ލޯބިވާއޭ 1
އިރުގެ އަލި މޫނަށް އެޅުމާއިއެކު މިއްލީއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. އަވަހަށް ތެދުވެ ގަޑި ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން 5 ގަޑި ބައި ވީއެވެ. މިއަދު ގަޑި ޖެހުނީއޭ ކިޔާ އަވަހަށް ފެންވަރަން ވަނެވެ. ނިކުތްއިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ފެން ފިނި ވުމުގެ އިތުރުން އޭސީވެސް ޖައްސާފައި ހުރީމައެވެ.
އަވަހަށް އެއްޗެހި ލައިގެން ދަބަސް ހިފައިގެން ކޮޓަރިން ނުކުތީ 6 ގަޑި 15 ވުމުގެ ކުރިން ކޮލެޖަށް ދެވޭތޯއެވެ. ކޮލެޖުގެ ފުރަތަމަ ދުވަސްކަމުން ގަޑި ނުޖެހުމަށް މިއްލީ ވަނީ އަޒުމު ކަނޑައަޅާފައެވެ. ބާރުބާރަށް ހިނގާފައި ދިޔަ މިއްލީއަށް ކޮލެޖުގެ ގޭޓާއި އަރާ ހަމަނުވެވެނީސް ފަހަތުން ކުއްޖަކު އައިސް ބަނޑުގައި ބައްދައި ގަނެއްޖެއެވެ.
ސިއްސައިގެން ދިޔުމާއިއެކީ މިއްލީގެ އަތުގައި ހުރި ފޮތްތަށް ބިންމައްޗަށް ވެއްޓުނެވެ. އަދި އަވަސް އަވަހަށް ފަހަތް ބަލާލުމާއެކު އޭނާވެސް ސިއްސައިގެން ގޮސް އަނގަވަތަށް ނުވެއްޓުނީ ކިރިޔާއެވެ. ފަހަތުގައި ހުރީ އޭނާގެ ދޮންބެ ލާމިއުއެވެ. 6 އަހަރު ވަންދެން ޔޫކޭ ގައި ކިޔަވާފައި އައިއިރު މާ ރީތި ކަމަށް ދައްކައެވެ.
ދަނބު ކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ޖިންސްގެ އިތުރުން ކަޅުކުލައިގެ ލެދާރ ޖެކެޓު ލާފައި ހުރިއިރު ވަރަށް ރީއްޗެވެ. އިސްތަށިގަނޑު ރީތި ވަރަކަށް ދިގު ކޮއްލާފައި ވާއިރު އެ ދޮން މޫނާއި ނުހަނު ގުޅެއެވެ. އަތުގައި އަޅާފައިވާ އަގު ބޮޑު ގަޑީގެ އިތުރުން އަރައިގެން ހުރި ބޫޓުންވެސް ލާމިއުގެ ރީތިކަން އިތުރު ކޮއްދެއެވެ.
މިއްލީގެ ރީތިކަން ވަކި ކުޑައެއް ނޫނެވެ. ކަޅު ކުލައިގެ ކަކުލާއި ހަމައަށް އަންނަ ހެދުމަކާއި ނޫކުލައިގެ ޖިންސެއް ލާފައިވާއިރު އިސްތަށިގަނޑު ވަނީ ކަޅު ކުލައިގައެވެ. އަތުގައި ގަޑިއެއް އަޅާފައި ވާއިރު އަރައިގެން ހުރި ކެޝުއަލް ބޫޓުން މިއްލީގެ ރީތިކަން އިތުރު ކޮއްދެއެވެ. ތުންފަތުގައި ޖައްސާފައިވާ ރަތް ލިޕްސްޓިކްގެ އިތުރުން އެސްފިޔަ ތަކުގައި މަސްކަރާ އަޅާފައި ވާއިރު އެ ދޮން މޫނާއި ނުހަނު ގުޅެއެވެ.
“ސަޕްރައިޒް” މިއްލީ ފަހަތަށް އެނބުރުމާއިއެކު ލާމިއު ހަޅޭއްލަވައިގަތެވެ. މިއްލީވެސް ކުޑަ ކުއްޖެއް ފަދައިން ލާމިއު ގައިގައި ބައްދައިގަތެވެ. އަދި ސަލާން ކޮއްލާފައި ކޮލެޖަށް ވަންނަން ހިނގައިގަތެވެ. މިއްލީ ކޮލެޖަށް ވަނުމާއިއެކީ ލާމިއު ގެއަށް ދާން ހިނގައިގަތެވެ.
******************************
މިޒްޔަލްއަށް ހެނދުނު ހޭލެވުނީ މަންމަ އައިސް ގޮވުމުންނެވެ. އަވަހަށް ތެދުވެ ފެންވަރައިގެން ރެޑީވެލައިގެން ކޮލެޖަށް ދިޔައިރު ގަޑި ޖެހެން 5 މިނެޓެވެ. އަވަހަށް ކުލާހަށް ވަދެ ހަމަ ޖެހިލާ ވަށައިގެން ހޯދާލީ ކުލާހުގައި ތިބި ކުދިންގެ ތެރެއިން އޭނާގެ ކޮއްކޮ ހޯދާލުމަށެވެ. އޭނާގެ ކައިރީގައި އިން ކުއްޖާއަށް ބަލައިލުމާއި އެކު އެހެން ތަނަކަށް ނަޒަރު ބަދަލު ކޮއްލަން ހިތް ނުކުޅެދުނެވެ.
މިއްލީއަށް ވެސް ވީ ހަމަ އެވަރެވެ. ކައިރީގައި އިން ޒުވާނާ ފެނިފައި އަތްފައި ފިނިވެ މީހާ ތުރުތުރު އަޅައިގަތެވެ. އަތްދިގު ހުދު ގަމީހަކާއި މަޑުނޫ ލެދާރ ޖެކެޓެއްގެ އިތުރުން މަޑުނޫ ޖިންސެއް ލައިގެން އިންއިރު ފިލްމީ ތަރިއެކޭ އެއްފަދަ އެވެ. އިސްތަށި ގަނޑުގައި މަޑު ޗޮކުލެޓު ކުލަ ޖައްސާފައި ވާއިރު އެ ދޮން މޫނާއި ވަރަށް ގުޅެއެވެ.
“އެހެމް އެހެމް..މިލީ..ވަޓް އާރ ޔޫ ލުކިން އެޓް؟” މިއްލީގެ އެންމެ ގާތް އެކުވެރިޔާ ޝައިހާ އެހެން އަހާލި އަޑަށް ސިއްސައިގެން ގޮސް މިއްލީއަށް އަވަހަށް އަނެއް ފަރާތަށް އެނބުރެވުނެވެ. އޭރު ޝައިހާ އިނީ ހެވިފައި އޭނާއާއި ދިމާލަށް ބަލަހައްޓައި ގެންނެވެ.
“ނަތިން..” މިއްލީ ކުރު ޖަވާބަކުން ނިންމާލިއެވެ.
އިރުކޮޅެއްނުވެ ޓީޗަރު އައިސް ކުލާހަށް ވަނެވެ. އޭގެ ފަހުން އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ކުރިއަށް އޮތް 3 ގަޑިވެސް ދިޔައީ ހަލުވި ކަމާއިއެކު އެވެ. އިންޓަވަލް ގަޑީގެ ބެލް އެޅުމާއިއެކު ހުރިހާ ކުދިން ކުލާހުން ނިކުމެ ދުއްވައިގަތީ ކެންޓީނާއި ދިމާލަށެވެ. މިއްލީވެސް ނިކުމެ ހިނގައިގަތީ ކެންޓީނަށެވެ.
ކެންޓީނަށް ވަދެ ކޮފީ ތައްޓެއް ހިފައިގެން މިއްލީ ދިޔައީ ކޮލެޖުގެ ގާޑެންއަށެވެ. އެތާ ހުރި ބެންޗެއްގައި އިށީނދެ އިނދެ މަޑުމަޑުން ކޮފީތަށި ބޮމުން ދަނިކޮށް މިޒްޔަލް އައިސް އޭނާގެ ގާތުގައި އިށީނދެއްޖެ އެވެ.
“ހޭއި..އައިމް މިޒްޔަލް..ކޭން އައް އާސްކް ޔޫ ވަޓްސް ޔުއާރ ނޭމް؟” މިއްލީއަށް އެއްޗެކޭ ނުބުނެވެނީސް މިޒްޔަލް އަމިއްލަ އަށް ތަޢާރަފް ވެލިއެވެ.
“އައިމް މިއްލީ..ނައިސް ޓު މީޓް ޔޫ..” މިއްލީވެސް ހިނިތުންވެލުމަށް ފަހު ތަޢާރަފް ވެލިއެވެ.
“މިއްލީ..ނައިސް ނޭމް..އެނީވޭސް ކޭން ވީ ބީ ފްރެންޑްސް” މިފަހަރުވެސް އިސްވެ ވާހަކަ ދެއްކީ މިޒްޔަލްއެވެ. “ޔާ..ޝުއާރ” މިއްލީގެ ޖަވާބު ކުރެވެ.
ރަނގަބީލު ޖެހުމާއި އެކު ހުރިހާ ކުދިން އައިސް ކުލާހަށް ވަދެ ހަމަޖެހިލިއެވެ. މިއްލީއާއި މިޒްޔަލް ވެސް އައިސް އެކަކު އަނެކަކަށް ހިނިތުން ވެލުމަށްފަހު ފިލާވަޅަށް ސަމާލުކަން ދިނެވެ.
ނިމުމުގެ ރަނގަބީލު ޖެހުމާއިއެކު މިއްލީއާއި މިޒްޔަލް ތެދުވެ ހިނގައިގަތީ ގޭޓާއި ދިމާލަށެވެ. އެކުގައި ގެއަށް ދާން ނިންމި ނަމަވެސް މިއްލީ ބަލާ ލާމިއު އައިސް އިނެވެ. އަވިއައިނު އަޅައިގެން އިންއިރު ހުރިހާ އަންހެން ކުދިންގެ ނަޒަރު ވަނީ ލާމިއުއަށް އަމާޒުވެފައެވެ.
“ހޭއި ދޮންބޭ..މިތާ ކީއްކޮއްލަނީ؟” މިއްލީ އަށް ލާމިއު ފެނުމާއި އެކީ ދުވެފައި އައިސް ލާމިއުގެ ގައިގައި ބައްދައިގަތެވެ. އޭރު ހުރިހާ އަންހެން ކުދިން ތިބީ މިއްލީއަށް ރުޅިވެރި ނަޒަރު އަމާޒު ކޮއްގެންނެވެ. ހަމަ އެފަދައިން، ހުރިހާ ފިރިހެން ކުދިންގެ ލޮލުން ލާމިއުއަށް ބަލަމުން ދިޔައީ ސިންގާއެއް ޝިކާރައަކަށް ދަހިވެތި ވެގެންވާ ފަދައަކުންނެވެ.
“މިލީ ބަލާ އައިސް..ހޭއި..ހޫ އިސް ދިސް ހޭންޑްސަމް ގައި؟ އިސް ހީ ޔުއާރ ބޯއިފްރެނެޑް؟” ލާމިއު އައި ބޭނުން ބުނެފައި މިއްލީއަށް އަމާޒު ކޮއްލި ސުވާލުން އޭނާގެ ކޯތާފަތް އެކީ ރަތްވެގެން ދިޔައެވެ.
“ނޯ ބްރޯ..ހީ އިސް މައި ފްރެންޑް” މިއްލީގެ އަޑުން ވެސް އޭނާ ލަދުގެންފައި ހުރި މިންވަރު ހާމަ ވެއެވެ. “އޯކޭ” ލާމިއު އެހެން ބުނުމަށްފަހު މިޒްޔަލްއާއި ސަލާމް ކޮއްލިއެވެ. އަދި މިއްލީ ކައިރީ ދާން ހިނގާށޭ ބުނެލިއެވެ.
“ބާއި ޔާލް..މިއޮތީ އަޅުގަނޑުގެ ނަންބަރު..ކަމެއް ބޭނުމިއްޔާ ގުޅާލާ އިނގޭ..ދަނީ” ގަނޑު ކޮޅެއްގައި އޭނާގެ ނަންބަރު ލިޔެފައި ލާމިއުގެ ފަހަތުން މިއްލީ ހިނގައިގަތީ މިޒްޔަލްއާއި ސަލާން ކޮއްލާފައެވެ.
ގެއަށް ގޮސް މިއްލީ ފުރަތަމަ ވެސް ބޭނުންވީ ކޮޓަރިއަށް ދާށެވެ. ސިޑިން އަރާ ކޮޓަރިއަށް ދެވުނުއިރު މިއްލީ ހުރީ ވަރުބަލި ވެފައެވެ. މޭޒުމަތީގައި ދަބަސް ބޭންދުމަށް ފަހު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ބޮޑު އެނދަކާއި ފޮތްތަށް އަޅަން ކަބަޑެއް ވެއެވެ. އެނދުގައި ހުދު ބެޑްޝީޓެއް އަޅާފައި ވާއިރު ބާލިސް އުރަތަކާއި ރަޖާގަނޑު ވަނީ މަޑުނޫ ކުލައިންނެވެ.
ފޮތް ކަބަޑާއި ކިޔަވާ މޭޒެއްގެ އިތުރުން ގޮނޑިވެސް ވަނީ ނޫކުލައިގައެވެ. ހެދުންތައް އަޅަން އަލަމާރިއެއް ވާއިރު އޭތި ވެސް ވަނީ ހުދާއި ނޫކުލައިގައެވެ. ކޮޓަރީގެ އަނެއް ފަރާތުގައި ސޯފާ ސެޓަކާއި ކުޑަ މޭޒެއް ބަހައްޓާފައި ވެއެވެ. ތިރީގައި ކާޕެޓް އަޅާފައި ވެއެވެ. ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރުގައި ދަމާފައިވާ ދޮރުފޮތިގަނޑު ވެސް ވަނީ ހުދު ކުލައިގައެވެ.
ކޮޓަރީގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް ސާފުތާހިރުކަން ފެނިގެން ދެއެވެ.
މިއްލީ ފެންވަރައިގެން ނުކުމެ އަވަސްވެގަތީ ނަމާދު ކުރާށެވެ. އަދި ނަމާދު ކުރުމަށްފަހު އެނދުގައި އޮށޯވެލީ ނިދާލަން ނަމަވެސް ހިޔާލުގައި ވަނީ މިޒްޔަލް އެވެ. އެ ރީތި ލޮލާއި އިސްތަށިގަނޑުގެ އިތުރުން އަޑުގައިވެސް ޖާދޫއެއް ވާފަދައެވެ.
***************************
މިޒްޔަލް ވެސް ގެއަށް ގޮސް ނަމާދު ކޮއްލައިގެން އައިސް ކޮޓަރިއަށް ވަނެވެ.
މިޒްޔަލްގެ ކޮޓަރީގެ ހުރިހާ ސާމާނެއް ވެސް ވަނީ ހުދާއި ނޫ ކުލައިގައެވެ. އެނދާއި އަލަމާރީގެ އިތުރުން ފޮތްކިޔަން ބަހައްޓާފައި ހުންނަ މޭޒާއި ގޮނޑިވެސް މެއެވެ. ރީތި ސޯފާ ސެޓެއް ކޮޓަރީގެ އެއްފަރާތުގައި ވާއިރު އޭގެ މަތީގައި ނޫކުލައިގެ ގިޓައެއް ބާއްވާފައި އޮތެވެ. ބެލްކަންޏަށް ނިކުމެވެން އިންނަ ދޮރުގައި ގަދަނޫ ކުލައިގެ ފޮތިގަނޑެއް ދަމާފައި ވާއިރު ބެލްކަނީގައި ވެސް ސޯފާ ސެޓަކާއި ކުޑަ މޭޒެއްވެއެވެ.
މިޒްޔަލް އައިސް ބެލްކަނީގައި ހުރި ސޯފާގައި އިށީނދެފައި ފޯނު ނަގައި ތައްޔާރު ވެލީ މިއްލީ އަށް ގުޅާލުމަށެވެ.
ދެފަހަރަކު ގުޅާލާއިރަށް މިއްލީ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އޭނާގެ އަޑުން އެ ތެދުވީ ނިދާފައިކަން މިޒްޔަލްއަށް އެނގުނެވެ.
“ހަލޯ..މިލީ ނިދަނީތަ؟” އެކޮޅުން މިޒްޔަލްގެ އަޑު އިވުމާއި އެކީ މިއްލީގެ ނިދި އެކީ ފިލައިގެން ދިޔައެވެ.
“ނޫން..ކުޑަކޮން ނިދުނީ..ޔާލް ކީއްކޮއްލަނީ؟” މިއްލީ ހިނިތުންވެލުމަށް ފަހު ސުވާލު ކޮއްލި އަޑަށް މިޒްޔަލް ހީލިއެވެ.
“ކަމެއް ނުކުރަން..ފޫހި ވާތީ ގުޅާލީ..މިލީ ނިދަންޏާ ބާއްވަނީ އިނގޭ..”މިޒްޔަލް ޖަވާބު ދިނުމަށްފަހު ބުނެލިއެވެ.
“ނޫން..ނުނިދަމޭ..ދެން ޔާލް ގުޅީމަ ކިހިނެއް ނިދާނީ” މިއްލީ އަވަސް އަވަހަށް ޖަވާބު ދިނެވެ.
“ކީއްވެ ޔާލް ގުޅީމަ ނުނިދޭނެ އޭ ތި ބުނީ؟” މިޒްޔަލް ކޮއްލި ސުވާލުން މިއްލީގެ ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވާ ގޮތްވިއެވެ.
“އެއީ……ދެން އަލަށް ފްރެންޑް ވީމަ.”މިއްލީ އަވަސް އަވަހަށް ޖަވާބު ދިނެވެ.
“އިޓްސް އޯކޭ މިލީ.. މަންމަ ކާން ގޮވާ އެބަ..ޔާލް މިދަނީ ކާން..މިލީ ކައިފިންތަ؟” މިޒްޔަލް ސުވާލު ކޮއްލިއެވެ.
“ނޫން..” މިއްލީގެ ޖަވާބު ކުރެވެ. “މިލީ ދޭ ކާން..ޔާލް މިރޭ ގުޅާލާނަން އިނގޭ..އޯކޭ ބާއި..” މިޒްޔަލް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. މިއްލީ ވެސް ކައިގެން އައިސް ކުޑަކޮން އޮށޯވެލިތަނުން އަނެއްކާ ނިދި ޖެހުނެވެ.
****************************
ލާމިއު ގެއަށް އައިސް ފެންވަރައިގެން ނިދާލިއެވެ. ހަވީރު 4 ގެ އެލާމާއެކު ތެދުވި ނަމަވެސް ލޮލުގައި ވަނީ ނިންޖެވެ. އެނދުން ތެދުވާ ހިތް ނުވެފައި އޮއްވާ މިއްލީ އައިސް ލާމިއުގެ ކޮޓަރިއަށް ވަނެވެ.
“ދޮންބޭ..ކިހިނެއް ހަދާފަ މިއޮތީ ކޮޓަރިއަށް؟” މިއްލީއަށް ލާމިއުގެ ކޮޓަރި ފެނުމާއިއެކީ ލާމިއުގެ ގާތަށް އައެވެ.
ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި ފޮތްކަބަޑުގައި ހުރި ހުރިހާ ފޮތެއް ވަނީ ބިންމަތީގައެވެ. ސޯފާ މަތީގައި ހުރި ކުޝަންތައް އުކާފައި ވާއިރު ކިޔަވާ މޭޒުމަތީގައި ހުރި ހުރިހާ ފޮތެއް ވެސް ވަނީ ބިންމަތީގައެވެ. މިއްލީ އައިސް ހުރިހާ ތަނެއް ސާފު ކޮއްދިންއިރު ލާމިއު ބަލަހައްޓައިގެން އިނީ ހެވިފައެވެ.
“މިލީ..ތެންކްޔޫ..” މިއްލީ ކޮޓަރި ސާފުކޮއްފައި ދާން ހިނގައިގަތް ތަނުން ލާމިއު ބުނެލި އަޑަށް ފަސްއެނބުރި ބަލައިލިއެވެ.
“އިޓްސް އޯކޭ ބްރޯ..އެކަމު ދެން ކޮޓަރި ބާއްވާނީ ރީތިކޮން އިނގޭ..މިލީ ދަނީ ސައިހަދަން..ފެންވަރައިގެން އާދޭ ސައިބޯން..” މިއްލީ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
މިއްލީ ދިޔުމާއި އެކީ ލާމިއު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރި ފެންނަނީ ސާފުތާހިރު ކޮންނެވެ. ރަތާއި ހުދު ކުލައިން ހުރިހާ ފަރުނީޗަރުތަކެއް ޒީނަތްތެރި ވެފައި ވާއިރު ބަލައިލަން ކިތަންމެ ހާވެސް ރީއްޗެވެ.
ލާމިއު ސައިބޮއެގެން އައިސް އެއްޗެހި ބަދަލު ކޮއްލައިގެން ދިޔައީ ގަލޮޅު ފުޓުބޯޅަ ދަނޑަށް ކުޅެން ނަމަވެސް އޭނާގެ ޙިޔާލު ބަދަލުވީ މަގުމަތިން މިޒްޔަލްއާއި އޭނާގެ ގާތުގައި ހުރި އަންހެން ކުއްޖާ ފެނުމުންނެވެ.
ކަޅު ކުލައިގެ ދިގު އަބާޔާއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ވަނީ ޝޯލްއެއް އަޅާ ފޮރުވާލާފައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައި ވާއިރު އެ ދޮން މޫނާއި ނުހަނު ގުޅެއެވެ.
“ހޭއި މިޒްޔަލް..” ލާމިއު ގޮވާލުމާއި އެކީ މިޒްޔަލްއާއި އޭނާގެ ގާތުގައި ހުރި ކުއްޖާ މަޑުކޮއްލިއެވެ. “ކޮންތާކަށް ދަނީ؟” ލާމިއު އަރާ ހަމަވެފައި ސުވާލުކޮއްލިއެވެ.
“މި ހިނގާލަނީ.. ކޮބާ މިލީ؟” މިޒްޔަލް ޖަވާބުދިމުނަށްފަހު މިއްލީއާއި ބެހޭގޮތުން އެހިއެވެ.
“މިލީ ގޭގަ..އިސް ޝީ ޔުއާރ ސިސްޓަރ؟” މިޒްޔަލްގެ ގާތުގައި ހުރި ކުއްޖާއަށް ނިސްބަތްކޮށް ލާމިއު އަހާލިއެވެ.
“ހޫމް..މީ ޒަޔާ..މައި ސިސް..” ޒަޔާގެ ކޮލުގައި ހިފާލަމުން މިޒްޔަލް ޖަވާބު ދިނެވެ.
“ހޭއި އައިމް ލާމިއު..” ލާމިއު ޒަޔާ އާއި ސަލާމް ކޮއްލިއެވެ.
“އޯކޭ.. ބާއި ޔާލް.. ދެން ދަނީ.. މިރޭ ގުޅާލާނަން އިނގޭ.. ކުޑަ ކަމަކު..” ލާމިއު މިހެން ބުނެ ހިނގައިގަތެވެ.
***************************
ގަޑިން ރޭގަނޑު 9 ޖަހަނީއެވެ. މިޒްޔަލްއާއި ޒަޔާ ކައިގެން އައިސް އެކުއްޖެއްގެ ކޮޓަރިއަށް ވަނީ ނިދަން ނަމަވެސް ހިޔާލުގައި ވަނީ އެހެން ކަމެކެވެ.
ޒަޔާގެ ހިޔާލު ގުޅިފައި ވަނީ އިރުކޮޅެއްކުރިން ފެނުނު ޒުވާނާއާއެވެ. އޭނާ ފެނުނު ވަގުތުން ފެށިގެން އެރީތި ސޫރަ ހިތުގައި ކުރަހާލެވުނެވެ. އެރީތި އަޑާއި، ލޮލާއި، އިސްތަށިގަނޑުގެ އިތުރުން އެ ދޮން މޫނު ޒަޔާއަށް ވަރަށް ކަމުދިޔައެވެ.
އިރުކޮޅަކު އެހެން އޮވެލުމަށް ފަހު ތެދުވެ ފެންވަރާލައިގެން އައިސް ނިދަން އޮށޯތެވެ. ލާމިއުގެ ހިޔާލު ތަކާއި ހުރެ ޒަޔާއަށް ވަރަށް އަވަހަށް ނިދުނެވެ.
*************************
ގަޑިން 9 ގަޑި ބައި ވީއެވެ. މިއްލީގެ ފޯނު ރިންގުވާން ފެށިއެވެ. މިއްލީ ފޯނު ނެގުމާއިއެކު އެ އިވުނީ އޭނާ އަޑުއަހާލަން އެންމެ ބޭނުންވި އަޑެވެ.
“މިލީ.. ކީއްކޮއްލަނީ؟” މިޒްޔަލްގެ ސުވާލު ސާދާވެފައި ކުރެވެ.
“ނަތިން.. ހަމަ އޮވެލީ.. ހައު އެބައުޓް ޔޫ..” މިއްލީ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ.
“މިލީގެ ހިޔާލުގަ..” މިޒްޔަލްއަށް އެހެން ބުނެވުނީ އިޚުތިޔާރުން ބޭރުގައެވެ. ނަމަވެސް މިއްލީ ބުނާނެ އެއްޗެއް ނޭނގޭތީ މިޒްޔަލް އިޚުތިޔާރު ކުރީ ހަމަ ހިމޭން ކަމެވެ.
“އޯހް.. މިލީއާއި ދޭތެރޭ ވިސްނަން ދޯ..” މިއްލީ އެކަމާ މާބޮޑަށް އަޅައެއް ނުލިއެވެ.
ދެމީހުން ވާހަކަ ދައްކަން ތިބިއިރު ގަޑިން ވީވަރެއްވެސް ނޭނގުނެވެ. 11 ގަޑި ބައިވެ ބޮޑުވެއްޖެއެވެ.
މިއްލީ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


The 1st part is really very amazing❤️ Milly is such a cute name ?I’m sure that the upcoming parts will be much more amazing.. I’ll follow you on instagram n we can be friends right?? Waiting for the next part.. Loads of love and stay safe ❤️?
Thank you so much kukkyyy ❤️❤️☺️ Of course we can be friends … Luv you too and take care … Stay safe ☺️❤️
vrh reethi ???
waiting for the nxt prt
stay safe and sound ?
tc.. ly
Thank you so much Blossom ❤️❤️☺️ Luv you too and take care … Stay safe ☺️❤️ Insha Allah vrh avahah next part up kod dheynan
Vrh reethi.. keep it up ??
Thank you so much Kia ❤️❤️☺️
Maasha Allah Haadha reehchey mi part….. Varah curious… BTW Varah salhi gothakah mi vany…. Varah Majaa vaane dho..
Thank you so much Xaxa … ❤️❤️☺️ Heevany varah majaa vaane hen dho☺️
V. Salhi 1 part… Lve u ?
Thank you so much shyn … Luv you too❤️❤️☺️
Maasha Allah… Varah Salhi dear ????curiously waiting for the next part ????.. Mch Lve n be safe Eekko_11 ???
Thank you so much R¥N ☺️☺️… Insha Allah varah avahah next part? up koh dheynan …. Luv you too and be safe too dear ❤️❤️☺️
Dear readers …. Alhugandu mi vaahaka genes dheyn raavaafai vany alhugandu ge kiyevumah buroo naaraa gothah … Ehen v ma week eh ga 1 part only up kurevey goiy vx vedhaane … Sorry for the delay … Alhugandu ge mi aharu ge test ah varah bodah ready vaan jehey … But alhugandu mi vaahaka nimendhen genes dheynan Insha Allah …. Alhugandu mi vaahakaige part thah genes dheyn raavaafai mi vany week eh ga two parts … But due to my studies week eh ga 1 part genes dheyn jehey goiy vedhaane thy hurihaa kiyun theringe kibain maafah edhen … Insha Allah next part varah avahah up koh dheynan …. Thank you dear readers for the support …. Kusheh vaanama bunela dhinun edhen … Eii alhugandah libey varah bodu kuri erumeh …. Lysm dear readers ❤️❤️ tc everyone …. Be safe
It’s ok dear ..we understand. We are always with u dear ????????????
Hmm…dhw ryn?
Varrrrrasalhi. ????????????when next sis? Waiting for the next.
Thank you so much shaima shaee … Insha Allah varah avahah next part up koh dheynan?☺️ …. Keep waiting ingey dear …. Stay safe and tc …. Lysm dear☺️☺️?❤️
Aaekey kamanaa ???
Hehe .. thank you R¥N and kamana for understanding ❤️❤️