Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ބާވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
August 31, 2020 8 Mins Read
9 Comments

ޒާޔާ. ކަލޭގެ ދުވަސް ދާނެ މިއަދު. އަހަރެން މި ހުރިހާ ފޮޓޯތަކެއް މިއަދު ކަލޭގެ ބައްޕައަށް ދައްކާނަން. ހަހަހަހަ.” ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭނެވަރަށް ބުނެލިއެވެ.

ނިހާން ޒާޔާގެ ކޮޓަރިއަށް ވަތްއިރު ޒާޔާއަށް ނިދިފައި އޮތުމުން ނުހާން ޒާޔާއަށް ނުގޮވާ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕައިލައިފައި ގޮސް ސިޓިންގް ރޫމަށް ދިޔައެވެ. މެންދުރު ދޭއްގެ ޚަބަރު އަންނަ ގަޑި ޖެހޭތީ ނިހާން ޓީވީ ރެކް މަތީގައި އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލިއެވެ.

ޖިނާން ބޭރަށް ދިޔަގޮތަށްގޮސް ގެއަށް އައީ ދޭއްޖަހާ ދިޔަފަހުންނެވެ. މެންދުރުގެ ދިލަ އަވިން ޖިނާންގެ މުޅި ހަށިގަނޑު ވަނީ ދަލުން ފެންވެރިފައެވެ. ލައިގެން ހުރި ނޫކުލައިގެ ގަމީސް ވަނީ ދަލުން ތެމިފައެވެ. ހީވަނީ ފެން ޖަހައިފައި ހުރިހެނެވެ.

“ހަމަ މިއަދު ފުރަނީތަ؟” އެނދުމަތީ އޮށޯވެލައިގެން އޮތް މަތީން ކައިރީ އިށީންނަމުން ޖިނާން އަހައިލިއެވެ. މަތީން އޮތީ ޖިނާނާއި ވާހަކަދައްކަން ބޭނުންނުވެފައެވެ. އެހެންކަމުން ޖިނާން ކުރި އެ ސުވާލަށް މަތީން އެއްވެސް އެއްޗެކޭ ނުބުނެއެވެ. މަތީން އެހެން އެ ހެދީ ޖިނާނަށް އެވަގުތު ނަމަވެސް އެއްޗެއް ވިސްނޭނެކަމަށް ހީކޮށްފައެވެ. އެހެނަސް ޖިނާންގެ މިޒާޖު ހުންނަ ގޮތުން ޖިނާނަކީ ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު ގޮތް އެނގުނަސް އެކަން ޤަބޫލުނުކޮށް ހުންނަ މީހެކެވެ.

މަތީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޖިނާން އެންމެ ފަހުން ގޮތް ދޫކުރަން ނިންމިއެވެ. އޭނާ ކޮންމެހެން މަތީނާއި ޒުވާބުކޮށް އަރާރުންވާކަށް ބޭނުމެއްނުވެއެވެ. މަތީނަކީ ޖިނާންގެ ހުރި ހަމައެކަނި މީހާއެވެ. އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ޖިނާންގެ އާއިލާގައި އެއްވެސް މީހަކު ނެތްއިރު އޭނާގެ ހުރި ހަމައެކަނި މީހަކީވެސް އަދި ރަޙުމަތްތެރިޔަކީވެސް މަތީނެވެ. “އޯކޭ މަތީން. އައިމް ސޮރީ. އަހަރެންވެސް ވީ އެންމެ އަވަހަކަށް މާލެ ދެވޭތޯ ބަލާނަން.” ކުއްލިއަކަށް ޖިނާންގެ ޚިޔާލު ބަދަލުވުމުން މަތީނަށް ޖިނާނާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޖިނާން ހިނިތުންވެލިއެވެ. މަތީންވެސް ހިނިތުންވެލައިފައި ޖިނާނާއި ދިމާލަށް އަތުގެ ބޮޑުވައި އިނގިލި ދައްކައިލިއެވެ.

ޚަބަރު ގަޑި ނިމުމުން ނިހާން ޓީވީ ނިވައިލައިފައި އަނެއްކާވެސް ޒާޔާގެ ކޮޓަރިއަށް ވަނެވެ. ކުރިއެކޭވެސް އެއްފަދައިން ޒާޔާ އޮތީ ނިދައިފައެވެ. ނިހާން މަޑުމަޑުން ކޮޓަރިއަށް ވަދެ ގޮސް އެނދު ކައިރީ އިން ގޮނޑިއެއްގައި އިށީނެވެ. އަދި ޒާޔާގެ ކަރުގައި އަތް ޖައްސައިލީ ހުން ހުރި ވަރެއް ބަލައިލުމަށްޓަކައެވެ. ހުންގަދަކޮށް ހުއްޓެއްކަމަކު ކުރިއަށްވުރެ ހުން ތަންކޮޅެއް މަޑުވެފައިވިކަން ނިހާނަށް ފާހަގަކުރެވުނެވެ.

“ދަރިފުޅާ! ޒާޔާ..” ޒާޔާގެ އަތުގައި މަޑުމަޑުން ޖަހައިލަމުން ނިހާން ޒާޔާއަށް ގޮވައިލިއެވެ. އުނދަގޫ ގޮތަކަށް ފުރޮޅިލަމުން ޒާޔާ މަޑުމަޑުން އޭނާގެ މެރިފައިވި ދެލޯ ހުޅުވައިލިއެވެ. “ބައްޕާ.” ނިހާންގެ އަތުގައި ހިފައިލަމުން ޒާޔާ ނިހާނަށް ގޮވައިލިއެވެ. “އޯއި ދަރިފުޅު! ތެދުވޭ އަވަހަށް. ކުޑަކޮށް ތައްޔާރުވެލައިގެން ހިނގާ ބައްޕަޔާއެކު ޑޮކްޓަރަށް ދައްކަން ދާން. މިހާރު މާ ގިނައިރުވަނީ ތި. އަދިވެސް ހުން މަޑެއް ނުވެއެއްނު.” ޒާޔާއަށް ތެދުވަން އެހީތެރިވެދެމުން ނިހާން ބުންޏެވެ. ކިތަންމެ ދާން ބޭނުން ނުވެފައިވިޔަސް ބައްޕަ ބުނީތީ ޒާޔާއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. ޒާޔާ މަޑުމަޑުން ބޯ ޖަހައިލުމުން ނިހާން އަވަހަށް ތައްޔާރުވާށޭ ކިޔައިފައި އެ ކޮޓަރިން ނުކުތެވެ.

“ކޮންތަނަކަށް ދާން؟” ނިހާން ކޮޓަރިއަށް ވަދެ ގަމީސް ބައިލައި ރީތި ޓީޝާޓަކާއި ފަޓްލޫނެއް ލައިގެން ނުކުތުމުން ޖަމީލާ އެހިއެވެ. “ޒާޔާ ޑޮކްޓަރަށް ދައްކަންވެގެން.” އަލަމާރި ތެރެއިން ޒާޔާގެ އައިޑީ ކާޑު ނަގަމުން ނިހާން ބުންޏެވެ. “މާދަންވެސް ދެވޭނެޔެއްނު ހަމަ. އަދި އޭނައަށް އެހާ ބޮޑު ވަރެއް ނުވެއެއްނު.” ވަރަށް ހަމަޖެހިފައި އިނދެ ޖަމީލާ ބުނެލިއެވެ. ޖަމީލާ އެ ބުނެލި ޖުމުލަ އާއިއެކު ނިހާންގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭތައް ހީވީ ކެކިގަތްހެނެވެ. ޖަމީލާ އޭނާގެ ދަރިފުޅާއި މެދު އަޅައިނުލާކަން މިހާރު ހަމަ ރަނގަޅަށްވެސް ނިހާނަށް އެނގިއްޖެއެވެ. “ކަމެއް ވާނީ ބުނެފައެއް ނޫން ޖަމީލާ. މިވަގުތުވެސް ނޭނގެއެއްނު އޭނައަށް ބޮޑުވަރު ނުވާނެކަމެއް. ބަލިމީހަކަށް ބޮޑުވަރު ވުމުގެ ކުރިން ފަރުވާ ދޭން ޖެހޭނެ.” ނިހާން ވަރަށް ހަރުކޮށް އެ ބަސްތައް ޖަމީލާ އާއި ދިމާލަށް ބުނެލައިފައި ކޮޓަރިން ނުކުމެ ބާރަކަށް ދޮރު ޖެހިއެވެ.

“ވޯހް. ހާދަ ފައްކާ ރުޅިގަނޑެކޭ އެ ބޭލީ އަހަންނަށް. ބަލަން ހުރޭ! ދެންމެ މަށަށް އެ ބޭލި ރުޅިގަނޑު ޒާޔާއަށް ބާލާކަށް ދެން ނެތް މާ ގިނަ ވަގުތެއް. ހަހަހަހަހަ.” އެ ނުބައި ރޭވުމާއިއެކު ޖަމީލާ ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ.

އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ޒާޔާ ނުކުތެވެ. “ހިނގާފަ ދެވޭވަރު ވާނެތަ ދަރިފުޅާ؟” ޒާޔާ ވަރަށް މަޑުމަޑުން ހިނގައިފައި އަންނާތީ ނިހާން ޒާޔާގެ އަތުގައި ހިފައިލިއެވެ. “އާނ ބައްޕާ. ދެވޭނެ.” ނިހާންގެ އަތުގައި ހިފައި ބާރުކޮށްލަމުން ޒާޔާ ބުންޏެވެ. މާ ލަސްތަކެއް ނުކޮށް ނިހާން ޒާޔާ ގޮވައިގެން ރަށުގެ ސިއްޚީ މަރުކަޒަށް ދިޔައެވެ.

“އަފްލާހް.” ބޭރަށް ނުކުންނަން ހިނގައިގަތް އަފްލާހް ފެނިގެން އާލިޔާ އަފްލާހަށް ގޮވައިލިއެވެ. “ކީކޭ ބޮޑުދައިތަ؟” އަފްލާހް ފަސް އެނބުރި އާލިޔާއާއި ދިމާލަށް ބަލައިލިއެވެ. “ކޮބާ ފަވާ؟” އަފްލާހް ގާތުގައި ފަވާޝަތު ނެތްކަން ފާހަގަވުމުން އާލިޔާ އަހައިލިއެވެ. “ކޮޓަރީގަ ވާނެ.” ފައިވާނަށް އަރަމުން އަފްލާހު ބުނެލިއެވެ. އަފްލާހު ގެއިން ނުކުތުމުން އާލިޔާ ފަވާޝަތުގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަދި މަޑުމަޑުން އެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ.

ޑޮކްޓަރަށް ދައްކައި ނިންމައި ބޭސް ގަނެގެން ނިހާން ޒާޔާ ގޮވައިގެން އެނބުރި ގެއަށް އައެވެ. “ވަގުތުން ވަގުތަށް ބޭސް ކާން ހަނދާންކުރާތި ދަރިފުޅާ.” ޒާޔާއާއި އެކު ސޯފާގައި އިށީންނަމުން ނިހާން ބުންޏެވެ. “ހްމްމް… ބައްޕާ. ވަރަށް ބަނޑުހައި.” ބަނޑުގައި އަތް ޖައްސައިލަމުން ޒާޔާ ބުނެލިއެވެ. “މަޑުކުރޭ. ބައްޕަ އަންނާން ހޮޓެލަކަށް ގޮސް ކާނެ އެއްޗެއް ގަނެލައިގެން. ދަރިފުޅު އިންނާތި ބައްޕަ އަންނަންދެން އިނގޭ. ކޮޓަރިއަށް ވަދެ އޮށޯވެއްޖެއްޔާ އަނެއްކާ ނިދިދާނެ.” ހިނިތުންވެލަމުން ނިހާން ބުނެލިއެވެ. ޒާޔާވެސް ހިނިތުންވެލަމުން އޭނާގެ ފޯނު ނަގައި އޭގެން ވައިބަރ އަށް ވަދެލިއެވެ.

ނިހާން ދިޔަ ވަގުތު ބަލައިފައި ޖަމީލާ އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ. ސޯފާގައި ފޯނާއި ކުޅެން އިން ޒާޔާ ފެނި ޖަމީލާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ކާކާ މާފޮޅުވަނީ؟” ޖަމީލާގެ އަޑަށް ޒާޔާ ދިޔައީ ސިހިގެންނެވެ. ފޯނު ނިވައިލައިފައި ސޯފާ މަތީ ބާއްވައިލަމުން ޒާޔާ ޖަމީލާއާއި ދިމާލަށް ބަލަައިލިއެވެ. “މަ މީ ކަލޭއެއްނޫނޭ އެގޮތަށް މީހުނާ ވާހަކަ ދައްކާކަށް.” ކުއްލިއަކަށް އައި ސިނގު ރުޅިއެއްގެ ސަބަބުން ޒާޔާ ތަންކޮޅެއް ހަރުކޮށް ވާހަކަދެއްކިއެވެ. އެވަގުތު ޖަމީލާގެ ރުޅިގަނޑު ހީވީ މުދުނަށް އަރައިގެން ދިޔަ ހެނެވެ. “ކަލޭއަށް ކޮން ހައްގެއް އޮތީ މަށާ ތިގޮތަށް ވާހަކަ ދައްކަން؟ ބަލަ މަ މީ ކާކުކަން ކަލެއަށް އިނގޭތަ؟ މަ މީ ކަލޭގެ މަންމަގެ މަގާމުގަ ހުރި މީހެއް. އިހުތިރާމް ކޮށްބަލަ.” ޖަމީލާ އެދިޔަ ގޮތަށް ގޮސް ޒާޔާ ސޯފާއިން ކޮޅަށް ނަގައި ޒާޔާގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ބުނެލިއެވެ.

“ބައްޕާ!” ޒާޔާއަށް ވީ ތަދުން އޭނާގެ ދުލުން ނުކުތީ ހަމައެކަނި އެ ލަފްޒެވެ. “ކަލޭ ބައްޕައެއް ނާންނާނެ ކިތަންމެ ވަރަކަށް ގޮވިޔަސް. އަދި އޭނަ ދިޔަތާ ދިހަ މިނެޓުވެސް ނުވޭ. ހަނދާން ކުރާތި ޒާޔާ! އަހަރެން ހަމަ މިރޭ ކަލޭގެ ބައްޕައަށް އަހަންނާ.. ލިއަމްގެ.. ޗެޓްލޮގު… ދައްކާނަން!” ޖަމީލާ އެންމެ ފަހުން އިއްވާލި ބަސްތައް ޒާޔާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ލިބުނު ކުއްލި ސިހުމުގައި އޭނާގެ އިސްތަށިގަނޑަށް ވަމުން ދިޔަ ތަދުގެ އިޙުސާސްވެސް އޭނާއަށް ނުވި ފަދައެވެ. މުޅި މީހާ އެއްކޮށް ހުއްޓުން އަރައިިފިއެވެ. ޖަމީލާ އެހެން ހުރެފައި ކުއްލިއަކަށް ޒާޔާގެ ބޮލު އިސްތަށިގަނޑުން އޭނާގެ އަތް ދޫކޮށްލިއެވެ. “ހެހެ. ކަލޭގެ ދުވަސް ދިޔައީ ތި!” ޒާޔާއަށް ހޭވެރިކަމެއްވީ އެވަގުތުއެވެ. ޖަމީލާގެ ފައިބުޑަށް ވެއްޓި ޒާޔާ ޖަމީލާގެ ދެފައިގައި ހިފިއެވެ.

“ނޫން.. ނޫން… ނޫން ޖަމީލާ ދައްތާ. އަހަންނަށް ތިހާ ބޮޑު ލަނޑެއް ނުދީ. އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަންނަށް ތިފަދަ ގޮތެއް ނަހަދާ. ޕްލީޒް ޖަމީލާ ދައްތާ… ޕްލީޒް.” ޒާޔާ އާދޭސްކުރަން ފެށިއެވެ. ޖަމީލާ ތިރިވެ ޒާޔާގެ ކޮނޑުގައި ހިފައިފައި މަޑުމަޑުން ޒާޔާ ކޮޅަށް ނެގިއެވެ. އަދި ޒާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. ކުއްލިއަކަށް ޖަމީލާގެ ފަރާތުން އޯގާތެރިކަމުގެ ސިފައެއް ފެނުމުން ޒާޔާގެ ރުއިން އެއްކޮށް ހުއްޓި އޭނާ ޙައިރާންވާގޮތްވިއެވެ. އެހެން ހުއްޓާ ޒާޔާގެ ކޮލަށް ޖަމީލާގެ އަތުގެ ހޫނު ހަމަލާއެއް އެރިއެވެ.

“ބުނަން ރަނގަޅު ވާހަކައެއް. އަހަރެން ކުރާ ކަންތަކާ ކަލޭ ނުބެހި ހުރޭ. ދެފައިގަ ހިފާ އާދޭސްކުރާނެ ކަމެއްނެތް މަގޭ ކައިރީ ބޮޑު މޮޔައެއްހެން.” ޖަމީލާގެ އަޑުގައި ވަނީ ނުރުހުންތެރިކަމެވެ. ޖަމީލާގެ ކޮންމެ ޢަމަލަކުންވެސް އޭނާގެ ހިތުގައި ޒާޔާއާއި ދޭތެރޭ ވަނީ ހަމައެކަނި ނަފްރަތުކަން ހަމަ ރަނގަޅަށްވެސް ފާހަގަކުރެވިގެން ދެއެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް އޭނާގެ ހިތުގައި ނެތީއެވެ.

“ބެހެވޭނެ. އަހަންނަށް ތިހާ ބޮޑު ލަނޑެއް ދޭން އުޅޭއިރު ނުބެހިއެއް ނުހުރެވޭނެ.” ޒާޔާ ކޮލުގައި ފިރުމައިލަމުން ވަރަށް ބާރަށް ބުންޏެވެ. މިއަދު އޭނާ ހަނު ހުންނާކަށް ބޭނުމެއްނޫނެވެ. ކޮންމެވެސް އެއްގޮތަކުން މިކަން ހުއްޓުވަން ޒާޔާ ބޭނުންވެއެވެ. އޭނާގެ ޙާލަތު ކޮންމެ ގޮތަކަށް ހުރިޔަސްމެއެވެ.

“ކަލޭ!” ޖަމީލާ ހަޅޭއްލަވައިގަނެފައި ޒާޔާގެ ކޮނޑުގައި އަތް އަޅައިފައި ބާރެއްކޮށް ކޮއްޕައިލިއެވެ. ޒާޔާ ވެއްޓުނު ގޮތަށް އޭނާގެ ބޯ ޖެހުނީ ސޯފާ ކުރިމަތީ ހުރި މޭޒުގެ ކަނުގައެވެ. ބޮލުގައި އަތް އަޅައިލަމުން ޒާޔާ ތެދުވެވޭތޯ ބެލިއެވެ. ޒާޔާ ހިތްވަރުކުރާތަން ފެނުމުން އައި ރުޅިން ޖަމީލާ ޓީވީ ރެކްމަތީ އިން ކުޑަކުޑަ ބިއްލޫރި ވާހެއް ނެގިއެވެ. އޭގައި ހުރި މާތައް ނަގައި އެތަނަށް އަޅައިލައިފައި ބަލާކަށް ނުހުރެ ޖަމީލާ އޭތި ޒާޔާއާއި ދިމާލަށް އެއްލިއެވެ.

ޒާޔާގެ ބޮލުގައި ޖެހި ވާސް ތަޅައިގެން ދިޔުމާއިއެކު އޭގެ އެތިކޮޅުތައް އެކި ދިމަދިމާލަށް ބުރައިގެން ދިޔައެވެ. ޒާޔާ ވަގުތުން ހޭނެތިގެން އޭނާ އިންތަނަށް ވެއްޓުނެވެ. ގޭގެ މައިދޮރު ހުޅުވޭ އަޑު އިވުމުން ޖަމީލާ އޭނާއަށް ދެވުނު އެންމެ ބާރަކަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ނިދާކަމަށް ހެދުނެވެ.

“ޒާޔާ.” ގޭތެރެއަށް ވަތް ނިހާނަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. އޭނާ ގެއަށް އައީ އެއްގޮތަކަށްވެސް މިކަހަލަ މަންޒަރެއް ފެނިދާނެކަމަށް ހީކޮށްފައެއް ނޫނެވެ. އެހެނަސް އޭނާގެ ލޯ ކުރިމަތިން މި ފެނުނީ އޭނާގެ ދަރިފުޅު ހޭނެތިގެން ވެއްޓިފައި އޮތް މަންޒަރެވެ. ދެން ނިހާނަށް ފެނުނީ ޒާޔާގެ ބޮލާއި ދިމާލުން ލޭގެ ކޯރެއް ދެމިގެން އަންނަ މަންޒަރެވެ. އެއާއިއެކު އަތުގައި އޮތް ކޮތަޅު ބިންމައްޗަށް ދޫކޮށްލަމުން ނިހާން ޒާޔާއާއި ދިމާލަށް ދުއްވައިގަތެވެ.

ފަވާޝަތު ހޯދަންވެގެން ކޮޓަރިއަށް ވަތް އަފްލާހްއަށް ފެނުނީ އޭނާއަށް ދުވަހަކުވެސް މި ގެއިން ފެނިދާނެކަމަށް ހީކުރި މަންޒަރެއް ނޫނެވެ. އޭނާއަށް ފެނުނީ ފަވާޝަތާއި އާލިޔާ އެކަކު އަނެކަކު ގައިގައި ބައްދައިލައިގެން ތިބި މަންޒަރެވެ. “ސޮރީ ފަވާ.” ރޮވިފައިވި އަޑަކުން އާލިޔާ ބުނެލިއެވެ. “ބޮޑުދައިތާ. އެއީ އެވަރު ކަމެއް ނޫނޭ. އިޓްސް އޯކޭ އޭ. ބޮޑުދައިތަ ކުރިން ގޯސްކޮށް އުޅުނަސް ދެން އެހެނެއް ނޫޅޭނަމޭއެއްނު ތި ބުނީ. ދެން އެހާ ގިނައިން ސޮރީ ނުބުނާނެ.” އާލިޔާގެ ބޮލުގައި ފިރުމައިލަމުން ފަވާޝަތު ބުނެލިއެވެ. “އައި ތިންކް ނައު އެވްރީތިންގްސް ގޮަނަ ބީ އޯކޭ.” އަފްލާހުގެ އަޑަށް އާލިޔާ އާއި ފަވާޝަތު ދުރުވެލައި އަފްލާހުއާއި ދިމާލަށް ބަލައިލިއެވެ. “ސިސް.. އާންޓް.. ކަމް ވިތް މީ. ފޯރ ލަންޗް.” އަފްލާހް ހިނގައިގަތުމާއިއެއްކޮށް އާލިޔާ އާއި ފަވާޝަތު އަފްލާހްގެ ފަހަތުން ހިނގައިގަތެވެ.

“ދަރިފުޅާ އޭތް.. އޭތް.. ޒާޔާ.” ޒާޔާގެ ކޮލުގައި ޖަހަމުން ނިހާން ބެލީ ޒާޔާ ހޭލެއްވޭތޯއެވެ. ނަމަވެސް ޒާޔާ ލޯ ހުޅުވައިނުލި ތަނުގައި އެންމެ ޙަރަކާތެއްވެސް ކޮށްނުލައެވެ. ބޮލުން ލޭ އަންނަވަރަށް ލޭ އަންނަމުން ދިޔައެވެ. ނިހާން އޭނާގެ ފޯނު ނަގައި ރަށުގެ ސިއްޚީ މަރުކަޒަށް ގުޅައި ވަރަށް އަވަހަށް އެމްބިއުލެންސް އެއް ފޮނުވައިދިނުމަށް އެދުނެވެ.

އެންބިއުލެންސް އަންނަންދެން ނިހާން އިނީ ޒާޔާ ގާތުގައި ރޮވިފައެވެ. އޭނާގެ ދަރިފުޅަށް މިހެން ދިމާވާން މެދުވެރިވީ ކޮން ސަބަބަކާހުރެކަން ވިސްނުމަށްވުރެ އޭނާގެ ޙާލަތު ގޯސްހެން ހީވެއެވެ. ކުރިމަތީ އެއޮތީ އޭނާގެ ފުރާނަފަދަ އޭނާގެ ލޯބިވާ ދަރިފުޅެވެ. މަންމަޔަކަށް ނުވިޔަސް ނިހާނަށްވެސް ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެގޮތުގައި ނިހާން އިންދައި އެމްބިއުލެންސް އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ޒާޔާ ވަގުތުން އެމްބިޔުލެންސް އަށް އަރުވައިގެން ސިއްޚީ މަރުކަަޒަށް ގެންދެވުނެވެ.

ފަވާޝަތުގެ ދިރިއުޅުމަށް ކިރިޔާ އުފާވެރިކަން އައި ހިނދު ޒާޔާގެ ދިރިއުޅުމަށް މިހާރު މިވަނީ ވިހަގަދަ ހަރުފައެއްގެ ވިހައިގެ އަސަރު ކުރަން ފަށައިފައެވެ. ކޮންމެ ދުވަހަކު އެއް ކަމަކާ މެދު ހިތާމަ ކޮށްކޮށް އެ ފަކީރު ބަލިވެފައިވާއިރު ޒާޔާގެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް މިހާރު ކަންތައްތައް ވަނީ ގޮސްފައެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ފޮށިތަކާއި އެއްޗެހި ދަމަމުން ބަނދަރާއި ދިމާލަށް މަތީނާއި ލިއަމް ހިނގަމުން ދިޔައެވެ. ހިލަ ހިތަކައިގެން މިރަށަށް އައި ދެމީހުން މިރަށުން އެ ފުރަނީ ސާފު ހިތަކާއިގެންނެވެ. ޖިންނިއެއްގެ ސަބަބުން މަތީނަށް ރަނގަޅު ގޮތް ވިސްނުނުއިރު ލިއަމް އަށް ރަނގަޅު ގޮތް ވިސްނުނީ އޭނާ ވަޒީފާ އަދާކުރި މާޙައުލުންނެވެ. ދެ ޒުވާނުންވެސް މިރަށުން ފުރައިގެން އެ ދަނީ ހިތާއި ސިކުނޑިން ހުރިހާ ބޭކާރު ޚިޔާލުތަކެއް ފުހެލައި ހަމަޖެހިފައިވި ހިތަކާއިގެންނެވެ.

ޒާޔާ ބާއްވައިފައި އޮތް އެނދު ކައިރީ ނިހާން އިށީންދެލައިގެން އިނެވެ. އައިވީ ގުޅައިފައި އޮތް އަތް ނޫން އަނެއް އަތުގައި ނިހާން ހިފަހައްޓައިލައިގެން އިނެވެ. ނިހާން އެހެން އިން އިރު އޭނާ ދިޔައީ ޒާޔާ ހޭ އަރާތޯ ހިތާއި ހިތުން ދުޢާކުރަމުންނެވެ. ޒާޔާގެ ބޮލުގެ ވަށައިގެން ބެންޑޭޖް އެޅިފައިވީއިރު އަތުންވެސް ކަނޑައިގެން ގޮސްފައި ހުރި ބައެއް ތަންތަނުގައި ބޭސް އަޅައިފައިވެއެވެ.

ޖަމީލާ މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. ޖަމީލާ އަވަހަށް އެތަން ސާފުކުރަން އުޅުނެވެ. ނިހާނަށް ޝައްކެއްވާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންކަމުން ތަށިމުށިގަނޑުމަތީ ހޭކިފައި ހުރި ލޭތައް ސާފުކޮށްލައިފައި އެކި ދިމަދިމާލަށް ގޮސްފައި ހުރި ފުޅިތޮށިތައް އެއްކޮށްލައި ޑަސްބިނަށް އަޅައިލިއެވެ. އަދި ނިހާން ވަރަށް އަވަހަށް އަންނާނެކަމަށް ހީކޮށް ސޯފާގައި އިށީނެވެ.

ޒާޔާ އަށް ހޭވެރިކަމެއްވީ އެދުވަހުގެ އިރު އޮއްސުނު ވަގުތުއެވެ. ނިހާންގެ އަތުތެރޭ އޮތް ޒާޔާގެ އަތް ޙަރަކާތްކުރާކަމުގެ އިޙުސާސްވުމުން އެނދުމަތީ ބޯ އަޅައިގެން އޮތް ނިހާނަށް ތެދުވެވުނެވެ. އޭރު ޒާޔާ ލޯ ހުޅުވައިލަން މަސައްކަތް ކުރަނީއެވެ. “ދަރިފުޅާ.” ޒާޔާގެ ބޮލުގައި ފިރުމައިލަމުން ނިހާން އަސަރުން ފުރިފައިވާ އަޑަކުން ޒާޔާއަށް ގޮވައިލިއެވެ. އެވަގުތު ޒާޔާ މަޑުމަޑުން ލޯ ހުޅުވައިލައި ނިހާނަށް ބަލައިލިއެވެ. ހަމަ އެވަގުތު ޑޮކްޓަރަކު ޒާޔާ ބާއްވައިފައި އޮތް ވަރޑަށް ވަނެވެ. “ހޭ އެރި ވަގުތަށް ދޯ މި ވަދެލެވުނީ.” ޑޮކްޓަރު އައިސް ކުޑަކޮށް ޒާޔާ ބަލައިލައިފައި ނިހާނަށް ބަލައިލިއެވެ. “ބޮލަކަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތް. ހަމަ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. ދެން ހުން ހުރި ކޮންމެވެސް ވަރަކަށް. ހަނދާންކޮށް ބޭސް ދޭތި ގަޑިން ގަޑިއަށް… ދެން ޒާޔާ ދޫކޮށްލެވޭނީ މާދަމާ ހެނދުނު. އަދި އިތުރު އައިވީ ފުޅިއެއް ގުޅަން ޖެހޭނެތީވެ.” ޑޮކްޓަރ ތަފްޞީލުކޮށް ހުރިހާ ވާހަކައެއް ނިހާނަށް ކިޔައިދީފައި ވަރޑުން ނުކުތެވެ.

“ބައްޕާ!” ބަލި ގޮތަަކަށް ޒާޔާ ނިހާނަށް ގޮވައިލިއެވެ. “އޯއި ދަރިފުޅު. ރަނގަޅުހެން ހީވޭތަ ދަރިފުޅާ.” ވަރުބަލިކަން އެކުލެވިފައިވި ޒާޔާގެ މޫނަށް ބަލައިލަމުން ނިހާން އަހައިލިއެވެ. “އާނ. ރަނގަޅޭ. ކުޑަކޮށް ބޮލަށް ތަދުވޭ އެކަމަކު.” ޒާޔާއަށް އެ ޖުމުލަ ބުނެވުނުތަނާ އޭނާގެ ހަނދާނަށް އަންނަން ފެށީ މިއަދު މެންދުރުގެ ވަގުތެއްގައި ގޭގައި ހިނގައި ދިޔަ ޙާދިޘާއެވެ. ޖަމީލާ ބިއްލޫރި ވާސް ނަގައި އޭނާގެ ބޮލާއި ދިމާލަށް އެއްލި މަންޒަރު ސިފަކުރެވުމުން ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

“ދަރިފުޅާ… ތަދުވަނީތަ؟” ޒާޔާ ދެލޯ މަރައި ބާރުކޮށްލި ގޮތުން ނިހާން ކަންބޮޑުވާން ފެށިއެވެ. ޒާޔާ ވަގުތުން ދެލޯ ހުޅުވައިލައި ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. “ބައްޕަ ދެން ދޭ ގެއަށް. ބައްޕަ އެއްވެސް އެއްޗެއް ނުކައެއްނު ތީނީ. ނޫންތަ؟” ޒާޔާ އެހެން ބުނުމުން ނިހާން އެކަމާ ދެކޮޅު ހެދިއެވެ. “ނޫން ބައްޕާ. ދޭ ގެއަށް. އަހަރެން ބޭނުން އެކަނި ވަގުތުކޮޅެއް. ޕްލީޒް ބައްޕާ.” ނިހާންގެ އަތުގައި ހިފައިލަމުން ޒާޔާ އާދޭސްކުރިއެވެ. “އެންމެ ރަނގަޅު ދެން. ބައްޕަ ދަރިފުޅަށް ކާ އެއްޗެހި ގެނެއްސަ ގެއަށް ދާނަން. އިޝާ ފަހުން ބައްޕަ އަންނާނަން އިނގޭ.” ނިހާން އެހެން ބުނެ ވަރޑުން ނުކުމެ ދިޔައީ ޒާޔާއަށް ކާނެ އެއްޗެއް ހޯދައިދޭށެވެ.

ވަރޑުގައި އެކަނިވުމާއިއެކު ޒާޔާއަށް އަނެއްކާވެސް މިއަދު ވީ ކަންތަކާއި މެދު ވިސްނެން ފެށިއެވެ. އެކަމާއި މެދު ވިސްނުނުހެން ޒާޔާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާއަށް ބައްޕަ ގެއަށް ފޮނުވައިލެވުނުކަމުގެ މޮޔަ ހީވާން ފެށިއެވެ. ބައްޕަ ގެއަށް ވަންނަ ތަނުން އެ އަސްލެއް ނެތް ފޮޓޯތައް ޖަމީލާ ބައްޕައަށް ދައްކާނެކަމެއްވެސް އިނގެނީކީ ނޫނެވެ.

ޒާޔާއަށް ކާ އެއްްޗެއް ގަނެދީގެން ނިހާން ޒާޔާ ބާއްވައިފައި އޮތް އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ. “ބައްޕާ! ގެއަށް ދަނީތަ؟” ނިހާން ނުކުންނަން ހިނގައިގަތުމުން ޒާޔާއަށް އަހައިލެވުނެވެ. “އާނ. އިޝާ ނަމާދު ފަހުން ބައްޕަ އަންނާނަން. ދަރިފުޅު އޮވޭ އިނގޭ.” ޒާޔާ ބޯ ޖަހައިލުމާއިއެކު ނިހާން އެ ކޮޓަރިން ނުކުތެވެ.

“ބައްޕަ ގެއިން އައުމަށްފަހު ދެން އަހަންނާ އެހާ ރީތިކޮށް ވާހަކަ ނުދައްކާނެ ކަންނޭނގެ… ހްހް… ޖަމީލާ ދައްތަ އެ ހުރިހާ އެއްޗެއް ބައްޕައަށް ދައްކާނެ.” ޒާޔާއަށް މޫނުމަތީގައި އަތް އަޅައިފައި ރޮވެން އުޅުނެވެ. ޒާޔާގެ ބައްޕަ އޭނާއާއި ވަކިވެގެން ދާ މަންޒަރު އެއީ ޒާޔާއަށް ބަލަން ކުޅަދާނަވާނެ މަންޒަރެއް ނޫނެވެ. ޒާޔާ ބޭނުންވީ ވަގުތުން އަތުގައި އޮތް އައިވީ ނައްޓައިލައިފައި އެތަނުން ފިލައިގެން ދާށެވެ.

“ކީއްކުރަނީތި؟” އެވަގުތު ވަރޑަށް ވަތް ޑޮކްޓަރަށް ވީ ގޮތްވެސް ނޭނގުނެވެ. ދުވެފައި ގޮސް ޒާޔާގެ ގާތަށް ދެވުނެވެ. “އަހަރެން ދާން ބޭނުން. ދޫކުރޭ.” ޑޮކްޓަރުގެ ބަނޑުގައި އަތް އަޅައި ކޮށްޕައިލަމުން ޒާޔާ ބުންޏެވެ. “ޒާޔާ ދޫކޮށްލެވޭނީ މާދަމާ. ރީތިކޮށް އޮވޭ.” ޑޮކްޓަރު ކުޑަކޮށް ހަރުކަށިވެލަމުން ބުނެލިއެވެ. ޒާޔާ އެއަކަށް ނުބަލައި އައިވީ ނައްޓައިލަން އުޅުނެވެ. އެވަގުތު ޑޮކްޓަރު ޒާޔާގެ އަތުގައި ހިފެހެއްޓިއެވެ. ޒާޔާ ހަޅޭއްލަވަން ފެށުމާއިއެކު އެ އަޑަށް ދެތިން ނަރުހަކުވެސް ވަރޑަށް ވަދެއްޖެއެވެ. “ސިސްޓަރ. ނިންދަވާ އިންޖެކްޝަން ގެނެސްދީބަލަ އަވަހަށް.” އެތަނުން އެންމެ ދިގުކޮށް ހުރި ނަރުސް ކުއްޖާ ގާތު ޑޮކްޓަރު ބުނެލިއެވެ. އެއާއިއެކު އެ ކުއްޖާ ދުވެލައިފައި ގޮސް އައީ ނިންދަވާ އިންޖެކްޝަން ހިފައިގެންނެވެ. ތިން ނަރުހުންވެގެން ޒާޔާ ހިފެހެއްޓުމާއިއެކު ޑޮކްޓަރު ވަރަށް ބަލައިގެން އެ އިންޖެކްޝަން ޒާޔާގެ އަތަށް ޖަހައިލިއެވެ. އެއާއިއެކު ޒާޔާގެ ޙަރަކާތްތައް މަޑުވެ އޭނާއަށް ނިދިއްޖެއެވެ. “ވަން އޮފް ޔޫ ޝުޑް ސްޓޭ އައުޓް އިނގޭ. ހޭލާފަ ދެން ކުރާނެ ކަމެއްވެސް ނޭނގެ.” ޑޮކްޓަރު އެހެން ބުނެލުމުން އެއްކަލަ ނަރުސް ކުއްޖާ އިސްވެ އެކަން ކުރަން އެއްބަސްވިއެވެ. “ބެސްޓް.” އެހެން ނަރުހުންތައް ގޮވައިގެން ޑޮކްޓަރު ނުކުތުމުން ދެން ހުރި ނަރުސް ކުއްޖާ ވަރޑުން ނުކުމެ ދޮރުމަތީ މަޑުކޮށްލިއެވެ.

“ޒާޔާ..” އިވުނީ މަލައިކާގެ އަޑެވެ. މަލައިކާގެ ރޮވިފައިވި އަޑެވެ. “އައިމް ސޮރީ ޒާޔާ… އައި ހޭވް ޓު ގޯ.” ހިތް ހަލާކުވެފައިވާ ޙާލު މަލައިކާ ޒާޔާގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. މަލައިކާއަށް މިވަނީ ޒާޔާއަށް އެހީނުވެވި ދާން ޖެހިފައެވެ. ކުޑަދޮރުން ބޭރުގައި ހުރި މަލްހާ މަލައިކާއަށް ގޮވައިލުމުން މަލައިކާ ސިހިފައި އެ ދިމާލަށް ބަލައިލިއެވެ. “ސޮރީ ޒާޔާ. އަހަރެން މި ދަނީ.” ވައި އަޑުން ޒާޔާއާއި ދިމާލަށް އެހެން ބުނެލުމަށްފަހު އިސްޖަހައިގެން ހުރެ މަލައިކާ ކުޑަދޮރުން ބޭރަށް ނުކުތެވެ.

“ނިހާން. ކިހިނެތްތަވީ؟ އަހަރެން ކޮޓަރިން ނުކުތް އިރު މިތާ ބިއްލޫރި ފުޅިއަކާ އެއްޗެހި ތެޅިފަ ހުރީ. ލޭ ވެސް ހުރި. އަނެއްކާ ކިހިނެތްވީތަ؟” ނިހާން ގެއަށް ވަނުމުން ޖަމީލާ ނިހާން ގާތަށް ގޮސް ހާސްވާކަމަށް ހެދުނެވެ. “މަށަކަށް ގޮތެއް ނުވޭ. ޒާޔާއަށް ވާނެ ގޮތެއް ވީ.” އިސްދަށަށް ޖަހައިލަމުން ނިހާން ބުނެލިއެވެ. ހަމަ އެވަގުތު ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ތިނޫން އެހެން ކަމަކާވެސް އަހަރެން ވަރަށް ބޮޑަށް ހާސްވެފަ މި ހުންނަނީ… އެބައޮތް ނިހާނަށް އެއްޗެއް ދައްކާލަންވެފަ.” މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ޖަމީލާ ބުންޏެވެ. “ކޯއްޗެއް؟” ދެބުމަ ގޮށް ޖަހައިލަމުން ނިހާން އެހިއެވެ. އެވަގުތު ސޯފާ ކުރިމަތީ އިން މޭޒުމަތިން ޖަމީލާ އޭނާގެ ފޯނު ނެގިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނުރައްކާ

Next

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-2

Next
August 31, 2020

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-2

Previews
August 31, 2020

ނުރައްކާ

9 Comments!

  1. R¥N says:
    August 31, 2020 at 8:23 am

    Maasha Allah ??
    ??keep it up dear
    Curiously waiting for the next part

    1. Dhonthy says:
      August 31, 2020 at 6:23 pm

      RYN 🙂 🙂 🙂 Thank you so much. And yes! Keep waiting for the next ep 😀 😀 <3 <3 <3 <3

  2. Noo_ra says:
    August 31, 2020 at 2:00 pm

    Varah reethi mi part ves…. Masha allah ❤️❤️☺️..
    Waiting for the next part ??……

    1. Dhonthy says:
      August 31, 2020 at 6:24 pm

      Noo_ra 🙂 🙂 🙂 Thank you so much. And yes! Keep waiting for the next ep 😀 <3 <3 <3 <3

  3. Mal says:
    September 2, 2020 at 9:51 am

    Nice❤️
    Loved it??

    1. Dhonthy says:
      September 3, 2020 at 2:49 pm

      Mal 🙂 🙂 🙂 Thank you so much <3 <3 <3

  4. Sadha says:
    September 3, 2020 at 6:37 pm

    Dhonthyyyy.. sorry fr late reply ingey…
    Mi part vx vrh salhi…. malaika dhw?
    Alhe zaayaa ah dhera gotheh nuhadhahcheyyy?

    1. Dhonthy says:
      September 4, 2020 at 12:58 pm

      Sadha 😀 😀 It’s okay. And thank you so much dear. Yeah dhonthi es v dherawe 🙁 🙁 Zaayaa au dhera goiy goiy waathee 🙁 🙁 <3 <3 <3 <3

  5. ❄️Shafu❄️ says:
    September 9, 2020 at 9:09 pm

    Nice I already read this ☺️☺️

Comments are closed.

Next Episodeޒާޔާ (ތޭވީސްވަނަ ބައި)←


All Right Reserved!