އިންތިޒާރު 25
ރާއިން ދެޖީބަށް އަތްޖަހާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިގެނެވެ. އޭނަ އެތަނަށް ދައްކަން އައި ވާހަކަ ދައްކަންވީބާއޭ ހިތަށް އަރަމުންދިޔައެވެ. ޒާޔާ ލިޔާމޭޒުމަތީގައި ފޮތްބާއްވާލުމަށްފަހުވެސް ހުރީ ރާއިންއަށް ފުރަގަސްދީގެނެވެ. އޭނައަށް ސިހުމެއް ލިބުނީ އޭނަގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ރާއިން އޭނަގެ ފަހަތުން ބައްދާލުމުންނެވެ. ނޭވާވެސް ހީވީ ކުޑަހިނދުކޮޅަކަށް ތާށިވިހެނެވެ. ރުޅިއައިސްފައި ބުނަން އުޅުނު ޖުމަލަތައްވެސް ހަނދާން ނެތިއްޖެއެވެ. ރާއިން ޒާޔާގެނަން ދެފަހަރަކު ލަސްލަހުން ކިޔާލިއިރު އެއަޑުވެސް އިވުނީ ހުވަފެނެއްގައި އޮއްވައި މީހަކު ގޮވާލިހެނެވެ.
ކުޑައިރުކޮޅެއްފަހުން ޒާޔާ ދުރައްދިއުމަށް އުޅުމުންވެސް ރާއިން އެއަށްވުރެބޮޑަށް ޒާޔާ އޭނަގެ އަތުތެރޭ ހައްޔަރުކޮށްލިއެވެ. “ވެއިޓް އަސެކެންޑ” ޒާޔާގެ ކަނދުރާކައިރީ މޫނުފޮރުވާލަމުން ރާއިން ބުނެލިއެވެ.
“ދުރުގަ ހުރެގެންވެސް ވާހަކަ ދެއްކިދާނެއްނު، ރާއިންއަކަށް އެއްވެސް ހައްގެއް ނޯންނާނެ ތިގޮތަށް ހަގްކުރާކަށް” ހިތުގެ މައްޗަށް ރުޅިވެރިކަން ގެންނަމުން ޒާޔާ ބުނެލިއެވެ.
” އޯކޭ ލިސެންޓްމީ” ޒާޔާގެ ކަންފަތްކައިރީގައި ރާއިން ބުނެލިއެވެ.
“ޒާޔާ އައި ނޯ ޔޫ ސްޓިލް ލަވްމީ، ބަޓް ޒާޔާ ވިސްނަބަ، އަހަންނާއިއެކު ޒާޔާއަކަށް އެއް ނޫޅެވޭނެ، އެމް އެންގޭޖްޑް ވިތް ސަމްވަން، އައި ކާންޓް ލީވް ހާރ، ޒާޔާ ނުބުންޏަސް އަހަންނަށް އެނގޭ ޒާޔާ އަހަންނަށްކަން އަދިވެސް ތި އިންތިޒާރުކުރަނީ، އެމް ނޮޓް ގޮއިންގ ޓު ކަމްބެކް، ޒަޔާން އަށް އާއެކޭ ނުބުނަންތިއުޅެނީ ކީއްވެތަ، ހީވިލް މޭކް ޔޫ ހެޕީ، އައި ނޯ ހީވިލް، ހީ ލަވްސްޔޫ އޭ ޒާޔާ” ރާއިންގެ އަތު ތެރެއިން މިންޖުވުމަށް މަސައްކަތް ކޮށްކޮށް ހުރި ޒާޔާގެ ގައިގައި ބާރަށް ބައްދައިލައިގެން ހުރެ ރާއިން ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ޒާޔާ އޭނަގައިން ދޫކޮށްލުމަށް ރާއިންގާތުގައި ބުނީ ރުޅިއައިސްފައެވެ. ރާއިން ޒާޔާގެ ގައިން ދޫކޮށްލިއެވެ.
“ކާކުތަ ބުނީ އަހަރެން ރާއިންއަށް އިންތިޒާރު ކުރާ ވާހަކަ، ކާކުތަ ބުނީ އަހަރެންގެ ލައިފްއަށް އަނެއްކާ އަންނަން، ރާއިން އެދުވަހު ބުނިފަހުން އެންމެ ފަހަރަކުވެސް ފަހަތަށް އެނބުރި އަހަރެން ބެލިންތަ؟ އެންމެ ފަހަރަކުވެސް އަހަރެން ރާއިންއާއި ވާހަކަ ދައްކަން މަސައްކަތް ކުރިންތަ، ރާއިންއަށް އުނދަގޫ ކުރިންތަ؟ އެކަމް މިއަދު މިއަހަނީ ސުވާލެއް ރާއިންގާތު، އަހަރެން ކޮންކަމެއް ކޮށްގެންތަ ތިހާވަރުގެ އަނިޔާއެއްތިދިނީ، އެންމެ ފުރަތަމަ އަހަންނަށް ބިޓްރޭވީ މިހާރު ތިއުޅެނީ އެހެންމީހަކާ ގުޅުވަން، ތިވަރު ނުކުރިޔަސް އަހަރެން ރާއިންގެ ލައިފްއިން، ރާއިންގެ މިގެއިން ހިނގައިދާނަމޭ، އެންމެފަހަރަކު ބުނެބަލަ މިގެއިންވެސް ދާށޭ،” ޒާޔާއަށް ވާހަކަ ދެއްކުނީ ރުޅިއައިސްގެން ބާރަށެވެ.
“މިއީ ރާއިންގެ ގެ ކަމުގައިވިޔަސް މިއީ އަހަރެންގެ ކޮޓަރި، އަހަރެންގެ ދިރިއުޅުމުގެ ނިންމުން ނިންމާނީ އަހަރެން، ރާއިންއެއްނޫން، ލީވްމައިރޫމް” ރާއިންވާހަކަ ދައްކަން މަސައްކަތް ކުރުމުން އެކަން ހުއްޓުވަމުން ޒާޔާ ބުނެލިއެވެ. އަދި ގޮސް ދޮރު ހުޅުވާލިއެވެ.
ޒާޔާއާއި އިތުރަށް ބަހުސް ކުރަން ބޭނުންނުވާތީ އިތުރު އެއްޗެކޭނުބުނެ ރާއިން އެކޮޓަރިން ނުކުތެވެ. ރާއިން ނުކުތުމާއިއެކު ޒާޔާ ދޮރުލައްޕާލިއެވެ. ދޮރުގައި ލެނގިލައިގެން ހުރެވުނީ ވިސްނަންވީއެއްޗެއް ނުވިސްނަންވީ އެއްޗެއް ނޭނގިފައެވެ.
*****************
ކޮލެޖަށް ދިޔަ ޒާޔާ އެނބުރި އައީ އަޞުރު ބަންގިގޮވަނީއެވެ. ހެނދުނު އައިރުޅީގައި އެއްވެސް އެއްޗެއް ނުކައި ހުރެ ކޮލެޖަށްދިއުމުން ހުރީ ނުހަނު ވަރުބަލިވެފައެވެ. ގެއަށް އައިސް ކައިގެން ފެންވަރާލުމުން ވަރުބަލިކަންވީ އިތުރެވެ. އެނދުގައި އޮށުއޮވެލިތަނާ ނިދުނީ އެހެންވެގެނެވެ. ދެން ހޭލެވުނީ ނޫރާއައިސް އުނދަގޫ ކުރަންފެށުމުންނެވެ. އޭން ކިޔަމުންދިޔައީ ބޭރަށް ސޮޕިންއަކަށްދާން ބޭނުންވާހަކައެވެ. އޭރުގަޑިން 7 ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ނޫރާއާއި އެއްކޮންދާން އެއްބަސްވީ އަނެއްކާ އޭނަ ޝަކުވާކުރަން ފަށާފާނެތީއެވެ. ނޫރާ އެކޮޓަރިން ނުކުތީވެސް އޭނަ ފާހާނައަށް ވަނުމުންނެވެ.
ރީތިވެލައިގެން ޒާޔާ ނޫރާގެ ކޮތަރިއަށް ދިޔައިރު ނޫރާވެސް ހުރީ ތައްޔާރުވެނިމިގެނެވެ. ގެއިން ނުކުތްގޮތަށް ނޫރާ ހިނގައިގަތީ ކުރިމަތީގައި ޕާރކް ކޮށްފައިވާ ކާރާ ދިމާއަށެވެ. ކާރުގައިތޯ ދަނީ ޒާޔާ ސުވާލުކޮށްލުމުން ނޫރާބުނީ ދުރުގައި ހުރި ފިހާރައަކަށް ދަނީކަމުގައެވެ. ކާރުމަޑުކޮށްލީ ވުޑްއެޕަލް ކުރިމައްޗަށެވެ. ކާރުން ފައިބައިފައި ޒާޔާ ނޫރާއާއި ދިމާބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޒާޔާ އެއްޗެކޭ ބުނުމުގެ ކުރިން އޭނަގެ އަތުގައި ހިފައިގެން ނޫރާ އެތެރެއަށް ވަނެވެ.
“ވަޓްސް ގޮއިންގ އޮން” ޒާޔާއަށް އެންމެ ފަހުން ނުހުރެވިގެން ބުނެވުނެވެ. ނަމަވެސް ނޫރާ އެދުނީ މަޑުކުރުމަށެވެ. ވަށައިގެންވި މާހައުލަށްވެސް ޒާޔާއަށް ބަލައިލެވުނީ ދެނެވެ. އެއްވެސް މީހަކު ނެތްކަން ފާހަގަ ކުރެވުނީ ދެނެވެ. ރީތި މިއުޒިކެއް ޖަހާލެވިފައިވިއެވެ. ތަންކޮޅެއް އެތެރެއަށް ވަދެވުނުފަހުން މޭޒެއްގެ ކައިރީގައި އިން ރާއިންފެނިފައި މެއަށް ފިނިވިއެވެ. ކޭންޑަލް ލައިޓް ޑީނަރ އަކަށް ރެޑީކުރެވިފައިވާ އެމޭޒުކައިރި ހުރީ އެންމެ ދެގޮނޑިއެވެ. މިހާރު ރާއިން މިއުޅެނީ ކޮން ސަކަރާތެއް ޖަހަންބާއޭ އޭނަގެ ހިތަށްއެރިއެވެ. ނޫރާމެން އަންނަތަން ފެނުމުން ރާއިންވެސް އިންތަނުން ތެދުވިއެވެ.
“ކޮބާ” ރާއިންއާ އަރާ ހަމަވުމުން ނޫރާ އަހާލީ ހަމައެކަނި އެހެނެވެ. ޒާޔާ ރާއިންއާ ދިމާއަށް ބަލަންވެސް ބޭނުން ނުވާތީ ހުރީ އެހެން ދިމާއެއް ބަލަހައްޓައިގެނެވެ. ޖަވާބުގައި ރާއިންދިނީ ހަމައެކަނި ހިނިތުންވުމެކެވެ.
“ޒާ އެމް ސޮރީ މިގޮތަށް ދޮގު ހަދައިގެން ގެންނަން ޖެހުނީމަ، ބަޓް ސަމްވަން ރިއަލީ ވޯންޓްސް ޓު ޓޯކްޔޫ، ޕްލީޒް އަހަރެންދެކެ ރުޅިއަޔަސް ޑޯންޓްބީ އެންގްރީ އެޓްހިމް” ޒާޔާއާއި ކުޑަކޮށް ގާތަށްޖެހިލަމުން ނޫރާ ބުނެލިއެވެ. ޒާޔާއަށް ނުރުހިފައި ބަލާލެވުނީ ރާއިންއާއި ދިމާއަށެވެ.
“ޑްރެސިންގް ޓޭބަލް މަތީ އިން ރިންގް އޮންނާނެ ޒާގެ ބޭގްގަ” ޒާޔާ އެންމެފަހުން ގޮނޑީގައި އިށިއިނުމުން ނޫރާ ޒާޔާގެ ކަންފަތް ކައިރީ ސިއްރުން ބުނެލިއެވެ. އަދި އެއަށްފަހު ރާއިންއާއި ނޫރާ އެތަނުން ނުކުންނަން ހިނގައިގަތެވެ.
“ހައި” ޒާޔާ އިށިއިނދެގެން އިން ގޮނޑީގެ ވާތް ފަރާތުގައި ހުރި ހުސްގޮނޑީގައި އިށިއިންނަމުން ޒަޔާން ބުނެލިއެވެ. އިސް ޖަހައިގެން އިނުމުގެ ސަބަބުން ޒާޔާއަށް އޭނަ އައިކަންވެސް ނޭގުނީއެވެ. ޒަޔާންއާއި ދިމާ ޒާޔާބަލާލުމަށްފަހު ޖަވާބުދިނީ ކައިރީގައި އިންމީހާއަށްވެސް އަޑު ނީވޭހާ މަޑުންނެވެ. “ސޮރީ” ދެންވެސް ވާހަކަ ދެއްކީ ޒަޔާންއެވެ. ޒާޔާއިނީ ދެންވެސް އިސްޖަހަގެނެވެ. އަތުގައި އޮތްދަބަހުގައި ދެއަތުން ބާރަށް ހިފަހައްޓައިލައިގެން އިނދެވުނީ ހާސްވެގެނެވެ.
“އަހަރެން ޒާ މިތަނަށް މިގެނައީ ޖަވާބު އަހާކަށް ނޫން، އަހަންނަށް އެނގޭ ޒާއަށް އަދި ޖަވާބެއް ނުވިސްނޭކަން، އެނގޭ އެއީ ކީއްވެގެންކަންވެސް” ޒަޔާންގެ ފަހު ޖުމްލައާއި އެކު ޒާޔާއަށް ސިހިފައި އޭނަގެ މޫނާދިމާއަށް ބަލާލެވުނެވެ. ރާއިން އޭނަ ގާތުގައި އެއްޗެކޭ ކިޔީހެއްޔެވެ. ކިޔިނަމަ ކިޔީ ކިހާވަރަކަށް ހެއްޔެވެ؟ ދެލޯބޮޑުކޮށްލައިގެން ޒާޔާ ބަލަން އިނުމުން ޒަޔާންއަށް ހެވޭގޮތް ވިއެވެ. ނަމަވެސް ހިނިގަނޑު މައިތިރިކޮށްލަމުން އެއީ ހާސްވާންވީވަރުގެ ކަމެއް ނޫންކަމުގައި ބުނެލިއެވެ. ނަމަވެސް ޒާޔާގެ ހާސްނުވާނީ ކީއްވެގެންހެއްޔެވެ؟
“އަހަރެން…” ޒާޔާ އެއްޗެކޭ ބުނަން އުޅުނުކަމުގައިވި ނަމަވެސް ފުރިހަމަ ކުރެވޭގޮތެއްނުވިއެވެ. ޒަޔާންވެސް ކޮންމެހެން ގަދަކަމުން ޒާޔާ ލައްވާ ވާހަކަ ދައްކުވަން ބޭނުންނުވާތީ ހަމަޖެހިލައިގެން އިނެވެ. ކުޑައިރުކޮޅެއްފަހުން ވެއިޓަރު އައިސް އޯޑަރުދޭން ބުނުމުން ޒަޔާންގެ ނަޒަރުން ސަލާމަތް ވެވޭގޮތްވިއެވެ. ކާއެއްޗަކަށް އޯޑަރުދޭން ބުނިކަމުގައި ވިނަމަވެސް ޒާޔާ އޯޑަރުދިނީ ހަމައެކަނި މިލްކްޝޭކް އަކަށެވެ. ޒަޔާންވެސް ކޮފީއަކަށް ބުނަމުން ނިންމާލިއެވެ. ޒަޔާން ޒާޔާގާތުން އެދުނީ އޭނައާއި ނޯމަލްކޮށް ވާހަކަ ދެއްކުމަށެވެ. ޒާޔާ ހަމަޖެހޭނެހެން ކުދިކުދި ސުވާލުކުރީ ޒާޔާ ވާހަކަ ދައްކާތޯއެވެ.
“ކީއްވެގެން މިތަން އެއްކޮށް ބުކް ކުރީ؟ މިހާ އިއްޒަތުގަ އުޅޭކަށް އަހަރެން އާދައެއްނޫން، އަދި ބޭނުމެއްވެސް ނޫން” ޒާޔާއެންމެ ފުރަތަމަވެސް ކުރިސުވާލަކީ އެއީއެވެ. ޖަވާބުގައި ޒަޔާންއަށް އެސުވާލު ޒާޔާ ކުރާނެކަން ކުރިންވެސް އެނގޭކަމަށް ބުނެލިއެވެ. ނަމަވެސް އޭނަ ބޭނުންވީ ކަމަހިމޭން މާހައުލެއްގައި ހަމަޖެހިލައިގެން ޒާޔާއާއި ވާހަކަ ދައްކާލަން ކަމުގައި ބުނެލިއެވެ.
” ޒާ، ނެކްސްޓް ވީކްގަ މިއުޅެނީ އަހަރެން ފުރަން، ޒާޔާއަށް ހީވެދާނެ އަހަރެން މިރޭ ޒާ މިތަނަށް މިގެނައީ ކޮންމެހެން ޖަވާބެއް ބޭނުން ވެގެނޭ، ޔެސް އަހަރެން ޖަވާބެއް ބޭނުން، ޖަވާބަކަށް ބޭނުންވަނީވެސް އާއެކޭ، މިހެން މިބުނީ އަހަރެން ކޮންމެހެން ދޮގުހަދަން ބޭނުން ނުވާތީ، އެކަމަކު އަހަރެން ބޭނުންވާގޮތަކަށް ނޫންދޯ މިކަން ކޮންމެހެން ވާނީ، ނޫނީ ވާން ޖެހޭނީ،………އައި ޖަސް ވޯންޓެޑް ޓު ސުޕެންޑް ސަމް ޓައިމް ވިތް ޔޫ…….. އައި ނޯ ޔޫއާރ އެފްރެއިޑް ޓް ޓްރަސްޓް މީ، އަހަރެން ނުބުނާނަން އަހަންނަށް އިތުބާރު ކުރާށެކޭ، އިތުބާރު ޖެހޭނީ ހޯދަން އެކަން އަހަންނަށްވެސް އެނގޭ، އެނގޭ ކީއްވެގެންކަންވެސް ޒާ އެއްވެސް މީހަކަށް އިތުބާރު ނުކުރަނީ، އައި ކޭން ވެއިޓް، އިފް ޔޫ ވޯންޓް މީ ޓު، ފައިވް އިޔާޒް ވަންދެންވެސް” އިސްޖަހައިގެން އިން ޒާޔާ ޒަޔާން އާއި ދިމާއަށް ބަލައިލީ އެންމެ ފަހުން ބުނި ޖުމްލައިންނެވެ. ކަރުނަ ލޮލަށް ޖަމާވީ ބަސްބުނެލާހާ އަވަހަށެވެ. ތުންފަތުގައި ދަތްއަޅާލެވުނީ ކަރުނަތަށް ކޮންޓްރޯލް ކޮށްލުމަށެވެ.
“ޒާ އައި ނޯ ޓްރޫތް، އެން އިޓސް ނޮޓް ޔުއަރ ފޯލްޓް، ޒާ ދޫކޮށްފަ ދިޔަ މީހަކަށް ނުވިސްނޭތީ އެހެންހެދީ، އައި ނޯވް ޒާ އަދި ރެޑީ ނޫނީކަން، މިއީ އަހަރެން ކޮންމެހެން ޒާ ބޭނުންވެގެން ދައްކާ ވާހަކައެއްނޫން، އައި ވޯޒް ނޮޓް އީވެން ރެޑީ” ޒާޔާ ދެރަކުރާކަށް ކޮންމެހެން ޒަޔާން ބޭނުމެއް ނޫނެވެ. ނަމަވެސް އޭނަ ޒާޔާ ކައިރީގައި އޭނަގެ މާޒީ ކިޔާދޭން ބޭނުމެވެ. ދެން އޭނަ ކިޔައިދިނީ އޭނައާއި މެދު ކަންތައްވީގޮތެވެ. އޭނަ ދެއަހަރުވަނަދެން ކުއްޖަކާއި ރައްޓެހިވެގެން އުޅެ ކައިވެންޏާއި ހަމައަށް ގޮސްފައިވަނިކޮށް އެކުއްޖާ އޭނަ ދޫކޮށްފައި ދިޔަ ގޮތުގެވާހަކައެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވާ ކުއްލިއަކަށް އެހެން މީހެއްގެ ކައިރިއަށް ދިޔަ ވާހަކައެވެ. އެދުވަހުންފެށިގެން ޒާޔާއާއި ބައްދަލުވަންދެކަށްވެސް އެއްވެސް އަންހެން ކުއްޖަކާއިދިމާއަށް އިސްއުފުލާ ބަލާވެސް ނުލާކަމުގައި އޭނަ ބުންޏެވެ. ޒާޔާވެސް އޭނައަށް އަޅައިގަތީ ޒާޔާގެ ތުންފަތުކައިރީ އިން ކަޅުތިލައިގެ ސަބަބުންނެވެ. އޭނައަށް އެއަށްފަހުން މާޒީއާއި ދޭތެރޭ އަނެއްކާ ވިސްނެންފެށުނު ކަމުގައި ބުންޏެވެ. ނަމަވެސް އެވިސްނުން ދެންބަދަލުވީ ޒާޔާއާއި ދޭތެރޭ ވިސްނާ ވިސްނުމެއް ކަމުގައިކަންވެސް ޒަޔާން ބުނެލިއެވެ. އޭނައަށް އެންމެ ބޮޑަށް ޒާޔާ ކަމުދިޔައީ ޒާޔާގެ ރަނގަޅު އަހުލާޤުގެ ސަބަބުން ކަމުގައި ބުނެލިއެވެ.
“ސޯއައި ނޯ ޒާއަށް ފީލްވާނެގޮތް، އެމް ނޮޓް ކޮމްޕްލެއިނިންގ، ކުރިން އެކަން ނޭނގި އޮތީމަ، އައި ރިގްރެޓް ކަންކަން ނުބަލާ ހުރިހާކަމެއް އަވަސް ކުރެވުނީމަ، އެމް ރިއަލީ ސޮރީ، ޕްލީޒް” އާދޭހުގެ ރާގެއްގައި ޒަޔާން ބުނެލިއެވެ. އޭރު ޒާޔާގެ ލޮލުން މުތީތަކެއްފަދައިން ކަރުނަތައް ފައިބަމުން ދިޔައެވެ. އެއްއަތުން ކަރުނަތައް ފޮހެމުން ދިޔަކަމުގައިވިނަމަވެސް އެކަރުނަތަކަށް ހުއްޓުމެއް ނުވިއެވެ.
“ޒާ ބޭނުން ދުވަހެއްވަންދެން ވިސްނަންވީ، އައި ވިލް ވެއިޓް” ޒަޔާންއަށް ޒާޔާ ރޯތަން ބަލަން އިތުރަށް ކެތް ނުވުމުން މަޑުމަޑުން މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. އަދި ނުރޮއި ހުއްޓާލުމަށް ތަކުރާރުކޮށް އެދެމުން ދިޔައެވެ. ނަމަވެސް ޒަޔާންގެ ކޮންމެ ޖުމްލައަކުން ޒާޔާއަށް އިތުރަށް ރޮވުނީއެވެ.
*****************
“ނޫރާ” ޒާޔާ ކޮޓަރިއަށް ވަތް އިރު އެކޮޓަރީގެ ބެލްކަނީ ދޮރުކައިރީ ހުއްޓިލައިގެން ހުރި ނޫރާފެނިފައި ގޮވާލިއެވެ. ރުއިމުގެ ސަބަބުން އެއަޑުވެސް ވަނީ ކުޑަކޮށް ކުރަކިވެފައެވެ. ލޯވެސް ހުރީ ކުޑަކޮށް ދުޅަވެ ރަތްވެފައެވެ.
“ޒާ އެމް ސޯސޮރީ” ޒާޔާ ގޮވާލިއަޑު އިވިފައި ނޫރާ އެނބުރި ބުނެލިއެވެ. ނަމަވެސް އެއަށް ޖަވާބެއް ނުދީ ޒާޔާ ކޮޓަރީގެ ދޮރުލައްޕާލަމުން ބުރުގާގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ.
“އޯ..މައި…ގޯޝް” ޕިންތައް ނައްޓަން ހުރި ޒާޔާގެ ވާއަތުގައި ހިފާލަމުން ނޫރާ ހައިރާންވެފައި ހުރެ ކިޔާލިއެވެ. “ސީރިއަސް ލީ، ރީއަލީ، އެކަމް…” ނޫރާ ވާހަކަދެއްކުން ހުއްޓާލީ ޒާޔާ އޭނަގެ އަތް ދަމައިގަތުމުންނެވެ.
“ޔެސް، އައި ސެޑް ޔެސް ޓް ހިމް” ނޫރާ ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ޒާޔާ ބުނެލިއެވެ. އެއާއި އެކު ނޫރާ ތޫލިއަޑަކުން ހަޅޭލަވައިގަނެފައި ޒާޔާގެ ގައިގައި ބައްދައިގަތެވެ.
“ނުނިމޭ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.


……FIRST!!!..Yayy
Haadha inthizaareh eba kuruvaeyy dhw mi vaahaka ah..
Anyways..varah reethi..
Bt zayaan yaa tha hama?.. ehn nuhadhabala..plx
Xaa vaahakaeh bunantha….. Amilla loabi quruban kurumakee moya kameh… So dont do it… U ll regret later
darkangel,when u will upload next part? Guess kohfa wes dhwaheh bunela dhen weeenu..it will be easy for us..Nd i think raain desrves xaayaa..cox parents v ma majurooruwefa ehury..he really loves her …e dhemeehun gulhuweema reethiwaane..
Zaa and zayaan nuguthvahae plx
v hadi..v v v hadi.. zaayaa aa raain aa gulhuwaa…
V reethi..haadha lahakune dhaw up kuranee..plx zayaa and raain gulhuvabala..kihaa romantics couple ahee..zayaan and zayaa nuves gulhe.next part ul kohlanee konirakun..
Loved this part…wen next part…
!!!noooooooooo
! Dhn nun zaayaa aa raai aa gulhuva pleeeeeeeas by story v tythi
Vvvv Nice…. Bt xaa ya raain a gulhuvaba eyrah reethi vaaanee … heevanee ves raain na engaged kurihen
dhen alhe zaa n rain ar gulhuvab nuni vvvvvvvv hadi ey
.ehen noony vaahaka nukiyaanan. v hadi…………………………. pls zaa n raain gulhuvaany………
Not much interest.. Because eiy Raain n Zaaya nugulhuvyma. Ekm v salhi ingey.. Ehn next part… Kba same hadha kameh nethey..
zayaa aa zayaan gulhuveema vaahaka reethi vaany mi part varah salhi keep it up
Noo mi v kihaa hiy vx kedijje… ehn nuhadha xayaa aa raain aa gulhuwaa… plxxxx… e dhe myhun lwbiwey… hama ekani parent ah takaaa majuboor vy. . Plxxxx… bt v nice… nxt warah awhah upkhba
Mihaaru hadi zaayaa nd raain gulheni
when is the next episode
Woaww.. What a nice storry.
Kbaaaaa