Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 9

kudhoo Level 310 Stories100 Comments
September 20, 2020 5 Mins Read
13 Comments

ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު ފުރުސަތެއް އަވަހަށް ކުރިމަތިލާ..ކޮންމެ ތަނަކަށް ދިޔަޔަސް ތިމާގެ އަމިއްލަ ޑިސިޕްލިންގ ހިފަހައްޓަން މަސައްކަތް ކުރާތި.. މިޒަމާނުގައި ތިބޭނެ ވަރަށް ދީނާ ދެކޮޅު މީހުން…އެމީހުން ވިސްނައިދޭނެ ބުރުގައި އެޅުމުންވެސް ހުންނަ ދަތިތަކާ ދެންގޮސް ހުތުރު ހުރިހާ ކަމެއް ރީތި ކޮށްދޭން މަސައްކަތް ކުރާނެ…ކޮއްކޮ އެފަދަ ވާހަކަތަކަށް ކެރިގެން ކުރިމަތިލާން ވާނެ..ނަމަނަމަ އެފަދަ ބައެއްގެ ހެއްލުމުގެ ދަށަށް ނުވެއްޓޭތި..” މުނާން އޭނާގެ ކޮއްކޮއަށް ނަސޭޙަތް ދިނެވެ.

” ދެކުދިން މިތާގައިތަ؟.. ލުމާ ޓެސްޓް ކިހިނެއް؟..” މުނާންއާ ވާހަކައެއް ދައްކާލުމަށްޓަކައި ނުފެނިގެން ހޯދަމުންއައި ޒުލޭޚާއަށް ދެކުދިން މަތީބައިގެ ފެންޑާގައި ވާހަކަ ދައްކަން ތިއްބާ ފެނިގެން އަހާލިއެވެ. ” ޓެސްޓް ފަސޭހަ..ޖޮބަކަށް ދާންވެގެން އެކަމާ ތިއްތިއާ މަޝްވަރާ މިކުރަނީ..” ލުމާ ބުންޏެވެ. “އެހެންތަ.. މަންމަ މިއައީ މުނާންއާ ވާހަކައެއް ދައްކާލަން ވެގެން..” ޒުލޭޚާ ބުންޏެވެ. ” ދަރިފުޅާ ލާނާ އެއްބަސް އެހެންވީމަ ކޮންދުވަހަކަށް ނިންމާނީ..” ޒުލޭޚާ ބުންޏެވެ. ” ކޮންކަމެއްތަ؟.. އަނެއްކާ ތިއްތިއާ ލާނާއާތަ؟..” ލުމާއަށް އަހާލެވުނެވެ. ” އާނ! ދެން ނުކިޔާ ގޭގެ މަސައްކަތު ލާނާއޭ…އެއީ ތިއްތިގެ ވާން އުޅޭ.. ” މުނާން ބުންޏެވެ. ” އަސްލުވެސްތަ…އެކަމަކު ކީއްވެ އޭނަ؟..” ލުމާއަށް އަހާލެވުނެވެ. ” ލުމާ ދިރިއުޅުމެއް ފައްޓަން އިޚުތިޔާރު ކުރާއިރު ބަލަން ޖެހެނީ ހަމައެކަނި މީހާގެ ސިފަޔަކަށް ނޫން..ބަލަން ޖެހޭނެ ދީންވެރިކަމާ ކިޔަމަންތެރިކަމާ މީހާގެ ރީތި އަޚުލާޤަށްވެސް..ތިއްތިއަށް މިހުރިހާ ކަމެއްވެސް ލާނާގެ ގައިންފެނޭ.. ދިރިއުޅުމެއް ބާއްޖަވެރިކުރުމަށް އެންމެ މުހިއްމު އެކަތި ދީންވެރި އަންހެނަކާ ދީންވެރި ފިރިހެނެއް..” މުނާން ބުންޏެވެ. ” އޯކޭ… ދެން އެހެންވިއްޔާ އަހަރެން ލާނާއަށް ގޮވާނީ ކޮންނަމަކުން..” ލުމާ އަހާލިއެވެ. ” ހެޔޮ ލުމާ ބޭނުން ނަމަކުން ކިޔަސް…” މުނާން ބުންޏެވެ. ” އެހެންވެއްޖިއްޔާ އަހަރެން ކިޔާނި ލާންތާ.. އޯކޭތަ؟..” ލުމާ ބުންޏެވެ. ” ހަމަ ލުމާ ބޭނުން ގޮތެއް..” އެދެކުދިންގެ އޮތް ލޯބި ފެނިފައި ޒުލޭޚާ ފޫހިކަމެއްނެތި ބަލަހައްޓައިގެން ހުއްޓެވެ. ” މަންމާ އެހެންވީމަ ޔުމާގެ ކައިވެނީގެ ކަންތައްނިމި ހަމައަކަށް އެޅުމުން އަހަރެންގެ ކަންތަކާ އުޅޭނީ.. ” މުނާން ބުންޏެވެ.

” ހުޝާން އަހަރެންގެ ބަނޑުގައި މިއޮތީ ހުޝާންގެ ދަރިއެއް..އެންމެ ފަހަރަކުވެސް ވިސްނަބާ..މާދަމާ މިދަރިފުޅުގެ ބައްޕަ ތިހެން އުޅޭތަން ފެނުމުން މި ދަރިފުޅަށް ކިހާ އަސަރު ކުރާނެ..” ނާއިލާ ބުންޏެވެ. ” ގެއަށް އައިސް ވަންނަ ކޮންމެ ގަޑިއެއްގައި ދަރިފުޅޭ އެއެކޭ މިއެކޭ ނުކިޔާ ނުހުރެވޭތަ؟.. ކަލޭ ބޭނުންވި ގޮތައް ކަލެއަށް މަށާ އިނދެވިއްޖެއެއްނޫންތަ؟.. މައެދުވަހުވެސް ބުނީމެއްނޫންތަ..މަގޭ ފަރާތަކުން އެއްވެސް އެއްޗެއް ލިބޭނެ ކަމަށް އުންމީދު ނުކުރާށޭ.. މަމިދަނީ ބޭރަށް.. މަށަށް ގުޅައިގެން އުނދަގޫކުރަން ނަހަދާތި..” ހުޝާން ހިތުހުރިވަރެއް ނާއިލާއަށް ކުރުމަށްފަހު ނިކުމެގެން ދިޔައެވެ. ސައިކަލަށް އަރައިގެން ދުއްވާލި ހުޝާންގެ ސިނކުޑި ހީވަނީ ފަޅައިގެން ދާނެހެންނެވެ. ” މިކަމަކުންވެސް ނެތް ފަސޭހައިން ސަލާމަށް ވެވޭކަށް.. ވަރިކޮށްލައިފިއްޔާވެސް މަންމަމެން ދުވަހަކުވެސް ބަހެއް ނުކިޔާނެ.. އެކަމަކުވެސް ވަޒީފާއަކަށް ދާހިތެއް ނެތް.. އަކްރަމްމެން ބުނިހެން އޭތިކޮޅު ވިއްކައިގެން މުއްސަނދިވިޔަސް މިއަށްވުރެ ރަގަޅުވާނެ.. އޭރުން ވަޒީފާއަކަށް ގޮސް ސައުވީސް ގަޑިއިރު ހޭދަ ކުރުމަށްވުރެން ފޫހި ފިލާނެ..” އެތައް ހިޔާލު ތކެއްގައި ހުރެ ހުޝާންއަށް ގޮސް މަޑުކޮށްލެވުނީ އާންމުކޮށް އަކްރަމްމެން އުޅޭ ހުސްއިމާރާތުގެ ކުރިމަތިގައެވެ. އެތަނަކީ ހަދަންފަށައިފައި މިހާރު މަސައްކަތް ކުރިއަށް ނުގޮސް ހުއްޓާލައިފައިވާ އިމާރާތެކެވެ. ދެ ހިޔާލެއްގައި ހުރެ ހުޝާން ގޮސް އެއިމާރާތައް ވަނެވެ. ” އަހަނ ކަލޭ އައީތަ.. މިހާރު ވިސްނިއްޖެ ދޯ މިކަމުގައި ހުރި ފައިދާ.. ” އަކްރަމް ބުންޏެވެ. އަކްރަމް މެން އެދުނީ އެމީހުން ގެންގުޅޭ އެއްޗެއްގެ އަޖުމަ ބަލާލުމަށެވެ. އެމީހުންނަށް ނުވިސްނުނީ މިއީ ﷲޙަރާމް ކުރައްވާފައިވާ ކިހާ ބޮޑުކަމެއްކަމެވެ. ފާއިތުވަމުން ދާ ކޮންމެ ދުވަހަކީ ހުޝާން އެކަމުގައި ބަނދެވި ޢާފިލުވަމުން ދިޔަ ދުވަސްތަކެކެވެ. ގިނަ ދުވަސް ދުވަހު އެއްގޮތަކަށްވެސް ލޮލަކަށް ނުފެނެއެވެ.

ޔުމާއާ ފިރާޝްގެ ކައިވެނި ކުރެވިގެން ދިޔައެވެ. މުޅި އެރެއަކީ އެދެމަފިރިންނަށް ޚާއްސަ ރެއަކަށް ވެގެން ދިޔައެވެ. ނަމަވެސް އެރެއަކީ އެއްބައި މީހުންގެ ހިތްތަކަށް ޒަލްޒަލާއެއް އާރެއަކަށް ވިއެވެ. ހުދުކުލައިގެ ކައިވެނި ހެދުމުގައި ހުރި ޔުމާ ހީވަނީ ޕަރީއެއް ހެންނެވެ. ބޮލުގައި އަޅައިފައިވާ ޝޯލުގެ މަތިން އަޅައިފައިވާ ލޭސް ފޮތިގަނޑު ހެދުމުގެ ފަސްބައިން ތިރިއަށް އޮތެވެ. ފިރާޝް ވެސް ހުދުކުލައިގެ ގަމީހެއްލައިފައި މަތިން ކަޅުކުލައިގެ ޖެކެޓެއް ލައިގެން ހުރިއިރު ފިރިހެންވަންތަކަމުން އަންހެން ކުދިންނަށް އެހެން ފަރާތަކަށް ނުބެލޭނެ ކަން ޔަގީނެވެ. ކައިވެނީގެ ހަފްލާއަށްއައި މެހުމާނުންތައް ދިޔަފަހުން ދެމަފިރިންނާއި އާއިލާގެ ފޮޓޯނެގުން އޮތެވެ. ނަމަވެސް އެންމެންގެ ލޮލުގައި އަޅައިގަތީ އެގެއަށް ވަނދެގެން އަންނަ ފަސް ޕޮލިހުންނެވެ. އެމީހުން އައިސް ދެއްކީ ލިޔުމެކެވެ. ނާއިލާއަށް އަޑުން އަޑުނަގާ ރޮއެ ގަނެވިއްޖެއެވެ. އޭނާގެ ދަރިފުޅު ދުނިޔެއަށް އަންނާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ޒުލޭޚާ އަކަށްވެސް ކެތެއް ނުކުރެވުނެވެ. ” ހުޝާން މަންމަ ދަރިފުޅާ ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް… ކީއްވެ ދަރިފުޅު ތިމަގު އިޚްތިޔާރުކުރީ؟.. އެއްކަމަކަށް ފަހު އަނެއްކަމަކަށް އަރައިގަންނަނީ.. މަންމަމެން ދަރިފުޅަށް ކޮންކަމެއް އުނިކޮށްގެން..މަންމަމެން ދިން ތަރުބިއްޔަތުގެ ކޮންބައެއް މަދުވީ.. މަންމަ އުންމީދެއް ނުކުރަން މަންމަގެ ދަރިއެއްގެ ފަރާތުން މިފަދަ ހިތާމައެއް މަންމައަށް ލިބިދާނެކަމަކަށް..” ވާހަކަ ދައްކަމުން ދިޔަ ޒުލޭޚާ ކުއްލިއަކަށް އަރިއަޅާލިއެވެ. އެވަގުތު އެންމެ ކައިރީގައި ހުރި ޔުއާން އޭނާގެ މަންމަ ވެއްޓުމުގެ ކުރިން އޭނާގެ ބާރުގަދަ ދެއަތުގެ ހިމާޔަތް ދިނެވެ.

މަންމަ ވެއްޓެން ދިޔަ މަންޒަރު ފެނުނު ހުޝާންއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް ސައީދު އެކަން މަނާކުރިއެވެ. އަދި އެމަގުގައި އެގޮތުގައި އުޅެން ބޭނުންވަންޏާ އެމީހުންނީ މައިންބަފައިން ކަމުގައި ނުބަލާ އުޅުމަށް ބުންޏެވެ. މިނޫނީ ހުޝާންގެ ހިތައް އެއްޗެކޭ އެރި ދުވަހެއް އައި ކަމެއްނޭނގެއެވެ. ގޮޅީގައި ދުވަސްތައް ފާއިތުކުރާނެ ގޮތެއްވެސް ހުޝާންއަކަށް ނޭނގެއެވެ. ދޮންބެގެ އަތުތެރޭގައި އޮތް އޭނަގެ މަންމައަށް ބަލަމުން ފަސްއެނބުރި ޕޮލިހުންނާއެކު ދާން ހުޝާން ހިނގައިގަތެވެ. ނަމަވެސް އަނެއްކާވެސް މަޑުކޮށްލައިފައި އެނބުރުނެވެ. އަދި ޕޮލިހުން ކައިރީން ހުއްދައަށް އެދިފައިވާ އޭނަ އެތައް ޒަޚަމްތަކެއް ލައްވަމުން އަންނަ އޭނަގެ އަންހެނުންކައިރިއަށް އައިސް މަޑުކޮށްލިއެވެ. ” ނާއިލާ އަހަރެންނަށް މާފުކުރޭ…އަހަރެންނަށް އެނގޭ މިހެން ބުންޏަސް މާފު ކުރަން ފަސޭހަ ނުވާނެ ކަން.. އަހަރެމެންގެ ދަރިފުޅު ރަގަޅަށް ބަލާތި..އަހަރެންނަށް އެނގޭ މިހުރިހާ ދުވަހު އަހަރެން ނާއިލާއާ ދޭތެރޭ ކަންތައް ކުރީ ރަގަޅަކަށް ނޫންކަން…އަދި އަހަރެން ނެތަސް ނާއިލާ ދަރިފުޅު ރަގަޅަށް ބަލާނެކަންވެސް އެނގޭ..” އޭރުވެސް ނާއިލާ އަޑުންއަޑުނަގާ ރޮނީއެވެ. އޭނަގެ މަންމަގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޮމުން ދިޔަ ނާއިލާ އެންމެ ފަހަރަކުވެސް ބޯހިއްލާ އޭނަގެ ފިރިމީހާއަށް ބަލާވެސް ނުލިއެވެ. އޭރު ގެއަށް ވައްދަމުންދިޔަ މަންމަޔަށް ބަލައިފައި އަނެއްކާވެސް ހުޝާން އެނބުރި ޕޮލިހުން ތިބި ދިމާލަށް އައެވެ. ނާއިލާ ދެވަނަ ފަހަރަށް ހުޝާންއަށް ބަލައިލީ ޕޮލިހުން ހުޝާން ވޭންގަނޑަށް އަރުވާ ދޮރުލައްޕަން އުޅެނިކޮށެވެ.

ނަސީބު ކަންދިމާކުރިގޮތުން ޒުލޭޚާއަކަށް މާބޮޑުކަމެއް ނުވެއެވެ. ކުއްލިއަކަށް އެފަދަ ކަމެއް ދިމާވުމުން އެކަމާ ކުރިމަތިލާނެ ހިތްވަރު ނެތިގެން ދިޔައީއެވެ. ޔުމާ ވެސް މަންމަ ހަމައަކަށް އެޅުމުން ފިރާޝްއާއެކު އޭނާގެ ގެއަށް ދިޔުމަށްޓަކައި ގެއިން ނިކުތެވެ. ފިރާޝްމެން ގެއަށްލާފައި ހުމޭޝް އަނެއްކާވެސް އައިސް ކާރަށް އެރިއެވެ. އެއްވެސް މިސްރާބެއްނެތި އޭނާއަށް ދެވުނީ ހަނާމެންގެ ގޭ ހުންނަ ސަރަހައްދަށެވެ. އެވަގުތަކީ ހަނާވެސް ނިދި ނައިސްގެން ތެދުވެ ބެލްކަންޏަށް ނިކުމެ ތިރިބަލާލި ގަޑިއެވެ. ހަނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ރަތް ކުލައިގެ ކާރެވެ. ” ހުމޭޝް މިގަޑީގައި ކީއްކުރަނީ..އަދިވެސް އެއާ ހަފްލާ ނުނިމެނީތަ ނުފުރާގެން އުޅެނި..” އިތުރަށް އެތާ މަޑުކޮށްފިއްޔާ ހުމޭޝްއަށް ފެނިދާނެތީ ހަނާ އަނެއްކާވެސް އެތެރެއަށް ވަނެވެ. އެކި ވިސްނުންތަކުގައި ހުރެ އެނދަށް އަރާ ފޯނުން އެފްބީއަށް ވަނދެލިއެވެ. ކުއްލިއަކަށް ހަނާގެ ހިތައްއެރީ ހުމޭޝްގެ އައިޑީ ސާޗް ކޮށްލުމަށެވެ. މާ އުނދަގުލެއް ނުވިއެވެ. އޭނަ ދިން ކާޑުގައިވެސް އޭނަގެ އައިޑީ ޖަހައިފައި އޮތެވެ. ނަމަވެސް އެއަޑީން ދީނީ ޕޯސްޓްތަކާ ހަދަމުންދާ އިމާތްރާތްތަކާ އެކިކަހަލަ ފަރުމާކުރުންތަކުގެ ފޮޓޯތަކާ ލިޔުންތައް ފިޔަވައި އިތުރު އެއްޗެއް ނޭނގުނެވެ. ކޯއްޗެއް ހިތައް އަރައިގެން ކަމެއް ނޭނގެއެވެ. ހަނާ އަށް ހުމޭޝްއަށް ފްރެއިންޑް ރިކުއެސްޓް ފޮނުވައިލެވިއްޖެއެވެ. ހުމޭޝް ހީވީ ހަނާގެ އިންތިޒާރުގައި ހުރިހެންނެވެ. ވަގުތުން ރިކުއެސްޓް އެކްސެޕްޓްކޮށް ހަނާއަށް މެސެޖެއް ކުރިއެވެ. ހަމައެކަނި ޝުކުރިއްޔާ ޖަހާފައެވެ. އަނެއްކާވެސް ހުމޭޝް ހުރިތޯ ޔަގީން ކޮށްލުމަށްޓަކައި ހަނާ ބޭރު ބަލައިލިއެވެ. ނަމަވެސް މިހާރު ކާރުނެތެވެ. ހުމޭޝްގެ އިތުރު މެސެޖެއް ނާދެއެވެ. ހަނާއަށް މުޅި އެރޭވެސް ހުމޭޝްގެ އިތުރު މެސެޖަކަށް އިންތިޒާރު ކުރެވުނު ވަރުން ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.

ލުމާ ކުރިމަތިލި ވަޒީފާ އޭނާއަށް ލިބުނެވެ. މިއަދަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ” ތިއްތި އަސްލު އަހަރެން ދާންވީ ތިއްތިމެން އުޅޭ އޮފީހަށް ދޯ… ތިއްތި ބުނީމެއްނޫންތަ ކޮލެޖަކުން ލެކްޗާރއެއްގެ ވަޒީފާއެއް އޮވެގެން އެމީހުން ގުޅިވާހަކަ އެތަނަށް ނުދަންތަ؟..” ލުމާ ބުންޏެވެ. ” ނޫނޭ..ލުމާ ތިދާން އުޅޭތަން ގޯހެއްނޫން…ކޮންމެ ތަނަކަށް ދިޔަޔަސް ރަގަޅަށް އުޅުނީމަ އުޅެވޭނެ… އާނ! އެތަނަށް ދާނަން ހުރިހާ ޑޮކިއުމެންޓެއް ފޮނުވައިގެން މިހުރީ… މިއަންނަ ސެމިސްޓަރގައި ފަށަނީ… އެހެންވީމަ އަދި އެބޯތެއްނޫ ދެ މަސްދުވަސް…” މުނާން ބުންޏެވެ. ” ދެން އެހެންވިއްޔާ ތިއްތިގެ ކައިވެނީގެ ކަންތައް ނިންމަން ވީއެއްނޫންތަ އޭގެ ކުރިން…އޭރުން އަނެއްކާވެސް ބޮޑު ޕާޓީއެއް މިގޭގައި އޮންނާނެ…” ލުމާ ބުންޏެވެ. ” ތިއުޅެނީ ވަޒީފާއަކަށް ދާ ފުރަތަމަ ދުވަސްވީމަ އަނގަ ގަދަވެގެން ދޯ؟… އަނގަ ނުތަޅާ އަވަސް ކުރޭ ތިއްތި މަޑު މިކުރަނީ ލުމާ އެތަނަށް ލައިދީފައި ދާންވެގެން..” މުނާން ބުންޏެވެ.

ނާއިލާ ވިހަން އެމަޖެންސީކޮށް ވެއްދުނެވެ. ދެއާއިލާގެވެސް ބައެއް މެންބަރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަލާޙާގެ ދެފައި އެއްތާކު މަޑެއް ނުވެއެވެ. ވިހަން ވެއްދިތާ ގަޑިއިރެއްފަހުން ރަޖައެއްގައި އޮޅައިލައިގެން ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް ނެރުނެވެ. ” ފަލާޙާ!.. ދަރިފުޅަށް ހަތްދުވަސް ފާހަގަ ކުރުން ތިގޭގައި ދޯ ބާއްވާނި…” އެންމެން އެކުއްޖާ ނަގާ ފޮޓޯނަގާ ހަދައި ނިމުމުން ނަރުހުން އަނެއްކާވެސް އެދަރިފުޅު ގޮވައިގެން އެތެރެއަށް ވަނުމުން ޒުލޭޚާ ބުންޏެވެ. ” ޒުލޭޚާ ބޭނުން ގޮތެއް.. ހުޝާން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ތިޔަ ދެމަފިރިންނަކީ ވަރަށް މާތް ދެއިންސާނުން އެކަން ހިތުގެ އަޑިން ގަބޫލުކުރަން…” ފަލާޙާ ބުންޏެވެ. ” ތިވާހަކަ ނުދައްކާ..އެހެންވީމަ ހިނގާދެން އެކަމާ ތައްޔާރުވާން..” ޒުލޭޚާ ބުންޏެވެ. ﷲގެ ރަޙުމަތުން ނާއިލާއާ ދަރިފުޅުގެ ޙާލު ރަގަޅެވެ. އެހެން ކަމުން ހޮސްޕިޓަލުގައި އެއްދުވަސް ކޮށްފައި ގެއަށް ދޫކޮށްލިއެވެ. އެންމެން ތިބޭތަނެއްގައި ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އެކަނިވުމުން އަދިވެސް ނާއިލާ ކަރުނަ އަޅާ ރުއެވެ. އޭނަ އެންމެ އިންތިޒާރު ކުރަމުންއައީ މި ދަރިފުޅު އުފަންވާދުވަހު ދަރިފުޅު ފެންނަ ހިސާބުން ހުޝާންގެ އަމަލުތައް ބަދަލުވެގެންދާނެކަމަށެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ފުހެވިގެން ނުދާނޭ – 01 –

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (2)

Next
September 20, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (2)

Previews
September 19, 2020

ފުހެވިގެން ނުދާނޭ – 01 –

13 Comments!

  1. Malti says:
    September 20, 2020 at 8:34 am

    WOW ???
    V nice…. An me first dho??

    1. kudhoo says:
      September 20, 2020 at 10:54 am

      ??? Thank you malti. Yes. First coment.

  2. Ram says:
    September 20, 2020 at 8:53 am

    Maasha allah haadha haadha reehchey mibai ves next part plese???????❤❤❤❤❤❤❤❤❤❤❤

    1. kudhoo says:
      September 20, 2020 at 10:55 am

      ??? Thank you Ram. Insha Allah

  3. unknown queen says:
    September 20, 2020 at 10:16 am

    Vvvvvvv nice omg hushaan vs dhw.. pis pis But it’s nice inge ♥️♥️♥️♥️
    TC everyone stay safe ???

    1. kudhoo says:
      September 20, 2020 at 10:56 am

      ???Thank you unknown queen..

  4. Mariyam Sinana Is'haq says:
    September 20, 2020 at 10:23 am

    Aminth Abdulla try thsi

  5. Rikkorifoo says:
    September 20, 2020 at 11:28 am

    Vvvvvvv salhi mi part ves
    ????????
    Tc
    Lysm

    1. kudhoo says:
      September 20, 2020 at 11:31 am

      ???Thank you Rikkorifoo

  6. Love says:
    September 20, 2020 at 1:02 pm

    Varah nice ur a amazing writer ???

    1. kudhoo says:
      September 20, 2020 at 1:32 pm

      ???? Thank you love

  7. thiththaaa says:
    September 22, 2020 at 12:38 pm

    masha allah kudhu…ur the best …varah reethi mi baives

    1. kudhoo says:
      September 22, 2020 at 5:03 pm

      ????Thank you thiththaaa

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 10←


All Right Reserved!