Skip to content
އެސްފިޔަ

ހިތުގެ ވެރިޔާ (1)

ދަރިފުޅާ! ދަރިފުޅާ ކައިރާ..’ ނާހިދާާގެ އަޑަށް އަރާމުކޮށް ނިދާފައި އޮތް ކައިރާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިގެން ހުރި ރައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ‘އަޅޭ ކައި.. ހަމަ މަންމަ ދެކެ އެހާ ބިރުގަންނަންތަ؟ މީ މަންމަ އެއް ނޫނޭ.. ހައްހައް..’ ހެމުން ހެމުން އޭނާ އެކޮޓަރިން ނިކުތެވެ. ‘ދެން ދޮންތަ މަންމަގެ އަޑުން ގޮވީމަ އެހެންވާނެއެއްނުން.. އަދި ހަމަ އެހާ ބާރަށް.. ހުނ.. ވަރަށް ފޫހި..’ ރައިހާއާއި ދިމާލަށް ހިތާހިތުން ކުދި ކިޔަމުން ކައިރާ ފާހަނައަށް ފެންވަރަން ވަނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ހަޅޭއްލަވަމުން އޭނާ ކޮޓަރިން ނުކުތެވެ. ‘އާތް މަންމާ އެތާ ބޮޑު ކުރަތްޕެތް.. މަންމާ!’ ކައިރާއަކީ އެއްވެސް ކަހަލަ ދިރޭއެއްޗެއް ފެނިއްޖެއްޔާމު އެގޮތެއް މިގޮތެއް ނުބަލާ ހަޅެއްލަވާ ތެޅިފޮޅޭ ކުއްޖެކެވެ. މަގުމައްޗެއް މިސްކިތެއް ނޯންނާނެއެވެ.

ކައިރާގެ އަޑަށް ނާހިދާާ ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިއަށް ވަނެވެ. އޭރު ކައިރާ އޭނަގެ އެނދަށް ކޮޅަށް އަރާ ފުމެނީއެވެ. ‘ސާބަސް ހަމަ މިމަންޖެއަށް.. ދެން ކުރަތްޕެއް ފެނުނީއޭ ކިޔާފަ ތުވާލިކޮޅު ބަނދެގެން މުޅި ހިސާބު ގަނޑުގައި ދުވަންޖެހޭތަ.. އާނ އެހެންޏާ.. އުމުރުން ސޯޅަ އަހަރު ވާއިރު ވެސް ހަމަ ދިހަ އަހަރު ކުއްޖެއްހެން މީނަ އުޅެނީ..’ ދޮރުމަތީގައި މަންޒަރު ބަލަން ހުރި ޒުލޭޚާ ކައިރާއާއި ދިމާލަށް ކުދިކިޔައިގަތެވެ. އެވަގުތު ނާހިދާ ފާހަނަ ތެރެއިން ނުކުމެ އެކޮޓަރި ތެރޭގައި އިން ފިޔާތޮށި ކުލައިގެ ކުނިވަށިގަނޑު ތެރެއަށް މަރުވެފައި އޮތް ކުރަތްޕެއް ނަގާ ލިއެވެ. ‘މާމަ އެބުނީ ތެދެށް.. ދަރިފުޅުވެސް ދެން ވެއްޖެ ކޮންމެވެސް ވަރަކަށް ސޫފި އެއްޗެހި މަރަން ދަސްކުރަން.. ދެން އެވާހަކަ ބާއްވާ.. މިހާރު އެއޮށް ހަތެއް ޖަހަނީ.. ދޭ ދެން ތައްޔާރުވާން.. މަންމަ އިންޓަވަލް ތައްޔާރު ކޮއްފައި ބަހައްޓާނަން މޭޒުމަތީ..’ ނާހިދާއާއި ޒުލޭޚާ ކޮޓަރިން ނުކުތުމުން ކައިރާ ފެންވަރައިގެން ނުކުމެ، ނާހިދާ ފަތިހު އިސްތިރިކުރި އޭނާގެ ސްކޫލް ޔުނިފޯމާއި، އެއާއި އެއްކޮށް އިންނަ ކަޅު ބުރުގާ އެޅިއެވެ. ‘އޯހް.. އަދި ނަމާދުވެސް ނުކުރެވޭ.. އަޅޭ..’ ނަމާދު ނުކުރެވޭކަން ހަދާން ވުމުން އޭނާ އަވަސް އަވަހަށް ވުޟޫ ކޮށް ނަމާދަށް އެރިއެވެ.

‘މަންމާ.. ކައި ދެން ދަނީ އިނގޭ.. ނަވްރީން މިހާރު ވާނީ ސްކޫލަށް ގޮސް..’ މޭޒު މަތީ އޮތް ލަންޗްބޮކްސް ދަބަހަށް ލަމުން ކައިރާ ބުނެލިއެވެ. އަދި ގެއިން ދުވެފައި ކަހަލަ ގޮތަކަށް ނިކުމެގެން އޭނާ ދިޔައެވެ. އެވަގުތު ގޭގެ ދޮރާށި ކައިރީގައި ހުރި ސައިކަލެއްގައި އިށީދެގެން އިން އޭނާގެ ބައްޕަ ފެނުނެވެ. ލިބުނު ސިހުމާއި އެކު އޭނައަށް އަރި އަޅާލައިގެން ކަރިރީހުރި ގަހެއްގައި ބޯ ޖެހުނެވެ. ‘އައްދޯތް..’ ބޮލަށް ވީތަދުން ކައިރާއަށް ބޮލުގައި އަތް އަޅާ ގަނެވުނެވެ. ކައުސަރުއަށް މިމަންޒަރު ފެނުމާއިއެކު، ސައިކަލުން ފައިބާ ކައިރާއާއި ދިމާލަށް ހިނގައިގަތެވެ.

‘އަސްތާ ކައި ދަރިފުޅާ.. ކިހިނެތް މިވީ.. ބައްޕަ ދެކެ ހާދަ ބިރެކޭ ތިގަންނަނީ.. ހެހެހެ..’ ކައުސަރު ކައިރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ކައިރާއަށް ލަދުން އިސްޖަހާލެވުނެވެ. ‘ބައްޕަ މިދަނީ ސްކޫލު ކައިރިއަށް… ދަރިފުޅު އަރަންވީނުން ފަހަތަށް..’ ސައިކަލު މައްޗަށް އަރާ ހަމަޖެހިލަމުން ކައުސަރު ބުބނެލިއެވެ. ‘ނޫން ކައި ގޮސްލާނަން ހިނގާލާފަ..’ ކައިރާ އޭނާގެ ބައްޕަ އާއި ދިމާލަށް ބަލާލަމުން ހިނގައިގަތެވެ.

‘އޯހް ނޯ.’ ކައިރާއަށް ގަޑި ބަލާލެވުނު އިރު ކަމަކުދާކަށް ނެތެވެ. އޭރު އަށެއް ޖަހަން ފަސް މިނެޓެވެ. އޭނާައަށް އިސްޖަހާލެވުނެވެ. ކޮންމެ ހަފުތާއެއްގެ ކޮންމެވެސް އެއްދުވަހަކު މިކަހަލަ ކަމެއް ދިމާވާނެއެވެ. ކައުސަރުގެ އެދުމަށް ފުރަގަސް ދެވުމުން ކައިރާއަށް ބޯ ހޫރައިލެވުނެވެ. އަދި ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ.

ނުނިމޭ

(އަޅުގަނޑު މި ބައި މިވަގުތަށް ކުރުކޮއްލަނީއެވެ. މާ ބޮޑައް ކުރުނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން.. އިރާދަކުރެއްވިއްޔާ ދެން އަންނަ ބައި މިއަށް ވުރެން ދިގުވާނެ.. ^-^)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. ?Kukkyyy?

    It’s really amazing ❤️next part dhigu vaane kamah ummeedhu kuran.. Kairaa is really very adorable, sweet, childish n cute ?❤️vrh interesting n Curiously waiting for the next part ❤️lym n stay safe ❤️

    1. ARMY
      ?Kukkyyy?

      thnx Kukkyyy ..^-^

  2. ?#BLOSSOM#?

    hallow..?? how have you been..?? this prt is hama amazing.?. vrh beau Hama its fantastic?.. hope nxt prt long vaanekamah..♥️ stay home and stay safe.❤️.. tc.. luv ya..❤️

    1. ARMY
      ?#BLOSSOM#?

      thnx Blossom … ^-^

  3. ?Ril?

    ❤️Wow mi part ves vrh Sali ❤️
    ❤️Masha Allah❤️
    ❤️And kaira mee funny kuhje dhw ❤️
    ❤️heeeeheee halaaku vaavaru vehje ❤️
    ❤️Curiouly waitting for next part❤️
    ❤️Luv uuuu darl❤️
    ❤️Stay safe❤️

  4. Xaxa?

    Hey girl… Mi bai ves hama speechless.. OMG your too Gud… Maashaa Allah… BTW you use hangouts… I would like to be a friend of you… Plxx

    1. ARMY
      Xaxa?

      Aww.. thnx Xaxa.. yes i use hangouts.. nxt prt ga Ill upload my hangout mail ok..?
      Yess.. I’d love to be friends with u and everyone.. ^-^

  5. R¥N

    Maasha Allah. Keep it up dear. Wait for the next part ???????

  6. Dynamite

    Woooooooow varah reethi stry eh ♥️♥️♥️
    Cover fenifa kiyaahih v n name ah ARMY ineema ??? ahhahahahha kaira aaa hedhi heehee bidhihjje ?? aslu alhuga vx thihaaleh ga ulhenee ahhahah mom n dad govaa irah sihsaign dhaane ??? waiting for nxt
    N I’m a girl igey ???
    Stay safe
    Tc
    Saranghae ♥️♥️♥️♥️

    1. ARMY
      Dynamite

      Thnx Dynamite..
      Hehe Im also like dat to lol…
      Glad u found it funny ^-^..
      And oh u lik dynamite too???
      oops sorry for being a bit wierd lol

    2. ?Ril?
      Dynamite

      I am also a army
      And. A fan of dynamite vrh Sali dhw e song hehhe
      Thee afuu dhw dynamite ge namugaa hehehehhe

  7. ?MAL?

    Masha Allah varah reethi ❤️

  8. Lam ?

    V v reethi

Comments are closed.