Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޙިޔާލުގައި (6)

Nym Level 110 Stories
September 5, 2020 One Min Read
0 Comments

“ނުހާ…”ޒާރާ ބަލިއަޑަކުން ގޮވާލިއެވެ. ނުހާ އަވަސްއަވަހައް ޒާރާގެ ކައިރިއައް ޖެހިލިއެވެ.

“ޒާ…. “މަޑުމަޑުން ޒާރާގެ އަތުގައި ހިފާލަމުން ނުހާ ގޮވާލިއެވެ. ދައްކާނެ އިތުރު ވާހަކައެއް ނުހާގެ ދުލަކައް އެވަގުތަކު ނައެވެ.  ޒާރާ އުޅުނުހާލު ލޮލުކުރިމަތީ ސިފަވަމުން ދިޔައެވެ.

ޒާރާ މަޑުމަޑުން ހިދިފައިވާ ބަޑުގަ ފިރުމާލިއެވެ. ނުހާއާއި ދިމާލައް ބަލާލިއިރު އެލޮލުން ފެންނަން ހުރީ އެދަރިފުޅު ދެކިލުމައް ކެއްމަދުވެފައި ވާވަރެވެ.

“ބޭބީ ވީ ނާސަރީގަ…. ކުޑަކޮއް ބްރީތިންގް ޕްރޮބްލަމް ހުރީމަ…. ބަޓް ޝީ ވިލްބީ ފައިން….” ޒާރާގެ ބޮލުގަ ފިރުމާލަމުން ނުހާ ބުނެލިއެވެ. ލޮލުން އޮހުނު ކަރުނަތައް ފޮހެލިވަގުތު ކޮޓަރީގައިތިބި އާމިރުއާއި ޔާނީ ޒާރާއައް ފެނުނެވެ.

“ތެންކް ޔޫ….. ތެންކް ޔޫ… ތެންކް ޔޫ…”ޔާނީ ޒާރާ އާއި ކައިރިވެލަމުން ފައްޗަކައް ކިޔާލިއެވެ.

“ޒާގެ ސަބަބުން ޔާނީގެ ބައްޕަ ސަލާމަތުން އެހުރީ….”ހައިރާންވެފައި ޒާރާ އިނުމުން ނުހާ އޮޅުންފިލުވައިދިނެވެ. ޒާރާ ހަމަހިމޭންވެފައި އޮތްއޮރު ނުހާއާއި ޔާނީ ހީވަނީ އެތައް ޒަމާނެއްވަންދެން ދިމާނުވެ ތިބި ދެއެކުވެރިން ދިމާވެގެން އުޅޭހެންނެވެ.  ޒާރާގެ އެއްޗެހި ހިފައިގެންއައި ނުޒުހާ ވެސް ހުރީ ނެގިމަޑުވެފައެވެ. މިއަދު ޒާރާ އައް އެހެންއެވީ ނުޒުހާގެ ފަރުވާކުޑަކަމުން ކަމައް ނުޒުހާއައް ގަބޫލުކުރެވެނީއެވެ.

“ނުޒޫ….” ދެރަވެފައިހުރި ނުޒުހާއައް ގޮވާލަމުން ކައިރިއައް އައުމައް ޒާރާ އިޝާރާތް ކޮއްލިއެވެ. މަޑުމަޑުން ނުޒުހާ އައިސް ޒާރާ ކައިރީގައި އިށީނެވެ.

“ދެން ތިހެން އިނީމަ އަހަރެން ކިހާ ދެރަވާނެ… މިވީ އެއްވެސް ކަމެއްގަ އެއްވެސް މީހެއްގެ ކުށެއް ނެތް… ތަގުދީރުގަ ވާންހުރި ކަމެއް ބަދަލެއް ނުކުރެވޭނެދޯ…” ނުޒުހާ ލޮލުން ފޭބިކަރުނަތައް ފޮހެލަމުން ޒާރާ ބުނެލިއެވެ.

“ސާބަސް ނުޒޫ އައް….. ދެމީހުންގެ މޫޑު ރަނގަޅުވާކަހަލަ ވާހަކައެއް ބުނަންތަ؟ ” ނުހާ އައިސް ނުޒުހާގެ ބޮލުގައި ޖަހާލަމުން ދެމީހުންގެ އަތުގަ ހިފާލިއެވެ. ނުހާ ދައްކަން އުޅޭ ވާހަކައައް ދެމީހުންގެ ޝައުގުވެރިކަން ހުއްޓުނެވެ.

“އައި ގޮޓް ދަ ސްކޯލާޝިޕް….” ހުރިހާ ދަތްތައް ފެންނަވަރައް ހީލަމުން ނުހާ ބުނެލިއެވެ.

“އަދި އެއްވާހަކަ… ނުޒޫ އުޅެނީ ދުވަސްކޮޅަކައް ރަށައް ދާން… ސޯ..” ޒާރާ ވާހަކަދައްކަން އަގަހުޅުވާލުމުން ނުހާ އަނެއްކާވެސް ވާހަކަދައްކަންފެށިއެވެ.

“އަހަރެން ޖެހޭއެބަ ނެކްސްޓް ވީކްގަ ފުރަން….. އެހެންވީމަ އަހަރެންގެ އެބައޮތް ޝަރުތެއް…. ޒާ އާއި ބޭބީ އެކަނި ކޮއްފަ އަހަރެން ނުދާނަން… އެންޑް ޔޫ ނޯ ދެޓް…. ސޯ ޒާ އަހަރެން އަންނަންދެން ޔާނީ މެންގެއައް ބަދަލު ވާންވީނު…” ހުރިހާކަމެއް ނިންމަން ލިބިފައިވަނީ ކުޑަވަގުތު ކޮޅެއްކަމުން ނުހާ ހުރިހާ ވާހަކައެއް އެއްފަހަރާ ފައްޗަކައް އަމުނާލިއެވެ.

“އަހަރެން …..”ޒާރާ ދައްކަންފެށި ވާހަކަ މަޑު ޖެހުނީ ދޮރުހުޅުވާލައިފައި އެތެރެއައް ވަތް ނަރުސްކުއްޖާ ފެނުމުން ނެވެ. ނަރުސް ކުއްޖާގެ އަތުތެރޭގައި ނިދާލައިފައި އެ އޮތީ ޒާރާގެ ދަރިފުޅެވެ. ކަޅިޖަހާނުލާ އެކުއްޖާއައް ބަލަންއިންއިރު ޒާރާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

“މަންމަގެ ޒިވާ…..” ދަރިފުޅު ގަޔާލާ ބޮޑިކޮއްލަމުން ޒާރާ ލޯ މަރާލިއެވެ.

ހަފްތާއެއް ފަހުން ޒާރާ ހޮސްޕިޓަލުން ދޫކޮއްލިއިރު ޒާރާ ވަނީ ނުހާގެ ކުރިމާތީގައި ހަތިޔާރު ބަހައްޓާފައެވެ. ނުހާ އަކީ ބުނާ ބަހުގައި ހިފަހައްޓާ މީހެއްކަން އެންމެ ރަނގަޅައް އެގެނީވެސް ޒާރާއަށެވެ. ޒާރާ އާމިރުމެންގެ ގައައް ދާން އެއްބަސް ނުވާކަމުގަ ވަނީނަމަ ނުހާ ހުރީ ކިޔަވަން ލިބުނު ރަނުގެ ފުރުސަތުވެސް ދޫކޮއްލާ ގޮތަށެވެ. އެކަމަކު ނުޙާ އެވަރުގެ ކަމެއްކުރަން ދޫކޮއްލައިގެން ހުންނަން ޒާރާގެ ޒަމީރު އެއްބަސް ނުވިއެވެ. ނުހާ ފުރުމުން އެގެއައް ބަދަލުވާނެކަމައް ޒާރާ ވައުދުވިއެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކާ އެކު އާމިރުއާއި ޔާނީ އާއިމެދު ޒާރާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ޔާނީއަކީ އެންމެނާވެސް ގުޅޭ ހިތްހެޔޮ ކުއްޖެއްކަމުން ޔާނީ ވެގެންދިޔައީ ޒާރާގެ އެކަނިވެރިކަން ދުރުކޮއްލި ބައިވެރިއަކަށެވެ. ނުހާނެތަސް އެކަނި ވާން ނުޖެހޭނެކަން ޒާރާ އައް ޔަގީންވިއެވެ. އާމިރުވެސް ހަމަ އެފަދައެވެ. ބައްޕައެއްގެ ފަރާތުން ދަރިއަކައް ލިބޭނެ އޯގާތެރިކަމާއި އަޅާލުން ޒާރާއައް އާމިރުގެ ފަރާތުން ލިބެމުން ދިޔައެވެ. އަމިއްލަ ބައްޕަ މަތިން ހާދާންވާ ވަގުތުތަކުގައިވެސް އާމިރުއައް ހިތާއި ހިތުން ޝުކުރުއަދާކުރެވެއެވެ.

“ވެލްކަމް ހޯމް ޒާ…..” ނުހާ ފުރުވާލުމައްފަހު ޒާރާ ކުޑަކުޑަ ޒިވާ ގޮވައިގެން އާމިރުގެ ގެއައް ދިޔުމުން މަރުހަބާކީ ޔާނީ އެވެ. ހިނިތުންވެލަމުން ޒާރާ އެތެރެއައް ވަންނަން ހިގައިގަތީ އާމިރުގެ އަތައް ޒިވާ ދީފައެވެ.

“ކާފަގެ ކަމަނައޭމީދޯ…” ޒިވާ ގޮވައިގެން ސިޓިންރޫމްގައި އިން އުދޯލީގައި އިށީންނަމުން އާމިރު ބުނެލިއެވެ. ޒާރާ އެދިމާލައް ބަލާލަމުން ހީލާފައި ކުރިއައް ހިގައިގަތީ ސިޑިކައިރީގައި ހުއްޓި ހުރި ޔާނީ ގޮވާލުމުންނެވެ.

“ކޮންތާކައް ދާންތަ…. ” ޒާރާގެ އަތުގައި ހިފައިގެން ޔާނީ މައްޗައް އަރަން ފެށުން ޒާރާ އަހާލިއެވެ.

“އެހާގިނަ ސުވާލު ނުކޮއް އާދެބަލަ… ލޯމަރާބަލަ…. ޕްލީޒް…”ސިޑީގެ އެއްމެ މަތީ ހަރުފަތައް އެރުމުން ޔާނީ ޒާރާކައިރިން އެދުނެވެ. ޒާރާ ހީލަމުން ލޯ މަރާލިއެވެ. ޔާނީ ޒާރާގެ އަތުގައި ހިފައިގެން ތަންކޮޅަކައް ދިޔުމައްފަހު ލޯ ހުޅުވާލަން އެދުނެވެ.

“ސަޕްރައިޒް…… ޔޫ ލައިކް އިޓް….” ޒާރާ ލޯހުޅުވާލުމުން ޔާނީ އަހާލިއެވެ. ޒާރާ ކޮޓަރީގެ އެކި ދިމާދިމާލައް ބަލާލިއެވެ.

ދަބުކުލައާއި ހުދުކުލައިން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރިއަކީ ހުވަފެނެއްފަދައެވެ. ބެޑް ރޫމްސެޓް ވެސް ހުރީ ކޮޓަރީގައި ލާފައިވާކުލައާއި ގުޅުވާލައިފައެވެ. ކޮޓަރީގެ އެއްކަނުގައި ކުޑައެެދެއް ބައިންދާފައި ވާއިރު އެދާދިމާލުން ފާރުގައި ބޮޑުއަކުރުން ޒިވާ ޖަހާފައިވެއެވެ. ކުޑައެދުގެ ވަށައިގެން އެކިވައްތަރުގެ ކުޅޭއެއްޗިހި ހުރިއިރު ވަރައްވެސް ފުރިހަމައެވެ.

“މީ….”ޒާރާ ހުރީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ.

“ނުހާ ކައިރީގަ އަހައިގެން ޒާ އައް ކަމުދާގޮތައް މިތަން ރެޑީ ކުރެވޭތޯ ވަރައް ބަލާފަ މިހުރީ….. މީ ހަމަ ޒާގެވެސް ގެ… ދިސް ރޫމް ބިލޯންގްސް ޓުޔޫ….އެއްވެސް ކަމެއް ޖޭންޖު ކުރަން ބޭނުމަސް ކުރަންވީ… މިގޭގަ ޒާއައް މަނާ އެއްވެސް ކަމެއް ނޯންނާނެ…. ” ކުޑަދޮރު ކައިރީގައި އިސް ސޯފާ ގުޑީގައި ޒާރާ ބައިދަމުން ޔާނީ ވާހަކަ ދެއްކިއެވެ.

“ތެންކްޔޫ ފޯ އެވްރީ ތިންގް….” ޔާނީގެއަތުގައި ހިފާލަމުން ޒާރާ ޝުކުރު އަދާކުރިއެވެ.

“ދަރިފުޅު ދެން ޝުކުރު އަދާކުރަން ޖެހޭތަ….” ކޮޓަރިއައް ވަދެގެން އައި އާމިރުއައް ޒާރާގެ ޖުމުލަ އަޑުއިވުމުން ބުނެލިއެވެ. ހެވިފައިހުރެ ޒާރާގެ އުގައް ޒިވާލާދެމުން ބޭރައްދާން ހިގައިގަތެވެ. ޒިވާ ބަޑުހައިވެގެން ރޯތީވެ ޒާރާ އަވަސް ވެގަތީ ޒިވާގެ ބަޑުހައި ހޫނުކަން ފިލުވުމަށެވެ.

“ޒިވް ނިންދަވާފަ އާދޭ ތިރިއައް ކާން….”ޒިވާގެ ބޮލުގައި ފިރުމާލަމުން ޔާނީވެސް ބޭރައް ދާން ހިގައިގަތެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކައް ޒާރާ އެމާހައުލައް ހޭނެމުުން ދިޔައެވެ. ޔާނީ އަކީ ކިޔަވާ ކުއްޖެއްކަމުން ދުވާލުގެ ގިނަވަގުތު ކޮލެޖުގައި އުޅުނަސް ގެއައްއައިސް ވަނުމައްފަހު އެއްމެ އިރުކޮޅަކައްވެސް ޒާރާ އެކަނިވިޔަ ނުދެއެވެ. ޔާނީ ގެ ސަކަ މިޒާޖުގެ އަސަރު ޒާރާއައްވެސް ކުރަންފެށިއެވެ. ޔާނީ އާއި ޒިވާއާއި އެކު ސަކަރާތްޖަހާ އުޅޭ މަންޒަރު ފެންނަލެއް ގިނަވާންފެށިއެވެ.

ހަމަސްދުވަސް ފާއިތުވެގެން ދިޔައިރު ނުހާ ޒާރާއައް ނުގުޅާ އެއްމެ ދުވަހެއްވެސް ނުދާނެޔޭ ބުނުމަކީ ދޮގަކައްނުވާނެއެވެ. ނުޒުހާ ވެސް ބަރާބަރައް ޒާރާގެ ހާލުބަލައެވެ. ނަމަވެސް ބަލިވެއިނުމާއި ގުޅިގެން ޒާރާކައިރިއައް ކުރިން އަންނަހެން އައިސްނޫޅެވެއެވެ. ނަމަވެސް މިހާރު ޒާރާ ހުންނަނީ އަބަދުވެސް ހެވިފައެވެ.  ހިތްހަމަޖެހިފައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން 2

Next

ނޭދެމޭ ވަކިވުމެއް-8

Next
September 5, 2020

ނޭދެމޭ ވަކިވުމެއް-8

Previews
September 5, 2020

ދިރިއުޅުން އަލިކޮށްދިން 2



All Right Reserved!