Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ފަނާ 9

I-RaM Level 110 Stories
May 6, 2015 4 Mins Read
13 Comments

ހުޅުވިގެން ދިއަދޮރާއިއެކު އެތެރެއަށް ވަން މަންމަ އާއި ޒާއްތައައި އަޒާލްބެގެ އިތުރުން ބިޔަހަށިގަނޑެއްލިބިފައިވާ ދިގު މީހަފެނި ބަލާލެވުނު ނަޒަރު އަނބުރާަލެވުނީ އެމީހާ ފަހަތުން ވަން ޒުވާނާއަށެވެ، ދުވަހަކުވެސް ނުދެކޭހާ ރީތި ހޫރެއްލީނެއް ފަދަ އެ ޒުވާނާ ފެނި ނޭވާތާށިވިއިރު ހިތުގެ ކަނެއްގައި އަޖައިބެއްކަހަލަ އިހް ސާސެއް ދުވެލާގަތެވެެ. ހިނދުކޮޅަކަށް އަހަރެންގެ ހައިސިއްޔަތާއި ނިކަމެތިކަން ހަނދާންނެތި ގެއްލި ހުރެވުނީ އެ ރީތި އިންސާނާއަށް ބަލާށެވެ. އެކުޑަވަގުތު ކޮޅު ދިގުލަދާނެކަމަށް އުއްމީދު ކުރެވުނުއިރު އެކަން ފެނަން ވެ ދިއައީ އެ ބިޔަމީހާގެ އަޑުންނެވެ. އަހަރެންގެ ހިއްސުތައް ހަމަޔަށް އަޅުވާލަމުން ޒުވާނާއާއި ދިމާލަށް ބަލާލެވުނުއިރު އެޒުވާނާ އަހަންނަ ދިމާއަށް ބަލާލިފޫހި ގޮތްފެނި އަހަރެންގެ އިސްޖެހުނެވެ. ހިނދުކޮޅަކަށްވެސް އަހަރެންގެ އަސްލު އޮޅުނިތީ ލަދުގަންަނަގޮތްވިއެވެ. އަހަރެންނަކީ ބޭކާރު ޖިސްމެކެވެ. އެގޭ ބޭނުން ފުއްދާލުމަށް ފަހު އެއްލާލަ އަގެއްނެތް ބޭކާރުމީހެކެވެ. ހިތަށް އަރަންފެށި އެއްޗިހިން އިސާހިތަކު ލޯތެރޭ ކަރުނަފައްދާލުމުން ދެތުންފްތް ބަރުކޮށްލީ އެ ކަރުނަތައް ހިންދާލުމަށެވެ. ” އަނހާ ކަނބުލޯ ހާދަ ރުޅިވެފަ ތިހުރީ އާދެބަލަ މިތަނަށް” އެ ބިޔަމީހަގެ ބަރުއަޑުން ސިއްސައިގެން ގޮސް އަވަސް އަވަހަށް މަންމައާއި ދިމާލަށް ބަލަލެވުމުން ބޮލުގެ އިސާރާތުން އައުމަށް މަންމަ ބުންޏެވެ، އަހަރެން މަޑުހިނގުމެއްގައި ގޮސް ހުއްޓި ލީމެވެ. އެ ބިޔަމީހާ އަހަންނަދިމަލަށް ބަލަލާއި އަހަރެންގެ ބޮލުގައި އަތްބާއްވާލިއެވެ، އެފަދަ ކަމަކަށް އުއްމީދު ނުކޮށްހުއްޓާ އެމީހާގެ އެއަމަލުން އަހަރެން ސިހުނުވަރު އަތްފޮޅުވާލާ ދުރަށް ޖެހެން އުޅުމުން މަންމަ އަހަރެންގެ އަތުގަހިފަހައްޓާ ބާރު ކޮށްލިއެވެ. “އައްދެ ހާދަ ރުޅިގަދަކުއްޖެކޭ ދޯމީ މިހާރު ތިހެންވިއަސް ފަހުން ރަގަޅުވާނެ ދޯ ސާއިނާ…” އެމީހާ އަހަނަށް ދިމާލަބަލަމުންދިއައިރު އަހަރެން ގަނެފައި ހުރިބިރާއި އައިސްހުރި ރުޅިން ހޭނެތޭވަރުވިއެވެ.” ޔޫނުސް ތި އުޅުއްވަނީ އޮޅިގެން މާހީ އަކީ މަންމަން ކުއްޖެއް އެހެންވެ ބިރުގަތީ ކަންނޭގެ އެހެނޫނަސް ޔޫނުސް ދެކެ ރުޅިއަންނަންަވީ ކީއްވެ ދޯ މާހީ. އަވަހަށް ސަލާމް ކޮށްލާ” މަންމަގެ އެވާހަކަތަކުން އަހަރެން މީ އެމީހުންނަށް މަންމަނެއްކަން ހާމަކޮއްދެމުން ދިއައިރު ހައިރާންވެ އަންތަރީސްވީ މަންމަގެ އަމިއްލައެދުން ބޮޑު ކަމުންނެވެ. އެއީ މުޅިއުމުރަށް އެމީހުންގެ ކުރިމަތީގައި އަހަރެންގެ އަނގަބަންދު ކޮށްލަން ޖަހާލި ދަންތުރައެއްކަން އަހަނަށްއެގެއެވެ. އަހަރެންގެ ފަރުވާލެއްނެތެވެ. މަންމަ ބޭނުންގޮތަކަށް މިއަދު އަހަންނާ ކުޅެމުން ދާށެވެ. އަހަރެން އިސްނަގަން މަޖްބޫރުވީ އެމީހާ އަހަންނާދިމާއަށް ސަލާމަށް އަތްދިއްކޮލުމުންނެވެ. ވީފޫހިން ދުވެފިލަންވީއޭ ހިތަށްއެރިނަމަވެސް އެކަމަށް އިޖާބަދިނީ އަހަރެންގެ މަޖްބޫރުންނެވެ. ޔޫނުސް އަހަރެން އަތުގަހިފާލަމުން އަމިއްލަ ތަޢާރަފުދެމުން ކައިރީގަ ހުރި ޒުވާނާ ގެ ވާހަކަވެސް ފެށިއެވެ. އަހަރެން އެޒުވާނާގެ މޫނަށް ބަލާލިއިރު އެޒުވާނާގެ ހިނިތުންވުން ފެނި އަހަރެންގެ ގައިން ހީބިހިނަގައިގެންދިއައެވެ. އާއެކެވެ. އަހަރެންގެ ހިއްސުތަކާކުޅެލާފިއެވެ. ދުވަހަކުވެސް ފިރިހެނަކައް ނުބެލޭ ރުހުމުގެ ނަޒަރުން އެޒުވާނާގެ ކޮންމެ ހަރަކާތަކަށް ބެލި އަހަރެންގެ ހިތު އެންމެ ފުންމިނަށް އަސަރު ކުރުވައިފިއެވެ. ” މީ މަގޭ ހުރި ހަމައެކަނި ދަރި ޒައިދު އަދި އިހަކަށް ދުވަހު ކިޔަވާއެނިމުނީ ސޯޅަ އަހަރު ވީ މިހާރު، ޒައިދުގެ މަންމަ މަރުވީ އެ ސޮރަށް ފަސްއަހަރުޔގަ އެ ދުހުން ފެށިގެން މަގޭ ދެލޯ ފަދައިން ބަލާބޮޑުމިކުރަނީ މަ ދާ ކޮންމެތާކަށް މިދަރި ގެންދަން އެހެންވެ ނުބުނެވެސް މިއައީ ގޮވައިގެން އިނގޭ ސައިނާ ހިތުންރުހުމުން މަގޭ މިނިންމުން ގަބޫލްކުރާނެކަން” ޒުވާނާ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޔޫނުސް މިހެން ބުނެނިމުނުއިރު މަންމަ އައިސް ޒައިދުގެ ގައިގާ ފިރުމާލަމުން އެކަމާއެއްބަސް ވިއެވެ. އަދި އެދެބަފައިންނަށް ބޭނުންވާ ހުރިހާ ކަމެއް އަހަރެން ކޮށްދޭނެކަމާއި ކޮންމެ ކަމެއްވިއަސް މަންމަ ކައިރީ ބުނުމަށް ބުންޏެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލަމުން ސައިހަދާދިނުމަށާް އެދުނެވެ. އަހަރެން އަވަހަށް އެ މީހުން ލޯ މަތިން ގެއްލި ބަދިގެ އަށް ވަނީމެވެ. މަންމަގެ މޮޅު ސިކުނޑިން އެ ރާވަމުންދާ އެއްޗެއް ވިސްނަށް އަހަންނަކަށް ނޭގުނެވެ. މަންމަ އަމިއްލަ އަށް ކުރިން ބުނީ އެމީހުން ކައިރީގަ އަހައިގެން ނޫނީ ކާނެ އެއްޗެއްވެސް ނުހެދުމަށެވެ. އެކަމަކު މިއަދު އެބުނީ އަހަންނަކީ މަންމަނެއް ކަމުގައެވެ. އަރަތެއް ކަހަލަ ކަންތައްގަނޑެކެވެ. އެންމެ ރަގަޅުވާނީ ވަމުންދާ ގޮތެއް ބަލަން ހުރުމެވެ. ސައިހަދާ ނިންމާ އަހަރެން ސިޓިންރޫމަށް ނުކުތުމުން މަންމަ އެމީހުންގޮވައިގެން ސައިމޭޒާދިމައަށް ދިއައެވެ. އިތުރަށް އަހަރެން އެތާގަ މަޑުކުރަން ނުހަދަ ދިއައީ ކޮޓަރިއަށެވެ.

އެތައް އިރެއް ހޭދަވިއިރުވެސް އަހަންނަ ވަގުުތުދިއަ ގޮތްނޭގި އޮވެވުނީ ޒައިދުގެ ރީތިސޫރަ ލޯމަތީ ސިފަވަމުންދާތީ އެ އަޖައިބެއްކަހަލަހިޔަލުތަކުތެރޭގައެވެ، މިއޮތްހަދުވަހު ވަގުތު ދާލެއް ލަސްވެގެން ތެޅުނުއަހަރެންނަށް މިއަދު އެކަންއިހްސާސް ނުވަކަހަލައެވެ. ހިޔާލުތަކުން ދުރުވެވުނީ އަސުރުނަމަދުގެ ބަންގީގެ އަޑަށެވެ. ފުއްމައިގެން ތެދުވެ ބޭރަށް ނުކުމީ ކުރަން ހުރި އެތަށް ކަމެއް ނުކުރެވި ހުރިމައެވެ. ހަވީރުގެ ސައިތައްޔާރު ކޮށް ތަށިތައް ދޮވެލަށް ޒިންކް ކައިރީ ހުއްޓާ ކައިރިން ފިޔަވަޅުތަކެއްގެ އަޑުއިވިގެން ބަލަލިއިރު ފަހަތުގާ ހުރި އަޒާލްބެ ފެނި ސިހުނު ވަރުން ތަށިތައް ވެއްޓިގެން ނުދިއައީ ކިރިޔާއެވެ. އަހަރެންގެ ކުރިމައްޗަށް އެރިގޮތަށް ފުރަގަހުން އަހަރެންގެ އިސްތަށިގަނޑުގާ ހިފާ ބާރުކޮށްލަމުން އަތުގައި ހުރި ތަށިތައް އަތުލާ ޒިންކުތެރެއަށް އަޅަލަމުން އެއަތް ނަގާ ހިފީ އަހަރެންގެ ކަރުގައެވެ. ހިވީ އަހަރެން މަރާލަންވެސް ފަސްނުޖެހޭނެފަދައިންނެވެ. ކަރަށް ބާރުވަމުންދިއަ ވަރަކަށް ނޭވާނުލެވިތެޅިފޮޅެން ފެށުނެވެ. ކުއްލިއަކަށް އަހަރެންގެ އިސްތަށިގަނޑުގައި ހިފަ އަޒާލްބެއާ ދިމައަސް ދަމައިގަތުން ގޮސްޖެހުނީ އެނުލަފާ އިންސާނާގެ މޭގައެވެ. އެ ސިންގާއެއްފަދަ އަޒާލްބެ އަހަރެން މޫނާއި މޫނު ކައިރިކޮށްލަމުން މުޅި މޫނުގައި އެނުލަފާ އިންސާނާގެ ތުންފަތް ބީހެން ފެށުމުން ނެތްހިތްވަރު ލާ އަހަރެންގެ ސަލަމްތުން އޮތް އަތްނަގާ އަޒާލްބެގެ މޫނުގައި ވަކި ދަމަލީމެވެ.ދެން އަޒާލްބެ ކުރީ ހީވެސް ނުކުރާ ފަދަ ކަމެކެވެ.އަހަރެންގެ ކަރުއަތްނައްޓާލިގޮތަށް އަހަރެން ލާފަހުރި މަތީގައި ހިފާވިދާލީއެވެ. އަހަރެންނަށް ވާނުވަނޭގި ގިސްލެވެންފެށި އިރު ހަށިގަނޑާއި ފޭރާން ވަކިވެ ހިގައްޖެއެވެ. “މާހީ ކަލޭ ކާކަށް ކޯންޗެއް ދައްކާނަމޭ ހިތާ ތިހަ ރިތިވެގެން މިއަދު ނުކުމެގެން ތިއުޅެނީ ، ކަލެ ކިތަންމެ ބޭނުންވިއަސް މަނޫން މީހަކު ތިހަށިގަނޑަކައް ނުބަލަނެ، އަނެއްކަ އެ ޔޫނުސްގެ ދަރި ޒައިދުއަށް ތިއްތި ދެއްކެންތަ ތިއުޅެނި ނުނީ އެ މިލިޔަނާރ ޔޫނުސް ކަލޭގެ އަވާގަ ޖެއްސޭތޯތަ ތިއުޅެނީ ބުނަން ކަލެތީ މަގޭގެ އަޅެއް ތި ހަށިގަނޑަކީ މަގޭކަރުހިއްކުން އެކަނި ފިލުވަންހުރި ޖިސްމެއް އުމުރަށް ވެސް އެހެންމީހަކަށް ތިހަށިގަނޑުދޭން ހިތަށްނާރުވާތި އޭރުންފެންނަނީ އެމީހެއްގެ ފުރާނަ ނެތް މަސްގަނޑު، ކަލެއަށް އެގޭތަ ކަލޭމަންމަ އަހަންނަ ކަލޭ ވިއްކާލަފަ ހުރިތާ ކޮންދުވަހެއްކަން ކަލެއަށް އިގޭތަ ކަލޭގެ މަންމަ އެ މަގޭ އަންހެނުން ދެކެވެސް މަވާފޫހި އެ އަންހެނާގެ ވަހުށީކަން ފުއްދުމަށް ކަލޭ ވިއްކަލީ މަށައް އެއްވެސް އިރެއްގަ ކަލޭމަންމަ ދެކެ މަލޯތްބެއް ނުވަން އަދި ކަލޭ ނޫން އެހެންމީހެއްގެ ކައިރިން އަަހަރެންގެ ކަރުހިއްކުންފިލުވާކަށްވެސް މިހާރުމަބޭނުމެއް ނުވޭ،މިތިންއަހަރުތެރޭ ކަލޭގެ ޖިސްމަށް ލިބުނު އަނިޔާއި މަށައް ލިބުނީ ފޮނިކަން އޭގެއެންމެ ފުރިހަމަ ގޮތުގަ، މަ ލޯބިވަނީ ކަލޭ ދެކެ، އެކަމަކު އެލޯބިވެސް ކަލޭބޭނުންނުވީމަ ނަފްރަތު ހިޔާރުކުރަންއޖެހުނީ، ހަނދާން ކުރާތި މަނޫން މީހަކު ކަލެއާއި ގަތްވެއްޖެނަމަ ފުރަތަމަ ދާނީ ކަލޭގެ މަންމަ ފުރާނަ ދެން އެމީހެއްގެ، އަދި މަށައް އަނ ިޔާދޭން ނޫޅެ މައެދޭކަމެއް ހެޔޮހިތުން ކޮށްދެންތައްޔާރަށް ހުންނާތި އެހެންނޫނީ ކަލެއަށް ލިބޭއަނިޔާވެސް ކުޑައެއް ނުވާނެ” ކަރުހިއްކުން ފިލާދިއުމުން އަޒާލްބެ ދެއްކިވާހަކަތަކުން ގަޑުވެފައި އަހަރެންނަށް އިދެވުނީ ހިރިލަންވެސް ނޭގިފައެވެ. އަޒާލްބެގެ އެ އަނިޔާތަކަށް އެތަށް ދުވަހެއްހޭދަވެގެން ދިއައިރުވެސް ނުދައްކާ އެތަށް އެއްޗެއް މިއަދު ބުނެފިއެވެ. ލޯތްބޭކިޔާ އަހަރެންކައި ހުސްކުރަމުންދާއިރު އެ ނުލަފާހިތުގަ ރަހުމުގެ ކަންފުޅެއްވެސް ވުންއެއީ ދުވަހަކު ނުވާނެކަމެކެވެ. އިންތަނުން ތެދުވެ ކޮޓަރިއަށް ދުއްވާގަނީވީދިފައި އޮތްހެދުމުގެ ބައިނަގާ ހަށިގަނޑު ފޮރުވަމުންނެވެ. ކިތަމެންވަރަކަށް ލޮލުންކަރުނަ އޮއްސިއަސް ވަނެ ފައިދާ އެއްނެތެވެ. ފާހަނައަށް ވަދެ ގަޔަށްފެންއަޅަ މުޅި ހަށިގަނޑައް ފިނިކަންލިބޭތޯ އުޅެއުޅެވެސް ގައިގައަޅާވޭނާ ނަގާދިލައިން ހިވަނީ މޮޔަވެދާނެހެއްނެވެ. ހަށިގަނދުގެ އެތައް ތަނެއް ދުޅަވެފައި ހުރިއިރު އެޒަހަމުތަކުން ހިތް ތޮރުފަމުންދިއައެވެ.

ކުއްލިއަކަށް ފާހަނާ ދޮރުގައި މީހަކު ޖަހަލިއަޑުއިވިގެން އަނެއްކަވެސް އަހަރެންގެ ހިއްސުތައް ގަނޑުވިކަހަލައެވެ. ބިރުން އަވަހަށް ތުވަލިނަގަ ހަށިގަނޑު ފޮރުވާލެވުނެވެ. އިވެން ފެށީ މަންމަގެ އަޑެވެ. “ބަބުރު ކުއްޖާ މިހަރު ނުކުމ،ެ ބަލާބަލަ ހުރި ނުލަފާކަން މުޅި ބަދިގެ ތެރެ ފެން ބޮޑުކޮށްލަފަ އެއްޗިހިތައް އުކާލަފަ ސައިވެސް ނުހަދާ އައިސް ތިއްތިވަން ތިއުޅެނީ މަށައް ކޮންޖެއްސުމެއް ކުރާނަމޭ ހިތާތަ، މިހާރު ނުކުމޭ ދޮރުވައްޓާނުލަނީސް ހުރޭ ކުޅިދައްކާލަނަށް މިފަހަރު” މަންމަ އެއްޗެހި ކިޔަމުންދާވަރަކަށް ހިތަށް ވެރިވަމުން ދިއަބރުުވެރިކަން ބޮޑުވެ މޫނު މައްޗަށް ގޮތްވާންފެށިއެވެ. ބިރުންހުރެވެސް އެދޮރު ހުޅުވާލުމާއި އެކު ހީވީ މުޅި ދުނިޔެ އަދިރިވިހެނެވެ. މަންމަގެ އަތުގައި ހުރި ހޫނު ފެންޖަގު އަހަރެންގަޔަށް އޮއްސަލި އިރު މުޅިހަށިގަނޑުހީވީ ކެކިގެން ދިއަހެންނެވެ. “މަންމާ ނޫން” ތިހެން ނުހަދާ” ވަރުނެތިހުސްވެފައިވާ އަހަރެންގެ އަޑު މަޑުވިއަސް ހަޅޭކެއްގެ ސިފައިގައި ގުުގުމާގަތުމައި އެނބުރުއަރައި މަންމަގެ އަތްމައްޗަށް އަހަރެންގެ ހަށިގަނޑުދެމުންމާ ވީ ހަމައެއްސިކުންތެއްގަެއެވެ. ” މާތްކަލާކޯ މިޖެހުނީ ކޮންފަދަބޮޑު މުސިބަތެއް، ދެންމަ ކިހިނެއް ހަދާނީ މި ކޮޓަރި ދޮރުހުޅުވާނީ ކިހިނެއް ކުރިމަތި އެތިބީ ޔޫނުސްމެން މި ކުއްޖާ ފުޅު މިއޮތީ އެތްގޮތް ކިހިނެއް ބޭރަށް ނުކުނަނީީ އަހަރެން، ، ކުދި ކިޔަމުން ޖީބުގައި އޮތްފޯނުނަގާ އަޒާލްބެއާ ގުޅިއިރު ތިމާ ބަނޑުއަޅާވިހޭ ދަރިފުޅު އޮތްހަލާމެދު ރަހުމެއްގެ ކަންފުޅެއްވެސް އުފެދިނުލިއެވެ. މުޅި ހަށިގަނޑު ރަތްވެ ދުޅަވެފުފިފަވާއިރު އެިކުރަމުންދާ ފާފާަގެ ބަދަލުގަ އެހަށިގަނޑުގައި އެދުވަހު އަޅަނެ ވެނާއި މެދުވެސް ވިސްނުމެއްނެތެވެ. އިރުކޮޅެއް ނުވެ ހުޅުވުން ދޮރާއި އެކު ުއެތެރެއަށް ވަން އަޒާލްބެއަށް ކޮޓަރި ފެނުނު މަންޒަރުން ދެލޯ ބޮޑުވެގެންދިއައެވެ.ހޭނެތިފާ އޮތް އަހަރެންގެ ހަށިގަނޑާއި ކުޅެމުންދިއަ މަންމަގެ ނުލަފާސޫރަފެނި ކަސްތޮޅުއެޅުނީ އަޒާލްބެގެ ދެފައިގައެވެ…………………………ނުނިމ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ހިތަކުން ނުފިލާނެ 5

Next

އިންތިޒާރު 27

Next
May 6, 2015

އިންތިޒާރު 27

Previews
May 6, 2015

ހިތަކުން ނުފިލާނެ 5

13 Comments!

  1. ummi says:
    May 6, 2015 at 5:28 pm

    Owww v v reethi kn iraku aneh bai up vaani

  2. sha says:
    May 6, 2015 at 5:32 pm

    ..v reethi…ekm heynethifa oih iru vaakanthakeh neyngeyne dhw..nextpart v avahah up kohdhehchey

  3. flower says:
    May 6, 2015 at 5:32 pm

    V reethi…dhen maahi kolhu gadha kohlaa..v dheraveyy mi story kiyaa iru…aneh bai avahah up kohla dhehcheyy plz plz

  4. same says:
    May 6, 2015 at 5:53 pm

    Wow… nice… mihaaru maahi ge stry salhi wey eba… maahi ge kolhu gadha khlchey ngey… nct prt warah awahah up khlchehy ngey….

  5. liu says:
    May 6, 2015 at 6:02 pm

    aslu mamma eh noon dhw aee….

  6. athoo says:
    May 6, 2015 at 6:09 pm

    Vvvv salhi.:-* XD . Sha e nulafa axaal ganda maahy mom ah fenaneynu vaagoimaahy hey nethunas dho interesting stry

  7. nishy says:
    May 6, 2015 at 7:39 pm

    Reethi… ekam heynethifa oiiru ethanga vamundhaa kanthah igenee Kihineh

  8. I-RaM says:
    May 6, 2015 at 9:03 pm

    THANK YOU ALL 🙂 ASLU FAHU THAHKOLHU GENESDHEVIFA IN GOTHUN EHN HEEVANEE DHW. I WILL MAKE CORRECT IT. N THANKX FOR HELPIN TO CORRECT MY MISTAKES 🙂

  9. shahoo love says:
    May 7, 2015 at 9:22 am

    vvv reethi. avahah up kurachey plx.

  10. barbe says:
    May 7, 2015 at 9:24 am

    barbie ge enme fayvrt story <3

  11. sam says:
    May 7, 2015 at 10:53 am

    V v reethi zaidh aa maahy aa dhemyhun gulhuvan feney eyrun adhi maa rythi vaane

  12. nihaa says:
    May 7, 2015 at 1:56 pm

    V v v reethi..waiting for next part…

  13. Anonymous says:
    May 10, 2015 at 6:33 pm

    wowwww…

Comments are closed.

Next Episodeފަނާ 10←


All Right Reserved!