ތިޙިޔާލުގާ (5)
“އިފް ޔޫ ޑޯންޓް މައިންޑް ވާހަކައެއް އަހާލަންތަ…. “ނުހާއާއި ޖެހިގެން އިން ގޮޑީގައި އިށީންނަމުން ޔާނީ އަހާލިއެވެ. އެއާއެކު ޔާނީ އަހަން އުޅުނު ސުވާލުވެސް ނުހާއައް އެގުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ.
“ޒާރާގެ ހަސްބެންޑް ކޮބާ…”ވީވެސް ނުހާ ހީކުރި ގޮތަށެވެ. ޔާނީ އެކުރީ ހަމަ ނުހާގެ ހިތުގައި އޮތް ސުވާލެވެ.
“އަސްލު މިއަދު ޒާރާގެ ސަބަބުން ބައްޕަގެ ފުރާނަ ސަލާމަތްވީ… ހީމީންސް ދަ ވޯލްޑް ޓުމީ…. ސޮރީ އަދި އިޓްރޮޑިއުސްވެސް ނުވެވޭ ދޯ…. އައި އޭމް ޔާނީ…” ނުހާ އެއްޗެއް ނުބުނެ އިނުމުން އާމިރުއައް ބަލާލަމުން ޔާނީ މައުޟޫ ބަދަލުކޮއްލިއެވެ.
“އައިނޯ ޔޫ… މިބުނީ ރާއްޖޭގެ އެއްމެ މަޝްހޫރު ބިޒްނަސް މޭންގެހުރި ހަމައެކަނި އަންހެން ދަރި ނޭގޭނީ ކާކައް…”ޔާނީ އައް ބަލާލަމުން ނުހާ ބުނެލިއެވެ.
“ޔާ ރައިޓް…. އާންމުކޮއް ބައްޕައާއި އެކު ފަންގްޝަންތަކައްވެސް ދާނީ އަހަރެން …. އެއްވެސް މީހަކައް ނޭގޭނީ ދޮންބެ… ވަރައް މިސްޓީރިއަސް މީހެއް އެއީ…. “ޔާނީ މަސައްކަތް ކުރަމުން ދިޔައީ އެދެެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކަޑުވާލުމަށެވެ.
“ޒާ އިޒް ނޮޓް މެރީޑް…” އިރުކޮޅަކު އެއްޗެއްނުބުނެ އިދެފައި ނުހާ ބުނެލިއެވެ. ނުހާ ބުނެލި ޖުމުލައާއެކު އާމިރުވެސް އައިސް އެތަނައް ހުއްޓުނެވެ. ނުހާ އެބުނި އެއްޗެއް އިތުރައް އޮޅުންފިލުވަން ބޭނުންވެފައިވާކަން އާމިރުގެ މޫނުމަތިންވެސް އެގެއެވެ. ނަމަވެސް ތިބެވުނު ތަނުގެ ގޮތުން އެއްވެސް މީހަކު އެކަމާ ގުޅިގެން އިތުރު ވާހަކައެއް އެވަގުތު ނުދެއްކިއެވެ.
ޒާރާ ކޮޓަރިއައް ބަދަލު ކުރެވުނު އިރުވެސް ހެއެއް ނާރައެވެ. ވީއައިޕީ ރޫމްއެއްގައި ޒާރާހއޮތްއިރު އެހުރިހާކަމެއް ހަމަޖެއްސީ އާމިރުއެވެ. ނުހާއާއި އެކު ކޮޓަރީގައި އިން ސޯފާގައި އިށިދެ ހަަމަޖެހިަލމުން ޔާނީ ނުހާއައް ބަލާލިއެވެ. އާމިރުވެސް އައިސް ސޯފާގައި އިށީދެލާ ނުހާއައް ބަލަހައްޓައިގެން އިނެވެ. ފަހަރަކު މީހެއްގެ މޫނައްބަލާލަމުން ނުހާ ވާހަކަދައްކަންފެށިއެވެ.
“ޒާރާގެ މަންމަ އަހަރެންގެ އެދުމަކައް ޒާރާ މާލެ ކިޔަވަން ފޮނުވީ ރަށުން ގުރޭޑު ދިހައެއް ނިމުމުން …. ޒާރާއަކީ ކިޔެވުމައް ވަރައް ފޯރި ހުންނަ ކުއްޖެއް…. އަބަދުވެސް ކުލލާހުން އެއްވަނަ… އޭލަވަލް ނިމި ކޯހެއްހަދަން ފެށިއިރު ޒާގެ ހަޔާތުގައި ލޯބީގެ ކުޅިގަނޑު ފެށިއްޖެ.. އަބަދުވެސް ހެވިފަ ހުންނާނީ… ހިޔާލީ ދުނިޔެއްގަ… ދުވަހަކުވެސް ޒާ ދޫކޮއްނުދާނެކަމައް އޭނަ ވައުދުވި.. އެކަމަކު…… އޭނަ ރާއްޖެއިންބޭރައް ކިޔަވަންދާން އޮތް ރޭގަ ޒާއާއި މީޓުކުރަން އެދުނީ… އަހަންނައްދެވެން ނެތީމަ އެރޭގަ ޒާ އެކަނި ދިޔައީ…. އެކަމަކު ބާރަ ޖެހިއިރުވެސް ޒާ ގެއައްނާދޭ… ފޯނުވެސް ނުނަގާ.. އަހަރެން ހާސްވެގެން ހަދާނެގޮތެއްނޭގިފަ ހުއްތާޓާ ޒާގެ ފޯނެއްއައީ… އަޑުޖެހމާއެކު އަހަންނައް ކޮންމެސް ކަމެއްވެއްޖެކަން ޔަގީންވީ… ޒާ ހުރިތަން ބުނުމުން އަހަރެން އެތަނައް ދިޔައިން…. ބިންމަތީގައި އިށީދެގެން ކަކުލުގަ މޫނުޖައްސާލައިގެން ޒާ އިންއިރު ފެނުނު ކޮންމެ މީހަކައްވެސް އަސަރު ކުރާނެ….. އަހަރެން އެރޭގަ އެއްވެސް ސުވާލެއް ޒާ އާއި ނުކުރީ…. ޒާ ހުރީ އަހަރެން ކުރާ އެއްވެސް ސުވާލަކައް ޖަވާބުދެވޭ ހާޅއެއްގައެއްނޫން…. އޭގެ އަނެއްދުވަހު…..”
*************************************************************************
މެންދުރުގަޑިއަކީ އާންމުކޮއް ޒާރާ ނިދާ ވަގުތު ނޫންނަމަވެސް ރެއައްފަހު ޒާރާއައް އައިސްފައިވީ ބަދަލު އަހަންނައް ވަރައް ރަނގަޅައް ފާހަގަވިއެވެ. ޒާރާ އައް ނިދިފައި އޮއްވާ އަހަރެން ގޮސް ޒާރާ ކައިރީގައި އިށީދެ ޒާރާ ގެ މޫނައް ފުންކޮއް ބަލާލީމެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ ނިދާފައި އޮތްއިރުވެސް ފާހަގަވެއެވެ.
“ޒާ…. “މަޑުމަޑުން ޒާރާގެ ބޮލުގަ ފިރުމާލަމުން އަހަރެން ގޮވާލީމެވެ. ސިއްސައިގެން ގޮސްއަހަރެންގެ އަތް ފޮޅުވާލަމުން ތެދުވެ ޒާރާ އަހަންނާ ދުރައްޖެހުނީ ބިރެއް ފެނުމުން ދުރައްދާ އުސޫލުންނެވެ.
“ރޭގަ ކިހިނެއްތަ ވީ؟؟؟ “އެއްމެފަހުން ކެއްނުވުމުން އަހަރެން އަހާލީމެވެ. އެދުކައިރިއައް ވެއްޓިފައި އޮތް ޒާރާގެ ހެދުން ނަގާ އަހަރެން އަތައް ބޮޑިކޮއްލީ ހިތައް އަރަމުން ދިޔަ ކަންތަަކަކީ ހަގީގަތައް ނުވުމައް ދުއާ ކުރަމުންނެވެ. އަހަރެންގެ ސުވާލާއެކު ޒާރާ ބާރައް ރޮއިގަތެވެ. އަހަރެން ގައިގާ ބައްދާލައިގެން އިދެ އެތައް އިރަކު ރުއިމައްފަހު ހުއްޓާލިއިރު ޒާރާއައް ގިސްލެވެއެވެ.
“ޒާ…. އަހަރެން އަބަދުވެސް ދެކެނީ ޒާ ތީ އަހަރެންގެ ކޮއްކޮއެއް ގޮތައް…. ކޮންމެކަމެއްވިޔަސް ޖެހިލުންނުވެ އަހަންނާ ޝެއާ ކޮއްބަލަ…. އަހަންނައް ވެދެވުނު ކޮންމެ އެހީއެއް އަހަރެން ވާނަން…. ޒާ އެއްވެސް ކަމަކާ އެކަނި ކުރިމަތި ލާން ނުޖެހޭނެ…. އަހަރެން މަންމަ މަރުވިފަހުން އަހަރެން ހުރިހާކަމެއް ކޮއް ދިރިއުޅުމާ އަލުން ކުރިމަތިލާނެ ހިއްވަރު ދިން މީހާ ޒާ ތީ…. އެހެން ވީމަ މިއަދު ޒާ އެކަނި ހާލައް ދޫކޮއްލާފަ އަހަރެން ނުދާނަމޭ…. ތީ ހަމައެކަނި ނަމެއްގަ އަހަރެންގެ ބެސްޓްފްރެންޑެއް ނޫނޭ….”ޒާރާގެ އަތުގައި ހިފައިގެން އިދެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޒާރާ ހަމައަކައް އެޅޭތޯއެވެ.
“ނުހާ… އަހަރެން ރޭގެ… އޭނަ ބުނިތަނައް ދިޔައިން އިނަތިޒާރުގަ ހުންނަތާ 30 މިނިޓު ވީ އިރުވެސް އޭނައެއް ނައި…. ދެން އަހަރެން ގެއައް އަންނަން ހިގައިގަތް ތަނާ މީހަކު ފަހަތުން އައިސް އަހަރެން އަތުގަ ހިފާ ދަމައިގަތީ…… ހަދަން ފަށާފަ އިން އެއިމާރާތުގެ ތެރެއިން އެމީހާގެ މޫނު ވަކިވާވަރެއް ނޫން…. އަހަރެން އެމީހާ ކައިރިން އާދޭސްކުރިން އަހަރެން ދޫކޮއްލަން އެދުނިން…. އެކަމަކު އެމީހާ ޖަނަވާރެއް ހެން އެއްވެސް ރަހުމެއްނެތި އަހަރެންގެ …. އެތައްއިރެއްފަހުން އަހަންނައް ހޭވެރިކަންވީއިރު …… އަހަރެން އެހާ ރައްކާކޮއްގެން ގެންގުޅުނު އަހަރެންގެ އިއްފަތްތެރިކަން …. ނުހާ އެއީ އިންސާނެއްގެ ސިފައިގަ ހުރި ޖަނަވާރެއް… ” އަހަރެން ގައިގަ ހިފައިގަން ނަމުން ޒާރާ ވާހަކަ ދެއްކިއިރު އެމޫނުމަތިން އެވަގުތު ރުޅި އާއި އެއްވަރައް ހިތާަމަވެސް ފެންނާން ހުރި، ޒާރާ ހީވަނީ މޮޔަވެފަ އިން މީހެއްހެންނެވެ.
އެދުވަހުން ފެށިގެން އެހާ މަޖާކޮއް ސަމާސާކޮއް އުޅުނު ޒާރާ ހިމޭންވިއެވެ. އަބަދު ކޮންމެވެސް ވިސްނުމެއްްގައި ހުރުން ޒާރާގެ އާދައަކައް ވިއެވެ. އެހާދިސާއައް ދެމަހެއްހާ ދުވަސް ވީފަހުން ޒާރާގެ މަންމަމެން މާލެއައް އައެވެ. ޒާރާގެ ބަދަލުވެފައިވާ މިޒާޖު އެމީހުންނައް ފާހަގަވިނަމަވެސް އެކަމުގެ ސަބަބު އެމީހުންނައް އަަންގަން ޒާރާ ބޭނުމެއް ނުވިއެވެ. ނަމަވެސް ތަގުދީރުގައި ރޭވިފައިވާ ކަމެއް ބަދަލުކުރެވޭނީ ކާކައް ހެއްޔެވެ. ޒާރާ ބަނޑުބޮޑުކަން އެގުނީ ޒާރާގެ މަންމަމެން މާލޭގަ ތިއްބައެވެ. ނަމަވެސް ޒާރާ ދެއްކި އެއްވެސް ވާހަކައެއް އެމީހުން ގަބޫލެއް ނުކުރިއެވެ. ރޮއިރޮއިފަ ޒާރާ ދައްކަމުން ދިޔަ ވާހަކަތައް އެމީހުންނައް އަޑުވެސް ނީވޭފަދައެވެ.
“އަހަރެން އެހާ ލޯބިނަ ބަލާ ބޮޑުކޮއް އެތައް އުންމީދަކާ އެކު މިތަނައް ފޮނުވީމަ ވީގޮތް ކިހާ ރަނގަޅު….. އަހަރެން ލަދުގަނޭ މިޔަދު ޒާރާތީ އަހަރެންގެ ދަރިއެކޭ ބުނަންވެސް…”ޒާރާ އައް ފުރަގަސް ދެމުން ޒާރާގެ މަންމަ ބުނެލިއެވެ.
އެދުވަހު އެމީހުން އެގެއިން ނުކުމެގެން ދިޔައީ ޒާރާ އައް އެއްމެ ފަހުބަސް އިއްވުމައްފަހުއެވެ. ބަނޑުގައި އޮތް ދަރިފުޅު ވައްޓާނުލާނަމަ ދެން އެމީހުންގެ ކުރިމައްޗައް ނޭރުމައް ބުނެފައެވެ. ޒާރާގެ ހިތް ކުދިކުދި ވިއެވެ. ނަމަވެސް ޒާރާ ކެއްކުރިއެވެ. އެއްވެސް ކުށެއްނެތް އެފުރާނައައް ގެއްލުމެއްދޭން ޒާރާގެ ޒަމީރު ދެކޮޅުހެދިއެވެ. އޭގެފަހުން ޒާރާގެ އުޅެމުންއައީ އަހަންނާއެކު އަހަރެންގެ ގޭގައެވެ.
**************************************************************************
“ނުހާ….”ޒާރާ ބަލިއަޑަކުން ނުހާއައް ގޮވާލިއެވެ. ނުހާއިންތަނުން ތެދުވެގެން ޒާރާ ކައިރިއައް ދިޔުމައް އަވަސް އަވަހައް ހިގައިގަތެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

