ލޯބިންއެކުގާ (09)
އައިނާގުޅުމާއެކު ޒަޔާންނިކުމެގެން ދިޔައީ ގެއަށެވެ. ޒަޔާން ކާރުދުއްވަމުން ދިޔައިރު އިނީ ވަރަށް ހަމަޖެހިފައެވެ. މިއީ އައިނާ އޭނާއަށް ގުޅި ފުރަތަމަ ފަހަރެވެ. އައިނާގެ އިށާރާތަކަށް ބަލައިގެން ހުންނަތާ ކިހާދުވަހެއް ހެއްޔެވެ. ޒަޔާންގެއަށް ވަދެފެންވަރާލީ އައިނާހުރީ ނިޝާކައިރީގައިކަން އެނގޭތީއެވެ. އައިނާއައުމަށް އިތުރަށް ވަގުތުކޮޅެއް އޮތުމުން ފުރެޝްވެލީއެވެ. އައިނާގެއަށް ވަދެގެންއައިއިރު ޒަޔާން ކޮފީއެއް ހިފައިގެން ސޯފާގައިނެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން އިންއިރު ވަރަށް ހިތްގައިމެވެ. އާވިއަރަމުންދިޔަ ކޮފީތަށި އެއްއަތުން ހިފައިގެން އަނެއްއަތުގައޮތް ފޯނަށްބަލައިގެން އިންއިރު ފެނުނުކޮންމެ މީހެއްގެ ހިތްއަތުލާނެކަން ގައިމެވެ. އައިނާއަށް ބަލައިލާ ހިނިތުންވެލިއިރު މިއަދު ރުޅިއައިސްގެން އުޅުނުމީހެއްހެން ވެސް ހީވެސް ނުވެއެވެ. އައިނާއަރައިގެން ހުރި ފައިވާން ބޭލުމަށްފަހު ފައިވާން ހަރަށް ލުމަށްފަހު އައިސް ސޯފާގައި އިށީނެވެ. “ކެއީތަ؟” ޒަޔާން އައިނާގެ ލޮލަށް ބަލަންއިނދެ އަހާލިއެވެ. “ހުމމ..” އައިނާ މަޑުމަޑުން ބުނެލިއެވެ. އައިނާއިނީ ވާހަކަ ފަށާނެގޮތެއް ނޭންގިފައެވެ. އެހެންނޫނަސް އޭނަ ޒަޔާންއަށް ގުޅީ ރާދު އެވަރަށް މެސެޖް ކުރުމުންނެވެ. ހާސްވާން ފެށުމުން އައިނާއޭނާގެ ތުންފަތުގައި ދަތްއަޅާލިއެވެ. ތުންފަތުން ލޭކުލަ އަރައިގެން ދިޔައެވެ. ޒަޔާން އައިނާއަށް ބަލަންއިނީ ފޫހިކަމެއްނެތިއެވެ. އައިނާގެ ކޮންމެ ހަރަކާތެއް އޭނައަށް ވަރަށް ކަމުދެއެވެ. އައިނާގެ އެޖެހިލުންވުން ވެސްއޭނައަށް ކަމުދިޔެވެ. ޒަޔާން ބަލަންއިނުމުން އައިނާ އިތުރަށް ލަދުގަތެވެ. އައިނާއިސް ޖަހާލުމުން އައިނާއަށް ވާހަކަފަށަން ނުކެރޭނެކަން ޒަޔާންއަށް އެނގުނެވެ. “ވަޓް ހެޕެންޑް؟؟ ” ޒަޔާން އަހާލީ އައިނާއަށް ވާހަކަ ފެށުމަށް ފުރުސަތު ދެމުންނެވެ. އައިނާމިފަހަރުވެސް ޒަޔާންއަށް ބަލާލީ ޖެހިލުންވެ އިނދެއެވެ. އޭނާ ޒަޔާންއަށް އެވާހަކަ ކިޔައިދޭނީ ކިހިނެއްހެއްޔެވެ. އަމިއްލަ ފިރިމީހާކައިރީ އެހެންމީހަކުދެކެ ލޯބިވާވާހަކަ ބުނަންކުރޭނެ ހެއްޔެވެ.. ޒަޔާން ރުޅިއަންނާނެ ނޫންހެއްޔެވެ. އައިނާ ޒަޔާންދެކެ ލޯބިނުވިއަސް އޭނައަށް އޮޅުވާލާކަށް ބޭނުމެއްނޫނެވެ. އައިނާވިސްނި ވަރަކަށް އެވާހަކަ ބުނަންފަސް ޖެހުނެވެ. “އައި މިސްޑް ޔޫ..” އައިނާގެ ކަންފަތްކައިރިއަށް ވެއްޓިފައޮތް އިސްތަށިކޮޅު ރަނގަޅު ކޮށްލަމުން ޒަޔާން ލޮބުވެތި ގޮތަކަށް ބުނެލިއެވެ. “ޑޫޔޫ މިސްޑް މީ؟؟” ޒަޔާން ދެންވެސް އަހާލިއެވެ. މިފަހަރު އައިނާއިސްޖަހާލީ އޭނަ ޒަޔާންމަތިން އެއްވެސް ވަރަކަށް ހަދާންނުވާކަން ހިތައްއެރުމުންނެވެ. ޒަޔާން އޭނާގެ ދަތުރުދިޔަގޮތް އައިނާއަށް ކިޔައިދިނެވެ. ކޮންމެވެސް ވަރަކަށް ފޮޓޯވެސް ދެއްކިއެވެ. “ކޮންމެ ވަގުތަކު ކިޔައިދެން ބޭނުންވިޔަސް އައިވިލްބީ ދެއަރ..” ޒަޔާން އައިނާގެ މޫނުގަހިފާ އޭނާގެ ލޮލާސީދާ ކުރަމުން ބުނެލިއެވެ. އައިނާއަށް ކުރިންނުވާކަހަލަ އިހުސާސެއް ކުރެވުނެވެ.މިގޮތަށް އޭނައަށްޓަކައި މީހަކުހުންނާނެ ހެއްޔެވެ. ޒަޔާންއިނީ ވަރަށް އުފާވެފައެވެ. މިނޫނިއްޔާ އައިނާ އޭނަކައިރީގައި މަޑެއްވެސް ނުކުރާނެއްވެ. އެހެންނޫނަސް މިއަދު އައިނާ އޭނައަށް ގުޅީއަމިއްލައަށެވެ. އައިނާގާތު ރެސްޓުކޮށްލަން ބުނަމުން ޒަޔާން ދިޔައީ ފިރާޝް ގުޅުމުން އޮފީސްކަމަކުއެވެ. ފިރާޝްއަކީ އޮފީހުގެ މުހިއްމު މުވައްޒިފެކެވެ.
…..
މިޝާއާއި ރާދުގެ ގުޅުން ބަދަހިވަމުންދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ. މިޝާގެ ކޮންމެ އަދާއެއް ރާދުއަށް ވަރަށް ކަމުދެއެވެ. އެގޮތުން ރާދުއާ މިޝާއާ ތިބީ ރެސްޓޯރެންޓެއްގައެވެ. “މިޝީ.. ލެޓްސް އިންފޯމް އަވަރ ޕޭރެންޓެސް..” ރާދު މިޝާގެ އަތުގައި ހިފާލަމުން ބުންޏެވެ. ރާދުގެ އުމުރުން 28 ވެފައިވާތީ އޭނާގެ މަންމަބޭނުމީ އޭނައަވަހަށް މީހަކާ ކައިވެނިކުރާށެވެ. އެހެންކަމުން ރާދު ލަސްކުރާކަށް ބޭނުމެއް ނޫނެވެ. “ހެހެ.. ރާދު މަންމަކައިރީ ބުނަންވީނު.. މިޝީގެ ޕޭރެންޓްސް އަށް އެނގެއެށްނު..” މިޝާ ބުނެލިއެވެ. “މަންމައަށް ސަޕްރައިޒެއް ދޭނީދޯ.. މަންމަ އަންނާނެ ނެކްސްޓް މަންތްގަ” ރާދުވެސް ހިނިތުން ވެލިއެވެ. ފަރީދާއުފާވާނެ ވަރު ހިތައްއެރުމުން ރާދުގެ ހިނިތުންވުން ފިލާނުދެއެވެ. މިހާދުވަސް ވާއިރު މަންމަ ބޭނުންވެގެން އެންމެކިޔަނީ އޭނާ ވަޒީފާއަށް ދިއުމަށެވެ. ޒަޔާންއާއެށްކޮށް ވަޒީފާގައި އުޅެންފެށުމުން ފަރީދާ ބޭނުންވީ ރާދު ދިރިއުޅުމެއް ފަށާށެވެ. ދެމީހުންއަތުގަ ހިފާލައިގެން ރެސްޓޯރެންޓުން ނުކުމެގެން ދިޔައީ އުފާވެރި ހުވަފެން ތަކެއްދެކެމުންނެވެ.
އިމާދުއަށް ޒަޔާންފެނުނީ ރެސްޓޯރެންޓުގައި އިންދައެވެ. ވަރަށް މަސައްކަތުން އައިނާގެ ފިރިމީހާހޯދުމުން އިމާދު ބޭނުންވީ އައިނާއާ ޒަޔާންގެމެދުގައި މައްސަލަ ޖައްސާށެވެ. އެހުރިހާ ކަމަކަށް އޭނަހުރީ ތައްޔާރުވެގެންނެވެ. އައިނާއާ ޒަޔާންގެ މެދުގައި މިހާރު އެކުވެރިކަން އޮވެއެވެ. އެހެންކަމުން ޒަޔާންފެންނަނީ ވަރަށް އުފާވެރިކޮށެވެ. މި މަންޒަރު ފެނުމުން އިމާދުގެ ލޭހޫނުވެގެން ދިޔައެވެ. އެއްވެސް ޖެހިލުމެއްނެތި ގޮސް ޒަޔާންގެ ކުރިމަތީ އިށީނިއެވެ. “ހެލޯ ޒަޔާން..” އިމާދު ވިހަހިނިތުން ވުމަކާއެކު ބުނެލިއެވެ. ޒަޔާން ފޯނަށް ބަލައިގެން އިނުމަށްފަހު އިސްއުފުލާލީ އޭނާއަށް މީހަކު ގޮވުމުންނެވެ. ކުރިމަތިން އިމާދު ފެނުމުން ޒަޔާން ހިތްހަމަ ނުޖެހުނެވެ.. “ޑޫ އައި ނޯޔޫ؟” ޒަޔާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “ހެހެ.. ނޭންގޭތަ.. ކަލެއަށް އައިނާގައިގަ އަދި އަތްވެސް ނުލެވޭދޯ.. އަހަރެން ނޫން މީހަކާ އޭނަކައިރިވެސް ނުވާނެ..” މަލާމާތުގެ ރާގަކަށް އެހެންބުނަމުން އެތަނުން ނިކުމެގެން އިމާދު ދިޔުމުން ޒަޔާން ދަތްކުނޑި ވިކާލިއެވެ. އައިނާއާ އޭނާގެ ގުޅުންރަގަޅު ނޫނަސް އެހެންމީހަކަށް އެމީހުންގެ ކަންކަމާ ނުބެހެވޭނެ ނޫންހެއްޔެވެ. ޒަޔާން އިތުރަށް އެކަމާ އަޅައެއް ނުލައެވެ. އިމާދުގެ ފުރަތަމަ މިޝަން ކާމިޔާބު ވުމުން އޭނާ ރެސްޓޯރެންޓުން ނިކުމެގެން ދިޔައީ ފުރިހަމަ ހިނިތުންވުމަކާ އެކުގައެވެ.
…….
ދުވަސްތައް ފާއިތުވަމުންގޮސް ފަރީދާމެން ރާއްޖެ ބަދަލުވެއްޖެއެވެ. އެކަމާއެންމެ އުފާވީ ރާދުއެވެ. ދެފަރާތުގެ އާއިލާގެ ރުހުމުގައި ރާދު މީޝާއާ ކައިވެނި ކުރަން ހަމަޖެހިއްޖެއެވެ. ފަރީދާމެން އައުމާއެކު އައިނާއާ ޒަޔާން އެގެއަށް ކެއުމަކަށް އައުމަށް ދައުވަތު ލިބުނެވެ. އައިނާ އެގެއަށް ދިޔައީ އުފަލުންނެވެ. ރައުފިއްޔާގެ ރަނގަޅުކަން އައިނާއަށް ވަނީ މިވީ ދުވަސްތަކު ފެނިފައެވެ. މިހާރު ޒަޔާންއާ ދެމީހުންގެ ގުޅުންކުރިއަށް ވުރެރަނގަޅު ވެފައިވުމުން އައިނާވެސް ހުންނަނީ ހިތްހަމަޖެހިފައެވެ. “މިއޮއް އައީނު ދެކުދިން..” ގެއަށް ވަދެގެން އައި އައިނާ އަދި ޒަޔާން ފެނުމުން ރައުފިއްޔާ ބުނެލިއެވެ. އައިނާ ހުރީ ކަޅު ކުލައިގެ ޓޮޕްކޮޅެއް ލައިފައި ހުދުކުލައިގެ ޖިންސެއް ލައިގެނެވެ. އޭނާގެ އިސްތަށިގަނޑު ފަހަތައް އައްސާފައި އޮތުމުން ވަރަށް ހިތްގައިމެވެ. ޒަޔާންހުރީ މަޑުނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ލައިގެނެވެ. އެމީހުން އެށްކޮށް ފެނުނު ކޮންމެމީހަކު އެމީހުނަށް ތައުރީފު ކުރާނެއެވެ. ރައުފިއްޔާ އައިނާގެ އަތުގައި ހިފައިގެން ދިޔައީ ފަރީދާގެ ކޮޓަރިއަށެވެ. “އައިނާ މީ ރާދުގެ މަންމަ.. އެނގޭދޯ..” ފަރީދާ އައިނާފެނުމުން ހިނުތުންވެލަމުން ވާހަކަ ދެއްކިއެވެ. “އައިނާފަދަ ކުއްޖެއް ޒަޔާންއާ ގުޅުމުން ދޮންތަ ވަރަށް އުފާވޭ..” އައިނާ ހިނިތުންވެލިއެވެ. ޒަޔާންގެ އާއިލާގެ އެންމެންގެ ފަރާތުން ފެންނަނީ އޯގާވެރިކަމެވެ. އައިނާވެސް އެމީހުންނާ ވާހަކަ ދައްކަން އިންދާ ޒަޔާންއައސް ބަލައިލިއެވެ. ޒަޔާންގެ ކޮންމެ ބެލުމަކުން އައިނާގެ ހިތްތެޅިލައެވެ. ޒަޔާން އޭނައަށް ބަލަން އެދެވެއެވެ. ޒަޔާން އޭނައާ މެދުވިސްނާކަން އެނގުމުން އުފާވެއެވެ. ޒަޔާންއައިސް ފަރީދާކައިރީ އިށީނުމުން ފަރީދާ ޒަޔާންގެ ބޮލުގައި ފިރުމާލިއެވެ. “މަންމާ.. އަހަންނަށް ހީވަނީ ޒާންބެއާ އައިއާ ހެން މަންމަގެ ކުދިންނަކީ..” ބޮޑާހާކަމުން ރާދުއައިސް ވަނުމުން އެންމެން އެކުގައި ހޭންފެށިއެވެ. އެވަގުތު ލަމްޝާ އައިސް ރާދުގެ ކަންފަތުގައި ހިފާލަމުން ދޮންބެ ބޮޑެއް ނުވޭހޭ ބުނެލިއެވެ. ލަމްޝާއަކީ ވެސް މީހުނާގުޅޭ ވަރަށް ރަނގަޅު ކުއްޖެކެވެ. އެހާދުވަހު ބޭރުގައި އުޅެފައައުމުން ބޮޑަށް ވައްތަރީ ބޭރުކުއްޖަކާއެވެ. ބުޅއިސްތަށިގަނޑަކާއި ދޮންހަންގަނޑެކެވެ. ބޮޑުލޮލަކާއި ތުނިތުނި ތުންފަތެކެވެ. ލަމްޝާއައުން ވެގެންދިޔައީ އާއިލާއަށް އުފާވެރިކަން ގެނައި ކަމަކަށެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ޒަޔާންމެން ގެއަށް ދިޔައީ ހިތްހަމަ ޖެހިފަތިބެއެވެ. އެމީހުންގެ ކަންކަން ބަލަން މީހަކު ހުރިކަމެއް އެމީހުނަކަށް ނޭނގެއެވެ. އަންނަން އުޅޭތޫފާނުގެ ހިލަމެއް އެމީހުނަށް ނުވާކަހަލައެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Masha allah ……. keep it up ? ? ???
Thanks