އިންތިހާ – 3
”ދެން ނޫރް ކީތްކުރަން ތިއުޅެނީ” އެ މީހާ އަހާލިއެވެ. “އެ އަލިފާންގަނޑު ބޮޑު ކުރަން….ބޮޑު ކޮށް ހުޅުގަނޑަކަށް ބަދަލު ކުރަން….އޭރުން އޭގެ ތެރޭގަ ތިބި މީހުން އަނދައިގެން ހިނގައިދާނެ…” އަނެއްކާވެސް ފޮޓޯ ފްރޭމްއާއި ދިމާލަށް ނޫރް އެނބުރި ލިއެވެ. “ނޫރް އާ ހިސާބަށް މީހަކަށް އާދެވޭނީ ނޫރްގެ ހުއްދަޔާ އެކު…” ވަޅި އަތަށް ހެޔޮވަރު ކޮއްލަމުން ފޮޓޯ ފްރޭމްއާއި ގާތަށް ނޫރް ޖެހިލިއެވެ. “ސައި ކިޔަން ބޮނދާ ގާތްވެވޭނީ ފުރަތަމަ ރިޔަލާ އަހުގެ ދުވަސް ދުއްވާލައިގެން…” އެ ފޮޓޯގައި ތިބި ޒުވާން ދެ ފިރިހެން ކުދިންގެ ކަރުގައި ވަޅި ޖައްސާލަމުން ނޫރް ބުނެލިއެވެ.
**************
ކާރު އޮފިސް ކައިރިޔަށް މަޑު ކޮއްލުމުންވެސް އިވާން ކާރުން ނުފައިބައި އިންނަން ފެށުމުން އޭނާ އިށީންދެގެން އިން ފަރާތުގެ ދޮރު ހުޅުވާލުމަށްފަހު ތުގާ ކާރުން ފޭބިއެވެ. އެއާއިއެކު ދެލޯ ހުޅުވާލަމުން ޑްރައިވަރުގެ ގާތުގައި ކާރުން ފޭބުމަށް އިވާން އެދުނެވެ. ވެރިޔާގެ ބަހަށް ކިޔަމަން ވަމުން އެއްވެސް ސުވާލެއް ކުރުމެއްނެތި ޑްރައިވަރު ކާރުން ފޭބުމުން އިވާންވެސް ކާރުން ފޭބީ، ޑްރައިވަރުގެ ސީޓަށް އެރުމަށެވެ.
“ވާން ކޮންތާކަށް ތިދަނީ؟” ކުރީސީޓުގެ ދޮރުހުޅުވާލި އިވާންގެ އަތުގައި ހިފަމުން އަހަން ނާހަން ހުރެފައި ތުގާ އަހާލިއެވެ. އޭނާގެ އަޑުންވެސް އޭނާ ޖެހިލުން ވެފައި ހުރި މިންވަރު ހާމަވެއެވެ. އޭނާގެ ތޫނު ދެލޯ ތުގާއާއި ދިމާލަށް އިވާން އަމާޒު ކޮއްލުމާއި އެކު އަވަހަށް އިވާންގެ އަތުން ތުގާ ދޫކޮއްލިއެވެ. އަދި ކުށްވެރިއެއް ފަދައިން އިސްޖަހާލީ، އިވާންގެ މޫނުމަތީގައިވީ ނުރުހުމުގެ އަސަރުތައް ފެނުމުންނެވެ.
ބަހެއް ބުނުމެއްނެތި ކާރަށް އަރައި އިވާން ކާރު ދުއްވާލިއިރު، އިވާންގެ ކާރު ގޮސް ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރުމަށްފަހު ތުގާ އޮފީހުގެ އެތެރެއަށް ހިނގައިގަތީ، އޭނާގެ ފޯނުން ނަމްބަރަކަށް ޑައިލް ކޮއްލަމުންނެވެ.
“ހަލޯ” އެކޮޅުން ފޯނު ނެގުމާއިއެކު ތުގާ ވާހަކަ ދެއްކިއެވެ. “އާން ކީކޭ ތުގާ ދަރިފުޅާ…ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” އެކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. “ނޯ އުޒާމް އަންކަލް….ނޭނގެ ކިހިނެއް ކަމެއް…އިޓްސް ނޮޓް ގުޑް” ތުގާ ވާހަކަ ދެއްކިއެވެ. “ތުގާ ފަސްޓް ރިލޭކްސް.. ދެން އަންކަލް އަށް ކިޔާދީބަލަ ކިހިިނެއްތަވީ؟” އެކޮޅުން އުޒާމް އަހާލިއެވެ. “ތުގާޔަށް އިނގޭ ވާން އޮތީ މަނާ ކޮއްފަކަން ބިޒްނަސްގެ އެއްވެސް ސްޓްރެސްއެއް އަންކަލްއަށް ދިނުން…އެކަމް އަންކަލް، އޮންލީ ޔޫ ކޭން ހެލްޕް ވާން ރައިޓް ނައު….” މިއަދު ކަންތައް ވެދިޔަ ގޮތް އަކުރުން އަކުރަށް ތުގާ އުޒާމްއާއި ހިއްސާކުރިއެވެ. އެ މައްސަލަ އޭނާ ބަލާނެ ކަމުގައި ބުނެ އުޒާމް ފޯނު ބޭއްވީ ފިކުރުބޮޑުވެ ހުރެއެވެ.
ތުގާއާއި ވާހަކަ ދައްކައި އެ ފޯނު ކުރުކޮއްލަމުން އެ ބޮޑު ސިޓިން ރޫމުގެ މެދުގައި ހުރި ސޯފާގައި އުޒާމް އިށީނދެލިއެވެ. ހުދު ކުލައިގެ އިސްތަށި ގިނަ އޭނާގެ ތުނބުޅީގައި އަތް ހިންގާލަމުން އުޒާމް ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް، އޭނާ ކަންބޮޑުވެފައި ހުރި މިންވަރު އޭނާގެ ނިތަށް ޖަމާވެފައި ހުރި ރޫތައް ހެކި ދެއެވެ.
ދެލޯ މަރާލައިގެން ފުން ވިސްނުމެއްގައި އިން އުޒާމްއަށް ދެލޯ ހުޅުވާލެވުނީ ގޭގެ މައި ދޮރު ހުޅު ވުނު އަޑަށެވެ. މައި ދޮރާއި ދިހަ ވަރަކަށް ފޫޓު އަޑިޔަށް އެ ސިޓިން ރޫމު ހެދިފައިާއިރު، ދޮރުން ވަދެގެން ސިޓިން ރޫމަށް ފޭބުމަށް ސިޑިއެއް ބިނާ ކުރެވިފައި ވިއެވެ. ތިން ބުރިއަށް ނެގިފައިވީ އެ ގަނޑުވަރެއްފަދަ ގެ ފަރުމާ ކުރެވިފައިވަނީ ކަޅާއި ހުދު ކުލައިންނެވެ. އެންމެ ޒަމާނީ ރީތި ޑިޒައިން ތަކުގެ އިންޓީރިއާރ އާއި ފަރުނީޗަރު ބޭނުން ކުރެވިފައި ވީއިރު ޝާހީކަން ރަމްޒުކޮއްދެއެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ދޮރުން ވަދެ، ސިޑިން ފައިބައިގެން އައި އައިމަން ފެނުމުން އުޒާމް އިން ތަނުން ކޮއްޅަށް ތެދުވެލީ ހިނިތުންވުމަކާއި އެކުގައި ނަމަވެސް، އެ ހިނިތުންވުން ނުތަނަވަސްކަމަށް ބަދަލު ވެގެން ދިއައީ އައިމަންގެ މޫނުމަތީގައި ވީ ކަންބޮޑުވުމުގެ އަސަރުތަށް އޭނާއަށް ފެނުމުންނެވެ.
“އަހާ އައިއްކޯ…ހައު ވޯޒް ޔުއާރ ޑޭ؟” އެކުވެރި ރާގަކަށް އުޒާމް އަހައިލި އިރު، އުޒާމްގެ އަޑު ޖެހުމުން ގަދަ ކަމުން އައިމަން ހިނިތުންވެލިއެވެ. “ޑޭ ރަނގަޅު ވާނެ އެއްނު މިއަދުވެސް ކުލާސް ކަޓުވާފަ އެހެރީ” އިވިގެން ދިއައީ އަންހެނެއްގެ އަޑެވެ. އޭރު މެދު އުމުރުފުރައިގެ އަންހެނެއް އެދެމީހުނާ އެއް ހަމައެއްގައި އައިސް ހުއްޓެނީއެވެ.
ދޮން ހަންގަނޑެއް ލިބިފައިވާއިރު މޫނުމަތީގައި ކޮއްފައިވަނީ ގަދަ މޭކްއަޕެކެވެ. އުމުރަށް ވުރެން ޅަ ކަމަށް ދައްކަނީ ރީތި ވަރަކަށް ހުރި އޭނާގެ ހަށިގަނޑުގެ ސަބަބުންނެވެ. ގައިވައިދުން ކަސްރަތުކޮށް ހަށިގަނޑަށް ބަލައިގެން އުޅޭކަން ހާމަވެއެވެ. ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ބެލްސެކެވެ. ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު، އަރައިގެން ހުރި އުސްކަށިލީ ބޫޓާއި އަތުގައި އޮތް އަތްދަބަހުގެ ސަބަބުން އޭނާ އެހެރީ ތާކަށް ދާން ތައްޔާރު ވެގެން ކަން ހާމަވެއެވެ.
*****************
”ލައި….އަވަހަށް އާދޭ ކާން ދަރިފުޅާ…ހިބާ އެބައިން ދަރިފުޅާ އެއްކޮން ނޫނީ ނުކާނަމޭ ކިޔާ ބޮޑާ ހާކާފަ…” ވަދެގެން އައި ލައިބާ ފެނުމުން އޭނާގެ މަންމަ ހަސްނާ ލޯތްބާއި އެކު ވާހަކަ ދެއްކިއެވެ. ނަމަވެސް ހިބާގެ ވާހަކަ ބުނި އިރު ހުސްނާގެ އަޑުގައިވީ މާޔޫސް ކަމެވެ.
ހިބާއަކީ ލައިބާގެ އެއްބަނޑު އެއްބަފާ އަށް އަހަރަށް ދާ އަންހެން ކޮއްކޮ އެވެ. އެ ޢުމުރުގެ އެހެން ކުދިން ބަލަން އެހައި އުނދަގޫ ނުވިޔަސް ހިބާ ބެލެހެއްޓުމެކޭ ފަރުބަދަ ކެނޑުމެކޭ ވާނީ އެއްވަރެވެ. ހިބާ އާއި ލައިބާ ދެކެ ހުސްނާގެ ދެމަފިރިން ކިތަންމެ ލޯބި ވިޔަސް، ހިބާގެ ބަލި ހާލަތުގެ ސަބަބުން އެ ދެމަފިރިންގެ އެންމެ ބޮޑު ސަމާލުކަމެއް ބަހައްޓަން ޖެހެނީ ހިބާއަށެވެެ.
ހިބާއަކީ އުފެދުމުގައި ދިމާވި ނުކުޅަދުންތެރި ކަމެއްގެ ސަބަބުން އޯޓިސަމް ބަލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. އެހެން ކުދިންނާއި ހިބާ ތަފާތުވެ ޚާއްސަވަނީ މި ސަބަބާއި ހުރެއެވެ. އޯޓިސަމް އަކީ އުފެދުމުގައި ސިކުނޑީގައި ހުންނަ އުނިކަމެއް ނުވަތަ އިތުރުކަމެއްގެ ސަބަބުން ކުއްޖާ ހެދި ބޮޑުވަމުން އަންނަ އިރު، އެކުއްޖާގެ އުޅުމަށާއި އަމަލުތަކަށް އަންނަ ބަދަލެކެވެ. އަށް އަހަރު ފުރިފައިވީ ނަމަވެސް ހިބާގެ އުޅުމުން އޭނާއަކީ އަށް އަހަރުގެ ކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ. މީހުނާއި ވާހަކަ ދައްކާ މަދުފަހަރެއްގައި ވެސް އެމީހަކުގެ ވާހަކައަކަށް ހިބާގެ އެއްވެސް ސަމާލުކަމެއް ގިނަ ފަހަރަކު ނުހުންނާނެއެވެ.
މަންމައަށް ހިނިތުންވެލަމުން ލައިބާ ގޮސްވަނީ އެ ކުޑަ އެޕާރޓުމެންޓުގައި ހުރި ހަމައެކަނި ކޮޓަރިއަށެވެ. އޭރު އަތުގައި އޮތް ޓެބްލެޓަށް ގެއްލިފައި އެނދުމަތީގައި ދެފައި ވައް ކޮއްލައިގެން ހިބާއިނެވެ. ދަބަސް ކަބަޑުމަތީގައި ބެހެއްޓުމަށްފަހު، ލޮލުގައިން ނަމްބަރު އައިނު ނަގައި ދަބަސް ކައިރީ ބޭއްވުމަށް ފަހު ބޭނުންވާ އަންނައުނު ހިފައިގެން ފާހަނާއަށް ވަދެ ލައިބާ ފެންވަރައި ތާޒާ ވެލިއެވެ.
އޭނާ ނިކުތްއިރުވެސް ހަމަ ކުރިންވެސް އިން ގޮތަށް ހިބާ އިނެވެ. މީހެއްގެ ހިލަމެއްވެސް އެ ކުއްޖާއަށް ނުވާފަދަ އެވެ. ބަދިގެއަށް ގޮސް ބަތްތައްޓެއް މޮޑެލައިގެން އައިސް ކާންދޭން އުޅުމުން ނަސީބަކުން ވަރަށް ފަސޭހައިން ހިބާ ބަތް ތަށި ހުސް ކޮއްލިއެވެ. ފެންތަށި ހިބާގެ ތުނބުގައި ޖައްސާލަން އުޅުނު ލައިބާއާއި ދިމާލަށް ހިބާ އިސް ހިއްލާ ބަލައިލިއެވެ. ހިބާ އެއްޗެއް ބުނަން އުޅޭހެން ހީވުމުން ލައިބާ އިނީ ހިބާށް އެ ފުރުސަތު ދީގެނެވެ.
ލައިބާގެ މޫނު ތަރުޖަމާ ކުރަން އުޅޭ ފަދަޔަކުން އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ހިބާ ވާހަކަ ދެއްކިއެވެ. “އިބާ އިޒް ސޭޑް ދޯ” ކިތަންމެ ނުވިސްނި، ކަންކަން ނަގައިނުގަނެވުނަސް ލައިބާގެ އިހުސާސްތައް ހިބާ ދެނެގަތެވެ. ހިބާގެ ޖުމްލައިގެ ސަބަބުން ސިހުނު ނަމަވެސް ރީތި ހިނިތުންވުމެއް ލއިބާގެ މޫނު މައްޗައް ވެރިވީ ހިބާގެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުންމީދު އާލާ ވުމުންނެވެ.
ހިބާގެ ތުން ދޮއްވާލުމަށްފަހު އޭނާގެ ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި ލައިބާ އިށީންދެލިއެވެ. އަދި ގޫގަލްގއި އެން އޯ ސްކޮޔާރޑް އާރް ކޮމްޕެނީ ޖަހާފައި ސާރޗު ކޮއްލީ އޭނާގެ ހިތުގައި އެ ކުންފުނީގެ ވެރިޔާގެ މަޢުލޫމާތު ހޯދުމަށް އޮތް ޝައުގުވެރިކަމުގެ ސަބަބުންނެވެ.
**************
”މޯމް ޕްލީސް ނޮޓް ނައު….މޯމްގެ ތި ލެކްޗަރު އަޑުއަހާކަށް އަހަރެންގެ އަތަކު ވަގުތެއް ނެތް” އެ އަންހެން މީހާއާއި ދިމާލަށް އެހެން ބުނެލުމަށް ފަހު ކުރިމަތީގައި ހުރި ސިޑިން އަރައިގެން އައިމަން ދިއައެވެ. އައިމަންގެ އަޑުންވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އުޒާމްއަށް ނަގައިގަނެވުނެވެ.
“ޑިޑް ޔޫ ސީ ދޮންބޭ….އެއީ އޭނަ އަމިއްލަ މަންމަޔާ ވާހަކަ ދައްކާ ގޮތް…ހަމަ އޭނަޔަށް ރަނގަޅަކަށް ނޫންތަ އަހަރެން މި ކަންތައް ކުރަނީ…ލަވަ ކިޔައިގެން ކޮން ކުރިއެރުމެއްތަ ލިބޭނީ…އޭނަގެ މުސްތަޤުބަލަށް ވިސްނާފަ އެއް ނޫންތަ އަހަރެން އޭނަޔަށް ނަސޭހަތް ދެނީ…” އުޒްވާގެ އަޑުގައި ވީ މާޔޫސްކަމެވެ. “އުޒްވާ އަޅާނުލާބަލަ…ޒުވާން އުމުރު މީ…އާންމުކޮށް ކޮންމެ މީހަކަށްވެސް މި އުމުރުގަ ކުށް ކުރެވޭނެ…ފަހުން ރަނގަޅު ވާނެ”
އުޒާމް އެ ބުނި ބަހުގެ މާނަ ދޭހަވުމާއިއެކީ އޭނާގެ ކޮނޑުމަތީގައި އޮތް އުޒާމްގެ އަތް ނަގައި އުޒްވާ ދުރުކޮއްލިއެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެފައި ހުއްޓެވެ. “ކޮންމެ ފަހަރަކު ދޮންބެ އަހަރެންނަށް ކުރެވުނު ކުށް އަހަރެންނަށް ހަނދާން ނުކޮއްދިނަސް، އޭރު އަހަރެންނަށް ކަންތައްކުރެވުނީ ގޯސްކޮންކަން އަހަރެންނަށް އިނގޭ….އަހަރެންގެ ރިހޭ ފައި މައްޗައް ފޮއެ ވެއްޓުން ދޮންބެ ހުއްޓާލާނީ ކޮންއިރަކު ބާއޭ އަހަރެން ހިތައް އަރާ….އަދި އަދާ ޖެހެންދެންވެސް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން، ކަތި ކޮށް އެޅުނު އެންމެ ފިޔަވަޅެއްގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެން ހިތާމަ ކުރަން…ކޮންމެ ފަހަރަކު އަހަރެންނަށް ހަނދާން ނުކޮއްދިނަސް އަހަރެންގެ ކުށް އަހަރެން ޤަބޫލު ކުރަމޭ….އެކަމު އަމިއްލަ ކުށްތައް ޤަބޫލު ކުރުމުގެ ހިތްވަރެއްވެސް ދޮންބެގެ ކިބަޔަކު ނުހުންނާނެ” އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނާ އެކުވެގެން އުޒްވާގެ ދުލުން ނިކުތް ލަފްޒުތައް ކިތަންމެ ހިތި ނަމަވެސް އެއީ ތެދެވެ.
ކަރުނަވީ ދެލޮލުން އުޒާމްއާއި ދިމާލަށް ބަލާލުމަށް ފަހު ގޭގެ ދޮރާއި ދިމާލަށް އުޒްވާ ހިނގައިގަތީ އެ ދޮންބެގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދު ނުކުރާ ހާލުގައެވެ. “ހަސަން އުޒާމް ކުށެއް ނުކުރާނެ…އަހަރެންގެ ދިރިއުޅުމުގަ އަހަރެން ކުރި ކޮންމެ ކަމަކީ ވަރަށް ވިސްނާފަ އިނގިހުރެ އަހަރެން ކުރި ކަންތައްތަކެއް….އޮޅިގެން ކުރެވުނު ކުށްތަކެއް ނޫން…” އުޒާމްގެ އަޑު އިވުމުން އުޒްވާގެ ފިޔަވަޅުތައް މަޑުޖެހިލި ނަމަވެސް ފަހަތައް އެނބުރުމެއް ނެތި އޭނާ ނިކުމެގެން ދިއައީ ދޮންބެއާއި ޒުވާބު ކުރަން ބޭނުން ނުވާތީއެވެ.
އުޒްވާ ނިކުމެގެން ދިއުމާއިއެކު ފުން ނޭވާއެއް ދޫކޮއްލަމުން އުޒާމް މިސްރާބުޖެހީ އެގޭގެ ފަހަތު ދޮރުން ނިކުމެވޭ ބަޔަށެވެ. ބިއްލޫރި ދޮރު ކަހާލުމަށްފަހު ނިކުމެވޭ އެ ބޮޑު ބެކްޔާރޑް ގައި ބޮޑު ހަތަރެސްކަން ފެންގަނޑެއް ހެދިފައި ހުރި އިރު ވަށައިގެންވީ ހުސް ތަނުގައި ވަނީ ދިގު ބޭރު ރުއްތައް ހެއްދިފައެވެ. އެ ބޮޑު ފެންގަނޑުގެ ކުރިމަތީގައި ހުއްޓިލަމުން ފެން ގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރަޔަށް އުޒާމް ބަލައިލިއެވެ. އައިމަން އާއި އިވާންގެ ދިރިއުޅުމަށް މިއަދު ކޮންމެވެސް ގޮންޖެހުމެއް ކުރިމަތި ވެފައި ވާއިރު، އެ އާއިލާގެ ދެ ވާރިސުންގެ ދިރިއުޅުމަށް މިއައި ގޮންޖެހުމުގެ ފަހަތުގައި ވަނީ ކާކު ބާއޭ އުޒާމްގެ ހިތައް އަރަމުން ދިއައެވެ. މިއީ މީހެއްގެ ރޭވުމެއް ބާއެވެ. ނުވަތަ ޤުދުރަތުގެ އިއްތިފާގެއް ބާއެވެ.
**************
ކުޑަ ކުދިންގެ ބަގީޗާގެ ބެންޗެއްގައި އިށީނދެ އިން އިވާންގެ ނަޒަރު ހުއްޓިފައިވަނީ އެތާގައި ހުރި ކުޅޭ ތަކެއްޗަށެވެ. މެންދުރުގެ ހޫނު ވަގުތު ކަމުން އެ ބަގީޗާ ތެރޭގައި އެއްވެސް ކުޑަ ކުއްޖެއް ހެލިފެލިވެ ނޫޅުނަސް، އިވާންގެ ލޮލު ކުރިމަތީގައި ސިފަ ވަމުން ދިއައީ ކުޑަކުދިންގެ ސަކަރާތުގެ މަންޒަރެވެ.
ދިހަ އަހަރަށް ދާ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ލޯބި އިސްތަށި ކޮޅު ޖެހެމުންދިޔަ ވައިރޯޅި ތަކާއި އެކީ ނަށަމުން ދިއައިރު، އެ ޖާދުވީ ބޮޑު ދެލޮލަށް އެޅިފައިވީ އިރުގެ ރަން ދޯދި ތަކާއި އެކު އެ ދެލޯ ދިއައީ ވިދަމުންނެވެ. މޫނުމަތީގައި ވީ ފުރިހަމަ ހިނިތުންވުމާއި އެކު ހީލާ އިރު އެކުއްޖާގެ ދެ ކޮލަށް އެޅިގެންދާ އަޑިކޮޅުގެ ސަބަބުން އެ މަންޒަރު ފުރިހަމަ ކުރުވައެވެ. ހަމަ އެ އުމުރަށް ދާ ފިރިހެން ކުއްޖަކާއި އެކު ސަކަރާތް ޖަހާ މަޖާ ކުރަމުން ދިއަ އިރު އެ ދެކުދިންގެ މޫނު މަތީގައިވެސް ވަނީ ނުފިލާ ހިނިތުންވުމެވެ. އުފާވެރިކަމެވެ. “އިވް….ކަމް އެންޑް ކެޗް މީ…އިވް ހައްހައްހާ” އާއެކެވެ. އިވްގެ ނަމުން އެ އަންހެން ކުއްޖާ މުހާތަބު ކުރި އެ ފިރިހެން ކުއްޖަކީ އޭނައެވެ. އެއީ އޭނާގެ ކުޑައިރުގެ ހަނދާނެކެވެ. މިއަދުވެސް ތާޒާ ކަންމަތީ އެ ހަނދާންތައް އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ.
”މާޒީ ހަނދާންކޮށް ކުރާ އިންތިޒާރެއްގެ ނިމުމެއް ނާންނާނެ…ދިގުލައިގެންދާ އިންތިޒާރު ވޭން ނޫން އެހެން އެއްޗެއް ނުދޭނެ” ކުރިމަތިން އިވުނު އަންހެންވަންތަ އަޑު އައި ދިމާލަށް ބަލާލުމަށް އިވާން އިސް ހިއްލާލީ ޝައުގުވެރިކަމާއި އެކީގައެވެ. އެ އަންހެން ކުއްޖަކު އެ ބުނި ބަސްތަކުގެ މާނަ ފުންވެ އޭނާގެ ހާލަތާއި ގުޅޭތީ އެވެ.
ލައިގެން ހުރި އަތް ދިގު ކަކުލަށް ވުރެން ތަންކޮޅެއް މައްޗަށް ދާ ގަދަ މެރޫން ކުލައިގެ ހެދުން އެ އަންހެންވަންތަ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، ހެދިހުރި ރީތި އިސްކޮޅާއި ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. މައުނަވީ ހިނިތުންވުމަކާއި އެކު އެ ސިހުރެއްފަދަ ދެލޮލުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު އެ ހޫރެއްފަދަ މޫނުގައިވަނީ ރީތިކަމުގެ އިންތިހާއެވެ. ދިގު ޗޮކުލެޓު ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު ހާމަޔަށް ދޫ ކޮއްލެވިފައި ވީއިރު އެ އަޢިބެއް ނުވާ މޫނުގައި ކުރު އިސްތަށިތަށް ބޮސްދެމުން ދިއައެވެ. އަރައިގެން ހުރި އުސްފައިވާނުގެ މިސްރާބު އިވާން އިށީންދެގެން އިން ބެންޗްއާއި ދިމާލަށް އަނބުރާލަމުން އެ އަންހެން ކުއްޖާ ހިނގާފައި އައިސް ހުއްޓިލީ އިވާންގެ ކުރިމަތީގައެވެ. މަޑު މަޑުން އިވާންއަށް ކޮއްޅަށް ތެދުވުނު އިރު ކުރިމަތީގައި ހުރި ފައިންމިންޏެއް ފަދަ އަންހެން ކުއްޖާގެ މަޑު މުށި ކުލައިގެ ކަޅިއަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.



Yayy me first dho❤️
Congrats darla❤️
Wowwww uzaam and his sister uzvaa has some srs problem i think….ehenve dho uzvaa ehen bunaaneee and uzvaa varah straight forward…aiman doesn’t like uzvaa force kuraathee dho business kiyavan
Lets see dhw kn prob eh tho?❤️
Laiba ge kokko hiba masha allah varah loabi❤️ Hope she recovers
Yes❤️
And NO2R ge long form alhe visnaalaa nama ivaan aa aiman aa dho silly kudhin kolhu ei noor ge nan viyya? and very excited i think ivaan ge kurimahchah e aee nooor wow sifa kohdhyfa huri goii hama speechless ?
Thankyou nuhy?❤️ Dhw wisnaalaanama ewaru dhw…ekm e situation ga tense v warun nuwisnuny kanne dhw?
And I’m commenting migothah half half cause dhugu comnents up eh nuvey ehnve ingey sorry for this! Very curiously waiting for the next part…loved the dialogue “maazy hadhaan koh kuraa inthizaarehge nimumeh naahnaane…dhigulaigen dhaa inthizaaru veyn noon ehen ehcheh nudheyne”
Lysm tc sisoo
Thankyou darling?❤️Its ok lym❤️?
Hey ivaan I’m back?.. sissy this story is amazing.. curiously waiting for nxt prt❤️❤️xoxo?
Your name is noor??
Ahaha thankyou❤️
This part was amazing ingey hama habeys sisooo iraafa! Noor ge entry vrh kamudhey….describing in mi ivaan vx noor hama lolah balaalaa hithun mihiree, ekam keekuraanee dhoa imagine kohlaigen hunnan thaa jeheynee? curiously waiting for next?
Ahahha thankyou❤️ Adhi fenidhaane dhw hama lolah wes ekahala faiiminyeh?
Dhww sis! Bro ge special girl fenuneema angaalahchey! Eyrunnu wedding plan kuran fesheynee ????????????
Yah my name is noor?
Hey nooor! And scarlet bunelaanan ingey ekahala faiiminyakaa dhimaa vaa dhuvahu hehe?
Oh wow… Ei noor dhww? Ivaan childhood friend akee vs noor tha? I mean in his memory iv kiyaafa eulhunee noor dhww… So curious!
Lysm sisoooooo! Tvgc
Hey scarlet! I also think that ivaan ge childhood frnd aky noor or noor aa related meeheh!
Lets see dhw!thankyou darling ly❤️
Masha Allah varah reethi mi prt Hama obiness to the max ❤️❤️ ivaan and aiman ge prts thah varah cute igey ???? hiba ah eythi recover kureveyne insha allah ??? waiting for nxt ?? I think eiii Noor kahneyge dhww e aeee ??? and I think Noor name change kohgn kahneyge e ulhenee ?? alhe curiously waiting … Lysssssmmmmmm ❤️❤️❤️❤️❤️
Stay safe
TC
Lots of love from Afu ♥️♥️♥️♥️
Thankyou afu dhoonii❤️Hingaa balamaa dhw waagoii
Lym stay safe❤️
Maasha Allah ❤️❤️❤️❤️❤️varah reethi mi part ves ?????Tc dear…. Lysmmm ❤️❤️❤️
Thankyou ryn❤️Lym
Warah warah reethi mi part wes!❤️maashaa allah!!❤️
!E anhen kuda kuhjaa akee noor dho
I think past ga warah bodu kameh hingaafa kanne otheee!
❤️?!Anyways let’s see dhoa
❤️❤️❤️❤️❤️❤️❤️!!Tvgc
❤️❤️❤️❤️???!!Lysm
Maazyga dhwww! Hingaa balamaa?lym Thankyou tc❤️
This uzaam doesnt seem right to me I think noot ah past ga kuri kameh eyna kureee
Lets see ??
Wowww…. Varah Varah reethi mi part ves.. Masha allah
❤️❤️??…… Eiii noor kahneyge dhww ….
Curiously waiting for the next part ???…
Keep it up ❣️❣️❣️…
Thankyou noora❤️
Wow mi part vess hama vara Reethi….. Mashaallah u r really very talented……. Sifakohdhey gothaa dialogue thah vess hama awesome ??… BTW this is my first comment but I always read ur stories… When next? So curious… Tht girl is noor dhww….
Thankyou so much❤️ Wrh ufaa wejje comment eh kohlyma? next part soon insha allah❤️
Maasha Allah mi part ves hama vrh vrh vrh salhi???????????♥️?♥️?♥️?♥️?♥️?♥️?♥️???????????????? Alhey next part ah varah inthixaaru kurevey????????????
Tc&stay safe???❣️❣️❣️
Thankyou darling❤️Tc❤️
Masha allah
This prt made me speechless
Every word every dialogue is amazing
Loving it aphxxx
Waiting for next
Thankyou so much❤️
Love noor and her dialogues masha allah?
Glad you like em?thankyou❤️
Heii sis
This part is amazing as usual
Wowww..hama speechless vehje….mi part kiyaafa..
Noor nd ivaan knw each other before dhw..i guess like tht
Sorry for late comment
And sorry 2 nd part ah ves busy kamun comment nukurevunee…but tht part was amazing…varah salhi…
Masha Allah for ur talent
Whn is next…curiously waiting to read the next part
Lysssssmmmm
Tc
Stay safe stay home
Its okay hafu?thankyouuu❤️Next part insha allah soon! Ly tc❤️
WOW WOW WOW♥️✨♥️✨♥️✨♥️✨♥️✨♥️✨♥️✨♥️✨
OBINESS TO THE MAX❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡
THIS STORY IS SUPERB❤️?❤️?❤️?❤️?❤️?❤️?❤️
WAITING FOR NXT PRT?????????????
LOT’S OF LOVE?????????????????
BE SAFE ND TC?????♥️
AWWW THANKYOU SO MUCH DARLING?❤️ NEXT PART SOON! TC❤️
Wow