Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 6

Afaa Level 310 Stories100 Comments
September 14, 2020 6 Mins Read
111 Comments

‎ލަސް ކުރަން ނަހަދާ އޮފީހަށް ދިއުމަށް އިވާން ވެސް މިސްރާބުޖެހިއެވެ. އޮފީހަށް ދެވުމާއި އެކު ލިފްޓަށް އަރައި ސާދަ ވަނަ ފަންގިފިލާއަށް ދިއުމަށް އިވާން އަވަސްވެގަތެވެ. ސާދަ ވަނަ ފަންގިފިލާއަށް ލިފްޓުހުއްޓުމާއި އެކު ގޮސް އޭނާގެ ކެބިންގެ ދޮރު ހުޅުވާލާ ވައިތް އިވާންގެ ނިތައް ރޫ ޖަމާވެ ދެލޯ ބޮޑުވެގެން ދިއައީ އޭނާގެ ގޮނޑީގައި އިށީނދެލައިގެން އިން މީހާ ފެނުމުންނެވެ.

**************

‎”ނޫރް” އޭނާގެ ގޮނޑީގަ އިށީނދެލައިގެން، މާނަ ފުން
‎ ހިނިތުންވުމެއް ވެރި ކުރުވައިގެން އިން ނޫރް ފެނުމުން އިވާން އަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އަދި އޮފީހުގެ މުއައްޒަފުން އަންނަ ގަޑި ވެސް ނުޖެހެއެވެ. މިހާ ހެނދުނާ ނޫރް އޭނާގެ އޮފީހުގައި، އޭނާގެ ކެބިންގައި ކީތްކުރަނީ ބާއެވެ.

‎ކެބިންގެ ތެރެއަށް ވަންނަމުން އޭނާގެ މޭޒާއި ދިމާލަށް އިވާން ހިނގައިގަތެވެ. އޭރު ވެސް އެއިން ގޮތަށް އިވާންގެ މނަށް ނަޒަރު ހުއްޓާލައިގެން ނޫރް އިނެވެ.

ލައިގެން ހުރި ގަދަ ފެހި ކުލައިގެ ފުޅާ އަތެއްލީ ކަކުލާއި ހަމައަށް އަންނަ ލޭސް ހެދުން، އެ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، އޮފް ޝޯލްޑާރ ހެދުމެއްކަމުން އެ ދޮން ކަނދުރާ އޮތީ ހާމައަށެވެ. ހެދުމުގެ އުނަގަނޑަށް ވުރެން ތަންކޮޅެއް މަތީގައި ރަން ކުލައިގެ ހިމަ ބެލްޓެއް އަޅުވާލެވިފައި ހުރި އިރު، އެ އުނަގަނޑުގެ ހިމަކަން ހާމަވެއެވެ. މިނިވަންކަމާއި އެކު ދޫކޮއްލާފައި ހުރި އިސްތަށިގަނޑާއި، ކަންފަތުގައި އަޅުވާލެވިފައިވީ ރަން ދިގު އެހުގެ ސަބަބުން އެ ރީތިކަން ފެންނަނީ ރީތި ތަސްވީރަކަށް ވުރެން ވެސް ފުރިހަމަކޮންނެވެ. ލުއި މޭކް އަޕެއް އެ އޮމާން މޫނުގައި ކުރެވިފައިވީއިރު، ތުނި ތުންފައިތް ފަވާލެވިފައިވަނީ ގަދަ ރަތް ކުލައިންނެވެ. ފޮޅިފައިވީ ރަތް ފިނިފެންމަލެކޭ ތަފާތެއް ނެތެވެ.

‎”ނޫރް މިތާގަ ކީތްތިކުރަނީ؟” މޭޒާއި ކައިރެވެލަމުން އިވާން އަހާލީ ނޫރްއާއި ހަތަރު ކަޅި ހަމަ ކޮއްލަމުންނެވެ. “އިއްތިފާޤް…ހަމަ ތި ސުވާލު އިވާން އާ ކުރަން ނޫރް މިއުޅެނީ….އިވާން މިތާގަ ކީތް ތިކުރަނީ؟” އިންގޮތަށް އިށީނދެގެން އިނދެ ނޫރް ބުނެލި އިރުވެސް އެ މޫނު މައްޗަކު އެއްވެސް އަސަރެއް ނެތެވެ. ” ވަޓް ޑޫ ޔޫ މީން؟…މީ އަހަރެންގެ ކެބިން…” ” ނުބައި…މިއީ އިވާންގެ ކުރީގެ ކެބިން…މިހާރު މި ކެބިން…މި މުޅި އިމާރާތް ވެސް މީ ނޫރްގެ ތަނެއް…” ނޫރްގެ ޖުމްލައާއި އެކު އިވާންގެ ސިކުނޑީގައި ސުވާލުތައް ފުނި ޖެހުނު އިރު، ނޫރްގެ މި އަމަލުގެ ސަބަބުން އޭނާ ހިތްހަމަނުޖެހުނެވެ.

‎”އުފާވެރި ހަބަރެއް ދޭން ވާނީ ފޮނި ކާ އެއްޗަކާ އެކީގަ އޭ މުސްކުޅިން ބުނެ އުޅޭ….އޭރުން ކުރިމަގުގަ ކުރިމަތިވާ ހިތި ކަންކަމުން ސަލާމަތް ކޮއްދީ އެސްފީނާއިން ރައްކާތެރި ކޮއްދޭނެ…” ގޮނޑިން ތެދުވެގެން އައިސް އިވާންގެ ކުރިމަތީގައި ހުއްޓިލަމުން ނޫރް އިވާން އާއި ދިމާލަށް ދިއްކޮއްލީ ޗޮކުލެޓު މެޓަލެކެވެ. ނޫރްގެ އަތް މަތީގައި އޮތް މެޓާ ފެނުމުން އިވާންގެ ހިޔާލު އަދުން ކައްސައިލައި މާޒީއަށް ދަތުރު ކުރިއެވެ.

***

‎”އިވްވް…ތެންކިޔޫ މި ގިފްޓް ދިނީމަ…އައި ލަވް ރޯސަސް…މިއޮތީ އިވް އަށް ރިޓާރން ގިފްޓް” ދިހަ އަހަރުގ އެ އަންހެން ކުއްޖާ އޭނާގެ ކުރިމަތީގައި ހުރި ފިރިހެން ކުއްޖާއަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ދިއްކޮށްލީ ކުޑަ ޗޮކުލެޓު މެޓަލެކެވެ. “މަލް އަބަދު ތި ސްވީޓް ދެނީ ތެންކިޔު ބުނާ ކޮންމެ ފަހަރަކު…ތީގެން ލަނީ އަލްމޯންޑް ރަހަ އޭ…އައި ޑޯންޓް ލައިކް އަލްމޯންޑް” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އެ ފިރިހެން ކުއްޖާ ބުނެލުމާއި އެކީ އެ އަންހެން ކުއްޖާގެ ހުނުމުގެ އަޑު އިވިގެން ދިއައެވެ. “އެހެންވެ އޭ މި މެޓާ ދެނީ އިވްއަށް…ޔޫ ޑޯންޓް ލައިކް އިޓް ބަޓް އައި ޑޫ…ސޯ ދޭކަށް ވެސް ނުޖެހޭއްނު ހައްހާ….” ދޫ ނެރެލުމަށް ފަހު އެ އަންހެން ކުއްޖާ ދުއްވައިގަތެވެ. “މަލްހާ ގަނޑާ” އޭ ބުނެ އެ ފިރިހެން ކުއްޖާ މަލްހާ ފަހައި ދުއްވައިގަތެވެ.

***

‎ހިޔާލުން އިވާންއަށް މިންޖު ވެވުނީ، ނޫރް އޭނާގެ އިނގިލިން ޓައް ގޮއްވާލަމުން ނެވެ. “ހަނދާންތައް އާވާނެ…އެކަމު އާވާ ކޮންމެ ހަނދާނެއް ހަނދާނުގަ ބަހައްޓަން ވެއްޖިއްޔާ، ބާރު ބޮޑުވާނީ ސިކުނޑިއަށް” ބޮލާއި ދިމާލުގައި އިނގިލި ޖައްސާލަމުން ނޫރް ބުނެލިއެވެ.

‎”ނޫރް ސީދާ ސީދަލަށް ބުނަންވީނު….ވަޓް ޑޫ ޔޫ ވޯންޓް؟” ހިތްހަމަނުޖެހުން އެކުލެވިގެންވީ އިވާންގެ އަޑު އިވުމާއިއެކު، ނޫރްގެ މޫނުމަތިން ފައުޅުވީ ހިނިތުންވުމެކެވެ. “އިވާންގެ ހިއްސާގަ ހުންނަނީ އޭޒެޑްގެ ބިލްޑިންގް ކުންފުނީގެ 30 ޕަސެންޓު ޝެއާރްސް…އޭމް އައި ރައިޓް؟” އަނެއްކާވެސް ގޮސް އިވާންގެ ގޮނޑީގައި އިށީނދެލަމުން ނޫރް އަހާލިއެވެ. ބޯ ޖަހާލަމުން އިވާން ނޫރް އާއި ދިމާލަށް އެނބުރިލީ، މި ގޮތް ނޭނގޭ އަންހެން ކުއްޖާގެ ނިޔަތް ދެނެނުގަނެ ވިފައި ހުރެއެވެ.

‎ މޭޒު މަތީގައި އޮތް ކަޅުކުލައިގެ ފައިލެއް ނަގައި އިވާންގެ އަތަށް ނޫރް ދިއްކޮލީ، އެ ފައިލުގައި ހިފުމަށް އިޝާރާތް ކުރަމުންނެވެ. ޝައްކުގެ ނަޒަރަކުން ނޫރްއާއި ދިމާލަށް ބަލައިލަމުން، އިވާން އެ ފައިލުގައި ހިފުމާއި އެކު، މުށުގައި އޮތް މެޓާ ނަގައި ކަނޑާލަމުން ނޫރް އެ ވައް މެޓާ އަނގަޔަށް ލާ ހަފާލީ އިވާންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ބަލަން ހިނިތުންވެލައިގެން ހުރެއެވެ.

*********

‎”ފިޒާމް…އަހަރެންގެ ރުޓީން މިއަދުން ފަށައިގެން އެއްކޮށް ބަދަލު ކޮއްލާ….ކޮންމެ ކަމަކަށް ވަކި ވަގުތެއް ކަނޑައަޅާ…އެވްރީތިންގް ޝުޑް ބީ އޮން ޓައިމް އެންޑް ވެލް މެނޭޖްޑް” ކުރިމަތީގައި ހުރި އައިމަން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން ފިޒާމް އިނީ އަނގައިން ސޮނިވެރޭ ވަރު ވެފައެވެ. “އޭ ބަލަ އެބަ އަޑުއަހަންތަ؟” ފިޒާމްގެ މޫނުމަތީގައި އަތް ހޫރުވާލަމުން އައިމަން ބުނެލީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އެއްވެސް އެއްޗެކޭ ނުބުނެ ފިޒާމް އިންނަން ފެށުމުންނެވެ.

‎ދެ ޒުވާނުން ތިބީ ކޮފީ ކުލަބުގެ މޭޒެއްގެ ކައިރީގައެވެ. ހެނދުނުގެ ވަގުތުކަމުން މާގިނަ މީހުންނެއް އެ ކެފޭ ތެރެއަކު ނެތެވެ. އެހެންނަމަވެސް އެތާގައި ތިބި މުއައްޒަފުންގެ ނަޒަރު އެދެމީހުނަށް ހުއްޓެމުން ދިއައީ، އައިމަންއަކީ އެންމެންވެސް ދަންނަ މަޤުބޫލު ފަރާތަކަށް ވުމުންނެވެ. “ބުނަން އަހަރެންނަށް އިނގޭ އަހަރެންނަކީ ވަރަށް ހޭންޑްސަމް، ހޮޓް މީހެއްކަން…އެކަމު ފިޒް ތިވަރަށް ދެލޯބޮޑު ކޮއްފަ ބަލަން ވެއްޖިއްޔާ އަހަރެންވެސް ލަދު ގަންނާނެ ދޯ!…އަޅެފަހެ އެއްޗެކޭ ބުނެބަލަ!” ދެންވެސް ފިޒާމް ވާހަކަ ނުދައްކާ ބަލަން އިންނަން ފެށުމުން އައިމަން ސަމާސާ ކޮއްލިއެވެ.

‎ހަމަޖެހިލަން މަސައްކަތް ކުރަމުން ފިޒާމް ކުރިމަތީގައި ހުރި ފެންތަށިން އެތި ފޮދެއް ބޯލިއެވެ. “ނޫނޭ ވާ ރޭ ހުވަފެނުން ކޯޗެއް ފެނުނީ؟ އަނެއްކާ ތީ އަހަރެން ދަންނަ އައިމަން މަމްދޫހު ތަ ނޫނީ އޭނަގެ ރޫހުތަ؟” ޤަބޫލު ނުކުރެވިފައި އިނދެ ފިޒާމް އަހާލުމާއި އެކީ އައިމަން ހިނިގަނޑެއް ޖަހާލިއެވެ.

‎”އޭ މަޑު ކޮއްބަލަ…އައިމަންއަށް ވީ ގޮތެއް ވެފަ ތިހިރީ ރޭގަ އެމީހާޔާ ބައްދަލުކުރަން ދިއަފަހުން…އަނެއްކާ ކޮންކަހަލަ ހަންޑިއެއް ކައިރިޔަށް ރޭގަ ދިޔައީ؟ ތިހިރީ އަވަލާފަ ކަލޯ” ފިޒާމްގެ އަޑުގައި ލާނެއްކަމާއި ސަމާސާ ވީނަމަވެސް، ހަޤީގަތުގައި ވެސް އޭނާ ހުރީ އައިމަންއަށް އެންމެ ރެއަކުން މިއައި ބޮޑު ބަދަލުގެ ސަބަބުން ހައިރާންވެ އާޝޯހުވެފައެވެ.

‎”ނޫނޭ މޭން…ހަންޑިއެއް ނޫން…ޖާދުލެއް…ތޫފާނެއް…ސުނާމީއެއް…އެހެރަ ކަޅިރަވަ އެއް އާހް…އެދެލޮލުގެ ތޫނު ކަމުން އަހަރެންގެ ހިތް ކަތިލައިފި…އެހެރަ އަޑެއް…ނޭހާ ކައްކަރް ކީތްކުރަން ހޫރައްލީން އެއްގެ އަޑުވެސް އެހާ އަސަރު ގަދައެއް ނުވާނެ…އެއީ ހަމަ ހޫރެއް ފަދަ ނޫރެއް” މެޔާ ދިމާލުގައި އަތް އަޅާލައިގެން އިނދެ އައިމަން ދައްކަމުން ދިޔަ ޝާއިރީ ވާހަކަތައް އަޑުއަހަން އިން ފިޒާމް އިނީ ރަނގަޅަށް ވެސް ކޮސްވެފައެވެ.

“ބްރޯ ކޮން ޖާދުލެއްގަ ތިޖެހުނީ؟” އައިމަންގެ މޫނުގެ ކުރިމަތީގައި އަތް ހޫރުވާލަމުން ފިޒާމް ބުނެލުމާއި އެކު، އައިމަން ކިޔާލީ ރީތި ލަވައެއްގެ ޅެމެކެވެ.

‎”ޖާދޫގަ ޖެހޭނޭ ފެނިފާ ތިބާ

‎ތިއައީ މިސާލޭ ހަމަ ރީތި ކަލާ

‎ނޭނގި ވީއޭ ހިތް ދިވާނާ

‎ސޫރަ ފެނިފާ ހުރީ

‎މިއަތުގަ ހިފާ ތޯ ކަލާ

‎ޖާދުގަ ޖެހޭނޭ ފެނިފާ ތިބާ
‎
ތިއައީ މިސާލޭ ހަމަ ރީތި ކަލާ

‎

ލޯބިން މިގޮތުގާ، ތި ޖިސްމަށް ބެލޭނޭ
‎
ފެނިފާ ތި މިތުރާ، މި ވާގޮތް އިނގޭހޭ

‎

ބުނަމެ ގަންދީ، މޮޔަވެދާނޭ ލޯބިވާއޭ އެކީ
‎
ދިވާނާ ވެއްޖެ އާދޭ ކަލާ”

‎”މޮޔަވެދާނެ އެއް ނޫން ތިހިރީ ރަނގަޅަށް މޮޔަވެފަ” އިންތަނުން ކޮއްޅައް ތެދުވަމުން ފިޒާމް ބުނެލުމާއި އެކު ހިނިގަނޑެއް ޖަހާލަމުން ފިޒާމްއާއި އެކީ އައިމަން ވެސް އެ ކެފޭ އިން ނިކުމެގެން ދިއައެވެ.

*******

‎”ކާރު އެ ހަނި ގޯޅީގެ ކުރިމަތީގައި ޕާރކު ކޮއްލަމުން އުޒާމް ކާރުން ފައިބައި އެ ގޯޅިގަނޑުގެ ތެރެއަށް ހިނގައިގަތެވެ. އެއްފަރާތުގައި ސައިކަލު ޕާރކު ކޮށްފައި ހުރުމުން އެ ދަތި ދޭތެރެއިން ހިނގަންވެސް އުނދަގޫ ވާނެއެވެެ.

އުޒާމް ގޮސް މަޑުކޮއްލީ މުށިކުލައިގެ ދޮރެއްލީ ގެއެއްގެ ކުރިމައްޗަށެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރާލަމުން އެތެރެއަށް ވަނުމާއިއެކީ ކުރިމަތީގައި ހުރި އެނބުރޭ ސިޑިން އަރައިގެން ގޮސް ކުރިމަތި ޖެހުނު ދޮރުގައި އުޒާމް ޓަކި ޖަހާލި އިރު އޭނާގެ ރޫގިނަ ނިއްކުރީގައި ދާތިކި ބަބުޅަމުން ދިއައެވެ.

‎ދޮރު ހުޅުވީ މެދު އުމުރުފުރައިގެ އަންހެނެކެވެ. “އަހާ އުޒާމް…އާދޭ އެތެރެއަށް” އުޒާމް ވަންނަން ތަން ދައްކަމުން އެ އަންހެންމީހާ ބުނެލިއެވެ.

އެތެރެއަށް ވަނުމަށްފަހު އެ އެއްކޮޓަރި ސިޓިން ރޫމުގެ އެޕާރޓުމެންޓަށް އުޒާމް ނަޒަރު ހިންގާލިއެވެ. ކިތަންމެ ކުޑަ ވެފައި އާދައިގެ ނަމަވެސް އެ އެޕާރޓުމެންޓުގައި އުޅޭ މީހުންގެ ސާފުކަން ހާމަވެއެވެ. “ހާދަ ނުރަސްމީ ގަޑިއެއްގަ…ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” އުޒާމްގެ އަތަށް ފެންތައްޓެއް ދިއްކޮއްލަމުން އެ އަންހެންމީހާ އަހާލިއެވެ.

‎”ހަސްނާ، ކޮބާ ލާމިއު…އަހަރެންގެ ފޯނު ކޯލުތަކަށް ޖަވާބު ނުދޭތާ ދެދުވަސް މިވީ…ވަރަށް މިހިންމު ކަމެއް ދިމާވީމަ މިގެއަށް އަންނަން މިޖެހުނީ….” ފެން ތަށިން އެތި ފޮދެއް ބޯލަމުން އުޒާމް ވާހަކަ ދެއްކިއެވެ.

ހަމައެވަގުތު އެގޭގެ ދޮރުން ވަދެގެން އައީ ބިޔަ ފިރިހެނެކެވެ. ކަޅު ހަންގަނޑެއްގެ ވެރި އެމީހާ ހުރީ ދުފާ ރަތް ކޮއްގެނެވެ. “އުޒާމް މިތާގަ…! ހަސްނާ ދޭ އެތެރެއަށް” އެ ފިރިހެން މީހާގެ އަމުރަށް ހަސްނާ އެތެރެއަށް ދިއުމާއި އެކު، ސުވާލުގެ ނަޒަރަކުން އެ ފިރިހެންމީހާ އުޒާމްއާއި ދިމާލަށް ބަލައިލިއެވެ.

‎”އުޒާމް ކީތްކުރަން ތިއައީ…އަހަރެންގެ އާއިލާއާ ހަމަޔަށް އުޒާމް އަންނަން ޖެހުނު ސަބަބަކީ ކޮބާ؟” އެ މީހާ އޭނާގެ ބަރު އަޑުން އަހައިލިއެވެ.”އަހަރެންވެސް 8 އަހަރު ފަހުން ވަރަށް ބޮޑު ކަމެއް ޖެހުނީމަ ނޫނީ ލާމިއު ކައިރިއަށް ނާންނަކަން ލާމިއުއަށް އިނގޭނެ” އުޒާމްގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

**********

‎އަތުގައި އޮތް ފައިލުގައިވީ ގަނޑުތައް ކިޔަމުން ދިޔަ ވަރަކަށް އިވާން އެ ފައިލުގައި ހިފަހައްޓައިގެން ހުރި އަތް ދިއައީ މުއްކެވި ބާރު ވަމުންނެވެ. ކަތުރު ކަށިގަނޑަށް ވާންވެ ނާރު ތައް ފުއްޕާލިއިރު، ގާތް ކޮށް ލެވިފައިވާ ދެބުމަ އޭނާ ރުޅި އައިސްފައި ހުރި މިންވަރު ހާމަ ކޮއްދެއެވެ.

އިވާންގެ ކުރިމަތީގައި އައިސް ހުއްޓިލަމުން އިވާންގެ އަތުގައި އޮތް ކަޅުކުލައިގެ ފައިލް ހުޝިއާރު ކަމާއި އެކު ނޫރް އަތުލީ ފުޅާ ހިނިތުންވުމެއް ވެރި ކުރު ވައިގެން ހުރެއެވެ.

‎ނޫރްއާއި ދިމާލަށް އަލިފާނުގެ ބެލުމަކުން އިވާންއަށް ބާލާލެވުނީ އޭނާ ރުޅި އައިސްފައި ހުރި މިންވަރުންނެވެ. އެ ފައިލުގައި އެ ވަނީ ޤާނޫނީ ލިޔެކިޔުމެކެވެ. އޭޒެޑް ބިލްޑިންގް ކުންފުނީގެ ސަތޭކަ އިންސައްތަ ހިއްސާގެ ތެރެއިން އިވާންގެ ނަން މައްޗަށް 30% ވާއިރު އެއީ، އުޒާމް އޭނާއަށް ދީފައިވާ ހިއްސާއެވެ. އެކުންފުނީގެ ބާކީ 70% ހިއްސާގެ ތެރެއިން 25% އަކީ އެ ކުންފުނީގެ ޒަމާންވީ ހިއްސާދާރެއް ކަމުގައިވާ ވަސީމުގެ ހިއްސާތަކެވެ. އުޒްވާގެ ނަން މައްޗަށް 26% އަދި ބާކީ 19 އިންސައްތަ ހިއްސާ އަކީ މާރކެޓަށް ހުށައެޅިފައިވާ ބައެވެ. އޭގެ ތެރެއިން 6% ނޫރްގެ ނަން މައްޗަށް އިވާން އިއްޔެ ބަދަލު ކޮއްދިނުމުގެ ސަބަބުން މިހާރު، މާރކެޓަށް ހުޅުވާލެވިފައިވަނީ 13 އިންސައްތައެވެ.
‎

އެ ލިޔުމުގައި ވާ ގޮތުންނަމަ ވަސީމުވަނީ އޭނާގެ 25 އިންސައްތަ ހިއްސާ ނޫރްގެ ނަންމަތި ކޮއްފައެވެ. އެހެންކަމަށް ވާނަމަ އިވާން ނޫރްއަށް ވިއްކި 6% ލައިގެން ނޫރްގެ ޖުމުލަ ހިއްސާގެ އަދަދަކީ 31 ކެވެ. އިވާންއަށް ވުރެން 1% އިތުރެވެ. އޭގެ މާނައަކީ އޭޒެޑް ބިލްޑިންގްސްގެ މިހާރުގެ ވެރިޔަކީ އަދި އެންމެ ބޮޑު ހިއްސާދާރަކީ ނޫރް އެވެ. މި ހާރު އޭޒެޑް ބިލްޑިންގްސްއަކީ ނޫރްގެ ކުންފުންޏެކެވެ.

“‎ވަޓް ދަ ހެލް އިޒް ދިސް” ނޫރްގެ އަތުގައި އޮތް ފައިލަށް އިޝާރާތް ކުރަމުން އިވާން ބުނެލި އިރު އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. “ހަޤީގަތާ ތެދު، މި ދޭއްޗަކީވެސް ބައެއްފަހަރު ވަރަށް ހިތި ދޭތި…ހަޤީގަތް ހަޖަމް ކުރަން އުނދަގުލީތަ؟”

ނޫރްގެ ސުވާލާއިއެކު އިވާންގެ ރުޅިގަނޑު އިހުނަށް ވުރެން ގަދަވިއެވެ. ނޫރްއަކީ މިހައި މަކަރުވެރި މީހެއްކަމަށް ވާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. މިފަދަ ރޭވުމެއް ނޫރް ރާވައިފާނެ ކަމެއް އޭނާއަށް އަންދާޒާ ކޮއްލެވިފައެއް ވެސް ނެތެވެ. އަދި ވަސީމު އޭޒެޑަށް މިހައި ބޮޑު އޮޅުވައިލުމެއް އޮޅުވައިލައި ފާނެ ކަމަކަށް އޭނާ އުންމީދެއް ވެސް ނުކުރެއެވެ.

‎”ދިރިއުޅުމުގަ ހީވެސް ނުކުރާ، ހައިރާން ކުރަނިވި އަދި ޤަބޫލުކުރަން ބޭނުން ނުވާ ކަންކަމާ ކުރިމަތިލާންޖެހޭނެ…ކޮންމެ މީހަކަށް އަބަދު އުޑަކު ފިޔައެއް ނުޖެހޭނެ…ބިމަށް ފައިބަންޖެހޭ ވަގުތު ވެސް އަންނާނެ” ނޫރްގެ ތޫނު ބަސްތަކުގެ ސަބަބުން އިވާންގެ ރުޅިގަނޑު ގަދަވަމުން ދިއައިރު، ނޫރްގެ މޫނުމަތީގައިވީ ކާމިޔާބީގެ ހިތުންވުމެކެވެ.

ގޮނޑިއާއި ދިމާލަށް ހިނގައިގަތް ނޫރް ސިހުނީ އޭނާގެ އަތުގައި ހިފައި ފާރާއި އޭނާއާއި ދޭތެރޭގައި އިވާން ނޫރް ހައްޔަރު ކޮއްލުމުންނެވެ. އޭރު އިވާންގެ އެ ކަޅުކަން ގަދަ ތޫނު ކަޅި ނޫރްގެ މޫނަށް އަމާޒުވެފައި ހުރި އިރު އެ ދެމެދުގައި ކައިވަތެއްހައި ދުރުމިން ވެސް ނެތެވެ. ނޫރްގެ ސިހުރެއް ފަދަ ދެލޮލުގައި ވީ އިންތިހާ ނަފްރަތާއި އިވާން ފުން ދެލޮލުގައިވީ ރުޅިވެރިކަން އެމެދުގެ ދުރުމިން ކުޑަކޮއްފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ލޯބީގެ ހައްގުގައި 11

Next

ޒާޔާ (ނަވާވީސްވަނަ ބައި)

Next
September 16, 2020

ޒާޔާ (ނަވާވީސްވަނަ ބައި)

Previews
September 14, 2020

ލޯބީގެ ހައްގުގައި 11

111 Comments!

  1. ❤️Scarlet❤️ says:
    September 14, 2020 at 10:30 pm

    Me first ???

    1. Afaa says:
      September 15, 2020 at 12:35 am

      Congrats love ?❤️

    2. Anonymous says:
      September 15, 2020 at 6:44 am

      Hei sis, egadeega kudakon study jahsan vgn comment nukoh levunee… Vvvvvvvv cool inge! Ivaan ge rulhi inthihaa ah dhww… Aiman fakeeru inthihaa ah loabi dhw vee… Adhi rulhi vs annaane kannenge Aiman vs. Noor haadha clever girl ekey
      Lysm ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    3. Afaa says:
      September 15, 2020 at 8:26 am

      Ahahah its ok scarlet?inthihaa huriha kameh wes dhw myga! Hingaa balamaa waagotheh?❤️Lym❤️

    4. Ivaan says:
      September 15, 2020 at 8:13 am

      Nooor hama jaadhulekey dho dhon?

    5. Afaa says:
      September 15, 2020 at 8:27 am

      And ivaan thihiry e jaadhuluga jehi bedhifa dhw?❤️

    6. ❤️Scarlet❤️ says:
      September 15, 2020 at 12:46 pm

      Yeah Ivaan ehery hama rangalhah vs bedhifa ??? noor gadhaee Ey hama

    7. Ivaan says:
      September 15, 2020 at 4:09 pm

      Kyhkuraany dho aiman e kiyaidhin lava ivaan vx kiyan v ey aslu? jaadhuga jeheyney fenifaa thibaa thiaee misaaaleu hama reethi kalaaa…neygi v ey hiy dhevaaanaa

    8. ❤️Scarlet❤️ says:
      September 16, 2020 at 4:25 pm

      Saabas ivaanoooo! Noor aa hedhi Moya vefa dhww hama! ?????????Bro, kmme story ehga vs Bro ge faraathun kaiveni sayeh libeynekamah Ummeedhu kuran! Lulu kolhuge habareh dhabareh vs nuvey ?

  2. R¥N says:
    September 14, 2020 at 10:38 pm

    Maasha Allah ❤??????vvvv reethi mi part ves ??????❤interesting varah bodah ❤??????keep it up ??????❤
    Lysm ??????❤
    ❤??????Tc

    1. Afaa says:
      September 15, 2020 at 12:35 am

      Thankyou ryn❤️Lym tc?

  3. Ivaan says:
    September 14, 2020 at 10:41 pm

    Omg am i second! Mi part haadha intense ey!!! Did they kiss? No right? Hama kairi velee dho! Ivaan rulhi aima habeys ingey and noor masha allah vrh kamudhey hama ehvana sis…waiting for next?

    1. Afaa says:
      September 15, 2020 at 12:36 am

      You are third this time hehe?yes just kairi wely e ingey! Thankyou ivaan♥️♥️

  4. NAANI says:
    September 14, 2020 at 10:41 pm

    Alheyy vrh salhi mi part ves???masha allah ❤️❤️❤️
    Ivaan and aiman aa dhemeehun ekakuge jaadhooga jehifa dhw???Ummeedhu mi kurany mi vhk ige kuriah huri part thah ves vrh salhi vaane kamah???
    Tc❤️❤️❤️

    1. Afaa says:
      September 15, 2020 at 12:37 am

      Ahaha thankyou darling? jaadhuuga aiman dhw jehuny? ivaan hates noor now! Insha allah i will try my best! Tc naani❤️

  5. NeeL says:
    September 14, 2020 at 10:53 pm

    Wooooowwwwwww aphxx?? mi part vess hama vrh vrh Reethi ❤️❤️ So Curious!! waiting for the next part ❤️ keep it up darlin… Tc❤️❤️❤️

    1. Afaa says:
      September 15, 2020 at 12:37 am

      Thankyou sm neel? tc lwbs❤️

  6. Nuhyy says:
    September 14, 2020 at 11:04 pm

    Omggg sisooo noor and ivaan ge scenes haadha passionate ey just wow!and noor ge dialogues and attitude masha allah❤️

    1. Afaa says:
      September 15, 2020 at 12:38 am

      Noor ei fisaari kambalekey dhw ??

  7. Nuhyy says:
    September 14, 2020 at 11:05 pm

    Noor is ivaan ge malha dhoooo is noor trying to make him realise that she is malha or is she just taking revenge on her childhoon frnd as well?

    1. Afaa says:
      September 15, 2020 at 12:38 am

      Hingaa balama dhw thiyehh?

  8. Nuhyy says:
    September 14, 2020 at 11:06 pm

    And mi uzaam e meet kuree laiba ge mom hasna aa tha? Ehnveerun laamiu akee laiba ge dad ryt? Wowww so mysterious… edhemeehun gandeh ganefa eba oii thoache

    1. Afaa says:
      September 15, 2020 at 12:39 am

      Ahaha uzaam aa eky ulhey myheh rangalheh nuwaane thr dhww! Lets see??❤️

  9. Nuhyy says:
    September 14, 2020 at 11:16 pm

    Mi aiman adhi rangalhu bondi eh boane kanneyge noor ge athun..furathama fenilumun dheevaana vefa ehery…noor ge puppet akah vefa

    1. Afaa says:
      September 15, 2020 at 12:39 am

      Addu bondi eh kanneyge dhw aiman boany??? love at first sight kanneyge dhw?♥️

  10. Nuhyy says:
    September 14, 2020 at 11:17 pm

    Hama varugadha thoofaanekey dho noor akee hama jaadhuleh vrhhh salhi sisoo ge sifakurun thah and i love the business part since im a business student as well
    Tc lysmm

    1. Afaa says:
      September 15, 2020 at 12:40 am

      Ooooh I’m a business student too! Thankyou nuhyy lwbs❤️Lym tc?❤️

  11. Naa says:
    September 14, 2020 at 11:18 pm

    Aphxxx story varah reethi. and you are my favourite author ehenve aphxxx ah dhuvahehge kolhun ves dhera eh libeykah beynumeh noon. Thats why I am telling u this. please dont get angry. I am telling u this for your own good. Vaahaka ehga viyas hooruhleenunnaa ehvaru nukurey. Cause we dont know how they look like. The only thing we know is there are no one equal to them . Ehenve Naa mihen mi bunyan. Ummeedhu kuran positive koh nagaane kamah. Curiously waiting for the other part

    1. ———— says:
      September 14, 2020 at 11:23 pm

      True thing but hama vrh gina vaahaka thakuga hurey dho ehn ehfadha kohfa, hama ekani mi vaahakaiga ehnoon! Mi site ga liyaa ehn baivaru authors ves hurey hama

    2. Afaa says:
      September 15, 2020 at 12:41 am

      Thankyou naa❤️ Wrh ufaawey thihen bunela dheythi mistakes! Insha allah I won’t repeat it?❤️

  12. Just a reader says:
    September 15, 2020 at 12:43 am

    Masha allah that was awesome
    This is the most mysterious story I’ve ever read
    Every part increases the curiosity in me and introduces new faces
    Loving it keep it up aphxxx

    1. Afaa says:
      September 15, 2020 at 8:28 am

      Glad you love it??means alot thankyou so much dear❤️

  13. Ivaan says:
    September 15, 2020 at 2:31 am

    Adhi dhevana faharu kiyaaleema hadhaan v aiman ge seyku dheevaanaa kan?alhe fakeeru kairi buney noor ge huvafen nudhekeyshey ei ivaan ge mal ey nulibeyney?

    1. Aiman says:
      September 15, 2020 at 2:33 am

      Hahahah your real name is even ivaan tha? Aiman ah vx hama libidhaaney nun kihineh ingeyny?

    2. Afaa says:
      September 15, 2020 at 8:30 am

      Lets see dhw??

    3. Anonymous says:
      September 15, 2020 at 6:38 am

      No he his real name is not Ivaan. Loehbahtakaa ga he was Aalim ???
      Our Bro dhww???

    4. Ivaan says:
      September 15, 2020 at 8:14 am

      Hehehe yes my real name is not ivaan…and aiman akah nulibeynenu dho nafrathaky ey loabyge feshun?

    5. Afaa says:
      September 15, 2020 at 8:30 am

      Aiman ehery hama lwbyga jehi aashiq akah wefa? hurey bunaanan ivaan bunyey nulibeyney?

    6. Noor says:
      September 15, 2020 at 9:04 am

      Ahaha noor mee ivaan ge kujjeh dhw

    7. Aiman says:
      September 15, 2020 at 9:17 am

      Adhi neygeynun hama aiman vx noor dhamaigainfaaney?

    8. Ivaan says:
      September 15, 2020 at 12:20 pm

      Hingaa dhen balamaa kaaku tho noor dhamai gannaneee dho

    9. noor says:
      September 15, 2020 at 1:20 pm

      Hehe neygey dhw vaaneh gothah..knmeh myhaka libunas we will be frnds dhw ?

  14. Hafu says:
    September 15, 2020 at 6:51 am

    Heii sis
    This part is awesome..amazing
    Alhe ivaan moya kameh dhw ekuree..pis Pis adhi aiman ves ehuree Noor ah dhivaanaavefa…eh kahala moya dheku dhin dhw miulhenee..ivaan nd Noor kurin ekaku anekaku dhaneydhw..i guess they r childhood friends…aiman ves Noor ge dhaagadhuga nujehunihyaa rangalhu…uzaam mi varah kanthah higaafa huri meehehdhw…
    Whn is next part…waiting eagerly to read next part
    Sis u ge guess was correct..
    Lysm
    Tc
    Stay safe stay home

    1. Afaa says:
      September 15, 2020 at 8:32 am

      Thankyou darling?yess dhe silly boys dhw miulheny?uzaam ei kama fakkaa villian eh hunnaanne kanneyge wrh kan kan kohfa??hingaa balamaa dhw!hiba?!lym tc❤️

  15. ?Flower? says:
    September 15, 2020 at 7:36 am

    Hi sis mi part ves varah reethi masha Allah keep it up sis
    Waiting for the next
    Ly ❤️❤️❤️

    1. Afaa says:
      September 15, 2020 at 8:33 am

      Thankyou flower ? lyt❤️

  16. ?? says:
    September 15, 2020 at 8:09 am

    Ayeeee im loving this mysterious storyyyyu???

    1. Afaa says:
      September 15, 2020 at 8:33 am

      Awww thankyou??

  17. ?? says:
    September 15, 2020 at 8:10 am

    Good luck girl , keep it up! Looking forward for next?

    1. Afaa says:
      September 15, 2020 at 8:34 am

      Thankyou dear❤️❤️❤️

  18. aphxxx says:
    September 15, 2020 at 8:35 am

    Hey everyone! Hope you all are in good health! Mi part ga myndha business shares bai ehwes reader akah understand nuwanya feel free to ask ingey! Thankyou so much all??love you all ❤️Stay safe❤️

    1. Nuhyy says:
      September 15, 2020 at 9:16 am

      No sisoo I understood and that part is most interesting?

    2. Afaa says:
      September 15, 2020 at 12:13 pm

      Glad that you understood ?

    3. Ivaan says:
      September 15, 2020 at 9:21 am

      Ei total 100 akun bai bayah bahaafa ehme gina bai libunu meeeha is owner dho? And now noor has most shares

    4. Afaa says:
      September 15, 2020 at 12:14 pm

      Yes noor is owner of az buildings

  19. Shaiiii says:
    September 15, 2020 at 11:18 am

    Sis vx negative bs steam dho❤️❤️❤️❤️❤️….. I’m also studying bs stream ?????….. OMG noor is the owner of AZ company?????…… Nooney vaa molhu?????….. Vhk Hama habeys♥️♥️♥️♥️♥️…… Ivaan haadha rulhi gadha ey dho?????…… Waiting for nxt part❣️❣️❣️❣️❣️….. Lysm sisooo?????

    1. Afaa says:
      September 15, 2020 at 12:16 pm

      Yes i study business stream? and not AZ company darling… AZ is a group of companies…they have many businesses in different feilds…noor just owned a company named AZ buildings… which was ivaan s before? ahaha yes ivaan rulhi gadha myheh dhw! Thankyou darling ly♥️

  20. Shaiiii says:
    September 15, 2020 at 11:19 am

    Negiii***
    Typing error???

    1. Afaa says:
      September 15, 2020 at 12:16 pm

      Ahahahaha

  21. VANTEKTH says:
    September 15, 2020 at 11:23 am

    heyyyy aphxxx.. mi stry ves vvvvv reethi.. im really speechless.. who is that noor ??? and can i ask u something?? whats your age.. and i hope this stry will be the best as the stry that u published before.. lysssmmm

    1. Afaa says:
      September 15, 2020 at 12:17 pm

      Thankyou dear♥️ Im 15 soon to be 16 hehe!

  22. Starlight vixx says:
    September 15, 2020 at 1:03 pm

    Varah reethi mi part ves curiously waiting for the next part ☺️☺️ take care ♥️♥️stay safe ❤️❤️♥️♥️???

    1. Afaa says:
      September 15, 2020 at 3:52 pm

      Thankyou dear❤️ Stay safe?

  23. noor says:
    September 15, 2020 at 1:40 pm

    Masha Allah sissy vrh reethi mi prt❤️❤️ur my fav writer?curiously waiting for nxt prt..lysm

    1. Afaa says:
      September 15, 2020 at 3:53 pm

      Aww thankyou darling❤️Lym❤️

  24. ކޮންމެސް ކުއްޖެއް says:
    September 15, 2020 at 2:23 pm

    ހާދަ ހިންގާލަ ސްޓޯރީ އެކޭ ???✨✨??ރިލޫ ހަފޫ މި ސްޓޯރީ ކިޔާލަންވީތަ ؟؟ރީތި ވާނެތަ؟؟މީ މީހެއް އިނގޭ

    1. ?Ril? says:
      September 15, 2020 at 3:46 pm

      Kiyaalaba vrh reethi Btw girl eh thr boy eh thr thee hama ahaalee heevany dhan kuhje hen thee hehehe Don’t mind

    2. ?LamHaa? says:
      September 15, 2020 at 4:08 pm

      Ril akah neyngunu tha ey Kon Kuhjeh kameh.. Lam ah ingihje

    3. ?LamHaa? says:
      September 15, 2020 at 4:10 pm

      Hama Gaimu vx dhannaane E kuhja dhw meeheh

    4. Afaa says:
      September 15, 2020 at 4:12 pm

      Kn kujjeh tha mee???

    5. ?Ril? says:
      September 15, 2020 at 6:04 pm

      Ingihje hen heevanee

    6. ?LamHaa? says:
      September 15, 2020 at 7:05 pm

      Enme Anga gadha meehaa ge bolah dhaiy goni ohsaalaa meehaa ey.. Dhw meeheh

    7. ?Ril? says:
      September 15, 2020 at 8:20 pm

      Ehhehehe ingihje ????????????????????????

    8. ކޮންމެސް ކުއްޖެއް says:
      September 15, 2020 at 8:52 pm

      ހެހެ ހޫމްމްމް?ދަތް ނޫންގުޅާ ކުދިން ބޮލަށް ދަތް ގޯނި އޮއްސާލާ މަންޖެ މީ… ރިލް ލަމް ދަތް އުނގުޅައްޗޭ
      Hii aphxxx sis?????Alhugandu mee konmes kuhjjeh…. Alhugandu mi ulhenii Mi Story kiyan fashan?but regularly cmnt nukuraveyne ingey sis… Soo sorry???but dheythere dheytherein cmnt kohllaanan

    9. Afaa says:
      September 15, 2020 at 10:51 pm

      Its okay darling? thankyou❤️

    10. ?LamHaa? says:
      September 15, 2020 at 10:55 pm

      Ril aa lam aa dhaiy ungulhamey dhw riloo.. Lam ge loabi loabi Santhi Aiss dhaane vihyaa dhaiy goni ohsaalan.. Hahaha

    11. ?Ril? says:
      September 16, 2020 at 6:20 am

      Suhboo aharen ves dai ungulaan santheee

  25. ?Ril? says:
    September 15, 2020 at 3:50 pm

    Hii sisoo Mi part ves vrh sali
    Masha Allah keep it up
    And vrh interesting
    Understand vi ingey Business baa ehehe
    Sorry ingey sis mihaaru vrh regular koh Mi stry Ah cmnt nukureveythyy. Buxy dhuvas koleh veemaa still l read this stry
    Waiting for the next part
    Luv uuuu
    Stay safe

    1. Afaa says:
      September 15, 2020 at 3:53 pm

      Its owk rilooo?thankyou and stay safe lym❤️❤️❤️

  26. ?LamHaa? says:
    September 15, 2020 at 4:06 pm

    ❤️❤️❤️❤️❤️❤️Wow Maasha allah V V reethi mi part vx sis
    Noor Haadha makaru gadha ey dhw
    Curiously waiting for nxt part
    Stay safe dear
    Lyyysssmmm

    1. Afaa says:
      September 15, 2020 at 4:11 pm

      Ahaha yes noor ei master mind ekey??thankyou darling stay safe❤️❤️❤️

  27. Lotus? says:
    September 15, 2020 at 5:14 pm

    Wow this part is amazing..❤️
    ??Noor aslu vx haadha clever ey dhww….. n did Aiman really fell for Noor?? also Ivaan haadha rulhigadhaey dhw
    ?? n Mi story Vrh reethi ingey dear
    Waiting for the nxt prt
    Stay safe
    Lysssm

    1. Afaa says:
      September 15, 2020 at 5:38 pm

      Noor wrh buhdhi rangalhu waane hehr?yes aiman ehery jaadhuluga jehifa and ivaan ehaa nafrathu kuranya rulhi ahnaannu dhw! Thankyou darling lym❤️

  28. ?Kukkyyy? says:
    September 15, 2020 at 5:27 pm

    Hey sis!! Hope u r doing fine ❤️ This part is also really very very amazing ? I had read the previous parts too, but sorry comment eh koh nulevunyma ? Noor is a mysterious girl ❤️ she’s playing a clever game ? Ivaan can hardly control his anger dhw ?adhi rangalhu vaane ivaan dhariyaa ? surprisingly, Aiman vx E change v Noor ge jaadhuluga jehigen viyyaa dhw ?dhn keekey bunaany mi kudhin ulhey gothun ?not kudhin dhw, bodu firihenun viyya ?✌️ Anyway, vrh reethi igey mi part vx ❤️ Waiting for the next part ❤️ love u big koh ❤️Stay safe, healthy, and prosperous.. ❤️Take care ❤️?

    1. Afaa says:
      September 15, 2020 at 5:40 pm

      Its ok darling?silly boys thakeh dhw aslu silly men? thankyou dear lym tc❤️❤️❤️

  29. Anonymous says:
    September 15, 2020 at 5:42 pm

    ?????

  30. Anonymous says:
    September 15, 2020 at 5:43 pm

    Best????????

  31. Anonymous says:
    September 15, 2020 at 5:44 pm

    Nicest ????

  32. Anonymous says:
    September 15, 2020 at 5:45 pm

    Interesting????

  33. Anonymous says:
    September 15, 2020 at 5:46 pm

    Wowoowowow?????

    1. Afaa says:
      September 15, 2020 at 7:15 pm

      Thankyou anonymous ?

  34. Raaya says:
    September 15, 2020 at 5:56 pm

    cant believe you are just 15!!! i am in shock right now! masha allah! you have a huge talent! keep on going! best of luck! waiting for next part!

    1. Afaa says:
      September 15, 2020 at 7:15 pm

      Thankyou so much raaya?♥️♥️

  35. NooR says:
    September 16, 2020 at 1:11 am

    finally kiyaalevihjje…OMGGG haadha reehchey masha allah..hama kulhu faibaa….alheyyy Ivaan haadha galhi sorekey…visnaa vx nulaa soe kohllii..pis pis pis..sis hus seykun laigen dhw thi ulhenii mi story ah…seykun neh vx noon feykun…kiikey kiyaanii vx mi aiman soraku ulhey gothun….hama boa halaaku…. e soru jaadhooga jehunu jehuniinun gos boa mathii koakaa enburenii yoala…mi storykiyaairu cmnt nukosheh neen dheveyne…

    ….އެ އިވާނޫ… ނޫރް އާ ގާތްވީވީނުން އަނެއްކާ ކަމެއް ނުކުރައްޗޭ ….އާން ނޭންގޭނު..ހަމަ ސޭކުން ކޮންމެ ކަމެއްވެސް ކޮއްފާނެ ވިއްޔަ…ދެން ހުރީ އައިމަން ސޮރު….ނޫރް އަށް ޓަކާ ފިދާވާނަމޯ….ނޫރް މޮޅުދޯ މީހުން ހައްލާލަން

    ނޯޓް!!!!މިއީ ކޮންމެސް ކުއްޖެއް…އެހެން ނަމަވެސް ދެން އަޅުގަނޑު މި ވާހަކަ އަށް
    ކޮމެންޓު ކުރާނީ ނޫރް ގެ ނަމުގަ!!!!!

    1. Afaa says:
      September 16, 2020 at 9:41 am

      Ahahaha kyhkuraany dhw! Mizamaanuge kudhin hama seyku kamun! ekakah furathama nazarun lwbi wewunu iru anekakah nafrath! Noor aky fisaari kambaleh wiyya dhn ?thankyou dear❤️❤️❤️

    2. ⚽Ai♍an⚽ says:
      September 16, 2020 at 12:20 pm

      Hii Noor.. Aphxxx sis mi Noor akee varehge Anheneh

    3. NooR says:
      September 16, 2020 at 2:00 pm

      Hii Aiman Mahmoodh????Aiman visnaigen ulhehchey….. Thii Dhen kaaku…. Thakaholhi thelhuvun Noon kameh noavey

    4. ⚽Ai♍an⚽ says:
      September 16, 2020 at 2:44 pm

      Aan ma jeheyne dhw vissnaigen ulhen.. Mashah jahsaalaafa hunna santhi mariyabeh eba ulhey vihyaa

  36. єℓєνєη αηυαнѕ says:
    September 16, 2020 at 7:49 am

    нєу вσσ ℓσηց тιмє ησ ርσммєηт ԃнω??..втω мι ѕтσяу мαα нαвєуѕ ιηցєу♥️???? ησσя нααԃнα ርℓєνєя єу ԃнω??…єкαнαℓα νιѕηυмєн αℓнυցαηԃαн νєѕ ℓιвєуηє ηαмα??….νян ιηтєℓℓιցєηт ησσя?…ԃнη мιнυяєє αιмαη วααԃнσσցα วєнι ƒιԃнαα νєƒα ԃнω??..αηԃ ινααη яυℓнι ααмα νян ѕαℓнι…кααкαнα вαα єηмє ƒαнυη ησσя ℓιвєуηєє??…кєєρ ιт υρ вσσ?♥️..ηєχт ραят αναнαн υρ кσнԃнєнርнєу?..νян кιуαα нιтнυη мιнυяєє?…ℓσνє υ вσσ♥️??..ѕтαу ѕαƒє ѕтαу нσмє?..тር

    1. Afaa says:
      September 16, 2020 at 9:42 am

      Hey boo?yes silly boys and clever queen eh dhw mi waahakaiga miulheny! Thankyou so much boo lysm❤️❤️❤️

  37. Shaima shaee says:
    September 16, 2020 at 9:27 am

    Hey aphxxx Vrrrr Reethi Ingey mi story baraabarah comment nukuriyas Kiyan Ingey hama vrrrravas Reethi ?????????& your one of my favourite author?????????stay safe sis Luv ya moreee

    1. Afaa says:
      September 16, 2020 at 9:43 am

      Thankyou so much dear❤️Wrh ufaa wehje comment fenunyma! Lym tc❤️❤️❤️

  38. Ivaan says:
    September 16, 2020 at 9:46 am

    100

    1. Ivaan says:
      September 16, 2020 at 9:48 am

      Comments hama kohlamaaa

    2. NooR says:
      September 16, 2020 at 1:58 pm

      Mihaaru 101 vehjje

  39. Afu says:
    September 16, 2020 at 3:22 pm

    Sorry siss alhuga heekuree comment kurevifa kamah inee … Masha Allah varah reethi mi prt ♥️♥️ alhe Noor Mee magic eh kahneyge dhww ??? alhe varah curious dhn vaagotheh balaalan ??? how are you ?? StAy SaFe
    TC love you a lot ♥️♥️♥️♥️♥️

    1. aphxxx says:
      September 17, 2020 at 3:35 am

      Thankyou afu darling❤️Im alhamdhulilah good?hws you and yes noor hama magician eh dhw?

  40. Noo_ra says:
    September 16, 2020 at 7:00 pm

    Varah varah reethi mi part ves…maasha Allah..❤️❤️??☺️❤️❤️??☺️?……. keep it up aphxxx….??
    Waiting for the next part..??

    1. aphxxx says:
      September 17, 2020 at 3:36 am

      Thankyou dear❤️

  41. Naani says:
    September 16, 2020 at 7:55 pm

    Oh sorry Aphxxx dhoonii??? busy kamun adhi mikiyuni vaahaka ves? ekam aaaaah vrh vrh vrh vrh vrh vrh vrh salhi???????????? ??????????????? Salhi varu neynge bundheykah ves ehaa ves salhi Maasha Allah♥️♥️♥️♥️♥️♥️ Aphxxx thee mihaaru hama esfiya in fenna enme best enme salhi ekeh????????????????? Noor dhen ehen nuhadhabala???????????????????

    1. aphxxx says:
      September 17, 2020 at 3:38 am

      Awwww thankyou so much naani❤️And busy dhuwaskolhekey dhw mee aphxxx wes busy hama???stay safe darling❤️

Comments are closed.

Next Episodeއިންތިހާ – 7←


All Right Reserved!