ރަތް ބޮކީގެ ފަނޑު އަލިކަމުގެތެރޭގައި ފެންނަމުންދިޔައީ ޝައިންގެ ހިތައްވެސް ނުގެނެވޭފަދަ އަޖައިބުކުރުވަނިވި މަންޒަރެކެވެ. ކޮޓަރީގެ އެކި ހިސާބުގައި އުއްބައްތި ޖަހާ ދިއްލާލައިފައިވާއިރު ކޮޓަރީގައިވާ އެއްޗެހީގެ ހިޔަނިތައް ނަށަމުން ދެއެވެ. އޭރު މޭޒު ދޮށުގައި ޝިބާން ހުއްޓިލައިގެން ހުއްޓެވެ. ހީވާގޮތުން ކާއެއްޗެހި ތާރުތީބުކުރަނީއެވެ. “އަޖައިބެއް… ނުވެސް ދަންނަ ނޭނގޭ މީހަކު މި ކުރަނީ ކީއް…. މީނައިގެ މަގުސަދަކީ ކޮބައިބާ؟ އަޅަކަށް ހަދަންބޭނުންވަނީ ކަން ނޭނގެ… ނޫނީ ގޮތް ބަލާލަން ބޭނުންވަނީ ކަމަށްވެސްވެދާނެ……” ޝައިންގެ ހަޔާތުގައި ފުރަތަމަ ފަހަރު އޭނާއަށް
ޓަކައި މީހަކު އެހާފުރިހަމަކޮށް ކަމެއް ކޮށްދިނުމުން އެ ހިތަށް އެތަކެއް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.
“އިޒް ދިސް ފޮރ މީ؟…” އެނގި ހުރެ ނޭނގޭ ކަމައް ހަދާފައި ޝައިން އަހާލިއެވެ.. ޝިބާން ދިޔައީ ސިއްސައިގެންނެވެ. ރަކި ހިނިތުންވެމެއް ތުންފަތައް ވެރިވިއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އޭރުވެސް ރުޅިވެރިކަމާއެކު ވާރޭތިކިތައް ފުރާޅުގައި ބޮސްދެމުންދިޔައެވެ. ޝިބާން މަޑު މަޑުން ގޮޑި ދަމާލާފައި ޝައިން މޫނަށް ބަލާލުމުން ޝައިން ގޮސް އެ ގޮޑީގައި އިށިންދުނެވެ. އޭރުވެސް ޝިބާން ހުރީ ޝައިންގެ ނޯކަރެއް ފަދައިން ކޮޅަށެވެ. ޝައިން މޭޒުމައްޗައް ބަލާލިއިރު 2ޕިއްޒާ އާއި 2 ސަބްމެރިން އަދި 2 ކޯކް ފުޅިއާއި ފެންފުޅިއެއް ހުއްޓެވެ. ބަނޑުހައި ވެފައި ހުރިނަމަވެސް އެއިން އެއްޗެއްގައި އަތްލާން ނުކެރުނީ ޝިބާން ހީކޮއްފާނެ އެއްޗެއް ނޭނގޭތީއެވެ. މަޑު މަޑުން އިސްޖެހުނީ ރަކިވެސް ވީތީއެވެ.
“ކިހިނެތްވީ؟ ކާއެއްޗެހި ކަމުނުދަނީތަ؟ ސޮރީ މިއީ އިޒާން މިތަނައް ގެނެއްސަހުރި ހުރި ކާއެއްޗެހި… އަޅެ ސޮރީ” ޝިބާންއަށް ޝައިން އިސްޖަހާލައިގެން އިނުމުން ދެރަވެލާައި ބުނެލިއެވެ. އެވަގުތު ޝައިން އިސްއުފުލާލައިފައިވެސް ހިމޭންވީ ޝިބާން ގެ ތޫނު ނަޒަރު އެއްވެސް ހުރަހެއްނެތި އޭނާއައް އަމާޒުވެފައިވާތީއެވެ. ކުއްލިއަކައް ޝައިންގެ މުޅި ހަށިގަނޑު ފިނިވެ ނޭވާކުރުވާގޮތްވިއެވެ. އުމުރުން 19 އަހަރު ވީއިރު އެތައްބަޔަކައް އޭނާފެނި އޭނާއަށް އެތައްބައެއް ފެނިއްޖެއެވެ. ނަމަވެސް މިރޭ އޭނާއަށް މި ވީ ގޮތްތަކެއްނުވެއެވެ. ޝިބާން އައްވެސް ވީ އެވަރެވެ. ތަފާތަކީ ޝައިންހެން ގިނަ މީސްމީހުން ގާތައް ނުދާކަމެވެ. ބޭއިޙްތިޔާރުގައި ޝައިންއަށް ބޯހޫރާލެވުނީ ހިތައް އަރަމުން ދިޔައެތި ބޮޑުވެ ބޮލައް އުދަނގޫވާން ފެށުމުންނެވެ. މި މަންޒަރު ފެނި ޝިބާންއަށް މަޖާވިއެވެ.
“އޯކޭ ކަމުނުދިޔަސް ދެން މިފަހަރު ކާލާ ޕްލީޒް….. އެނގޭ…” ދެންވެސް ވާހަކަ ދެއްކީ ޝިބާންއެވެ. ޝައިން ވަގުތުން ބޮލުގެއިޝާރާތުން އާއެކޭބުނެލިއެވެ. “ހެހެހެހެ… ހެހެހެ.. މިރޭ މިއީ ހެޑް ޓޯލްކް ނައިޓެއްތަ؟ މުޅިންވެސް ބޮލުގެ އިޝާރާތުން ތި ވާހަކަ ދައްކަނީ… ނޫނީ މިއުޓް ވީތަ؟” ޝިބާން މަޖާވެލާފައި ބުނެލިއެވެ. “އެޔެއް ނޫނޭ… ފުރަތަމަ ފެނުމާއެކު އެންމެން ތެރެއިން އަހަރެން ފާހަގަ ކުރަން އެގުނީ ކިހިނެތްތަ؟ އަދި ނަން އެނގުނީ ކިހިނެތްތަ؟..” ޝިބާން ކަމެއް ހަދާންވެގެންކަހަލަ ގޮތަކަށް އަހާލިއެވެ. “އިޒާން ބުނީމަ އެނގުނީ… އިޒާންއެއީ އަހަރުމެންގެ ބޮސް.. ޝައިންއަށް އިޒާން ވަރަށް ރަނގަޅު…. އިޒާން ބުނި އޭނަގެ ބައިވަރު ރައްޓެހި ކުދިން އަންނަ ވާހަކަ އަދި އެންމެ ހާއްސަ މެހެމާނަކަށް އަންނަނީ އޭނަގެ ބޭބެ އެއްކަމައްވެސްބުނި…. ނަމަކީ ޝިބާންކަންވެސް ބުނި… ދެން ޝިބާން ސޯފާގައި އިންދަ ފެނިގެން ދައްކާފަ ބުނީ އެއީ އޭ ޝިބާން.. ދާށޭ… ސޯ ދެޓް ވޯސް ދި ސްޓޯރީ” ޝައިން ކަންވެދިޔަ ގޮތް ކިޔާލަ ދިނެވެ.
ޝިބާންއަށް އޭނާގެ ނަން ޝައިން އަށް އެނގުނުގޮތް އޮޅުންފިލިއިރު އިޒާން ހަށިވިއަކާ ކުދިންނާ ގުޅުން ބާއްވާކަން އެނގުމުން އެތަކެއް ސުވާލެއް ހިތުގައި އުފެދެމުންދިޔައެވެ. ނަމައެސް އެ ސުވާލުތައް ހިތުގައި ފޮރުވާލުމައްފަހު ކާއެއްޗެއްސައް އިނަސާފުކުރަންފެށިއެވެ. އެރޭ ނިމިގެންދިޔައީ ޝައިން އާއި ޝިބާންއާއި ދެމެދު އެއްވެސް ކަމެއް ނުހިގައެވެ. ކުޑަމިނުން ގޯސްނިޔަތެއްގައި ޝިބާންގެ އިގިލިކުރިވެސް ޝައިން ގައިގައި ބީހިލާފައިނެތެވެ.
**********ހަފްތާއެއް ފަސް************
އެރެއަށްފަހު ޝިބާން ހުންނަނީ އަބަދުހެން ޝައިންއާއި ބައްދަލު ކުރަން ބޭނުނަވެފައެވެ. ނަމަވެސް ޝައިންގެ ހަބަރެއް ނުވާތާނގައި ހަބަރު ބެލޭނެ ގޮތެއްވެސް ނެތެވެ. އިޒާން ގާތައްދާން ހިތައް އަރާފަވެސް ފަސްޖެހެނީ އިޒާން ގޯސްގޮތަކަށް ވިސްނަފާނެތީއެވެ. ނަމަވެސް ވިސްނާ ވިސްނާ ބޯ ގޮވި އިރުވެސް ޝައިންއާއި ދިމާވާނެ އިތުރު ގޮތެއް ނެތީތީވެ އިޒާންގާތު އެވާހަކަ ދެއްކުމަށް އޭނާގެ ކޮޓަރިއައް ދިޔައެވެ.
ކޮޓަރި ހުޅުވާލުމާއެކު ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އިޒާންަފަދަ ތަރުތީބައް ލޯބިކުރާކުއްޖެއްގެ ކޮޓަރީގެ ތަރުތީބުވާނީ މުޅިން ގެއްލިފައެވެ. ފެންނަ ފެނުމައް ހީވަނީ ކުޑަވަރެއްގެ ތުފާނެއް އަރާފައި އޮތްހެނެވެ. ސޯފާގައި އަންނައުނުތައް ބޮޑިވެފައި ހުރި އިރު ދެތިން ފޮތެއް ޓައިލްސް މަތީގައި އޮތެވެ. އެނދުގެ ބްލޭންކެޓްއިން ބައެއް އެނދުން ބޭރައް ކެހިފައި އޮތްއިރު ބާލިސްތައްވެސް އެއްވެސް ތަރުތީބެއްނެތި ހުއްޓެވެ. އެނދުގެ މެދެއްހާ ހިސާބު ލެޕްޓޮޕް ބައިންދާލައިައި އިންއިރު އޭގެ ކައިރީ ކުރަހަން ގެންގުޅޭވައްތަރުގެ ފޮތެއްވެސް އޮތެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ކޮޓަރިއަށް ވަންނަން ނިންމި އިރު ޝިބާންގެ ހިތްތެޅެއެވެ.. ކެތްކޮއްލާފައި އެތެރެއައްވަންނަން ހިގައިގަތްވަގުތު ޓެރަހުން ނިކުމެގެން އިޒާން ކޮޓަރިއައް ވަންނަނީއެވެ. އިޒާން އަށް ޝިބާންފެނި ސިހުމެއްލިބުނުކަން ޝިބާންއައް ފާހަގަވިއެވެ. ނަމަވެސް މާބޮޑުކަމަކަށް އެކަން ނުހަދައި ދޫކޮއްލީ އޭނާ ދައްކަން އައިސްހުރި ވާހަކައިގެ ބޮޑުކަމުންނެވެ. ވާހަކަ ފަށާނެ ގޮތެއް ނޭނގި އިޒާން މޫނައް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރުކަމެއް ހުދު ޝިބާން އައްވެސް ނޭނގެއެވެ.
“ހެލޯ….. ބްރޯ… ކޮންކަމަކައް ގެއްލި ހުސްވެފަ.. އާރ ޔޫ އޯލަ ރައިޓް” ޝިބާން އަށް ސިހިފައި ހޭވެރިކަން ވީ އިޒާން އައިސް އޭނައިގެ ކުރިމަތީހުރެ ފުއްޓަތްކެއް ޖަހާލުމައްފަހު ވާހަކަ ދެއްކުމުންނެވެ. ” ހެހެ.. ހެ.. ހެހެހެ… ހިނގާބަ ކޮފި އަކަށް ދާން.. ފޫހިވާ ވަރުން މިއުޅެނީ” އެންމެ ފަހުން ގޮތްހުސްވެގެން އެންމެ އަވަހަށް ހިތައްއެރި ވާހަކަ ދުލުގެ ޒަރިއްޔާއިން ބޭރުކޮއްލިއެވެ. އިޒާން އޯކޭ އޭ ބުނެ 5 މިނިޓް ތެރޭ ނިކުތްއިރު ޝިބާން އިނީ އޭނާގެ އިންތިޒާރުގައެވެ.. ދެމީހުން ސައިކަލައް އަރައި މިސްރާބް ޖަހާލީ ސީހައުސްއާއި ދިމާލަށްށެވެ. ސީހައުސް ދޮރުން ވަދެގެން މޭޒެއް ކައިރީ އިށިންނަންދެން އެމީހުން ދެމީހުނަށް އެންމެންގެ ނަޒަރު ހުޓިފައިވެއެވެ. އެކަމާ ޝިބާން ފޫހިވިނަމަވެސް އިޒާން އިނީ ބޮޑާވެފައެވެ. މޭޒުގައި އިށިންދެ މިނެޓެއްނުއެ ވެއިޓަރ މީހާ މެނޫ ހިފައިގެން އަތުވެއްޖެއެވެ. ދެމީހުން ކޮފީއަކައް އޯޑަރ ދިނުމައްފަހު އެކި ވާހަކަ ތަކުގައި މަސްއޫލުވިއެވެ. ޝިބާންގެ ކިޔެއުމުގެ ދުވަސްވަރުގެ ވާހަކައިގެ އިތުރުން އިޒާންގެ ބިޒްނަސް ގެ ވާހަކަ އަށް ދަންދެނެވެ. ވާހަކަ ދައްކަމުންގޮސް ޝިބާން ހިމޭން ވުމުން އިޒާންވެސް ވާހަކަ ހުއްޓާލިއެވެ. ” ހެއި… އިޒާން.. ކޮބާތަ އެއްކަލަ ރޭ އައި ކުއްޖާ.. އެރެއައްފަހު ފެނިވެސް ނުލާ…” މޫނުމަތިނަ ހަމަޖެހޭގޮތް ދައްކާލަމުން ޝިބާން ހިތުގައިއޮތް ސުވާލް ހާމަކޮއްލިއެވެ. ޝިބާންގެ ހިތް ރޯ މަހެއްހެން ތެޅި ތެޅި އޮތްއިރު ނިންމަތިން ކަންބޮޑުވުމުގެ އަލާމާތްތައް ފެންނަމުނަދިޔައެވެ.
” ހޫމް.. ޝައިން ދޯ.. ނޭނގެ .. އެރޭފަހުން އަދި ހަބަރެއް ނުވޭ.. މަ ބިޒީކަމުން ގުޅާވެސް ނުލެވިގެން މިއުޅެނީ” އިޒާން ބުނެލިއެވެ. ޝިބާން އިނީ މާޔޫސްވެފައެވެ. އެރެއައްފަހު އިޒާންއަށްވެސް ޝައިންގެ އެއްވެސް ހަބަރެއް ނުވާކަން އެގުމުން މުޅި މީހާގެ ތަބިއްޔަތު ގޯސްވެއްޖެއެވެ.
” ބްރޯ އަޅެ ގުޅާލަބަލަ.. ވީގޮތެއްވެސް އޭރުން އެނގިދާނެ.. އަނެއްކާ ފޯލް ނުވައްޗޭ.. އެކަހަލަ ކުދިން ވަރަށް މޮޅުވާނެ އަތުއަޅުވާލަން..” އިޒާން މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. އޭރު ވެއިޓަރ މީހާ ބިލް ގެނެސްދީފިއެވެ. ” ނޫން … ޝައިން ހިޔެއްނުވެ އެކަހަލަ ކުޖެއްހެން… އެހެން ނޫނަސް އެއްވެސް މައުލޫމާތެއް ނޭނގޭއިރު ދެން ކޮން ފޯލްއެއްވާނީ” ޝިބާން ނުރުހުންވެ ހުރެވެސް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ތެދުވެ ބިލަށް ފައިސާ ދެއަކުމައްފަހު ހިނގައިގަތީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
އެހާވަރުން އިޒާން ކޮފީއައް ގެނައުމުގެ މަގްސަދުވެސް ފުރިހަމަވީއެވެ. ޝައިންގެ ނަންބަރު ލިބުމުން ބުނެދޭން ނޭނގޭކަހަލަ އުފާވެރިކަމެއްޝިބާންގެ ހިތަށްވެރިވިއެވެ. އެހާ އަވަހަށް އެހާބޮޑު ކުރިއެރުމެއް ލިބުމުން ޝިބާން ހުރީ ގަބޫލްކުރަންވެސް ދަތިވެފައެވެ. މަގްރިބަ ނަމާދު ކޮއްލައިގެން ޝިބާން އައިގޮތައް އައިސްވަނީ ކޮޓަރިއައްށެވެ.. އެނދުގައި ބަނޑު ވަތައް އޮށޯއްވެލުމައްފަހު ފޯނުނަގައި ނަންބަރަކައް ޑައެލް ކޮއްލިއެވެ. ދެތިންފަހަރު ރިންގުވުމަށްފަހު ފޯނު ކެނޑިއްޖެއެވެ. ނަމަވެސް ދެވަނަ ފަހަރު ގުޅާލުމާއެކު ފޯނުނެގިއެވެ. ” ހެލޯ… ޝައިނަ އެޖެންސީ… ކިހިނެތްތޯވީ؟ ކިތައް ރޭ ތޯ؟ ކިތައް ގަޑި އިރު ތޯ؟ ކާކުތޯ ބޭނުނަވަނީ… ސީމާ، ސޯނިޔާ، ރުހޭދާ ނޫނީ ޝައިންތަ؟” ފޯނު ނެގިމީހާ ޝިބާންއަށް ވާހަކަ ދެއްކުމަށް ފުރުސަތެއްނުދީ އެއް ނޭވާއިން ފަތިވަރު އަމުނާލިއެވެ. ކެފޭއެއްގެ މެނޫ ކިޔާދެން ހުންނަ މީހާވެސް އެހާ ފަރިތައެއް ނުވާނެއެވެ. “ޝައިން” ޝިބާންއަށް ލިބުނު ހައިރާންކަމާއެކު ބުނެވުނީ ހަމައެކަނި އެހެންނެވެ.
އެކޮޅުނަ ވާހަކަ ދެއްކި މީހާ މަޑުކޮއްލުމައް އެދުމައްފަހު ދިޔައީފޯން ހޯލްޑައްވެސް ލައިގެންނެވެ. ” ހެލޯ… ޝައިން ވާހަކަ ދައްކަނީ” މިނެޓެއްވެސް ނުވެ ދެންއިވުނީ ޝައިންގެ އަޑެވެ. ޝިބާން އެންމެ އަހާލަން ބޭނުންވި އަޑު އިވުމާއެކު މީހާ ގަނޑުވި ކަހަލައެވެ. ” ހެލޯ… ކާކުތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ… މަށަކައް ބޭކާރު ކުރަން ވަގުތެއްނެތް.. ވާހަކަ ނުދައްކަންޏާ ބާއްވަނީ” ދެންވެސް ވާހަކަ ދެއްކީ ޝައިންއެވެ. ” މި… މީ.. ޝިބާން” ޝިބާން އަށް ބުނެވުނީ ހަމައެކަނި އެހެނެވެ. ” ޝިބާން ކިހިނެތް ވީ… ކާކު ނަންބަރު ދިނީ… އެހެން ނޫނަސް ތިއީ މިކަހަލަ ތަންތަނަށް ގުޅާވަރައްވުރެ ރަގަޅު މީހެއްނު…” މިފަހަރު ޝައިނަ ވާހަކަ ދެއްކިގޮތުން އޭނާ ވާހަކަ ދެއްކީ މީހަކަށް އަޑު އިވިދާނެތީ ސިއްރުންކަން ޝިބާން ދެނެގަތެވެ. ޝިބާންވެސް ސިއްރުން ބައްދަލުކޮއްލަން ބޭނުންވާ ވާހަކަ ބުނުމުން ޝައިނަ ގާތަށް ހިނިއައެވެ. ޝާއިން ބައްދަލުކުރަން ދާންވީ ތަނާއި ގަޑި އެހުމުން ޝިބާން އަވަސް އަވަހަށް ސުނާމީ ބިނާގެ ންނަ ބުނެލީ އެއީ އޭނާއަށް ޝައިން ފުރަތަމަ ފެނުނު ތަނަކީ ސުނާމީ ބިނާ ކަމުގައި ވާތީއެވެ. ޝައިން “އޯކޭ” އޭ ބުނެ ފޯނު ކަނޑާލުމުން ޝިބާންގެ ތުންފަތް މައްޗައް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.
ޝިބާން ފުން ވިސްނުމެއްގައި އޮއްވައި އިޝާ ނަމާދު ބަންގި ގޮވުމުން ތެދުވެގެންގޮސް ނަމާދުކުރުމައްފަހު ކައިގެން އެނދަށްއެރީ ޝައިންގެ ފޮތް އަތަށް ނަގައިގެންނެވެ. ޝައިން އަތަށް އެ ފޮތް ހަވާލުކުރުމުގެ ކުރިން އޭގައި ދެން އޮތް އެއްޗެއްވެސް ކިޔާލަން ބޭނުންވީއެވެ. ބާލިސްނަގައި އެނދުގެ ބޯލާކޮޅުގައި ލައްގާލުމައްފަހު ލެނގިލިއެވެ. އަދި އެ ފޮތް ހުޅުވާލިއެވެ. *************ނުނިމޭ*************
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.


Alheyy dhn mikncheh tyha
Koanche hadhafa mihiry
Alhey mi vahaka ge mi prt ah kihineh hadhadhafa… plxxx rangalhu khba… kiyaa hithuh keh madhu wefa….
mibai kiyaanee hikiheneh
Alhey kihineh Hadhaafatha Kiyaahithun thihba….. pis pis Avahah ragalhu kohfa up kohdhy br plx plx
ހުރިހައި ކުދިން ވޯރޑްއަށް ކޮޕީކޮށްލާފަ ކިޔާލަބަ.
ma kiyaifin … opera mini in…. he he he… v nice…diary ge nunimi oiy ba v kiya hiy vey…avahah up kh dheh chey…pls…pls
ibbu ibrahim mee kon kaameh kaley ah liyan neygeythi j vani dho
meehunge privacy araiganna goiy vanyoa ibu ibrahim kaleyah kamu nudhanyaa nukeema nimuny ehnu goruhendigen keeh vetha thi auguraana govanyyy
alhedhen mi kihaadherakameh kaakutha mi maavarakah fuhpany bandu dhiyaavegen alhey writer be strong ingey 😛 chill ekalaha hayaaikuda meehun ulhene konmethanehgaves
Alhe nukiyunenukiyuney.
mi varah salhi vaahaka eh and plzz mikahala ehchesah komment kuraairu nubai ehchehi nugovabala emmenah naseyhaiyy therivan
Kommeves kujjaku bunedhyba kiyekiyeyne gotheh. Plzzz
Shaaai masha mi vahaka kiyene goh hadhaala dhybala
thank you shaxu n asluwes i don’t mind.. meehaku kiyaahaa ehchakaa wegen kihineii ulheynee dhw… hehehe
mimmi and black shaai mi try kuranee ragalhu kohlan… iraada kurehwiyya warah awahah kiyeynegoii hadhaala dheynan… insha allah
now hurihaa kudhinnahwes kiyeyne.. ok enjoy…
mee hama v habeys vaahakaeh mujuthamau gaa higaa kanthahthah good luk liyaa kuhjjaa ah
thank you mary… 🙂
varah kuhgina vaahakaeh mee
varah kuhgina vaahakaeh mee
story liyaa kuhjaa ah vedhun… mi story v reethi…kuriyah huri part thah vess v reethi vaane hen heevey…kon irakun next part up vaany.. v avahah upkohdhehcheyy..its a humble request.
ey ey bala mi kaakutha mithaa hure moyavani dhen undhagulakah vejjehnu ajaibeh nuvaane mithanun alahaiganegen nunehtigen mi ulheni kaakutha kon ibu eh !!tha
mi hama habeys storyy true love …… all the best writer 😛
Wow .. v nice… bt diary ga aneh part warah awahah up khlaba… n v nice this stry…
thank you everyone… insha allah warah awahah upwaane… hurihaa kudinge coment ah wes thnxx… i knw v kuh gina kan n shaai balaanan ekanthah ragalhu kureweytho…
to ibu iburahim
shaai mi story mi liyanee konmehen meehakah hasadaeh owegen meehakaa jahsaalakah noon.. it is my hobby.. shaai akah hama ehgothakahwes nuwisney thihaawarah shaai dheke rulhi ahnan jehey sababeh… so shaai ah heewanee ragalhuwaanee story nukiyihyaahen
… ewwes kujakah majubooreh noon story kiyaakah… and one thing if u gonna stop me to write this story so i want tell u that i will write this story till the end.. thank you 🙂
Ibu heekurany ibu ekani kamatha thi vatharah vaakadhekeniy n thikamunvs fenany thimaage ahulhaagu fenvaru furathamaves thibyfulhaa islhaahuvy dhen ehn meehunaa dhimaalha igilhi dhikuraany adhivs thimaage ahulhaagen ney iruvs maa fubaafa miulhany thimaavareh nethigen ibu ge wife hunaanehnu bondhy dhinymavy yenu hehehe :p anekaamihen bunyma magey kaalhaanyyenu hyvy mi comt kiyaafa ibu vvvvv rulhi anaanehen ooops sorry ibu maseh nukiyan :p hehehehe kadavaane mabiru gany ibu dheke hama hini anany
Ibu heekurany ibu ekani kamatha thi vatharah vaakadhekeniy n thikamunvs fenany thimaage ahulhaagu fenvaru furathamaves thibyfulhaa islhaahuvy dhen ehn meehunaa dhimaalha igilhi dhikuraany adhivs thimaage ahulhaagen ney iruvs maa fubaafa miulhany thimaavareh nethigen ibu ge wife hunaanehnu bondhy dhinymavy yenu hehehe :p anekaamihen bunyma magey kaalhaanyyenu hyvy mi comt kiyaafa ibu vvvvv rulhi anaanehen ooops sorry ibu maseh nukiyan :p hehehehe kadavaane mabiru gany ibu dheke hama hini anany midhenkaaku
Ibu midhen kaaku maafubaigen miulhany thimaa vareh nethigen miulhany meenahithun meedhen maa mulhumeehe
beautiful story Ibu remiind ur language kudakudhin ves mi site in vaahaka kiyaa
ibu allah ah biruvethui vebala thi kiya ehcheh sah faafa libeyny mashah noony Shaai akah noon hama ibu ah Shaai gud luck story nimmaathi ibu aibraahim akah noon ingeyny shaai story ninman vyma
Hehehehehe ibu kadavy tha mihaarudhen ibu dheke birun misiteun bruvymi heheh fuhbaafa hunah jehyny hehehehe hama hinianany:p
shine ah hama saabas… myhaku konmme ehccheh kiyya aharunnah kn kameh…. ekahala myhun ves ulheyne…maa fuppaafa thimaa caruge myheh nethigen….avaguraana govey iru ves eyna akah neynge…vodigen vaa faraatheh ves vaa kamah gaboolu nukuranyaa ehen ves vaane… ekahala myhun ulheyny than than fasaada kuran athukuri olha laigen… faadu faadah anga aruvaane kameh neiyyy… plxxxx mind ur language…. ibu what ever…..
anyway shaai mi part ves v reeti…. next part avahah up kohlla dehcchey…. myhaku konmme ehccheh kiyas alhaa laane kameh neiy… ekudin e thibeny hindukolhu aisa
allah ibu ah heyo visnun devvashi…. aameen
amen
Ameen
thank you july n every one.. shaai mind eh nukuran ewwes kamakaa… n isha allah warah awhah next part up kuraanan… once again thank you 🙂
kobaahey kobaahey magey lobi shain. maa dhurugaavaa shaai ge hithugaa. hehehe
vvvvvvv cool
smaalukamahtakaa bunelan shahidha ge namuga comment kohfa e inee shine eh noon…eee hama reader eh….shine ah fenuneema mibunelee ok….dnt be misunderstanding…..shine misitah comment kuranya kuraany “shine” ge namuga….olhuvaanulaathi ehves beyfulhaku….
konkahala vaahakeh taakun thaakun nujehey hee kurany kaneyge meehakaa ehkoh badhu ahulaagy mamazu hingaa vaahakaehliyuneema hithun varah molhu kamekey dhen anehehn sifakurun rangalgu …….
This story is nice, keep it up.. n upload nxt part soon.. waitinggg
meee stryehthrrr ….vvvvvvvvv foohi…n v baby styleh mee dhn…….
konme meehaku konme ehchekey kiyas this stoey is hama habeys