Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 26

darkangel Level 210 Stories
May 2, 2015 4 Mins Read
41 Comments

“ޔެސް، އައި ސެޑް ޔެސް ޓް ހިމް” ނޫރާ ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ޒާޔާ ބުނެލިއެވެ. އެއާއި އެކު ނޫރާ ތޫލިއަޑަކުން ހަޅޭލަވައިގަނެފައި ޒާޔާގެ ގައިގައި ބައްދައިގަތެވެ.

“ދެން ފަހަރި ކިޔަން ފަށަންވީދޯ” ޒާޔާގެ ގައިގައި ބައްދައިލައިގެން ހުރެ ނޫރާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޒާޔާ ޖަވާބުގައި އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ދެކުދިން ދުރުވެލާފައި ބަލާލިއެވެ. އެތެރެއަށް ވަދެގެން އައީ ޔަޝްރާއާއި ސަލްމާއެވެ.

“މަންމަ މިއަދު އަސްލުވެސް ވަރަށް އުފާވެއްޖެ، ތިދެކުދިންގެ ގުޅުމަށް ދުވަހަކުވެސް މީހެއްގެ އެސްފީނާ ނުޖެހުމަށް މަންމަ ދުޢާ ކުރަން” ޒާޔާގެ ކައިރިއަށް އައިސްފައި އޭނަގެ ދެއަތުގައި ހިފާލަމުން ޔަޝްރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. އަދި ކުޑަކޮށް ޒާޔާގެ ގައިގައި ބައްދާލިއެވެ.

“ސޯ މަމް ކޮންއިރަކުންތަ ވެޑިންގ އޮތީ” ނޫރާވެސް އައިސް ޔަޝްރާގެ ކޮނޑުގައި އެލިގަންނަމުން ބުނެލިއެވެ. “އަދި މެރީ ނުކުރެވިގެން އުޅޭވަރެއް ނުވެއެއްނު، ދެންމެ އަދި ޔެސް ބުނީވެސް ދޯ، ޒާ ކިޔަވާ ނިމުނީމަ ނެކްސްޓް އަހަރުން މެރީކުރާގޮތަށް ހަމަޖެއްސީ އޯކޭ” ޔަޝްރާ އަދިވެސް ހުރީ ޒާޔާގެ ދެއަތްތިލާގައި ހިފާލައިގެންނެވެ. ޔަޝްރާ އެހެންބުނުމާއިއެކު ޒާޔާއަށް މަރުހަބާ ކިޔިއެވެ. ބަހަކުން ބަހެއް ނުބުނެ ހުރިގޮތަށް ޒާޔާ ހުއްޓެވެ. ބަހެއް ބުނާނެ ހިތްވަރުވެސް އޭނަގެ ނެތީކަންނޭގެއެވެ. ފަނޑުހިނިތުންވުމެއް ވެރިކޮށްލައިގެން ހުރީ އެހެންމީހުންނަށް އެމޫނުގައިވާ ނުތަނަވަސްކަން ފޮރުވުމަށެވެ.

*************************

ޓެރަސް މަތީގައި ރާއިންއާއި ޒަޔާން އަދި ޝާން ތިބީ ކޮފީބޯށެވެ. ދެކެވެމުންދިޔައީ ޒާޔާ ޒަޔާންއަށް އާއެކޭ ބުނުމުން އެވާހަކައެވެ. ދިމާކުރަމުން ދިޔައީ ޝާންއެވެ. އެހެން އެންމެން މީހުނާ އިންނަ އިނދެގެން ދަރިންހޯދާއިރުވެސް ހުސްހަށިބަޔަށް ރާއިން ހުންނާނެއޭ ކިޔައިގެން ދިމާކުރަން ފެށިއެވެ. ނަމަވެސް އެއަށް އެއްވެސް ރައްދެއްނުދީ ރާއިން އިންގޮތަށް އިނީއެވެ. އެހެންމީހުންގެ ކުރިމަތީގައި ފޭކު ހިނިތުންވުމެއް ދައްކައިގެން އުޅެނީ އެހިތުގެ ހާލު ފޮރުވުމަށެވެ. ވާހަކަ ދައްކަން ތިބުމަށްފަހު ޝާން އާއި ޒަޔާން ދިއުމުންވެސް އެކަނި ރާއިން އިނެވެ. ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ކަކުލުގައި އުޅަބޮށި ވިއްދާލިއެވެ. އަދި ފުންނޭވައެއް ބޭރުކޮށްލުމަށްފަހު ދެއަތުގެ ތެރޭގައި މޫނުފޮރުވާލިއެވެ. އޭޏަގެ ހިޔާލުތައް ގުޅިފައިވަނީ ޒާޔާއާއިއެވެ. އޭނަގެ ލޯބި އެހެން މީހެއްގެ އަތުތެރޭވަނިކޮށް ދެކޭނެހާ ހިތަވަރު އޭނަގެ ހުންނާނނެ ބާއޭ ހިތަށް އަރަމުންދިއައެވެ. ދެލޯމަރާލައިގެން އަދި ދެދަތްޕިލާ ޖައްސާބާރުކޮށްގެން އިނީ ލޮލުން ކަރުނަ ޖަމާވުމުންނެވެ. ހިތުގެ މައްޗަށްވެސް ބާރުފޯރުވޭނީ ވަކިވަރަކަށެވެ. އޭނައަށް އެހެން އިންދާ ރޮވުނީ ކޮންއިރަކު ކަމެއް ނޭގުނެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު މޫނުފޮހެލިއެވެ. އަދި ފުންކޮށް ދެތިން ނޭވާ ލުމަށްފަހު މީހާ ހަމައަކަށް އެޅިލިއެވެ.

ނިދަންވެގެން އޮށުއޮވެލައިގެން އޮތް ޒާޔާއަށް އަދިވެސް ވިސްނެނީއެވެ. ޒަޔާން އޭނަ އުފަލުގައި ގެންގުޅެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޭނައަށް އެބައޮތެވެ. ޒަޔާންގެ މަންމަވެސް އޭނަ އުފަލުން ބަލައިގަނެފިކަން އޭނައަށް އެނގެއެވެ. ނަމަވެސް ދުވަހަކުވެސް އޭނައަށް ޒަޔާންއަށް ހިތްދެވިދާނެހެއްޔެވެ.؟ އެހިތުން ކުޑަ ޖާގައެއްވެސް ދެވިދާނެހެއްޔެވެ؟ ދުވަހަކުވެސް އެހިތުން އޭނައަށް ލޯތްބެއް ދެވިދާނެހެއްޔެވެ؟ ޖަވާބު އައީ ހިތުންނެވެ. ނޫނެކެވެ. އެހިތް ވިންދު ޖަހަނީ އެންމެ އިންސާނަކަށްޓަކައެވެ. ހަމައެކަނި ރާއިންއަށްޓަކައެވެ. އަދިވެސް އެހިތް އެދެނީ ރާއިންއެވެ. ރާއިންގެ ލޯތްބެވެ. އަދިވެސް އެހިތުގައި ރަސްކަން ކުރަމުންދަނީ ރާއިންއެވެ. އެހިތް ރާއިނގެ ލޯބިން ފުރާލީ އެހެންމީހަކށް ވަދެވޭނެ ކުޑަވެސް ޖާގައެއް ނުބާއްވައެވެ. ކަންމިހެން އޮތްއިރު ޒަޔާންއާއި އެކު އުފާވެރި ދިރިއުޅުމެއް އުޅޭނީ ކިހިނެތްހެއްޔެވެ؟ ޒާޔާއަށް ނިދުނީވެސް އެހިޔާލުތަކުގައި އޮއްވައެވެ.

ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން އެންމެންވެސް ތިބީ ގޭގައެވެ. ނަމަވެސް އެރި އިރާއެކު ރާއިން އޮފީހަށް ހިނގައްޖެއެވެ. ޒާޔާގެ ކުރިމައްޗަށް އަރާކަށެއް ބޭނުމެއް ނުނެވެ. އެހިތުގެ ހާލު މިއަދު ކިތަންމެ ރީއްޗަކަށްވެސް ޒާޔާއަށް އެނގޭނެތީއެވެ. ޒާޔާވެސް އެދުވަހުގެ ގިނަ ވަގުތުތައް ހޭދަކުރީ ކޮޓަރީގައެވެ. ޓެސްޓުފެށެން ކައިރިވެފައި ވާތީއާއި އެއްކޮށް ކިޔަވަނީކަމުގައި ބުނުމުން ސުވާލުކުރާނެ މީހަކު ނުވިއެވެ. ނަމަވެސް އެދުވަސް އެއްކޮށްވެސް އޭނަ ފިލާވަޅު ދަސްކުރުމުގައި އެންމެ މިނެޓެއްވެސް ހޭދަ ނުކުރެއެވެ. އެއަށްވުރެ އެސިކުނޑިގައި ވަނީ ހައިޖާނު ބޮޑުވެފައެވެ.

“ކޮންކަމަކާ މާވަރަކަށް ތިވިސްނަނީ” މޭޒުކައިރީގައި ފޮތްމަތީ ބޯއަޅާލައިގެން އޮތް ޒާޔާއަށް ސިހިފައި ތެދުވެވުނީ ސަނާ އެހެން ބުނި އަޑަށެވެ. ކަމަކާ ނުވިސްނަން ކަމުގައި ބުނަމުން ޒާޔާ ފޮތަށް ސަމާލުކަން ދިނެވެ. ސަނާ އެހެންބުނީ ގޮވާގޮވާވެސް ދޮރު ހުޅުވަން ނައީމަކަމުގައި ބުންޏެވެ. އަދި ދޮރުހުޅުވާލިއިރު ޒާޔާ މޭޒުމަތީ ބޯއަޅާލައިގެން އޮތީމަ ހީކުރީ ނިދިފައިކަމުގައި ހީކުރެވުނުކަމުގައެވެ. ނަމަވެސް ކައިރިއަށް އައި އިރު ލޯހުޅުވާލައިގެން ހިޔާލަކަށް ގެއްލިފައި އޮތީމަ އެހެން އަހާލީ ކަމުގައި ބުންޏެވެ. އަދި ސައިބޯން ތިރިއަށް ފޭބުމަށް ބުނަމުން ދާން ހިނގައިގަތެވެ. އެވަގުތު ސަނާއަށް ޒާޔާ ގޮވާލިއެވެ.

“ހޫމް ދެން ބުނެބަލަ ތިވެގެން އުޅޭގޮތެއް” މޭޒުކައިރީގައި ހުއްޓިލާފައި ހަށަމްބަނދެލަމުން ސަނާ ބުނެލިއެވެ. ވާހަކަ ދައްކަން ދެފަހަރަކު އަނގަ ހުޅުވާލިނަމަވެސް ޒާޔާއަކަށް އެއްޗެކޭ ނުބުނެވުނެވެ.

“ތި ނިންމީ ރަނގަޅު ނިންމުމެއް ހެއްޔޭތަ ތިވަރަކުން އަހަން ތިއުޅެނީ” ސަނާ އެންމެ ފަހުން އަހާލިއެވެ. ޒާޔާ ސަނާއާއި ދިމާ ހައިރާންވެފައި ބަލާލަމުން އިރުކޮޅަކުން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގޭނެ އެކަކަށްވެސް، ޒަޔާން އަކީ ގޯސް ކުއްޖެއް ނޫން، އޭނަ ޒާއާ ލައިކްވޭ، އެކަމަކު އެއްއަތް ޖެހިޔަސް އަޑެއް ނުކިޔާނޭ ބުނާފަދައިން ދިރިއުޅުމެއް ބާއްޖަވެރިކުރަން އެކަކު މަސައްކަތް ކުރިއަސް އެއަކުން އެދެވޭ ނަތީޖާއެއް ނުފެންނާނެ، ޒާވެސް އުޅެން ބޭނުންވެގެން ރީތިކޮށް އުޅުނީމަ އުޅެވޭނީ، އެހެންނޫނީ ހަލާކުވެގެންދާނީ ދެމީހުންގެވެސް ދިރިއުޅުން، މީހަކު ބުނިބުނުމަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކުރާކަމެއްނޫން ކައިވެންޏަކީ، އެކަމަކު ވަކިހިސާބަކުން އެބަޖެހޭ ދިރިއުޅުމެއް ފައްޓަންވެސް، ޒަޔާންއާއި އެއްކޮށް ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅުން އެއީ ޒާޔާގެ އަތުގައި އޮތްކަމެއް، ޒާ އަމިއްލައަށް އެކަން ވިސްނާލީމަވެސް އެނގޭނެ” ޒާޔާގެ ކޮނޑުގައި އަތްބާއްވާލަމުން ސަނާ ވާހަކަދެއްކިއެވެ. ޒާޔާއަށްވެސް ސަނާއެދެއްކީ ތެދުވާހަކަކަން އެނގެއެވެ. ނުވިސްނެނީ ހަމައެކަނި އޭނަގެ ނުކިޔަމަންތެރި ހިތަށެވެ.

ސަނާއާއިއެކު ސައިބޯން ކާކޮޓަރިއަށް ވަތްއިރު އެތާގައި ޝާންއާއި ނޫރާ އަދި ޒަޔާންވެސް އިނެވެ. ޒާޔާގޮސް ނޫރާކައިރީ އިށިއިނުމަށްފަހު ސައިބޯން ފެއްޓިއެވެ. ޒަޔާން އޭނއަށް ބަލާކަން އެނގޭތީ އިނީ ކުޑަކޮށް އުނދަގޫވެފައެވެ. ނޫރާ އިރުއިރު ކޮޅާ ކޮންމެވެސް އެއްޗެކޭ ބުނެފައި ޒާޔާއާއި ޒަޔާންއާ ދިމާކޮށްލައެވެ.  އެކިއެކި ވާހަކަތަކުގައި ސައިބޮއި ނިމިއްޖެއެވެ.

“ކޭންވީ ޓޯކް” ސިޑިން މައްޗަށް އަރަން ދިޔަ ޒާޔާ ހުއްޓުނީ އިވުނު އަޑަކުންނެވެ. އެއީ ޒާޔާ އުނމީދުކޮށްގެން ހުރި އަޑެއް ނޫނެވެ. އަދި އޭނަ ތައްޔާރެވެސް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުރީ އެއްޗެއް ބުނަންބޭނުން ނުވީމައެވެ. ޒަޔާން އޭނަ ގާތަށް އައިނަމަވެސް ހުރިގޮތަށް އޭނަ ހުއްޓެވެ.

“މިތާކު ނޫންދޯ” ޒަޔާން މަޑުމަޑުން އަހާލިއެވެ. “7 އެހާއިރު އަހަރެން މަޑުކުރާނަން ގާރޑަންގަ، އުންމީދުކުރަން އަންނާނެކަމަށް” ޒާޔާ އެއްވެސް އެއްޗެކޭ ނުބުނުމުން ޒަޔާން އޭނަ ބުނަންބޭނުންވާ ވާހަކަ ބުނެލާފައި އެތަނުން ހިނގައިގަތެވެ. ޒާޔާއަށް އިހުސާސްވަމުން ދިޔައީ މަޖުބޫރީކަމެވެ. ނަމަވެސް ޒަޔާންއަށް ނޫނެކޭ ބުނެފިނަމަ އޭނަ ހިތަށްއަރާނީވެސް ކީކޭބާއޭ ޒާޔާގެ ހިތަށް އަރަމުން ދިޔައެވެ.

މަޣުރިބް ނަމާދުކޮށްލުމަށްފަހު ކުޑަކޮށް ރީތިވެލައިގެން ޒާޔާ ގޭތެރޭގައި އޮންނަ ކުޑަ ގާޑަންއަށް ނުކުތެވެ. އެތާގައިހުރި ސިމެންތި ގޮނޑިތަކުން ގޮނޑިއެއްގައި ޒަޔާން އިށިއިނދެލައިގެން އިނެވެ. ތިންމީހުންނަށް އިނދެވޭވަރުގެ އެގޮނޑީގައި އޭނަ އިށިއިނދެގެން އިނީ މެދުގައެވެ. ކަޅޫކުލައިގެ ގަމީހަކާއި ކަނޑުނޫކުލައިގެ ސްކިނީއެއް ލައިގެން ހުރިއިރު އޭނައާއި ނުހަނު ގުޅެއެވެ. ޒަޔާންއަކީވެސް ރީތިފިރިހެނެކެވެ. ކާމިޔާބު މީހެކެވެ. އައިބެއް ނެތް މޫނު ކިތަންމެހައިވެސް ފިރިހެންވަންތައެވެ. އެހެންކުއްޖެއްނަމަ ފިދާވާނެއޭ ޒާޔާ ހިތަށް އެރިއެވެ. އެހާރީތި މުއްސަނދި ފިރިހރނެއް ލިބުމުންވެސް ޒާޔާ އުފާނުވަނީ އޭނަގެ ހިތް މޮޅުކަމުންނޭ މީހުން ހިތަށް އަރާނެއޭ ޒާޔާ ހިތާހިތުން ކިޔާލިއެވެ.

  ޒާޔާ އަންނަތަން ފެނުމުން ޒަޔާން ކޮޅަށް ތެދުވެލިއެވެ. ޒާޔާއިސ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. “އިށިއިނދެބަލަ” ގޮނޑީއަށް އިޝާރާތް ކުރަމުން ޒަޔާން ބުނެލިއެވެ. ގޮނޑިގެ އެއްކޮޅުގައި ޒާޔާއިށިއިނެވެ. ޒަޔާންއަށްވެސް ޒާޔާ ބޭނުންވިގޮތް ވިސްނުނީކަންނޭގެއެވެ. ޒާޔާއާއި ތަންކޮޅެއް ދުރުގައި ޒަޔާން އިށިއިނދެލިއެވެ. އެދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. “ސޯ ކޮންމެވެސް އެއްޗެކޭ ބުނެބަ” ޒަޔާން އެންމެ ފަހުން ބުނެލިއެވެ. “ޒަޔާން އެއްނު އަހަރެންގާތު މިތަނަށް އަންނަން ބުނީ، ސޯ ޒަޔާން އެއްނު ވާހަކަ ފަށަން ޖެހޭނީ” މަޑުމަޑުން ޒާޔާ ބުނެލިއެވެ. ޒާޔާގެ އެޖަވާބުން ޒަޔާން ގާތަށް ހިނި އައެވެ.

“އެހެންވީއިރު އަހާބަ އަހަރެން ކީއްކުރަންތޯ އަންނާށޭބުނީ؟” ހީލާފައި ޒަޔާން ބުނެލިއެވެ. އޭނަގެ މަގުސަދަކަށްވީ ޒާޔާލައްވާ ވާހަކަ ދެއްކުވުމެވެ. ޒާޔާގެ ބީރައްޓެހިކަން ކެނޑުވުމެވެ. ޒާޔާވެސް ހަމަޖެހިލާފައި އެސުވާލު ކުރިއެވެ. ޒަޔާން ވާހަކަ ދައްކާލާހިތްވެގެން އަންނަން ބުނީކަމުގައި ބުނެލިއެވެ. އެވަގުތު ޒަޔާންގެ ފޯނަށް މެސެޖެއް އައިސްގެން ބަލާލިއެވެ. އެވަގުތު ޒަޔާންގެ ފޯނުގެ ވޯލްޕޭޕާރއަށް ލާފައި އިންފޮޓޯ ކިތަންމެ ރީއްޗަކަށްވެސް ޒާޔާއަށް ފެނުނެވެ. ޒާޔާ ޒަޔާން އާއި ދިމާއަށް ބަލާލިއެވެ . އެވަގުތު ޒަޔާންއަށްވެސް ބަލާލެވުނެވެ.

ބޯކަހާލަމުން ސޮރީއޭ ޒަޔާން ބުނެލިއެވެ. ޒާޔާވެސް ނޭނގޭކަމަށް ހަދާފައި ކޮންކަމަކަށްހޭ އަހާލިއެވެ. “ހުއްދަ ނުހޯދާ ސިއްރުން ފޮޓޯ ނެގުނީމަ،” ފާޑަކަށް ހެވިފައި އިނދެ ޒަޔާން ބުނެލިއެވެ. ނަމަވެސް އެއަށް އެއްވެސް އެއްޗެކޭ ޒާޔާ ނުބުނެއެވެ. ވާހަކަ ދައްކާލަން ތިބުމަށްފަހު ކުޑައިރުކޮޅަކުން ޒާޔާ އޭނަ ދިޔަޔަސް އެންމެ ރަނގަޅުތޯ ސުވާލުކޮށްލިއެވެ. ޒަޔާންވެސް އެންމެ ރަނގަޅުކަމުގައި ބުނެލީ ޒާޔާއަށް މާބޮޑަށް ފޯޒް ކުރަން ބޭނުން ނުވާތީއެވެ.

“އެންމެ ރަނގަޅުތަ މިރޭ ތަންކޮޅެއްފަހުން އަހަރެން ގުޅަލިޔަސް” ޒާޔާ ދާން ހިނގައިގަތުމުން ޒަޔާން ގޮވާލާފައި އަހާލިއެވެ. އެންމެ ރަނގަޅުކަމުގައި ބުނަމުން ޒާޔާ ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 3

Next

ފަނާ 8

Next
May 3, 2015

ފަނާ 8

Previews
May 1, 2015

ހިތަކުން ނުފިލާނެ 3

41 Comments!

  1. meesh says:
    May 2, 2015 at 1:10 pm

    Mee first… V nice story… Bt thankolheh kury… Keep it up darkangle….

  2. maan says:
    May 2, 2015 at 1:20 pm

    Mee 25 ehnun 26 vanabai

  3. darkangle says:
    May 2, 2015 at 1:29 pm

    thank you maan n meesh nw innay 26 ah change kollaafa maan
    next part will be uploaded on tuesday.

  4. tho says:
    May 2, 2015 at 2:20 pm

    Nice story

  5. xee says:
    May 2, 2015 at 2:44 pm

    Wow its intresting. Loved this part…avahah zayaan ah konmes gothakun anga bala.. Raain akee kan zaayaa enme loabivaa meehakeee.

  6. shai says:
    May 2, 2015 at 5:56 pm

    Adhives story maa kuru… Plx make the next prt longer…. Anyways varah habeys story eh!!!! I wish zaayaa and raain gulheynekamah

  7. Aaliya says:
    May 2, 2015 at 5:59 pm

    Nice.. Next part dhigu kollaba.. Plx

  8. same says:
    May 2, 2015 at 7:40 pm

    Heyo nuwaane ehn hadhakah… Xaya n Raain gulhuwaba…. Plxxxxx… Eyna kihieh Raain nula ulheny hama e gothah Raain ah vx xaya as hula kihineh ulheny…. BT vvvvvv nice… I m waiting for next part….

  9. shifa says:
    May 2, 2015 at 7:42 pm

    Wow..v nyc..waiting fr the next part.. 🙂

  10. luv luvy. says:
    May 2, 2015 at 7:42 pm

    Alhey ehn zaain nugulhuvaba plxxxxxxxxxx…. Vvv nice ingey.. Love u darkangel mikahala rythi story eh genasthey thyyy…

  11. shifa says:
    May 2, 2015 at 7:45 pm

    Guyx guyx adhi raain ah zaa nulibifa eh nethehnu dhw..
    be patient .. n read.. vaahaka nunime eyy adhi..haadha avahakaa thi roan feshy :p

  12. SherMer says:
    May 2, 2015 at 7:56 pm

    26 eh nuntr?

  13. maan says:
    May 2, 2015 at 9:53 pm

    I love this story too much……

  14. Hajjy says:
    May 2, 2015 at 11:00 pm

    ???When will be the next part

  15. Hajjy says:
    May 2, 2015 at 11:02 pm

    Please avahah anehbai upload kohdhehchey

  16. Zaage zayan says:
    May 2, 2015 at 11:44 pm

    i dont know why , ekam hama zaayan aa zaa aa gulhuvan beynumii. Hithah aranee zaayan heart break vaani ey anekka. 🙁 story v rytgi inge. Keep it up. I hope at the end happy ending akah vaane kamah. Gina faharu aslu hama first love nulibe dho. Ekam dhen life ah anna meeha e life perfect kolladhey dho. Ekahala gotheh vaan hama beynun vany mi story ah ves. Baeh faharu i cant even believe on what my mind says. Faadakah i ge life aa relate v ma kanneynge. Zaaya zaain aa gulhunyma rythi vaaney hithah arany. Anyways waiting for the coming parts. Keep it up the good work dear 🙂

  17. saraa says:
    May 3, 2015 at 9:04 am

    pls raain aa xaa aa gulhuvaany.heyo xayaan eh beynumeh nun….

  18. ސަލް says:
    May 3, 2015 at 9:36 am

    މިބައިގަ ނުހިނގާ އެއްވެސް ހާއްސަކަމެއް.. އެކަމް ވ ސަޅި

  19. alex says:
    May 3, 2015 at 6:53 pm

    Thankolheh dhigu koh Upload Kobbala

  20. kiera says:
    May 3, 2015 at 9:13 pm

    keep it up…….waiting for next part

  21. luv luvy. says:
    May 4, 2015 at 10:15 am

    Avas waiting 4 the next part. It will be up on tom

  22. ermaal says:
    May 4, 2015 at 2:24 pm

    V salhi

  23. shara says:
    May 5, 2015 at 8:01 am

    v nice story eh…
    lurw yew darkangle…
    ekam dhen raain aa nugulhu vaathi..zaaya nd …zayaan v gulhey r

  24. zaana says:
    May 5, 2015 at 12:50 pm

    miadhu tuesday v ma iru iru kolhaa eba beley next part upload vehje tho.

  25. thooooooko says:
    May 5, 2015 at 12:50 pm

    Aneh part vas kohla dheeba kehmadhu vefa me hun nani kaiyaa hithun

  26. story says:
    May 5, 2015 at 1:18 pm

    Darkangel kobaatha vaahaka…this is Tuesday yey….upload soon please

  27. nihaa says:
    May 5, 2015 at 3:59 pm

    V nice aneh part Ge inthixaaruga mihunn nanyyy….

  28. yaaya says:
    May 5, 2015 at 8:52 pm

    Koba tha anebbai haadha lahey

  29. luv luvy. says:
    May 5, 2015 at 9:51 pm

    Kba miadhaky tusday ey. Hadhan nethiny thr darkangle…… Kba avas avas

  30. aayaa says:
    May 5, 2015 at 10:41 pm

    mihaaru 10:41 v adhives up nuvey……..avas avas m keenly waiting

  31. shara says:
    May 5, 2015 at 10:54 pm

    darkangle…
    nunidhaa mionany vaahaka up kuraane kamah…
    alhey avas koh dhyba plx

  32. neel says:
    May 5, 2015 at 11:10 pm

    Darkangel kobaatha vaahaka? Haadha inthizaareh kuran eba jeheyey mi vaahaka kiyan, mi site ga ebahuri v upnuva vaahaka thakeh! Thankolheh zimmaadhaaru koh mikan kuran ulhebala

  33. Eem says:
    May 6, 2015 at 7:23 am

    Thihaa bxy koh ulhenyaa vaahalka up niukuraanama. Gabul kuran eha avahah up nukurevidhane kamah. Bt mee dhn bodu varu. Vaahaka v rythi. Bt ehaa gina dhuvas kohfa kiyanvaathy foohi. Plz darkangle thankolheh avahah up kohdhyba

  34. butterfly says:
    May 6, 2015 at 9:37 am

    Avahah up kohdhyba mihaaru next part kiyaa hithun kehmadhu vefaa plx plx plx avas

  35. same says:
    May 6, 2015 at 9:45 am

    Kyve thr lass vy… miadhu wednesday…. Soo imthihaaneh kuramathi vy thr….

  36. Zaage zayan says:
    May 6, 2015 at 11:02 am

    Alhe avahah up koddhybala please. Mihaaru haas faharu belijje up veytho 🙁

  37. އައިންތު says:
    May 6, 2015 at 1:52 pm

    Mihaaru TUESDAY olhijje. bunefa inn Tuesday ga up vane yey.. avahah up kobbala, kyhtha kurany kiyun therin dhera nukureY.

  38. Oooah says:
    May 6, 2015 at 2:27 pm

    This dhen thii haa varu rythi vaahakaeh that baeh myhun inthixaaru kuraakah ? Buna bahuge ithubaaru onna myhaku liya vaahakaeh noon mee..chi…mi vaahaka kiya hitheh nuvey BT coment kiya hih vey moya myhun fonuva…..

  39. Happii says:
    May 6, 2015 at 3:48 pm

    Alhe pleeeeexe avas kohba..!

  40. azoo says:
    May 6, 2015 at 9:57 pm

    ……kniraku next part?miadhu mee WEDNESDAY

  41. Naayooo says:
    August 5, 2020 at 6:30 pm

    Vara reethi

Comments are closed.

Next Episodeއިންތިޒާރު 27←


All Right Reserved!