Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ސައުވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 3, 2020 7 Mins Read
19 Comments

“ހަހަހަހަ… ބަލަން ހުރޭ. އިން އަ ފިއު ސެކެންޑްސް ޒާޔާގެ މުޅި ދިރިއުޅުން އެއްކޮށް….. ރުއިންޑް…. ހަހަަހަހަ.. ކްލެވަރ ޖަމީލާ.” ކުރެވުނު ކަންތަކާއި މެދު ފަޚުރުވެރިވެފައިވާ ޙާލު ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ.

ކޮޓަރީގައި ފޯނާއި ކުޅެން އޮތް ޒާޔާ ސިހިގެން ދިޔައީ އެ ކޮޓަރި ދޮރު ބާރަކަށް ހުޅުވުނު އަޑަށެވެ. ޒާޔާއަށް ފުރަތަމަ ހީކުރެވުނީ އޭނާގެ ބައްޕަ އަށް ހުރިހާ ކަމެއް އެނގުމުން އައި ރުޅިން ބާރަށް ދޮރު ހުޅުވީ ކަމަށެވެ. އެހެނަސް ކުރިމަތީގައި ޖަމީލާ ހުރުމުން ޒާޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

“ސޯ… ކިހިނެތް ވާނެހެން ހީވަނީ؟” ޒާޔާ ކައިރިއަށް ގޮސް ނުބަައި ގޮތަކަށް ޒާޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހިއެވެ. ޒާޔާ ރުޅި މޫނު ހަދައިލައިގެން ހުރެ އަނެއްފަރާތަށް އޭނާގެ މޫނު އަނބުރައިލިއެވެ. “ހާދަހާ ފޮންޏޭ މިހާރު. މަންމަ ހުރިހާ ކަމެއް ކޮށްދޭއިރުވެސް…” ޖަމީލާ ބުނަން އުޅުނު ޖުމުލަ އޭނާއަށް ހުއްޓައިލެވުނީ ޒާޔާ އޭނާގެ ކޮލުމަތީ ޖެހުމުންނެވެ. ޖަމީލާ އޭނާގެ ކޮލުގައި ފިރުމައިލަމުން އަލިފާނުގެ ބެލުމަކުން ޒާޔާއަށް ބަލައިލިއެވެ. ޒާޔާ ވެސް ހުރީ އެފަދަ ނަޒަރަކުން ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

ޒާޔާގެ މޫނުމަތީ ޖަހަންވެގެން ޖަމީލާ އޭނާގެ އަތް ހިއްލައިލިއެވެ. އެއާއިއެކު އެކަމަށް ޚުޝިޔާރުވެގެން ހުރި ޒާޔާ ޚުޝިޔާރުކަމާއިއެކު ޖަމީލާގެ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ. އަދި އެ އަތަށް ފިތައިލިއެވެ. “އާހް. ޓޭކް ޔުއަރ ހޭންޑް ޔޫ…” ޖަމީލާގެ އަތުން ޒާޔާގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ޖަމީލާ ދަތްކުނޑި ވިކައިގަންނަމުން ބުނެލިއެވެ. “ޒާޔާ ދޫކުރާށޭ!!” ޖަމީލާ މިފަހަރު ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭގެން އެއްވެސް އަސަރެއް ޒާޔާއަށް ކުރިހެނެއް ހިއެއްނުވެއެވެ. ޒާޔާއަށް ހީވަނީ ގޮތްނޭނގޭ ބާރުތަކެއް ލިބިފައިވާހެނެވެ. އައިއްސައި ހުރި ރުޅިއެއްގެ ސަބަބުން ޒާޔާގެ އަތަށް އިތުރު ބާރުތަކެއް ލިބުނީ ކަންނޭނގެއެވެ. “ކަލޭ މަށަށް ކޮންކަމެއް ކޮށްދިނީ؟ ނުކޮށްދޭ ރަނގަޅު އެއްކަމެއްވެސް! ކަލޭ އަހަރެންގެ ބައްޕަ ބޭނުންވާތީ އެންމެ ފުރަތަމަ ކަލޭ ކުރިކަމަކީ މޫނުމަތިން ހެޔޮކަމަށް ދައްކައިގެން އަހަރެން ކަލޭގެ މަޅީގަ ޖެއްސީ. މޫނުބުރުގާ އަޅައިގެން ހުރެ އެންމެ ފުރަތަމަވެސް ނަން އޮޅުވާލީ. ބައްޕަގެ ޙަޔާތަށް ވިހަގަދަ ހަރުފައެއްގެ ސިފައިގަ އައިސް ކަލޭ ތި މަސައްކަތްކުރަނީ މަގޭ މުޅި ދިރިއުޅުން ހަލާކު ކުރަން…. ބުނަން ވާހަކައެއް؟! ބައްޕަ ކައިރިން ވަރިއަށް އެދޭ ކަލޭ.” ޒާޔާ އެހުރިހާ އެއްޗެކޭ ކިޔައިލުމަށްފަހު ބާރަކަށް ޖަމީލާގެ އަތް ފޮޅުވައިލިއެވެ.

ޒާޔާއަށް އެގޮތަށް އޭނާއަށްވުރެ ބޮޑު މީހަކާއި ދިމާލަށް އެއްޗެހި ގޮވައިލަން ކެރުމުން ޚުދު ޒާޔާވެސް ހުރީ ޙައިރާންވެފައެވެ. އެހާ ހިތްވަރު އޭނާއަށް ލިބުނީ ކިހިނަކުން ހެއްޔެވެ؟

“ޒާޔާ. ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟” އަތުގައި ފިރުމައިލަމުން ޖަމީލާ މިފަހަރުވެސް ޒާޔާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. މިފަހަރު ޒާޔާއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ޒާޔާއަށް އިސްދަށަށް ޖަހައިލެވުނެވެ. އެއާއިއެކު ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

“ވަރަށް އުފާވެރި ޚަބަރެއް ދެންތަ؟ މި ޚަބަރު ގައިމުވެސް އަހަންނަށް އުފާވެރި. އެކަމަކު މަށަކަށް ހިއެއްނުވޭ ޒާޔާއަށް މި ޚަބަރު އަހަން އެހާ ފަސޭހަވާނެހެނެއް.” ޖަމީލާ ބުނެލި ވާހަކައިން ޒާޔާއަށް އޭނާގެ އިސްނެގުނެވެ. ޖަމީލާ އެ ދޭން އުޅޭ ޚަބަރު ޒާޔާއަށް އެނގޭކަމުގެ އިޙުސާސެއް ކުރެވުނެވެ.

“އިރުކޮޅެއް ފަހުން ކަލޭ މިގެއިން ނުކުމެގެން ދާން ޖެހޭނެ ކަންނޭނގެ. މިހާރު އެންމެނަށް ފެންނާނެ އެ ހުރިހާ އެއްޗެއްވެސް. ހަހަހަހަހަ. ކަލޭގެ ބައްޕައަށް އެކަންޏެއްނޫން.. ހެހެ.. ސޯޝަލް މީޑިއާ ބޭނުންކުރާ އެންމެނަށްވެސް ފެންނާނެ. ބާއި ބާއި ލިޓްލް ޕްރިންސެސް… ފްރީކް!” އެންމެ ފަހު ބަސް ހަމައެކަނި ޖަމީލާއަށް އަޑުއިވޭވަރަށް ބުނެ ޖަމީލާ ޒާޔާގެ ކޮޓަރިން ނުކުތީ ޒާޔާގެ ހިތް އެއްކޮށް ޙަލާކުކޮށްލައިފައެވެ.

ޒާޔާގެ ކޮޓަރިއަށް ޖަމީލާ އެ ގޮއްވައިލި ވަރުގަދަ ބޮމުގެ އަސަރު ވަރަށް ރަނގަޅަށްވެސް ކޮށްފިއެވެ. ހަށިގަނޑުން ވާގި ނެތިފައިވި މީހަކު ބިންމައްޗަށް ތިރިވާހެން ޒާޔާ ބިންމައްޗަށް ތިރިވިއެވެ. ހަދާނެ ގޮތް ހުސްވެ މީހާ އެއްކޮށް މޮޔަވެއްޖެ ކަހަލައެވެ. ނިހާން ޒާޔާ އާއި ދިމާލަށް އެއްޗެހި ގޮވައި ގެއިން ނެރެލާ މަންޒަރު މިހާރުވެސް ޒާޔާއަށް އެބަ ސިފަކުރެވެއެވެ. ދުނިޔޭގައި އުޅެ ބޮޑުވިއިރުވެސް މިވަރުގެ ހިތްދަތިކަމަކާ ޒާޔާ ދުވަހަކުވެސް ކުރިމަތި ލައިފައެއް ނުވެއެވެ. އެއްވެސް އަސްލެއް ނެތް ފޮޓޯތަކެއް ޖަމީލާ ސޯޝަލް މީޑިއާއަށް އެ ދޫކޮށްލީ ޒާޔާއާއި ދޭތެރޭ ކޮންފަދަ ނުރުހުންތެރިކަމެއް އޮވެގެން ހެއްޔެވެ؟ ޒާޔާގެ ކުށަކީ ކޮބައި ހެއްޔެވެ؟ ޖަމީލާ ނިހާނާއި ކައިވެނި ކުރިއިރު ޒާޔާ ނިހާން ގެ ދަރިއަކަށް ވުން ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއް ޒާޔާގެ ސިކުނޑީގައި އެނބުރެން ފެށުމާއިއެކު ޒާޔާއަށް އޭނާގެ ބޮލުގައި ހިފަހައްޓައިލެވުނެވެ. ޒާޔާ އެހެން އިންދައި ކުއްލިއަކަށް މަލަައިކާ މަތިން ހަނދާންވިއެވެ. މަރުކަޒުގައި ޒާޔާއަށް ނިދިފައި އޮތް ރޭ މަލައިކާ ދާން ޖެހުނު ވާހަކަ ވަރަށް އަސަރާއިއެކީ ބުނި އަޑު ޒާޔާއަށް ވަނީ ނިދީގެ ތެރެއިން ވަރަށް ފަނޑުކޮށް އިވިފައެވެ. މަލައިކާ އެއީ ޒާޔާއަށް އެހީވާން ހުރި ހަމައެކަނި މަޚުލޫޤެވެ. އެހެންނަމަވެސް މަލައިކާ އަށް މި ޖެހުނީ ޒާޔާއަށް އެހީނުވެވި އޭނާ ދިރިއުޅޭ ދުނިޔެއަށް ދާށެވެ.

“މަލައިކާ!” ޒާޔާ ބާރަކަށް މަލައިކާގެ ނަން ކިޔައިލަމުން އޭނާގެ ބޮލުގައި އައްސައިފައިވި ބެންޑޭޖުގަނޑު ނައްޓައިލައި ދުރަށް ހޫރައިލަމުން އެނދުމައްޗަށް ވެއްޓިގަތެވެ. އަދި އަޑުން އަޑު ނަގައި ރޯން ފެށިއެވެ.

ކުޑަ ގޮޅީތެރޭ ވަރުނެތިފައި އޮތް މަލައިކާއަށް ޒާޔާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެ ހަޅޭކުގެ އަޑުގައި ހިތާމަޔާއި ހިތްދަތިކަން އެކުލެވިފައިވާކަން އެނގެއެވެ. ޒާޔާ މިހާރު އުޅޭނެ ޙާލެއްވެސް މަލައިކާއަށް ތަޞައްވަރެއް ނުކުރެވެއެވެ. މަލައިކާއަށް ކުރެވޭހާވެސް ކަމަކީ ﷲ އަށް ދުޢާ ދެންނެވުމެވެ. އެކަންވެސް އޭނާއަށް ކުރެވެނީ މަލްހާ އާއި އޭނާގެ ހަށިފާރަވެރިން އެ ގޮޅި ކައިރީ ނެތް ވަގުތުތަކުގައެވެ. ނަމާދަށް އަރަން މަލައިކާ މަސައްކަތްކުރިޔަސް މަލްހާމެން ކުރާކަމަކީ މަލައިކާ ‘ކުޑަ’ ކޮށްލަނީއެވެ. އެ ހުރިހާ ކަމަކަށްވެސް މަލައިކާ ކެތްކުރެވޭ އެންމެ މައްޗަކަށް ކެތް ކުރެވޭތޯ ބަލައެވެ.

މަލައިކާ ވަނީ ވަރަށް ގިނަ ފަހަރު އޭނާ ދޫކޮށްލައި ދިނުމަށް އެދި އޭނާގެ މަންމަމެން ގާތުގައި އާދޭސްކޮށްފައެވެ. ނަމަވެސް އޭގެން އެންމެ އާދޭހުގެ އަޑެއްވެސް މަލްހާ ނޭހިއެވެ. ދަރިފުޅުގެ އަސަރުން ފުރިފައިވާ އަޑު އިވުމުން މައިމީހާގެ ހިތަށް ހަމަ އެންމެ އަސަރެއްވެސް ނުކުރަނީއެވެ. އެހެން މަލަައިކާގެ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާއަށް ގިސްލައި ރޮވެއެވެ. ހިތާހިތުން މަލައިކާ އޭނާގެ މަންމައަށް ހެޔޮ ވިސްނުން ދެއްވުން އެދި މަލައިިކާ ދުޢާކުރެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކޮންމެ މީހެއްގެ މޫނުމަތިން މިއަދު ފެނިގެން ދިޔައީ ވަރަށް ބޮޑު ކަމެއް ވެގެން އުޅޭކަމުގެ އަސަރުތަކެވެ. ކޮންމެ މީހެއްގެ ދުލުންވެސް ބޭރުވަނީ މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައިވާ ފޮޓޯތަކުގެ ވާހަކަތަކެވެ. އެވާހަކަ އެކަކުގެ ކަންފަތުން އަނެކަކުގެ ކަންފަތާއި ހަމައަށް ފޯރަމުން ގޮސް ޑިއުޓީ އިން ނުކުތް ނިހާންގެ ކަންފަތަށްވެސް ފޯރިއެވެ. ނަމަވެސް ނިހާނަށް އެކަމުން މާ ބޮޑު އަސަރެއް ނުކުރީ އަދި އޭނާއަށް އެ ވާހަކަތައް ދައްކާ އެއްވެސް މީހެއްގެ ދުލުން ޒާޔާގެ ނަން އިވިފައި ނުވުމުންނެވެ.

ގެއަށް ވަދެވުނު ގޮތަށް އެންމެ ފުރަތަމަވެސް ނިހާނަށް އަޑުއިވުނީ ޒާޔާ ރޯ އަޑެވެ. ދުވެފައި ގޮސް ޒާޔާގެ ކޮޓަރިއަށް ވަތްއިރު ކަމަކު ދާކަށް ނެތެވެ. ނިހާނަށް ފެނުނީ ޒާޔާގެ ބޮލުގައި އަޅައިފައި އޮތް ބެންޑޭޖުގަނޑު ނަގައި ދުރަށް އެއްލައިލައިފައި އޮތް މަންޒަރެވެ. އަދި ޒާޔާ ބޯ އަޅައިގެން އޮތް ބާލީހުގެ ކުޑަ ތަންކޮޅަކު ލޭ ހޭކިފައި ހުރިތަންވެސް ނިހާނަށް ފެނުނެވެ.

“ޒާޔާ..” ނިހާންގެ އަޑު އިވުމާއިއެކު ޒާޔާއަށް ރުއިން ހުއްޓައިލެވުނެވެ. ނަމަވެސް ޒާޔާ ބާލީހުން ބޯ ނަގާކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނާއަށް ނިހާނާއި ކުރިމަތިލާން ނުކެރޭނެތީއެވެ. “ދަރިފުޅާ.” ނިހާން ދަރިފުޅާ އޭ ކިޔައިފައި ގޮވައިލުމުން ޒާޔާއަށް ކުޑަކޮށް އޭނާގެ ބޯ ބާލީހުން ހިއްލައިލެވުނެވެ. ނިހާނަށް އަދި އޭގެން އެެއްވެސް ކަމެއް ނޭނގެނީތާއޭ ޒާޔާގެ ހިތަށް އެވަގުތު އެރިއެވެ. ޒާޔާ މަޑުމަޑުން އޭނާގެ ބޯ ހިއްލައިލައި ރަނގަޅަށް ދެލޯ ފުހެލުމަށްފަހު ތެދުވެ އެނދުގައި އިށީންދެލިއެވެ. ނިހާން ޒާޔާ ގާތަށް ދާން އުޅެނިކޮށް ޖަމީލާ ވަރަށް ބާރަށް ނިހާނަށް ގޮވައިލި އަޑު އިވުނެވެ. ޖަމީލާ ގޮވައިލި ގޮތުން ހީވީ ޖަމީލާއަށް ބޮޑުކަމެއް ވީ ހެނެވެ. ނިހާން އެބަ އަންނަން ކަމަށް ބުނެ ދުވެފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެއާއިއެކު ޒާޔާ ކޮޓަރި ދޮރު ތަޅުލައިފައި އައިސް އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ.

“ކިހިނެތްވީ މާ ބާރަކަށް ގޮވީ؟” ނިހާން އެވަރަކުން އެ ކޮޓަރިއަށް ވަތްއިރު ޖަމީލާ ފޯނު ހިފައިގެން އިން ގޮތުން ނިހާންގެ ހިތުގެ ތެޅުން ހަމައަކަށް އެޅުނެވެ. ޖަމީލާ ގޮވި ގޮތުން ހީވީ ހަމަ ވަރަށް ބޮޑު ކަމެއް ދިމާވީހެނެވެ. “ނިހާން އާދެބަ.. ބަލާބަ މިއޮތް ކަމެއް.” ދެލޯ ބޮޑުކޮށްލައި ހާސްވާކަމަށް ހެދެމުން ޖަމީލާ ބުނެލިއެވެ. ނިހާން ޖަމީލާ ގާތަށް ދިއުމުން ޖަމީލާ އޭނާގެ ފޯނު ނިހާންގެ އަތަށް ދިނެވެ. އެއްފަހަރު ޖަމީލާއަށް ބަލައިލުމަށްފަހު ނިހާން ފޯނަށް ބަަލައިލަމުން އޭގެން ފެންނަން ހުރި އެއްޗެހި ކިޔަން ފެށިއެވެ.

އެ ކިޔަމުން ދިޔަ ވަރަކަށް ނިހާންގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަތައް ޖަމީލާއަށް ފެނުމުން އޭނާއަށް ހީވީ އޭނާ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީ ހެނެވެ. ޒާޔާގެ ‘މަޅިން’ ސަލާމަތްވެއްޖެކަމުގެ އިޙުސާސް ޖަމީލާއަށް ކުރެވެން ފެށިއެވެ. “ނިހާން. އަހަރެން ކުރިންވެސް ބުނިން ދޯ ޒާޔާއަށް އެހާވަރަށް އިތުބާރު ނުކުރައްޗޭ. އެކަމު ނިހާން އެ ކުއްޖާފުޅުދެކެ ތިވާ މަތިވެރި ލޯތްބަކުން އަހަރެން ބުނި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރި. އޭގެ ބަދަލުގަ އަހަންނާ ދިމާލަށް އެއްޗެހި ކީ ނިހާން. މިހާރު ބަލާބަ ވެފަ ތިއޮތް ގޮތް. ކިހާ ރީތި! އެންމެ ފަހުން މުޅި ރަށަށް ނިހާންއާ ޒިޔާނާގެ ނަން ހަޑިވީއެއްނު ތި.” ޖަމީލާ މަސައްކަތްކުރީ އަދިވެސް އިތުރަށް ވާހަކަ ހަދައިލައިގެން ނިހާންގެ ހިތުގައި ޒާޔާއާއި ދޭތެރޭ ނަފްރަތު އުފައްދާށެވެ. އެގޮތަށް ޖަމީލާ އެކިއެކި ވާހަކަތައް ނިހާން ގާތުގައި ދެއްކިއެވެ. ހައްތަހާވެސް ޒާޔާގެ އެއްވެސް އަސްލެއް ނެތް ވާހަކަތަކެވެ. މިކަމުގެ ތެރެއަށް ޒާޔާގެ ނަން އިތުރުވުން ޙައްޤުނުވާއިރު، ޒާޔާގެ ނަން މި ކަންތަކަށް އިތުރުކޮށްގެން ޖަމީލާ އެތައް ވާހަކައެއް ހަދައިލައިގެން ނިހާން ގާތުގައި ދެއްކިއެވެ.

ޖަމީލާ ކުރިމަތީގައި ނިހާނަށް ވަމުން ދިޔަ ގޮތް ދެއްކުމެއްނެތި ނިހާން ޖަމީލާ އަތަށް ފޯނު ދީފައި އެ ކޮޓަރިން ނުކުތެވެ. އެވަގުތު ޖަމީލާއަށް އޭނާގެ ފޯނު މޭގައި ޖައްސައިލަމުން ކުޑަކޮށް ނަށައިލެވުނެވެ. “ޔޭ…. ޒާޔާ! ގެޓް ރެޑީ ޓު ގެޓް އައުޓް ފްރޮމް ދިސް ހައުސް.. އެންޑް އިފް ޕޮސިބްލް، ގެޓް އައުޓް ފްރޮމް ދިސް ވޯލްޑް. ހަހަހަހަހަ…”

ސިޓިންގް ރޫމުގައި އިން ނިހާން އިނީ ހަމަ ރަނގަޅަށްވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް ޒާޔާ މިވަރުގެ ކަމެއް ކޮށްފާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ. ޒާޔާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު ނިހާނަށް އެ މޫނުމަތިން ފެނިގެން ދަނީ މައުސޫމްކަމެވެ. ނަމަވެސް ޒާޔާގެ ކިބައިގައިވި ‘މަކަރުވެރިކަމުގެ’ ސިފަ މީގެ ކުރިން ނުފެނުމުން ނިހާން އިނީ ޙައިރާންވެފައެވެ.

“ނިހާން އަހަންނަކަށް ލާހިކެއް ނޫން މިގޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް. މިހާރުވެސް މީހުން ކިޔާ އެއްޗެހި މަދެއް ނޫނިއްޔަ. ގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް އަހަންނަކަށް ނުކެރޭނެ ދެން.” ނިހާން ވިސްނުމެއްގެ ތެރޭ އިންދައި ޖަމީލާ އައިސް އަނެއްކާވެސް އޭނާގެ މޮޅު ވާހަކަ ފަށައިގަތެވެ. ޖަމީލާ މަސައްކަތްކުރީ ކޮންމެ ގޮތަކުންވެސް ނިހާނާއި ވާހަކަ ދައްކައިގެން ޒާޔާ މި ގެއިން ބޭރުކުރާށެވެ.

ޖަމީލާގެ މޮޅުކަމުން ކަންނޭނގެއެވެ. މީހުން ޒިޔާނާއާއި ނިހާނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކިޔައިފައި ހުރި އެއްޗެހި ފެނުމުން ނިހާންގެ ހިތުގައި ޒާޔާއާއި ދޭތެރޭ ނަފްރަތު އުފެދި އެ ހިތް އެއްކޮށް ހަރުވެގެން ދިޔައެވެ. “ދޭ ކޮޓަރިއަށް އިހަށް.” ޖަމީލާ ކޮޓަރިއަށް ފޮނުވައިލައިފައި ނިހާން ޒާޔާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މިއަދު ޒާޔާއަށް ރަނގަޅު ‘ފިލާވަޅެއް’ ނިހާން ދަސްކޮށްދޭނެއެވެ.

ކޮޓަރީގައި އޮށޯވެލައިގެން ރޯން އޮތް ޒާޔާ ސިހިގެން ދިޔައީ ކޮޓަރި ދޮރުގައި ބާރަކަށް ޓަކި ޖަހާ އަޑު އިވިފައެވެ. ޒާޔާގެ ހިތް ބިރުގަންނަން ފެށިއެވެ. ހުރިހާ ނުތަނަވަސްކަމެއް އެއްކޮށް ޒާޔާ ގައި ވަށައިލައިފިއެވެ. “ޒާޔާ! ދޮރު ހުޅުވާ!!” ނިހާން ކުރިއަށް ވުރެ ބާރަށް ދޮރުގައި ޖަހަމުން ހަޅޭއްލަވައިގަތުމުން ޒާޔާއަށް ބިރުން ކޮޅަށް ތެދުވެވުނެވެ. ވަރަށް ހިތްވަރުކޮށްފައި ޒާޔާ ގޮސް ދޮރު ހުޅުވިއެވެ. ބައްޕަ ކޮންމެފަދަ ގޮތަކަށް އޭނާއާއިމެދު ކަންތައް ކުރިޔަސްމެއެވެ.

ދޮރު ހުޅުވުމާއިއެކުހެން ނިހާން އައިސް ޒާޔާ އަތުގައި ހިފައިގެން އެ ކޮޓަރިން ޒާޔާ ބޭރަށް ނެރުނެވެ. “ގޮސް އެތާ އިށީންދޭ!” ސިޓިންގް ރޫމުގައި ހުރި ސޯފާއަށް އިޝާރާތް ކުރަމުން ނިހާން އަމުރުކޮށްލިއެވެ. ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ސޯފާގައި އިށީނެވެ. ޒާޔާ ސޯފާގައި އިށީނުމާއިއެކު ނިހާން ޒާޔާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ފަނަރަވަރަކަށް މިނެޓް ފަހުން ނިހާން ޒާޔާގެ ކޮޓަރި ދޮރު ހުޅުވައިލިއެވެ. ޒާޔާ އެދިމާލަށް ބަލައިލިއިރު ނިހާން ބިންމައްޗަށް ވައްޓައިލީ ޒާޔާ ދަތުރުކުރަން ބޭނުންކުރާ ފޮއްޓެވެ. “ތީގަ ހުންނާނެ ކަލޭ ބޭނުންވާ ހުރިހާ އެއްޗެއް. މި ހިފައިގެން ނުކުމޭ މި ގެއިން!” ގެއިން ބޭރަށް އިޝާރާތް ކުރަމުން ނިހާން ހަޅޭއްލަވައިގަތެވެ. ޒާޔާއަށް ވަގުތުން އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ނިހާން މިވަރުގެ ނިންމުމެއް ނިންމައިފާނެކަމަކަށް ޒާޔާއަށް ހީކުރެވިފައި ނުވުމުންނެވެ. “އެކަމް ބައްޕާ!” ޒާޔާއަށް ހުއްޓައިލެވުނީ ނިހާން އަތުގެ އިޝާރާތުން ހުއްޓައިލުމަށް ބުނުމުންނެވެ. “ބައްޕާއޭވެސް ނުބުނާތި! މީގެ ފަހުން މަގޭ ނުހުންނާނެ ޒާޔާއޭ ކިޔާ ދަރިއެއް. ކަލޭގެ ނުހުންނާނެ ނިހާން ކިޔާ ބައްޕައެއްވެސް. ނުކުމެގެން ދޭ. ކަލޭ ދާނެ ތަންތަން ހުންނާނެ. ލޯބިވެރިޔާ ކަލޭ އެގެއަށް ވައްދާނެއެއްނު. މިގޭގަ ހުންނާނެކަމެއް ނެތް ދެނެއް. އަތުން ފައިން ގޯހެއް ނުހެދެނީސް ދޭ ނުކުމެގެން.” ނިހާން ޒާޔާއާއި ދިމާލަށް އެ ހުރިހާ އެއްޗެކޭ ކިޔައިލީ އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތިއެވެ. އެންމެ ފަހަރަކުވެސް ނިހާން ޒާޔާގެ މޫނަށް ރުހުމުގެ ލޮލަކުން ބަލައިލައިފިނަމަ އެ މޫޫނުމަތިންވެސް ޒާޔާގެ އެއްވެސް ކުށެއް ނެތްކަން ސާފުވެގެން ދާނެއެވެ. އެހެނަސް އެކަން ދެނެގަނެވޭވަރަށްވުރެ ނިހާންގެ ހިތުގައި އުފެދިފައިވި ނަފްރަތުގެ އަލިފާންގަނޑު މާ ހޫނުގަދަވެފައި ބޮޑެވެ.

ޒާޔާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލުމަށްފަހު އަނގަމަތީ އަތްއަޅައިފައި ރޮއެގަތެވެ. އެއްވެސް އަޑެއް ނުލައްވައި ޒާޔާ ރޮމުން ދިޔައިރު އޭނާގެ ނިކަމެތިކަމާއިމެދު ޒާޔާއަށް ވިސްނައިލެވުނެވެ. އަނެއްކާވެސް ނިހާންގެ އަޑު އިވުމާއިއެކު ޒާޔާ މަޑުމަޑުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިފައި ބިންމަތީ އޮތް ފޮށި ނެގިއެވެ. އަދި ފަސްއެނބުރި ނިހާންގެ މޫނަށް ބަލައިލައިފައި އެ ގެއިން ނުކުތެވެ.

ޒާޔާ ނުކުތްތަން ބަލަން ހުރި ނިހާންގެ ލޮލުން އޭނާއަށް ނޭނގި ކަރުނަތިއްކެއް ފޭބިއެވެ. ނިހާންގެ ލޮލުން ކަރުނަ ފައިބާކަން ރޭކައިލުމާއިއެކު ނިހާން އަވަހަށް އެ ކަރުނަތައް ފުހެލިއެވެ. “ކީއްކުރަން ފައިބާހާ ކަރުނައެއް ބޭކާރު މީހަކަށްޓަކާ؟” ނިހާން އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެހެން ބުނެލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

“ފަވާ މަޑުކޮށްބަލަ. ބޮޑުދައިތަ މި ދައްކާ ވާހަކަ އެއްފަހަރުވެސް އަޑު އަހާބަލަ.” އާލިޔާ މަސައްކަތް ކުރަމުން ދިޔައީ ފަވާޝަތާއި ވާހަކަ ދެއްކޭތޯއެވެ. ނަމަވެސް ފަވާޝަތު އެއިން އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ. މިއަދު ފަވާޝަތަށް އެ ހުރިހާ ފޮޓޯތަކެއް ފެނުމުން އޭނާގެ ހިތުގައިވެސް ޒާޔާއާއި މެދު ނަފްރަތު އުފެދުނީއެވެ. އެހުރިހާ ކަމެއްގެ ޙަޤީޤަތް އާލިޔާ އަށް އެނގޭއިރު އާލިޔާ އެ ޙަޤީޤަތްތައް ފަވާޝަތަށް ކިޔައިދޭން ބޭނުންވެފައިވިއެވެ. އެހެނަސް ފަވާޝަތުގެ ހިތް ހަރުވެފައިވި ވަރުން އެކަމެއް އާލިޔާއަކަށް ނުވިއެވެ.

މަގުމަތީ ފޮށި ހިފައިގެން ޒާޔާ ހިނގަމުން ދިޔައެވެ. ޒާޔާގެ އިސްތަށިގަނޑު ހޭވިފައިވީއިރު ނިއްކުރިން ހަލާކުވެފައި އިން ތަންކޮޅު ހުރީ ލެއިން ހަޑިވެފައެވެ. މުޅި މީހާގެ މޫނުމަތިން ފެނިގެންދަނީ އާރޯ ކަމެވެ. ޒާޔާ ހިނގަމުން ދިޔައިރުވެސް އެކިއެކި މީސްމީހުން ކިޔާ އެއްޗެހިވެސް މަދެއް ނޫނެވެ.

“ކޮބާ އެންމެ ފަހުން ރަނިކަމަނާ ބޭރަށްވެސް ނެރެލީ ދޯ!”

“ރީތިވެއްޖެއެއްނު މާ ރީތިމީހަކަށް ހެދިގެން އުޅުނީމަ. މުޅި ރަށުގެ އަގު ވެއްޓިއްޖެ.”

“މީނަ ރަށުންވެސް ބޭރަށް ގެންދަންވީ.”

“މިރަށުގައި ތިބި އެންމެ ލޯބި ކަޕްލް އަށް އެމީހުންގެ ލޯބި ދަރިފުޅު ރީއްޗަށް ގެންގުޅެވިއްޖެއްނު.”

“އަވަހަށް ދޭ ލޯބިވެރިޔާ ކައިރިއަށް! ހަހަހަހަ”

މި ހުރިހާ ވާހަކަތަކެއް އަޑުއިވުނުވަރަކަށް ޒާޔާގެ ހިތް ދިޔައީ ފިސްފިސް ވަމުންނެވެ. އޭނާއާއި ދިމާލަށް ބުނަން ޙައްޤުނުވާވަރުގެ ވާހަކަތަކާއި ދޭން ޙައްޤުނުވާވަރުގެ އަދަބެއް ދީފައިވުމުން ޒާޔާގެ ހިތަށް ކޮށްފައިވި އަސަރު އެތައް ގުނައެއް އިތުރުވެފައިވިއެވެ. މީހުން ކިޔަމުން ދިޔަ އެއްޗެހިތައް އަޑުއަހަން ކެތްނުވެގެން އެންމެ ފަހުން ޒާޔާ މިޞްރާބު ޖެހީ ރަށު ބަނދަރާއި ދިމާލަށެވެ.

ބަނދަރުމަތީގައި ވެސް މީހުންތައް ދައްކަނީ ހަމަ ޒާޔާގެ ވާހަކައެވެ. ޒާޔާ އެންމެ ފަހުން އޭނާގެ ދެކަންފަތުގައި އަތް އަޅައިފައި ހާމައަށް ބޮޑު ކަނޑަށް ފުންމައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ލޯބިވާއޭ 4

Next

އަންނަންދެން ހުންނާނަން ލޯބިން

Next
September 3, 2020

އަންނަންދެން ހުންނާނަން ލޯބިން

Previews
September 3, 2020

ލޯބިވާއޭ 4

19 Comments!

  1. Lam ? says:
    September 3, 2020 at 7:19 pm

    ❤️❤️❤️V reethi Maasha allah
    Alhey Zaaya ah Haadha dhera gothekey evee.. Jameelaa gadu geyn neralanvee Hama.. Zaaya ge ehvx kusheh neiy but hurihaa enmen rulhi aee Zaaya dheke??
    Curiously waiting for nxt part dear

    1. Dhonthy says:
      September 4, 2020 at 1:03 pm

      Lam 🙂 🙂 🙂 Thank you so muvh dear. Jameelaa gein nerelaa dhuwas adhi annaaneye ingey 😉 😀 And yes! Keep waiting curiously for the next episode 😀 😀 <3 <3 <3

  2. Noo_ra says:
    September 3, 2020 at 8:20 pm

    Varah Varah reethi mi part ves… ❤️❤️
    Waiting for the next part ??….

    1. Dhonthy says:
      September 4, 2020 at 1:04 pm

      Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode <3 <3 <3

  3. GURL AAAAARR says:
    September 3, 2020 at 9:36 pm

    hama rangalhah vx rovijje mi part kiyaafa….. vrh vrh reethi mi paart vx…… Dhonthy dhn nxt part up vaanee kn irakun thr… avahah up kohdhehchey… friday noonee saturday ga viiyas….

    1. Dhonthy says:
      September 4, 2020 at 1:06 pm

      GURL AAAAARR 🙂 🙂 🙂 Thank you so much dear 😀 <3 It really means a lot. Dhn in bai iraadhakurevviyyaa liyevunuhaa avahakau submit kollaanan 🙂 🙂 🙂 🙂 Maybe Mondayga I'm not sure. 🙂 🙂 🙂

  4. Maash says:
    September 3, 2020 at 9:38 pm

    Noooon pleasesssss zaaya ah ehen nuhadhaa???. Jameelaa u idiot. ?Alhy dhonthy zaaya ah haadha dhera gotheky e vany, Jameelaa ah ragalhu ladeh dheeba.? Btw mi part V. V. V. Reethi Maasha Allah. Varah ufaavy avahah up kohdhythy thanks for that?? when is the next part ??

    1. Dhonthy says:
      September 4, 2020 at 1:09 pm

      Maash 🙂 🙂 🙂 Thank you so much dear. Yes zaayaa au vvv dhera goiythakeiy mi wanee 🙁 🙁 Jameelaa au adhi v varugadha lan’deiy libeyneyey inge 😀 😀 😛 😉 Once again thank you so much Maash 😀 😀 <3 <3 And dhn in bai iraadhakurevviyyaa hama liyevunuhaa avahakau submit kollaanan. Maybe Mondayga I think 🙂 🙂 <3

  5. JUSTICE says:
    September 3, 2020 at 10:16 pm

    Yaarey nuhadhaga thihn ..???????comment nukohllaa nuviey ketheh hama… ma bitu beyrukohliyvihyathi mulhi rashah gina… e jameelaa iraalaa dhw..?????ma gey athah geney kashiko muguraalaanan

    1. Dhonthy says:
      September 4, 2020 at 1:11 pm

      Justice 😀 😀 😀 Thivarau roakau nuwaane 😛 😛 😉 Jameelaa au adhi v varugadha lan’deiy dheynamey inge. Keep waiting for that day 😉 😀 😀

  6. Rsm says:
    September 3, 2020 at 10:28 pm

    Maasha allah vvvv reethi rovihje alhey zaayaa ah ehen nahadaa????????

    1. Dhonthy says:
      September 4, 2020 at 1:13 pm

      Rsm 🙂 🙂 🙂 Thank you so much dear. Jameelaa gaathu bunaanan inge zaayaa au ehn nuhadhan 😛 😛 😉 😉 😀 😀 <3 <3 <3

  7. R¥N says:
    September 3, 2020 at 11:34 pm

    Maasha Allah ♥️♥️♥️♥️♥️

    1. Dhonthy says:
      September 4, 2020 at 1:13 pm

      RYN 🙂 🙂 🙂 Thank you so much dear. <3 <3 <3 <3

  8. Sadha says:
    September 4, 2020 at 2:18 pm

    Alley zaayaa maruvaan thr eulheniii… I hate jameela… Nihaan dheke vx Mihaar foohi vehje…. Waiting for next part ingey… Love you dhonthy?

    1. Dhonthy says:
      September 4, 2020 at 4:10 pm

      Sadha 😀 😀 😀 Zaayaa maruwaan kanneynge dhw eulhenee. Goiy husweema dhn ehn hadhanee dhw gina faharau 🙁 Dhn balamaa waagotheiy 🙂 🙂 🙂 And yes! Keep waiting for the next episode 😀 😀 Love you too Sadha <3 <3 <3 <3 <3

  9. Sadha says:
    September 5, 2020 at 4:08 pm

    But amilla ah maruvumakiii vrh bodu faafa ekehnu.. ehnve zaaya e gothah kanthah nukuraanama??

    1. Dhonthy says:
      September 5, 2020 at 6:17 pm

      Yes Sadha you’re right.
      Aslu waagothakee gina faharau egothau goiy husweema amilla au maruwun kahala kanthau kurewen ulheyne. Dhn ehen ulhemungos eiy bodu faafaekkan es handhaanun kassaalanee. Ekahala kameiy mi storyga miwee adhi dhw. 🙂 🙂 🙂 <3

  10. Sadha says:
    September 5, 2020 at 7:00 pm

    Hehe aarn dhww …. ekm zaaya ekahala kameh nukuraanama?

Comments are closed.

Next Episodeޒާޔާ (ފަންސަވީސްވަނަ ބައި)←


All Right Reserved!