Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ހަތާވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 10, 2020 5 Mins Read
19 Comments

ދެ އަހަރު ފަސް…

“ޒާޔާ… އަވަސް އަވަސް.” ކާރުގެ ތަޅުދަނޑި ހިފައިގެން ބޭރަށް ހިނގައިގަންނަމުން ސައިބޯން އިން ޒާޔާއަށް ލިއަމް ގޮވައިލިއެވެ. “ކަމިންގް.” ތަށި ނަގައި ދޮވެލުމަށްފަހު ގޮނޑިމަތީ އިން ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ޒާޔާ ބޭރަށް ނުކުތެވެ.

“ގަޑިޖެހުމުގެ ކުރިން ލިއަމް ވާނެ އަހަރެން ބަލައި އަންނަން އޯކޭ.” ކާރަށް އަރަމުން ޒާޔާ ބުނެލިއެވެ. “ހެހެ. ކޮންމެ ދުވަހަކުވެސް ދަމެއްނު ބަލައި.”

“ދެން ހަމަ ގަޑިޖެހިގެން އަތުވެދާނެއްނު.”

“ޝަޝް.” ޒާޔާ ހީލުމާއިއެކު ލިއަމް އަށްވެސް ހީލެވުނެވެ. ޒާޔާ ދާން ބުނުމާއިއެކު ލިއަމް ކާރު ދުއްވައިލިއެވެ. ދެމީހުންގެ މިޞްރާބަކަށް ވެފައިވީ އެވިޑް ކޮލެޖެވެ.

ޒާޔާ ހޮސްޕިޓަލުން ދޫކޮށްލެވުމާއިއެކު ޒާޔާ ގެންދެވުނީ ލިއަމްގެ ގެއަށެވެ. ޒާޔާގެ ހުރިހާ ކަމަކާއި ލިއަމް ޙަވާލުވެ ޒާޔާއަށް ހުރިހާ ކަމެއްގައި އެހީތެރިވެދިނީ ލިއަމް އެވެ. ލިއަމް އަށް ހުސްވަގުތެއް ލިބުނު ވަރަކުން ލިއަމް ޒާޔާއާއިއެކު ވަގުތު ހޭދަކުރެއެވެ. ޒާޔާ ހިތްހަމަޖައްސައިދިނުމަށްޓަކައި ޒާޔާ ގޮވައިގެން ސައިކަލު ދުއްވައިލައި ޒާޔާ ގޮވައިގެން ރެސްޓޯރެންޓަށް ކާންވެސް ލިއަމް ދެއެވެ. ލިއަމްގެ އެހީތެރިކަމާއި ލޯތްބާއި އަޅައިލުމާއިއެކު ޒާޔާ ވަނީ ވަރަށް ކާމިޔާބު ކަމާއިއެކު އޯ ލެވެލް އިމްތިޙާން ނިންމައިލައިފައެވެ. މިހާރު ޒާޔާ އޭނާ ކިޔަވަން ބޭނުންވާ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އެވިޑް ކޮލެޖުގައި ކިޔަވަމުން ދަނީއެވެ.

ޒާޔާ ލިއަމްގެ ގެއަށް ގެނެވުނުތާ ފުރަތަމަ ދުވަސްކޮޅު ޒާޔާ އެއްގޮތަކަށްވެސް ލިއަމް އަކާ ވާހަކައެއް ނުދައްކައެވެ. އެއްވެސް މީހަކާ އަނގައިން ނުބުނެ އެއް ކަމެއްވެެެސް ނުކޮށް ކޮޓަރިތެރޭ އިންނަނީއެވެ. ދޭތެރެއަކުން އޭނާގެ ބައްޕަ ކައިރިއަށް ގެންގޮސްދިނުމަށް އެދި އާދޭސްކޮށް ރޮއެވެސް ހަދައެވެ. ނަމަވެސް ލިއަމް ކުރި ބުރަ މަސައްކަތުގެ ސަބަބުން ޒާޔާ އެއްކޮށް ހަމައަކަށް އެޅި މީހުންތަކުގެ ތެރެއަށް ނުކުމެ ހިނިތުންވުމާއި ހިތްވަރާއިއެކު ހުރިހާ ކަމަކާ ކުރިމަތިލާން ފެށިއެވެ.

ނިހާން ޑިއުޓީ ނިންމައިލައިފައި ގެއަށް އައިސް ވަތް އިރަށް އޭނާގެ ދަރިފުޅު ނިހާ އައިސް ނިހާންގެ ފައިގައި އެލިގަތެވެ. ނިހާން ހިނިތުންވެލައިފައި އޭނާގެ ފައިގައި އެލިގެން އޮތް ނިހާ ނަގައި އުރައިލިއެވެ. އޭރު ޖަމީލާ ކުޑަވަރެއްގެ ތައްޓެއް ހިފައިގެން އެތަނަށް އައެވެ.

“ކާން ދެނީތަ ތި؟” ޖަމީލާ ނިހާގެ ކާ ތަށި ހިފައިގެން ހުރުމުން ނިހާން އަހައިލިއެވެ. “އާނ ކާންދެވޭތޯ މިއުޅެނީ. އެންމެ ދެތިން ސަމުސަލުގެ އެތިކޮޅެއް ކާލީ. ލާނެތް ކުއްޖެކޭ ދޯ!” ނިހާގެ ކޮލުގައި ފިތައިިލަމުން ޖަމީލާ ހިނިތުންވެލިއެވެ. “ދަރިފުޅު. ކާންވާނެ އިނގޭ ބަސްއަހައިގެން. އަވަހަށް ދޭ މަންމައާއެކު.” ނިހާން އެހެން ބުނެ ނިހާ ބިންމަތީގައި ބެހެއްޓިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ނިހާ ޖަމީލާގެ އަތުގައި ހިފައިލައިގެން ހިނގައިގަތެވެ.

ނިހާން ކޮޓަރިއަށްގޮސް އެނދުގައި އިށީންދެލިއެވެ. އަދި އުޅަނބޮށީގައި އަތް ވިއްދައިލަމުން ބޮލުގައި އަތް އެޅިއެވެ. ނިހާގެ ކޮންމެ ޙަރަކާތަކުން ނިހާންގެ ސިކުނޑި ޒާޔާ މަތިން ހަނދާންކޮށްދެއެވެ. ނިހާ ހިނިތުންވެލާއިރު އަދި ވަކިން ޒާޔާ އާއި ވައްތަރެވެ. ނިހާން މިހާރު އޭނާއަށް ކުރިން ޒާޔާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއި މެދު ހިތާމަކުރެއެވެ. ޒާޔާ މަތިން ހަނދާންނުވާ އެންމެ ދުވަހެއްވެސް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެހެނަސް ޒާޔާ ކޮށްފައިވާ ‘ނުބައި’ ކަންތައް ހިތަށް އަރާއިރަށް ނިހާންގެ ހިތުގައި ރުޅިވެރިކަން އުފެދެއެވެ. ރުޅި އަންނައިރަށް ޒާޔާއަށް ދުވަހަކުވެސް ޒާޔާއަކަށް މަޢާފެއް ނުކުރާނަމޭ ނިހާންގެ ހިތަށް އަރައެވެ. އެގޮތަށް ނިންމައިގެން ނިހާން އަށް ހުރެވެނީ ހަމަ ކުޑަކުޑަ ވަގުތުކޮޅަކަށެވެ. ދެތިން މިނެޓެއް ވާއިރަށް އަނެއްކާވެސް ނިހާންގެ ހިތް ދެރަވާން ފަށައެވެ.

ޑިއުޓީ ނިންމައިލައިފައި ފަވާޝަތު ފިހާރައިން ނުކުތެވެ. އޭނާގެ ގަޑި ޖެހުމާއިއެކު އެ ފިހާރައަށް އައިސް ވަނީ ހަސްނައިން އެވެ. ފަވާޝަތާއި ހަސްނައިން އަކީ މިހާެރު އެ ރަށުގައި ހުންނަ އެންމެ ބޮޑު ފިހާރައިގެ ދެ ސޭޓުންނެވެ. ދެ މީހުންވެސް ވިޔަފާރިކުރުމުގައި އެއްވެސް ވަރަކަށް މަކަރު ހަދާ އޮޅުވައިލައިފައެއް ނުވެއެވެ. ފިހާރައަށް ވަންނަ ކޮންމެ މީހަކާވެސް ދެމީހުން ކުރިމަތިލަނީ ހިތްހެޔޮ ހިނިތުންވުމަކާއި އެކީގައެވެ.

ފަވާޝަތު ގެއަށް ގޮސް އެންމެ ފުރަތަމަވެސް އޭނާގެ ބޮޑުދައިތައަށް ގުޅައި ޙާލުއަހުވާލު ބެލިއެވެ. ފަވާޝަތު ކިޔަވައި ނިންމިތާ ދުވަސްކޮޅެއް ވީ ތަނާ އާލިޔާ ބަލިވެގެން މާލެ ދިޔައީއެވެ. އެހެންކަމުން ފަވާޝަތު މިހާރު ދިރިއުޅެނީ އެގޭގައި އުޅޭ ބިދޭސީ މީހާއާއި އެކުގައެވެ. ފަވާޝަތު އެހެން އުޅޭއިރު އެެއްބައިފަހަރު ފޫހިވެގެން އުޅެއެވެ. ފަވާޝަތު ފޫހިވާ ވަގުތުތަކުގައި އަބަދުވެސް ޒާޔާ މަތިން ހަނދާންވެއެވެ. ޒާޔާ މިހާރު ކޮބައިބާއެވެ؟ ޒާޔާ ދުނިޔޭގައި އެބަ ހުރިހެއްޔެވެ؟ ޒާޔާ މިހާރު އުޅޭނީ ކޮންފަދަ ޙާލެއްގައި ބާއެވެ؟ މިއީ ހައްތަހާވެސް ފަވާޝަތުގެ ހިތުގައި އުފެދޭ ސުވާލުތަކެވެ.

‘ނޫމާންސް’ ޢިމާރާތުން މަސައްކަތް ނިންމައިލައިފައި ނޫމާނާއި އުސްމާން އެކުގައި އެތަނުން ނުކުތެވެ. ނޫމާން ކިޔަވައި ނިމުމާއި އެކު މާލޭގައި ދުވަސްކޮޅަކު ވަޒީފާ އަދާކުރުމަށްފަހު ރަށަށް އައީ ނޫމާންގެ މަންމަ ނިޔާވުމުންނެވެ. ބައްޕަ މާލެ ގެނައުމުގެ ބަދަލުގައި ނޫމާން ބޭނުންވީ ބައްޕަ އާއިއެކު ރަށުގައި ދިރިއުޅޭށެވެ. ކަމެއް ނުކޮށް ހުންނަން ބޭނުންނުވުމުން ނޫމާން އެންމެ ފުރަތަމަވެސް ރަށުން ހުސް ބިމެއް ހޯދައި އެ ސަރަޙައްދުގައި ކުޑަވަރެއްގެ އިމާރާތެއް އެޅީއެވެ. އަތްތެރި މަސައްކަތްތަކަށް އެ ޢިމާރާތް ޚާއްޞަ ކޮށްފައިވީއިރު ހުރިހާ މަސައްކަތެއް ކުރަނީ ނޫމާނާއި އޭނާގެ ބައްޕައެވެ. ނޫމާންމެން ހަދާ ފެންވަރު ރަނގަޅު އެއްޗެހި ރަނގަޅަށް ވިކޭތީ ދެބަފައިންނަށްވެސް ދިރިއުޅެވޭނޭވަރަށް އާމްދަނީ ލިބެއެވެ.

ކޮލެޖްގެ ކިޔެވުން ނިންމައިލައިފައި ޒާޔާ ކޮލެޖުން ނުކުތް އިރު ލިއަމްގެ ކާރު ޕާކްކޮށްފައި އޮތުމުން ކާރާއި ދިމާލަށް ޒާޔާ ދިޔައެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލައި ކާރަށް އަރަން ލިއަމް ބުނުމުން ޒާޔާ ކާރުގެ ދޮރުފަތް ހުޅުވައިލައިފައި ކާރަށް އެރިއެވެ.

“ހިނގާ ހުޅުމާލެއަށް ދާން. ވަރަށް ދުވަސްވެއްޖެއްނު ނުދެވޭތާ. ދޯ!” ލިއަމް ދިން ޚިޔާލު ޒާޔާއަށް ވަރަށް ކަމުދިޔައެވެ. ޒާޔާއަށް އާނއެކޭވެސް ބުނެވުނީ ވަރަށް އުފާވެފައި އިނދެއެވެ. ޒާޔާގެ މޫނުމަތީގައިވި އުފާވެރި ހިނިތުންވުން ފެނިފައި ލިއަމްގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާ ބަލައިލުމާއިއެކު ލިއަމް އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ކާރު ސްޓާޓް ކޮށްލަމުން ދުއްވައިލިއެވެ.

ބްރިޖުމަތީ ކާރު ދުއްވަމުން ދިޔައިރުވެސް ލިއަމް އާއި ޒާޔާގެ ވާހަކަތައް ހުސްނުވެއެވެ. ލިއަމް ދައްކާ މަޖާ ވާހަކަތަކުން ޒާޔާ އިންނަނީ ހިންޏައިގެން ފަޅައިގެންދާ ޙާލުގައެވެ. ލިއަމް ޒާޔާ ގާތުގައި ހުންނަ ވަގުތުތަކުގައި ލިއަމް އެއްގޮތަކަށްވެސް ޒާޔާ މާޒީގެ މަތިން ހަނދާންކުރިޔަަކަ ނުދެއެވެ. އަަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކައިގެން އޭގެ ސަމާލުކަމަށް ޒާޔާ ގެންނާނެއެވެ.

ޒާޔާ ގޮވައިގެން ހުޅުމާލެ ގޮސް ބާޒާރުކޮށްލައިގެން ދެމީހުންވެސް ދިޔައީ ރެސްޓޯރެންޓަކަށް ކާށެވެ. ދެމީހުންވެސް އޯޑަރ ކުރީ ޕިއްޒާއަކަށެވެ.

“ސޯ، ހައު ވޯޒް ޔުއަރ ޑޭ؟” ގޮނޑީގައި ލެނގިލައި ޒާޔާއަށް ހުރިހާ ސަމާލުކަމެއް ދެމުން ލިއަމް އަަހައިލިއެވެ.

“އަމޭޒިންގް. ފްރެންޑްސް އާއެއްކޮށް މަޖާ ކޮށްލާ ލެކްޗަރާސް އާ ވެސް. ހަމަ ވަރަށް ފަން. ސްކޫލް ގަ ކިޔެވުމަށްވުރެ ކޮލެޖްގަ ކިޔެވުން ވަރަށް ސަޅި. ހެހެ.” ޒާޔާ ވަރަށް ފޯރިއާއިއެކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއްވެސް ފޫހިކަމެއްނެތި ލިއަމް ޒާޔާގެ ވާހަކަތައް އަޑުއަހަން އިނެވެ. ޒާޔާ ވާހަކަ ދައްކައި ނިމުމާއިއެކު ލިއަމްވެސް އޭނާ ކޮލެޖުގައި އުޅުނު ދުވަސްވަރުގެ ވާހަކަތައް ޒާޔާއަށް ކިޔައިދޭން ފެށިއެވެ.

ދެމީހުން ވާހަކައިގައި ތިއްބާ ކޮންމެއަކަސް ޕިއްޒާ ހިފައިގެން ވެއިޓަރު އައިއްސިއެވެ. ޕިއްޒާ ތަށި ބެހެއްޓުމާއިއެކު ލިއަމް ގޮތަކަށް ޒާޔާއަށް ބަލައިލިއެވެ. “ޒާޔާއަށް ވަން. މަށަށް ބާކީ ބައި.” ޒާޔާ ރުޅިއަރުވައިލުމުގެ ބޭނުމުގައި ލިއަމް ބުނެލިއެވެ. “ވަޓް؟ ހަހް… ނޫޅެން ކާކަށް.” ރުޅި މޫނު ހަދައިލަމުން ޒާޔާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. ޒާޔާގެ އެ ޙަރަކާތް ލިއަމްއަށް ވަރަށްވެސް ކަމުދިޔައެވެ. “ހަހަހަ… ކަމްއޯން. މަޖަލަކަށޭ އެހެން ބުނީ. ޒާޔާއަށް ފޯ ޕީސް. މަށަށްވެސް ފޯ ޕީސް. އޯކޭ! ކާން ފަށާ އަވަހަށް.” ޒާޔާ ހިނިތުންވެލަމުން ޕިއްޒާ ފޮއްޗެއް ނަގައި އަނގަޔަށް ލިއެވެ.

ކައި ނިމުމާއިއެކު ލިއަމް ބިލް ދައްކައިފައި ޒާޔާ ގޮވައިގެން ރެސްޓޯރެންޓުން ނުކުތެވެ. އަދި ކާރު އޮތް ހިސާބަށް ގޮސް ކާރަށް އަރައި މާލެ ދާން ދުއްވައިލީ ލިއަމްގެ ޑިއުޓީ ގަޑި ޖެހެން ވާތީވެއެވެ.

“ޒާޔާ. ހަނދާންކޮށް ދޮރު ތަޅުލައިގެން އިންނާނީ އިނގެ. މީހަކު އަޔަސް ދޮރު ނުހުޅުވާތި. ހަވީރު އަންނާނަން އިނގެ. ސީ ޔޫ.” ކާރު އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލުމަށްފަހު ލިއަމް ޒާޔާ ގާތުގައި ބުންޏެވެ. ޒާޔާ ބޯ ޖަހައިލުމަށްފަހު ކާރުން ފައިބައި ދުވެލައިފައި ގޮސް އިމާރާތުގެ ތެރެއަށް ވަނެވެ. ލިއަމް ކާރު ދުއްވައިލީ އިމާރާތުގެ ދޮރު ތަޅުލެވުނު އަޑު އިވުމުންނެވެ.

ހަމަޖެހިފައިވި ހިތަކާއިއެކު ޒާޔާ ދަބަސް ސޯފާ މަތީ ބައިންދަމުން ގޮސް ބަދިގެއަށް ވަނެވެ. އަދި އައިސް ފެން ތައްޓެއް ބޮއެލިއެވެ. ކުޑަވަގުތުކޮޅަކު ސިޓިންގް ރޫމުގައި ފޯނާއި ކުޅެން އިނުމަށްފަހު ޒާޔާ ދިޔައީ ލިއަމްގެ ހިއްކަން އަޅުވައިފައިވާ އަންނައުނުތައް ލިއަމްގެ ކޮޓަރިއަށް ލާށެވެ. އަދި މިއަދު ކޮލެޖުން ދިން އެސައިންމެންޓުތައް ހަދާށެވެ.

“ނޫމާން. އާދޭ ބައްޕަ ގޮވައިގެން ކާން.” ކާމޭޒުމަތި ތައްޔާރުކުރުމަށްފަހު ފަވާޝަތު ނޫމާނަށް ގުޅައިލިއެވެ. ނޫމާން މި ދަނީއޭ ބުނުމުން ފަވާޝަތު ފޯނު ކަނޑައިލިއެވެ. އަދި ކާމޭޒުމަތީ ހުރި ސްޕެގެޓީ ތައްޓާއި ސެލެޑް ތަށި އެއްކޮށް އަރާގޮތަށް ރީތި ފޮޓޯއެއް ނެގުމަށްފަހު އިންސްޓަރގްރާމްއަށް ލިއެވެ. ފަވާޝަތަށް މިހާރު ކާ އެއްޗެއް ހަދައިފައި އެ އިންސްޓަރގްރާމްއަށް ނުލައި ކެވޭކަމަކަށް ނުވެއެވެ.

“ފަވާޝެފް.” ނޫމާން އައިސް މޭޒުކައިރީ އިށީންނަމުން ފަވާޝަތަށް ގޮވައިލިއެވެ. “ހޫން.. މަމީ ޝެފެއް ނޫނޭ. ހެހެ.” ނޫމާން ކައިރީ ތައްޓެއް ބަހައްޓައިދެމުން ފަވާޝަތު ބުންޏެވެ. އުސްމާނާއި ނޫމާނަށް ކާން ހަދައިދީފައި ފަވާޝަތާއި ޖެނީވެސް އައިސް ކާން އިށީނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ނިހާން އާއި ޖަމީލާ އެ ދެމީހުންގެ ދަރިފުޅު ގޮވައިގެން ހިނގައިލަން ދާން ނުކުތެވެ. އެމީހުންގެ މިޞްރާބަކަށް ވެފައިވީ ރަށުގެ ތުނޑިއެވެ. އެ ދެމީހުންގެ ދެ އަހަރުވީ ދަރިފުޅު ބޭރަށް ނުކުމެވުމާއިއެކު ހީވަނީ ހިތް ފުރިގެން އުޅުނުހެނެވެ. ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ އެ ކުއްޖާ އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ.

ތުނޑިއަށް ގޮސް ނިހާން އާއި ޖަމީލާ ދޮންވެލިގަނޑު މަތީ އިށީނދެލިއެވެ. ނިހާ ދޫކޮށްލުމާއިއެކު އެ ކުއްޖާ ދުވެލައިފައި ގޮސް ރާޅު ޖަހާ ސަރަޙައްދުގައި ހުއްޓުނެވެ. ޖަމީލާ އެކަމާ ކުޑަކޮށް ބިރުގަތެއްކަމަކު ރާޅު ޖަހައިލާއިރަށް ނިހާ އެމީހުން ގާތަށް އަންނާތީ ޖަމީލާގެ ހިތުގައިވި ބިރުވެރިކަން ފިލައިގެން ދިޔައެވެ. ޖަމީލާ އެއްގޮތަކަށްވެސް އޭނާގެ އެ ލޯބި ލޯބި ދަރިފުޅަށް ދެރަގޮތެއްވާކަށް ނޭދެއެވެ.

ނިހާގެ ޙަރަކާތްތަކަށް ބަލަން ނިހާން އިން އިރު އޭނާގެ ސިކުނޑީގައި އެނބުރެނީ އޭނާގެ މާޒީއިން ޞަފްޙާއެކެވެ. ޒާޔާ ގޮވައިގެންވެސް ނިހާން ހަމަ މިގޮތަށް ޒިޔާނާ އާއިއެކު ތުނޑިއަށް އައެވެ. ޒާޔާވެސް ހުންނާނީ ރާޅު ޖަހާ ފަށުގައެވެ. ނަމަވެސް ނިހާ އާއި ޚިލާފަށް ޒާޔާ އިންނާނީ އެތާ އިށީންދެލައި ދެފައި ދަމައިލައިގެންނެވެ. ރާޅު އައިސް ޒާޔާގެ ދެފައިގައި ބީހިލައިފައި ދާއިރު ޒާޔާ ވަރަށް ލޯބިކޮށް ހީލައެވެ.

“ނިހާން.” ނިހާން ފުން ވިސްނުމެއްގައި އިންހެން ހީވާތީ ޖަމީލާ ނިހާނަށް ގޮވައިލިއެވެ. “ކީކޭ ޒިޔަ… ޖަމީލާ.” ނިހާނަށް ޒިޔާނާގެ ނަން ނުބުނެވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖަމީލާގެ ދެލޯ ހަނިވިތަން ފެނުމުން ޖަމީލާ ވަރަށް ރުޅި އަތުވެއްޖެކަން ނިހާނަށް އެނގުނެވެ. “ސޮރީ. އަނގަ އޮޅުނީ ހަމަ. ބަލާބަ. ނިހާ އެހުންނަނީ ހަމަ މޫދަށް މޮޔަވެފަ.” ނިހާން ވަގުތުން މަޢުޟޫ އޮޅުވައިލިއެވެ. ޖަމީލާއަށް އެކަން ރަނގަޅަށް އެކަން އެނގުނެއްކަމަކު ޖަމީލާވެސް އެ ވާހަކައިގައި ބައިވެރިވެލިއެވެ. ޖަމީލާ އެހެން އިނދެފައި ތެދުވެ ނިހާ ގާތަށް ދިޔައެވެ. ޖަމީލާ ދިއުމުން ނިހާނަށް އަނެއްކާވެސް ފުން ވިސްނުމެއްގެ ތެރެއަށް ވަދެވުނެވެ.

ނިހާ ލިބުމަށްފަހު ނިހާނަށް ބަދަލުތަކެއް އައިސްފިކަން ނިހާންއަށް ފާހަަގަކުރެވިފައިވިއެވެ. އޭނާއަށް މާ ބޮޑަށް އޭނާގެ މާޒީ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާއާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވަނީއެވެ. މާޒީއަށް އަނބުރައި ދާހިތްވަނީއެވެ. ނިހާނަށް މިވަނީ ފަހެ ކޮން ގޮތްތަކެއް ހެއްޔެވެ؟ ޖަމީލާ އާއި ކައިވެނިކޮށް ދަރިއަކު ލިބުމުން އެ ދުވަސްތައް މަތިން ހަނދާން ނައްތައި ނުލެވިގެން މިއުޅެނީ ފަހެ ކީއްވެގެން ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އެކުގައިވާނަމޭ(1)

Next

ލޯބީގެ ހައްގުގައި 9

Next
September 10, 2020

ލޯބީގެ ހައްގުގައި 9

Previews
September 10, 2020

އެކުގައިވާނަމޭ(1)

19 Comments!

  1. maasha says:
    September 10, 2020 at 5:53 am

    Yey 1st…..kiyaafa comment kohlaanan

    1. Dhonthy says:
      September 10, 2020 at 9:12 am

      maasha 🙂 🙂 🙂 Congrats inge <3 <3
      Waiting for your comment

  2. Story lover says:
    September 10, 2020 at 6:12 am

    Mi bai ves varah furihama. Maasha Allah. Varah reethi mi part ves.???????????????????????????????????

    1. Dhonthy says:
      September 10, 2020 at 9:13 am

      Story lover 🙂 🙂 🙂 Thank you so much dear <3 <3

  3. Ram says:
    September 10, 2020 at 8:09 am

    Maasha allah vvvvvv reethi mibai ves next part plesc

    1. Dhonthy says:
      September 10, 2020 at 9:14 am

      Ram 🙂 🙂 🙂 Thank you so much dear <3 <3 <3.
      Next part iraadhakurevviyyaa saturdayga upload kolleveythw mi balanee 🙂 😀

  4. Dhonthy says:
    September 10, 2020 at 9:21 am

    Salaam all readers 🙂 🙂 🙂 Just wanna tell you guys a little thing. Mee comment section ehnma alhugan’dau rangalhee waahaka aa beheygothun kiyuntherin comment kuriyyaa alhugan’duge personal kankamaa beheygothun suvaalu kurumau vure 🙂 🙂 🙂 🙂 Egothau personal kankamaa beheygothun suvaalukoffa hunna comments alhugan’du delete kuraanan. Adhi mikan thakuraaruvangnaa alhugan’du waahaka liyun huttaalan es jehidhaane. 🙂 🙂 🙂
    Waahaka liyumakee alhugan’du abadhu es v kuraahiywaakamaeiy ehnwe alhugan’du beynunvanee alhugan’du liyefa huri vaahakathau ehn meehunaa share kuran. Ehn meehunau es kiyaalan dheyn. 🙂 🙂 🙂
    So, unmeedhukuran dhn ekahala comments nufennaanekamau. Enmehaa kiyuntherinnau es baajjaveri dhuvahakau edhn. 🙂 🙂 🙂 Love you all <3 <3 <3 <3 <3

  5. R¥N says:
    September 10, 2020 at 10:31 am

    Dhonthy ???maasha Allah ??? mi part ves hama varah salhi ?????????????????????????????keep it up dear ?????????????lysssmmm?????
    TC??
    STAY SAFE ???

    1. Dhonthy says:
      September 10, 2020 at 12:22 pm

      RYN 🙂 🙂 🙂 Thank you so much dear <3 <3 <3 <3 <3 Take care and stay safe. Love you too <3 <3 <3 <3 <3 <3

  6. Noo_ra says:
    September 10, 2020 at 10:43 am

    Masha allah.. Varah Varah reethi mi part ves ❤️❤️??
    Curiously waiting for the next part.. ???.
    Stay home and stay safe… ?☺️
    Love you too ☺️☺️.

    1. Dhonthy says:
      September 10, 2020 at 12:23 pm

      Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiouly for the next episode 😀 😀 😀 Haha! Stay home and stay safe, Love ya <3 <3 <3

  7. Maash says:
    September 10, 2020 at 12:09 pm

    Maasha Allah Varah reethi mi part?? hey kobaatha malaikaa and mi kithah part ge vaahaka eh mihen mi ehy vaahaka nimen ulhy hen heevaathy?? waiting next part curiously ??

    1. Dhonthy says:
      September 10, 2020 at 12:25 pm

      Maash 🙂 🙂 🙂 Thank you so much dear <3 <3 <3 Malaikaa men adhi annaane inge.
      And mee kithau part ge waahakaeiy kameiy bunaakau neynge adhi es prepare kuramun dhaathee. Waahaka adhi nimen gaaiy es nuwe inge maash 🙂 🙂 🙂 🙂 😀 😀 😀 Yes! Keep waiting curiously for the next episode 😀 😀 <3 <3 <3 <3 :-*

  8. maasha says:
    September 10, 2020 at 12:34 pm

    Maash i want know who are u and did u know my brother aalif

  9. ❤shyn❤ says:
    September 10, 2020 at 12:59 pm

    Wooow..
    ??
    V.salhi mi part ves
    TC
    LYSM????❤❤

    1. Dhonthy says:
      September 10, 2020 at 7:50 pm

      Shyn 🙂 🙂 🙂 Thank you so much dear, Take care and love you too <3 <3 <3 <3

  10. Sadha says:
    September 10, 2020 at 7:40 pm

    Vrh vrh vhr furihama mi part vx… ekm vrh dheravehje zaaya ah v gothun … waiting for next dhonthyyy… ekm vx vhk liyun nuhuttahchehyyyyyyyyyy??❤

    1. Dhonthy says:
      September 10, 2020 at 7:53 pm

      Sadha 🙂 🙂 🙂 Thank you so much dear. Yeah dhonthi es v dherawejje 🙁 😀 😛 😉 And yes! Keep waiting for the next episode 😀
      Waahaka liyun nuhuttaa weythw balaanan! 🙂 🙂 🙂 <3 <3 <3 <3 <3

  11. Maash says:
    September 13, 2020 at 11:06 am

    I don’t know who are u or ur brother. But in my class there’s a boy called aalif. My name is also Maasha but not Aishath Maasha. How older u?

Comments are closed.

Next Episodeޒާޔާ (އަށާވީސްވަނަ ބައި)←


All Right Reserved!