Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 5

Afaa Level 310 Stories100 Comments
September 12, 2020 6 Mins Read
52 Comments

‎ޕްލެޓިނަމް ރެސިޑެންސްގެ ކުރިމައްތީގައި ކާރު ޕާރކު ކޮއްލުމަށް ފަހު އައިމަން ގޮސް އެ އިމާރާތުގެ ތެރެއަށްވަނީ، ލައިގެން ހުރި އަޅި ކުލައިގެ ހުޑީގެ ހުޑް ބޮލުގައި އަޅާލަމުންނެވެ. ލިފްޓަށް އަރައި ހަތަރު ވަނަ ފަންގިފިލާއަށް އޮއްބާލުމަށްފަހު އައިމަން ފުން ނޭވާ އެއް ދޫކޮއްލިއެވެ. ލިފްޓު ހުއްޓުމާއި އެކު އެ ބޮޑު ގޯޅިގަނޑުގެ ތެރެއަށް އައިމަން ނަޒަރު ހިންގާލިއެވެ. ހަތަރެއް ބީ ފެނުމުން ގޮސް އެ އެޕާރޓްމެންޓުގެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ބެލްއަޅާލީ ތެޅި ތެޅި އޮތް ހިތަކާއި އެކީގައެވެ.

***************

‎ކޮޓަރިއަށް ވައިތް އިވާންގެ ސިކުނޑީގައި ދައުރުވަމުން ދިއައީ މިއަދު ދިމާވި އަރަތެއް ފަދަ އަންހެން ކުއްޖާގެ ހިޔާލުތަކެވެ. ކަންފަތުގައި ގުގުމަމުން ދިއައީ، އޭނާގެ ކޮންމެ ހަރަކާތެއް، ކޮންމެ އަމަލެއް، ކޮންމެ އިހުސާސެއް ފަސޭހަ ކަމާއިއެކު ދެނެގައިތް އެ އަންހެން ކުއްޖާގެ ބަސްތަކެވެ. މާނަފުން އެ ލަފުޒުތަކުން ދޭހަ ކުރަންވީ މާނައެއް އިވާންއަކަށް ނުވިސްނުނެވެ.

މިއީ މީހެއްގެ ވާހަކަތަކާއި އަމަލުތަކުން ނަގަންވީ ކޮން މާނައެއް ތޯ ދެނެގަންނަން އޭނާއަށް މިހައި އުނދަގޫ ވީ ފުރަތަމަ ފަހަރެވެ. އަރަތެއްގެ ރަނގަޅު ޖަވާބު ދިމާކުރަން ނޭނގުނު ފުރަތަމަ ފަހަރެވެ. އާއެކެވެ. ނޫރްއަކީ އޭނާގެ ދިރިއުޅުމަށް އަރަތެއްގެ ސަފައިގައި އައި އަންހެން ކުއްޖެކެވެ. ނޫރްގެ އެ އަމަލުތަކާއި ބަސްތަކުގެ މަޤުސަދަކީ ކޮބައި ބާއެވެ.

‎ލައިގެން ހުރި ކަޅު ކޯޓުގެ ގޮށްތައް ނައްޓާލަމުން އެނދުގެ މަގަތުގައި އިވާން އިށީނދެލިއެވެ. ތުނި ކޮށް ފަޅާފައި ހުރި ތުނބުޅީގައި އަތް ހިންގާލަމުން ދެލޯ މަރާލަމުން ފުން ނޭވާ އެއް ދޫކޮއްލިއެވެ. އެއާއި އެކު އިވާންގެ ލޮލު ކުރިމަތީގައި ސިފަވެގެން ދިއައީ ނޫރްގެ ސޫރައެވެ. އެ ޖާދުވީ ކަޅިރަވައާއި، ރީތިކަމުގެ އިންތިހާއެވެ. އަވަހަށް ދެލޯ ހުޅުވާލަމުން އިވާން އިންތަނުން ފުންމައިގެން ތެދުވިއެވެ. ނިއްކުރިމަތީގައި ބަބުޅަމުން ދިޔަ ދާތިކިތައް ފޮހެލަމުން އަވަހަށް ފާހަނައަށް ވަނީ ބޭކާރު ހިޔާލުތަކުން އެއްކިބާ ވުމަށެވެ.

************

‎”ވަޓް…ކޮން އިރަކު؟ ޔަޤީންތަ ހަ އިންސައްތަ ހިއްސާޔާ ވާވަރަށް ރުފިޔާ ޖަމާވިކަން…އާން އެންމެ ރަނގަޅު” ފޯނު ބޭއްވިއިރު އުޒާމްގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ކޮންމެވެސް ބޮޑު ކަމަކާ ކުރިމަތިވާން އުޅޭކަމުގެ ރަތް ސިގުނަލް، އޭނާގެ ތަޖުރިބާކާރު ސިކުނޑި އޭނާއަށް ދެމުން ދިއައެވެ. އަންނަން އުޅޭ ތޫފާނުގެ ކަޅު ވިލާތައް އުދަރެހުން ފެންނަން އެބަ ހުއްޓެވެ. ނުވިސްނޭ ކަމަކީ ރަތް އަވި ދެމުންއައި މޫސުމެއްގައި ކުއްލިއަކަށް ވިއްސާރަވެ ތޫފާނެއް އަންނަން ޖެހޭނެ ސަބަބެވެ.

‎”އިވާން އިވާން” އިވާންއަށް ގޮވަމުން ކޮޓަރިން ނިކުތް އުޒާމް މަޑުކޮއްލީ ސިޓިން ރޫމުގެ މެދެއް ހައި ހިސާބުގައެވެ. އިރުކޮޅެއް ނުވަނީސް ސިޑިން ފައިބައިގެން އިވާން އަތުވެއްޖެއެވެ. އިސްތަށިގަނޑުން ޖަހަމުން ދިއަ ފެންތިކި ތަކުގެ ސަބަބުން އޭނާ ފެންވެރީ ދެންމަޔަކު ކަން ހާމަވެއެވެ. އުޒާމްގެ އަޑަށް އުޒްވާ ވެސް އެތަނަށް އައީ ވެގެން މިއުޅެނީ ކީތްކަން ދެނެގަތުމަށެވެ.

‎”ކިހިނެއްވީ ތޯ ބައްޕާ؟” ކަންބޮޑުވެ ހުރެ އިވާން އަހާލީ އަދަބުވެރިކަމާއި އެކުގައެވެ. “އޭޒެޑް ބިލްޑިންގްސް ކުންފުނީގެ ހަ ޕަސެންޓް ޝެއާރްސް ކާކަށް އިވާން ވިއްކީ؟ ކީއްވެ އެމީހެއްގެ ނަން ކުންފުނީގެ އެހެން ހިއްސާދާރުންނަށް ނޭނގެންވީ؟ އިވާން ހަނދާން ނެތުނީތަ…އަހަރެމެންގެ އެ ކުންފުންޏަކީ ޕްރައިވެޓް ލިމިޓެޑް ތަނެއްކަން…އެކުވެރިންނާ އާއިލާ މީހުން ނޫނީ މުއައްޒަފުންނާ މިހާރު ތިބި ހިއްސާ ދާރުން ނޫން ބަޔަކަށް ހިއްސާ ނުވިއްކޭނެކަން؟” ހުރިހާ ސުވާލެއް އުޒާމް ކޮއްލީ ހިތްހަމަނުޖެހުމުން ކަން އިވާންއަށް އިނގެއެވެ. ވިޔަފާރީގެ ކަމެއްގައި އޭނާ އަމަލުކުރި ގޮތާއި މެދު ބައްޕަ ހިތްހަމަނުޖެހި ލެއްވި މިއީ ފުރަތަމަ ފަހަރެވެ.

‎އުޒާމްގެ ސުވާލަށް ޖަވާބުދޭން އަނގަ ހުޅުވާލި އިވާންގެ ހަނދާނަށް އައީ ނޫރް ކުރި ފުރަތަމަ ޝަރުތެވެ.

“ނޫރްއާ ބެހޭ އެއްވެސް މަޢުލޫމާތެއް، ނޫރްގެ ނަންވެސް އަދި އިވާންއާ ނޫރްއާ ދޭތެރޭ ދެކެވުނު އެއްވެސް ވާހަކައެއް ތިންވަނަ ފަރާތަކަށް އިނގިގެން ނުވާނެ…”

ކަރުކެހިލަމުން އިވާން ހަމަޖެހިލަން މަސައްކަތް ކުރީ ބައްޕައަށް ދޭނެ ޖަވާބެއް ނުވިސްނުމުންނެވެ. “ވާން ދަރިފުޅާ….ކާކު ތަ އެ ހިއްސާތައް ގަތީ؟” އިވާންގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން އުޒްވާ އަހާލީ އުޒާމްގެ މޫނުމަތީގައި ހުރި ނުރުހުމުގެ އަސަރު ފެނުމުންނެވެ.

‎”ބައްޕާ…އަޅުގަނޑަށް އިތުބާރު ނުކުރަނީތޯ؟ ބައްޕައަށް ވެސް އިނގި ލައްވާނެ އޭޒެޑްއަށް ދެރަ ގޮތެއް ވާނެ ގޮތަކަށް އަޅުގަނޑު އަމަލެއް ނުކުރާނެކަން….” އެހެން ބުނެލުމަށްފަހު އިވާން އެތާގައި އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ދިއައީ، ބައްޕައަށް އިތުރު ދޮގެއް ހަދަން ބޭނުން ނުވާތީއެވެ.

‎އިވާން ދިއުމާއިއެކު އުޒާމް ހިތި ގޮތަކަށް ހިނިތުންވެލީ، އިވާން ކަމެއް ސިއްރު ކުރަން އުޅޭކަން ނަގައި ގަނެވުމުންނެވެ. “ހެއްހެ.. ވާންއަށް އެހީވީ ރަނގަޅަށް ހެން އަހަރެންނަށް ހީވަނީ….އެ ތޯރިޤުއާ ލާމިއު ނޫން އެހެން ކާކަށް ދޮންބެ އިތުބާރު ކުރަނީ…” މަލާމާތުގެ ރާގަކަށް އެހެން ބުނެލުމަށްފަހު އުޒްވާ އެތަނުން ދިޔަ އިރުވެސް އުޒާމް ހުރީ ފުން ހިޔާލެއްގައެވެ.

ބިލްޑިންގްސް ވިޔަފާރީގެ ކަންކަމާ އިވާން ހަވާލުވީ ފަހުން އެއްވެސް ކަމެއް އިވާން އޭނާއަށް ސިއްރު ކޮއްފައެއް ނެތެވެ. އޭނާ ކުރާ ކޮންމެ ސުވާލަކަށް ޔަޤީންކަމާއި އެކު އެންމެ އެކަށޭނެ ޖަވާބު އިވާން ދެނީ އެ ވިޔަފާރިއަކީ އުޒާމްއަށް ކިހާ މުހިންމު އެއްޗެއްކަން އޭނާއަށް އިނގޭތީއެވެ. ނަމަވެސް މިއަދު އިވާން އޭނާއަށް ސިއްރު ކުރަން އެއުޅެނީ ކޮންކަމެއް ހެއްޔެވެ. އެވާހަކައެއް، އެމީހެއްގެ ނަމެއް އިވާންއަށް އޭނާ ކައިރީ ނުބުނެވެންވީ ކީއްވެ ހެއްޔެވެ. އެދެމީހުންގެ ދޭތެރެއަށް މިއައި ދުރުމިނާއި އިތުބާރު ނުކުރެވުމުގެ ފަހަތުގައި ވަނީ ކާކު ހެއްޔެވެ.

************

‎ދެފަހަރަކު ބެލް އަޅާލުމުން އެތެރެއިން ތަޅަށް ތަޅުދަނޑި ޖަހާލި އަޑު އިވިގެން ދިއައެވެ. ހުޅުވުނު ދޮރާއި އެކު އައިމަން ހުރި ތާ ގަނޑުވި ފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ، ކުރިމަތީގައި ހުރި ދުވަހަކުވެސް އޭނާ ނުދެކޭފަދަ ރީތިކަން ހުސް ކޮއްގެން ހުރި އަންހެން ކުއްޖާއަށެވެ.

ސުވާލުގެ ނަޒަރަކުން ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ އެ ޖާދުވީ މަޑު މުށި ކުލައިގެ ދެލޮލުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު، އެ ދޮން އޮމާން މޫނުގައި ވިދުމެއް ވިއެވެ. އެއްވެސް މޭކް އަޕެއް ކޮއްފައި ނުވާ އިރުވެސް އެހާ ފުރިހަމަ އެވެ. ތުނި ތުންފަތަށް އަރާފައި ހުރި ލޭ ރަތް ކުލައިގެ ސަބަބުން އާޝޯހު ކުރުވައެވެ. ލައިގެން ހުރި މަޑު ނޫ ކުލައިގެ ކުރު ސޯޓާއި ކުރު ރަތް ކުލައިގެ ޓޮޕް ކޮޅުގެ ސަބަބުން އެ ދޮން ދެފައި ހާމަޔަށް އޮތް އިރު، އެ ލޫޅާފަތި ހަށިގަނޑު ފެންނަ ކޮންމެ މީހެއް ދީވާނާ ކޮއްލާނެ ކަން ގައިމެވެ.

‎”ކާކު ހޯދަން؟” މުޒިކެއްފަދަ އެ އަންހެން ކުއްޖާގެ އަޑު އިވުމުން ހޭވެރިކަންވީ މީހެއްފަދައިން އައިމަން ހަމަޖެހިލިއެވެ. “އެން އޯ ސްކޮޔާރޑް އާރްގެ ވެރިޔާ….” އައިމަންގެ އެ ޖުމްލަ އާއި އެކު ކުރިމަތީގައި ހުރި ނޫރްގެ މޫނު މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ. “އާދޭ އެތެރެއަށް” އައިމަން ވަނުމަށް ތަން ދައްކަމުން ނޫރް އަނެއް ކޮޅަށް އެނބުރިލި އިރު އެ މޫނު މަތީގައިވީ ފަތަހައިގެ ހިނިތުންވުން އައިމަންއަށް ފެނުނު ނަމައެވެ.

‎އެ އެޕާރޓުމެންޓުގެ ތެރެއަށް އައިމަންއަށް ނަޒަރު ހިންގާ ލެވުނެވެ. ފާރު ތަކުގައި ލާފައި ހުރީ ފަނޑު އަޅި ކުލައެކެވެ. ހުރިހާ ފަރުނީޗަރެއްގައިވަނީ ކަޅު ކުލައެވެ. ބޮޑުސިޓިން ރޫމުގެ މެދުގައި ކަޅު ކުލައިގެ ސޯފާސެޓެއް ބެހެއްޓިފައި ހުރި އިރު، ސޯފާގެ ކުރިމަތީގައި ހުރި ބިތުގައި އަގު ބޮޑު ވާސްތަކާއި ކުރެހުންތައް އަޅުވާލެވިފައި ހުއްޓެވެ. ސޯފާގެ ފަހަތު ބިތް އެއްކޮށް ބިއްލޫރިން ހެދިފައިވީއިރު، ފަރުދާ ތަކުގައިވަނީ ގަދަ ރަތް ކުލައެކެވެ.

‎އެ އަންހެން ކުއްޖާ ސޯފާއަށް އިޝާރަތް ކުރުމުން ހިނިތުންވެލަމުން އައިމަން އެ ސޯފާގައި އިށީނދެލިއެވެ. އައިމަން އިށީނދެގެން އިން ސޯފާއާއި ތަންކޮޅެއް ދުރުގައި ހުރި ސިންގަލް ސޯފާއެއްގައި އިށީނދެލަމުން އައިމަންއަށް ނޫރް ފުން ނަޒަރެއް ދިނެވެ. “ކޮބާ ބޭނުމަކީ އެން އޯ ސްކޮޔާރޑް އާރްގެ ވެރިޔާއާ ބައްދަލު ކުރުމުގެ؟” ނޫރް އަހާލުމާއެކު އައިމަން ނޫރްއާއި ދިމާލަށް ބަލާލިއެވެ. “އަހަރެންނަކީ އައިމަން…އައިމަން މަމްދޫހް…ލަވަކިޔުންް ތެރިއެއް…ވަރަށް ފަހުން އެ ކުންފުނިން ކާނިވާ ސަރަހައްދުގެ ސްޓޭޖް ބިން ގަތީ…އަހަރެންގެ ޝޯ އަކަށް އެބިން ބޭނުންވެގެން…އެންމެ ރެޔަކަށް ފޯރ ރެންޓް….” އައިމަން އޭނާގެ މަޤުސަދު ހާމަ ކުރިއެވެ.

************

‎”ލައި ބަަލައިގެން ދަރިފުޅާ” އެއްޗެއް ވެއްޓި ތެޅުނު އަޑަށް ދުވެފަ
‎ބަދިގެއަށް އައި ހަސްނާ ބުނެލީ ތެޅިފައި އޮތް ބިއްލޫރި ތަށި ފެނުމުންނެވެ. “ސޮރީ މަންމާ އަތުގަ ފެން ހުރީމަ ކައްސާލީ” ލައިބާ މާފަށް އެދުނެވެ. “މަންމަ އަންނާނަން މޮޕު ހިފައިގެން، ދަރިފުޅު ބިއްލޫރިތައް ނަގާލާ” ހަސްނާ މޮޕު ބަަލައި ދިއުމުން ލައިބާ ތިރިވެލާ ތެޅިފައި ހުރި ފެންބޯ ތަށީގެ ބިއްލޫރި ކޮޅުތައް ނަގަން ފެށިއެވެ.

“އާހް” ބިއްލޫރި ކޮޅަކުން ޖެހި އިނގިލީގެ ތަންކޮޅެއް ކަފައިގެން ދިއުމުން ލައިބާއަށް އޭނާގެ ދެލޯ މަރާ ބާރު ކޮއްލެވުނެވެ. ލޭތައް ފައިބައިގައިން އިރު އިނގިލިން ދިލަ ނަގަމުން ދިއައެވެ. “އައިމަން” ލައިބާގެ އަނގައިން ނިކުތީ އެނަމެވެ.

************

‎”އައިމަން…މާ ނާޅާ ގަހެއް އާންމުކޮން މީހުން ނަހައްދާނެ…ގަސް އިންދާ ކޮންމެ މީހަކު ބޭނުން ވާނެ އޭނަ އިންދާ ގަހެއްގަ މާ އަޅާ މާހައުލު ރީތި ކޮއްދޭން…” އެ އަންހެން ކުއްޖާގެ އެ ނުސީދާ ބަސްތައް ދޭހަ ނުވުމުން އައިމަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އައިމަން ތި ހޯދަން އައި ޖަވާބު މިހިރީ އައިމަންގެ ކުރިމަތީގަ…” ކޮއްޅައް ތެދުވަމުން ނޫރް ވާހަކަ ދެއްކިއެވެ. “ތީ ތޯ އެ ކުންފުނީގެ އޯނާރ…ނައިސް ޓު މީޓް ޔޫ…އެކަމު ދެންމެ ތިބުނި އެކައްޗެއްވެސް އަހަރެންނަކަށް ނޭނގުނު” އައިމަން ވާހަކަ ދެއްކިއެވެ. “އައިމަން ތި ބޭނުންވާ ކަންތައް ނޫރްއަށް ކޮއްދެވިދާނެ…އެކަމު ބަދަލުގަ ނޫރްއަށްވެސް އެއްޗެއް ލިބެން ވާނެ…” ނޫރް ވާހަކަ ދެއްކީ އައިމަންއަށް ފުރަގަސް ދެމުންނެވެ. “ނޫރް ތަ ނަމަކީ…ނޫރް ބުނި ކޮންމެ ކަމެއް އަހަރެން ކޮއްދޭނަން…މި ޝޯ އަހަރެންނަށް ވަރަށް މުހިންމު” އަވަހަށް އައިމަން ބުނެލިއެވެ. އެއާއިއެކު ނޫރްގެ މޫނުމަތިން ކާމިޔާބީގ ހިނިތުންވުމެއް ފައުޅު ވިއެވެ.

*************

‎އާދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކު އުފާވެރިކަމާއިއެކު ދުވަސް ފެށި އިރު އަނެއް ބަޔަކުގެ ސިކުނޑީގައި ސުވާލުތައް ވަނީ ފުނި ޖެހިފައެވެ.

އޭޒެޑް ވިލާގެ ކާ މޭޒުމަތި ހެނދުނުގެ ނާސްތާއަށް ތައްޔާރު ކުރެވިފައިވަނީ ނުހަނު ފުރިހަމައަށެވެ. ފުރުޓު ސެލެޑާއި، އެކި ވައްތަރުގެ ޖޫސް، ރޮށި، ފަރާޓާ، އެކި ވައްތަރުގެ މަސްހުނި، ޓޯސްޓް، ސޭންޑްވިޗް، ޕާން، ޖޭމު، ޕީނަޓް ބަޓާރ، ފޭން ކޭކް، އަދި ނަޓެއްލާ ފަދަ ތަފާތު ކާ ތަކެތިން ސުފުރާމަތި ވަނީ ފުރާލެވިފައެވެ.

މޭޒު ކައިރީ ގޮނޑީގައި އިށީނދެ އިން އައިމަން އިނީ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ކުރިމަތީގައި ހުރި ތަށިން ފަހަރަކު ރޮށި ކޮޅެއް އަނގަޔަށް ލަމުން ދިޔަ އިރު އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ރޭގައި ދިމާވި އަޖައިބެއްފަދަ ފަތްމިނި އަންހެން ކުއްޖާ ދެއްކި ވާހަކަ ތަކަށެވެ.

*

‎”ނޫރް އައިމަންއަށް އެހީތެރި ވީމުސް…އެކަމު ޒިންމާދާރުކަމެއް އަމިއްލަ މިނިވަންކަމެއް ނެތް، އެހެން މީހުނަށް ބަރޯސާ ވެގެން ދިރިއުޅޭ މީހުނަކަށް ނޫރް އެހީވެ އެއް ނޫޅެން” ނޫރްގެ ވާހަކަ ތަކާއި އެކު އައިމަންއަށް ކޮއްޅައް ތެދުވެވުނެވެ. “ތި ބުނީ؟” އައިމަނ އަހާލިއެވެ. “ފޫނެއް ފަޔަކަށް ފެންފުރާކަށް ނޫރް ބޭނުމެއް ނޫން” އެހެން ބުނެލުމަށް ފަހު އެތަނުން ދާން ނޫރް ހިނގައިގަތެވެ. “ޕްލީސް މިސް ނޫރް….އަހަރެންނަށް ޗާންސް އެއް ދީ…މި ޝޯ…” “އޯކޭ…ނޫރް އައިމަން އަށް މިއަށް ވުރެން މާ ސަޅި ޑީލް އެއް އޮފާރ ކޮއްފާނަން…އައި ވިލް ބިކަމް ޔުއާރ ޕާރސަނަލް އިންވެސްޓާރ…ތިން ދުވަސް ތެރޭ އައިމަން ނޫރްއަށް ސާބިތު ކޮއްދޭންވީ ތީ ޒިންމާދާރު މީހެއްކަން…އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ޤާބިލުކަން އައިމަންގެ ކިބައިގަ އެބަހުރިކަން…”

‎ނޫރްގެ ޑީލް އޭނާގެ ކެރިއާރއަށާއި ކުރިއެރުމަށް އަށް ވަރަށް މުހިންމުކަމަށް އައިމަންއަށް ވިސްނުނެވެ. ނޫރް ބުނި ހެން އަމިއްލަ ފައިމައްޗަށް ތެދުވެ، ދޮންބެއާއި ބޮޑު ބައްޕަގެ އެހީއާއި ނުލައި ކަމެއް ހާސިލުކުރުމަށް މީ ރަނުގެ ފުރުސަތެކެވެ. ނޫރްގެ އެ އެހީތެރިކަމަށް ޝުކުރުވެރި ވާ ހާލު އައިމަން ނިންމީ ތިން ދުވަސް ތެރޭގައި އެކަން ނޫރްއަށް ސާބިތު ކޮއްދިނުމަށެވެ. ނަމަވެސް އޭނާ ހުރީ ހައިރާންވެފައެވެ. އަންހެން ކުއްޖެއްގެ ބަސްތަކެއް އޭނާގެ އުޅުމަށް ބަދަލެއް ގެނައުމަށް މެދުވެރިވީތީ އެވެ. އޭނާއަށް ޓަކައި މަރުދޭން ތައްޔާރަށް އެތައް އަންހެން ކުދިންނެއް ތިބި ނަމަވެސް އެހުރިހާ ކުދިންނާއި މި ކުއްޖާ ތަފާތެވެ.

***********

‎”ހުވަފެނެއްތަ މި ފެންނަނީ…ސުބްހާނައްﷲ ހަމަ އައިމަން މަމްދޫހްތަ މިހާ ހެނދުނާ ނިދިން ހޭލައިގެން އައިސް މި އިންނެވީ…” މޭޒު ކައިރީ އިށީންނަމުން އިވާން ބުނެލީ އައިމަންއަށް ޖެއްސުމެއް ކޮއްލުމުގެ ނިޔަތުގައެވެ. ހިޔާލުތަކަށް ގެއްލި ހުސްވެފަ އިން އައިމަން އިވާންގެެ އެ ބަސްތަކާއެކު އިވާންއާއި ދިމާލަށް ލޯ އަޅާލިއެވެ. “ހޫން ދޮންބެއަށް އެކަނި ވިއްޔަ ދޯ ރެސްޕޮންސިބަލް ވެވެނީ…މިއަދުން ފެށިގެން އަހަރެންވެސް ޓްރައި ކުރާނަމޭ ރެސްޕޮންސިބަލް ވާން” އައިމަން ބުނެލީ ވަރުގަދަ އަޒުމަކާ އެކީގައެވެ.

“ވާއު…ބޮޑު ބައްޕަގެ އައިއްކޮ އެންމެ ފަހުން ޒިންމާދާރުވާ ހިޔާލު ކުރީތަ؟ އަނެއްކާ ކާކު ކޯޗެއް ބޯން ދީގެން ތިއުޅެނީ…” އިވާންގެ އެ ސަމާސައިގައި އެތަނަށް އައި އުޒާމްވެސް ބައިވެރިވިއެވެ.

‎”ދެން އެންމެން ދިމާނުކުރިއަސް ހެވޭ…މިދަނީ ބާއި” އިންތަނުން ކޮއްޅައް ތެދުވަމުން އައިމަން ބުނެ ހިނގައިގަތުމާއި އެކީ އިވާންވެސް އައިމަންގެ ފަހަތުން ދިއައެވެ. “ހެޔޮ ވިސްނުން ދެއްވިކަން ނަސީބެއްނު” އެތަނަށް އައިސް ހުއްޓުނު އުޒްވާ ބުނެލިއެވެ.

‎”އައިއްކޯ ..މަޑުކޮއްބަލަ” ގޭގެ ދޮރުން ބޭރަށް ނިކުތް އައިމަންގެ ކޮނޑުގައި ހިފާލަމުން އިވާން އައިމަން މަޑުކުރުވި އެވެ. “ދޮންބެ ވަރަށް އުފާވެއްޖެ އައިއްކޮ ތި ޑިސިޝަން ނެގީމަ…އެ ލައިބާ ފަކީރުގެ ނަސޭހަތްތައް ކޮންމެވެސް އަސަރެއް ދައްކައިފިނު ދޯ” އިވާން ބުނެލީ ލާނެއް ރާގަކަށެވެ. “ދޮންބޭ…މީ ލައިބާގެ ކަމެއް ނުނޭ” އިވާންއަށް ފުރަގަސް ދެމުން އައިމަން ބުނެލިއިރު އޭނާގެ އަޑުގައިވަނީ ޝައުގުވެރިކަމެވެ. “ދެން ކާކު؟” އިވާން އަހާލިއެވެ.

“ރޭގަ ފެނުނު ހުވަފެނެއްގަ އަހަރެންގެ ހަޔާތް އަލިކޮއްދޭނެ ނޫރްއާ ދިމާވީ” ދުވެ ގޮސް ކާރަށް އަރަމުން އައިމަން ބުނެލިއެވެ. އައިމަން އެ ބުނި ބަހުގެ ފަހު ތަންކޮޅުން އޭނާގެ ހަޔާތް އަލި ކޮއްދޭނެ ކޮންމެވެސް ކަމެއް ހުވަފެނުން ވީ ކަމަށް އައިމަން މާނަ ކުރި ނަމަވެސް، އިވާންގެ ހަނދާނަށް އައީ އޭނާގެ ހަޔާތައް ސުވާލުތައް އިތުރު ކުރި އަރަތެއް ފަދަ އަންހެން ކުއްޖާއެވެ. ދެ މީހުނަށްވެސް ނޭނގުނީ، އެދެމީހުންގެ ހަޔާތައް ބަދަލުތަކެއް ގެނައި މި އަންހެން ކުއްޖަކީ ނޫރް ކަމެވެ. އެކަކުގެ ދިރިއުޅުމަށް އެހީތެރިކަން އަދި އަނެކަކުގެ ދިރިއުޅުމަށް ގޮންޖެހުމާއި ނަފްރަތުގެ ސިފައިގައި ތޫފާނެއް އަތުވެއްޖެކަމެވެ.

‎ލަސް ކުރަން ނަހަދައި އޮފީހަށް ދިއުމަށް އިވާން ވެސް މިސްރާބުޖެހިއެވެ. އޮފީހަށް ދެވުމާއި އެކު ލިފްޓަށް އަރައި ސާދަ ވަނަ ފަންގިފިލާއަށް ދިއުމަށް އިވާން އަވަސްވެގަތެވެ. ސާދަ ވަނަ ފަންގިފިލާއަށް ލިފްޓުހުއްޓުމާއި އެކު ގޮސް އޭނާގެ ކެބިންގެ ދޮރު ހުޅުވާލާ ވައިތް އިވާންގެ ނިތައް ރޫ ޖަމާވެ ދެލޯ ބޮޑުވެގެން ދިއައީ އޭނާގެ ގޮނޑީގައި އިށީނދެލައިގެން އިން މީހާ ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ހިތް ކަލާޔަށް އެދޭތީ..22

Next

ނުރުހުން ވިއަސް…………(2)

Next
September 12, 2020

ނުރުހުން ވިއަސް…………(2)

Previews
September 11, 2020

ހިތް ކަލާޔަށް އެދޭތީ..22

52 Comments!

  1. Ivaan says:
    September 12, 2020 at 1:14 am

    Haeee mifaharu me first dho!masha allah habeys mi bai vx ingey…noor ge jaadhuluga poor aiman vx jehunee dho ehme fahun hahah…noor is effecting everyone hama thoofaaneh ei ingey…ivaan ge cabin ga eynee noor dho..curiously waiting for next?

    1. noor says:
      September 12, 2020 at 8:36 am

      Hurihaa myhun jaadhuluga jahsaafa dhookoh laany???

    2. Afaa says:
      September 12, 2020 at 3:32 pm

      ??

    3. ❤️Scarlet❤️ says:
      September 12, 2020 at 9:53 am

      I think it’s his dad… I mean iv ge cabin ga ineee

    4. Ivaan says:
      September 12, 2020 at 3:24 pm

      Hahaha nooor thihen hadhaakah nuvaannu ivaan dhookoh nulahchey??

    5. Ivaan says:
      September 12, 2020 at 3:25 pm

      Ekm dhon uzaam inee kaa meyzu kairi ehnu

    6. Afaa says:
      September 12, 2020 at 3:31 pm

      Jaadhuluga eba jehey dhw ehmen hahaha?thankyou❤️Hingaa balamaa kaaku tho ei dhw

    7. noor says:
      September 12, 2020 at 6:40 pm

      Hehe yah noolhen ivaan dhookoh laakah??

    8. HAHAHA says:
      September 14, 2020 at 5:43 pm

      Aiman ge dhuvas dhiyaeee e

  2. Nuhyy says:
    September 12, 2020 at 2:19 am

    Hey sisooo
    Omggg aiman ah noor kamudhiyaeetha anehkaaa, ehn heevaneee hehe!aiman noorekey buneema ivaan ah getu v nama dho

    1. Afaa says:
      September 12, 2020 at 3:32 pm

      Aiman jaadhuluga jehijje dhw??

  3. Nuhyy says:
    September 12, 2020 at 2:21 am

    Vrh salhi aiman and laiba ge connectionnnn…aiman andhavalhah vettey iru laiba ah hurt vaneee amazing chemistry

    1. Afaa says:
      September 12, 2020 at 3:32 pm

      Laiba fakyru ehaa lwbi wey wiyya ehnwe ei???❤️

  4. Nuhyy says:
    September 12, 2020 at 2:22 am

    Uzvaa mee haadha straight forward meehekey dho and laamiu akeee kaaku baaa uzvaa mention kuri..anehka aneh villian baaa

    1. Afaa says:
      September 12, 2020 at 3:33 pm

      Uzwaa hama bunelaane dhimaalah yes hahaha lets see ei kaaku kan dhw?❤️

  5. Nuhyy says:
    September 12, 2020 at 2:23 am

    Uzaam haadha shakku bayyey dho and ivaan noor ge vaahaka sirru kury i think noor is the person in ivaans room

    1. Afaa says:
      September 12, 2020 at 3:34 pm

      Uzaam dhw yesss hingaa balamaa kaaku tho cabin ga eyni dhw?❤️

  6. Nuhyy says:
    September 12, 2020 at 2:24 am

    Missed thugaa in this part hehe…love this prt and story
    Tc stay safe sisoo
    Lysm

    1. Afaa says:
      September 12, 2020 at 3:34 pm

      Thankyou lwbs lym❤️❤️❤️

  7. Just a reader says:
    September 12, 2020 at 5:31 am

    Amazing work masha allah
    Keep it up aphxxx
    Curiously waiting for next

    1. Afaa says:
      September 12, 2020 at 3:34 pm

      Thankyou so much ❤️

  8. Naani says:
    September 12, 2020 at 6:54 am

    Alhey?????????????Noor miulheni varugadha kameh kuran dho????????????????????????????? Noor akaa hure huvaa biruganejje?? mihaaru?? dhen in part ves avahah kiyaa hivvani??? ekam alhe Ivaan aa Aiman nujassahchey eoh loabi dhekudhin?????? laiba ves dhera vaanehnu alhe Noor gandaa?? ekam Noor ah ves konmes bodu kameh kureematha dho ehen ulheyni?
    ???????????????
    Aphxxx alhe haadha molhey Maasha Allah mi part ves vrh furihama❤️❤️❤️???????????????????????????????❣️?❣️?❣️?❣️?❣️?❣️?❣️????????????????

    1. Afaa says:
      September 12, 2020 at 3:35 pm

      Biru nugahnahchey noor dheke ingey noor ei heroine akee?noor ah knmes kameh kuryma thr dhw noor ehn ulheyny yes! Thankyou darling ♥️♥️♥️

  9. noor says:
    September 12, 2020 at 8:39 am

    Wow sis maasha allah hx habeys mi prt.. ur the best writer I ever saw ❤️❤️❤️❤️keep it up?ly

    1. Afaa says:
      September 12, 2020 at 3:35 pm

      Aww Thankyou lym❤️❤️❤️

  10. ❤️Scarlet❤️ says:
    September 12, 2020 at 9:28 am

    Vvvvvvvvvvvvvvvvvvvv Reethi! Noor ge conversations haadha salhiey. Noor ge e character v cool.
    Sis vaahaka genesdheefa hunna gothun hama heevany story thereah vadheveyhen! Thankuuuuuu sisooo! Your the best! ? ? ?
    Lysm
    Tvgc

    1. Afaa says:
      September 12, 2020 at 3:36 pm

      Awww thankyou so much darling❤️Lym tc❤️

  11. Noo_ra says:
    September 12, 2020 at 9:55 am

    Varah Varah reethi mi part ves…. Masha allah ❤️❤️❤️❤️☺️????……… Keep it up aphxxx????
    Curiously waiting for the next part… ???………
    Stay home and stay safe ??❤️……

    1. Afaa says:
      September 12, 2020 at 3:36 pm

      Thankyou noora tc?❤️

  12. NeeL says:
    September 12, 2020 at 11:51 am

    Wooooowwwwwww????❤️? mi part vess hama amazing…..Mashaallah ❤️❤️ Mihaaru enme Reethi and enme inthizaaru kureveny mi vaahaka ah….. Mi vrh vess thafaathu n Dhen vaane gotheh guess kohlan vess neyngey kahala story eh….. Hama ehaa furihama???keep it up darlin ❤️❤️❤️ waiting for the next… Tc❤️❤️

    1. Afaa says:
      September 12, 2020 at 3:37 pm

      Thankyou neel❤️Means alot❤️Tc❤️

  13. NAANI says:
    September 12, 2020 at 12:22 pm

    Mi part ves vrh salhi????.. Masha Allah ❤️❤️❤️❤️
    Keep it up❤️❤️
    Waiting for the next….
    Tc❤️

    1. Afaa says:
      September 12, 2020 at 3:37 pm

      Thankyou naani tc darling ❤️❤️❤️

  14. Shaiiii says:
    September 12, 2020 at 12:28 pm

    Waaaaoooowww????????
    Vvv salhi mi prt♥️♥️♥️♥️♥️♥️♥️♥️
    Noor haadha intelligent ey❣️❣️❣️❣️❣️❣️
    Waiting for nxt part ????????
    TV be safe?????????
    I purple you ??????

    1. Afaa says:
      September 12, 2020 at 3:37 pm

      Aww thankyou❤️Noor aky mastermind eke?i purple you too??

  15. ?? says:
    September 12, 2020 at 3:27 pm

    Haeeee so nice loving it to the max❤️

    1. Afaa says:
      September 12, 2020 at 3:38 pm

      Glad you like it Thankyou ❤️

  16. ?? says:
    September 12, 2020 at 3:28 pm

    Everyone and everything is so mysterious in here just woww keep it up sis
    Lysm

    1. Afaa says:
      September 12, 2020 at 3:38 pm

      Thankyou darling lym❤️❤️❤️

  17. Hafu says:
    September 12, 2020 at 3:57 pm

    Heii sis
    This part is awesome….wowwww.
    Masha Allah…ham obiness to max.speechless vehje hama mi part kiyaafa
    Enme fahun aiman ves Noor ge dhaagadhuga thaashivee dhw…Ivaan nd aiman ge brain eh neh dhw sis…sis tht 2 boys ge brain clean kohlanhigaa dhw??
    Sis mi story ga ebain my ge real name…hehehe.aiman nd laibaa ge connection is heart to heart dhw…chemistry varah salhi ingey sis
    Thuga ah ivaan libeynenama…
    Whn is nxt…eagerly waiting for the next part…
    Lysm
    Tc
    Stay safe nd stay home lwbi sis

    1. Afaa says:
      September 12, 2020 at 4:30 pm

      Noor hutta hyweytha thuga ah ivaan libeyne hen?two boys silly kamun dhw hehehe?laiba and aiman???so your name is hiba ryt?thankyou darling lym❤️

    2. HAHAHA says:
      September 14, 2020 at 5:45 pm

      Chemistry salhi vaaanmnu dhoooooooo

  18. Afu says:
    September 12, 2020 at 7:03 pm

    Masha Allah varah obi ???? I think thts Noor dhww siss ??? Anyways the to boys are very funny ??? Waiting for nxt ♥️♥️ stay safe
    TC
    Lysssssmmmmmm ❤️❤️❤️❤️

    1. Afaa says:
      September 12, 2020 at 8:11 pm

      Ahaha thankyouuu❤️Let’s see kaaku tho dhw
      Lym❤️

  19. R¥N says:
    September 12, 2020 at 7:44 pm

    Maasha Allah ???varah reethi mi part ??varah different stry eh mee ahsu ??curious varh bodah ??
    Be safe sissy ??
    Tc ??
    Lysm

    1. Afaa says:
      September 12, 2020 at 8:12 pm

      Aww thankyou so much❤️Lym tc❤️❤️❤️

  20. ?Flower? says:
    September 13, 2020 at 9:47 am

    Masha Allah mi part ves varah reethi
    Waiting for the next

    1. Afaa says:
      September 13, 2020 at 9:18 pm

      Thankyou❤️

  21. Lotus? says:
    September 13, 2020 at 5:36 pm

    .❤️Masha Allah mi prt Vrh salhi
    Curiously waiting…..
    When next

    1. Afaa says:
      September 13, 2020 at 9:18 pm

      Thankyou ❤️Insha allah soon❤️

  22. Nuhyy says:
    September 14, 2020 at 10:02 am

    Whennn next sisoooo? Kiyaahithun hurevenee kee nooooon?

  23. Hahahah says:
    September 14, 2020 at 5:43 pm

    Next part kon irakuno up vaaneeee

Comments are closed.

Next Episodeއިންތިހާ – 6←


All Right Reserved!