Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 19

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 19, 2020 10 Mins Read
35 Comments

* “ސަވާނާ..” މިފަހަރު އެމީހާ އެހެން ބުނެލިއިރު އަޑުގައި ތުރުތުރު އެޅުމެއްވިއެވެ. “ތިއީ ކާކު..؟؟” ދެން އިވުނީ ރަވިކާންގެ އަޑެވެ. އެ އަޑުގައި ރުޅިވެރިކަން އެކުލެވިފައިވެއެވެ. ރަވިކާން އެ ސީރިއަސްވީ ކަން އެނގުމުން ޒައިލީންއަށް ރަވިކާންގެ އަތުގައި ހިފާއްޓާލެވުނެވެ. އޭރުވެސް ޒައިލީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ޒައިލީންއަށް އިސްއުފުލާ ބަލާލެވުނީ ރަވިކާން އެ ސުވާލު ތަކުރާރު ކުރުމުންނެވެ. ޒައިލީންއަށް އެމީހާގެ ދެލޯ ފާހަގަވިއެވެ. ވޭނީ ކަރުނައިން ފުރިފައިވާ ރީނދޫ ކުލައިގެ ދެލޮލެވެ. *

“ސަވާނާ.. ސަލްވިޔާ…” އެމީހާ ސަލްވިޔާގެ ނަން ކިޔުމުން ޒައިލީންގެ ސުވާލުތައް ވީ އިތުރެވެ. “އޭ ތީ ކާކުހޭ..؟؟” ރަވިކާން ރުންކުރުވާން ފަށައިފިއެވެ. “ސަވާނާ އަހަރެންގެ މަތިން ހަނދާންވެސް ނެތުނީތަ..؟” އެމީހާ ރަވިކާންގެ ސުވާލުތައް ދޫކޮށް ޒައިލީންގެ މޫނަށް ބަލަން ހުރެ އަހަމުން ދިޔައެވެ. އަލްޔާ އާއި ޒައިދާންވެސް ހުރީ ވާނުވާގައެވެ. އެ މުސްކުޅި މީހާ އެ ކިޔަނީ ކީކޭބާއެވެ.؟

އެމީހާއަށް ބަލަން ހުރެފައި ޒައިލީން ކުޑަކޮށް ހީނލިއެވެ. އެމީހާއަށް އެއުޅެނީ އެހެން މީހެއް ކަމަށް ހިތައި ޒައިލީންއާއި ވާހަކަ ދެއްކިގެންހެން ހީވާތީއެވެ. “ތީ ސަވާނާއެއް ނޫން..” އެމީހާއަށް ޒައިލީންގެ ކޮލަށް އަރާފައިވާ އަޑިކޮޅު ފެނިފައި ބުނެލެވުނެވެ. “ޔެސް..! އެކްޒެކްޓްލީ..!” ހެއިލަން ނުހުރެވިގެން ބުނެލައިފިއެވެ. އެމީހާ ދާން ފަހަތަށް ފިޔަވަޅެއް އަޅާލިތަނާހެން ޒައިލީން އެނބުރުނީ ރަވިކާން އާއި ސުވާލު ކުރާށެވެ. “ކަލޭ މަޑުކުރޭ..! ސަވާނާ އާއި ސަލްވިޔާ އަކީ ކޮން ބައެއްކަން ކަލެއަށް އެނގެނީ ކިހިނެތް..؟؟” ޒައިލީންއަށް ސުވާލު ކުރަން ފުރުސަތު ނުދީ ރަވިކާން އެމީހާގެ މުލައްދަނޑީގައި ހިފާ ރަވިކާން އާއި ދިމާލަށް އަނބުރާލަމުން އަހާލިއެވެ. “އެނގެން ޖެހޭނެ ކަމެއް ނޫން…” އެމީހާ ރުޅި އައިސް އަތް ފޮޅުވާލަން އެނބުރުނެވެ. ދެބުމަ ގުޅުވާލައިގެން ހުރި އެމީހާގެ މޫނަށް އިތުރަށް ރޫ ގިނަ ވެގެން ދިޔައީ ރަވިކާންގެ ރީނދޫ ކުލައިން ދިއްލެމުން ދިޔަ ދެލޯ ފެނިފައެވެ. ހަމަ އެފަދައިން ރަވިކާން ވެސް ދިޔައީ އެ މުސްކުޅި މީހާގެ ދެލޯ ފެނި ސިއްސައިގެންނެވެ.

“ތީ ކާކު..؟؟” މިފަހަރު ފަޚުރުވެރި ރަވިކާންގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. ޒައިލީން ލޯ ބޮޑުކޮށްލާފައި ރަވިކާންގެ މޫނަށް ބަލާލީ އެ ތުރުތުރު އެޅި އަޑުން ވާހަކަ ދެއްކީ ހަމަ ރަވިކާން ތޯ ޔަގީން ކުރަން ވެގެންނެވެ. ރަވިކާން ޖެހިލުންވެފައި ހުރިވަރު ފެނިފައި ޒައިލީންވެސް ބިރުގަތެވެ. ރަވިކާންގެ ނިވަލަށް ވަދެވުނީ ބޭއިޚްތިޔާރުގައެވެ. އަލްޔާއަށް އެ މަންޒަރު ކުރިން ފެނިފައި ހުރުމުން އެހާ އެހާ ހައިރާންވެފައި ހުރިކަމަކަށް ނުދައްކައެވެ. ޒައިދާން ހުރީ އަލްޔާގެ ނިވަލަށް ވަދެ ރަނގަޅަށް ފިލައިގެންނެވެ. އެ މަންޒަރު ފެނުނު މީހަކު ކުޑަކޮށް ނަމަވެސް ހޭނެއެވެ.

“ކަލޭ ތީ ކާކު..؟” އެ މީހާވެސް ކުރީ ސުވާލެކެވެ. ރަވިކާން ކުރާ ސުވާލުތަކަކީ އެމީހާއަށް ބޭކާރު ސުވާލުތަކެއް ފަދައެވެ. ހަމަ އެންމެ ޖަވާބެއް ވެސް ނުދެއެވެ. ރަވިކާން ފުން ނޭވާއެއް ބޭރު ކޮށްލާފައި ޒައިލީންގެ މޫނަށް ބަލާލިއެވެ. އެބެލުމުން ހީވަނީ އަހަރެންނަށް އިތުބާރު ކުރާށޭ ބުނިހެންނެވެ. ޒައިލީން ބޯޖަހާލީ ނުތަނަވަސް ވެހުރެއެވެ. ރަވިކާން އެއުޅެނީ ކީއްކުރަން ކަން ނޭނގޭތީއެވެ. ރަވިކާން ޒައިލީން އާއި ދިމާލަށް އަތް ދިއްކޮއްލިއެވެ. ރަވިކާން ބޭނުންވަނީ ޒައިލީން އެ އަތުގައި ހިފަންކަން އެނގުމުން ޒައިލީން ރަވިކާންގެ އަތުގައި ހިފިއެވެ. އިތުރު ދެތިން ނޭވާ ދޫކޮށްލާފައި ރަވިކާން ވަރަ ހުޅުވާލިއެވެ. އެ މީހާ ރަވިކާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ މީހަކު އޭނައަށްވުރެ ހައިރާނެއް ނުވާނެހެންނެވެ. ހަމަ އެހާވެސް ބޮޑަށް އަނގަ ހުޅުވާލައިގެން އެމީހާ ބަލަން ހުއްޓެވެ.

އެފަދަ ނާޒުކު ވަގުތުކޮޅެއްގައިވެސް ހެއިލަން ހުރީ ރަވިކާން އާއި ޒައިލީންގެ ގުޅި ލާމެހިފައިވާ އަތަށް ބަލާށެވެ. މޫނުމަތިން ފެންނަމުން ދިޔަ އަސަރުން ހެއިލަންގެ މޫނަށް ބަލަން ހުރި އަލްޔާއަށްވެސް އެ ވިސްނަނީ ކޮންކަމަކާއި ދޭތެރޭކަން ބުނެދޭން އުނދަގޫވިއެވެ.

ބަލަބަލާ ހުއްޓާ އެ ފިރިހެން މީހާ އިސްކޮޅުން ދިގުވާން ފެށިއެވެ. މޫނުމަތީގައިވާ ރޫތައް ފިލުމުން އެ މީހާ ހީވަނީ އަދި ސާޅީސް އަހަރުވެސް ނުވާނެ ހެންނެވެ. ”ކަލޭ ތިއީ ސަލްވިޔާ އާއި ގުޅުމެއް ހުރި މީހެއް ދޯ..؟؟” އެ މީހާ އަހާލިއެވެ. “އަހަރެން މިއީ ސަލްވިޔާގެ ދަރިފުޅު..” ރަވިކާން އެހެން ބުނުމުން އެ މީހާ ހީވީ އުފަލުން ގޮސް އުޑަށް އަރާފާނެހެންނެވެ. “ކަލޭ ތީ ކާކު..؟” ރަވިކާންއަށް އެހެން އެ އެހުނީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. “އަހަރެން މީ ސާޔަލް.. ސަލްވިޔާގެ ކޮއްކޮ…” ސާޔަލް އެހެން ބުނެލުމުން ހީވީ ރަވިކާންގެ ގަޔަށް ކަރަންޓު ޝޮކެއް ޖެހިހެންނެވެ. އެއްލިގެން ދިޔަވަރުން ޖެހުނީ ބޮޑު ޝޮކެއްކަން އަންގައިދިނެވެ. “ކޮއްކޮއޭ..؟؟؟؟” ރަވިކާން އާއި އެއްވަރަކަށް ޒައިލީންއަށް ވެސް އަހާލެވުނެވެ.

“އަހަރެން މީ ސަލްވިޔާގެ ކޮއްކޮ.. ކަލޭ ތީ އާދިޔަން އާއި ސަލްވިޔާއަށް ލިބުނު ދަރި އެއްނޫންތަ..؟” ހަމަޖެހިލާފައި އެމީހާ އެހެން ބުނެލުމުން ރަވިކާންއަށް އެއީ ތެދެއް ކަން ގަބޫލު ކުރަން ޖެހުނެވެ. ނަމަވެސް އެކަކުވެސް އޭނާގެ މަންމަގެ ކޮއްކޮއެއް ހުރި ވާހަކައެއް ކިޔައެއް ނުދެއެވެ ޚުދު ސަލްވިޔާ ވެސް މަރުވުމުގެ ކުރިން ރަވިކާންއަށް ސާޔަލްގެ ވާހަކަ ކިޔައިދީފައެއް ނުވެއެވެ. އަނެއްކޮޅުން ޒައިލީން ހުރީ ހައިރާންވެފައެވެ. ޒައިލީން ހަނދާންވީ ނެއިލޮންސަރ މަރުވުމުގެ ކުރިން ބުނި އާދިޔަން ގެ ވާހަކައެވެ. “ނެއިލޮން ސަރއަށް އެދުވަހު ރަވިކާން ފެނިފައި އެހީވީ އާދިޔަން ކަމަށްތަ..؟” ޒައިލީންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.

ވާނުވާ ނޭނގޭތީ ޒައިލީން ރަވިކާންގެ އަތުގައި ހިފާ ދަމަމުން ސިންކްގެ ގާތަށް ދިޔައެވެ. “އޭތް..” ރަވިކާން ޒައިލީންގެ އަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް ސިންކްގެ ކައިރިއަށް ގޮސްފައި ޒައިލީން ތުން އޫކޮށްލި ގޮތުން ރަވިކާންގެ ގާތަށް ހިނިއައިސްގެން މަޑުކުރިއެވެ. “ސާޔަލް އަކީ ކާކު..؟ ސަވާނާ އަކީ ކާކު..؟ އެއީ ހަމަ އަސްލަށްވެސް ރަވިކާންގެ މަންމަގެ ކޮއްކޮތަ..؟؟ އާދިޔަން އަކީ ރަވިކާންގެ ބައްޕަތަ..؟ އާދިޔަން މިހާރު ކޮންތަނަކު ވީ..؟ ސާޔަލް އަހަރެމެންގެ ގާތަށްއައީ ކީއްވެ ގެންތަ..؟ އޭތް ދެން ރަވިކާން..!!!!” ރަވިކާން ހިނިއައިސްފައިހުރެ ޒައިލީންގެ މޫނަށް ބަލަމުން ގެންދިޔުމުން ޒައިލީން ރުޅިއައިސްގެން ރަވިކާންގެ ވަރައިން ފަތެއް އުފުރާލަން އުޅުނެވެ. ރަވިކާން އެއްފަރާތަކަށް ޖެހިލިގޮތުން ޒައިލީންއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޒައިލީން އަދިވެސް ކުރިއަށް ޖެހިލާފައި ރަވިކާންގެ ވަރައާއި ދިމާލަށް އަތް ގެންދިޔައީ އެއް ފަތް ނަމަވެސް އުފުރާލެވޭތޯއެވެ. ރަވިކާން ގެންނަ ހަރަކާތް ތަކުން ޒައިލީންއަށް ބޮޑަށް ރަވިކާންގެ ގާތަށް ޖެހެވެމުން ދިޔައެވެ. އެންމެފަހުން ވަރުބަލިވެގެން ދެލޯ މަރާލާފައި ހުޅުވާލި ވަގުތު ދެމީހުންގެ މޫނުވެސް ހުރީ ނުރަކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އެހާ ގާތުން ރަވިކާންގެ މޫނު ފެނުމުން ޒައިލީން ސިހުނެވެ. “ސަ… ސާޔަލް.. ކީއް.. ކީއްވެގެން އަހަރެމެން ގެ ގާތަށް އަންނަ.. އަންނަން ޖެހުނީ..” ޒައިލީންގެ ހިތް ތެޅެމުން ދިޔަ ބާރު މިނުގައި އަނގައިން ނުކުތް ޖުމްލަވެސް ދިޔައީ ކެނޑިކެނޑިގެންނެވެ.

ރަވިކާން ޒައިލީންގެ ކޮލުގައި ހިފާ މަޑުމަޑުން ދަމާލިއެވެ. “ހެ.. ހެ.. ހެއިލަން..!” އަނެއްކާވެސް ރަވިކާންގެ ގާތުން ދުރަށް ދިޔުމަށްޓަކައި ޒައިލީން ހެއިލަން ބަހަނާއެއްގެ ގޮތުގައި ބޭނުން ކުރިއެވެ. ޒައިލީން ދުރަށް ޖެހިލުމުން ރަވިކާން ވެސް މިފަހަރު ހެއިލަންއަށް ދޫކުރާ ހިތެއް ނުވިއެވެ ޒައިލީންގެ ކޮނޑަށް އަތް ވައްޓާލާފައި ގެނެސް ގަޔާ ކައިރިކޮށްލި މަންޒަރު ދެކިފައި ހެއިލަންގެ ދެލޮލުގައި ހުޅު ރޯވިފަދައެވެ.

އެއީ ހަންޓަރަކަށް ވެއްޖެއްޔާ..؟؟” ޒައިލީން ރަވިކާންގެ ކަންފަތްދޮށުގައި އަހާލިއެވެ. ރަވިކާން ދިގު ކަމުން ޒައިލީންއަށް ރަވިކާންގެ ގާތުގައި ވާހަކައެއް ބުނަން ޖެހެނީވެސް ކޮރާލާފައެވެ. “އެ މީހާ އެ ހަދަނީ ދޮގެއް ނޫން.. އެއީ އަހަރެންގެ އާއިލާއާއި ގުޅުމެއް ވާ މީހެއް..” ރަވިކާން އެހެން ބުނެލުމުން ޒައިލީން އިތުރަށް ސުވާލު ކުރާ ހިތްވިއެވެ. “އެ ކިހިނެތް ޔަގީން ވަނީ..؟؟” ޒައިލީންއަށް އެހުނެވެ. “ރީނދޫ ކުލައިގެ ދެ ލޮލަކީ ހަމަ އެކަނި އަހަރެންގެ މަންމަގެ އާއިލާގެ މީހުންގެ ލޮލުގައި ހުންނަ ކުލަ.. އަހަރެންގެ ކާފަގެ ލޮލުގައިވެސް އެ ކުލަ ހުރިކަމަށް މަންމަ ބުނި… މަންމަ ދުވަހަކުވެސް މަންމަގެ ކޮއްކޮއެއް ހުންނަކަމަކަށް ނުބުނޭ… އެހެންވެ ގަބޫލުކުރަން ދަތިވެފައި މި ހުންނަނީ..” ރަވިކާން އޭނާ އަށް އެއީ އާއިލާ މީހެއް ކަންޔަގީންވީ ގޮތް ބުނެދިނެވެ.

”ރީނދޫ ކުލައިގެ ދެލޯ.. އެމީހާގެ ހުންނަނީ ވެސް ރަވިކާންގެ ހުންނަ ކަހަލަ ކަޅު ކުލައިގެ ވަރައެއް ހެން ހީވަނީ..” އަލްޔާ އައިސްފައި ބުނެލިއެވެ. “އަލްއަށް ކިހިނެތް އެނގެނީ..؟” އަލްޔާ ބުނެލި ޖުމްލައިން ޒައިލީންގެ ހައިރާންކަން ދެގުނަ ވިއެވެ. “އެއީ އަލްއަށް އިއްޔެރޭ އެ މީހާ ފެނުނީމައި.. ތަށިތައް ދޮންނަން ހުއްޓާ ބޭރު ބަލާލި ގަޑީގައި އެ މީހާ ފެނުނީ ގަސްބުޑުގައި މަޑުކޮށްގެން ހުއްޓާ..” އަލްޔާ ކިޔައިދިނެވެ. “މިހެންވެގެންދޯ މި އަލްގަނޑު މާ އަނގަ މަޑުންލައިގެން އިއްޔެ ރޭ އިނީ…” އެ ވާހަކަތައް އަޑުއަހަން ހުރެފައި ޒައިދާންއަށް ބުނެވުނެވެ. ސާޔަލް ހުރީ ޒައިލީންމެން ވާހަކަ ދައްކާ ނިމެންދެނެވެ. ”ރަނގަޅު ވާނީ ސާޔަލްގެ ދުލުން އަހަރެމެންނަށް ވާނުވާ ކިޔައިދޭ އަޑު އެހިއްޔާ…” އަލްޔާ ބުނެލީ ދޮގެއް ނޫނެވެ. އެހެން އެކަކު އަނެކަކާއި ސުވާލު ކުރަން ހުއްޓަސް ބޭނުންވާ ޖަވާބެއް ނުލިބޭނެކަން އިހުސާސްވުމުން ޒައިލީން ސާޔަލްގެ ގާތަށް ހިނގައިގަތެވެ. “ސަވާނާ.. ސަވާނާ އެއީ ކާކު..؟” ޒައިލީން ހުރީ ސަވާނާގެ މަތިން ހަނދާން ނެތިފައެވެ. “އަހަރެން ކިޔައިދީގެން އިންސިކުއްޖާ އަށް ފަހަރެއްގައި ނޭނގިދާނެ.. ސާޔަލް އޭނާގެ ވާހަކަތައް ކިޔައިދޭން އަހަރެންނަށްވެސް ފެންނަނީ..” ރަވިކާން ބުރަވީ އަލްޔާގެ ކޮޅަށެވެ. ސާޔަލްގެ ވާހަކަތައް އަޑު އަހާށެވެ.

”އަހަރެން މި އުޅެނީ ތި އަޑު އަހަން ބޭނުންވެގެން އުޅޭ ވާހަކަތައް ކިޔައިދޭން.. އެނގެން ބޭނުމިއްޔާ އަޑުއަހާ…” ސާޔަލްގެ އަޑާއި ރާގަށް ބަލާފައި ވެސް އެއީ ރަވިކާން އާއި ގުޅުމެއް ހުރި މީހެއް ކަމަށް ޒައިލީންއަށް ހީވެއްޖެއެވެ. ސާޔަލްވެސް އެ ވާހަކަ ދައްކަނީ ކުރީކޮޅު ރަވިކާން ޒައިލީން އާއި ވާހަކަ ދެއްކިހެންނެވެ. އެހާވެސް ރުންކުރުކޮށެވެ.

“އަހަރެން މިއީ ސަލްވިޔާގެ ކޮއްކޮކަމަށް އަހަރެންގެ ރީނދޫ ކުލައިގެ ދެލޯ ވެސް ހެކިދޭނެ.. ނޫންތަ ކޮއްކޯ..؟” ސާޔަލް ރަވިކާން އާއި މުޚާތަބުކޮށް ކޮއްކޮއޭ ބުނުމުން ރަވިކާން މޫނަށް ޖެއްސި ވައްތަރު ފެނިފައި ޒައިލީންއަށް ގާތަށް އައި ހިނިގަނޑު މަތަ ކުރެވުނީ ކިރިޔާއެވެ. އޭރު އަލްޔާ ހުރީ ގޮނޑީގައި އިށީދެގެންނެވެ. ޒައިދާން އަލްޔާގެ ކައިރީ ބިންމަތީގައި ދެފައި ވަށްކޮށްލައިގެން އިނެވެ. އާދައިގެމަތިން ޝައުގުވެރިކަމާއި އެކީގައި އަޑު އަހާށެވެ. ހެއިލަން ހުރީ ގޮނޑީގެ އަތްގަނޑުގައި ލެނގިލައިގެން އެ ވާހަކަތަކަށް އަހަންމިއްޔަތު ކަން ދީގެންނެވެ. ރަވިކާން ސިންކްގައި ލެނގިގެން ހުރިއިރު ޒައިލީންއަށް ހުރެވުނީ ރަވިކާންގެ ގައިގައި ލެނގިލައިގެންނެވެ. ރަވިކާންއަށް ހުރެވުނީ ވަރަ ހުޅުވައިގެން ކަމުން ޒައިލީންއަށް ބައެއްފަހަރު ފަތްތަކާއި ކުޅެލެވެއެވެ. ނޫނީ ފިރުމާލެވެއެވެ.

“ސަވާނާ އަކީ ދައްތަގެ އެންމެ ގާތް އެކުވެރިޔާ.. އެކަމަކު ސަވާނާ އަކީ އިންސިއެއް.. ސަވާނާއަށް ކިޔަނީ ކޮންމެވެސް އެހެން ނަމެއް އަސްލު.. ސަވާނާ، މި ނަމަކީ ދައްތަ ލޯބިން ކިޔާ އުޅުނު ނަމެއް.. އަހަރެންނާއި ސަވާނާ އާއި ބައްދަލުވީ ދައްތަ އާއި ސަވާނާގެ އެ އެކުވެރިކަމަށް ތިން އަހަރު ފުރުނު ފަހުން… ދައްތަ އާއި ސަވާނާ އެކަކު އަނެކަކާއި ބައްދަލު ކުރާނެ ވަރަށް ގިނައިން.. ދައްތަ އަހަންނާއި ދައްތަގެ ސިއްރުތައް ހިއްސާކުރާވަރަށް ވުރެ ގިނައިން ސަވާނާއަށް ސިއްރުތައް ހިއްސާ ކުރޭ.. ދައްތަ އާއި ސަވާނާގެ ގާތް އެކުވެރިކަމުން މިސާލު ޖަހައިގެން ޖިންނިންގެ ތެރެއިން އެތައް ބަޔަކު އުޅުނު… ސަވާނާގެ މައިން ބަފައިންނަށް އެނގޭނެ ދައްތަ އާއި އަހަރެންނަކީ އިންސިން ނޫންކަން.. ދައްތަ އާއި އަހަރެންވެސް ސަވާނާ އާއި ބައްދަލު ކުރަންޏާ އުޅޭނީ އިންސާނެއްހެން..” ސާޔަލް ކުރީގެ ހަނދާންތައް ތެރެއަށް ފީނާލަމުން ބުނެލިއެވެ. ސާޔަލްގެ އަޑުގައިވާ އަސަރާއި ކިޔައިދޭ ރާގު ފުރިހަމަ ކަމުން ހީވަނީ އެންމެ މޮޅު ވާހަކަ ދެއްކުންތެރިޔާ ވެސް ސާޔަލްއާއި ވާދަ ކުރަން ފަސްޖެހޭނެ ހެންނެވެ.

“ދައްތަ އާދިޔަން އާއި ކައިވެނި ކުރިފަހުންވެސް ސަވާނާ އާއި ދައްތަގެ ގުޅުން އަމާންކަމާއި އޮމާން ކަމާއި އެކީގައި ކުރިއަށް ދިޔަ.. އާދިޔަން ދިޔަ ފަހުންވެސް ކޮއްކޮ ލިބުނުފަހުންވެސް އެ ގުޅުން ހަމަ ކުރިއަށް ދިޔަ… ކަންތައްތައް ގޯސްވީ އެނުލަފާ މީހާ އައިފަހުން….” ސާޔަލް ވާހަކަ ކުރިއަށް ގެންދިޔަ ގޮތުން ޒައިލީން މޮޅިވާގޮތްވިއެވެ. ޒައިލީން ބޮޑަށް ބޭނުންވެފައި ވަނީ އާދިޔަން އާއި ބެހޭގޮތުން ގިނަ މައުލޫމާތު އަޑު އަހާށެވެ. ނަމަވެސް ސާޔަލް ވާހަކަ ދައްކަމުން ދިޔަގޮތުން ސާޔަލް އާދިޔަން އާއި ބެހޭގޮތުން ދެން އިތުރަށް އެންމެ ލަފްޒެއް ވެސް ބުނާނެ ހެންނެއް ހިޔެއް ނުވެއެވެ.

“ކޮއްކޮ ތަންކޮޅެއް ބޮޑުވި ފަހުން އަހަރެންނާއި ސަވާނާ އާއި ދައްތަ އެ ހަފްލާއަށް ދިޔައީ އެކީގައި.. އޭގެ ފަހުން އެ ނުލަފާ ބާރީއާއި އަހަރެންގެ ދައްތަ އާއި ދިމާވީ..” ސާޔަލް އެ ބުނެދިނީ ޒައިލީންއަށް އަޑު އިވިފައިވާ ވާހަކައެކެވެ. ނަމަވެސް ސަލްވިޔާ އާއި އެކީގައި އެ ބުނާ ސަވާނާ އަކާއި ސާޔަލް އެ ހަފްލާއަށް ދިޔައީ އެކުގައިކަން އެ އެނގުނީ އަދި އަލަށެވެ. “އެ ދުވަހުގެ ފަހުން ބާރީ އާއި ދައްތަ ގުޅުނީ… މަންމަ ވެސް ބައްޕަ ވެސް އެކަމަށް އެއްބަސް.. އަހަރެންނަށްވަނީ އެކި ޖިންނީންގެ ފަރާތުން ބާރީގެ އެ ރަނގަޅު ކަމަކީ އޭނާގެ ނުބައި ސިފަ ފޮރުވަން އަޅާފައިވާ މޫނުމައްޗެކޭ ކިޔާއުޅޭ އަޑު ވެސް އިވިފައި… އަހަރެންނަށް އެކަން ޔަގީން ކުރެވުނީ އެއްދުވަހަކު ބާރީ ޖިންނިއެއް މަރާލިތަން ފެނުނީމައި.. އަހަންނާއި އެކީގައި އެދުވަހު ސަވާނާ ވެސް ހުރި… ސަވާނާއަށް ވެސް ބާރީ އެއީ ދައްތަގެ ހަލާކަށް ވެގެންދާނެ ކަން ޔަގީންވި… އަހަރެން އަހަރެންގެ ދައްތަ އެ އަނދަވަޅުން ސަލާމަތް ކުރަން މަސައްކަތް ކުރިއިރު ސަވާނާ އޭނާގެ ލޯބިވާ އެކުވެރިޔާ ހަލާކުގެ ކަނޑަށް ގެނބުމުގެ ކުރިން ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި.. އެކަމަކު ވެސް…” ސާޔަލް ވާހަކަ ހުއްޓާލީ އަޑު ބެދޭގޮތް ވުމުންނެވެ.

ޒައިލީންވެސް ފެންކަޅިވިއެވެ. ޒައިލީން އަކީ ދެރަވާފަދަ ފިލްމްތައް ބަލާފައިވެސް ރޮއި އުޅޭ ކުއްޖަކަށް ވާތީ ކެތް ނުކުރެވުނީއެވެ. ސާޔަލްގެ އަޑުގައިވާ ވޭން އިހުސާސްވެގެން އަލްޔާއަށް ވެސް އިނީ ރޮވެން ކައިރި ވެފައެވެ. ޒައިދާން ހުރީ ފޯނުން ސާޔަލްގެ ވާހަކަތައް ވީޑިޔޯ ކުރާށެވެ. ދެލޯ ބޮޑުކޮށްގެން އަނގަ ތަންމިނަށް ހުޅުވައިގެން ޒައިދާން އިންއިރު ވައި އަޑުން “މި ވީޑިޔޯ ވެގެން ދާނީ ޔޫޓިއުބުގެ ރަނަށޭ” ކިޔާލަ ކިޔާލަ އިނެވެ. ހެއިލަން އެސްފިޔަވެސް ޖަހާނުލާ ގަބުވެފައި ހުރުމުން ޝޮކްވެފައި ހުރިވަރުން އަންގައިދެއެވެ. ނަމަވެސް ރަވިކާން ހުރީ ސާބިތުކަމާއި އެކީގައި ސާޔަލްގެ ވާހަކަތައް އަޑު އަހާށެވެ. މޫނުމަތިން އެއްވެސް އަސަރެއް ނެތުމުން ރަވިކާން ހިތާމަ ކުރަނީ ކަމެއް ނޫނީ އުފާ ކުރަނީ ކަމެއް ނޭނގެއެވެ. ނަމަވެސް އަމިއްލަ މަންމަގެ ވާހަކަތައް ކިޔައިދޭ އިރު ރަވިކާންގެ ހިތަށް އަސަރު ކުރާނެ ކަން ވެސް ޔަގީނެވެ.

“އަހަރެންނާއި ސަވާނާ ދައްތައަށް ވިސްނައިދެވޭތޯ އުޅުނިން.. އެކަމަކު ދައްތަ އެންމެފަހުން ހަމަ ބާރީއާއި ކައިވެނި ކުރީ… ސަވާނާ އާއި ވެސް ގުޅުން ކަނޑާލާފައި ދައްތަ ސަވާނާ ދުރުކޮށްލީ… ސަވާނާވެސް އުންމީދު ކަނޑާލާފައި އަހަރެމެންނާއި ދުރުވީ… އަހަރެން ވެސް ދައްތަ ދެކެ ރުޅިއައިސްގެން މަންމަ މެންގެ ގާތުން ދިޔައީ… އެއީ ކޮއްކޮ ހަނދާންވެސް ނުވާނެހާ ކުޑައިރު.. އެހެންވެ ކޮއްކޮ އަހަރެންގެ މަތިން ހަނދާން ނުހުންނަނީ..” ސާޔަލް ބުނެދިނެވެ.

ފުރަތަމަވެސް ލޯ ފޮހެލީ އަލްޔާއެވެ. ޒައިދާން އަދިވެސް އޭނާގެ ކުޑަ “މި ވީޑިޔޯ ވެގެން ދާނީ ޔޫޓިއުބު ގެ ރަނަށޭ” ކިޔާ ބަނދިވަރު ކިޔާލަ ކިޔާލަ ހުއްޓެވެ. ފޯނުގެ ކެމެރާ ސީދާ ސާޔަލްގެ މޫނަށް އަމާޒު ކޮށްލައިގެން ހުރިގޮތުން އަދިވެސް އެ ވީޑިޔޯ ކުރަނީކަން އެނގެއެވެ.

“އަހަރެންގެ މަންމައަށް ފަހުން ކިހިނެތްވީ..؟” ރަވިކާން ކެތްތެރިކަމާއި އެކީގައި އަހާލިއެވެ. “އަހަރެން އަނބުރާ މަންމަމެންގެ ގާތަށް ދިޔައީ އެތައް އަހަރެއް ފަހުން… އޭރު ބައްޕަ މަރުވެއްޖެ.. މަންމަ ރޮއި ރޮއިފައި އަހަރެންގެ ގާތު ދައްތަ މަރުވި ވާހަކަ ބުނި.. އެތެރެއިން ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް އަހަރެން ބޭރު ފުށުން އެކަން ނުދައްކާ ދެން ކިހިނެތްވީހޭ ބުނިން… މަންމަ އަހަރެންނަށް ދައްތަ މަރު ވުމުގެ ކުރިން މީހަކު ލައްވާ މަންމަގެ ގާތު ބުނުވި އެތައް ވާހަކައެއް ކިޔައިދިން.. ބާރީ އަކީ ހަމަ ހަގީގަތުގައިވެސް ނުބައި މީހެއް ކަން ފެށުނީއްސުރެ ދައްތައަށް އެނގޭކަމަށް ބުނެދިން.. ދައްތަ ބާރީ އާއި އެކީގައި އުޅެން ނިންމީ އެހެން ނޫނިއްޔާ އެ ސަވާނާ މަރާލާނެކަމުގެ އިންޒާރު ބާރީ ދިނީމައި… ދޮގުގެ މައްޗަށް ދޮގު ހަދައިގެން ހިތާއި ދެކޮޅަށް އަހަރެންނާއި ސަވާނާ ދުރުކޮށްލައިގެން ދައްތަ އުޅުނީ ހާދަ ހާލެއްގައޭ.. ސަވާނާއަށްޓަކައި ދައްތަ އެ ބޮޑު ގުރުބާނީ ވެފައި ދުނިޔެ ދޫކުރީ.. ދައްތަ މަރުވީ ބާރީގެ ލޭ މިދުނިޔެއަށް އުފަންކޮށްފައި ކަމަށްވެސް މަންމަ ބުނި..” އެވާހަކަތައް ކުރިއަށް ގެންދިޔައިރު ވެސް ސާޔަލްއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

“ސަވާނާވެސް އަހަރެންވެސް ދައްތަ އާއި ދިމާލަށް ހާދަ ވަރަކަށް ހަޅޭއްލެވީމޭ އަހަރެމެން މީ ދައްތައަށް އެއްވެސް ބަޔެއް ނޫނޭ ކިޔާފައި… ދައްތަ އާއި ދިމާލަށް އަހަރެމެން އެ ހުރިހާ އެއްޗެއް އަޑުއެހީ ހާދަ ހިތްވަރެއް ކޮށްގެންނޭ… އެންމެ ކަރުނަތިއްކެއް ވެސް ލޮލުން އޮހޮރާ ނުލާ އަހަރެމެން ބުނި ކޮންމެ އެއްޗަކަށް އެއްޗެއް ބުނެގެން އުޅުނީ ހާދަ ހިތްވަރު ގަދަވީމައޭ…” ސާޔަލް މޫނުގައި އަތް އެޅިއެވެ. “އަހަރެން މީ ކިހާ ނުބައި ކޮއްކޮއެއް.. ދައްތަގެ ހިތުގައި އެތައް ކޫރުމެއް އެޅުނުއިރުވެސް އަހަރެންނަށް އެކަން ރޭކާވެސް ނުލި…” ސާޔަލް އެހުރި ގޮތަށް ހުރެ ބުނެލިއެވެ.

ނުރޯން ކިތަންމެ މަސައްކަތެއް ކޮށްގެން ހުއްޓަސް ޒައިލީންއަށް ރޮވިއްޖެއެވެ. އެފަދަ ބޮޑު ގުރުބާނީއެއް ސަލްވިޔާ ސަވާނާއަށްޓަކައި އެވީ އެދެމެދުގައި ވީ އެކުވެރިކަން ކިހާ ވަރުގަދަވީމައި ހެއްޔެވެ.؟ ރަވިކާން އަދިވެސް ކެތްތެރިވެގެން ހުއްޓެވެ. އަލްޔާގެ ލޯ ތެމިފައި ވީއިރު ޒައިދާން ހުރީ އެ ހަގީގަތް އެނގުމުން އަނގަ މަތީގައި އަތް އަޅައިގެންނެވެ. ހެއިލަން މަޑުމަޑުން ސުބުހާނައްﷲ ފައްޗަކަށް ކިޔަމުން ދިޔައެވެ. “ދެން ސާޔަލް މިތަނަށް ތި އައީ ކީއްވެގެން..؟” ރަވިކާން އެއްސެވެ. “ސާޔަލްއެއް ނޫން… އަހަރެން މީ ކޮއްކޮގެ ބޭބެ.. ސާޔަލް ކަރުނުން ފުރިފައިވީ ދެލޯ އަޅާލިއެވެ.

“މަންމަ ބަލިކަމުން އަހަރެން އުޅުނީ މަންމައަށް ޚިދުމަތް ކޮށްދޭންވެގެން.. މަންމަގެ ފަރާތުން އެނގުނު ދައްތަ ވަކިވެދިޔަފަހުން ކޮއްކޮ އުޅުނީ އެކަނިމާއެކަނިކަން..” ސާޔަލް އެހެން ބުނުމުން ޒައިލީންއަށް ވިސްނާލެވުނެވެ. ސަލްވިޔާ މަރުވިފަހުން ވެސް ރަވިކާން އެކަނި އުޅުނިއްޔާ އާދިޔަން ކޮބައި ހެއްޔެވެ.؟ “އާނ… ދެން ކީއްވެގެންހޭ މިތަނަށް ތިއައީ…؟” ރަވިކާން ހުރީ އެ ސުވާލުގެ ޖަވާބު ނުދެނީސް މި ފަހަރު ސާޔަލްއަށް ދޫނުދޭން ނިންމައިގެންނެވެ.

”ދައްތަ ވަނީ މަންމަ ގާތުން އެދިފައި އަހަރެންނާއި ސަވާނާއަށް އެ ހަގީގަތް ކިޔައިދިނުމަށް.. މަންމަ އޭރު ވަނީ ގައިބާރު ދެރަވެ މުސްކުޅިވެފައި… އަހަރެން މަންމަގެ މަރާއި ޖެހެންދެންވެސް މަންމަގެ ޚިދުމަތުގައި ހުރިން.. މަރުވުމުގެ ކުރިން މަންމަ އަހަރެންގެ ގާތުން އެދުނީ ސަވާނާ ހޯދާފައި މިވާހަކަ ސަވާނާއަށް ކިޔައިދޭން… ދައްތަ ބޭނުންވޭ ދައްތަ ހެދިހާ ދޮގަކަށް ސަވާނާ އާއި އަހަރެންގެ ފަރާތުން މައާފަށް އެދެން.. އެކަމަކު މާފަށް އެދެން ޖެހޭނީ ދައްތައެއް ނޫން.. މާފަށް އެދެން ޖެހޭނީ އަހަންނާއި ސަވާނާ…” ސާޔަލް ބުނެލިއެވެ.

”މާނައަކީ ބޭބެ ދެން ތިއައީ ސަވާނާ ހޯދާށޭތަ..؟؟” އަލްޔާ އަހާލިއެވެ. “ކަލޭ މަށާއި ދިމާލަށް ކިޔާނީ ސާޔަލް.. އާނ.. އަހަރެން އެކި އިންސިންނާއި ޖިންނިންގެ ގާތުން އަހާ ހޯދައިގެން މިތަނަށް މި އައީ.. ސަވާނާ ހޯދަންވެގެން.. އަހަރެން އެންމެ ފަހުން އެ މުސްކުޅިޔާގެ ސިފަ ޖެހިގެން އިންސިންގެ ދުނިޔޭ ގައި މި އުޅުނީ… ކޮންމެވެސް ދުވަހަކުން އަހަރެންނާއި ސަވާނާ އާއި ބައްދަލުވާނެ ކަމުގެ އުންމީދު އޮތީމައި… ކުރީދުވަހު އަހަރެންނަށް މި އަންހެން ކުއްޖާ ފެނިފައި ސަވާނާއާއި އެންމެ ފަހުން ބައްދަލު ވީއޭ ވެސް ހިތަށްއެރި.. އެކަމަކު މިއަދު މި އަންހެންކުއްޖާ ތަންކޮޅެއް ގާތުން ފެނުނީމައި އަހަރެންނަށް މި އެނގުނީ ތިއީ ސަވާނާ ނޫންކަން… ސަވާނާގެ އިސްތަށިގަނޑާއި މިކުއްޖާގެ އިސްތަށިގަނޑު ވައްތަރެއް ނޫން… ސަވާނާގެ ދެކޮލަށް އަޑިއެޅިފައެއް ނުހުރޭ.. އެކަމަކު ސަވާނާއާއި ހާދަ ވައްތަރޭ..” ސާޔަލް އަނެއްކާވެސް ޒައިލީންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ސަވާނާއަކީ ކޮންތާކު އުޅޭ މީހެއް..؟ އެފްރިކާ އެމެރިކާ އޮސްޓްރޭލިޔާ މި ހުރިހާ ތަނަކުން ސަވާނާ އުޅެނީ ކޮންތަނަކު ކަމެއް ކިހިނެތްތަ އެނގެނީ..؟؟” ހެއިލަން އަހާލީ މުހިންމު ސުވާލެކެވެ. “ސަވާނާ އަކީ ރާއްޖެ ކުއްޖެއް..” ހެއިލަންއަށް ހީނލުމަށް ފަހު ސާޔަލް ބުނެލިއެވެ. “އޯވްހް… ހެއިލަންއަށް ޖެހުނީ އަނެއްކާވެސް މަޑުން އިންނާށެވެ. ”މިއަންހެންކުއްޖާ ދިވެހި ބަހުން ވާހަކަ ދެއްކި އަޑު އެހިން.. އެހެންވެ ސަވާނާއޭ އެހާ ބޮޑަށް ހީކުރެވުނީ..” ސާޔަލް އެހެން ބުނެލުމުން ޒައިލީންއަށް ކުޑަކޮށް އޮޅުން އެރިއެވެ. ރަވިކާން ބުނެފައި ވަނީ ޒައިލީން ވައްތަރީ ސަލްވިޔާ އާއި ކަމަށެވެ. އަނެއްކޮޅުން ސާޔަލް މި ކިޔަނީ ޒައިލީން ވައްތަރީ އެކިޔާ ސަވާނާއަކާއި ކަމަށެވެ. އެ ސުވާލު ނުކޮށް ޒައިލީންއަކަށް ހުރެވޭ ކަމަކަށް ނުވިއެވެ. “ރަވިކާން ބުނި އަހަރެން ސަލްވިޔާ އާއި ވައްތަރޭ.. ތި ބުނާ ނުލަފާ ބާރީ ވެސް ބުނީ އަހަރެން ސަލްވިޔާ އާއި ވައްތަރޭ… ސާޔަލް ތި ކިޔަނީ އަހަރެން ސަވާނާއާއި ވައްތަރޭ..” ޒައިލީން ހުރީ އޮޅުން ފިލުންވަން ބޭނުންވެފައެވެ.

“އަހަރެންނަކަށް ނުބުނެވުނުތަ ދައްތަ އާއި ސަވާނާ އަކީ ވަރަށް ވައްތަރު ދެމީހުންނޭ..؟؟؟” ސާޔަލް އެހެން ބުނުމުން ހައިރާންވެފައި އެންމެންހެން ބޯ ހޫރާލިއެވެ. ރަވިކާންއަށްވެސް ޖެހުނީ ބޯ ހޫރާލާށެވެ. “ދައްތަ، ކޮއްކޮއަށް ސަވާނާގެ ވާހަކަ ކިޔައިދިން ކަން ބޭބެއަށް އެނގޭ.. އެކަމަކު ދައްތަ ނުބުނޭތަ ދައްތަ އާއި ސަވާނާ އަކީ އެއްމާބަނޑު ދެކުދިންހާ ވައްތަރު ދެމީހުންނެކޭ..؟؟؟” ސާޔަލް އަހާލިއެވެ. ރަވިކާން މިފަހަރު ވެސް ބޯ ހޫރާލީއެވެ. އެއީ އޭނައަށްވެސް އަދި އަލަށް އިވުނު ވާހަކައަކަށް ވާތީއެވެ. ”އާއިލީ އެއްވެސް ގުޅުމެއް ނެތް ދެމީހުން… ޖިންނިއަކާއި އިންސިއެއް… މީހުން ސުވާލުވެސް ކުރޭ ސަވާނާ އާއި ދައްތައަކީ އެއްމާބަނޑު ދެކުދިންހޭ ނޫނީ ދައްތަ އާއި ކޮއްކޮހޭ އަހާފައި.. އެކަމަކު އެ ދެމީހުންނަކީ ކުޑައިރުއްސުރެ ފެށިގެން ލޭގެ ގުޅުމެއް ނެތްކަމުގައި ވިޔަސް ލޭގެ ގުޅުމެއް ހުރިހާ ގާތް ކޮށް އުޅުނު ދެމީހުން… ސަވާނާ އާއި ދައްތަ ވަރަށް ވަރަށް ވައްތަރު ވާނެ..” ސާޔަލް އެކަން އޮޅުން ފިލުވައިދިނުމުން ޒައިލީންއަށް އޯވްއޭ ބުނެލެވުނެވެ. “އެކަމަކު ޒައި ކީއްވެގެން ސަލްވިޔާ ނޫނީ ސަވާނާ އާއި ވައްތަރުވާންވީ..؟” ޒައިލީން އަހަން އުޅުނު ސުވާލު އެހީ ޒައިދާންއެވެ.

“ނޭނގޭ…” ސާޔަލް ކުރު ޖަވާބަކުން ފުއްދާލިއެވެ. “ރާއްޖޭގެ ރަށެކޭ..؟؟ މިތަނުން ބުނެބަލަ ރަށެއް.. މަޑުކޮށްބަލަ ދައްކާނަން..” ޒައިދާން ވީޑިޔޯ ހުއްޓާލާފައި ފޯނުން ސްކްރީންޝޮޓްސް ގެ ބައި ބަލަން ފެށީ އޭނައަށް ރާއްޖޭގެ ރަށްތަކުގެ މެޕް ސްކްރީންޝޮޓް ނެގުނު މަތި ހަނދާން ވާތީއެވެ. ކުއްލިއަކަށް ޒައިލީންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެއީ ޒައިނާގެ ވީޑިޔޯ ކޯލެކެވެ.

“ދެންމެ ދެއްކި ފޮޓޯއަށް ދޭބަލަ..” ޒައިދާން ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަލަމުން ދަނިކޮށް ކުއްލިއަކަށް ސާޔަލް ބުނެލިއެވެ. އަލްޔާވެސް ދިޔައީ ސިއްސައިގެންނެވެ. “ހަލޯ… މަންމަގެ ޒައީ..” ޒައިނާ ލޯބިން ގޮވާލިއެވެ. ޒައިދާން އަނެއްކާވެސް ކުރިން ބެލި ފޮޓޯތައް ދައްކަން ފެށިއެވެ. “ޒައިގެ ހާލު ކިހިނެތްތަ ދޫނީ..؟ ދޮންބެ ކޮބާ..؟؟ މަންމަ ގުޅާގުޅާ ދޮންބެ ފޯނެއް ނުނެގި..” ޒައިނާ ޒައިދާން ހޯދަން އުޅުމުން ޒައިލީން ޒައިދާންގެ ގާތަށް ފޯނު ހިފައިގެން މިސްރާބު ޖެއްސެވެ.

“މިހިރަ ފޮޓޯ..!” ސާޔަލް ކުއްލިއަކަށް ޒައިދާންގެ އަތުން ފޯނު ޖަހައިގަތެވެ. އެއީ ޒުމައިހާ އާއި ޒައިނާގެ ފޮޓޯއެކެވެ. ފޭސްބުކްއިން ޒައިދާން ނަގާފައިވާ އެ ސްކްރީންޝޮޓް ފެނިފައި ސާޔަލް ފާޑަކަށް އުޅެން ފެށުމުން ހެއިލަން އެއްބުމަ އަރުވާލީ ވެގެން އުޅޭ ގޮތެއް ބުނެދީފާނަންހޭ އަހާ ފަދަ ގޮތަކަށެވެ. ”އޭތް ދޮންބޭ… މަންމަގެ ފޯނެއް..” ޒައިލީން ފޯނު ޒައިދާން އާއި ދިމާލަށް ދިއްކޮއްލިއެވެ. ކެމެރާއަށް ސާޔަލްވެސް އެރިއެވެ. “ދަރިފުޅު މަންމަ ގުޅީމަ ފޯނު…………..” ޒައިނާގެ ޖުމްލަ މެދުކެނޑުނުހެން ހީވުމުން ޒައިލީން ފޯނަށް ބަލާލީ ޒައިނާ ފޯނު ކަނޑާލީކަމަށް ހިތައެވެ. ނަމަވެސް ކުޅޭކުޅޭ ބުދެއްހެން ޒައިނާ ގަނޑުވެފައި ހުރީއެވެ.

“ސާޔަލް..” ޒައިނާގެ ދުލުން ބޭރުވިއެވެ. “ސަވާނާ…” ސާޔަލްއަށްވެސް ބުނެވިއްޖެއެވެ. “ސަވާނާއަކީ ސަލްވިޔާ ލޯބިން ކީ ނަމެއް.. ސަވާނާއަކީ ޒައިނާތަ..؟ ޒައިގެ މަންމަތަ..؟” ޒައިލީން އަށް ޒައިނާއާއި ސާޔަލްއަށްވުރެ ބާރަށް އަހާލެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނޭދެމޭ ވަކިވުމެއް-3

Next

ފުރަ ބަންދު 1

Next
August 19, 2020

ފުރަ ބަންދު 1

Previews
August 19, 2020

ނޭދެމޭ ވަކިވުމެއް-3

35 Comments!

  1. Maash says:
    August 19, 2020 at 3:43 pm

    V. V. V. V. Reethi Maasha Allah ??? when is the next part ? waiting impatiently ??? btw me first dhw?

    1. yooon yooon says:
      August 19, 2020 at 11:58 pm

      Alheii thank u so so much Maash ????? nxt part idk when ??? Labba dearlss you’re first ?? Lysm and take care maash dear ?? stay safe dearlsss

  2. Rosè? says:
    August 19, 2020 at 4:40 pm

    Omg haadha salhi ey I had tears in my eyes Sayal savaanaa and salviyaage baithah kee iru ???? I mean Yoon akah norovey tha vaahaka liyaairu ???? So amazing waiting for the next.. me second hehehe

    1. yooon yooon says:
      August 20, 2020 at 9:21 am

      Awn thank u so much Rose ????? Alheii glad to knw that u did ?? Ahahaha yoon akah nurovey vaahaka liyaa iraku ??? but re-check kuraairu baeh faharu think kuevey readers ah e part vxx kamudhaane kamah

  3. Phaizaan says:
    August 19, 2020 at 5:35 pm

    Varah rythi vahaka eh mee.. Next when ? Lysm yoon

    1. yooon yooon says:
      August 20, 2020 at 10:24 am

      Alheii thanxxx Phaizaan ?? Awwm love u more dearlingss ✨✨✨ Take good care phaizaan

  4. Starlight vixx says:
    August 19, 2020 at 5:46 pm

    varah reethi mi part ves curiously waiting for next part

    1. yooon yooon says:
      August 20, 2020 at 10:25 am

      Thank u so much Starlight vixx dear ???? Stay safe Dearlingsss

  5. ?#BLOSSOM#? says:
    August 19, 2020 at 5:58 pm

    Sis.. mi prt ves hama vrh habeys as always..???
    So heart touching n beautiful. ??
    It’s fabulous..??
    I loved it..❤❤❤??
    Hama obi..???
    Waiting for the next??
    Stay safe and tc ???
    Love you a lots sis..???
    Saranghae..❤❤❤

    1. yooon yooon says:
      August 20, 2020 at 10:27 am

      Awwn thanxxiess Blossom sissie ????? I am so happy to hear that ✨?✨ Love you more n more Blossom ??? You stay safe too n take care dearlingss

  6. Een says:
    August 19, 2020 at 6:35 pm

    Wow Yoon I’m just speechless?????
    Maashaa Allah this part is vvvvvvvv nice as usual??????????
    Dhen vaany kihineh baa?????
    Anyways Curiously waiting for the next part??
    Love you more than you love me?????
    Take very good care♥️♥️♥️♥️♥️♥️
    Stay home and stay safe??????
    My fav author♥️♥️♥️♥️♥️

    1. yooon yooon says:
      August 20, 2020 at 10:30 am

      Awwnn thankxxx a lot My Een dear ????? Lets see dhww what happens nxt afterwards ? ahahaha I love u more n more than u love me dear ???? You take cery good care too ? Awwn one of the sweetest gurll i knww ✨✨✨ Stay Safe Een dear

  7. ner says:
    August 19, 2020 at 7:48 pm

    OMG!!!
    ZAL GE MOM ND RAWIKAAN GE MOM WERE BFFS…
    woowww… honestly i felt smthin like that, that zai nd rawikaan have some kind of relation ?
    i love this part too ,as always ?

    1. yooon yooon says:
      August 20, 2020 at 10:31 am

      Labba Xai n Rawikaan ge moms were Bffs ?? Ehehe you did dhw ?? Aww thank u sk much ner dear ????? Stay safe n take care ner

  8. ?Ril? says:
    August 19, 2020 at 7:58 pm

    Wow sis Mi part ves vrh sali Masha Allah ??????????
    Aley i am so curious for next part yoon sis???
    Hama hitha araa den vaane kihinehbaa ey hehe
    Waiting for the next ???
    Luv uuu❤️❤️❤️❤️
    Stay safe and Tc ???❤️❤️❤️

    1. yooon yooon says:
      August 20, 2020 at 10:39 am

      Awwnnn thanxxiess Ril dear ????? Alheii I am so happy to knw that ??? Awwn Love u more ril ???? You stay safe too ?? tvgc

  9. Epiphany says:
    August 19, 2020 at 8:46 pm

    Maashaa Allah…. Mi part vx v salhi……. Heevanee hama aslu hen……… Dhuvahakuves dhivehi fiction eh nukiyan……. Mee hama ehme best fictional story…….. Zai and Rawikaan varah majaa….. I think Rawikaan like vey kanneyge Zai dheke….. Anyway keep it up…… Love you sooooo sooooo soooo much yooooooooon…….

    1. yooon yooon says:
      August 20, 2020 at 10:43 am

      Thankxxxx Epiphany dearlings ??????? Aww I am so so happy to hear that ???? Ehehe ???? Insha allah will always try my best ✨✨✨ Awwn Love u morrrrre n morrre my dearlings epiphany ???? take good care

  10. Blue? says:
    August 19, 2020 at 10:41 pm

    Wow wow wow…maaa shaaa allah mi prt vx vrh vrh reethi…aneh prt vx avahah submit kurahchey yooon dear…tc lysm

    1. yooon yooon says:
      August 20, 2020 at 10:44 am

      Thanks thanxxiess thnk u Blue ?????? Aww love u more dearlinn ??? you take care too ??? stay safe dearlingss blue

  11. yooon yooon says:
    August 20, 2020 at 10:53 am

    To all my dear readers of -fiyafaii- stry

    I am very sorry to say this ??? But the next part I can submit on 27th August 2020, Thursday night.. Beacause starting on 23rd August 2020, Sunday my online exams are beginning ??? So the story will be paused for a bit ??? Cause like yooon ah yageeneh noon kiyawamun stry submit kolleveyne henneh ??? I’m rlly sorry ??? Kuri ah oiyh 2 weeks ge therey yoon ge exams onnane 🙂 And i have to study for them aswell.

    I hope you all my dearest readers would understand ? Thank u so so so much for your cooperation ???? Love u all so much ?✨??? Keep waiting…. Sorry for the Late uploadings and sorry for the long waitings you guys have to wait ??? But hope you all understand

    Thnxxx everyone ??????? Rlly Rlly love u all

    1. Een says:
      August 20, 2020 at 11:36 am

      It’s ok Yoon dear I can understand…..
      Study well
      ♥️♥️♥️♥️♥️I’ll keep curiously waiting for the next part
      ♥️♥️♥️♥️♥️♥️♥️I’ll be supporting you no matter what
      All the best for your exams
      Always study first..it is the most important thing to do
      ???♥️♥️♥️♥️♥️♥️♥️?????Luv you more and more and more and more
      ??????????Take very good care
      ???????Stay home and stay safe
      ?????????My fav author

    2. ?Ril? says:
      August 20, 2020 at 4:14 pm

      Aley yoon sis it’s OK ey
      U should focus more on ur studies
      Yaa dhen exams Ah farithakuramun stry up eh nukureveyne dhw
      Gud luck on ur exams
      Luv uuu
      Stay safe

  12. Blue? says:
    August 20, 2020 at 12:58 pm

    Yeah yoon itx ok dear i can also understand??..u hve to concentrate more on ur studies….and 27 aug is not too late hehe….?? hope u will continue the story after ur exams??

  13. Ish says:
    August 21, 2020 at 10:18 am

    varah reethi mi part ves ❤❤ oh it’s okay yoon.. alhugandu men ge ves anna hafthaa ga test nagaane ?? good luck with you tests yoon… Love you a lots ??? mwah

  14. Kokkey says:
    August 21, 2020 at 10:21 am

    Wow I can’t believe it ?? that was the most emotional past ever ?? Salviyaa and savaanaa were besties and salviyaa married baaree for her sake ?? and savana is zai ge mother… what will happen next ? I’ll be waiting Yoon

  15. dhaain says:
    August 21, 2020 at 10:22 am

    vvvvv rythi ???????
    waiting for the next part ?????
    Good luck and lysm yoon ????

  16. Xerox.Mo says:
    August 21, 2020 at 10:24 am

    oh no need to be sorry yoon… always the studies come 1st… we will be waiting and supporting you always… no matter one week or one month we will still stay by your side.. now go and get high scores dearest girl..

  17. ?star? says:
    August 21, 2020 at 10:25 am

    varah loabi vaahaka eh.. ?? keep shining

  18. ra:ik says:
    August 21, 2020 at 10:27 am

    if ravikaan is salviyaa’s daughter and saayal is salviyaa’s little brother, then they are uncle and nephew right ?? cute cute as always

  19. Afu says:
    August 21, 2020 at 10:28 am

    Wow maasha Allah mi part ves varah varah reethi ??? hama hitha arany kihinei baa ey dhen vaanee ? waiting for the next

  20. Anonymous says:
    August 21, 2020 at 10:30 am

    this is a dhivehi fiction vaahaka.. its tooo amazing.. just wow and superb

  21. Lysm says:
    August 21, 2020 at 10:32 am

    hahaha first of all ? LOVE U MORE AND MORE AND MORE AND MORE AND MORE AND MORE AND MORE AND MORE AND MORE AND MORE AND MORE AND MORE THAN YOU LOVE ME ❤❤❤❤❤❤❤❤❤ mi part hama habeys abadhuves ❤❤❤❤❤ next when ????? waiting impatient ly

  22. Layaan says:
    August 22, 2020 at 4:16 pm

    Ok Good luck Loabivaa yoon gandaa 🙂 will miss yoo and this amazing story even its for like 5 or 6 days 🙂 Love you too much to be fake

  23. thithi says:
    August 23, 2020 at 11:56 pm

    vara reethi mi partves dhen next baya inthizaar kuranee..

Comments are closed.

Next Episodeފިޔަފަތް 20←


All Right Reserved!