ހިތަކުން ނުފިލާނެ 1
އަރާމުކޮއް ނިދާލާފައި އޮތް ފައިހާއަށް ހޭލެވުނީ އޭނަގެ މަންމަ ސުކޫލަށް ދާން ގޮވުމުންނެވެ. އެއީ އޭނަގެ އާދައެވެ. ކޮންމެ ދުވަހަކުވެސް ސުކޫލަށް ދާން ނުގޮވަނީސް ފައިހާއަށް ހޭލެވުން އެއީ ނެތް ގޮތެކެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ނިކުތްއިރު އާމިރު ކާމޭޒުކައިރީގައި ސައިބޯންއިނެވެ. ނ
.ދ” ގުޑް މޯރނިން ޑޭޑް.. ” ފައިހާ ގޮސް އާމިރު ކައިރީގައި ހުއްޓެމުން ގޮވާލިއެވެ.
ގު“ގުޑް މޯރނިން ދަރިފުޅާ.. އަވަހަށް އާދެ ސައިބޯން… ދަރިފުޅު ލަސްވީމަ ބައްޕަ ސައިބޯންމިފެށީ….! ” ހިނިތުންވެލަމުން ކައިރީގައި ހުރި ގޮޑި އާމިރު ބޭރަށް ދަމާލުމުން . ފައިހާ އަވަސް އަވަހަށް ގޮނޑީގައި އިށީންދެ ސައިބޯންފެށިއެވެ. އޭރު ވަދީފާ ފައިހާއަށް ސައިތައްޓެއް ހަދަނީއެވެ.ވެ.
ސ“ސޮރީ..! އައިމް ލޭޓް…” ސިޑިން ތިރިއަށް ފައިބައިގެން އައިސް ކާގެއަށް ވަންނަމުން ފަޒީލް ބުނެލިއެވެ.
“ދޮންބޭ!… ކޮބަ މާލް؟ ” ފައިހާ ފަޒީލް އާއިއެކު މާލް ސައިބޯން ނައައުމުން އަހައިލިއެވެ. މާލް އަކީ ފަޒީލްގެ ދަރިފުޅެވެ. ސިފާ ބަދިގެތެރޭގައި ނެތްކަންވެސް ފައިހާއަށް އެނގުނީ އެވަގުތުއެވެ.
” މާލް މިއަދު ގޮސްފި ތަންކޮޅެއްކުރިން މާމަ ގެއަށް…! ” ގޮނޑީގައި އިށީންނަމުން ފަޒީލް ބުނެލިއެވެ. ފަޒީލް ފުރަތަމަވެސް ނެގީ މޭޒުމަތީގައި ބާއްވާފައި އޮތް ނޫހެވެ. ނަމަވެސް ވަދީފާ ފަޒީލް އަތުން ނޫސް ގަނޑު އެތުލީއެވެ. އެހެން ނޫންނަމަ އެންމެން ސައިބޮއި ނިމޭއިރުވެސް ނޫސް ކިޔަން ފަޒީލް އިނދެދާނެވެ.
އާމިރަކީ މާލޭގެ ނަން މައްޝޫރު ވިޔަފާރިވެރިއެކެވެ. އަމިއްލަ ރިސޯޓުގެ އިތުރުން ގެސްޓުހައުސް ތަކާއި ފިހާރަތައް އާމިރުގެ ހުރެއެވެ. އަދި ސަފާރީގެ އިތުރުން މުދާ އުފުލާ ބޮޑެތި ދޯނިތައްވެސް އާމިރުގެ އޮވެއެވެ. އާއިލީ ވިޔަފާރިއެއްކަމުން ފަޒީލްވެސް އުޅެނީ އާމިރުގެ އޮފީހުގައެވެ. ފަޒީލަކީ އާމިރުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ދެންހުރީ ފާޒިންނެވެ. އޭނަ މަތީ ތައުލީމު ހާސިލްކުރަން އިންގުލެންޑަށް ދިޔަތާ ތިން އަހަރުވެއްޖެއެވެ. ދެންހުރީ ފައިހާއެވެ. ފައިހާ އުޅެނީ ގުރޭޑު އަށެއްގައެވެ. އާދައިގެ މަތިން ފައިހާ ސުކޫލަށްލުމަށް ފަހު އާމިރު ދިޔައީ އޮފީހަށެވެ. އޮފީހުގެ ވެރިމީހާއަށް ވިނަމަވެސް އެންމެންނަށްވުރެކުރިން އާމިރު އޮފީހަށް ދެއެވެ.
ހުކުރު ދުވަހުގެ ހުކުރު ނަމާދު ކައިރިވަމުން ދިޔަ ވަރަކަށް މިސްކިތްތަށް ދިޔައީ ފުރި ބާރުވަމުންނެވެ. ބައެއް މަގުތަށް ވަނީ މިސްކިތް ފުރުމުގެ ސަބަބުން ނަމާދު ކުރުމަށްޓަކައި ބަންދު ކުރެވިފައެވެ. ހާދީވެސް ގެއިން ނިކުތީ މިސްކިތުން ޖާގައެއް ނުލިބޭނެކަން އެނގޭތީ މުސައްލައެއްވެސް ހިފައިގެންނެވެ.
“ބައްޕާ…! ކާން ދާންވީނު….! ” ގެއަށްވަދެގެން އައި ހާދީ ފެނުމުން ހާދީގެ އެންމެ ދޮށީ ދަރިފުޅު މައިޝާ ސިޓިންގްރޫމްގައި ޓީވީހުޅުވައިލައިގެން އިނދެފައި ބުނެލިއެވެ. އަތުގައި އޮތް މުސައްލަ ކައިރީގައި ހުރި ގޮނޑިމަތީގައި ބާއްވާފައި ހާދީ ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. އޭރު މުނީރާގެ އިތުރުން މިސްރާއާއި މިޝާވެސް ބަދިގެ ތެރޭގައި އުޅުއެވެ.
ގޭގެ ބެލް ޖަހާލި އަޑަށް ކާން އިނދެފައި ވަދީފާ އަތްދޮވެލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކު ވަދީފާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު ގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ފާޒިން ހުއްޓެވެ.
“ދަރިފުޅާ…! ކޮންއިރަކު އައީ..؟ ކީއްވެ ނުބުނެ އައީ..؟ ” ވަދީފާއަށް ފާޒިންގެ ގައިގައި ބައްދާލެވުނެވެ. ތިން އަހަރު ފަހުން ދަރިފުޅު ފެނުމުން ވަދީފާގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނައެކެވެ.
“ތިއްތިބޭ….! ” ކާގެ ތެރެއަށް ވަދެގެން އައި ފާޒިން ފެނުމުން ކާން އިނދެފައި ފައިހާ ފާޒިންނާއި ދިމާއަށް ދުއްވައިގަތެވެ. އޭރު އެންމެންވެސް ތިބީ ފާޒިންއަށް ބަލަހައްޓައިގެންނެވެ. ފައިހާ ދުވެފަ ދިޔަގޮތަށް ގޮސް ފާޒިންގެ ގައިގައި ބައްދައިގަތެވެ.
” ފައި ހާދަބޮޑުވެއްޖޭ ދޯ…ކޯޗެއްތަކަނީ އަނެއްކާ….! “ހިނިތުންވެލަމުން ފައިހާގެ ކޮލުގައި ހިފާލަމުން ފާޒިންބުނެލިއެވެ. އެވަގުތު މާލްވެސް އައިސް ފާޒިންގެ ގައިގައި ބައްދައިގަތެވެ. ފާޒިން މާލް އުރާލިއެވެ. މާލް އަކީ ފަސްއަހަރުގެ ކުއްޖެކެވެ.
” ތިއްތިބޭ… ކީއްވެ ފައި އުރާނުލީ….! ” ތުންދަމާފައި ދެއުކުޅުގައި އަތް ވިއްދާލަމުން ފައިހާ ބުނެލިއެވެ. ފައިހާ އެހެންބުނުމުން އެންމެންނަށް އެއްފަހަރާ ހެވުނެވެ. ފައިހާގެ ހުރި ޅަކަމުން ފާޒިންއަށްވެސް ވަރަށް މަޖާވިއެވެ.
” އާދޭ! ފައިވެސް އުރާލާނަން…” މާލް ބަހައްޓާފައި ގޮސް ފާޒިން ފައިހާ އުރާލިއެވެ.
” ދެންއާދޭ ކާން…! ” ތައްޓަކަށް ބަތްއަޅަމުން ވަދީފާ ބުނެލިއެވެ. ފާޒިންވެސް ފައިހާގެ ބޮލުގައި ފިރުމާލަމުންގޮސް އާމިރުކައިރީގައި އިށީނެވެ. ތަފާތު ވާހަކަތަކުގައި އެންމެނަށް ތިބެވުނީ އެތަށް ދުވަހަކަށްފަހު އެކުޑަކުޑަ އާއިލާގެ ހުރިހާ މެންބަރުން ހަމަވުމުންނެވެ.
” މަންމާ އަހަރެންގެ ލެޕްޓޮޕް ލާފައި އޮތްދަބަސް ގެއްލިއްޖެ ފެރީތެރެއިން…! ކޮންމެވެސް އަންހެންކުއްޖަކު އޭނަގެ ދަބަސްބާއްވާފައި އަހަރެންގެ ދަބަސް ހިފައިގެންދިޔައީ…! ހަމަހޭގައި ހުރި އަންހެންކުއްޖެއްހެނެއް ހިޔެއްނުވޭ…! ކަންފަތްވެސް ތޮރުފާލާފައި ހުރިއިރު ހީވަނީ ތޮރުފި އުނދުޅިއެއްހެން… ” ގޮނޑިސެޓައްވެއްޓިގަންނަމުން ފާޒިން ބުނެލިއެވެ. ފައިހާއާއި މާލްވެސް ފާޒިންގެ ފަހަތުން ގޮސް ގޮނޑި ސެޓުގައި އިށީނެވެ. ފައިހާ އާއި މާލް ތިބެނީ ފާޒިންގެ ފުލުގައި ވިއްދާފައެވެ. އެގޭގެ މީހަކު ތަނަކަށް ގޮސްފައި އައުމުން ފައިހާ އާއި މާލް އުޅެނީ އެހެނެވެ.
” ލެޕްޓޮޕެއް ގަންނަންދާންވީނު…..! ” އާމިރުވެސް އައިސް ގޮނޑިސެޓުގައި އިށީނެވެ.
” ދަރިފުޅާ..! ދަރިފުޅުވެސް ދޮންބެއާއި އެއްކޮއް ބައްޕަގެ ވިޔަފާރިއަށް ޖޮއިން ކުރަންވީނު….! ނޫނީ ދަރިފުޅު ބޭނުންނަމަ ބައްޕަ އެހެން ވިޔަފާރިއެއް ދަރިފުޅަށް ފަށައި ދީފާނަން…. ދަރިފުޅު ބޭނުން ގޮތެއް ބުނޭ..! ” އާމިރު ފުރަތަމަވެސް ފެށީ ވިޔަފާރީގެ ވާހަކައެވެ.
“އާމިރޫ…! ދެންމެ ނޫންތަ ފާޒިން އެއައީ…. ދެން ތިވާހަކަ ދައްކާލެވިދާނެއެއްނު ފަހުންވެސް… ދޯ ދަރިފުޅާ…! ” ވަދީފާ ގޮސް އާމިރު ކައިރީގައި އިށީންނަމުން އާމިރުގެ އަތަށް ދުފާ ތަބަށް ދިއްކޮއްލަމުން ބުނެލިއެވެ. ފާޒިން އޭނަގެ ދަބަސް ހުޅުވާލާފައި ފައިހާމެންނަށް ގެނައި ހަދިޔާތަށް ނަގާ ދީފައި ކޮޓަރިއަށްވަނީ ފެންވަރައިލައި ހަދައިގެން އަރާމު ކޮއްލުމުގެ ބޭނުމުގައެވެ.
ހުކުރު ދުވަސްކަމުން ހަވީރު މާލޭގެ މަގުތަށްމަތި ފެންނަނީ ވަރަށް ބާރު ބޮޑުކޮށެވެ. ހާއްސަކޮއް ބޮޑުތަކުރުފާނު މަގެވެ. ފާޒިން ބޮޑު ތަކުރުފާނު މަގުން ކާރު ދުއްވަމުން ދިޔައީ ވަރަށް މަޑުންނެވެ. ރީތި އިނގިރޭސި ލަވައެއް ކާރުތެރޭގައި ޖަހާފައި ހުރިއިރު ގިނަބައެއްގެ ލޯތަށް އެކާރަށް ހުއްޓެމުން ދިޔަކަން ފާޒިންއަށް އެނގެއެވެ. ފައިހާއާއި މާލް ކިޔާވަރުން ކާރުދުއްވާލަން ފާޒިން ނިކުތީ އިތުރު ގޮތެއް އޭނަޔަށް ނެތުމުންނެވެ. ފާޒިން ކާރު މަޑުކޮއްލީ ހެންވޭރު ކޮޅުގައި ހުރި ޖޫގޯ ޕޮއިންޓަކަށެވެ. އޭރު ރާޅުގަނޑު ސަރަހައްދުގެ އިތުރުން އާރޓިފިސަލް ބީޗުގައިވެސް އޮތީ މީހުން ފުރި ތޮއްޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީ މީހުންނެވެ. ހުކުރު ދުވަހަކީ ބިދޭސީ މީހުންނަށް ބަންދު ދުވަހެއް ކަމުން ބަލިވެފައިވެސް ގޭގައި މީހަކުނޯވެއެވެ.
” ފާޒިން…! ކޮންއިރަކު އައިސްގެން ތިއުޅެނީ…! ” ފާޒިންގެ ފަހަތުން މީހަކު ގޮސް ކޮނޑުގައި ޖަހާލުމުން އޭނަ ދިޔައީ ސިއްސައިގެނެވެ. އޭރު ސިރާޖު އޭނާ ކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. ސިރާޖަކީ ސުކޫލު ދައުރުން ފެށިގެން ފާޒިންގެ ގާތް ރަހުމަތްތެރިއެކެވެ. ސުކޫލު ނިންމާފައި އާމިރުގެ އޮފީހުގައި ސިރާޖު ވަޒީފާ އަދާކުރަމުންދާތާ ތިންއަހަރުވެއްޖެއެވެ.
” މިއަދު މެންދުރު…! މަންމަމެންނަށްސަޕްރައިޒެއް ދޭންވެގެން ނުބުނެ އައީ… ކޮންތާކަށް ތިދަނީ…! ” ހިނިތުންވެލަމުން ސިރާޖު ދިއްކޮއްލި އަތުގައި ފާޒިންވެސް ހިފައިލިއެވެ.
” ތަނަކަށް ނޫން…! މިހެންލާފަ ދަނިކޮއް ފާޒިންގެ ކާރު ފެނުމުން ހިތަށްއެރީ ބަލާލާނީއޭ…! ” ހިނިތުންވެލަމުން ސިރާޖު ބުނެލިއެވެ. ސިރާޖާއި ވާހަކަ ދައްކަން ހުރެފައި ގެއަށް ދިޔައިރު މަޤުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ.
“ދޮންތާ..! އަވަސްކޮއްބަލަ…! މިހާރު އެއޮއް އަށްގަޑި ބައިވަނީއޭ…! ” ފާހާނާގެ ދޮރުގައި ދެފަހަރަކަށް ޖަހާލަމުން މިސްރާ ގޮވައިލިއެވެ. މައިޝާ ލަސްކަމުން އަބަދުވެސް މިސްރާ އެއްޗިހި ކިޔައެވެ. މައިޝާއަށް ތައްޔާރު ވެވުނު އިރު ނުވައެއް ޖަހަނީއެވެ.
“މީއެންމެ ފަހުން ހުޅުވި ފިހާރަ…! ” މަޖީދީ މަގުގައި ހުރި ބޮޑު ފިހާރައެއްގެ ކުރިމަތީގައި ސައިކަލު މަޑުކޮއްލަމުން ސިރާޖު ބުނެލިއެވެ. ސިރާޖު ސައިކަލު ޕާކު ކޮއްލާފައި ފިހާރަތެރެއަށްވަނުމުން ފާޒިންވެސް ސިރާޖުގެ ފަހަތުންވަނެވެ. ފާޒިން ފިހާރަ ތެރެއަށް ވަނުމުން ކައުންޓަރުގައި ތިބި އަންހެން ކުދިންތަށް ފާޒިންނަށް ބަލަންފެށިއެވެ. އެއަންހެން ކުދިންގެ ލޯތަށްވަނީ ފާޒިންނާއި ދިމާލަށް ހުއްޓިފައެވެ. އިރު ކޮޅަކުން އެތަނުގައި ޖަހަމުންދިޔަ ލަވަ އިނގިރޭސި ރީތި ލޯބީގެ ލަވަޔަކަށް ބަދަލުކޮއްލިއެވެ. މިކަން ސިރާޖައްވެސް ފާހަގަ ކުރެވުނެވެ. ސިރާޖުގޮސް މަޑުކޮއްލީ ކައުންޓަރު ކައިރީގައެވެ. ފާޒިން ފިހާރައިން ރީތި އެއްޗެއް ފެނޭތޯ ބަލަންފެށީ ކައުންޓަރުގައި ތިބި އަންހެންކުދިންގެ ކުރިމަތިން ދުރައް ދިއުމުގެ ބޭނުމުގައެވެ. ފިހާރަތަކަށް ވަންނަމުން ގޮސް އެވަގުތު މައިޝާމެންނަށްވެސް އެފިހާރަޔަށް ވަނެވެ.
” ދޮންތާ..! އާދެބަލަ…! ” ހަރުގަނޑެއްގެ ކައިރީގައި ހެދުމެއް ބަލަން ހުރި މައިޝާ އަތުގައި ހިފައިގެން ގޮސް ފިހާރައިގެ އަނެއް ފަރާތަށް މިސްރާ ނިކުތެވެ.
“ކިހިނެއްވީތަ..؟ ” މިސްރާ މައިޝާގެ އަތުގައި ހިފައިގެން އެތަނަށް އައުމުން މައިޝާ އަހައިލިއެވެ. ނަމަވެސް މިސްރާ ޖަވާބެއް ނުދީ ދެކޮޅު ހޯދާލިއެވެ.
“އެ” އެސްކިއުޒު މީ…! ” ފަހަތުން ފިރިހެނެއްގެ އަޑު އިވުމުން ދެމީހުނަށް އެއްފަހަރާ ފަހަތް ބަލާލެވުނެވެ.ވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Haadha kurey.bt nice k
Fashnreethe
Vaahaka feshun vara reethi….thankolhey avaha update kodheynekama heeekuran
varah reethi vaahak eh kan heeve … ummmeydhu kuran avahah up kuraanehen:D
Alhe thi tipical goigandu dhookoh different style eh gensdhyba ok
Feshun reethi…. vaahaka ves reethi vaanehen heevaneee…avahah upkohdheyne kamah uhmeedhu kuran
Wow… nice… nxt part warah awas ngey
Reethi
އަސްލު ސަޅި
varah reethi…….hmmm
reechey
Love it
Its fabulous
Marvelous