Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 22

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 19, 2020 4 Mins Read
20 Comments

“މަންމާ! މަންމަ އެދުހު އަހަންނަށް ކުރީ ބަދު ދުޢާ.. އެކަމުގެ ސަބަބުން ކަންނޭނގެ އަހަންނަށް މިއުޅެނީ އަދިވެސް ހަމަޖެހިލައިން… ހަމަޖެހިލައިން ދިރިއުޅޭނެ ގޮތެއް ނުފެނިގެން. ބަލާބަލަ ނިކަށް އަހަންނަށް ޖެހިފަ ހުރި ހާލު… ތީ މަންމައޭ.. ވިސްނާ ލީންތަ؟.” ސަމީރުގެ ޝަކުވާތައް ބޭރުކުރުމަށްފަހު މަހޫ އުރާލާ ދެލޯ ފޮހެލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“މިގޭ ކޮޓަރިއެއްގަ މާލިކް އެބެން. އޭނަ ގޮވައިގެންދޭ.” ހަމީދު އެހެން ބުނުމާއެކު ކަތި ނަޒަރަކުން ޚަދީޖާއަށް ބަލައިލަމުން ސަމީރު ހިނގައިގަތެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ސޯފާގައި އޮށޯއްވެލައިން އޮތް ސީމާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައިި އޮއްވާ ސިއްސައިން ދިޔައީ ކުއްލިޔަކަށް މޫސަ ލައްވާލި އަޑަކުންނެވެ. އެއަޑަށް ސީމާގެ ހަށިގަނޑަށް ކޮންމެސް ވަރަކަށް ގުޑުން އަރައިން ދިޔައެވެ. ހަމަ އެޔާއެކު ހިނިތުންވަމުން ސީމާ ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ.

“ސީމާ!.. ހާދަ ފިކުރު ބޮޑުވެފަ.؟ ހީވަނީ ކަމަކާ ދެރަވެފަ އިނދެ ގަދަކަމުން ހީލިހެން.. ބުނެބަލަ! ކިހިނެއްތަވީ؟” މޫސަ އިށީންދެލި ވަގުތު ސީމާ މޫސަގެ ފައިގާ ބޯއަޅާލަމުން އަނެއްކާ އޮށޯއްވެލިއެވެ.

“ވާހަކައެއް އަހާލަންތަ؟” މޫސަގެ މޫނަށް ބަލައިލަމުން ސީމާ ބުނެލިއެވެ.

“ހޫމް އަހާބަލަ.. ވާހަކަ ދައްކައިންވެސް ވެއްޖެ ސީމާއަށް ވެފަ އޮތްގޮތް ބަލަން.” ސީމާގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެ އިނދެ މޫސަ ބުނެލިއެވެ.

“ފާއިދު އޮޕްރޭޝަން ކޮށްގެން ގެއަށް އައިދުހު އަހަރެން ދިން ހަދިޔާގަ އޮންނާނެ އާރޓް ފޮތެއް. އަހަރެން ބައެއްފަހަރު ދެކެން ކޮޓަރި ދޮރު ހުޅުވާލާއިރު އެސޮރު ކުރަހަން އިންނަތަން. ކުރަހާ އުޅެނީ ކޮން އެއްޗެއް ކަމެއް ނޭނގެ އެކަމަކު.. އެއީ ދެފަހަރު ކަންނޭނގެ އެހެން ފެނުނީ އަދި… މޫސައަށް އިނގޭތަ އެސޮރު ކުރަހާ އެއްޗިސް؟؟” ސީމާ މޫސައާ ދިމާލަށް ބަލައިވެސް ނުލާ ސީދާ ޕޮއިންޓުން ފެށިއެވެ.

“އާނ.. އެކަމާތަ ތި ވިސްނަނީ؟ ހެހެ.. އެސޮރު އެފޮތް ފެނިގެން ބުނީ ކީއްކުރާ އެއްޗެއްހޭ؟ އަހަރެން ބުނިން ކުރަހަން އިނގޭހޭ؟ ބުނީމަ ދެފަރާތައް ބޯ އަނބުރާލީ.. ދެން އަހަރެން ފުރަތަމަ ގަނޑުގަ ކުރަހަން ދަސްކޮށްދިނީ.. އަހަރެން ބުނިން މޫސަބެ ކުރަހާނަމޭ އެންމެ ފަހުން މޫސަބެ ހަނދާން ހުރި ކަންތައް.. ދެން އެނދެއްގަ އޮތް ކުޑަ ފިރިހެން ކުއްޖެއް އަހަރެން ކުރެހީ.. ދެން އެކުއްޖަ ކައިރި ކުރެހީން ބޮޑު ފިރެހެނެއް އިށީންދެ އިންދަވެސް..” މޫސަ އެހެން ބުނެލަމުން ސީމާއަށް ބަލައިލިއެވެ.

“މޫސަ އެ ކުރެހީ ކޯއްޗެއް؟” ސީމާ އަނެއްކާވެސް އަހާލިއެވެ.

“ހޫމް.. ފާއިދުވެސް އެހީ ތިހެން.. އަހަރެން ބުނިން އެއީ ދަރިފުޅު ހޮސްޕިޓަލުގަ އޮތްގޮތޭ. ގޮނޑީގަ އިނީ މޫސަބެއޭ. މޫސަބެ މިކުރެހީ މޫސަބެ ހަނދާން ހުރި ކަމެކޭ.. ދަރިފުޅުވެސް ރީތިކޮށް ކުރަހަން ދަސްކުރާށޭ.. ދަރިފުޅަށްވެސް ފަހަރެއްގަ ހަމަ ވަރަށް ފަސޭހަ ވެދާނެއޭ ހަނދާންވާ އެއްޗެއް ކުރަހާލަން. އެކަމަކު އޭގެ ފަހުން އަހަރެން އެފޮތެއް ނުދެކެން. ވެދާނެ އޭނަގެ އަލަމާރިޔަށް ލައިން ގެންގުޅެނީ ކަމަށްވެސް..” ފާއިދަށް ކުރަހަން ދަސްކޮށްދިން ގޮތް ކިޔާދެމުން މޫސަ ބުނެލިއެވެ.

“އެހެންތަ؟ އެހެންވީމަ ދޯ ފާއިދަށް އެކަހަލަ އެއްޗެއް ކުރަހަން އޭނަގެ ހިތް ބުނެދިނީ..؟” ކުއްލިއަކަށް ތެދުވެ މޫސައަށް ބަލާލަމުން ހައިރާން ވެފައި އިނދެ ސީމާ ބުނެލިއެވެ.

އެދުވަހު ކަން ހިނގާދިޔަގޮތް ސީމާ ވަރަށް ތަފްޞީލުކޮށް މޫސައަށް ކިޔައިދިނެވެ. ސީމާ އެވާހަކަތައް ކިޔައިދީ ނިމުންއިރު މޫސަގެ ދެއަތްތިލަ ވަނީ ދަތްދޮޅީގައި ޖައްސާލާފައެވެ. މޫސަގެ ވިސްނުމާ ފިކުރުވެސް ވަގުތުން ބޭއިޚްތިޔާރުގައި އެކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ދުވަސްތައް ވޭތުވަމުން ގޮސް ސަމީރާ އަފީފާގެ ކައިވެނި ކުރެވިއްޖެއެވެ. އަފީފާއަށްޓަކާ ހާއްސަވެފައިވާ ބޮޑު ދުވަހަށް އެއާއިލާގެ ފަރާތުން ހުސްވުމެއްނެތް އުފާވެރިކަމުގެ ވެދުމާ ތަހުނީޔާ ފޮނުވަމުން ދިޔައެވެ. އެހެންނަމަވެސް ސަމީރުގެ އާދުނިޔެއަށް އޭނާގެ މަސްވެރި ފަޅުވެރިންކޮޅު ފިޔަވާ މަރުޙަބާ ކިޔާނެ މީހަކު ނެތެވެ. ނަމަވެސް އަފީފާއަށް ހީވަނީ އޭނަގެ ޙަޔާތަށް ބަހާރު މޫސުމެއް އައިހެނެވެ. އުންމީދުގެ އެތައްކުލަ ތަކަކުން ހަޔާތުގެ ތަސްވީރު ކުރަހާލުމަށް އަފީފާވަނީ ކެތްމަދުވެފައެވެ. ސަމީރުގެ ޙަޔާތުން އުނިވެފައިވާ އެތައް އިޙްސާސްތަކެއް ހޯދައިދިނުމަށެވެ. އެހަޔާތުން މަދުވެފައިވާ އެތައް ކަމެއް ފުރިހަމަކޮށް ދިނުމަށެވެ.

“ސަމީރު!.. އަނެއްކާވެސް މީހަކު ހޯދިއްޔޭދޯ؟ ހެހެ.. އެނގިދާނެތާ މިފަހަރުވެސް ވާވަރެއް. ސަޔަށްވެސް ކިޔާލީކީ ނޫން އެހާ އުފާވެރި ކަމެއް ވީމަވެސް.” ފިހާރައިން ނުކުތް ސަމީރު ފެނިގެން ފަހުދަށް ހީވީ ދެ ޢީދު އެއްފަހަރާ ބައްދަލު ކުރިހެނެވެ.

“އާނ! އަދި މިހޯދީ މިވަގުތައް އެކަކު.. އަދިވެސް ބާކީ ތިން ޖާގަ ހުސް.. އެކަކާ އިނީމަ ކުޑަ ސައެއް ހަދާލީ.. ހަތަރު މީހުން ހަމަކޮށް ބޮޑު ސައެއް ހަދާފަ ފަހުދަށް ދަޢުވަތު ދޭނީ.. އޭރުން މިހާރު ތިކިޔާ އެއްޗިއްސަށްވުރެ އިތުރަށް ފަހުދު ދައްކާނެ ވާހަކަ ގިނަވާނެ.. ނޫނީ ދައްކާނެ ވާހަކައެއް ނެތި އަނގަ ބަންދުވެދާނެ.. އާނ މީގެ ކުރިން އުޅުނީ މި ސަމީރު މީހަކާ ނީންދެގެން. މިހާރު ތިއުޅެނީ އެއްކަލަ ސަމީރު މީހަކާ އިނީމަ.. އަޅެ އަހަރެން އެބަ އަހަންތަ ފަހުދު ތިހުންނަނީ އުމުރު ހުސްވާއިރުވެސް މީހަކާ ނީނދެ ކީއްވެތޯ؟؟” ސަމީރުގެ ހިތްވަރުގަދަ ވާހަކަތައް އަޑު އިވި ފަހުދު ތަން ހަރުވިއެވެ.

“ހެހެ.. ތިހާ ފަސޭހައިން މަގޭ އަނގަ ބަންދެއް ނުވާނެ. އެހެން ނޫނަސް މަ މީހަކާ ނީނަސް ސަމީރަށް ކީއްތަ؟” ފަހުދު ކުރު ޖަވާބެއް ދެމުން ހިނގައިގަތެވެ.

“އަފީފާ! އަހަރެން ވަރަށް ހައިރާންވި ކުރިން އަފީފާ ރަންކިޔަން ބޭނުންވި އެތި އެނގުނީމަ. އަހަރެން ހިޔެއް ނުކުރަން އަފީފާއަށް އަހަރެން ކުރިމަތީ އެކަހަލަ އަގުބޮޑު އެއްޗަކަށް ރަން ކިޔަން ބޭނުންވާނެ ކަމަކަށްކަށް.” ސަމީރު މަޖާ ކޮށްލުމުގެ ނިޔަތުގައި ކައިވެންޏާ ގުޅުންހުރި ވާހަކައެއް ފަށާލިއެވެ.

މީގެ ކުރިން އަފީފާއަކީ ސަމީރުގެ ނިކަމެތިކަމަށް ހަމްދަރުދީވަމުން އައި މީހާއެވެ. ސަމީރުގެ ހުސްއަތުގައި ހިފައިން މިނިވަން ހިތަކާއެކު އުޅެން އެއްބަސްވި މީހާއެވެ. އެކަމަކު ޙަޤީޤަތުގައިވެސް އެދުވަހު ސަމީރު ހައިރާންވީ ސަމީރުގެ ދިރިއުޅުން އެނގޭ މީހާ އެފަދަ ކަމަކަށް އެދުމުންނެވެ.

“ސަމީރު! އަހަރެން ފުރަތަމަ ރަން ކިޔާހިތުން ހުރީ ކަރުގަ އަޅާނެ ރަން ހާރަކަށް. އަހަންނަށް އިނގޭ އަހަރެންގެ ކައިވެނީގެ ރަނަކަށް އެޔަށް އެދުނު ނަމަވެސް ސަމީރަށް އެ ދޭން ލިބޭނެކަން. ކުރިންވެސް އަހަރެން ބުނީމެއްނު ސަމީރަށް ދޭން ނުލިބޭނެ އެއްޗަކަށް އަހަރެން ރަނެއް ނުކިޔާނަމޭ. އެކަމަކު ސަމީރު ވިސްނައި ދިނީމަ އެ ވާހަކަ ޤބޫލު ކުރެވުން. އެއީ ތެދެއްކަން.. އެހެންވެ އެކަން ހުއްޓާލީ.. އަފީފާ އެއްވެސް ހާސްކަމެއްނެތި ބުނެލިއެވެ.

“އަހަރެން މިހިރީ އެފަހުން އެވާހަކަ ދައްކަން ހަނދާން ނެތިފައޭ އަސްލޫ.. ދެން ބުނެބަލަ؟ ކިހިނެއް އަފީފާއަށް އެނގުނީ އަހަރެންނަށް ރަން ހާރެއް ދޭން ލިބޭނެކަމެއް.؟” ސަމީރުވަނީ ހައިރާން ކަމުގެ ތެރޭގައެވެ.

“ބުނަންތަ؟ އަހަރެން އަތުގަ ރަނުގެ ގަހަނާ ނެތިގެނެއްނޫން އެއިރު އެހެން ބުނީ. އަހަރެން ހަމަ ބޭނުންވީ ސަމީރުގެ ކުރިމަތީ އުޅޭއިރު ފަރީދާ އަޅާފަ އޮތް ހާރު އަޅައިން އުޅެން. ހަމަ ގައިމުވެސް ސަމީރަށް ކޮންމެސް އުފާވެރިކަމެއް ލިބޭނެކަމަށް ބަލާފަ. އެކަމު ސަމީރު ބުނީމެއްނު ހާރެއް އޮތަސް އޭގެ ވާރިޘުންގެ އެއްޗެކޭ އެއީ. އެހެންވެ އަޅާނުލީ.” އަފީފާގެ މަޤްޞަދު އޮޅުން ފިލުވައިދެމުން ބުނެލިއެވެ.

“އެކަމު ކިހިނެއްހޭ އިނގުނީ؟” އަނެއްކާވެސް ޖަވާބު ބޭނުންވާ ސުވާލު ސަމީރު ތަކުރާރުކޮށްލިއެވެ.

” ކޮޓަރި ސާފުކުރިދުހު އަހަންނަށް އާދެވުނެއްނު ދޯ؟ އަލަމާރިން ނަގާފަހުރި އެއްޗެސްތައްވެސް އެނދުގަ ހުއްޓަ.. އެތާ އޮއްވަ ފެނުނީމަ އެނގުނީ.” އަފީފާ ޖަވާބުދެމުން ސަމީރަށް ބަލާލިއެވެ.

ސޯފާގައި އިން ލަހުމާގެ ފައި ބާއްވާލާފައިވަނީ ކައިރީ ހުރި ގޮނޑިމަތީގައެވެ. ހަމަހިމޭން ގޭތެރޭގައި މަޑުމޮޅިކަމާއެކު ލަހުމާ އިންއިރު، ހީވަނީ އޭނާގެ މުޅި ހަޔާތުގަވެސް މުޅިން އަލަށް ކަމަކާ ފިކުރު ކުރަމުންދާހެނެވެ. ފަހަރުގައި އޭނާގެ ފިކުރުތައް ގުޅިފައިވަނީ ދުނިޔެމަތީ ކަންކަމާ ކަންނޭންގެއެވެ. ނޫނީ ކާއިނާތުގެ ތެރޭގައި ހިނގަމުންދާ ގޮތްނޭނގޭ އެތައް ކަމަކަށް ކަންނޭންގެއެވެ. ލަހުމާ އެ ޚިޔާލުތަކުން އެއްކިބާކޮށްލީ އޭނާއަށް ނަޒަރު ހުއްޓާލައިން ހުރި މީހަކު ސަލާމް ގޮވާލިއަޑަށެވެ. މަޑުމައިތިރި ކަމާއެކު ސަލާމްގެ ޖަވާބު ދެމުން ލަހުމާ އެމީހާއަށް ގެއަށް ވަނުމަށް ޢިޝާރާތް ކޮށްލިއެވެ.

“ކޮބާ ކޮޓަރި ތައްޔާރުތަ؟” ސޯފާގެ އެއްފަރާތުގައި އިށީންނަމުން އެމީހާ އަހާލިއެވެ.

“ކުލީ ކޮޓަރިއަށްދޯ؟.. ނޫނޭ. މިއަދު އަންނަކަމެއް ނޭނގުނު. އެކަމު މިރެޔަށް ތައްޔާރުކޮށްލުން ކިހިނެއް؟” ފަންވަރުގަދަ ލަހުމާގެ އާދަޔާ ޚިލާފު މަޑުމައިތިރި އަޑުން ބުނެލިއެވެ. ހީވާގޮތުން ލަހުމާއަށް އެހެންވީ، ޖަޒުބާތީ ފިކުރާ ޚިޔާލުތައް އޭނާގެ މައްޗަށް ގަދަވެގަތުމުން ކަންނޭނގެއެވެ.

“އެންމެ ރަނގަޅު. އެކަމު ބައެއް ފަހަރު މަސައްކަތް ހަމަޖެހިފަ އޮންނަގޮތުން އަޅުގަނޑަށް ބައެއް ރޭރޭ މިގޭގަ ނުނިދޭނެ. އެހެންވީމަ ކޮޓަރި ތައްޔާރުވާނެ ކަމަށްބަލާފަ އަޅުގަނޑު މިރޭ އަންނާނަން ނުވައެއް ޖަހާލާއިރު.” މެހެމާން ޖަވާބުދިނެވެ.

“އެހެންތަ؟.. ހޫމް.. ކޮންނަމެއްތަ ކިޔަނީ؟” ލަހުމާ ބަލައިލީ ދެބައި އުމުރަށް ގޮސްފައިވާ އެފިރެހެން މީހާއަށެވެ.

“ލަތީފް… އަހަންނަށް އަހާލެވިދާނެތަ ކޮންކަމަކާތޯ ދެންމެ ވިސްނަން އިނީ؟” ޖެހިލުމެއްނެތި ތަޢާރަފް ވެލަމުން ލަތީފް ކޮށްލީ ސުވާލެކެވެ.

“ހެހެ.. އަހަންނަކީ ލަހުމާ… އާނ ދެންމެދޯ؟ އެއީ އަހަރެންގެ އާދައެއްނޫން. އެކަމަކު ގިނަ ދުވަސް ތަކަކަށްފަހު ވަރަށް އަލަށް ކަމަކާ ބޯގާނާލީ. އަހަރެން ވިސްނީ ކޮންކަމަކާކަން ކިހިނެއް ބުނާނީ؟ ތީ ހަމަދެންމެ އަހަރެންގެ ކުރިމައްޗަށް ސިފަވި ސޫރައެއްނު.؟ އެހެންވީމަ ކިހިނެއް އެހާ އަވަހަށް އިތުބާރުކުރާނީ؟” ލަހުމާގެ ވާހަކަތައް އަޑުއަހަންއިން ލަތީފް އެއްބުމަ ހިއްލާލަމުން ބޯޖަހާލިއެވެ. ހީވަނީ ކޮންމެސް އެއްޗެއް ވިސްނާލިހެނެވެ.

“އެންމެ ރަނގަޅު… މާނައަކީ އެސޫރައަކަށް އާދަވެފަވާ ސޫރަތަކަށް ވަރަށް ޤަދަރު ކުރާނެއޭދޯ؟” ލަހުމާއަށް ހިނިތުންވެމެއް ދޫކޮށްލަމުން ލަތީފް އެގެއިން ނުކުންނަން ހިނގައިގަތެވެ.

ލަހުމާ އިނީ ބަސްހުއްޓިފައެވެ. ބުނާނެއެއްޗެއް ނޭނގިފައެވެ. އެހުޝިޔާރު ފިރެހެނާ ދަންދެން އެދިމާލަށް ބަލަން ލަހުމާއަށް އިނދެވުނީ އަންތަރީސްވެފައެވެ.

ރޭގަނޑުގެ ނާމާން ވަގުތެވެ. އިޝާ ނަމާދު ކޮށްގެން އައިސް ސަމީރުގެ އިތުރުން މާލިކްވެސް ކެއުމަށް އިންސާފް ކުރަމުން ގެންދިޔައެވެ. އަފީފާގެ މަސައްކަތަކީ މަހޫއަށް ކާންދިނުމެވެ. ކޮންމެޔަކަސް އަފީފާ އެގެއަށް ބަދަލުވީފަހުން މީރު ރަހަތަށް އެކުލެވޭ ކެއުންތައް ކާންލިބެއެވެ.

“ނުކާނަން.. ވަރަށް ނުބައި މިރިހަ. ބައްޕަ ކައްކާ ރިހަ މާމީރު.” މާލިކްގެ އަނގައިން ބޭރުވެގެންދިޔަ ޖުމްލައިން ސަމީރަށް ބަލާލެވުނީ އަފީފާގެ މޫނަށެވެ.

އެހެންނަމަވެސް އަފީފާ އަޑުއިވޭކަމަށް ހަދާނުލާ ހުރީއެވެ. މާލިކްގެ އެމިޒާޖަކީ މަޑުމަޑުން އަފީފާ ހޭނެމުން އަންނަ މިޒާޖެކެވެ. އެހެންވެ އެއީ މާބޮޑުކަމަކަށް އަފީފާ ނުހަދައެވެ.

– ނުނިމެ –
——————-*******—————–
ކިޔުންތެރިންނަށް ލޯތްބާއެކު..!
މި ވާހަކައިގެ ކުރިޔަށް ހުރި ޕާރޓްތައްވެސް ކިޔުންތެރިންނާ ބައްދަލްކުރާނީ ވަރަށް ތަފާތު މެސެޖްތައް ދެމުން.
މިވާހަކައިން ބުނެދޭ ގިނަ ކަންތައްތަކަކީ ތިޔަ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލް ކުރެވޭ ވާހަކަ ތަކެއް ކަމަށް ޝަލީން އުންމީދު ކުރަނީ. އަދި ވަރަށް އުފާވާނެ މި ޕާރޓްވެސް ކިޔުންތެރިންނަށް ކަމުދިޔަނަމަ..?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ތިޔަ އިންތިޒާރުގާ

Next

ސިއްރުން މިހިތާ ކުޅެނީހޭ ( 4 ވަނަ ބައި )

Next
August 19, 2020

ސިއްރުން މިހިތާ ކުޅެނީހޭ ( 4 ވަނަ ބައި )

Previews
August 19, 2020

ތިޔަ އިންތިޒާރުގާ

20 Comments!

  1. ދިމްނާ says:
    August 19, 2020 at 4:01 pm

    ސަލީން. މި ޕާރޓްވެސް ހަމަ ވަރަށް ސަޅިި.
    ވަރަށް މޮޅު ލިޔުންތެރިއެއްތީ.
    ދެން ބަސްތައް އަތުރާލާފަ ހުންނަގޮތާ ޖުމްލަތައް ގެންގުޅެފަ ހުންނަ ގޮތުން ހަމަ މި ވާހަކައަށް އިތުރު ފުރިހަމަ ކަމެއް ލިބޭ. ވަރަށް ތަފާތު މީހުން ދުނިޔޭގަ އުޅޭނެ. ފީލީނ ހެޕީ ފޯރ ސީމާ އެންޑް މޫސަބެ.

  2. Shaleen says:
    August 19, 2020 at 5:30 pm

    thank you dhimna
    Alah mi libunee dhivehi fontun commenteh.
    Ehennamaves pendinga iny.
    Thank u ingey v bodah
    Yes seema and moosabe v nice dho

  3. Zoaby says:
    August 19, 2020 at 11:27 pm

    Nice story shaleen
    Keep it up

    1. Shaleen says:
      August 20, 2020 at 9:51 am

      thank you zoaby

  4. 70v3 you says:
    August 19, 2020 at 11:29 pm

    Vrh reethi vhk eh.
    Vrh kamudhey. Vrh suvaalu ufedhey ekm waitingg….

    1. Shaleen says:
      August 20, 2020 at 9:52 am

      Hi 70v3 you
      Thanks ingey varah bodah
      Shaleen v ufaa vejje ehnveema
      Tace care

  5. Quin me says:
    August 20, 2020 at 10:35 am

    hi shaleen
    This part was realy fabulous
    And also feeling happy for seema and moosabe.
    Haadha avahahkah fahudhu mi nattaaly sameer kairin. Anga bedhunee dho
    Lol
    Anyways waiting for nxt part

  6. Alisa? says:
    August 20, 2020 at 10:38 am

    Mi v reethi vaahaka eh .
    Mi part dhigukan faahagavi.
    Dhen latheef mi konkahala meehei anekkaa.
    When character eh are dho anekkaa.

  7. Shooting ? says:
    August 20, 2020 at 10:41 am

    Kiyaahihvaa story eh varah.
    Mi vaahakaige author directkoh v vaahaka dhakkaalaa hihvey.
    Liyumuga gengulhey bahuruva reethikamun aslu

  8. Yoon says:
    August 20, 2020 at 11:13 am

    Great job shaleen.
    Nice story ingey
    V ibraitheri vaahakathah ebahuri himanaalaafa

    1. Shaleen says:
      August 20, 2020 at 3:00 pm

      Thanks Yoon
      V ufaavejje ingey
      Ya shaleen mi balany v ibraitheri vaahakathah himanaa leveytho hama

  9. Shaleen says:
    August 20, 2020 at 3:03 pm

    Hi Alisa?
    Shukuriyyaa varahves
    Yes latheef kiyaa meehaku aee
    Let’s c dhen vaahaka midhany kihineitho?

  10. Shaleen says:
    August 20, 2020 at 3:07 pm

    waving to you ? Quin me.
    Yes ? thanks
    You are right hama. Moosba and seema v swyt dho. Caring ppls.
    Hahaha fahudhu dho. Sameeruves ehvhei buneleenu
    Tgc
    Plz wait for the up coming parts?

  11. Shaleen says:
    August 20, 2020 at 3:10 pm

    Thank you Shooting⭐ fo the lovely comment.
    Yes ? kommes dhuvahakun shaleenves ummeedhu kuran directkoh vaahaka dhakkaaleveyne irakah.
    V ufaavejje liyun therikamah bad kolhei bunelaafa inythee
    Tc
    Lysm

  12. Real Me says:
    August 22, 2020 at 11:55 am

    Masha allah, mi part ves vrh reethi. Yeah, mi part in vrh iburaiyytheri msg thakeh libigen gossi. Sameer and Afeefa marry kury dhw finally. Seema ge amilla dharieh noonas eyna Faaidh ah haadha care kure ey. Vrh cute ehen v ma. Hehe. Fahudhu genes dhiny dhw mi part ga Me midhiya comment ga e vhk bunelyma. Now curious to know about keehve kan fahudhu meehakaa marry nukurany.
    Good luck, Stay quarantined. Love you sis.
    ❤❤❤❤❤❤❤❤

  13. Shaleen says:
    August 22, 2020 at 1:36 pm

    Hi Real Me
    Varahves bodah thanks shaleenge super fan⭐
    Ya Real Me ves beynunvaagothah married mihaaru ebaimeehun.
    Yes faaidh v caring family egga eulheny dho
    Haha yes real me for you fahudhu genesdhinee ???
    Yes fahudhuge body sorry dho
    Hahaha
    Let’s c what’s going on dear
    Thankkkkkkkkk yuh?????

  14. Khaleel says:
    August 22, 2020 at 9:19 pm

    Maasha allaah.mipartves vvv reethi.finally sameeru n afeefa married dhw..ekam maalikge amaluthah thihunnagotheh dhw.. v saugverikan ebahuri mi vaahakayah.. ehaame ibraihtheri..keep it up dear.. tc.luv u?????

    1. Shaleen says:
      August 22, 2020 at 11:19 pm

      thank you khaleel
      Aan dhemeehun married. Nuvegen ulhunu kanthah vee dho.
      Yaa hingaa maalikge amal thakuge kankan balan mdukollan adhives.
      Thnks thihaa shauguveri kamaaeki kiyaalaathyve
      Thanks anekkaaves khaleel
      Tgc
      Lysm

    2. Shaleen says:
      August 22, 2020 at 11:19 pm

      thank you khaleel
      Aan dhemeehun married. Nuvegen ulhunu kanthah vee dho.
      Yaa hingaa maalikge amal thakuge kankan balan mdukollan adhives.
      Thnks thihaa shauguveri kamaaeki kiyaalaathyve
      Thanks anekkaaves khaleel
      Tgc
      Lysm

  15. No.1 fan says:
    August 24, 2020 at 9:54 pm

    Haae Shaleen. Varah dhera vejje mihaa lahun comment kureveythee. Ekam lahun viyas comment killan beynunvee. Mi part ves varah varah reethi masha allah?. Emme fahun Sameeru ah help vaane meeheh libuneenu dhw. Afeefa marry kuree viyya????????. Nice?. Waiting for next.?

Comments are closed.

Next Episodeއިމްތިޙާން 23←


All Right Reserved!