އިންތިހާ – 2
ބިންތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމުގައި ތިބުމަށްފަހު އެ މަޝްވަރާ ކުރު ކޮއްލަން ޖެހުނީ މީޓިން ފެށޭގަޑި ޖެހުމުންނެވެ. ކުންފުނީގެ މިހާރުގެ ވެރިޔާގެ ހައިސިއްޔަތުން ދައްކަންޖެހޭ އަދި އޮޅުން ފިލުވައިދޭންޖެހޭ ކަންތައްތައް ބޯރޑް އޮފް ޑައިރެކްޓަރުން، ނުވަތަ ކުންފުނީގެ ހިއްސާދާރުންނަށް އޮޅުފިލުވައިދީ މީޓިންގް ނިމުނު އިރު މެންދުރުގެ ކެއުމުގެ ގަޑިޖެހޭކަށް އެހައި ގިނަ ވަގުތެއް ނެތެވެ. މީޓިންގް ރޫމް އިން ނިކުމެގެން ގޮސް އަމިއްލަ ކެބިންއަށް ވައިން އިވާންގެ މޫނުމަތި އުޖާލާ ވެގެން ދިއައީ ކެބިން ތެރޭގައި ހުއްޓި ހުރި ޒުވާނާ ފެނުމުންމެވެ.
***************
”ދޮންބޭ….ހާދަ ލަހުންނޭ ތިއައީ…މިހާ އިއްޒައިތްތެރި މީހެއް ލައްވާ އެހާ ދިގު އިންތިޒާރެއް ކުރުވާކަށް ނުވާނެނު” ކެބިންގައި ހުރި ކަޅުކުލައިގެ ލެދާރ ސޯފާގައި އިން އައިމަން ކޮއްޅަށް ތެދުވެ ވާހަކަ ދެއްކީ، އަތުގައި އޮތް ފޯނު ނަގައި ޖީބަށް ޖަހާލަމުންނެވެ. “ތީ މާ އިއްޒައިތްތެރި މީހެއްތަ! ކޮލެޖު ކްލާސް ކަޓުވާފަ ދޯ ތިއައީ” މީގެ ކުރިން އިވާންގެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަމާއި ހަރުކަން އެކީ ހެން ފިލައިގެން ގޮސް އައިމަން އާއި އޭނާ ވާހަކަދެއްކީ ސަކަ ކަމާއި އެކީގައެވެ. އައިމަންއާއި އިވާންއަކީ ދެބެންގެ ދެދަރިންނެވެ. އައިމަންއަކީ އިވާންގެ ބައްޕަ އުޒާމްގެ ހުރި ހަމައެކަނި ކޮއްކޮ އޫޒްވާގެ ދަރިއެކެވެ. އިވާން އާއި އައިމަންގެ ގުޅުމަކީ އެންމެން ދަންނަ ވަރުގަދަ ގުޅުމެކެވެ. އާއިލީ ގުޅުމަށްވުރެން ބޮޑަށް މިދެ ޒުވާންނުންގެ މެދުގައި ވަނީ ވަކި ނުވާނެ ފަދަ އެކުވެރިކަމެވެ. އިވާން އަކީ އައިމަންގެ ހިއްވަރެވެ. އައިމަންއަކީ އިވާންގެ ފުރާނައެވެ.
”ޔޫ ނޯ އެންނު އައި ހޭވް ނޯ އިންޓްރެސްޓް އިން ބިޒްނަސް މެނޭޖްމެންޓް….އަމާ ބުނީ ތީ ފަރަށް މިހާރުވެސް މިދަނީ އެކަމު ފަރުން ދުވާ ކުނިވަހުން އެތާކު ކެތެއް ނުވާނެ…ބްރޯ ސޭވް މީ…” އިވާން އާއި ދިމާލަށް ދެރަވާކަމަށް ހެދި ބަލަހައްޓައިގެން ހުރެ އައިމަން ބުނެލުމާއި އެކު އިވާންގެ ހިތްގައިމު ފިރިހެންވަންތަ ހުނުމުގެ އަޑު އެ ކޮޓަރި ތެރޭގައި ގުގުމާލިއެވެ. މި ހުނުމާއި ހިނިތުންވުންވެސް އިވާންގެ ކިބައިން ހަމައެކަނި ފެންނާނީ އޭނާ އައިމަންއާއި އެކު ހޭދަކުރާ މަދު ވަގުތުތަކުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިތަންމެ ގާތް ވަރުގަދަ ގުޅުމެއް އެދެމެދުގައި ވިޔަސް، ދެމީހުންގެ މިޒާޖާއި އުޅުން އެކަކު އަނެކަކާއި ހާސްބައި ތަފާތެވެ. އެކަކީ ރޭގަނޑުނަމަ އަނެކަކަކީ ދުވާލެވެ.
”ލެޓްސް ގޯ ފޯރ ލަންޗް…ކޮބާ އައިއްކޮގެ ގާރލްފްރެންޑް އޭނަ ނުލާ ތަ ދަނީ؟” އައިމަންގެ ކޮނޑަށް އަތް ވައްޓާލަމުން އިވާން އަހާލިއިރު އޭނާގެ އަޑުގައި ވަނީ ލާނެތްކަމެވެ. “އޯނޯ ނޯ ބްރޯ….ލައިބާ އެއީ އަހަރެންގެ ގާރލްފްރެންޑް އެއް ނޫނޭ…ޝީ އިޒް ޖަސްޓް މައި ބެސްޓް ފްރެންޑް! އޯކޭ” އިވާންގެ އަތް އޭނާގެ ކޮނޑުމަތިން ދުރަށްލައި އިވާން އާއި ދުރަށްޖެހިލަމުން އައިމަން ބުނެލިއިރު، އިވާންގެ މޫނުމަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. “ވެން ޑިޑް އައި ސޭ ލައިބާ އޭ….އޯލް އައި ސެއިޑް ވޯޒް ގާރލް ފްރެންޑް…ގާލް ފްރެންޑް ގެ މާނަޔަކީ އަންހެން އެކުވެރިޔާ އެއް ނޫންތަ؟ އައިއްކޮ އޭ ނުބައި ކޮށް ތިވިސްނަނީ” ލާނެއް ރާގަކަށް އިވާން ބުނެލި އިރު އައިމަން ބޯ ކަހާލި ގޮތުން އޭނާ ރަކި ވެއްޖެކަން ހާމަވިއެވެ.
”ވާން މިއޮތީ ފައިލް…ޔޫ ލެފްޓް އިޓް އޮން ދަ ޑެސްކް” އެ ކެބިންއަށް ވަދެެގެންއައި ތުގާގެ އަޑު އިވުމާއި އެކީ ދެ ޒުވާނުން އެއްފަހަރާ ތުގާއާއި ދިމާލަށް ބަލައިލިއެވެ. “އެންޑް ހިއާރ ކަމްސް ޔުއާރ ގާރލް ފްރެންޑް” އިވާންގެ ކަންފައިތް ބުޑުގައި އައިމަން ބުނެލުމާއި އެކީ އިވާން އައިމަންއާއި ދިމާލަށް ލޯ އަޅާލިއެވެ. އަދި އޭނާގެ މޫނު މައްޗަށް ސީރިއަސްކަން ވެރިކުރުވަމުން ތުގާއާއި ދިމާލަށް އެނބުރިލިއެވެ. “ފައިލް މޭޒުމަތީގަ ބާއްވާ” އިވާން އެދުނު ފަދައިން ކަން ކުރުމަށް އަވަސް ވެގައިން ތުގާގެ ލޮލުގައި އެތާގައި ހުރި އައިމަން އަޅައިގަތީ އެވަގުތުގައެވެ. “އަނހާ އައިއްކޮ ވެސް އެބަ އުޅެންދޯ…މީ ކްލާސް ގަޑިއެއް ނޫންތަ؟” ފައިލު އިވާންގެ މޭޒުމަތީގައި ބޭއްވުމަށްފަހު އައިސް އެދެމީހުންގެ ގާތުގައި ހުއްޓިލަމުން ތުގާ އަހާލިއެވެ.
”ތި ވާހަކަ އެއް ނޫނޭ…ވީ ވަރ ޖަސްޓް ގޮނަ ގޯ ފޯރ ލަންޗް…ތޫ އަންނަންވީނު އަހަރެމެންނާ އެކު” އައިމަން އެދުމާއި އެކު ތުގާ ބަލާލީ ކައިރީގައި ހުރި އިވާން އާއި ދިމާލަށެވެ. އަވަހަށް އައިމަން އިވާންގެ އަތުގައި ކޮއްޓާލުމާއި އެކީ އައިމަންއާއި ދިމާލަށް ބަލާލަމުން، ތުގާއަށް އެމީހުނާއި އެކު އައުމުގެ ދައުވަތު އިވާން ދިނެވެ. ތުގާގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއައިރު، ތިން ޒުވާނުން އެކީ މިސްރާބުޖެހީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ މާގިރި ހޮޓެލްއަށެވެ.
**************
ކްލާސް ނިންމާލައިފައި ނިކުތް ލައިބާ ދަބަހުން އޭނާގެ ފޯނު ނަގައި ބަލާލި އިރު އައިމަންގެ ދިހަ ވަރަކަށް މިސް ކޯލާއި ބައިވަރު މެސެޖު އައިސްފައި ހުއްޓެވެ. އޭނާ ކުލާހަށް ވަންނަނީ ފޯނު ސައިލެންޓަށް ލުމަށްފަހުގައި ކަމުން މެސެޖެއް އަަޔަސް ނޭނގެނީއެވެ. ފުލުފުލުގައި އައިމަން ކޮއްފައި ހުރި މެސެޖުތައް ކިޔަމުން ދިޔަ ލައިބާގެ މޫނުމަތީގައި ވަނީ ހިތި ހިިނިތުންވުމެކެވެ. އެ މެސެޖުތަކުގައި އައިމަން ބުނެފައިވަނީ އޭނާގެ އިންސްޓަގްރާމުގެ ފޮލޯވާރުންގެ އަދަދަށް މިއަދު ތިންހާސް އިތުރުވި ކަމަށާއި އެކަމުގެ އުފަލުގައި ފަހު ކުލާހުގައި ބައިވެރިނުވެ ދޮންބެ އާއި އެކު ކާންދަނީ ކަމުގައެވެ. އެއީ ކުލާސް ކެޓުވުމަށާއި، ލައިބާ އެހެން ނުހެދުމަށް އެދި އައިމަންއަށް އަބަދުމެ ދޭ ނަސޭހަތް އަޑު ނޭހުމަށް އައިމަން ދެއްކި ބަހަނާއެއްކަން ރަނގަޅަށް އިނގުނު ނަމަވެސް އަޅައި ނުލައި ލައިބާ ފޯނު ދަބަހަށް ލީ އައިމަންގެ
މެސެޖުތަކަށް ރިޕްލައިވެސް ކުރުމެއް ނެތިއެވެ.
މަޑު ހިނގުމެއްގައި ކޮލެޖުން ނިކުމެގެން ގޮސް ތަންކޮޅަކަށް ދެވުނު ތަނާ ސިއްސައިގެން ގޮސް ލައިބާއަށް ފަހަތް ބަލާލެވުނީ، އޭނާއާއި ދާދި ކައިރިން ކާރެއް ބަރުގޮނު އަޅާލި އަޑަށެވެ. ރަތް ކުލައިގެ ލެމްބޮގިނީ ކާރުގެ ރޫފް ތިރި ކޮއްލަމުން އައިމަން އޭނާގެ ދެލޯ އަވި އައިނަކުން ފޮރުވާލިއެވެ. “އަހަރެން ބަލާވެސް ނާންނަނީސް ލައި ގެޔަށް ދަނީތަ؟ އަރާ އަވަހަށް އެބަޖެހޭ ވަރަށް އިމްޕޯރޓެންޓް ތާކަށް ދާން..” އައިމަން ފެނުމާއި އެކީ ހުއްޓުން އަރާފައި ހުރި ލައިބާ މަޑުމައިތެރިކަމާއި އެކީ ދެކޮޅު ނަހަދާ އައިސް ކާރަށް އެރުމުން ހައިރާންވީ ނަމަވެސް، ކާރުގެ ރޫފް މަތި ކޮއްލަމުން އައިމަން ކާރު ދުއްވާލިއެވެ. “ކިހިނެއްވީ؟…ހާދަ މަޑުން ލައި ތި އިންނަނީ…އަހަރެން ކްލާސް ކެޓުވީމަ ރުޅި އައިސްފަ ދޯ…ސޮރީ އޭ…އެކަމް ލައި އެންނު ބުނަނީ ތިމާ ކުރާ ހިތްނުވާ ކަމެއް ކުރަން އުޅުނަސް ނުވާނެއޭ…” ލައިބާއި މުހާތަބުކޮށް ވާހަކަ ދެއްކި އައިމަން ޖެހިގެން އިން ސީޓުގައި އިން ލައިބާއާއި ދިމާލަށް ބަލާލީ، ލައިބާގ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. “ލައި” ދެތިން ފަހަރަކު ލައިބާއަށް ގޮވާލުމުންވެސް ލައިބާގެ ސަމާލުކަން ނުލިބުމުން އައިމަން ކާރު މަގުގެ އެއްފަރާތަށް މަޑު ކޮއްލިއެވެ.
އަމިއްލަ ހިޔާލުތަކަށް ގެއްލި ހުސްވެފައި އިން ލައިބާއަށް ހޭވެރިކަންވީ ދެނެވެ. ސިހިފަ އައިމަންއާއި ދިމާލަށް ބަލައިލަމުން ކިހިނެއްވީތޯ ލައިބާ އަހާލިއެވެ. “ލައި ވަޓް އަރ ޔޫ ތިންކިން…ކޮލެޖުގަ ކަމެއްވީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟” ލައިބާއާއި ދިމާލަށް އެނބުރެމުން އައިމަން އަހާލި އިރު އޭނާގެ އަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ލުއި ހިނިތުންވުމެއް މޫނުމައްޗައް ވެރި ކުރުވަމުން ލައިބާ ބޯ ހޫރުވާލިއެވެ. އެއާއި އެކު އައިމަން ކާރު ދުއްވާލި ނަމަވެސް އިރު އިރު ކޮޅާ ލައިބާއާއި ދިމާލަށް އޭނާ ބަލާލަނީ، ލައިބާ ނެގިމަޑުވެފައި އިނުމުންނެވެ. “ކޮންތާކަށްތަ މިދަނީ؟ އަނެއްކާ ލައި ކިޑްނެޕް ކުރަންތަ ތިއުޅެނީ؟” އައިމަންގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވީކަން ނަގައިގަނެވުމުން ލައިބާ ވާހަކަ ދެއްކީ، މޫނު މައްޗަށް ޕްލާސްޓިކު ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.
”ބުނީމެއްނު ޢީދް ސްޕެޝަލް ޝޯ އެއް ބާއްވަން އުޅޭ ވާހަކަ ދޯ….އެ ޝޯ ގެ ވެނިއު ބަލަން މިދަނީ….ފާޒިމް އެބަހުރި އެތާގަ މިހާރު…” އައިމަން ކިޔައިދިނެވެ. “ލައި…މި ޝޯ ސަކްސެސްފުލް ވެއްޖިއްޔާ އިޓް ވިލް ބީ އަމޭޒިންގް….އައި ކޭން ގެޓް ނިއު އަލްބަމްސް…ފަހަރެއްގަ މި ނިކުންނަން އުޅޭ ފިލްމު ތަކުގަ ލަވަ ކިއުމުގެ ފުރުސަތު ވެސް ލިބިދާނެ… އައި އޭމް ގޮނަ ރޮކް އިޓް” ޖޯޝާއި އެކު އައިމަން ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ވަނީ އުންމީދެވެ. “ސޯ ދިސް ޝޯ އިޒް ލައިކް އަ ބިގް ޓާރނިންގް ޕޮއިންޓް ދޯ…” ލައިބާގެ ވާހަކަޔަށް ބޯ ޖަހާލަމުން އައިމަން ކާރު މަޑު ކޮއްލީ ކާނިވާ ސަރަހައްދަށެވެ.
އޭރު އެމީހުންގެ އިންތިޒާރުގައި އައިމަންގެ މެނޭޖަރު ފިޒާމް ހުއްޓެވެ. ކާރު ޕާކު ކޮއްލުމަށްފަހު އައިމަން އާއި ލައިބާ ގޮސް ފިޒާމްގެ ގާތުގައި މަޑު ކޮއްލި އިރު، ފިޒާމްގެ މޫނުމަތީގައި ވީ ކަންބޮޑުވުމުގެ އަސަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން އައިމަން އާއި ލައިބާއާއި ދެމީހުނަށްވެސް ނަގައިގަނެވުނެވެ. “އައިމަން…” ކަންބޮޑުވުން އެކުލެވިގެންވީ ފިޒާމްގެ އަޑު އިވުމުން އަޅައިގެން ހުރި އަވި އައިނު ނަގައި އޭނާގެ އިސްތަށި ކޮޅުގައި ހަރު ލައްވާލަމުން އައިމަން ފިޒާމްއާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެއްވީ ފިޒް….ވެނިއު ލިބިއްޖެ ދޯ”އައިމަން އަހާލިއެވެ. ފިޒާމްއާއި ދިމާލަށް ލައިބާވެސް ބަލާލީ ފިޒާމްގެ ޖަވާބުގެ އިންތިޒާރުގައި ހުރެއެވެ.
”އައިމަން…އަހަރެން މިތަނަށް އައިސް ވެނިއު އޯނަރަށް ގުޅީމަ ބުނީ ރޭގެ ވަގުތެއްގަ މި ބިން އެހެން ކްލައިންޓަކު ވަނީ ގަނެފައޭ…ދެން މި ވެނިއު ބޭނުމިއްޔާ ބިމުގެ ވެރިފަރާތާ ކޮންޓެކްޓް ކުރަން ޖެހޭނީ މިއޮތީ އެޑްރެސް…ފޯނު ނަމްބަރުގެ ހިސާބުވެސް ލިބޭގޮތެއް ނުވި” ކަންބޮޑުވެ ހުރެ ފިޒާމް ކިޔައިދިން ވާހަކަ ތަކުގެ ސަބަބުން ލައިބާއަށް އައިމަންއާއި ދިމާލަށް ބަލާލެވުނެވެ. އޭރު އައިމަންގެ މޫނުމަތިންވެސް އޭނާ މާޔޫސްވެފައި ހުރި ވަރު ހާމަވެއެވެ. “ފިޒާމް…ކޮން ނަމެއް ކިޔާ މީހެއްތަ މި ބިން ގަތީ؟” ލައިބާ އަހާލިއެވެ. “ނަމެއް ނޭނގެ…ކުންފުނީގެ ނަން އިނގުނީ…ރާއްޖޭގެ ކުންފުންޏެއް ވެސް ނޫން…” ފިޒާމް ކިޔައިދިނެވެ. “ކޮން ނަމެއް ކިޔާ ކުންފުންޏެއްތަ؟” އައިމަން އަހާލިއެވެ. “އެން އޯ ސްކޮޔާރޑް އާރް ޕްރައިވެޓް ލިމިޓެޑް”
**************
މެންދުރުގެ ކެއުމަށްފަހު އައިމަން ދިއުމުން، އޮފީހަށް ގޮސް ބޭނުންވާ ފައިލުތައް ހިފައިގެން އިވާން އާއި ތުގާ މިސްރާބު ޖެހީ ހުޅުމާލޭގައި ހުރި ބިންތައް ބަލަން ދިއުމަށެވެ. އެހެން މުއައްޒަފެއް ލައްވައިވެސް ބިންތައް ޗެކު ކުރެވިދާނެ ނަމަވެސް، އިވާން ބޭނުންވީ އޭނާގެ ދެލޮލުން ބަލައި ޗެކު ކުރުމަށެވެ. އެއީ މިޕްރޮޖެކްޓަކީ އޭނާއަށް ވަރަށް މުހިންމު އެއްޗަކަށް ވާތީއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް ހުރި ސަރަހައްދަށް ކާރު މަޑުކޮއްލުމާއި އެކީ އިވާން އާއި ތުގާ ކާރުން ފޭބިއެވެ. ކުރިމަތީގައި އޮތް ބޮޑު ހުސް ސަރަހައްދަށް އިވާން ނަޒަރު ހިންގާލިއިރު، އެތާގައި އޭޒެޑް ސިޓީ އިމާރާތް ކުރެވެމުން ހުންނާނެ ގޮތާއި، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ވާނެ ލުއިފަސޭހަަތަށް ހިތަށް އެރުމުން އިވާންއަށް ހިނިތުންވެލެވުނެވެ. ފުރަތަަމަ ތިން ބިން ބެލުމަށްފަހު، އެ ބިންތައް އެމީހުނަށް ދެއްކުމަށް އައިސް ހުރި މުއައްޒަފާއި އެކު ކުރިއަށް ހިނގައިގަތް އިވާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، ހަތަރުވަނަ ބިމުގައި ޖަހާފައި އިން ބޯޑު ފެނުމުންނެވެ. “ސޯލްޑް އައުޓް” ޖަހާފައި އިން އެ ބޯޑު ފެނުމުން އެތާގައި ހުރި މުއައްޒަފާއި ދިމާލަށް އިވާން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
”މި ބިން ވިކިފަ…މި ބޯޑުގެ މާނައަކީ ކޮބާތޯ…އަޅުގަނޑުމެން މި ބިން ގަންނަށް ބުނެފަ އޮއްވާ ކާކަށް ތޯ ތިޔަބޭފުޅުން މި ބިން ތި ވިއްކީ؟” ތުގާ އަހާލިއެވެ. “އަޅުގަނޑުވެސް މިހިރީ އޮޅުމެއްގެ ތެރޭގަ އިނގޭތޯ….އަޅުގަނޑަށް އިނގިފަވީ ކަމެއް ނޫން މީކީ…މަޑު ކޮއްލައްވާ އަޅުގަނޑު ބޮސް އަށް ގުޅާލާނަން” ފޯނު ނަގަމުން އެމީހާ އެއްފަރާތަށް ޖެހިލުމުން އިވާން ތުގާއާއި ދިމާލަށް ބަލާލިއެވެ. “ކާކު…އަހަރެމެންގެ ކޮން ރައިވަލްއަކަށް އެހާ ހިތްވަރު ލިބިގެން އެއުޅެނީ…” ތުގާއާއި މުހާތަބުކޮށް ބުނި ނަމަވެސް، ތުގާގެ ފަރާތުން ޖަވާބަކަށް އިވާން އެދުނު ހެނެއް ހީއެއް ނުވެއެވެ. “ވާން…ރިލޭކްސް….އިޓް މަސްޓް ބީ އަ މިސްއަންޑަސްޓޭންޑިންގް…އޭޒެޑް އާ ދެކޮޅަށް ނިކުންނާނެ ހާ ބާރެއް ރާއްޖޭގެ އެއްވެސް އެހެން ކުންފުންޏެއްގެ ކިބަޔަކު ނުހުންނާނެ ކަން އެންމެނަށް ވެސް އިނގޭނެ….” ތުގާގެ އަޑުގައިވީ ޔަޤީންކަމެވެ.
”ސަރ، ބޮސް ބުނުއްވީ މީގެ އެއްގަޑީރު ކުރިން ކަމަށް މި ބިން އެ ބޭފުޅަކު ގަތީ….އޭޒެޑް އިން އޮފާރ ކުރާ އަގަށް ވުރެން ތިން ގުނަ ބޮޑު އަގެއްގަ އެ ކުންފުނިން މި ބިން ގަތީ….ސޯ ބޮސް ޑިޑް ނޮޓް ވޯންޓު ގޯ ފޯރ އަ ޑިސްކަޝަން…” އެ މީހާގެ ވާހަކަޔާއި އެކު އިވާންގެ ދެއަތް މުއްކެވިގެން ދިއައެވެ. “ކާކު އެ ކުންފުީގެ އޯނަރަކީ؟” ވާހަކަ ދެއްކީ ތުގާއެވެ. “އޯނަރުގެ ނަމެއް ނޭނގެ….ކުންފުނީގެ ނަމަކީ އެން އޯ ސްކޮޔާރޑް އާރް” އެނަން އަޑު އިވުމާއިއެކު އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑު ނުކޮށް އިވާން ގޮސް ކާރަށް އެރުމުން ތުގާވެސް އިވާންގެ ފަހަތުން ދިއައެވެ. ތުގާ އައިސް ކާރަށް އެރުމާއި އެކު ޑްރައިވަރު ކާރު ދުއްވާލިއިރު، ސީޓުގެ ހެޑް ބޯރޑުގައި ލެގިލައި ދެލޯ މަރާ ލައިގެން އިވާން އޮތެވެ. އޭނާ އޮތީ ފުން ވިސްނުމެއްގައިކަން ފެނުނު ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެއެވެ.
އޭޒެޑް ސިޓީގެ ޕްރޮޖެކްޓް އާއި ބެހޭގޮތުން އިންވެސްޓަރުން ފިޔަައި އެހެން ފަރާތަކަށް ހަމަ ގައިމު ނޭނގޭނެއެވެ. ނޫސް މީޑިއާ ތަކަށް މި ޕްރޮޖެކްޓާއި ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ދެވިފައެއް ނުވާނެއެވެ. ހަމައެހެންމެ، ބިމުގެ ވެރިންނަށްވެސް އޭޒެޑް ކުންފުނިން އެ ބިންތައް ގަންނަން ބޭނުންވަނީ ކީއްވެ ކަމެއް އޭނާއެއް ނާންގައެވެ. އެހެންވީރުން އޭނާގެ މި ބޮޑު ޕްރޮޖެކްޓުގެ ހަބަރު ލިބި އެ ޕްރޮޖެކްޓު ކުރިއަށް ނުގެންދެވޭވަރު ކުރުމުގެ ގޮތުން އެ ބިން އެ ގަތީ އޭނާގެ ކޮން ދުޝްމަނެއް ހެއްޔެވެ. ވިޔަފާރީގެ މައިދާނަކީ ވާދަވެރި މައިދާނަކެވެ. އުސްމިންތަކަށް ކުންފުންޏެއް ވާސިލު ވަމުން އަންނަ ނަމަ، އެތައް ހަތުރުންނެއް އުފެދި، އޭނާއަށާއި އޭޒެޑްއަށް ގޮންޖެހުންތައް ކުރިމަތި ކުރުވާނެކަން އިވާން ދެނެހުއްޓެވެ. ނަމަވެސް އެން އޯ ސްކޮޔާރޑް އާރް ގެ ނަން އޭނާ އަޑު އެހި މީ ފުރަތަމަ ފަހަރެވެ. އޭނާގެ ހުވަފެން އޭނާއަށް ހާސިލް ވުމަށް ނޭދޭ މި ދުޝްމަނަކީ ކާކު ބާއެވެ. އެން އޯ ސްކޮޔާރޑް އާރްގެ ވެރިޔަކީ ކާކު ބާއެވެ.
**************
ކުރިމަތީގައި ހުރި ފޮޓޯ ފްރޭމަށް ނަޒަރު ހުއްޓާލައިގެން ހުރި އަންހެން ކުއްޖާގެ ދެލޮލުގައި ވިދާ ބަބުޅަމުން ދިއައީ އަލިފާނެވެ. ނަފްރަތުގެ އަލިފާނެވެ. އެ ނަފްރަތުގެ ހުޅުގަނޑުން އެ ފޮޓޯގައި ތިބި މީހުން އަނދައި ހުލި ކޮއްލާނެ ފަދައެވެ. އެ އަންހެން ކުއްޖާގެ ދިގު ގަދަ މުށި ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު، ހުޅުވާފއި ހުރި ކުޑަ ދޮރުން ޖެހެމުން އައި ފިނި ވައިރޯޅިތަކާއި އެކު ވިހުރެމުން ދިއައިރު، އޭނާގެ މާ ބޮޑު ފަރުވާލެއް އެކަމަކަށް ހުރިހެނެއް ހީ އެއް ނުވެއެވެ. މަޑު މުށި ކުލައިގެ ކަޅީގައި ވަނީ ތަފާތު އަސަރެކެވެ. ވަރުގަދަ އަޒުމެކެވެ. ލޮލުން ފޭދުނު ކަރުނަތިކި ކޯތާފަތުގައި ބޮސްދިނުމުގެ ކުރިން އޭނާގެ ހިމަ އިނގިލިތަކުން ފޮހެލަމުން، އަނެއް އަތުގައި އޮތް ތޫނު ވަޅި އެ ފޮޓޯ ފްރޭމަށް އެ އަންހެން ކުއްޖާ އަމާޒު ކޮއްލިއެވެ.
”ރާޒުވާގެ ކުޅި ބައެއްގަ ބޮނދު ސައި ވުމުން ސަލާމަތް ކޮއްދޭ އެންމެ ބާރުގަދަ ކުޅިއަކީ މަންތިރި….އެކަމު މި ރާޒުވާ ގަނޑުގެ މަންތިރި މާކުރިން ބޭރު ވެއްޖެ….ދެން ބޮނދު ސަލާމަތް ކޮއްދޭނީ ކާކު…ހެއްއް..” އެ ފޮޓޯގައި ތިބި ފަސްމީހުންގެ ތެރެއިން އެތާގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާގެ ކަރާއި ދިމާލުގައި ވަޅި ޖައްސައިލަމުން އެ އަންހެން ކުއްޖާ ވާހަކަ ދެއްކީ އެއް މިޔަޔަކުން ހީލަމުންނެވެ. “ނޫރް….ހަނދާން ބަހައްޓާތި…މަންތިރި ބޭރު ބިޔަސް ބޮޑު ބޮލާ، ރިޔަލާ އަސް، ގަނޑުން ބޭރު ނުވަންޏާ ބޮނދުގެ ބާރު ކުޑައެއް ނުވާނެ!” އެ ކޮޓަރި ތެރެއަށް އައިސް ހުއްޓުނު މެދު އުމުރުގެ ފިރިހެން މީހާ ވާހަކަ ދެއްކިއެވެ. ލައިގެން ހުރި ކޯޓު ފަޓުލޫނުގެ ސަބަބުން ރަސްމީގޮތެއް ހުއްޓެވެ. “ހެއްހެ….ރިޔާ، އަސް، ބޮޑު ބޯ…މިތިނެއްޗަށް ބޮނދު ސަލާމަތް ކުރެވޭނީ ފުރަތަމަ އަމިއްލަ ނަފްސު ސަލާމަތް ކޮއްގެން” ފޮޓޯ ގަނޑު ގައި ތިބި ޒުވާން ދެ ފިރިހެނުންނާއި މެދު އުމުރުގެ އަންހެނަކަށް ބަލާލމުން ނޫރް ބުނެލިއެވެ. އެ ރީތި އަޑުގައި ރިހުމެއް އެކުލެވިފައި ވިއެވެ. “ނޫރް….އެމީހުނަކީ ތި ހީކުރާހާ ބަލިކަށ ބައެއް ނޫން…މާދަމާ ކަންނޭނގެ އެމީހުން ނޫރް އާ ހިސާބަށް އަންނާނީ…އުޒާމްއަކީ ވަރަށް ބާރުގަދަ މީހެއް ނޫރް….ނޫރް ތިއުޅެނީ އަލިފާންގަނކާ ކުރިމަތި ލާން” އެ ފިރިހެންމީހާގެ އަޑުގއިވަނީ ކަންބޮޑުވުމާއި ބިރެވެ. “އަލިފާންގަނޑަކާ ކުރިމަތިލާން އުޅޭ އިރު ކުޑަކޮން އަނދައިގެން ނޫނީ އެ އަލިފާންގަނޑު ނިއްވައެއް ނުލެވޭނެ…އެކަމު އެ އަލިފާންގަނޑު ނިއްވަން އުޅެނީ ކާކުތަ؟” އެ މީހާއާއި ދިމާލަށް އެނބުރިލަމުން ނޫރް ބުނެލިއިރު އޭނާގެ އަޑުގައިވަނީ ނުރައްކާތެރިކަމެވެ.
”ދެން ނޫރް ކީތްކުރަން ތިއުޅެނީ” އެ މީހާ އަހާލިއެވެ. “އެ އަލިފާންގަނޑު ބޮޑު ކުރަން….ބޮޑު ކޮށް ހުޅުގަނޑަކަށް ބަދަލު ކުރަން….އޭރުން އޭގެ ތެރޭގަ ތިބި މީހުން އަނދައިގެން ހިނގައިދާނެ…” އަނެއްކާވެސް ފޮޓޯ ފްރޭމްއާއި ދިމާލަށް ނޫރް އެނބުރި ލިއެވެ. “ނޫރް އާ ހިސާބަށް މީހަކަށް އާދެވޭނީ ނޫރްގެ ހުއްދަޔާ އެކު…” ވަޅި އަތަށް ހެޔޮވަރު ކޮއްލަމުން ފޮޓޯ ފްރޭމްއާއި ގާތަށް ނޫރް ޖެހިލިއެވެ. “ސައި ކިޔަން ބޮނދާ ގާތްވެވޭނީ ފުރަތަމަ ރިޔަލާ އަހުގެ ދުވަސް ދުއްވާލައިގެން…” އެ ފޮޓޯގައި ތިބި ޒުވާން ދެ ފިރިހެން ކުދިންގެ ކަރުގައި ވަޅި ޖައްސާލަމުން ނޫރް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.



Me first
Congrats dear?
Wah wahh! Varah salhi ingey mi part ves.. Finally noor ai dhww.. Noor ei good girl ehtha or bad girl ehtha.?
So curious
Cant wait for the next part
Lysm ❤️ ❤️ ❤️ ❤️ ❤️ ❤️
Nooney scarlet noor aky heroine ey sis buneee so she will be good
I think ivaan ge bappa goahy kanneyge…bondhu e maana kuree ivaan ge bappa ah…riyaa and as ei aiman and ivaan…i think?
Ahahah smart boy?❤️
Thankyou darling! Noor aky main character hehe lets see dhw dhn! Lym❤️
Noor aee revenge nagan dho…maybe ivaan ge dad did something bad to her dho…anyways sisoo this part is amazing…thuga kairi bunebala ivaan hoadhumuge huvafen nudhekeyshey nulibeyne ey hahahahah…i loved this!!cant wait for noor to meet ivaan and aiman! Hama thoofaaneh heney dho noor e aee e dhemeehun ge life ah heheheh! Waiting for next part sisooo
Lysm
Lets see dhw ahaha! Thugaa dhera waane ehnu nuhy thihen bunyma? thankyou darling lym❤️
Mi part wes warah warah salhi!!
maashaa allah!?❤️
When next part?
Ly!❤️❤️❤️❤️❤️❤️❤️❤️❤️
Tvgc!❤️❤️❤️❤️❤️❤️❤️❤️❤️
Thankyou darling❤️ Next part insha allah sooon!lym❤️
Ayeee haadha salhi ey noor masha allah…that revenge vibe is amazing…ivaan rulhi aeema varah salhi ingey hama habeysssss…waiting for next?
Thankyouuu❤️ Ivaan rulhi madu dhw adhi ! Eynage rulhi fennaane ingey adhi! ?❤️
❤️❤️❤️❤️❤️Wow Maasha allah V reethi mi part ves
Whn is nxt sis.. Curiously waiting for nxt part
Stay safe and Tc sisoo
❤️❤️❤️❤️❤️Lyyyssssmmmmm
Thankyou lam❤️Next part insha allah soon! Tc lym❤️
Interesting very interesting
This story is filling me with curiosity
Waiting for next part
Ayee thankyou ❤️
Mi part vx hama prfecte ….waiting for the next part ?????????
Thankyou ❤️❤️❤️
Sissy mi prt hx habu curiously waiting for nxt prt..❤️❤️ stay safe sissy ly❤️?
Thankyou kitty❤️ Lym
Oh no dhen kihineh baa vaani??? Ivaan aa Aiman men varah loabi????????❤️❤️❤️??????
Maasha Allah mi part ves varah varah varah varah loabi???❤️❤️❤️??????♥️♥️♥️❤️❤️❤️♥️♥️♥️?????????????????
Dhen sifa kohdhinun hama???♥️❤️
Thankyou naani❤️Lets see dhw waagotheh!
Sis mi part ves varah reethi hama speechless
Waiting for the next
Ly
Tc
Stay safe
Thankyou darling❤️Lym
???Wow mi part ves vrh sali ??????
????Masha Allah ???
??Vrh curious??❤️❤️ Mi stry and ❤️❤️❤️What a lovely bros❤️❤️ dhw hehe❤️❤️
Waiting❤️❤️ for the ❤️❤️next part❤️❤️
❤️❤️Love❤️❤️ u ❤️❤️
❤️❤️Stay❤️❤️ safe❤️❤️
Thankyou ril❤️Lym?❤️
Wow wow… Very curious for the nxt part…… ???
Thankyou xaa❤️
i am in love with every single word in this story! varah furihama! hama vrh furihama! dialogue thah kiyaalaa iru heevany filmeh ge scene kuri mathyga sifa vaahen! hama ehaa vx furihama! i have become a fan of you sis! you are my inspiration! vvvv avahah 3 vana bai genesdhehchey ingey! 🙂 <3
Awww thankyou so much! It rlly took a lot of time to come up with noor s dialogues…but i guess it was worth it?❤️Glad you like it! Ly ty tc❤️❤️❤️
Varah Varah reethi mi part ves…. ❤️❤️?
Waiting for the next part… ☺️☺️
Stay home and stay safe ??
Thankyou darling❤️Tc❤️
Maasha Allah ????vvvvv reethi ???curiously waiting ???
Tc
Thankyou ryn❤️?
Amazing story…masha allah❤️
Thankyou❤️
Noor is very interesting…mysterious…revengeful…just wow hehe?
Yess noor is indeed mysterious ?
Ivaange character varah salhi…cold…silent…and responsible?
Numoshey gura eh dhw?❤️
Wow Fantastic ?!!! Finally Noor aii dhw.. But Kn kameh ge revenge eh baa Noor E nagany?? I’m really curious to know ?!! Waiting for the next part ❤️much love and stay safe my loabi sisoo ❤️?
Thankyou lwbs❤️Lets see dhw noor revenge nagany kn kamakah kan! Tc ❤️?