ލޯބިންއެކުގާ (8)
އައިނާއިނީ އޭނާގެ އެންމެގާތް އެކުވެރިޔާކައިރީގައެވެ. ނިޝާގެ ކޮޓަރީގައެވެ. ބޮޑުއެނދަކާއި އަލަމާރިއެއްގެ އިތުރުން ނިޝާގެ ފޮތްތަކުން ކޮޓަރި ހުރީ ފުރިފައެވެ. އެނދުމަތީގައި ދެމީހުންތިބިއިރު ކައިރީގައި ޓިޝޫބޮކްސް އެއްހުށްޓެވެ. ވޭތުވެދިޔަ ދުވަސްތަކު އައިނާއަށް ކުރިމަތިވި ކަންތަށް ނިޝާއަށް ކިޔައިދެމުންދިޔައިރު އައިނާގެ ލޮލުން ކަރުނަނުހިކެއެވެ. ލައިގެން އިން ހުދުކުލައިގެ ޓޮޕްކޮޅުގެ އަތްއޮޅާލަމުން ޓޝޫއެއް ނަގައިގެން މޫނުފޮހެލިއެވެ. ނިޝާ އައިނާގެ ކޮނޑުގައި ހިފަހަށްޓާލައިގެން އިނީ ހަދާނެއެހެންގޮތެއް ނެތުމުންނެވެ.އައިނާހިތްދަތި ވެފައިހުރިވަރުން ނިޝާއިނީ ބަސްހުއްޓިފައެވެ. “އައި.. އައި ތިންކް ޔޫސުޑް ޓޯކް ޒަޔާން.. ހީ ހޭވް އެވްރީ ރައިޓް ޓް ނޯ..” ނިޝާ ފަނޑުގޮތަކަށް ބުނެލިއެވެ. އައިނާ ނިޝާއަށް ބަލައިލިއެވެ. އައިނާކުރިން މިގޮތައް ރޮއެފައެއް ނުވެއެވެ. “ނިޝީ.. ” އައިނާއަކަށް ހިތްވަރެއް ނުލިބުނެވެ. “އައީ.. ޒަޔާން އެއީ އައިނާގެ ފިރިމީހާ.. ކޮންމެ ގޮތަކަށް ކަންވިއަސް ބުނަންވާނެ ދޯ.. ޒަޔާންގެ ކުށެއް ނެތެއްނު” ނިޝާބެލީ އައިނާއަށް ވިސްނައި ދެވޭތޯއެވެ. އައިނާވެސް އެކަންގަބޫލުކުރެއެވެ. އެހެނަސް އޭނާގެ ލޯބި ހިތުންފުހެލުމަކީ ފަސޭހަކަމެއް ނޫނެވެ. އިމާދުއާ ދިމާވިފަހުން އޭނާގެ ހާލު މާބޮޑެވެ. އައިނާ ކުޑަކޮށް ހަމައަކަށް އެޅުނުގަޑީ އައީ ރާދުގެ މެސެޖެކެވެ. “ސިސް.. ހެލްޕ..” އައިނާ މެސެޖްބަލާލުމަށްފަހު އިންގޮތައް އިނީއެވެ. ދެންވެސް އައީ ރާދުގެ މެސެޖެކެވެ. “ސިސް.. ޒާންބެ ލޮސްޓް އިޓް.. ހީ އިޒް ޓޯޗަރިންގ އަސް” އައިނާ މިފަހަރު ރިޕްލައިކޮށްލީ ތިމަންނައާ ބެހޭކަމެއްނޫންކަމަށް ބުނަމުންނެވެ. “ވަޓް.. ސީފޯ ޔޯސެލްފ” މިފަހަރު މެސެޖާއެކު ވީޑިއޯއެއްވެސް އިނެވެ. ވީޑިޢޯއިން ފެންނަނީ އޮފީހުގެ ކޮންފަރެންސް ރޫމެވެ. 20 ވަރަކަށް މުވައްޒިފުން ތިބިއިރު ކޮންމެމީހެއްގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ކޮންމެ މުވައްޒަފަކު ޕުރޮޕޯސަލް ހުށްއަޅަމުން ދިޔައެވެ. އެހެނަސް އެމީހުނަށް ވާހަކަ ކުރިއަށް ނުގެންދެވެނީސް ޒަޔާން ހުށްޓުވައެވެ. ޒަޔާން ކޮންފަރެންސްގަ ތިބިމީހުނަށް ހްޅޭލަމުންދާތަން އައިނާއަށް ފެނުނެވެ. ޒަޔާންގެ މޫނުމަތިން މިނޫނީ ދުވަހަކުވެސް އެރުޅިވެރިކަން އައިނާ ނުދެކެއެވެ. “ޔޫސްލެސް..” ޒަޔާން އޭނާލައިގެންހުރި މަޑުފެހިކުލައިގެ ގަމީހުގެ ޓައީދޫކޮށްލިއެވެ. “ރިޑޫދަ ޕުރޮޕޯސަލްސް އިން 10 މިނިޓްސް.. އިފްނޮޓް ޔޫއާރ ފަޔާޑް.” ޒަޔާންގެ ރުޅިވެރި އަޑުއައެވެ. “ވަންމަންތް.. އައި ވޯސް އަވޭފޯ ވަން މަންތް.. މީތަ މުވައްޒިފުންގެ ފެންވަރަކީ..” އެހެންބުނުމަށްފަހު މޭޒުމަތީހުރި ފެންފުޅީގަ ޖަހާވަށްޓާލިއެވެ. އައިނާ ވިސްނާލިއެވެ. އެހާވަރުސެ ޕުރޮޕޯސަލްއެއް 10 މިނިޓުން ނިންމޭނެ ބާވައެވެ.. “ޕުލީޒް ސިސް.. ސިސްބުނާކަމެއް ކޮށްދޭނަން ޕުލީޒް..” ރާދުގެ މެސެޖުން އައިނާ ސިހިނެވެ. ފޯނުނަގާ ނަންބަރަކަށް ގުޅާލީ ޖެހިލުންވެ ހުރެއެވެ.
…..
ކޮންފަރެންސްރޫމްގެ ޓެމްޕަރޭޗަރ އެހާދަށްއިރުވެސް އެންމެންތިބީ ދާހިތްލާ ފޯވެފައެވެ. ޒަޔާންގެ މި ސީރިއަސް ބަދަލުން އެމީހުން ތިބީ މަޑުޖެހިފައެވެ. ރާދުއަށް އެންމެން ބަލާލީ ސަލާމަތްކޮށްދޭށޭ ބުނާފަދަ ގޮތަކަށެވެ. ދެންއިތުރު އިނީ އެންމެ މިނެޓެކެވެ. އެންމެފުރަތަމަ ފުރޮޕޯސަލް ހުށަހަޅަން ޖެހިދާނެތީ އެކަމުގެ ބިރުވެރިކަންވެސް އޮތެވެ. ރާދު ކަރުއެލުވާލައިގެން އިނީ ސަލާމަތްނުވެވޭނެކަން އެނގުމުންނެވެ. ޒަޔާން ކަމަކާ ހިތްހަމަނުޖެހިއްޖެނަމަ އެވަރު ކުރާނެއެވެ. އެހެންކަމުން އައިނާއަށް އޭނާގުޅީ އައިނާގެ އެހީ ލިބޭނެކަމަށެވެ. އައިނާގެ ފަރާތުން އެދެވޭޖަވާބެއް ނުލިބުމުން ރާދުއިނީ މާޔޫސްވެފައެވެ. ޒއެންމެން ސިއްސައިގެން ދިޔައީ ޒަޔާންއަށް ފޯނެއް އަންނަން ފެށުމުންނެވެ. އެވަގުތަކީ ޒަޔާންގެ ފޯން ޓީވީއާ ގުޅާފަހުރިގަޑިއެއްކަމުން ސޭވްކޮށްފައިން ނަން އެންމެނަށް ފެނުނެވެ. އެމީހުނަށް އިތުރަށް ސިހުންލިބުނީ ޒަޔާންގެ ފޯނަށް ވައިފް ޖަހާފައިން ނަންބަރަކުން ގުޅުމުންނެވެ. އެމީހުނަށް ޒަޔާންގެ އައިންބެއް ހުންނަކަމެއް ނޭންގެއެވެ. ފޯން ނެގުމަށްފަހު ކަންފަތުގަ ޖަހާލިއެވެ. “ޓޯކް..” ޒަޔާންއެހެން ބުނުމުން އައިނާ ހުއްޓުން އެރިއެވެ. މނަމަވެސް ހަމައަކަށް އެޅުމަށްކަހު ވާހަކަ ދައްކަން ފެށިއެވެ. “ވާހަކައެއް ދައްކަން..” އައިނާ ބުނެލިއެވެ. ޒަޔާންގެ އަޑެއްނީވުމުން އައިނާ ވާހަކަދެއްކިއެވެ، “އެހީމެއްނު ކީއްވީހޭ.. ލެޓްސް ޓޯކް އެބައުޓް ދެޓް..” އައިނާ ބުނެލިއެވެ. އައިނާއަށް ޒަޔާން އަންނާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. “ޔޫ ޝުއާރ..؟” ޒަޔާން މަޑުމަޑުން ބުނެލިއެވެ. ކޮންފަރެންސްރޫމްގައި ތިބިމީހުން ތިބީ ފެންނަމަންޒަރު ގަބޫލުނުކުރެވިފައެވެ. ދެންމެ އެވަރަށް ރުޅިއައިސްސަ ހުރި ޒަޔާން އެހާމަޑުން ވާހަކަ ދެއްކުމުން އެހެންވާނެނޫންހެއްޔެވެ. “ހްމްމްމް.. މިދަނީ..” ޒަޔާންއެހެން ބުނެ މީޓިންނިމުނީ ކަމަށްބުނަމުން ހިނގައިގަތެވެ،. ކޮންފަރެންސްގައި ތިބި މީހުން ދޮރުންބޯދިއްކޮށްގެން ބަލަންތިބީ މިއަދު ސަލާމަތްވީތީ ޝުކުރުކުރާހާލުގައެވެ. “ރާދު.. އެއީ ކާކު..؟” އެތަނުން މުވައްޒިފަކު އަހާލިއެވެ. ރާދު އަގައަށް ވައްތަރެއް ޖައްސާލަމުން ފަހަރިއަށް ޝުކުރުއަދާކުރަން ވާނެކަމަށް ބުނެ ނިކުތީ އެވާހަކަ ދައްކަން ބޭނުންނުވުމުންނެވެ. އައިނާ ޒަޔާންއަށް ގުޅާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. އެހެނަސް އައިނާ ގުޅުމާއެކު ޒަޔާން އަށް އައި ކުއްލިބަދަލުން ޒަޔާންއަށް އައިނާ މުހިއްމުވަރު ހާމަވެގެން ދިޔައެވެ. އައިނާގޮތް ދޫކޮށް ޒަޔާންއާއެކު އުޅޭންފަށާނެ އިރަކަށް އޭނާ އިންތިޒާރުކުރެއެވެ. އޭރުން މީރުކޮށް ކާންލިބޭނެއޭ ހިތައްއެރިއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Masha Allah Vrrrr Reethi. Waiting for the next part sis. Stay safe???????????????
Yayyyyy me first dho
Thankyou Shaima shaee ❤ stay safe
Vv reethi Mibai Vs♥️?
Keep it up dear??
Thanks unknown queen.. TC stay safe
ވަރަށް ރީތި މާޝާ ﷲ
Thanks kookie .. stay safe ❤
Kaan libeythi tha Ainaa baanun vanii ????konmeyakas varah reethi ???keep it up dear ❤️❤️❤️
☺️
Hehe.. yes.. stay safe shabakko