Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 21

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 31, 2020 14 Mins Read
63 Comments

– މި ބައި ކިޔާލަން ކިޔުންތެރިން ފުދޭވަރަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ ޔޫން މައާފަށް އެދެމެވެ. ވިހި ވަނަ ޕާރޓްގެ ބަޔަކާއި އެކީގައި އެކާވީސް ވަނަ ޕާރޓް ޔޫން މި ލިޔުނީ ގިނަ ދުވަސް ވުމާއި އެކީ ކިޔުންތެރިންނަށް ފަސޭހަ ވާނެކަމަށް ނިންމާފައެވެ. ނަމަވެސް ކިޔުންތެރިން ބޭނުންފުޅުވާނަމަ ވިހިވަނަ ޕާރޓް ސްކިޕް ކޮށްލިޔަސް އެންމެ ރަނގަޅު ވާނެއެވެ. –

– ވިހިވަނަ ޕާރޓްގެ ތަންކޮޅެއް –

* ޕޭވްމެންޓް މަތިން ހިނގާފައި ދިޔައިރު ޒައިލީން ހުރީ ރޫބީ، ނައިކެން، ލައުރާ އަދި އައިދިން އާއި ވާހަކަ ދައްކާށެވެ. ޒައިލީންގެ ސަމާލުކަން ހުރީ ފޯނަށް ކަމުން އެއްފަހަރު ޒައިލީން ގޮސް ހޮޅިދަނޑި އެއްގައި ޖެހުނެވެ. ނިތްކުރީގައި ފިރުމަމުން ވާހަކަ ދައްކަމުން ޒައިލީން ކުރިއަށް ދިޔައިރު އެކިއެކި މީހުންގެ ގައިގައި ޖެހެއެވެ. ރަވިކާންއަށް އެމަންޒަރު ބަލަން ނުހުރެވިގެން ހިތާހިތުން ޒައިލީންގެ މޮޔަކަމަށް މަލާމާތް ކުރިއެވެ.

އެންމެ ފަހުން ޒައިލީން ގޮސް ޖެހުނީ ބިޔަ ފިރިހެނެއްގެ ގައިގައެވެ. “ހޭ މޭން.. ވޮޗް ވެއަރ ޔޫ އާރ ގޮއިންގ..!” ރުޅިއައިސްފައި ޒައިލީން އާއި ދިމާލަށް އެ ފިރިހެނާ ލޯ އަޅާލީވެސް ”މޭން” ގެ ނަމުން މުޚާތަބު ކުރަމުންނެވެ. “އަ.. އައިމް ސޮރީ..” ޒައިލީން އަވަހަށް ބުނެލިއެވެ. ”އައި ޑޯންޓް އެކްސެޕްޓް އެނީ ސޮރީ…” އެމީހާ އަދިވެސް ހުރީ ރުޅިގަދަވެފައެވެ. “ކަޓް އިޓް އައުޓް މޭން.. ލެޓް އިޓް ގޯ..” ކުރިން ރޭ ޒައިދާންގެ ފޯނުން ބެލި ފިލްމަކުން އިވުނު ތަންކޮޅެއް ރަވިކާން ކިޔާލީ އެމީހާއާއި ދިމާލަށް ލޯ އަޅާލަމުންނެވެ. ރަވިކާންގެ ދެލޮލުން ރުޅިވެރިކަން ފެނުމުން އެ މީހާ ”ދިސް އެއިންޓް އޯވަރ” އޭ ކިޔާފައި ހިނގައްޖެއެވެ.

އޭރު ކަނެކްޝަނަށް ބުރޫ އަރައިގެން ކޯލްވެސް ވަނީ ކެނޑިފައެވެ. ޒައިލީން ބޭކަރީއަށް ގޮސް އަލުން ގުޅާނަމޭ ބުނެ ދެން ފެށީ ސެލްފީ ނަގާށެވެ. “ތިހެން ދަމުން ގޮސް ޕްރެޒިޑެންޓްގެ ގައިގައި ލައިގަތަސް އިންސިކުއްޖާއަކަށް ނޭނގޭނެ…” ރަވިކާން ދިމާ ކޮށްލިއެވެ. “އިންޓަނެޓް ކުއްޖެއް ދޯ މިއީ މިހާރު…؟” ޒައިލީން ހީނލާފައި އަހާލިއެވެ. “ހޫން.. ދެން އިންސިކުއްޖާ ތީ ސްނެޕް އަދި އިންސްޓާ ކުއްޖެއްނު..” ރަވިކާން ރައްދު ދިނެވެ. މީހުންގެ ގައިގައި ޒައިލީން ޖެހޭވަރުން ރަވިކާން އެންމެ ފަހުން ޒައިލީންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އަދި ޒައިލީން ގަޔާލާ ބޮނޑިކޮށްލައިގެން ކަހަލަގޮތަކަށް ކުރިއަށް ހިނގަން ފެށިއެވެ. ރަވިކާން ކުރިއަށް ހިނގަމުން ދިޔައިރު މީހެއް ޒައިލީންގެ ގައިގައި ޖެހެން އުޅެންޏާ ވަގުތުން އެއްފަރާތް ވެލައެވެ. ސެލްފީ ނެގުމައިގެން ބިޒީވެފައި ހުރި ޒައިލީންއަށް އެއިން ކަމެއް ރޭކާ ވެސް ނުލައެވެ. ރަވިކާން އާއި ކިހާ ގާތެއްގައި ހުރެވުނުކަން އިހުސާސް ކުރެވޭނަމަ މިހާރު ޒައިލީން ލަދުން ދާނެކަން ޔަގީނެވެ. ނަމަވެސް ކަމެއް ރޭކާލާނީވެސް ސެލްފީ ނެގުން ހުއްޓާލިއްޔާތާއެވެ.

“އާދެބަލަ ބޭކަރީއަށް ދާން.. އެތަނުން އައިސްކްރީމް ދޭނެ.. އެހެންނޫނީ އަލްމެންނަށް ކޭކްކޮޅެއް ހިފައިގެން ދެވޭނެއްނު..؟؟” ޒައިލީން ސާޔަލްގެ ބޭކަރީ ދައްކާލަމުން ބުނެލިއެވެ. “ބޭކަރީ ނުކިޔަބަލަ..” ރުންކުރުވެފައި ރަވިކާން ބުނެލިއެވެ. “އެއީ ކީއްވެގެން..؟؟” ޒައިލީންއަށް އެހުނެވެ. “ބޭކަރީ.. ބާރީ.. ނަން އެއްގޮތް ވީމައި…” ރަވިކާން ބުނެލި ޖުމްލައިން ޒައިލީންއަށް ވަގުތުން ހެވިއްޖެއެވެ. އެވަރު ކުޑަކަމަކާއި ރަވިކާން ރުންކުރު ވާން ޖެހޭހެއްޔެވެ.؟ ޒައިލީން ބޭކަރީ ތެރެއަށް ވަދެ އަލުން ލައުރާއަށް ގުޅިއެވެ. އޭރު ލައުރާ ކާރަކުން ފައިބަނީއެވެ. “ކޮންތާކު..؟” ޒައިލީން އަހާލިއެވެ. “އެލްކެޓްރާ ޓައުން ތެރޭގައި… ޒައިމެން ތިހުރި ޕާރކްގައި..” ލައުރާ ހެވިފައި ބުނެލިއެވެ.

“ހާދަ އަނދިރި ވެއްޖެޔޭ… އިޓްސް ގޮއިންގ ޓު ރެއިން..” ނައިކެން ބުނެލި އަޑު އިވުނެވެ. އޭރު ރަވިކާން އައިސްކްރީމް ގަންނަނީއެވެ. “ރަވިކާން އަވަސް ކޮށްބަލަ..” ބޭކަރީގެ ބިއްލޫރިގަނޑުން ބޭރު ބަލާފައި ބުނެލިއެވެ. ރަވިކާން ދެކޮނޑު އަރުވާލީ ރަވިކާންއަށް ދެވޭނީ އެ އަންހެން ކުއްޖާ ކޮތަޅަށް އައިސްކްރީމް ތަށިތައް އަޅާ ނިމުނީމައިކަން އެނގޭތީއެވެ. ”ބާއްވަނީ… އެބަ ދަން ތިކޮޅަށް..” ޒައިލީން ފޯނު ކަނޑާލިއިރު ރަވިކާން ދެ ކޮތަޅު ހިފައިގެން ހުއްޓެވެ. އެހެން އެންމެންނަށް ވާވަރަށް ފިނިބުއިމެއް ގަނެފައި ބާކީ އެ ކޮތަޅުގައި އޮތީ ހަތް ފެންފުޅިއެވެ. އަނެއް ކޮތަޅުގައި އައިސްކްރީމް ތަށިތައް އޮތެވެ. “އާދޭ ދާން.. މިހާރު ވެސް ކަނި ޖަހަން ފަށައިފި…” ޒައިލީން އައިސްކްރީމް ކޮތަޅުގައި ހިފަމުން ބޭރަށް ނުކުމެ ދުއްވައިގަތެވެ. އަރައިގެން ހުރީ ވެޖްއަކަށް ވުމުން ޒައިލީންއަށް ދުވަން އުނދަގޫވިއެވެ. ނަމަވެސް ވެޖް ބާލައިގެން ދުވާކަށްވެސް ޒައިލީންއަކަށް ނުކެރޭނެއެވެ.

“ޝޫޓް… އެ ވާރޭ ބޯ ކޮށްލީ..!!” ރަވިކާންގެ އަތުގައި ހިފާ ދަމަމުން ޒައިލީން ވަނީ ބޭކަރީގެ ކައިރީ ހުރި މޭޒުގައި ހުރި ކުޑަ ދަށަށެވެ. ކުއްލިއަކަށް ރޫބީ ގުޅަން ފެށިއެވެ. “ހަލޯ ވާރޭ ވެހެން ފެށީދޯ..؟؟” ރޫބީ ހުރީ އެ ޕާރކް ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ކަން ޒައިލީންއަށް އެނގުނީ ހަރުގަނޑުތައް ފެނުމުންނެވެ. “އާނ.. އޮއްސާލައިފި…” ޒައިލީން ބުނެލިއެވެ. “ކަޑައެއްނު.. ޑޭ އޮފް ފަން ރުއިންޑް.. ކޮންގްރެޖުލޭޝަންސް ބޭބީ އަލްޔީ… ޔުއަރ ވިޝް ކޭމް ޓްރޫ…” ފަހަތުގައި ހުރި ނައިކެން އަލްޔާގެ ކަންފަތުގައި ހިފާ އަނބުރާލަމުން ބުނެލި އަޑު އިވުނެވެވެ. “އާނ މިއަދު އަލް އުޅުނު ވާރޭ ނުވެހިގެން.. އެންމެފަހުން އެކަންވެސް ވީއެއްނު..؟” ޒައިލީން ސަމާސާ ހިނިތުންވުމަކާއި އެކީގައި ބުނެލިއެވެ.

ކުއްލިއަކަށް ރޫބީގެ ފަހަތުގައި ހުރި ހަރުގަނޑު އަރިއަޅާލިތަން ޒައިލީންއަށް ފެނުނެވެ. ހީނލައިގެން ހުރި ޒައިލީންއަށް ވީގޮތުން ރޫބީވެސް ހާސްވިއެވެ. “ޒައި ވަޓްސް ރޯންގް..؟” ރޫބީ އެއްސެވެ.

އެ ހަރުގަނޑު އަރިއަޅާލިއިރު އޭގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ ޒުވާބު ކުރަން ހުރި ނައިކެންއާއި އަލްޔާއެވެ. ”އަލް.. ނައިކް.. ވޮޗް އައުޓް..!!!” ފޯނު އަނގަޔާއި ކައިރި ކޮށްލާފައި ޒައިލީންއަށް ހަޅޭއްލަވައިގަނެވުނެވެ.

“އިންސި ކުއްޖާ..!!” ކުއްލިއަކަށް ރަވިކާން އައިގޮތަށް އައިސް ޒައިލީންގެ ގައިގައި އޮޅުލައިގަތެވެ. ދެމީހުން އެކީގައި ވެއްޓެން ދިޔައިރު ޒައިލީންއަށް ފޯނުން ހަރުގަނޑު ވެއްޓުނު އަޑާއި ހަރުގަނޑުގައި ހުރި ހުރިހާ އެއްޗެއް ވެރުނު އަޑު އިވުނެވެ. ރަވިކާންގެ ވޭނީ ހަޅޭކުގެ އަޑާއި ރޫބީ ބާރު ބާރަށް ހަޅޭއްލަވައިގަތް އަޑު ޒައިލީންއަށް އިވުނީ އެއްފަހަރާއެވެ. ރަވިކާންގެ ގައިދަށުވެ ޒައިލީން ފިތުނެވެ. ޕޭވްމެންޓް މަތީގައި ބޯ ޖެހުނުލެއް ބާރުކަމުން ޒައިލީންގެ ބޮލަށް އެނބުރުންއެރިއެވެ. ޒައިލީން ހިތްވަރު ކޮށްލާފައި ފޯނަށް ބަލާލިއެވެ. އޭރު ފެނުނީ ރޫބީގެ ފޯނަށް އަރާފައިވާ އައުލްކީންގެ މޫނެވެ. “ރަވިކާން..!” ޒައިލީންއަށް ހަޅޭއްލަވައިގަނެވުނެވެ. ރަވިކާން ފެނުމުން މީހުންގަނޑުވެސް އެދިމާލަށް އެއްވިއެވެ. ބައެއް މީހުން އެމްބިއުލާންސަށް ގުޅަން އުޅުނެވެ. “ނޯ.. ޑޯންޓް…” ރަވިކާން ހޮސްޕިޓަލަށް ގެންގޮސްފިއްޔާ ރަވިކާންގެ އަސްލު ޑޮކްޓަރުންނަށް އެނގިދާނެތީ ޒައިލީންއަށް ބުނެވުނީ އެހެންނެވެ. “ޝީ އިޒް އިންސޭން.. ކޯލް ދަ އެމްބިއުލާންސް..” އެތަނުން މީހަކު އެހެން ބުނެލުމުން ޖެހިގެން ހުރި މީހާ އެމްބިއުލާންސަށް ގުޅަން އަވަސްވެގަތެވެ.

”ކަލޭމެން ވެގެން އަހަރެންގެ……” އައުލްކީން އެއްޗެކޭ ބުނެލި އަޑު އިވުނެވެ. ނަމަވެސް ބޮލަށް އެނބުރުން އަރާފައި ހުރި ވަރުން ޒައިލީންއަށް އައުލްކީން ދެން ކީ އެކައްޗެއްވެސް އަޑެއް ނީވުނެވެ. ނަމަވެސް އައުލްކީން އެ ބުނެލީ ކިހާ މުހިންމު ޖުމްލައެއް ކަން ޒައިލީންއަށް އެނގުނު ނަމައެވެ. *

– އެކާވީސް ވަނަ ޕާރޓް –

* “ކަލޭމެން ވެގެން އަހަރެންގެ……” އައުލްކީން އެއްޗެކޭ ބުނެލި އަޑު އިވުނެވެ. ނަމަވެސް ބޮލަށް އެނބުރުން އަރާފައި ހުރި ވަރުން ޒައިލީންއަށް އައުލްކީން ދެން ކީ އެކައްޗެއްވެސް އަޑެއް ނީވުނެވެ. ނަމަވެސް އައުލްކީން އެ ބުނެލީ ކިހާ މުހިންމު ޖުމްލައެއް ކަން ޒައިލީންއަށް އެނގުނު ނަމައެވެ. *

****************

“އައިމިނަތު ޒައިލީން..!” ޒައިދާންގެ އަޑު ޒައިލީންގެ ކަންފަތުގައި ޖެހުނެވެ. “ހޭ ޒައި އޯކޭތަ..؟” ހެއިލަންގެ އަޑު އިވުމުން ޒައިލީންއަށް ލޯ ހުޅުވާލެވުނެވެ. ޒައިލީންއަށް އޮވެވުނީ އެލްކެޓްރާ ޓައުންގައި ޒައިލީންމެން ހުރެލަން ސާޔަލް ދިން ގޭގައެވެ. “ދޮންބޭ…” ޒައިލީންއަށް ގޮވާލެވުނެވެ. “ޔެސް ދޮންބެ މިހުރީއޭ..” ޒައިދާން ޒައިލީންގެ ކަނާތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ. “ކޮން… ކިހިނެތްވީ..؟؟ ނޫން… ކޮބާ ރަވިކާން..؟؟” މަންޒަރު ސާފުވާން ފެށުމާއި އެކީގައި ޒައިލީން ހަނދާންވީ ރަވިކާންގެ މަތިންނެވެ. “ރަވިކާން އާއި އަލް އާއި ނައިކްއަށް އަނިޔާވީ… ރޫބީ.. ލައޫ.. ދޮންބެ.. އެޑިން އަދި ހެއިލް އޯކޭ…” ޒައިދާން އެ ވާހަކަތައް ކިޔައިދިނީ އެހެން ބުނުމުން ޒައިލީން އަރާމު ކުރަން އޮންނާނެ ކަމަށެވެ. “އޭނ ކީކޭ..؟؟ އަލްމެން ކޮބާ..؟” ޒައިލީން ފުންމައިގެން ތެދުވިއެވެ.

އޭރު ލައިގެން ހުރި އައިސްބްލޫ ޖިންސް ވަނީ ހަޑިވެފައެވެ. “އެގަޑީ… އައުލްކީން އައިސް.. ރަވިކާންގެ ގަޔަށް… އެ ހޮޅިދަނޑި ކޮއްޕާލީ…!!” ވީގޮތް ޒައިލީންގެ ހަނދާނަށް އައީ ދެނެވެ. ޒައިލީން ވަގުތުން ކޮޓަރިން ނުކުމެ ފިރިހެން ކުދިންގެ ކޮޓަރިއަށް ވަނެވެ.

“އަލް..” އެ ކޮޓަރިއަށް ވަތްއިރު އަލްޔާ ހުރީ އެނދުގެ ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެގެންނެނެވެ. އަލްޔާ އިނީ ބޮލުގައި އައިސްޕެކެއް ޖައްސައިގެންނެވެ. “ވަރަށް ކަޑަ… އެ ވެއްޓުނު ގަޑީ އަހަރެމެން ދެ މީހުންނަށް އަނިޔާވީ..” ނައިކެން އިނީ ހެއިލަންގެ އެނދުގައި އިށީނދެލައިގެންނެވެ. ނައިކެންގެ އަތުގައި ވަނީ ބޮޑު ޕްލާސްޓަރއެއް އަޅާފައެވެ. އެވަރުންވެސް ނައިކެން އިނީ ހެވިދިލިފައެވެ. “ބޮޑު ބޮޑު ދަގަނޑު ހަރުގަނޑެއް އަހަރެމެންގެ ގައިމައްޗަށް ވެއްޓުނީމަ ދެން ވާނީވެސް ތިހެންނެއްނު..؟ ހަރުގަނޑު ވެއްޓުނު އިރަށް އަލް ވެއްޓުނީ ނައިކްގެ ގައިމައްޗަށް.. ނައިކްއަށް ބެލެންސް ނުކުރެވިގެން ވެއްޓުނު ގޮތުން އެ އޮތީ ކަނާތް ކޯމާއަކަށް ގޮސްފައި.. ހަރުގަނޑުގެ ކަނެއް ގޮސް ޖެހުނީ އަލްގެ ބޮލުގައި.. އައުޗް.. އަދިވެސް ވަރަށް ތަދުވޭ އެބަ..” އަލްޔާ ވީގޮތް ކިޔައިދިނެވެ. “ދެން އަލްޔާ.. ތި އައިސްޕެކް ގައި އަތުގައި ތަންކޮޅެއް ވަރު ބަހައްޓައިގެން ހިފޭއްޓީމައެއްނު ދުޅަ އަވަހަށް ތިރިވާނީ..؟ އޯހް ޒައިވެސް އެބަހުރިންދޯ…؟” އަލްޔާއަށް ކުދިކިޔަމުން އެތެރެއަށް ވަތް ރޫބީއަށް ޒައިލީން ފެނުނީ އިރުކޮޅެއް ފަހުންނެވެ.

“ރޫބޭބީ…. އާދޭ މަށަށް ކާންދޭން ދާން…” ނައިކެން ތެދުވެ ސަލާމަތުން އޮތް އަތުން ރޫބީގެ އަތުގައި ހިފާ ދަމަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ޒައިލީން ހުރީ ރަވިކާން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަން އަލްޔާއަށް ފާހަގަ ވުމާއި އެކީގައި އައިސްޕެކާއި ފޯނު ހިފައިގެން ބޭރަށް ނުކުތެވެ. ދޮރު ހިންމި އަކަށް ހުޅުވާލާފައި އަލްޔާ ކޮޓަރިން ބޭރުގައި ސިއްރުސިއްރުން ބަލަން އިނީ ޝައުގުވެރިވެފައި ވާލެއް ބޮޑު ކަމުންނެވެ. އިރުކޮޅަކުން ޒައިދާންވެސް އައިސް އަލްޔާ އާއި ބައިވެރި ވެއްޖެއެވެ. އޭރު ނައިކެން، ރޫބީ، އައިދިން އާއި ލައުރާގެ އިތުރުން ހެއިލަން ހުރީ ތިރީގައެވެ.

އޭރު ރަވިކާން އޮތީ އެނދުގައި ބާއްވާލާފައެވެ. ދެލޯ މަރާލައިގެން އޮތްއިރު ފުން ނިންޖަކަށް ގެނބިފައި އޮތްހެން ހީވެއެވެ. ބަނޑުގެ އެއްފަޅީގައި ބޭސްގަނޑެއް އަޅާފައިވެއެވެ. ހުދުކުލައިގެ އެ ބޭސްގަނޑަށް ވެސް ވަނީ ލޭ ކުލަ އަރާފައެވެ. ނަމަވެސް ޒައިލީން ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ވަގުތު ވީ ކަންތައްތައް މަތިން ހަނދާން ވުމުންނެވެ.

ޒައިލީން ރޫބީ އާއި ވާހަކަ ދައްކަން ހުއްޓާ އަލްޔާ އާއި ނައިކެން އެވަނީ ނުރައްކަލެއްގެ ތެރޭގައި ކަން އެނގުމުން ހަޅޭއްލަވައިގަތް މަތިން ހަނދާންވިއެވެ. އެވަގުތުކޮޅު ރަވިކާން އިންސިކުއްޖާއޭ ކިޔާ ހަޅޭއްލަވައި ގަނެފައި ޒައިލީން ގެންގޮސް ގަޔާލާ ބޮނޑި ކޮއްލިމަތިން ވެސް ހަނދާންވިއެވެ. ދެން ހަނދާންވީ ރޫބީ އާއި ރަވިކާން ހަޅޭއްލަވައިގަތް މަތިންނެވެ. އަދިވެސް ދެއަޑު އެއްފަހަރާ ކަންފަތް ބުޑުގައި ގުގުމާހެން ޒައިލީންއަށް ހީވިއެވެ. އެ ވަގުތު ވައިމަތީގައި އައުލްކީން އުދުހެން ހުރިމަތިވެސް ހަނދާންވިއެވެ. އެ ވަގުތު ރަވިކާން ޒައިލީން ގަޔާލާ ފިއްތާލީ ޒައިލީން ސަލާމަތް ކުރުމުގެ ނިޔަތުގައި ކަން ސާފުވީ އައުލްކީން އަތުހުރިބާރެއްލާ ހޫރާލި ހޮޅިދަނޑިން އަނިޔާ ވެފައިވަނީ ރަވިކާންއަށް ކަމަށް ވުމުންނެވެ. ބިންމަތީގައި ބޯ ޖެހުނު ވަގުތު ދެން އައުލްކީންގެ ސޫރަ ފެނުނީ ފޯނުގެ ސްކްރީން އިންނެވެ. “ކަލޭމެން ވެގެން އަހަރެންގެ………………” އެއީ ޒައިލީންގެ ކަންފަތަށް އެވަގުތަށް އިވުނު އެންމެ ފަހު ޖުމްލައެވެ.

ޒައިލީން ހަނދާން އާކޮށްލާފައި އަނެއްކާވެސް ރަވިކާންގެ މޫނަށް ބަލާލިއިރު ދެލޮލުގައިވާ ކަރުނަތައް ހީވަނީ ދެންމެދެންމޭން އޮހިގެންފާނެ ހެންނެވެ. ރަވިކާންގެ ވަރައަށް ވެސް ގެއްލުން ލިބިފައިވާކަން ޒައިލީންއަށް ފާހަގަވިއެވެ. ޒައިލީން ދެން އިށީނީ އަލްޔާ ކުރިން އިން ގޮނޑީގައެވެ. ނަމަވެސް ރަވިކާން އަށް ފުރަގަސް ދީގެންނެވެ. ރަވިކާން ޓީޝާޓް ނުލާ އޮތުމުން ޒައިލީން ލަދުގަތީއެވެ.

”ރަވިކާން ޔޫ އިޑިއަޓް..!!” ޒައިލީން ވާހަކަ ދައްކަން ފެށިއެވެ. ”އައުލްކީން އާއި ސީދާސީދާކޮށް ދިމާ ކުރަން ދިޔަނަމަ.. އޭރުން ތިވަރެއް ނުވީހެއްނު..؟” ޒައިލީން ކުދި ކިޔައިގަތެވެ. “ރަވިކާންއަށް އަނިޔާވާ ކޮންމެ ފަހަރަކު އަނިޔާ ވަނީ ޒައިއާއި ހެދި.. ޕްލީޒް.. ޖަސްޓް ސްޓޮޕް ޕްރޮޓެކްޓިންގ މީ…! ރަވިކާން އަށް އަނިޔާވާ ފަހަރުތަކުގައި ޒައިގެ ހިތަށް އަރަނީ ރަވިކާންއަށް ތިވާ އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ ޒައިއަށޭ… އެންޑް އެހެން ހިތަށް އެރީމަ ވަރަށް އުނދަގޫވެޔޭ…” ޒައިލީން ވާހަކަ ކުރިއަށް ގެންދިޔައިރު ދެލޯ ފުރިގެން ކަރުނަތައް ފައިބަން ފަށައިފިއެވެ. ޒައިލީންއަށް ނޭނގުނީ ޒައިލީން ދެއްކިހާ ވާހަކައެއް އަޑުއަހަން ރަވިކާން އޮތްކަމެވެ.

“ރަވިކާން ބުނެބަލަ… އައުލްކީން އަހަރެމެންނަށް އަނިޔާކޮށް އަހަރެމެންގެ ދުވަސް ދުއްވާލަން ބޭނުން ވަނީ ކީއްވެގެންކަން…. އޭނަ އެންމެންނަށް އަނިޔާވެރި އެވަނީ ކީއްވެގެންތަ..؟؟ އަހަރެމެންގެ ކުށަކީ ކޮބާތަ..؟؟” ޒައިލީން ދިޔައީ ސުވާލަކަށް ފަހު ސުވާލެއް އުފައްދަމުންނެވެ. “ދެން އަޑުއަހާތި..! ދެން އެންމެ ފަހަރަކު ވެސް ރަވިކާން ޒައި ރައްކާތެރި ކުރަން ނުހަދާތި…!!! ޒައިއަށް އަނިޔާއެއް ވިޔަސް އިންޝާ ﷲ ޒައިއަށް ކެތްކުރެވޭނެ… އެކަމަކު ރަވިކާންއަށް އަނިޔާއެއް ވެއްޖެނަމަ…….” ޒައިލީންއަށް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. ހީވީ ބަސްހުސްވިހެންނެވެ.

”އެކަމަކު އަހަރެންނަށް އަނިޔާ ވެއްޖެނަމަ…؟؟؟؟؟؟” ރަވިކާންގެ އަޑަށް ސިހިފައި ޒައިލީންއަށް ފަހަތް ބަލާލެވުނެވެ. އޭރު ރަވިކާން އޮތީ ލޯ ހުޅުވާލައިގެންނެވެ. ހިނިއައިސްފައި އޮތްވަރުން ދެންމެ ޒައިލީން ކީ ހުރިހާ އެއްޗެއް ރަވިކާންއަށް އަޑުއިވުނުކަން އެނގިގެން ދިޔައެވެ. “ޝޫޓް.. ދެންމެ ކީއެއްޗެހި ރަވިކާންއަށް އަޑު އިވުނީބާ..؟؟” ޒައިލީންއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުމާއި އެކީގައި ހީވީ ދެ ކޯތާފަތް ވިރިގެން ފައިބަފާނެހެންނެވެ. ދުވަހަކުވެސް ޒައިލީން އެހާ ލަދެއް ނުގަނޭ ކަންނޭނގެއެވެ. “މާތްކަލާކޯ.. ސުއްބޫހުން…” ޒައިދާން ޝަހާދަތް އިނގިލި ގެންގޮސް ތުންފަތުގައި ޖައްސާލާފައި ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.

“ދެން ޒައިދާން ގަނޑާ..!! ޝްޝްޝް… ސީން ފަނިކޮށްލަން ނޫޅެބަލަ..” އަލްޔާ ޒައިދާންގެ ކަކުލުގައި ޖަހާލާފައި ރަވިކާންއާއި ޒައިލީންގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ. “ޒައި.. މަ ދުވަހަކުވެސް ނުދެކެން ޒައި އެހާ ލަދުގަނެފަ ހުއްޓައެއް… ހީވަނީ ބަލަން ހުއްޓާ ވިރިދާނެހެން ވިއްޔާ.. އޭ އަލްގަނޑު އެއްފަރާތްވެބަލަ… މަށަކަށް ނުފެނެޔޭ..” ޒައިދާން ކުޑަކަކޫ މައްޗަށް ތިރިވެފައި އަލްޔާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލިއެވެ. އަދި އަލްޔާގެ ކޮނޑުމަތިން ލާފައި ކުރިމަތީ ކުޅެވެމުންދިޔަ ‘ޑްރާމާ’ ބަލަން ފެށިއެވެ. ދެމީހުންނަށް ހުރި ގޮތުން ޒައިދާންގެ ހޫނު ނޭވާތައް އަލްޔާއަށް އިހުސާސް ވަމުން ދިޔައެވެ. ޒައިދާންއަށް ނޭނގުނީ އޭނާގެ އެ ކުޑަ އަމަލުން އަލްޔާގެ ހިތް ތެޅެން ފަށައިފިކަމެވެ.

“އަމްމްމް..” ޒައިލީންގެ އަނގަ ރަނގަޅަށްވެސް ބަންދުވެއްޖެއެވެ. “ވާހަކަ ކުރިއަށް.. އަހަރެން މިހުރީ އަޑު އަހަން..” ރަވިކާން ބޭނުންވީ ޒައިލީން އިތުރަށް ލަދު ގަންނަވާލާށެވެ. ޒައިލީން ނުފެނި ގިނައިރު ވުމުން ނުތަނަވަސްވެގެން ތެޅެން ފެށި ރަވިކާންގެ ހިތަށް ވަނީ ޒައިލީން އަލުން ފެނުމުން އާދަޔާޚިލާފް ހަމަޖެހުމެއް ލިބިފައެވެ. “ކީކޭ..؟؟ ކޮން ވާހަކައެއް..؟” ޒައިލީންއަކީ ވާހަކަ އޮޅުވާލަން ވެސް މޮޅު މީހެކޭ ރަވިކާންގެ ހިތަށް އެރިއެވެ. “ދެން ނޭނގޭކަމަށް ނުހެދިޔަސް ރަނގަޅުވާނެ.. އިންސި ކުއްޖާ ރުއިކަން ވެސް އަހަންނަށް އެނގޭ…” ރަވިކާން އަމިއްލަ ދެކޯތާފަތުގައި އިނގިލި ބީއްސާލިގޮތުން ޒައިލީންއަށް އަމިއްލަ ދެކޯތާފަތުގައި އަތް ޖައްސާލެވުނެވެ. ތެތްކަން އިހުސާސް ކުރެވުމުން ކަރުނަތައް ނުފޮހެވޭކަން ޒައިލީންއަށް އެނގުނެވެ.

“އޭތް އާދެބަލަ…” ރަވިކާން ޒައިލީންއަށް އިޝާރާތް ކޮށްލީ އޭނާގެ ގާތަށް އައުމަށް ބުނާށެވެ. ޒައިލީން ވާނުވާގައި ހުރެ އެނދާއި ތަންކޮޅެއް ގާތަށް ޖެހިލިއެވެ. ”އެހެން ބުނީމައި އެންމެ ފިޔަވަޅެކޭ އަޅަންވެސް އެނގުނީ… އަދި އާދެބަލަ..” ރަވިކާން ޕިސްޕިސް ކިޔާލިއެވެ. ޒައިލީން ކުޑަކޮށް ލަދުގަތެވެ. ރަވިކާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. ”އިންސިކުއްޖާ ކާލާކަށެއް ނޫޅެމޭ… އަދިވެސް ކުޑަކޮށް ކައިރިއަށް..” ރަވިކާން އެހެން ބުނުމުން ޒައިލީން އެނދާއި ވެވެން އޮތްހާ އެންމެ ގާތެއް ވިއެވެ. “ދެން ތިރިވެބަލަ….” ރަވިކާން ތިރިއަށް އިޝާރާތް ކޮށްލުމުން ޒައިލީން ގުދުވެލިއެވެ. “އަދިވެސް ބޮޑަށް..” ރަވިކާން ކިޔާ އެއްޗެހިން ޒައިލީންއަށް ހުރެވުނީ ވާނުވާ ނޭނގި އެހާމެ ލަދުވެސް ގަނެފައެވެ.

ޒައިލީން ވަކިވަރަކަށް ގުދުވުމާއި އެކީގައި ރަވިކާން ޒައިލީންގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. އެވަގުތު ހުރެވުނީ ނުވިސްނާކަމުން ޒައިލީން އަރިއަޅާލި ގޮތަށް މަތަވީ ރަވިކާންގެ ގައިގައި ޖެހުމުންނެވެ. ރަވިކާން ޒައިލީންގެ އަތުގައި ހިފާ އަދި އިތުރަށް ގާތަށް ދަމާލިއެވެ. “ރަވި..ކާން..” ޒައިލީންގެ ދުލުން ރަވިކާންގެ ނަން ބޭރުވީ ވައިއަޑަކުންނެވެ. “ހައްހައްހައްހާ..!!” ރަވިކާން ޒައިލީންގެ ޖިންސުގެ ޖީބުން ޒައިލީންގެ ފޯނު ނަގާފައި ކާމިޔާބީގެ ފަޚުރުވެރި ހިނިގަނޑެއް ޖަހާލިއެވެ.

“ރަވިކާން އެ އުޅުނީ ފޯނުގެ ބޭނުމުގައިތަ..؟؟” މަންޒަރު ބަލަން އިން ޒައިދާން ބޮލުގައި ޖަހާލާފައި އެއްސެވެ. “އެހެންކަމަށް ބަލާ… ޒައިދާން ޑިސަޕޮއިންޓް ވަނީ ކީއްވެގެންތަ..؟” އަލްޔާ އަހާލިއެވެ. “މަ ހީކުރީ އަދި ބޭޑްބޯއި ވާންކަމަށް ރަވިކާން އުޅުނީ..” ހިނިއައިސްފައި ޒައިދާން ބޯ ކަހާލައިފިއެވެ. “އީވިލް ޒައިދާން ވެސް ވިސްނާ އެއްޗެހި ދޯ…” އަލްޔާ ޒައިދާންގެ ބޮލުގެ ފުއްކިބައިގައި މަޑުމަޑުން ޖަހާލިއެވެ. “އައިސްޕެކް ޖައްސައިގެންނެއް ނޫންދޯ ތި އިނީ…؟ ޕިސްޕިސްޕިސް.. ދެން ދުޅަ ތިރިވާނީ ކިހިނެތްތަ..؟ މިހެންނޭ މީހުން ބޮލުގައި އައިސްޕެކް ޖައްސައިގެން އިންނާނީ….” ޒައިދާން އަލްޔާގެ އަތުގައި ހިފާ ގެންގޮސް ބޮލުގައި އައިސްޕެކް ޖައްސާ ކުޑަކޮށް އޮބާލިއެވެ. “އައު.. އައުޗް ޒައިދާން.. އޭތް ހަމަ އަސްލަށް ވެސް އައުޗް.. ޒައިދާންގަނޑާ..!” އަލްޔާ ޒައިދާންގެ އަތް ފޮޅުވާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޒައިދާން އަލްޔާގެ ބޮލުގައި އައިސްޕެކް ޖައްސައިގެން ހުރީއެވެ. ފިނިވާވަރުންނާއި ތަދުވެގެން އަލްޔާ ދެ ފަރާތަށް ތެޅުނުއިރުވެސް ޒައިދާން ހީނލަހީނލަ ހުއްޓެވެ.

“އަނހަ މިއޮތީ ކިހިނެތްވެފައި..؟” ރަވިކާން އެއްބުމަ އަރުވާލީ ފޯނުގެ ސްކްރީން ތަޅައިގެން ގޮސްފައި އޮތުމުންނެވެ. ޒައިލީން އޮތްގޮތަށް ހަރަކާތެއް ނުކޮށް އޮތުމުން ރަވިކާން ޒައިލީންގެ ކޮނޑުގައި މަޑު މަޑުން ޖަހާލިއެވެ. “ރަވިކާން…!!!!” ޒައިލީން ރަވިކާންގެ ކަންފަތްބުޑުގައި އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަތެވެ. ރަވިކާންގެ ކަންފަތް ހީވީ ބައްވި ހެންނެވެ. ލިބުނު ކުއްލިޝޮކުން ފުންމައިގެން ތެދުވެވުނީ ކިހިނެތްކަމެއްވެސް ރަވިކާން އަކަށް ނޭނގުނެވެ. ”އޮށޯވޭ.. ވައުންޑްއަށް ބާރު ކުރާނެ..” ޒައިލީންއަށް ކުރިއަށް ވުރެ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. “އައްދިއްޔޯއި..!!! އިންސިކުއްޖާ ހަޅޭއްނުލަވަބަލަ..!!” އެއްއަތުން ކަންފަތުގައި އަނެއް އަތުން ބަނޑުގައި އަޅާފައިވާ ބޭސްގަނޑުގައި ހިފާއްޓައިގެން ހުރެ ރަވިކާން އެއަށްވުރެ ބާރަށް ހަޅޭއް ލަވައިގަތެވެ. “ކިހިނެތްތަ ތިވަނީ..؟ އަޅެފަހެ މިއީ މުބާރާތެއްތަ..؟ މަވެސް ލައްވައިގެން ހަޅޭއްލަވާބަލަ..!!” އެތެރެއަށް ވަދެގެން އައި ނައިކެން ރަވިކާން އާއި ޒައިލީންއަށްވުރެ ވެސް ބާރަށް ހަޅޭއްލަވައިގަތެވެ.

”އޯކޭ ހަޅޭއްލެވުމުގެ މުބާރާތް ނިމުނީ… އެއްވަނަ ލިބުނީ ޒައިއަށް..” އަލްޔާ އައިސް ބުނެލިއެވެ. “ލައޫ އާއި އެޑިން އަދި ރޫބީ ކޮބާތަ..؟” ޒައިދާންގެ ފަހަތުން އެތެރެއަށް ވަނީ ހެއިލަން އެކަނިކަމުން ޒައިލީންއަށް އެހުނެވެ. “ލައުރާއާއި ރޫބީ އެބައުޅޭ.. މައްޗަށް އަރަން ނުކެރިގެން ކަންނޭނގެ.. އައިދިން ބޭރަށް ގޮސްވެއްޖެ އޭނަގެ ކާރު ބަލާ…” އަލްޔާ ހީނލިއެވެ. އެންމެން އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެފައި ނައިކެން ދިޔައީ ރޫބީ ގޮވާލުމުންނެވެ. އައިދިން ބަލާ އައިސްފިކަން އަންގާލަން ވެގެންނެވެ. ސަލާންގަލާން ކޮށްފައި ނައިކެން ދިޔައީ އަދި ބައްދަލުވާނެކަމަށް ބުނެފައެވެ.

ނައިކެންމެން ދިޔަކަން ޔަގީން ކޮށްފައި ޒައިލީން ޒައިދާންގެ މޫނަށް ބަލާލިއެވެ. ޒައިލީން ހުރިގޮތުން އެއުޅެނީ ވާހަކައެއް ބުނަންކަން ޒައިދާންއަށް އެނގުނެވެ. “ޒައި ބުނަން ބޭނުންވާ އެއްޗެއް ބުނެބަލަ.. ދޮންބެ އެބަ އަޑުއަހަމޭ..” އެހެން ނުބުނަނީސް ޒައިލީން ބަހެއް ނުބުނާނެކަން އެނގޭތީ ޒައިދާން ބޯ ޖަހާލާފައި ޒައިލީންގެ ގާތު ބުނެލިއެވެ.

“ދޮންބޭ ޒައި ބޭނުން މާދަމާ ކޮންމެވެސް ތަނަކަށް ދާން..” ޒައިލީން ފުން ނޭވާއެއް ލާފައި ބުނެލިއެވެ. “ކޮންތަނަކަށް ދާންވީ މިހާރު..؟ ޕާކަށް..؟” ޒައިދާން ހިނިގަނޑެއް ޖަހާލާފައި އަހާލިއެވެ. “ނޫން.. ހެތެނީސް އެލްފޯމޭނިޔާ ސްކޫލްއަށް…” ޒައިލީން ބުނެލި ޖުމްލައިން ހިނިއައިސްފައި ހުރި ޒައިދާންއަށް ސީރިއަސް ވާން މަޖުބޫރުވިއެވެ. “ވަޓް..؟ ކީއްކުރަން އެތަނަށް ދަނީ..؟؟ މިހާރު ސްކޫލަށް ދިޔަސް ނުކިޔަވައިދޭނެ…” ޒައިދާން ބުނެލިއެވެ. “ކިޔަވާކަށް ނޫން ޒައި ދާން ބޭނުން ވަނީ…” ޒައިލީން ތުން އޫކޮށްލިއެވެ. “ދެން ކީއްކުރަންތަ..؟ އެ ހުދުހުދު އޭންޖެލްއަށް ޒައި ފެނިއްޖެއްޔާ ދުވަސް ދުއްވާލާނެ.. ވަޓް ވިލް އައި ޑޫ ވިތް އައުޓް މައި ލޯބި ބޭބީ ސިސް…؟” ޒައިދާން ދެރަވާކަމަށް ހަދާލީ ޒައިލީންގެ ވިސްނުން ބަދަލުވޭތޯއެވެ. “ނޫނެކޭ ޒައި ދާން ބޭނުމޭ..” ޒައިލީން ގަދަ ހެއްޖެވެ. “ކާކާއި އެކީގައި ޒައި ދާނީ..؟” އަލްޔާ އެންމެ ފަހުން އަހާލިއެވެ. “އަމްމް… ހެއިލްވެސް ދޮންބެވެސް އަލްވެސް ހަމަ ތިހުރީނު..؟” ޒައިލީން ބުނެލިއެވެ. “އަހަރެންނާއި ނުލާ އިންސި ކުއްޖާއަށް މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އެޅިގެންނެއް ނުވާނެ..” ރަވިކާން އެހެން ބުނެލިގޮތުން ހީވީ އަމުރެއް ކޮއްލިގެންނެވެ. ޒައިލީން ބުމަ އަރުވާލިގޮތުން ރަވިކާން ލާނެތް ފާޑަކަށް ހީނލިއެވެ. ހެއިލަން ދުރު ބަލާލިގޮތް އަލްޔާ އަށް ފާހަގަވިއެވެ.

“ރަވިކާން ބޭރަށް ދަނީ..؟ އަދި ތިއުޅެނީ އެންމެ ފިޔަވަޅެއްވެސް ނާޅާލެވިގެން..” އަލްޔާ ކަންބޮޑުވުން ފާޅުކުރިއެވެ. ”އަހަރެން މިއީ އިންސާނެއް ނޫން ރަނގަޅުވާން އެއް މަސް ނަގާކަށް..” ރަވިކާން ދެ ކޮނޑު އަރުވާލާފައި ހިނގަންފެށި ގޮތުން އަލްޔާ އަނގަ ނަގައިގެން ބަލަން ހުއްޓެވެ. “އެންމެރަނގަޅު.. މާދަމާ އަހަރެމެން ފަސް މީހުން އެކީގައި ސްކޫލަށް ދާނީ… އެންމެ ރަނގަޅެއްނު..؟” ޒައިލީން ގޮތް ދޫނުކުރާނެކަން އެނގުމުން ޒައިދާން އެއްބަސްވިއެވެ.

ދާނެ ވަގުތު ކަނޑައަޅާފައި ޒައިދާން އާއި އަލްޔާ ނުކުތުމުން ހެއިލަންވެސް އިރުކޮޅަކު މަޑުކޮށްލާފައި ބޭރަށް ނުކުތެވެ. ކޮޓަރިތެރޭގައި ޒައިލީން އާއި ރަވިކާން އެކަނިވިއެވެ. “އޯކޭ.. އަހަރެން ކުރިން ކުރި ސުވާލަށް މިގަޑީ ޖަވާބެއް ދީ..” ރަވިކާން ޒައިލީންއާއި ހަތަރުކަޅި ހަމަކޮށްލާފައި ބުނެލިއެވެ. “ކޮން ސުވާލެއް..؟” ޒައިލީންއަކަށް ނޭނގުނެވެ. ރަވިކާން ބުމަ ގޮށްޖަހާލާފައި ހީނލިގޮތުން ޒައިލީން ކުއްލިއަކަށް ހަނދާންވިއެވެ. “އެއީ އެގަޑީ.. އަމްމް.. ޒައި ފްރަސްޓްރޭޓްވެފައި އިނީމައި ކިޔުނު އެއްޗެކޭ..” ޒައިލީން ބުނެލިއެވެ.

”ނިދަން ދާން ނުވޭ..؟” ރަވިކާން އަހާލިއެވެ. “ކިހިނެތްވީ..؟ ގަޑިން ކިހާވަރެއް ވީ މިހާރު..؟” ހޭވެރިކަމެއް ވުމުން ޒައިލީންއަށް ދުވެފައި އެ ކޮޓަރިއަށް އާދެވުނީ ގަޑިއެއް ސާއަތެއް ނުބަލާކަން ހަނދާންވީ ދެނެވެ. “އަހަރެންނަކަށް ނޭނގޭ އިންސިން ވަގުތު ބަލާއުޅޭ ގޮތެއް.. އެކަމަކު އެނގެނީ މިހާރު އިންސިން ނިދަންވާ ގަޑި ޖެހިއްޖެކަން..” ރަވިކާން ކޮނޑު އަރުވާލާފައި ކުޑަދޮރުން ބޭރު ބަލާލިއެވެ. ހަނދުވަރުގެ އަލިން ގޭ ކައިރީގައި ހުރި ގަސްބުޑުގައި މަޑުކޮށްލައިގެން ހުރި ސާޔަލް ފެނުނެވެ. ރަވިކާން ފެނުމާއި އެކީގައި ހަނާ އަޅާލާފައި ސާޔަލް ހިނގައިގަތެވެ.

ރަވިކާން އަޅިކުލައިގެ ޓީޝާޓެއް މަހާލާފައި އެނދަށް ވެއްޓިގަތެވެ. “އޭތް..!” ޒައިލީން ނުކުންނަން ދަނިކޮށް ރަވިކާން ގޮވާލިއެވެ. “ކިހިނެތްވީ..؟ ދެންމެ ބުނި ކަންނޭނގެ ނިދަން ދާން ނުވަނީހޭ…؟؟” ޒައިލީން ގޮސް އަނެއްކާވެސް އެ ގޮނޑީގައި އިށީނެވެ. “އިންސިކުއްޖާ ކީއްކުރަންތަ އަލުން ނެއިލޮންގެ އިމާރާތަށް ދާން ތި އުޅެނީ..؟” ހެތެނީސް އެލްފޯމޭނިޔާއަށް ދާން ބޭނުންވާ ވާހަކަ ޒައިލީން ބުނިފަހުން ރަވިކާން އަހަން ބޭނުންވި ސުވާލު އަހާލިއެވެ. “އެއީ ނެއިލޮން ސަރ ބުނި ވާހަކައަކުން..” ޒައިލީން ބެލީ ވީހާވެސް ކުރު ކުރު ޖަވާބުތަކުން ފުއްދާލެވޭތޯއެވެ. “އިންސިކުއްޖާ…” ރަވިކާން ރުންކުރު އަޑަކުން ބުނެލިއެވެ. “ހްމްމް..” ޒައިލީން ރައްދުގައި ބުނެލިއެވެ. “ނެއިލޮން ކީކޭ ބުނެގެން ދާން ބޭނުންވީ..؟؟” ރަވިކާން އެއްސެވެ. “އާދިޔަން… ލައިބްރަރީގެ ތޭރަވަނަ ހަރުގަނޑު..” ޒައިލީން އެ ޖުމްލަ ބުނުމާއި އެކީ ހީވީ ރަވިކާންގެ ގަޔަށް ބިޗުލެއް ކަށިޖެހި ހެންނެވެ. ފުންމައިގެން ތެދުވިގޮތަށް ރަވިކާން ގޮނޑީގެ ދެއަތްގަނޑުގައި ހިފާ ޒައިލީންގެ މޫނާއި ދިމާލަށް ގުދުވެލިއެވެ. ކުއްލިއަކަށް ރަވިކާން ހަރަކާތްކުރުމުން ޒައިލީން ސިއްސައިގެން ގޮސް އަނގަމަތީ އަތްއެޅިއެވެ. ބުނެވުނު އެތި ރޭކާލީ ރަވިކާންއަށް އެޖެހުނު ޝޮކުގެ ބޮޑުކަމުންނެވެ. ޒައިލީންއަށް ތުންފަތުގައި ދަތް އަޅާލެވުނީ ދެން ބުނާނީ ކީކޭކަން ދުލުކުރިއަށް ނައުމުންނެވެ.

“އާދިޔަން.. އިންސިކުއްޖާ ތިބުނީ އަހަރެންގެ ބައްޕަގެ ވާހަކައެއް ނޫންތަ…؟” ރަވިކާން އަހާލިއެވެ. “އާނ.. ހީވަނީ އެހެން…” ސިއްރު ކުރަން ބޭނުންވި ޖުމްލަ ދުލުން ބޭރުވުމުން ޒައިލީން އިތުރަށް ސިއްރުކުރާ ޚިޔާލެއް ނުކުރިއެވެ. “ނެއިލޮންއަށް އަހަރެންގެ ބައްޕަ ކިހިނެތްތަ އެނގެނީ..؟ އަހަރެން ވެސް ބައްޕަ މަތިން ހަނދާނެއް ނުހުރޭ..” ރަވިކާން ބޯ ކަހާލާފައި ބުންޏެވެ. “އަސްލުވެސް..؟ ދެން ނެއިލޮން ސަރ އާއި ރަވިކާންގެ ބައްޕައާއި ކުރިން ދިމާވީ ކަންނޭނގެއެއްނު..؟” ޒައިލީންއަށް ވިސްނުނު ގޮތް ބުނެލިއެވެ. “އާދެބަލަ ބޭރަށް…” ރަވިކާން ޒައިލީންގެ މޫނަށް ބަލާލާފައި ބުނެލިއެވެ. “ކީއްކުރަން ބޭރަށް..؟ ނިދާގަޑި ޖެހިއްޖެއެއްނު..؟ ޒައި މިދަނީ ނިދަން ދާން…” ޒައިލީން ބުނެލިއެވެ. ރަވިކާން ކުރިން ނިދާ ވާހަކަ ދެއްކީތީ ޖެއްސުމަށެވެ. “ނާންނަންޏާ ގަދަކަމުން ގެންގޮސްފާނަން..” ރަވިކާން ލޯ އަޅާލިއެވެ. “ތިކަން ވެދާނެ ހުވަފެނުގައި..” ޒައިލީން ފުޅާ ހިނިތުންވުމެއް ދައްކާލާފައި ކޮޓަރިން ނުކުންނަން ދިޔައެވެ. ރަވިކާން ތުން ވަށްކޮށްލައިގެން ހުރެފައި ޒައިލީންގެ އަތުގައި ހިފާ ދަމައިގަތް ގޮތަށް ކުޑަދޮރުން ބޭރަށް ފުންމާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ދެން… ނިދި އައިސްފިޔޭ.. މިގަޑީ މިހެން މިބުނީ ޖެއްސުމަކަށް ނޫނޭ..” ރަވިކާން ލައިގެން ހުރި ޓީޝާޓް އަތަށް ބޮނޑިކޮށްލައިގެން ހުރެ ޒައިލީން ބުނެލިއެވެ. “ގަދަކަމުން ގެންދާނަމޭ ބުނީމެއްނު..؟ އެގަޑީ ބަސް އަހައިގެން އައިނަމަ..” ރަވިކާން ހިނިގަނޑެއް ޖަހާލިއެވެ. ޒައިލީން ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ތިރި ބަލާލިއެވެ. އެހާ އުހުގައި ހުރެ ތިރި ބަލާލުމުން ހީވީ އުސް އިމާރާތެއް ނޫނީ ފެރިސް ވީލްއެއްގައި ހުރެވުނު ހެންނެވެ. ޒައިލީންއަށް މަޖާވިއެވެ. ޒައިލީން ހޭންފެށިހެން ހީވެގެން ރަވިކާންއަށް ބަލާލެވުނެވެ. “މިހާރު ތި ހެނީ ކީއްވެގެން..؟” ރަވިކާން އެއްސެވެ. “އެމިއުސްމެންޓް ޕާކްއަކަށް ދާހިތްވެއްޖެ…” ޒައިލީން ބުނެލިއެވެ. “މިރެއަކު ނުގެންދާނަން.. އެހެން ރެއަކުން އަހަރެން އިންސިކުއްޖާ ގޮވައިގެން ހިނގައިދާނަން އެމިއުސްމެންޓް ޕާކަކަށް…” ރަވިކާން އެއްއަތުން ޒައިލީންގެ އިސްތަށިގަނޑު ހާވާލިއެވެ.

“ހެއިލް އަދިވެސް ނުނިދަނީތަ..؟” އާފުރެމުން ކޮޓަރިއަށް ވަތް ޒައިދާންއަށް އެހުނެވެ. އޭރު ހެއިލަން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ދަތްކުނޑި ވިކާލައިގެން ހުރިގޮތުން ހީވަނީ ރުޅިއައިސް ފަޅައިގެންދާ ވަރުވެފައި ހުރިހެންނެވެ. “ނޫން މި އުޅެނީ ނިދަން…” ހެއިލަން ކުޑަދޮރު ލައްޕާލާފައި ދޮރުފޮތިތަކަށް ބާރުކޮށްލިގޮތުން ހީވީ އައިސްފައިވާ ރުޅި އެ ދޮރުފޮތިތަކަށް ބާލަން ފެށިހެންނެވެ. “ކެޓްބްރޯ ކޮބާ..؟” ޒައިދާން ފާޚާނާއަށް ވަންނަމުން އަހާލިއެވެ. “ނޭނގެ…” ވަށްކަޅިން އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބަލާލާފައި ހެއިލަން ބުނެލިއެވެ.

“ނިދިއައިސްފި… ދެން ކޮޓަރިއަށް ގެންގޮސްދީ… އެނޫނީ މިތަނުގައި ނިދާނީ..” ރަވިކާންގެ ޓީޝާޓްގެ އަތު ކުރިއަށް ދަމާލަމުން ޒައިލީން އެދުނެވެ. ރަވިކާން ޒައިލީން ގޮވައިގެން އިނީ އެ ގަސްބުޑު ކައިރީގައެވެ. “ދެން މިތަނުގައި ނިދާ…” ރަވިކާން ވަރަ ހުޅުވާލާފައި މައްޗަށް އެރިއެވެ. ޒައިލީން ތުންއަނބުރާލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ރަވިކާން ގޮސް ޒައިލީންގެ ދެ އަތުގައި ހިފާ މައްޗަށް އުފުލާލިއެވެ. ޒައިލީންގެ އުނަގަނޑުގައި ދެއަތްވަށާ ބާރުކޮށްލިއިރު ރަވިކާންގެ ލޮލުގައިވަނީ އެހެންކަހަލަ ވިދުމެކެވެ. ޒައިލީންވެސް އެއްމިޔަނަކަށް ހީނލާފައި ރަވިކާންގެ މޫނަށް ބަލާލިއެވެ.

ދެމީހުންނަށް ގެއަށް ވަދެވުނުއިރު ދަންވަރު ވެއްޖެއެވެ. ރޭގަނޑުގެ ތަހުނިޔާ ވެދުންކޮށްފައި ޒައިލީން ކޮޓަރިއަށް ވަދެ ކުޑަގޮތަކަށް ފެންވަރާލައިގެން ނިދަން އޮށޯތެވެ. އޭރު އަލްޔާ އޮތީ ނިދާފައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އަށްގަޑި ބައިވީ ޒައިލީން ހެތެނީސް އެލްފޯމޭނިޔާ ސްކޫލަށް ދާން ތައްޔާރުވެގެން އިންދައެވެ. މެރޫން ކުލައިގެ އަތްދިގު ސްވެޓަރއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން އިންއިރު ޒައިލީންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބޮލުގައި ހުޅިއެއް ޖަހާލައިގެން ޒައިލީން އިނީ އަލްޔާ ތައްޔާރުވެ ނިމެންދެނެވެ. މަޑު ފެހިކުލައިގެ ހޫޑީއަކާއި ރީނދޫ ކުލައިގެ ސްކާރޓެއް ލައިގެން އަލްޔާ އިނީ ދަބަހަށް ބޭނުންތެރިވާނެ އެއްޗެހި ހަމަ ކުރުމުގައި އަވަދި ނެތިއެވެ. މާކުރިން ހޭލައިގެން ޒައިލީން ވަނީ އެ ހުރިހާކަމެއް ކޮށް ނިންމާލާފައި ކަމުން ޒައިލީން އިނީ ޒައިނާއަށް ގުޅޭތޯ މަސައްކަތް ކުރާށެވެ. ނަސީބަކުން ޒައިނާ އަލުން ފޯނު އޮންކޮށްފިއެވެ. ނަމަވެސް ކުރާ އެންމެ ކޯލަކަށްވެސް ޒައިނާ ޖަވާބު ދޭކަށެއް ނޫޅެއެވެ. ފުލުފުލުން ޒައިލީން ފަސްސަތޭކައެއްހާ މެސެޖް ކުރުމުންވެސް ސީން ޒޯން ކޮށްލާފައި ޒައިނާ އެއްވެސް މެސެޖަކަށް ޖަވާބު ދޭކަށްވެސް ނޫޅުނެވެ. ކަރުއެލުވާލާފައި ޒައިލީން ތެދުވީ އަލްޔާ ދާން ހިނގާށޭ ބުނުމުންނެވެ.

އަލްޔާ އާއި ޒައިލީން ނުކުތްއިރު ރަވިކާން އާއި ޒައިދާން ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ހުދު ކުލައިގެ ހޫޑީއަކާއި ކަޅު ރިޕްޑް ޖިންސެއް ލައިގެން ރަވިކާން ހުރިއިރު ޒައިދާން ހުރީ ގުރާފެހިކުލައިގެ ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެންނެވެ. މަޑު މުށިކުލައިގެ ޓީޝާޓަކާއި ނޫ ކެރެޓް ޖިންސެއް ލައިގެން ހުރި ހެއިލަން ހުރީ ދޮރުގައި ލެނގިލައިގެން ފޯރީގައި ނައިކެން އާއި ޗެޓް ކުރާށެވެ.

“ދާނީ މަށާއި އިންސިކުއްޖާ އާއި އެކަނި…” މަޑުމަޑުން ހުރެފައި ރަވިކާން އެހެން ބުނެލުމުން ފެންފޮދެއް ބޯލަންވެގެން ހުރި ޒައިލީން ކޮށިއެރިއެވެ. “ކީއްވެގެން..؟” އަލްޔާ ހަށަން ބަނދެލަމުން އަހާލިއެވެ. “ކޮންމެ ކަމަކަށް ސަބަބެއް އޮންނަން ޖެހޭތަ..؟” ހަށަން ބަނދެލާފައި ރަވިކާންވެސް ކުރީ ސުވާލެކެވެ. “ބަލަ އަލްއޭ ޒައިގެ ބެސްޓީ އަކީ.. އަލްއަށް ދެވެން ވާނެއްނު..؟” އަލްޔާ ބުނެލިއެވެ. “އަލްޔާ ތިއީ އިންސިކުއްޖާ ބެސްޓީއެއްނު…؟ އަހަރެން މިއީ އިންސިކުއްޖާގެ…….” އެހިސާބަށް ބުނެލާފައި ރަވިކާން ހިނގައިގަތީ ފެން ބޯށެވެ. ރަވިކާންއަށް ދެން ބުނާނެ އެއްޗެއް ނޭނގުނީކަން އަލްޔާއަށް ފަހުމްވިއެވެ. ޒައިލީންގެ އަތުން ފެންފުޅި އަތުލާފައި ރަވިކާން އަނގަޔަށް ފެންފުޅި އޮއްސާލިއެވެ.

“ދޮންބެމެން މަޑުކޮށްފާނަން… އެކަމަކު އެންމެ ލަސްވެގެންވެސް ހަވީރު ވުމުގެ ކުރިން ނައިސްފިއްޔާ ދޮންބެ މެން ދާނަން ޒައިމެން ހޯދަން… ފޯނު ހިފައިގެން ދާތި..” ޒައިދާން އިނދެ އިނދެފައި ހުއްދަ ދިނެވެ. ޒައިލީން އަދިވެސް ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އެހާ ކުއްލިގޮތަކަށް ރަވިކާން ޒައިލީން ގޮވައިގެން އެކަނި ދާން ބޭނުންވާ ވާހަކަ ބުނުމުން ރަވިކާންގެ މަގުސަދު ނޭނގިފައެވެ.

“އަހަރެމެން މިދަނީ ދާން…” ފެންފުޅި ހުސްކޮށްލާފައި އެ ފުޅި އަލްޔާގެ އަތަށް ލައިދީފައި ރަވިކާން ޒައިލީންގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. ފެންނަ ހިސާބެއްގައި މީހަކު ނެތުމުން ރަވިކާން ވަރަ ހުޅުވާލިއެވެ. ޒައިލީން ގޮވައިގެން ރަވިކާން އުދުއްސައިގަތް ގޮތުން ހީވީ ފްލައިޓެއް ނައްޓާލިހެންނެވެ. “ޒައިދާން.. ހަމަ ޔަގީންތަ ޒައި އެކަނި ފޮނުވާލުމަކީ ރަނގަޅު ގޮތްކަން..؟” އަލްޔާ އަހާލިއެވެ. “ޒައި އެކަންޏެއް ނޫނެއްނު..؟ ކެޓްބްރޯވެސް ދިޔައެއްނު..؟” ޒައިދާން ހުރީ ފުދޭވަރަކަށް ހަމަޖެހިގެންނެވެ. “ރަވިކާން އަކީ އިންސާނެއް ނޫން.. އޭނަ ޒައިއަށް ކޮންމެ ގޮތެއްވެސް ހަދާފާނެ..” އިއްޔެރޭ ޒައިލީން އާއި ރަވިކާން އެކީގައި އުޅުނުގޮތް ހަނދާންވުމުން ނުހުރެވިގެން ހެއިލަން ބުނެލިއެވެ. “ޗިލް… ހެއިލް ސާބަހޭ… މަށަކަށް ހިޔެއްނުވޭ ރަވިކާން ޒައިއަށް ގޮތެއް ހަދާފާނެހެންނެއް…” ޒައިދާން ބުނެލިއެވެ. “އެކަމަކު..” އަލްޔާ އެއްޗެކޭ ބުނަން އުޅެފައި ތުން ފިއްތާލިއެވެ.

ރަވިކާން އާއި އެކީގައި ޒައިލީން އެކަނިމާއެކަނި ފޮނުވާލުމުން ހިތްހަމަނުޖެހިގެން ހެއިލަން އެތެރެއަށް ވަނެވެ. “އަލް… ރަވިކާން ޒައިއަށް ގޮތެއްވިޔަ ދޭނެހެންނެއް މަށަކަށް ހިޔެއް ނުވެޔޭ.. ރަވިކާންއަކީ ނުބައި މީހެއް ނަމަ ޒައި އާއި ދިމާލަށް ހުދު އޭންޖެލް ހޫރާލި ހޮޅިދަނޑިން ސަލާމަތް ކޮށްދިނީސްތަ..؟ އަލްއަށް ފަހަރެއް ގައި ނޯޓިސް ނުވެދާނެ އެކަމަކު ރަވިކާން ޒައިއަށް ވަރަށް ކެއަރ ކުރޭ.. މަށަށް ހީވޭ ބައެއްފަހަރު ރަވިކާން ޒައިދެކެ………” ޒައިދާން ޖުމްލަ ނިންމާލީ ލާނެތްގޮތަކަށް އެއްލޯ މަރާލާފައެވެ. “ހްމްމް.. ވެދާނެ… އަލްއަށް ވެސް ފާހަގަވެޔޭ ރަވިކާން ޒައިއަށް ވަރަށް އަޅާލާކަން… ހީވަނީ ޒައިއަށް އަންނަ ކޮންމެ ނުރައްކަލަކުން ސަލާމަތްކުރަން ވައުދުވެގެން ހުރިހެން…” އަލްޔާވެސް ޒައިދާން އާއި އެއްބަސްވިއެވެ.

ރަވިކާން އާއި ޒައިލީންއަށް ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލް އާއި ހިސާބަށް ދެވުނީ ފަނަރަވަރަކަށް މިނެޓް ތެރޭގައެވެ. ރަވިކާން ޒައިލީން ބިންމަތީގައި ބެހެއްޓުމުން ސްކޫލާއި ދިމާލަށް ޒައިލީންއަށް ބަލާ ލެވުނެވެ. އިމާރާތް ފަޅުވެފައި ހުރުމުން ޒައިލީންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ބިރެއް ވަނެވެ. “އޭ.. ނުވަންނާނަންތަ..؟” ރަވިކާން އެއްސެވެ. ”ނޫން.. މިދަނިއްޔޭ ޒައި…” ޒައިލީން ސްކޫލްތެރެއަށް ވަންނަން ހިނގައިގަނެފައި ވެސް މަޑުކޮށްލީ ކަމެއް ފާހަގަވެގެންނެވެ. ފަސްވަރަކަށް ފިޔަވަޅު ފަހަތަށް ޖެހިލާފައި ޒައިލީން އަނެއްކާވެސް ބަލާލީ އޭނާގެ ދެލޯ ކުރީ ސަމާސާ ނޫންކަން ޔަގީން ކުރަންވެގެންނެވެ.

ޒައިލީންގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ޖެހި ފަދައެވެ. ދެއަތް ފިނިވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހޮޓެލް ސިލްވަރ ސްވާން ކައިރީގައި ފެހި ކުލައިގެ ކާރެއް ޕާރކް ކޮށްލާފައި އޮތެވެ. އެއީ އެންމެ ފުރަތަމަ ދުވަހު ޒައިލީން އެރި ކާރެވެ. އާނއެކެވެ. އިޔާންގެ ކާރެވެ.

ޒައިލީން ނައިސްގެން އެންމެ ފަހުން ރަވިކާން ޒައިލީންގެ އަތުގައި ހިފިއެވެ. “ތީ އައިސްކިއުބެއްތަ..؟” ޒައިލީން ފިނިވެފައި ހުރިވަރު ރަވިކާންއަށްވެސް ފާހަގަ ކުރެވުނެވެ. “ނޫނޭ މިއީ އެންޓާރޓިކާ… ދެން ވެސް އަވަހަށް ވަންނަން ހިނގާބަލަ..!!!” ޒައިލީން އަވަސް ފިޔަވަޅުތަކެއްގައި ސްކޫލްގެތެރެއަށް ވަތް އިރުވެސް އިރުއިރުކޮޅާއި ފަހަތް ބަލާލެވެއެވެ. އިޔާން ހުރިތޯ ޔަގީން ކުރުމަށެވެ. ރަވިކާންއަށް ވެސް ޒައިލީން ފާޑަކަށް އުޅޭކަން އިހުސާސްވިއެވެ. ނަމަވެސް އާދިޔަން އާއި ބެހޭގޮތުން ކަމެއް އެނގެން އުޅޭތީ ރަވިކާން ހުރީ މާ ޝައުގުވެރިވެފައެވެ. “އިންސިކުއްޖާއަށް އެނގޭތަ އަހަރެން އެހެން އެކަކު ވެސް ނުލާ ހަމައެކަނި އިންސި ކުއްޖާ ގޮވައިގެން މިއައީ ކީއްވެކަން..؟” ޒައިލީން ހުރީ ބިރުގަނެފައިކަން ރަވިކާންއަށް ވިސްނުމާއި އެކީ އަހާލިއެވެ. “އެއީ އަހަރެންގެ ބައްޕައާއި ބެހޭގޮތުން ޒައިދާންމެންނަށް އެނގެން ނުޖެހޭ ކަމެއް އޮވެދާނެ.. އެހެންވެ…” ޒައިލީން ޖަވާބެއް ނުދިނުމުން ރަވިކާން ބުނެލިއެވެ. ޒައިލީން ހަމައެކަނި ބޯ ޖަހާލީއެވެ.

ދެމީހުންނަށް ލައިބްރަރީއަށް ދެވުނެވެ. ތޭރަވަނަ ހަރުގަނޑު ހޯދަމުން ޒައިލީންއަށް އިރުއިރުކޮޅާ ދެ ފަރާތް ބަލާލެވެއެވެ. ބިރުގަނެފައި ހުރިވަރުން ޒައިލީންގެ ހިތްތެޅެމުން ދިޔައީ އާދަޔާޚިލާފަށް ބާރަށެވެ. ތޭރަވަނަ ހަރުގަނޑު ފެނުމާއި އެކީގައި ޒައިލީން އަވަހަށް އެދިމާލަށް ހިނގައިގަތެވެ.

ހިތްހަމަ ނުޖެހިފައި ހެއިލަން އެނދުމަތީގައި ބަންޑުން އޮތެވެ. ރޯޒްލީ އާއި ފިޔަނެލްގެ ފޮޓޯތަކަށް ބަލާށެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ ޒައިދާންއަށް ވެދާނެތީ އަނގައިން ނުބުނަން ނިންމައިގެން ހެއިލަން ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަލަން ފެށިއެވެ. ދެން ޖެހުނީ ޒައިލީންގެ ފޮޓޯއަކާއެވެ. “ޒައި ކީއްވެގެން ރަވިކާން އާއި އެކީ ދާން އެއްބަސްވީ…؟” ހިނިތުންވެގެން ޒައިލީންގެ މޫނަށް ބަލާލާފައި ހެއިލަންއަށް އެހުނެވެ.

ޒައިލީން ތޭރަ ވަނަ ހަރުގަނޑުގައި ހުރި ފޮތްތައް ހޭވިއިރުވެސް އެދުވަހު ފެނުނު ފޮތެއް ނުފެނުނެވެ. ވަކިވަކިން ދެފޮތް ދޭތެރެ ބަލާ ހެދުމުންވެސް ޒައިލީންއަށް އެފޮތެއް ނުފެނުނެވެ. “ހަންޓަރސް އޮފް ދަ ސެންޗުއަރީ… އެފޮތްގަނޑު ކޮބާތަ…؟” އައި ރުޅިންނާއި ގަނެފައިވާ ބިރުގެ ސަބަބުން ޒައިލީންއަށް ހަރުގަނޑުގައި ފައިން ޖެހުނެވެ. ހަށަން ބަނދެލައިގެން ޒައިލީން އެ ފޮތް ހޯދަން ކުރި ބުރަ މަސައްކަތަށް ބަލަން އިން ރަވިކާންވެސް ކުޑަކޮށް ސިހުނެވެ. އަޑު ކުޑަކޮށް އެކޯވިއެވެ. “އެންމެ މަތީގައިވެސް އެ އޮތީ ފޮތެކޭ…” ރަވިކާން އިޝާރާތްކޮށްލީ ހަރުގަނޑުގެ އެންމެ މަތީގައި ހުރި ފޮތަކަށެވެ.

“އޯހް.. އެއީ ކަންނޭނގެ…” ޒައިލީން މައްޗަށް ބަލާލާފައި ފުންމައިގަތެވެ. ނަމަވެސް އަތްފޯރާ ގޮތެއް ނުވިއެވެ. “ކޮބާތަ މިތަނުގެ މީހުން ގެންގުޅުނު ހަރުގަނޑު..؟” ޒައިލީން ވަށާ ހޯދާލިއެވެ. ފެންނަފަށު ގައި އެވެސް ނެތުމުން އަނެއްކާވެސް ހިތްވަރާއެކީ ފުންމަން ފެށިއެވެ. ރަވިކާން ބޯ ހޫރާލީ އަނެއްކާ ވެސް ޒައިލީންގެ މޮޔަކަމަށް މަލާމާތް ކުރަމުންނެވެ. ރަވިކާން ގޮސް ޒައިލީންގެ މެދުހަށީގައި ހިފާފައި މައްޗަށް އުފުލާލިއެވެ. “އިންސިކުއްޖާވެސް އަހަރެންގެ މާހައުލުގައި އުޅުނުއިރު ސިކުނޑީގެ ބޭނުންކުރި ވިއްޔާ..” ރަވިކާން ބުނެލިއެވެ. “ދެން ޒައި ހީކުރީ އަތްފޯރާނެ ކަމަށޭ…” ޒައިލީން އަތް ދަމާލަމުން ބުނެލިއެވެ. “ވަރަށް މަޖާ… އެހެން ޖޯކެއް ކިޔައިދޭންވީނު..؟ މިފޮތް ހަރުގަނޑުގެ ތިންވަނަ ޝެލްފާއި ހަމައަށް ކިރިޔަ ކިރިޔާ އިންސިކުއްޖާގެ އަތް ފޯރަނީ…” ރަވިކާން މަލާމާތް ކޮށްލިއެވެ. “ތި ދެން އެންޓެނާއެއްހާ ދިގު މީހެއް ނޫނޭ…” ޒައިލީން އެ ފޮތުގައި ހިފިއެވެ. ހިރަފުސް އަރާފައި ވާތީ ޒައިލީން އަށް މޫނު ހަދާލެވުނެވެ. ކިނބިއްސެއް އެޅެން އުޅޭހެން ހީވުމުންނެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ހެއިލަން ބަހެއް ނުބުނެ ހަމަ އޮތްގޮތަށް އޮތީއެވެ. ޒައިދާންއަށް ހެއިލަން ހިތްހަމަ ނުޖެހިފައި އޮތްވަރު އަންގާލަދޭނަމޭ ހިތާއެވެ. ކުއްލިއަކަށް ފިނިއަތަކުން ހެއިލަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ގައިން ހީބިހި ނަގައިގަތުމުން ހެއިލަން ސިހިފައި ފަހަތަށް ބަލާލީ އެއީ ޒައިދާންގެ އަމަލަކަށް ނުވާނެކަން އެނގުމުންނެވެ.

“ހިނގާބަލަ މި ފޮތް ކިޔާލަން..” ޒައިލީން މަޑުމަޑުން އެ ފޮތް މޭޒު މަތީގައި ބާއްވާފައި ގޮނޑިއެއްގައި އިށީނދެލިއެވެ. އާންމުކޮށް ލައިބްރަރީގައި ވާހަކަ ދައްކާ އުޅެނީ ނުހަނު މަޑުން ކަމަށްވާތީ އެވަގުތުވެސް ޒައިލީންއަށް ވާހަކަ ދެއްކުނީ ވައި އަޑުންނެވެ. ރަވިކާންވެސް ގޮނޑިއެއް ކައިރި ކޮށްލާފައި ޒައިލީންގެ ގާތުގައި އިށީނީ އެ ފޮތުގައި ލިޔެފައިވާ މައުލޫމާތު އެނގެން ބޭނުންވެފައި ހުރިވަރުންނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..2

Next

ކާފަގެ ހަނދާން

Next
August 31, 2020

ކާފަގެ ހަނދާން

Previews
August 31, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..2

63 Comments!

  1. luciyaa says:
    August 31, 2020 at 8:08 am

    woahhhh woahhhhhh soooo nice… i have no words for you..that much beauuuuutifullll …im falling love with rawikaan ..hehe .. when next lwbi lwbi yooonyyy dhoonyaaaa… ly n stay safe our bestest writer …
    ;>

    1. yooon yooon says:
      September 3, 2020 at 8:58 am

      Awwn thank u so much Luciyaa dearlss ??? I am so happy to get your comment again ?? Alheii thats so sweet dearls ?? nxt part dhww ? I submitted part 22 last night ingeii lwbi lwbi lucyyyyy dhoonyaaa ??? Love u more n and more dearlingss ?? you stay safe too lucyyy dearlss ?? aww thankss vrh ufaavejje ??? take care

  2. ?Flower ? says:
    August 31, 2020 at 8:25 am

    Wow sis mi part ves varah reethi and curious
    Waiting for the next
    Lysm ❤️❤️❤️

    1. yooon yooon says:
      September 3, 2020 at 8:59 am

      Aww thank u so much Flower ????? Keep waiting ??? Love u more dealrss ??? tc

  3. Eekko_11 says:
    August 31, 2020 at 8:41 am

    Ohh sis .. mi part vx vrh vrh vrh vrh vrh vrh vrh reethi ingey ❤️??☺️? lyssssm darlings and tc….. Curiously waiting for next

    1. yooon yooon says:
      September 3, 2020 at 9:01 am

      Awwn thanxxiess Eekko ??? alheii love u more dear ?✨? Keep waiting ?? you take care too ?? stay safe eekko dearlss

  4. ?Ril? says:
    August 31, 2020 at 9:08 am

    Hiii yooon sis. ?????
    Mi part ves vrh sali ?????????????
    Masha Allah keep it up ????????
    Naseebeh dhw enmenaa maabodu gehlumeh nuvaakan
    Dhw sis????????
    And mi part gaa zaileen aa ravikaan ulunugothun Hama heeeheee bidihje hehhehhe??????????
    And there so cute ????
    Zaidaan and alyaa vs vrh majaa and cute??
    And Kaaaku baa dhw heilen gaagaa E ahleee so curious ?????????
    Waiting for the next❤️❤️ part ❤️❤️
    Luv u bigu koh ❤️❤️
    Stay safe and Tc ❤️❤️❤️

    1. yooon yooon says:
      September 3, 2020 at 9:03 am

      Heii ril dear ??? aww thanks a lot dear ? yesh dhw hama naseebeh ?? hehe i am so glad you liked them ?? Lets see dhww ?? Keep waiting dearlss ?? Love more n more ?? You stay safe too ?? take care Ril dear

  5. Kim Taehyung/v/Tae tae says:
    August 31, 2020 at 9:16 am

    V reethi mi part vex.. rawikaan haadha Lani eyy…. Keep it up yoonyyy sis… Curiously waiting for next part.. purple u??????????

    1. yooon yooon says:
      September 3, 2020 at 9:06 am

      Awwn Tae Tae I am so hapoy to get a comment frm you too ✨✨✨ Thank u so much Kim Taehyung/v/Tae tae ??? Borahae ??? Keep waiting insha allah won’t be long dear

  6. އަރޫ says:
    August 31, 2020 at 9:34 am

    Mail libidhaanetha yoon sissy ge
    If you don’t mind
    Anyways vaahaka Vrh reethi

    1. yooon yooon says:
      September 3, 2020 at 9:08 am

      Labba dearlss ??? ofc i dnt mind giving my mail ?? my mail is [email protected] ? Thank u so much Aru ?? vrh ufaavejje

  7. Kim Taehyung/v/Tae tae says:
    August 31, 2020 at 10:02 am

    *loabi

    1. yooon yooon says:
      September 3, 2020 at 9:09 am

      Alheii correction ?? Borahae dearlss ???? take good care Tae dearlingss

  8. ??Xaa Xaa ?? says:
    August 31, 2020 at 10:56 am

    Heiiii darl sweetie……????????
    Ohhh wooooooooow speechless …..?????
    Maashaa Allah ….????????
    Xaa ah Varah cute zaidhaan n alya…????
    N rawikaan and zaileen vs dhww …. ????
    Love ya heskiyaafa … ????
    Missed too …. ????

    1. yooon yooon says:
      September 3, 2020 at 9:11 am

      Heii Xaa dearl sweetie ????? aww thank u so much xaa ?? I am so happy to knw that u like them ?? Love u a lot more ?? aww miss you a lot too dearlingsss

  9. Rose says:
    August 31, 2020 at 11:12 am

    Vvv nice. Keep it up dear

    1. yooon yooon says:
      September 3, 2020 at 9:13 am

      Thanks a lot Rose ??? Insha allah I will always try my best ✨✨✨ thanks n stay safe dear

  10. Lam ? says:
    August 31, 2020 at 12:57 pm

    Maasha allah V reethi mi part ves yoooon dear..❤️❤️❤️❤️❤️
    I am really sorry Mihaaru comment eh nukohleveytheeve..
    Curiously waiting for nxt part dear
    Stay safe and Tc.. lyysssssssm dear❤️❤️❤️❤️❤️❤️❤️❤️❤️

    1. yooon yooon says:
      September 3, 2020 at 9:15 am

      Thank u so so much Lam ??? alheii its okki eyy ??? Thank u so much for reading with ur busy schedule ✨✨ Aww love u a lot more dearlss ?? you stay safe too ?? take care

  11. ?JustMish? says:
    August 31, 2020 at 1:35 pm

    ❤️❤️❤️❤️ Varah varah reethi ❤️❤️❤️❤️ next when?? Ly

    1. yooon yooon says:
      September 3, 2020 at 9:17 am

      Thank you so much JustMish ??? nxt part I submitted last night ?? Love u more and more dear ??? take care JustMish dearlingss

  12. ?JustMish? says:
    August 31, 2020 at 1:37 pm

    Mee mishal ingey btw ?? I know you will remember me Yoon ?? keep shining like the stars up high ?? good luck with your exams

    1. yooon yooon says:
      September 3, 2020 at 9:18 am

      Owwh i thought so ??? yesh i do remember u ?? Aww thats so sweet dearlss ?✨? thanks a lot mishal ????? take good care

  13. Anonymous says:
    August 31, 2020 at 1:39 pm

    Your the best author ever ?????? seriously some times varah Gina dhuvas koffa writers hunnane next part laafa and kurin veenuvee hadhaaneh nuhurey ?? but Yoon 20 ge partakaa ekee Leena varh faseyha v

    1. yooon yooon says:
      September 3, 2020 at 9:20 am

      Awww i am so so happy to hear that ??? alheii yesh it’s been a long time thats y i put 20 wana part ge baeh in this part ?? Your wc dearlss ?? thanxx anonymoud dearlss

    2. yooon yooon says:
      September 3, 2020 at 9:21 am

      Anonymous *** ??? srry yoon ah nubaiokoh write kurevunee

  14. Nuna says:
    August 31, 2020 at 1:47 pm

    Kim taehyung ge vrhh cute pic eh laafa inyma Hama kiyaahithun kiyanee ? stry ves ehaa shauguveri ? I can imagine V as Rawikaan ??? and Zaileen is Vanessa or Veronica Merrell right ??! ? So amazing can’t wait for the next part of this

    1. yooon yooon says:
      September 3, 2020 at 9:24 am

      Oh I love that pic of Tae too ????? thnx Nuna ?? yesh Zai ge pic ga that Is Vanessa or Veronica Merell ?? Thanks again Nuna ? I am so happy you like this

  15. Anonymous says:
    August 31, 2020 at 2:02 pm

    ??????????????????Just wow
    ???????This part is vvvvvvvvvvv nice as usual
    Curiously waiting for the next part
    ????♥️?Ravikaan and xaii ge parts thah vvv cute
    ???????????All the best for your exams
    Luv you more and more and more and more and more and more and more and more and more and more and more and more and more and more and more and more ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️than you love me
    ????????????Take Very good care
    ?????????????Stay home and stay safe
    ?????????????????My fav author

    1. Een says:
      August 31, 2020 at 2:03 pm

      Ohhh I forgot to write my name…sorry for that

    2. yooon yooon says:
      September 3, 2020 at 9:27 am

      Aww thank you so so so much Een ????? I am so happy u like them ??? thanxx een dearlss ??? Luv u a lot lot lot more ??? You stay safe too Een, one od the sweetests gurl i knw ???? Tke vvv good care Een ? lot and lot more love

    3. yooon yooon says:
      September 3, 2020 at 9:31 am

      Owh its okki dearlss ??? No srrrys ??? Take care een dearlingss

  16. ☘Xoe says:
    August 31, 2020 at 3:31 pm

    Yayy varah varah salhi mi partves 🙂 Xoev varah bodah like vey yoon ge story thah dheke.. They are just so amazing.. stay safe and love you million times more than you love me.. Be safe ingey

    1. yooon yooon says:
      September 3, 2020 at 9:34 am

      Aww thank u so much Xoe ??? I am so happy to knw that u like them dear ?? aww Love u million times million more ???? Yesh insha allah and u be safe too Xoe ??? take care

  17. Zayyan says:
    August 31, 2020 at 3:35 pm

    Oh my gosh Ravikan ah haadha thadheh vaaney aslu 🙁 Adhi ma ves heekuree varah ‘badboy’ vaan kamah ravikan ulhunee.. heehee gossa halaaku vi ravikan ulhunee phone ge benumuga kan engunyma 🙂 *Laughs so hard* tc lwbigandoo

  18. yashaal says:
    August 31, 2020 at 3:37 pm

    Wow maasha allah (^o^) just superb.. soo speachless
    curious… sooo curious for the next part… lysm yoon

  19. Gray says:
    August 31, 2020 at 3:42 pm

    I wanted to be the first ;( kurin site balaa iru evves vaahaka eh nuhure update vefa eh.. ehemma miadhu ves balaalee varah lahun update vefa neennaane kamah.. ekamaku finally alhugandah emme ithizaaru kurevun vaahaka aissi.. will comment kiyaafa..

  20. nishtyy says:
    August 31, 2020 at 6:25 pm

    Rawikaan and Xaileen haadhahaa cute ey ?????? They are are perfact match ???? next kon dhuvahu yoon darling ??? Love u more than ever

  21. ?Kukkyyy? says:
    August 31, 2020 at 7:34 pm

    Hi girl!!!!This story is hama amazing ❤️?❤️You r one of my favourite author…. “EKUJJAA” story akee u ge story eh tha?? If it is when is the s2 of that story?? Anyways vrh vrh vrh loabi mi part vx❤️Curiously waiting for the next part… Much love n stay safe ❤️?

  22. ?#BLOSsOM#? says:
    August 31, 2020 at 9:23 pm

    Wow Yoon sis…???. mi prt is as beautiful as ever.???.. hama.?.. just love it❤❤❤…just wow…??. I loved this prt… ❤❤zai and ravikaan is cute together….??? n vrh majaa emeehun ulhey goi..???.. hama vrh salhi mi prt ves… ???hail Kaari ah e a ee aulkyn tha anehkaa…? ???Oh god…??? plx don’t do anything to him..???.
    Anyways mi prt hama obi….??? aslu vaahaka. Com inves keen..??. Ekam comment eh dheveygoi nuvee busy veema..?. swry sis.???. take care and stay safe and sound..????. luv u a lots..❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????❤????????????

  23. juxoo says:
    August 31, 2020 at 11:40 pm

    Varah reethi mi part ves ?❤❤?❤❤❤? next when yoon dear ?❤?❤?❤ good luck for your exams

  24. killer says:
    August 31, 2020 at 11:42 pm

    I read ravikan and zaileen ge moments thah but library ga ravikan zaileen ufulaali bai kiyaafa hama heart melt vee varun endhun ves thedhuvevunu ???? E part varahhh heart melt kuri ???? Just wow 100/100 to you

  25. killer says:
    August 31, 2020 at 11:44 pm

    Me ge first comment ey dho ey ??? girl 15 years old dhen yoon ge varah bodu fan eh kamah beliyas okay nooniyya yoon ge story thakah addict vefa huri fan eh kamah beliyas okay ✌✌✌ thankyou for the amazingness

  26. lin says:
    August 31, 2020 at 11:49 pm

    Alheyyyy XaiKan is the couple of 2020 year ?????
    Hama huvaa Lin beynumee xai kahala gf eh ???
    lin mihuree mi vaahaka dheke lowbi vevifa ???
    Ehaa ves salhi ehaa ves habbu ????
    Ekujja Season dheyh liye nimunytha ???
    Waiting for the next part and Part 22 ???
    Love you in bunches ???
    Dream big girl ??

  27. Lysm says:
    August 31, 2020 at 11:51 pm

    Heilan kaary huree aulkeen tha ???? #DevilAlart ?? Can’t wait for the next part ???? lyssssssssssssssm

  28. star says:
    August 31, 2020 at 11:55 pm

    Oh wow i cannot wait to read that book too ???? will they know about Neilan principle & Aadhiyan ??? So super duper juper xuper ruper interesting ????? When next part??????? [love u yoon] [lym] ?????? BE GOOD AND STUDY WELL AND GET GOOD GRADES OKAY POKEY XOKEY KOKEY HOKEY LOKEY YOOOOOON

  29. Hawley says:
    September 1, 2020 at 11:21 am

    Wow Maasha Allah one of the bestest story I have ever read ???? mind blown away for sure ???? waiting impatient for the next part ?? dang I love you and your amazing works so much ??? be safe yooon

  30. Noor says:
    September 1, 2020 at 11:28 am

    Omg rawikan Zai govaigen window in beyrah fummali part was like so romantic ????? and Rawikaan is so cute ??? this story is so good ??? love it ❣️❣️❣️ wftnp

  31. A®my says:
    September 1, 2020 at 11:32 am

    Varah reethi ?????
    I just cannot stop thinking about this ?????
    Love this so much ?????
    But near heil it’s not aulkeen right ??? ????
    So curious ????
    Purple u ??????
    Stay safe ?????????
    Take good care ?????
    Study hard ?????????
    We are with u ????

  32. A®my says:
    September 1, 2020 at 11:34 am

    Also when are you submitting the next part ?????
    Once again purple you ?????????
    Be good ???????
    Never ever stop writing ??????
    Keep those precious fingers moving ?????
    Big big hugs ?????

  33. Xem? says:
    September 1, 2020 at 11:37 am

    Xem kin mi part vaahaka site in ????? ekamaku reethi kamun Alun mi site in ves mi kiyaalee ❤️❤️❤️ varah loabi dhe kudhin Rawikaan aa Zai akee ❣️❣️❣️❣️ mihaaruves kiyaahithun nuhurevigen miulhny next part ?? upload it soon ???? love you more than anything in this world ??? my darlyoon

  34. Xem? says:
    September 1, 2020 at 11:40 am

    Darlyoon is a nickname I made ❤️❤️❤️❤️ I hope you like it ❣️ but if you don’t I won’t call you that ???? tell me if you like it in the rep okay ❤️❤️❤️❤️ also it’s axym ❤️❤️ xem is always with you darlyoon ???? will be waiting

  35. Epiphany says:
    September 1, 2020 at 6:10 pm

    Maashaa Allah this part is also v v v v v v v v v v nice……..
    Rawikaan and Zaileen v v v v v cute…… …I love this story very much…. And I admire your efforts in it……Luuuvv yoouuu sooo much Yoooon sissssyyyyy……..

  36. Blue? says:
    September 1, 2020 at 6:17 pm

    Heyy yooon dear vvv salhi igeyy mi prt…alhe Heil gaathah e aii kaaaku baa??? ??Vvv curious vehje e fothuga oih ehcheh balan vx??…whn is the next dear?????and lysssssssssm???

  37. Kylie says:
    September 1, 2020 at 9:49 pm

    Maasha allah my favourite story and author forever… Is it ok if i mail you..? Ok dho boy eh ves girl eh ves mail kuriyas..? My little brother in grade 3 also wants to talk to u… Mi bai ves hama awesome ingey.. Lysm yoon

  38. h€ther says:
    September 2, 2020 at 2:01 pm

    Omg heil ge gaatah e aee kaaku ?? I am so curious to find out ?? when next yoon??? can’t wait

  39. CAPITALQUINN says:
    September 2, 2020 at 2:05 pm

    THIS IS THE MOST UNIQUE STORY I HAVE READ IN MY LIFE ?????? ITS JUST SO AWESOME.. FROM THE WAY YOU DESCRIBED THE CHARECTERS, I FEEL LIKE I SEE THEM WHEN I AM READING THIS STORY ???? YOUR THE BEST AUTHOR EVER ??? LOTS AND LOT MORE LOVE FROM ME TO YOU

    ????????????????????????????????????????????????????????????????????????????????????????????????

    BE SAFE AND TAKE CARE YOON WHO IS GOING TO BE MY FAVOURITE AUTHOR TILL MY LASY BREATH

  40. Lovebird says:
    September 2, 2020 at 2:07 pm

    Maasha allah my fav story ❤❤❤❤❤
    Impatiently waiting for the next part ❤❤❤❤❤
    Lyvvvvvvvvvvvvvvvm yoon ❤❤❤❤❤

  41. Anonymous says:
    September 2, 2020 at 2:08 pm

    Varah reethi vaahaka eh aneh bayah inthizaaru kuran

  42. Afu says:
    September 2, 2020 at 2:12 pm

    ❤❤❤❤❤❤❤❤❤
    Hey yoon
    ❤❤❤❤❤❤❤❤❤
    Long time no see
    ❤❤❤❤❤❤❤❤❤
    Mi part ves habeys
    ❤❤❤❤❤❤❤❤❤
    Just wonder what is going to happen next
    ❤❤❤❤❤❤❤❤❤
    Cant stop thinking about this story
    ❤❤❤❤❤❤❤❤❤
    Drean ga ves fennany zaikan moments
    ❤❤❤❤❤❤❤❤❤
    Cant wait to read “hunters of the centuary” with them
    ❤❤❤❤❤❤❤❤❤
    Tell the date when you are uploading the next okay
    ❤❤❤❤❤❤❤❤❤
    Love you so much
    ❤❤❤❤❤❤❤❤❤
    Please stay safe
    ❤❤❤❤❤❤❤❤❤
    Cox yoon ah kameh vehjeyya we all will die
    ❤❤❤❤❤❤❤❤❤
    Thedhah bunanyaa
    ❤❤❤❤❤❤❤❤❤
    Okay see you soon in 22nd part
    ❤❤❤❤❤❤❤❤❤

  43. Afu says:
    September 2, 2020 at 2:14 pm

    ❤❤❤❤❤❤❤❤❤
    Ooops hiyeh nukuran comment ehaa dhiguvi kamakah ?
    ❤❤❤❤❤❤❤❤❤
    sorry yoon hama ufalun gossa vee varu eyi
    ❤❤❤❤❤❤❤❤❤

  44. Ⓜ? says:
    September 2, 2020 at 2:17 pm

    Ya aharemennah heartattack eh jeheyne yoon ah gotheh viyya ???????????? After all you are the most talented gifted and the sweetest writer ❤❤❤❤❤ love you girlllllll ❤❤❤ be strong

Comments are closed.

Next Episodeފިޔަފަތް 22←


All Right Reserved!