޑޮކިއުމެންޓުތަކަކަށް ވީގޮތް ނޭންގުމުންނެވެ. އެ ޑޮކިއުމެންޓްސް ތަކަކީ ވަރަށް މުހިއްމު ޑޮކިއުމެންޓްސް ތަކެކެވެ.އެކެންކަމުން ޒަޔާން މާލެދިއުމަށް ނިންމިއެވެ. އެހާ ބައިވަރު ޑޮކިއުމެންޓްސް އަށް ވީގޮތް ނޭންގުނުނަމަ ކޮމްޕެނީއަށް ފޫނުބެދޭ ފަދަ ގެއްލުމެއް ލިބިދާނެއެވެ. ޒަޔާން އޭނާގެ ލެޕް ބަލައި އައިއިރު އައިނާ އިނީ ރީތިވާށެވެ. އައިނާކައިރީ މާލެދާންޖެހޭ ކަމަށް ބުނަމުން ލެޕްހިފައިގެން ޒަޔާން ދިޔައީއެވެ. އައިނާކުޑަކޮށް ދެރަވިއެވެ. މިރެއަކީ ޒަޔާންއާ އިންފަހުންއަންނަ އޭނާގެ ފުރަތަމަ އުފަންދުވަހެވެ. އެހެންކަމުން ޒަޔާން ދިއުމުން އައިނާގެ މޫޑް ބަދަލުވީއެވެ.
………
އައިނާ ކޮޓަރީގައި އޮށްވާ މީހަކުއައސް ޓަކި ޖެހިއެވެ. އައިނާ ދޮރު ހުޅުވާލުމުން އައިނާގެ އަތައްދިނީ ކާޑެކެވެ. “އައިވިލް ވެއިޓް ފޯޔޫ އެޓް ބީޗް.. ށާޕް 12 ކަމް ޓުމީ…” އެކާޑުގެ ތިރީގައި ޒަޔާން ޖަހާފައިނެވެ. އައިނާއަށް ހިނިތުން ވެލެވުނެވެ. އަދި އެވަގުތައް އިންތިޒާރު ކުރަން ފެށިއެވެ….
….
12 ޖަންއެހާ ވަގުތު ނެތުމުން އައިނާ ނިކުމެގެން ދިޔައީ ހިނިތުންވެ ހުރެއެވެ. ޒަޔާން ހާދަ ރޮމޭންޓިކޭ ހިތައްއެރިއެވެ. އައިނާގެ ތުންފަތް ހަފާލީ ހިތައް އަރިއެއްޗަކުންނެވެ. މިރޭ ޒަޔާންއަށް އޭނާ ހުރިހާ ވާހަކައެއް ކިޔާދޭނީއެވެ. ޒަޔާން އޭނައަށް ދެރައެއް ނުދޭނެކަން އައިނާއަށް އެނގެއެވެ. މިހާދުވަހު އުޅުނުއިރު ޒަޔާން އޭނާގެ އިތުބާރު ހޯދައިފިއެވެ. އައިނާ މިހާރު ބޭނުންވަނީ ޒަޔާންއާ އެކު އުފަލުގައި އުޅުމަށެވެ. އައިނާއަށް އަތިރިއަށް ނިކުމެވުމާއެކު ފެނުނީ ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައިހުރި މޭޒެކެވެ. އެ މޭޒު ވަށައިގެން ހިތެއްގެ ބައްޓަމަށް ކުދިކުދި އުއްބައްތި ދިއްލާފައި ހުށްޓެވެ. ރެއަކީ ހަނދުވަރުދޭ ރެއަކަށް ނުވުމުން އެހާބޮޑު އަލިކަމެއް ނެތެވެ. އެހެންކަމުން އުއްބައްތީގެ އަލި ފެންނަނީ ހުވަފެނީ ގޮތަކަށެވެ. މޭޒުމަތި ރެޑީ ކޮށްފައިވަނީ ޑިނާއަކަށެވެ. އައިނާއަށް އޭނާގެ މޫނުގައި އަތްއަޅާލެވުނެވެ. މޭޒާތަންކޮޅެއް ދުރުގައި ފުރަގަސް ޖަހައިގެން ޒަޔާންހުއްޓެވެ. މޭޒާ ދުރުގައި ހުރުމުން ޒަޔާން ހުރީ އަނދިރީގައެވެ. އައިނާ ހިނިތުން ވެލަމުން އަވަސްވެފައިވާ ހިތަކާއެކު ޒަޔާންކައިރިއަށް ދިއުމަށް ހިނގައިގަތެވެ.
………
އައިނާ މަޑުހިނގުމެއްގައި އައިސް ޒަޔާން ކައިރީގައި މަޑުކުރިއެވެ. އަނދިރިކަމުން ޒަޔާންގެ މޫނުފެންނަނަނީ ވަރަށް ފަނޑު ކޮށެވެ. އެވަގުތު ޒަޔާން އައިނާކައިރި ކޮށްލަމުން ބައްދާލިއެވެ. އިރުކޮޅަކު އެހެންހުރުމަށްފަހު ޒަޔާން އައިނާ ނުވިސްނާ ހުއްޓާ އައިނާގެ ތުންފަތައް ބޮސްދިނެވެ. އެވަގުތުގެ ނާޒުކުކަމުން އައިނާހުރީ ދެލޯ މަރައިލައިގެންނެވެ. ކުއްލިއަކަށް މީހަކުއައިސް ޒަޔާންގެ ގައިގައި ޖަހާވައްޓާލިއެވެ. އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒަޔާންގައިގަ ޖެހިމީހަކު ބެލުމަށް އައިނާ އެނބުރުމުން އަދިއެއަށް ވުރެ އައިނާ ހައިރާންވިއެވެ. “ޒަޔާން..” އައިނާ ތުރުތުރު އަޅާއަޑަކުން ބުނެލިއެވެ. އޭނަގެ ކުރިމަތީގައި ރުޅިއައިސް ރަތްވެފައި މިހިރީ ޒަޔާންއެވެ. މިއީ ޒަޔާންކަމުގަ ވަންޏާ ދެންމެއޭނަ ކައިރީހުރީ ކާކު ބާއެވެ. އައިނާގެ ސިކުނޑި ރަގަޅަކަށް މަސައްކްތެއް ނުކުރެއެވެ. ވެއްތިފައި އޮތްމީހަކަށް ބަލައިލުމުގެ ކުރިން ޒަޔާން ހަލުވިކަމާއެކު ގޮސް އެމީހާގެ ގިރުވާނުގަ ހިފާނެގިއެވެ. އަދިއެއަށްފަހު އެމީހެއްގެ ގައިގައި ގޮތެއްބަލައިނުލާ ތަޅަންފެށިއެވެ. މޫނުގައާ ބަނޑުގައާ އަދި މުޅި ހަށިގަނޑުގައެވެ. އައިނާ ގަނޑުވެފައި ހުރީއެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުންދިޔައެވެ. އެންމެފަހުން އެމީހަކު ވަރުބަލިކަމާއެކު ބިންމަށްޗަށް ވެއްޓުނެވެ. އެވަގުތު އައިނާއަށް އޭނާގެ މޫނު ރަނގަޅަށް ފެނުނެވެ. “އިމާދު..” އައިނާއަށް ހިތާހިތުން ކިޔާލެވުނެވެ. އެވަގުތު އައިނާގެ ހަށިގަނޑު ތެރޭގައި ތޫފާނެއް އުފެދުނެވެ. އިމާދު މިތާގައި ހުންނަންވީ ކީއްވެހެއްޔެވެ. އަދި އޭނަގައިގަ ބައްދާ ބޮސްދިނީ އިމާދު ހެއްޔެވެ؟؟ ދެން އެހެންވީރު ޒަޔާން މިތަނަށް އައުމަށް ބުނީ ކީއްވެހެއްޔެވެ. އައިނާގެ މޫނުގެކުލަ މަޑު ފެހިކުލައަކަށް ބަދަލުވިއެވެ. މަޑު ތުރުތުރެއް ހަށިގަނޑުގައި ހުއްޓެވެ. ދެން އޭނަ ޒަޔާންއަށް ކިޔާދޭނީ ކިހިނެއްހެއްޔެވެ. އިމާދުވެއްޓުމާއެކު ފައިން އިމާދުގައިގައި ޒަޔާން ޖެހިއެވެ، “ވަޓް ދަ ހެލް.. ” އެހެންބުނުމަށްފަހު އައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޒަޔާންގެ އެތޫނުނަޒަރުން އައިނާގެ ގައިންހީބިހި ނަގައިގެން ދިޔައެވެ. އައިނާއަށް މިއަދު ސަލާމަތެއް ނުވެވޭނޭ ހިތައްއެރިއެވެ. ޒަޔާންގެ އެނަޒަރުން އެކަނިވެސް މީހަކުހަލާކުކޮށްލާފާނެއެވެ. އެހާވެސް އެ ބެލުން ނުރައްކާތެރިއެވެ. އައިނާތުންފަތުގައި ދަތްއަޅާލީ އޭނާގެ ރުއިމުގެ އަޑު ބޭރުވެދާނެތީއެވެ. ޒަޔާން އަިނާގެ މޫނަށް ނުރުހުންވުމާއެކު ބަލާލުމަށްފަހުހިނގައިގަތީ އައިނާއެގޮތައް ހުށްޓައެވެ. އޭރު ޒަޔާންގެ ލޮލުން އަލިފާންކަނި ބުރަމުންދާ ކަހަލައެވެ. އައިނާއަށް ސިހުންލިބި ޒަޔާންގެ ފަހަތުން ދުއްވައިގަތެވެ. އެހެނަސް ޒަޔާންއެކޭ ސުޕީޑްލޯންޗެކޭ އެއްވަރެވެ. އައިނާއަނގަ މަތީ އަތްއަޅައިގެން ޒަޔާންއާދިމާއަށް ދުވަމުންދިޔައީ ޒަޔާންއާ އެއްވަރުކުރުމުގެ ބޭނުމުގައެވެ.
….
އިމާދު ވެލިގަނޑުމަތިން ތެދުވެ ގައިން ވެލިފޮޅާލިއެވެ. އެތްއަތުން ބަނޑުގައި އަތްއަޅައިގެން ހުރިއިރު އަނެއްއަތުން އޭނާގެ އަނގައިގެ އެއްފަރާލުން އައިސްފަހުރި ލޭތައް ފުހެލިއެވެ. މަކަރުވެރި ގޮތަކަށް ހިނިތުންވެލީ އޭނާގެ މަގުސަދު ހާށިލްވާކަމުގެ އިހުސާސް ކުރެވުމުންނެވެ. އިމާދުގެ ޕުލޭންއަކީ އައިނާދެކެ ޒަޔާން ފޫހިކުރުވުމެވެ. އޭނާގެ މަގުސަދަކަށްވީ ޒަޔާންއަށް އައިނާގެ ގޯސްއަމަލެއް ދެއްކުމެވެ. އަމިއްލަ އަނބިމީހާ އެހެންމީހަކާއެކު އެހާގާތްގޮތަކަށް ފެނުމުންކެތްވާނީ ކާކަށް ހެއްޔެވެ. އައިނާއަށް އެއީ އޭނަކަން ނޭންގެނީސް ޒަޔާންއަށް ފެނުމަކީ އިމާދުއަށް ލިބުމު އުފަލެކެވެ. މިގޮތައް ކަންކަން ގެންދަން އޭނަެއަށް މަގުފަހި ކޮށްދިނީ އޭނާގެ ގާތްއެކުވެރި ރާޝިދާއި ފައުޒާއެވެ. ޒަޔާން މާލެގެންދިއުމުގެ ބޭނުމުގައި އެޑޮކިއުމެންޓުތައް ފައުޒާފޮރުވީ އިމާދުގެ އެދުމަށެވެ. އެމީހުންގެ ޕުލޭންއަކީ ޒަޔާން މާލެގެންދިއުމަށްފަހު ޒަޔާންގެ އާއިލާއަށް މިމަންޒަރު ދެއްކުމެވެ. ޒަޔާން ހުރިނަމަ މިކަންކުރަން އުނދަގޫވާނެތާއެވެ. އެހެނަސް ތަގުދީރުވެސް އެމީހުންގެ މިއަމަލަށް އެއްބަސްވިކަހަލައެވެ. ކުޑަމައްސަލައަކާހުރެ ޒަޔާންއަށް މާލެނުދެވުން ވެގެންދިޔައީ އެމީހުނަށް ލިބުމު ހިއްވަރަކަށެވެ. މީހަކު ބުނުމަށްވުރެ އަމިއްލަލޮލުން ފެނުމުން ގަބޫލުކުރަން ފަސޭހަވާނެ އެއްނޫންހެއްޔެވެ. އިމާދުފޯނުނަގަމުން ނަމްބަރަކަށް ގުޅާލީ ވިހަހިނިތުންވުމަކާއެކީގައެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


this stry is Amazing…. keep it up darl….
thankyou zerrnn.. stay safe dear
Vvvvvv reethi keep it up next avahah up kollacchey ???
thankyou unknown queen.. in sha Allah varah avahah up kohlanan.. staysafe