Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 11

Hawwa jabeela Level 110 Stories
August 21, 2020 2 Mins Read
2 Comments

ނަމަވެސް އެއަށްވުރެ ބޮޑަށް އިދާން ސަމާލުކަން ދިނީ ޒާޔާމެންނަށެވެ.
*******************
އެވަރަށް ވިސްނިއިރުވެސް ބޯ ހަމައެއްގޮތެއް ނުވިސްނުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެގޮތަށް އިދާންމެން އެކަކު އަނެކަކާ ވާހަކަ ނުދައްކަން ފެށިއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވެ. އެއީ ރަނގަޅުގޮތް ނޫންކަން ޒާޔާއަށް އިނގުނެވެ.ނަމަވެސް އޭގައި ޒާޔާއަށް ކުރެވޭނެ ކަމެއް ނެތުމުން މަޑުން އިނީއެވެ.

އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން ދުވަހެކެވެ. އިދާން އިނީ އެ ތަޅުދަނޑި ހިފައިގެން ވިސްނަންށެވެ. ހޫނު ގަދަ ކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ނަމަވެސް އިދާންމެން އެންމެންކެތް ކުރިއެވެ. އެ ތަޅުދަނޑިއާ ބެހެގޮތުން ހަމައެކެއްްޗެއް އިދާންމެންނަށް އިނގިފައެއް ނެތެވެ. ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ނުހޯދުނެވެ.

އެންމެން ވެސް ކައި ނިންމައިގެން އޮށޯތީ ނިދަން ހިތުލައިގެން ނެވެ. މާ ގިނައިރު ނުކޮށް އެންމެނަށް ވެސް ނިދުނެވެ.އިދާން ފިޔަވައެވެ. އިދާންއަށް ނުނިދިގެން އެހެން އޮށްވާ އަލިގަނޑެއް އަރާހެން ހީވެގެން ކޮޅަށް ތެދުވެ ބަލާލިއެވެ. އޭރު މުޅިތަން އެކީހެން އޮތީ ދިއްލިފައެވެ. ހީވަނީ ދުވާލުހެންނެވެ. ކުޑަކޮށް ބިރުގަތް ނަމަވެސް އިދާން ވަރަށް ފަރުވާތެރިކަމާ އެކު އެ އަލިގަނޑަށް ބަލާލިއެވެ.

އޭރު އަލިގަނޑު ތެރެއިން އަތެއް ފާޅުވާން ހުއްޓެވެ. އިދާންއަށް ހަޅޭއްލަވައި ގަނެވުނެވެ. ކުއްލިއަކަށް އިދާން ސިއްސައިގެން ދިޔައީ ފަހަތުން އިމްޝާގެ އަޑު އިވުމުންނެވެ. ހަޅޭއްލަވައި ގަނެވުނު ކަންވެސް އިނގުނީ އިމްޝާ ބުނުމުންނެވެ. އިމްޝާއަށްވެސް އެ އަތް ފެނުނެވެ. އޭރު އެންމެން ވެސް ތިބީ ހޭލައެވެ. ޒަހާ އުޅުނީ އެ ބަލައިލަން އެއާ ކައިރި ވާށެވެ. ޒަހާ ދިޔަނުދީ ޒާޔާއާ އިދާން އޭނަ ހިފެހެއްޓި އަނެއްކާ ވެސް ކުރިމަތިވާނެ ކަންތައް ނޭނގޭތީއެވެ.

އެންމެން ވެސް ސިހުނީ ކުއްލިއަކަށް ހުރެފަ އެ އަލިގަނޑު ގެއްލުމުން ނެވެ. އެއްޗެކޭ ނުބުނެ އެންމެން ވެސް އޮށޯތީ އިތުރަށް ނުނިދޭނެ ކަން އިނގިހުރެ އެވެ.

ކުއްލިއަކަށް ޒިންޔާ ފުންމައިގެން ތެދުވީ ފިނިކަން އިހްސާސް ވުމުންނެވެ. އޭރު އެންމެނަށް ތިބެވުނީ ގޮނޑުދޮށުގައެވެ. ބޯ ވިލާގަނޑެއް ވެސް އޮތެވެ. އޭރު ދެންތިބި މީހުންވެސް އޮތީ ރަނގަޅަށް ހަމަޖެހިލައިގެން ނިދައިފައެވެ. ޒިންޔާ ފިނިވާން ފެށުމުން އުފަލުން ތެދުވެ އެތާ އެނބުރި ދުވަންފެށީ ކުޑަކުއްޖެއް ފަދައިންނެވެ.

އެންމެނަށްވެސް ހޭލެވުނީ ޒިންޔާ އެހެން އުޅެނިކޮށެވެ. ވާރޭވެހެން ފެށީ ވަރަށް ބޯކޮށެވެ. ގަދަ ވަޔާއެކު ގުގުރި ޖަހަމުން ދިޔައެވެ. ރުއްތަކާ ގަސްތައްވެސް ދިޔައީ ހެލެމުންނެވެ. އެ ބޯ ވިއްސާރައިގެ ތެރޭގައި އެކުދިން ތިބީ ހަދާނެ ގޮތް ނޭނގިފައެވެ. އެއީ އެމީހުން ކުރިން ތިބި ދިމާއެއް ނޫންވެ. އެހެންކަމުން އެތާ އެމީހުން އެޅި ޓެންޓެއްވެސް ފެންނާކަށް ނެތެވެ. 2 ގަޑީރު ވާން ކައިރިވީ ވާރޭ ހުއްޓާ ނުލައެވެ. ހަދާނެ ގޮތެއް ނޭނގިގެން އިދާންމެން ތިއްބެވެ.

އެތަށް އިރަކު ވާރޭ ވެހުމަށް ފަހު ވާރޭ ހުއްޓާލި އެވެ. އޭރު އެ ހިސާބުގެ ދެތިން ގަސް ނުލާ ހުރިހާ ގަސްތަކެއް ހުރީ ކިރިޔާ ހަލާކުނުވެއެވެ. ކާނެއެއްޗެއް ނުލިބިދާނެތީ އިދާންމެން ހާސްވިއެވެ. ނަމަވެސް މާ އުދަނގޫ ކަމަކަށް ނުވެ ކާއެއްޗެހި ހޯދެވުނެވެ.

ކާނެ އެއްޗެއް ހޯދުމަށް ފަހު އެއެއްޗެހި ހިފައިގެން އެމީހުން ދިޔައީ މޫދު ކައިރިއަށެވެ. އެންމެން ވެސް ތިބީ ކުޑަކޮށް ފިނިވެފައެވެ. ގެނައި އެއްޗެހިތައް ކައިގެން އެތާ އޮތް ކުޑަ ގަހެއްގެ ކައިރީގައި އިށީނެވެ. އޭރު ތަންކޮޅެއް ދުރުން އެއްޗެއް ފެނަހެން ހީވެގެން ޒަހާ ކޮޅަށް ތެދުވެ ބަލާލިއެވެ.
ނުނިމޭ…..

މި ޕާޓު ކުރުވީމަ މާފަށް އެދެން… އަނެއް ޕާޓު ދިގު ކުރެވޭތޯ މަސައްކަތް ކުރާނަން انشاءﷲ…. މިވާހަކަ ކިޔަމުން ދާ ހުރިހާ ކިއުންތެރިންނަށް ޝުކުރު އަދާކުރަން…މި ޕާޓުވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން…????⁦☺️⁩⁦☺️⁩

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ހިތުގެ ފުންމިނުން

Next

އިންތިޒާރު ކުރަމޭ ލޯބިވާތީ-1

Next
August 21, 2020

އިންތިޒާރު ކުރަމޭ ލޯބިވާތީ-1

Previews
August 21, 2020

ހިތުގެ ފުންމިނުން

2 Comments!

  1. Rsm says:
    August 21, 2020 at 11:14 pm

    V kamudy hama maasha allah

    1. Hawwa jabeela says:
      August 22, 2020 at 8:37 am

      Thanks Rsm??⁦☺️⁩

Comments are closed.

Next Episodeނާމާން – 12←


All Right Reserved!