Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (11 ވަނަ ބައި)

ކުޑާ Level 110 Stories
May 13, 2015 4 Mins Read
26 Comments

މާހިލް އޭނާގެ މޫނު ސާޔާގެ މޫނާއި ކައިރިކޮށްލިއެވެ. ސާޔާ މަޑުމަޑުން ދެލޯމަރާލުމާއެކު މާހިލްގެ ތުންފަތުގެ ބީހުން އިހުސާސްކުރެވި މުޅިހަށިގަނޑުގައި ފިނި ރާޅެއް ދުވެލިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ސާޔާއަށް ހުރެވުނީއެވެ. ކުޑައިރުކޮޅަކުން މާހިލް ސާޔާއާ ދުރުވެލާފައި ސާޔާގެ މޫނަށްބަލާލިއިރު އެމޫނުން ފެންނަން ހުރީ ލަދުވެތިކަމެވެ. “އެއްވެސް ކަމެއްވިތަ ސާޔާ.. ނުވެއެއްނު ދޯ ސޯ ޑޯންޓް ބީ އެފްރެއިޑް އިނގޭ ލަވް..” މާހިލް މާ ލޯބިކޮން އެހެން ބުނެލުމުން ސާޔާ ބޯޖަހާލިއެވެ. މިފަހަރު މާހިލް އޭނާއާ ކައިރިވުމުން ދުރުކޮށްލާކަން ނޫޅުނެވެ. މާހިލް ގެ އިސްތަށިގަނޑަށް ސާޔާގެ އަތްތިލަ މަހާލެވިފައި ހުރިއިރު ސާޔާއަށްވެސް މާހިލްއާ ބައިވެރިވެވުނެވެ.

ގެއަށްގޮސް ލޯގަނޑު ކުރިމައްޗަށް އެރިގޮތަށް ސާޔާއަށް މޫނުގައި އަތް އަޅާލެވުނީ ލަދުންނެވެ. މިރޭ އޭނާއަށް އެކުރުވި އިހުސާސަކީ މުޅިން އާ އިހުސާސެކެެވެ. ލޯތްބަކީ ކިހާ ބާރުގަދަ އިހުސާސެއްކަން މިހާރު ސާޔާއަށް އެނގިއްޖެއެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް ސާޔާއަށް އަށާރަ އަހަރު ފުރެން ކައިރިވެއްޖެއެވެ. ސާޔާއަށް އަށާރަ އަހަރު ފުރޭ ދުވަހުގެ ދުވަހަކީ ރަން ކިޔަން ހަމަޖައްސާފައިވާ ދުވަހެވެ.

މާހިލް ބޭރަށްދާން އުޅެފައި މަޑުކޮށްލީ މުފީދާ ބުނެގެންނެވެ.މުފީދާ މާހިލް ކައިރީގައި ގެއަށް ބަޔަކު އަންނަ ވާހަކަ ބުނުމުން މާހިލް އެއީ ކޮންބައެއްތޯ އެހުމުން މުފީދާ އިރުކޮޅަކުން އެނގިދާނެއޭ ކިޔާފައި ނުބުންޏެވެ.

ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި މާހިލް ބަލައިލީ ގޭ ދޮރު ހުޅުވާލާފައި ބަޔަކު ވަތް އަޑަށެވެ. ދޮރުން ވަދެގެން އައި މީހުން ފެނިފައި މާހިލްއަށް ކޮޅަށް ތެދުވެވުނެވެ. “އުޝާ” މާހިލްއަށް އެނަން ކިޔާލެވުނީ ބޭއިޙްތިޔާރުގައެވެ. އުޝާއަކީ މާހިލް ކުޑައިރުގެ ވަރަށްގާތް ރައްޓެއްސެކެވެ.ގިނަ ދުވަސްތަކަކަށްފަހު އުޝާ ފެނުމުން މާހިލް ހުރީ ވަރަށް އުފާވެފައެވެ. އުޝާގެ މަންމަ ޒަރީނާ މުފީދާއާއި ސަލާން ކޮށްލާފައި މާހިލްއަށް ބަލައިލާފައި މިސޮރުވެސް މިހާރު ބޮޑުވެއްޖެދޯއޭ ބުނެލިގޮތުން މާހިލް ކައިރިއަށް ހިނިއައެވެ. މުފީދާ ދެމައިން ކައިރީގައި އިށީންނާށޭ ބުނެފައި ގޭގައި ގެންގުޅޭ ސޯބިރު ކައިރީގައި އެމީހުންގެ ފޮށިތައް މެހެމާނުންގެ ކޮޓަރިއަށް ލުމަށް ބުންޏެވެ. “ޒަރީނާ މި ބައްދަލުވީ ހާދަ ދުވަހެއް ކޮށްފައޭ ދޯ..” މުފީދާގެ މޫނުމަތިންވެސް ފެންނަނީ އުފާވެފައި ހުރި ކަމުގެ ކުލަވަރެވެ. “އާން.. މިފަހަރުވެސް މިއާދެވުނީ މުފީދާ ކިޔާވަރުން.. އުޝާގެ ބައްޕަ ނިޔާވިފަހުން އަދި މި އާދެވުނީދޯ..” ޒަރީނާވެސް މުފީދާގެ ވާހަކައާ އެއްބައިވެލިއެވެ. “ދެން ދޭ ޒަރީނާމެންވެސް ތާޒާވެލައިގެން ކާން އަންނަން.. ދިގު ދަތުރެއް ކޮށްފަ އައީމަ ތިބޭނީ ވަރުބަލިވެފައެއްނު..” މުފީދާ އެހެން ބުނުމުން ޒަރީނާއާއެކު އުޝާ ތެދުވެގެން ދިޔައީ މާހިލް ކައިރީގައި މިއަންނަނީއޭ ކިޔާފައެވެ.

އުޝާމެން ދިޔުމުން މާހިލްވެސް ބޭރަށް ދިޔުމުގެ ހިޔާލުު ދޫކޮށްލާފައި އައިސް ކޮޓަރިއަށްވަނެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލިއިރު ސާޔާ ގުޅާފައި އޮތެވެ. ސާޔާއަށް ގުޅައިގެން އޮވެފައި މާހިލް ފޯނު ބޭއްވީ މުފީދާ ކާން ގޮވުމުންނެވެ. މާހިލް ނުކުތް އިރު އެންމެން ކާމޭޒު ދޮށުގައި ތިއްބެވެ. ކާމޭޒު ދޮށުގައި އެކިއެކި ވާހަކަ ދެކެވެމުން ދިޔައިރުވެސް މާހިލް ކައިވެނީގެ ވާހަކަ ޒަރީނާމެން ކައިރީގައި ބުނާކަން އެކަކުވެސް ހަނދާނެއް ނުވިއެވެ.

މާހިލް ސާޔާއަށް ގުޅާފައި ހަވީރު ރެޑީވެގެން ހުންނާށޭ ބުނެލިއެވެ. ހާއްސަ ފަރާތަކާ ބައްދަލުކުރުވާށޭ ބުނުމުން ސާޔާ ހުރީ އެއީ ކާކުކަން ބަލަން ބޭނުންވެފައެވެ. މާހިލް މިނޫނީ އެއްވެސްމީހަކާ ބައްދަލެއް ނުކުރުވައެވެ. އެހެންވެ އެފަރާތަކީ ވަރަަށް ހާއްސަ ފަރާތަކަށް ވާނެކަން ސާޔާއަށް އެނގުނެވެ. އެހެންވެ  މާހިލް ބުނިގަޑިއަށް ރެޑީ ވެލިއެވެ.

މާހިލް ސާޔާ ގޮަވައިގެން ދިޔައީ މާހިލްގެ ގެއަށެވެ. އެމީހުންގޮސް ވަތްއިރު މުފީދާމެންނާއެކު ސިޓިންގރޫމްގައި ޒަރީނާ އިނެވެ. އޭރު އުޝާވެސް ކޮޓަރިން ނުކުމެގެން އަންނަނީއެވެ. “މާހިލް ތީ ކޮންކުއްޖެއްތަ؟” ޒަރީނާގެ އަޑު އިވުމުން ފޯނަން ނަޒަރު ހުއްޓާލައިގެން އައި އުޝާ އިސް އުފުލާ އެދިމާއަށް ބަލައިލިއެވެ. މާހިލް ކައިރީގައި ހުރި އަންހެންކުއްޖާ ފެނުމުން އުޝާގެ ލޮލުން ފާޅުވެގެން ދިޔައީ ހާސްކަމެވެ. މާހިލް ސާޔާ އަތުގައި ހިފާލައިގެން އައިސް  ޒަރީނާއަށް ސާޔާ ތައާރަފްކޮށްދިނެވެ. ޒަރީނާ ސާޔާއާ ހިނިތުންވެލާފައި ސަލާމް ކޮށްލިއިރު އުޝާއަށް ހުރެވުނީ ހަރަކާތެއް ކުރަން ނޭނގިފައެވެ. މާހިލް އުޝާއަށް ގޮވާލުމުންވެސް އަޑު އިވުނު ކަމަކަށް ނުވިއެވެ. އެންމެފަހުން އުޝާއަށް ހިލަމެއްވީ ޒަރީނާ ތަންކޮޅެއް ބާރަށް އޭނާއަށް ގޮވާލުމުންނެވެ. މާހިލް އުޝާ އާއި ސާޔާ އެކަކު އަނެކަކަށް ތައާރަފް ކޮށްދިނެވެ. އުޝާ ސާޔާއާ ސަލާމް ކޮށްލިއިރު މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ. މިއަންނަނީއޭ ކިޔާފައި އުޝާ ގޮސް ކޮތަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ. ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހިފަހައްޓާލެވުނީ ކޮޓަރިއަށް ވަދެވެންދެނެވެ. އުޝާ ދެލޯ ފޮހެލާފައި ދަބަހުން މާހިލްއާ ދެމީހުން އެކުގައި ނަގާފައި އިން ފޮޓޮއެއް ނަގާފައި އޭގައި ފިރުމާލިއެވެ. އޭނާ މާލެއަށް މިއައީ ހާދަ އުންމީދަކާ އެކުގައެވެ. މާހިލްއަކީ ހަމައެކަނި އޭނާގެ ހައްގެއް ކަމަށް އުޝާ ހީކުރިއެވެ. އުޝާގެ ހިތުގައި މާހިލްގެ ލޯބި އުފެދުނީ ލޯތްބަކީ ކޯއްޗެއްކަން ރަނގަޅަށް ނުވެސް އެނގޭ އިރުއެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން އެ ހިތުގައިވާ ލޯބި އެހެން މީހެއްގެ ހައްގަކަށް ވެގެންދާތަން ބަލަން އުޝާއަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން ހިތްވަރުކޮށްލާފައި މޫނު ދޮވެގެން ބޭރަށް ނުކުމެފައި އުޝާ އުޅުނީ ނެތް ހިތްވަރުންނެވެ. މާހިލްއާ ސާޔާ އެކުގައި ފެނުމުން އުޝާގެ ހިތް ކުދިކުދި ވެއްޖެއެވެ.

ހަވީރު ސައި ނިންމާލާފައި ސާޔާ ގޮވައިގެން ސާޔާ ގެއަށްލާންދާން މާހިލް ނުކުތީ އިރުއޮއްސެން ކައިރިވުމުންނެވެ. މާހިލް ދޫނުކޮން ކިޔަން ފެށުމުން އުޝާވެސް އެމީހުންނާއެކު ދިޔައެވެ. މާހިލް އާއި ސާޔާ ކާރުގެ ކުރީ ސީޓަށް އެރުމުން އުޝާ ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި އެރިއެވެ. ފަހަތުގައި އިނދެގެން މާހިލް އާއި ސާޔާގެ ހަރަކާތްތަކަށް ބެލުނު ވަރަކަށް ހިތުގެ ރިހުން އިތުރުވުން ނޫންކަމެއް ނުވެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެތަން އަހަރެއް ވަންދެން ކުރި ފޮނި އުންމީދުތައް ވިއްސި ވިހާލި ވެއްޖެއެވެ.

އުޝާ މާ މަޑުން އިންނަން ފެށުމުން މާހިލް ސުވާލުކުރިއެވެ. އުޝާ ކަމެއް ނުވެއޭ ކިޔާފައި ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ. “އަހަރެންގެ އެކުވެރިޔާއާ ވާންއުޅޭ އަނބިމީހާއާ ދެމީހުން ފްރެންޑްވާންވާނެއެއްނު..” މާހިލް އެހެން ބުނުމުން އުޝާވެސް ސާޔާ ކައިރީގައި މިހާރު މިފްރެންޑްވެވުނީއެއް ނޫންހޭ ކިޔާފައި ސާޔާއާވެސް ވާހަކަ ދެއްކިއެވެ.

ސާޔާ ގެއަށް ލާފައި ދަމުން އުޝާ ކައިރީގައި މާހިލް ބޯއީފްރެންޑެއް ނުހުރޭހޭ އެހުމުން ހިނިގަނޑެއް ޖަހާލާފައި ނުހުންނަކަމަށް ބުންޏެވެ. “އަހަރެން އަދި ބޯއީ ފްރެންޑެއް ނުހުރޭ.. އެކަމަކު ވަރަށް ބޮޑަށް ލޯބިވާ މީހަކު އެބަހުރި..” މާހިލް އުޝާ ކައިރީގައި އެއީ ކާކުހޭ އެހުމުން ފަހުންދޯއޭ ކިޔާފައި އެހެން ވާހަކައެއް ފެށިއެވެ.

ރޭގަނޑު ކޭ ގޮތަށް އުޝާ ނިދާށޭ ކިޔާފައި ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެގެން ދެލޯމަރާލައިގެން އޮތަސް ލޮލުގައި ނިދީގެ ކަންފުޅެެއްވެސް ނުވެއެވެ. އުޝާ އެހެން އޮއްވައި ޒަރީނާ އައިސް ނިދި އިރުވެސް ހަމައެއޮތް ގޮތަށް އޮތެވެ. އޭނަގެ ހިތާއި ސިކުނޑީގައިވަނީ މާހިލްއެވެ. މާހިލް އެހެން މީހެއްގެ ހައްގަކަށް ވާންއުޅޭކަން މިއެނގުނީ ވަގުތު ކުޑަ ތަންވީ ފަހުުންނެވެ.ހިތުގައި ގިނަވަމުން ދިޔަ އިހުސާސްތަކުން އޮބިނޯވެގެން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އެތަކެއް އަހަރުތަކެއް ވަންދެން ހިތުގައި ރައްކާ ކޮށްފައިވާ ލޯބި ބީވެގެން ދާތަން ބަލަން ހުންނާނީ ކިހިނެެއް ހެއްޔެވެ. އުޝާގެ ސިކުނޑީގައި ދައުރުވާންފެށި ހިޔާލުތަކުން ދެލޯމަރާ ބާރުކޮށްލެވުނެވެ. މެދުކެނޑުމެއްނެތި ޝައިތާނާ މާހިލްއާއި ސާޔާ ދުރުކުރުވުމަށް ވަސްވާސް ދެމުންދިޔައެވެ. އެންމެ ފަހުން ސިކުނޑީގެ ގޮވުންތަކަށް އިޖާބަ ދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ. މާހިލް އާ ސާޔާ ދުރުކުރުވައިގެން ނަމަވެސް އޭނާ މާހިލް ބޭނުމެވެ. ކޮންމެފަދަ ގުރުބާނީއަކާ ލައިގެންވެސް މާހިލް ހާސިލް ކުރަން އޭނާ ހުރީ ތައްޔާރަށެވެ.

އަނެއްދުވަހު އުޝާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. މާހިލް ކައިރީގައި ކިޔައިގެން ސާޔަ އެގެއަށް ގެނައެވެ. އުޝާގެ މަގުސަދަކީ ސާޔާއާ އެކުވެރިވުމެވެ. އޭރުން އޭނާއަށް ފަސޭހަކަމާއެކު ކުރަން ބޭނުންވާކަމެއް ކުރެވިދާނެއެވެ. އޭރުން އޭނާއަށް ޝައްކު ކުރާނެ މީހަކުވެސް ނުހުންނާނެއެވެ. އުޝާ ސާޔާއާ ހީހީފައި ވާހަކަދެއްކި އިރު ހަގީގަތުގައިވެސް ހީވަނީ ހެޔޮއެދޭ ރައްޓެއްސެއް ހެންނެވެ. މާހިލްއާ ދެމީހުން ކުޑައިރު ކޮށްފައިހުރި މަޖާ ކަންތަކުގެ ވާހަކަ ކިޔައިދެމުންދިޔަ އިރު ސާޔާވެސް މަޖާވެލާފައި އުޝާއާ ބައިވެރިވިއެވެ. އުޝާގެ ހިތުގައި ސާޔާއާ ދޭތެރޭ އޮތް ހަސަދަވެރިކަމުގެ ހިލަމެއްވެސް ސާޔައަކަށް ނުވެއެވެ.

 ކައިވެނިކުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އުޝާގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. ކުރާނެ އެއް ކަމެއްވެސް ހިތަށް ނައިސްގެން އުޅެނިކޮން  އޭނާގެ އަތުން މާހިލް ބީވެއްޖެއްޔާ ވާނެގޮތެއް ނޭނގެއެވެ. އަނެއް ކޮޅުން މާހިލް ހުރީ ސާޔާ އޭނާގެ މީހަކަށް ހަދާ ހިތުން ކެތް މަދުވެފައެވެ. ސާޔާ އޭނާގެ މީހަކަށް ހެދުމަކީ މިހާރު މާހިލް އެންމެ ބޭނުންވާ ކަންތަކެވެ. ނޭނގެނީ ކުރިއަށް ކަންތައްވާނެ ގޮތެކެވެ.

ރަންކިޔާ ދުވަސް އައިސް ޖެހުނުއިރު ސާޔާ އާއި މާހިލްގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. އެހެންނަމަވެސް އުޝާ މޮޔައެއްހެން ވިސްނަމުންދިޔައީ ސާޔާއާއި މާހިލް ދުރުކުރުވާނެ ގޮތެކެވެ.

ސާޔާމެންގޭތެރޭގައި އެންމެން ހަރަކާތްތެރިވަމުން ދިޔައީ ރަންކިޔުމުގެ ހަފްލާއަށްފަހު ހެކިންނަށާއި ގާތްތިމާގެ މީހުންނަން ކެއުމެއް ތައްޔާރުކުރާށެވެ. އެންމެން އަވަދިނެތި އުޅެމުންދާއިރު އުޝާވެސް ސާޔާ ކައިރީގައި އުޅެއެވެ. ކިތައްމެ އުފާވެރިކަން ދައްކައިގެން ހުއްޓަސް އުޝާގެ ހިތުގައި އޮތް ހަސަދަވެރިކަން ދިޔައީ ކުރިލާ ހެދެމުންނެވެ. ހެކިން އަންނަންވާއިރަށް ސާޔާ ރެޑީވެލައިގެން އިންއިރު އުޝާވެސް އެތާގައި އިނެވެ. ހަފްލާ ނިމިގެން އެންމެން ކެއުމުގައި ބައިވެރިވި އިރު އުޝާގެ އަރުތެރެއިން އެއްޗެއް އެތެރެވިކަމަކަށް ނުވިއެވެ.

އެންމެން ކެއުމައިގެން މަޝްއޫލްވިއިރަށް މާހިލް ސާޔާ އަތުގައި ހިފައިގެން އެންމެންނާ އެކަހެރިވެލިއެވެ. “މާހިލް ކީއްތިކުރަނީ.. މީހަކަށް ފެނިދާނޭ…” ސާޔާ ވަށައިގެން ހޯދާލާފައި މާހިލްއަށް ބުނެލިއެވެ. “ކާކަށް ފެންނާނީ. ފެނުނަސް އޯކޭއެއްނު.. ދުވަސްކޮޅަކުން ތީ މަގޭ ހައްގެއްނު..” މާހިލް ލާނެތް ގޮތަކަށް ބުނެލުމުން ސާޔާ ރަކިވެގެން މާހިލް މޭގައި މޫނު ފޮރުވާލިއެވެ. ދެމީހުން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބިއިރު ދުރުގައި މީހަކު އެމީހުންނަކަށް ބަލަން ހުރިކަމެއް ނޭނގެއެވެ. ސާޔާ އާއި މާހިލްގެ ހަރަކާތްތަކަށް ބަލަން ހުރި އުޝާ ދެއަތް މުށްކަވާލެވުނެވެ. ސާޔާގެ މަގާމުގައި މާހިލް އަތުތެރޭގައި ވުމަށް ހައްގުކަން ބޮޑީއޭނާއެވެ. އުޝާ ފުންނޭވާއެއްލާފައި އަނބުރާލާފައި ދިޔައީ ކޮންމެ ހާލަކާ ލައިގެންވެސް މާހިލް ހާސިލް ކުރަން އަޒުމު ކަނޑައަޅައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ހިތަކުންހަމަނުފިލާނޭ…. (ހަތަރުވަނަ ބައި)

Next

ޝައިން (ޕާޓް-6)

Next
May 13, 2015

ޝައިން (ޕާޓް-6)

Previews
May 12, 2015

ހިތަކުންހަމަނުފިލާނޭ…. (ހަތަރުވަނަ ބައި)

26 Comments!

  1. ummi says:
    May 13, 2015 at 8:00 am

    Alhe noom saya n maahil dhuru nukurahchr… v reethi mi bai vesss. .kthekn iraku aneh bai up vaani. …. 🙂 🙂 🙂

  2. Nash says:
    May 13, 2015 at 8:13 am

    Vrh reethi …Adives v kuru…thankolheh digu kollaba vaahaka ✌

  3. faahira says:
    May 13, 2015 at 9:09 am

    mi vaahaka vareh salhi 12 vana part eba inthiixaaru kurevee avheh nelachey………………

  4. xy says:
    May 13, 2015 at 9:47 am

    Wow b salhi plus upload next part watin waitin

  5. jenny says:
    May 13, 2015 at 9:52 am

    V salhi mi part vzz..keep it up!!!

  6. same says:
    May 13, 2015 at 10:33 am

    Nun ehn nahadhathi maahi n saaya aa dhuru nukurachey ngey…. v nice this stry….

  7. butterfly says:
    May 13, 2015 at 11:55 am

    Alhe dhen saaya n maahil vaki nukurahchey plx plx vaahaka v nice waiting for next part

  8. seen says:
    May 13, 2015 at 12:24 pm

    Vvvvvvvvvvvvvvreethi obinoave

  9. finni says:
    May 13, 2015 at 1:32 pm

    anney kaa sayaa mom nd dad ah v gothah thivany ameehunge life ves ehen meeheyge hiyanye eluny ehen vejjeyaa vv hadi change kolah chey..good luck..

  10. flower says:
    May 13, 2015 at 3:04 pm

    Hmmm e ay fani alhan… e dhekudhin dheythereah fani elhiya nudheythi..ehen hedhyma hadivaany story..waiting for de next part

  11. niyasa says:
    May 13, 2015 at 4:12 pm

    Sayaage mamma ah hedhi goi hadhaalaneetha eynayah ves

  12. ކުޑާ says:
    May 13, 2015 at 4:15 pm

    ..thanyou ppl

  13. naanyyy says:
    May 13, 2015 at 4:18 pm

    Sayaa aky hama ekani maahil ge haggeh.thi ushaa thi ee haadha varugadha meehekey dhwwwww

  14. zee says:
    May 13, 2015 at 4:24 pm

    🙂

  15. ކުޑާ says:
    May 13, 2015 at 4:44 pm

    dw naanyyy thankyou zee

  16. dark princess says:
    May 13, 2015 at 6:50 pm

    hurihaa vaahaka ehga ehgothakah vany.. konmes gothakunq fani vahtaane mYhaku gennaane.. v foohivey.. e dhemyhun dhuru nukurahchey…

  17. ZOO says:
    May 13, 2015 at 8:01 pm

    !ALHEY DHEVANA SHIFAANAA AE DHW

  18. naj says:
    May 13, 2015 at 8:16 pm

    Wow vara salhi..,,avaha up kurachey

  19. looly says:
    May 14, 2015 at 1:00 pm

    Abadhu mi story ga dhemyhun dhurukurani. Foohi ehn v ma . Ekm vs v reeethi looking forward to next part……:-)

  20. tom and jerry says:
    May 14, 2015 at 3:13 pm

    Vvv.salhi… Waiting for the next part ….

  21. testing carried says:
    May 16, 2015 at 8:49 pm

    haadha slow ey up kuraa goi.. but kiaraa ah vvvvvvvvvvvvvvv salhi

  22. nana says:
    May 18, 2015 at 8:05 am

    mivaahaka up vaaleh laskamun kiyaahitheves nuvea dhen v v v v foohivea

  23. nana says:
    May 18, 2015 at 8:30 am

    mivaahaka ya kiyanvy dhamakun badi eh

  24. aish says:
    May 18, 2015 at 6:31 pm

    Haadha lahey dhw up vaalehh.. avas kh balaa, foohivey kiyan mihaar mi vaahakagandeh

  25. semei says:
    May 19, 2015 at 9:07 am

    waLE wehenq na nahadawqcE.. sAyA wAwi mAilq guLuvawqcE,,,vvarSq habEsq vAhaka.

  26. Ayya says:
    June 8, 2015 at 11:57 am

    Vaahaka nimendhen genes.dheyn neygenyaa nuliyrba

Comments are closed.

Next Episodeސާޔާ (12 ވަނަ ބައި)←


All Right Reserved!