އިރު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. އުޑުމަތީގައި ކަޅުވިލާ ރޮއްޖެއްވެސް ނެތް އިރު، ދައްކުވައި ދެމުންދިޔައީ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިބޭނެ ފަދަ، ހިތްގައިމު މަންޒަރެކެވެ. ގަސްތައް ވެސް ޖެހިލާ ވައިރޯޅިތަކާއި އެއްވަރަށް ނަށަމުން ދިޔައެވެ. މާލޭގެ މަގުމަތި ހަލަބޮލިކަމުން މުޅި ފަޒާވަނީ ކާރުތަކާއި ސައިކަލުތަކުގެ ބޫންއަޑުތަކުން ފުރާލައިފައެވެ. މީހުންތައްވެސް ބަލަނީ އަވަސް އަރުވާލައިގެން އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ. ދާނެ މިސްރާބެއް ނެތި އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. އިރުކޮޅަކުން އެންމެންގެ ނަޒަރުތައް ހުއްޓިގެންދިޔައީ، އެތާހުރި ބޮޑު ގަނޑުވަރެއްކަހަލަ އިމާރާތުގެ ގޭޓުން ފުލުފުލުގައި ވަދެގެންދިޔަ ދެ ޕްރައިވެޓް ކާރަށެވެ.
**********
ދިހަ ބުރިއަށް ނަގައިފައިވީ އިމާރާތުގެ ކުރިމައްޗަށް ދެ ކާރު ޕާރކް ކޮށްލިއެވެ. ދެ ޑްރައިވަރުންވެސް ބެލީ އަވަހަށް އެ ކާރުތެރޭގައި ތިބި މީހުންނަށް ދޮރުހުޅުވައިދިނުމަށެވެ. ޑްރައިވަރު ދޮރު ހުޅުވުމާއިއެކު ނުކުތީ މެދު އުމުރެއްގެ ފިރިހެންމީހެކެވެ. ކަޅުކުލައިގެ ކޯޓު ފަޓްލޫނު ލާފައިވުމުން ރަސްމީ ވައްތަރު ޖަހައެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑާއި އެއްވަރަކަށް ކޮށާލައިފައި ހުރި ތުނބުޅިން އިތުރު ރަސްމީ ކަމެއް ގެނެސްދެއެވެ. އެ ފިރިހެންމީހާގެ އެންމެ އަޅައިގަންނަ ސިފައަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ އަޅި ކުލައިގެ ދެކަޅިއެވެ. އެ ފިރިހެންމީހާގެ ފަހަތުން ހަމަ މެދު އުމުރުގެ، ކަޅު އަބާޔާއަކާއި ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެންހުރި އަންހެނެއް ނިކުތެވެ. އެ އަންހެންމީހާއަށް ލިބިފައިވާ ކުލަ އަލި ހަންގަނޑުގެ ސަބަބުން އެ މީހާގެ ރީތިކަން ފަނޑުނުވެހުއްޓެވެ. އެ ފިރިހެންމީހާ ކައިރިއަށްގޮސް ހުއްޓުނުގޮތުން އެއީ އެ ފިރިހެންމީހާއާއި ކޮންމެވެސް ގުޅުމެއް އޮންނަ މީހެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެއެވެ.
ދެވަނަ ކާރުން ފެއިބީ ދުނިޔޭގައި ވާހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ. ލައިފައިވާ ހޫޑީއާއި ޖީންސްގެ ސަބަބުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެ ފަން، ބޯ، ގަދަ މުށިކުލައިގެ އިސްތަށިގަނޑު ގޮތަކަށް ސްޓައިލް ކޮށްލާފައިވެއެވެ. ނަމަވެސް ގެހިލާ ފިނި ވައިރޯޅިތަކާއެކު ބޮލުގައި ހުރި ދިގު އިސްތަށިތައް އެޒުވާނާގެ މޫނުމައްޗަށް އެޅޭގޮތުން ހިތްގައިމު ކަމަށް ދައްކުވައިދެއެވެ. އެ ޒުވާނާއަށް ލިބިފައިވާ އަޅި ކުލައިގެ ކަޅިއަކީ އަންހެންކުދިންގެ ހިތްތައް ކަތިލާނެ ހަތިޔާރެއްކަން ގައިމެވެ. މީގެ އިތުރުން ލިބިފައިވާ އަލި ހަންގަނޑުގެ ސަބަބުން އެ ކަޅި އެ ޒުވާނާއާއި ނުހަނު ގުޅެއެވެ. 26 އަހަރަށްވުރެ މަތި ނުވާނެކަން ޔަޤީނެވެ. އެ ޒުވާނާގެ ފަސްފަހަތުން ނިކުތް އަންހެންކުއްޖާއަކީ ފަލަކުން ފައިބައިގެން ހުރި ތަރިއެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެހާވެސް ރީއްޗެވެ. އެ ޒުވާނާއެކޭ އެއްގޮތައް ކުލަ އަލި ހަންގަނޑެކެވެ. ހިތިފަތު ބުމައަކާއި އެހާވެސް ބޮޑުނޫން ފިޔާތޮށިކުލަ އަރާ ތުންފަތެކެވެ. އެ ޒުވާނާއެކޭ އެއްގޮތައް ފިރިހެންކުދިން ހިތްކިޔާނެ ފަދަ އަޅި ކުލައިދެ ކަޅިއާއި ތޫނު ދެ ލޮލެވެ. މޭކް އަޕްއާއި ނުލައިވެސް ރީތިކަމުގެ އިންތިހާއެވެ. ލައިފައިވާ ކްރީމް ކުލައިގެ އަބާޔާއާއި އަޅާފައިވާ ކްރީމް ކުލައިގެ ޝޯލްއިން އެ ޖިންސުއްލަތީފުގެ ރީތިކަން ދެގުނަ ކޮށްދެއެވެ.
“ދެން ދޮންބޭ…” މާހައުލުގެ ހަމަހިމޭންކަން ނަގާލީ އެތާހުރި އަންހެންކުއަޖާގެ ހިތްގައިމު އަޑުންނެވެ. “ދޮންބެ ކީއްކުރީ…” އެތާހުރި ޒުވާނާވެސް ކަމެއްނުވާކަމަށް ހަދާ ދުރުބަލަން ހުރެ ބުނެލިއެވެ. އެ ދެޒުވާނުންގެ ވާހަކަތަކަށް ބަލާލުމުން އެއީ ދެބެއިންކަން ފަހުމްވެގެންދެއެވެ. “ނަވްޔާން… ނަވްޔާ… ދަރިފުޅުމެން އަދިވެސް ބޮޑުނުވޭތަ..؟ ކުޑައިރު އުޅޭ ގޮތަށް މިހާރުވެސް ތިއުޅެނީ… ދޯ ނާއިޒް…” ނާއިޒް ކައިރީ ހުއްޓިގެންހުރި އަންހެންމީހާ މިހެން ބުނެލުމާއެކު މުޅި ތަނުގައި ގުގުމައިލީ އެ ހަތަރު މީހުންގެ ހުނުމުގެ އަޑެވެ. ” އާލާ ތިބުނީ ވަކި ދޮގެއްވެސް ނޫން… އެކަމް ބައްޕައަށް ހެޔޮ ދަރިފުޅުމެން ތިގޮތަށް އުޅުނަސް… ދަރިފުޅުމެން ހިނގާ ބައްޕަމެންނާއެކު ދަރިފުޅުމެންގެ ފްލޯރއަށް ދާން…” އެންމެންގެ ވާހަކަތަކުންވެސް އެތާގައި ތިބީ ކުޑަކުޑަ އާއިލާއެއްކަން ހާމަވެގެންދެއެވެ. ނަވްޔާއާއި ނަވަޔާންވެސް އާލާމެން ދިޔަ މިސްރާބަށް އަވަސް ފިޔަވަޅުތަކާއެކު ހިނގައިގަތީ ދަތުރުގެ ވަރުބަލިކަން ފިލުވަން ބޭނުންވެފައި ހުރުމުންނެވެ.
**********
ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ބުރަސޫރަ ރީތި އަންހެން ކުއްޖާއަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި އެ އަންހެން ކުއްޖާގެ ފަރުވާލެއް ނެތްފަދައެވެ. ރީތި ހަށިގަނޑެއްގެ ވެރި ޖިންސުއްލަތީފެކެވެ. އަޅި ކުލައިގެ މެދަށް އައްސާގޮތަށް ހުރި އަބާޔާއަކާއެކު ހަމަ އެކުލައިގެ ޝޯލްއެއް އަޅާފައިވުމުން ބަލާލަން ރީއްޗެވެ. މޭކް އަޕްއެއް ކޮށްފައިނުވާ އިރުވެސް އެ ދޮން މޫނު ވިދަވިދާހުއްޓެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގައިވާ މަޑު މުށި ކުލައިގެ ކަޅިއަށް ފިރިހެން ކުދިން ގެނބިގެންދާކަށް މާގިނައިރެއް ނުނަގާނެކަން ގައިމެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތައް ވެރިވެފައިވީ މައުސޫމް ހިނިތުންވުން ފެނި ބަލާލި ކޮންމެ މީހެއްގެ ހިތައްވެސް ފިނިކަން ގެނެސްދޭނެކަން ޔަޤީނެވެ. އެއް އަތުގައި ޑޮކްޓަރުން ލާ ކަހަލަ ކޯޓެއް ބާވާލައިފައި އޮތުމުން އެ އަންހެން ކުއްޖާއަކީ ޑޮކްޓަރެއްކަން އަންގައިދެއެވެ. ފަރި ގޮތަކަށް ހިނގާލައިފައި ރިސެޕްޝަނަށް ގޮސް ޗެކް އިން ވުމަށްފަހު، އެ އަންހެން ކުއްޖާއަށް ޚާއްސަ ކޮށްފައިވާ ކެބިންއަށް ދިއުމަށް މިސްރާބު ޖެހިއެވެ.
**********
މެންދުރުގެ ހޫނު ވަގުތުގައިވެސް މާލޭގެ މަގުތައް ފެންނަނީ ހަލަބޮލި ކޮށެވެ. ފޯނު އެލާރމްވާ އަޑަށް ނިދިފައި އޮތް ނަވްޔާން ތެދުވީ ސިއްސައިގެންގޮހެވެ. އެލާރމް ނިއަވާލުމަށްފަހު ފޯނުގެގަޑި ބަލާލުމާއެކު ނަވަޔާންގ ެހަނދާނަށްއައީ އެއާރޕޯޓުން އައި ގޮތަށް ނިދުމުން މެންދުރު ނަމާދު ނުކުރެވޭކަމެވެ. ކަންނެތްކަމާއި އެކީ ނަވްޔާން ތެދުވީ ފެންވަރަން ދިއުމަށެވެ. އެ ކޮޓަރިއަށް ބަލާލުމުން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. މުޅި ކޮޓަރި ކަނޑުނޫކުލައިން ޒީނަތްތެރި ކުރެވިފައިވާއިރު، ފަރނީޗާރތައް ފަރުމާކުރެވިފައިވަނީ ހުދު ކުލައިންނެވެ. ކޮޓަރީގެ ކަނާތް ފަރާތު ފާރުގެ މެދުގައި ކިންގް ސައިޒްގެ އެނދެއް ބެހެއްޓިފައިވީއިރު، އެ އެނދުގެ ދެ ފަރާތުގައި ގެ ސައިޑް ކަބަޑް ބެހެއްޓިފައިވެއެވެ. ހަތަރު ދޮރުފަތުގެ އަލަމާރީގެ އިތުރުން އެ ތަނަވަސް ކޮޓަރިގައި އިށީންނުމަށް ދެ ސޯފާ ބެހެއްޓިފައިވެއެވެ. މީގެ އިތުރުން ނަވްޔާން މަސައްކަތްކުރުމަށް މޭޒަކާއި ގޮނޑިއެއް ބެހެއްޓިފައިވެއެވެ. ކޮޓަރި އިތުރަށް ފުރިހަމަ ކޮށްދެނީ އެއްފާރު އެއްކޮށް ބިއްލޫރި ކޮށްފައިވުމުންނެވެ. އަދި އެ ފާރުން ބެލަކަންޏަށް ނިކުމެވެން ދޮރެއް ހުރުމުން ހިތްގައިމު ކަމަށް ދައްކައެވެ. ނަވްޔާން ފެންވަރާ ނިމިގެން ރީތިވާންހުއްޓާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު، އަވަސްވެގަތީ ފޯނު ނެގުމަށެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ނަވްޔާންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ. “ހެލޯ…ބެސްޓް ބްރޯ…” ނަވްޔާން ފޯނު ނެގުމާއިއެކު ބުންޏެވެ.
**********
ނަވްޔާނަށް އެ ގުޅީ ކާކުބާވައެވެ؟ އެއީ ކާކު ކަން ހޯދެއްވުމަށް ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.


This part is amazing ❤️very curious to read the upcoming parts.. Good luck n stay safe ❤️❤️
Thnks kukky ?????… Will try my best…. Stay home ? n stay safe ❤️?❤️?❤️?
vrh reethi mi part ves..?? it’s beau..???hama ??????waiting for the nxt prt??stay home and stay safe.????take care gey darla??luv you a lots❤️❤️❤️❤️
Alheyyyy thnks sissooooo ??????… Stay home ? n stay safe…. Lysm???????
Readers, here is the 1st part of Kaireegaa hurelan adhu beynunvey ge… Hope u all will like it…. Mistakes faahaga kureveynama bunedhinun edhen… Both positive n negative comments are welcomed❤️❤️??… Stay home ? n stay safe ✨✨… Ly all????
❤️Hiiii sisoo❤️
❤️Mi part ves vrh Sali ❤️
❤️Masha Allah❤️
❤️Aley haadha happy family ekey dhw❤️
❤️And vrh curiouse ingey❤️
❤️I wounder who is navyaan talking to❤️
Waiting for the next part
❤️Luvvvv yyy❤️
❤️Stay safe ❤️
Heiii sissooooo… Alhey thnks nge v bodah?????????????????????????????…. Dhn balamaa dhw vaa gotheh…. Stay home ? n stay safe????????….
Lymmmmmmmmm??❤️????❤️?❤️?
Tc????✨✨✨✨
Loaby Varah hama salhi ey.. Hama waiting 4 the second part..
Thnks lwbieee?????????????????????????????????❤️❤️??????… Insha Allah v avahah kiyaalan libeyne…. Stay home ? n stay safe….
Lymmmmmmm??????????❤️?♥️♥️❣️????❤️?♥️
Alhyyy vrh vrh rythi mi part vx❤️ maasha Allah. Waiting for next part. Sisoo ehchekey hithah Naaruvahchy. Lilia ge nan vrh undhagoo kiyan?? vrh ehn kahala.ekm dhn huri nan thah vrh rythi Hama. Mi vaahaka vx vrh rythi Hama. Ahan ah rythi name thakeh dhn tha? Eenaal,Yanaal, vrh rythi ahan ah..Yanaal enme Ruthy❤️ ekm sisoo beynun name eh laa igeyy. Ehn kudhin ge Hiyaalei vx balaalaafa ❤️
Thnks dear???????????????…. Lilia aky frndeh buni name eh… Ehnve plus i ah rythi vaathy mi stry ga e name beynun kury… Will think bout it later ngey…. Hope u won’t mind…. Thnks v bodukoh nge???????????????????????…. Stay home ? n stay safe…. Ly♥️❤️???❣️??❤️?
Plus ehn kudhin ge hiyaaleh balaafa gotheh ninmaanan ngey dear…
Varah Varah Varah reethi ❤️?❤️?❤️?❤️
Maa sha Allah ❤️?❤️?❤️?❤️?❤️?❤️
Curiously waiting waiting for the next part ?❤️?❤️?❤️?❤️? love you❤️?❤️?❤️?❤️ take care ?❤️?❤️?❤️?❤️?
?❤️?❤️Stay home and stay safe ?❤️?
Alheyyyyy thnks livy?????????????????????????????????????…. insha Allah nxt part v avahah kiyaalan libeyne…. Wait kurahchey✨✨✨✨✨…. Stay home ? n stay safe…. Lysm??❣️?????????????❣️?❣️
Maasha Allah. Vaahaka varah Salhi ???waiting for the next part ??
Thnks Ryn ????❤️❤️…. Insha Allah v avahah second part kiyaalan libeyne…. Stay home ? n stay safe
1st part varah reethi ??
Waiting for the next part ??
Thnks zaakko ??????✨???✨?✨??❤️…. Dhn in part Insha Allah v avahah genesdheynan… Stay home ? n stay safe
Masha Allah varah reethi 1 prt igey ??♥️♥️? I think eiii hikal kahneyge igey ??? varah happy n maja family eh dhww ??♥️♥️ waiting for nxt ??? luv yah
TC stay safe
Thnks afu?????????????☺️??☺️????☺️????…. Hama haikal ah vx vedhaane…. Dhn balamaa vaa gotheh… Yhh v happy family eh eiee… Stay home ? n stay…. Ly???❤️
Lwbi lwbi readers?????????????????????????????☺️✨???… Next part Insha Allah friday ge kurin submit kuraanan…. Aslu school kankamu bxy vaathy knme dhuvahaku submit nukureveny… N swry for that???????????????… Hope u all will understand…. Stay home n stay safe ?…..
Luv ya all????❤️????♥️????????❤️?❤️?????????♥️??????❤️????♥️?…
Tc❤️????♥️….
In reply to Quiin’s pending comment, thnks dear??????????????❤️?❤️❤️??????♥️????… Next part submitted… Stay home ? n stay safe
In reply to blackpink’s pending comment, alheyyyyyy thnks dear big big koh??♥️?????♥️????♥️??????♥️????????????????????????????… Stay home ? n stay safe….
Lummmmmmmmmmmmmmmmmmmmmmm??❤️??♥️?❤️??????????❤️????
In reply to laiba’s pending comment, thnks laiba???????????????????????????????☺️?☺️… Dhn balamaa dhw navyaan ah gulhany kaakuthw next part in…. N nxt part submit kohfin… Stay home ? n stay safe…
In reply to eekko 11’s pending comment, thnks darll??☺️?☺️??☺️?☺️????????☺️☺️???????…Nxt part submit kohfin…. Stay home ? n stay safe…. Ly???❤️❤️???????♥️??????☺️??☺️??????
In reply to aphxxx’s pending comment, thnks sisssoooo v bodah???????????????????????????☺️??… Will try to correct the mistakes…. N thnks fr telling nge❤️♥️????????????…. Stay home ? n stay…. Ly♥️???♥️?☺️???♥️?♥️☺️?
In reply to daisy queen’s pending comment, thnks fr the comment plus for the help???????????????????☺️????????????????…. Nxt part submit kohfin…. Tc n ly??♥️?❤️❤️???????♥️❤️????????❤️???
I really love this part…. Hope you like my comment darl??… Keep it up… Ly❤️?????????????❣️