Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންދީނީ

މާޔޫސްވުމުގެކުރިން – 02 – ފަހުބައި

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 8, 2020 3 Mins Read
19 Comments

– “ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިވަނީ މާޔޫސްވެފައި. ދިރިއުޅުމާއި މެދު އުންމީދުގެއްލިފައި. އަހަރެންކުރި ފާފައިގެ ޖަޒާ ދުނިޔެމަތިން ދައްކަވައިފި. އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ. ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ. ކާކު އަހަރެން ކަހަލަ މީހަކަށް މަޢާފު ދޭނީ؟ ކާކު އަހަރެން ބަލައިގަންނާނީ؟ ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކަ ހަތަރުކަޅި ހަމަކުރާނީ؟ އަހަރެން މިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބުގެއްލި ހުންގާނު އަނބުރާލާނެ މަންޒިލެއް ނޭންގިފައި. ކޮންމެ އައްސޭރިޔަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން ދާނީ އަނދަމުން. ނޭވާލިއެއްކަމަކު އަހަރެން މިޔަދު މިވަނީ އެތެރެއިން މަރުވެފައި. ދިރިއުޅުމުގެ ހުޅުކޮޅު މިވަނީ ނިވިފައި. އެ ދިއްލާލަދޭނެ މީހަކު ނުވާނެ. އަހަރެން މިވަނީ މުޅިން މާޔޫސްވެފައި. ” ގިސްލަގިސްލާފައި ނުވެސް ދަންނަ އެ މުސްކުޅި ބޭބެ ކައިރީގައި ޒަޔާންއަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ. އެމުސްކުޅި އާރެއް ބާރެއްނެތް ބޭބެއަށްވުރެވެސް މިޔަދު ޒަޔާންވީ ބަލިކަށިވެފައެވެ. –

“ކޮއިފުޅާ. ދިރިއުޅުމުގައި ކޮންމެފަދަ ކަމެއްވެސް ދިމާވެތާނެ. މިއީ ވަގުތީ ދިރިއުޅުމެއް. މިތަނުގައި ކުރިމަތިވާނީ ހުސް އިމްތިޙާނުތަކާއި. ދަރިފުޅަށްވެސް ދިވަނީ އިމްތިޙާނަކާއި ކުރިމަތިކުރައްވާގައި. މާތް ﷲ އެކަލާންގެ އަޅުންނަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ. ހިތްވަރުކުރޭ! މާޔޫސްނުވޭ! މިދުނިޔޭގެ މީހުން ބުނެފާނެ އެއްޗަކާމެދު މަޔޫސްނުވެ ކުރިކަމެއްވިއްޔާ ތެދުބަހުން ގޮސް އެކަމަށް އިޢުތިރާފުވޭ. އޭރުން ތި ހިތަށް ކުޑަނަމަވެސް، ހަމަޖެހިމެއް ލިބިދާނެ. މާޔޫސްވުމުގެ ކުރިން އިޙްލާސްތެރިކަމާއެކު މާތް ﷲ ގެ ކިބައިން ތިބާގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ދުޢާކުރޭ. މާޔޫސްވުމުގެ ކުރިން ތަޢުބާވޭ. ” ހިތްވަރުދިނުމުގެ ގޮތުން އެ މުސްކުޅި ބޭބެ ޒަޔާންގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ. އެވަގުތު އެ ބޭބޭގެ ދެލޮލުން ކަރުނަ ހިލުނުތަން ޒަޔާން ދުއްޓެވެ.

“ބޭބޭއަށް ކިޔަނީ ޔާސީން. ބޭބެއަށް އެނގޭ ޒަޔާންކަން ބޭބެގެ ފަސް އަހަރުގެ ދަރިފުޅު މަރާލީ. އެކަމު ބޭބެ އުފަވެއްޖެ ޒަޔާންއަށް ހެޔޮވިސްނުން ދެއްވިތީ. އަލްޙަމްދުﷲ. ބޭބެގެ އޮތީ އެންމެ އެދުމެއް ޒަޔާން. ހަމަ އެންމެ އެދުމެއް. ތެދުބަހުން ޒަޔާން ކުރިހާ ކުރި ހުރިހާ ކަމެއް ކޯތަށްގޮސް ބުނެ އެކަމުގެ އަދަބު ލިބިގަތުން. ބޭބެ ދަރިފުޅަށް މަޢާފުކޮށްފިން. ހެޔޮވިސްނި ކުރެވުނީ ނުބައިކަމެއްކަން އެނގުމުން ބޭބެގެ ހިތަށް ހަމަޖެހުންލިބިއްޖެ. ” ޔާސީން އެހެން ބުނިއިރު ޒަޔާންގެ ނަފުސަށް ލިބުނީ ޙައިރާންކަމެވެ. އެ ބޭބެ އޭނަކުރި ކަންތަކާއި ބަލާފައި އެހާ ކުޑަކުޑަ ކަމަކަށް އޭނާގެ ފަރާތުން އެދެމުންނެވެ. އެ ބޭބެގެ ކުޑަ މަޢުސޫމު ދަރިފުޅު ޤަތުލުކުރި މީހާކަން އެނގިހުރެ ހެޔޮހިތުން މަޢާފަށް އެދުމުންނެވެ. އެހާ ހެޔޮ މީހުންވެސް ދުނިޔޭގައި އުޅޭހެއްޔޭ ޒަޔާންގެ ހިތަށް އެރިއެވެ. ބޮޑު ހިތެއްގެ ވެރިއެކެވެ. އެވަގުތު ޒަޔާން އޭނާ ކުރި ކުށުގެ އަދަބު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށް އަޒުމުކަނޑައެޅިއެވެ. ނޭވާލާހާ ހިނދަކު މި ނިންމުމަށް ބަދަލެއްނުގެނައުމަށް ޒަޔާން އަމިއްލަ ނަފުސާއި ވަޢުދުވިއެވެ.

މެންދުރު ނަމާދު ބަންގީގެ އަޑުއިވުމުން ޔާސީން އެދުނީ ޒަޔާން އޭނާއާއި އެކުގައި ނަމާދުކުރުމަށް އައުމަށެވެ.

“ބޭބެ އިހަށްދޭ. އަޅުގަނޑު އެބަ ދަން ހަމަޖެހިލައިގެން. ” ބޯޖަހާލާފައި ޔާސީން ދިއުމުން ޒަޔާން ފުންނޭވާއެއްލީ ނަފުސު ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެވެ. ހިތަށް ލިބިފައިވާ ކުޑަ ހިތްހަމަޖެހުމާއިއެކު މަޑު ހިންގުމެއްގައި ޒަޔާން ގޮސް މިސްކިތަށް ވަނެވެ. ކިތަށް އަހަރުފަހުންކަމެއްވެސް ނޭނގެއެވެ. ވުޞޫކޮށްލައިގެން ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ހަށަންބަނެވެ. ފަހު ރަކުޢަތަށް ދިޔައިރު ޒަޔާންއަށް ގިސްލަގިސްލާފައި ރޮވުނެވެ. އުޅެވުނު ހުރިހާ ގޮތެއް ހަނދާންވުމާއެކު ދެލޮލުން ކަރުނަ ފޭދުނެވެ. މާތް ﷲގެ ކިބައިން ފާފަ ފުއްސަވާތޯ އެތަށްފަހަރަކު ދުޢާ ކުރެވުނެވެ. ސައިޖައަށް ދިޔަތަނާ ޒަޔާންގެ ހެޔަށް ގޮތެއްވިއެވެ.

**

ސަޖިދައިގައި އޮތްގޮތަށް ޒަޔާން އޮތުމުން އެންމެންވެސް ނަމާދުކށްނިމި ސަލާމްދިނުމަށްފަހު ޒަޔާންއާ ގާތްވެލިއެވެ. އެ ޒުވާނާގެ ވޭނީ ގިސްލުމުގެ އަޑު ކައިރީގައި ތބި މީހުންނަށްވެސް އިވުނެވެ. އެ ރުއިމުގައިވީ ވޭން އިޙުސާސްކުރެވުމުން ކައިރީގައިތިބި މީހުންގެ ލޮލުންވެސް ކަރުނަހިލުނެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެންކަހަލަ ގޮތަކަށް ގޮސް ޒަޔާން ކައިރީގައި ހުއްޓުނު ޔާސީން ނިކަން އަވަހަށް ޒަލަފްގެ ނަމުން ގޮވާލިނަމަވެސް، ޙަބަރެއް ނުވުމުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ. މަޑުމަޑުން ގޮސް ޒަޔާންގެ ގައިގައި އަތް ޖައްސާލުމާއެކު ޒަޔާންގެ ފުރާނަނެތް ހަށިގަނޑު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. މާތްކަލާކޯއެވެ! ހިތާމަހުއްޓެވެ. އެވަގުތު ބައެއް މީހުންނަށް ސުބުޙާނައްﷲ އޭ ބުނެވުނެވެ.

“ސުބުޙާނައްﷲ ” ތުންފަތުގައި ޝަހާރަތް އިނގިލި ޖައްސާލަމުން ޔާސީންއަށް ބުނެލެވުނެވެ. ހިތާމަވެރި މަންޒަރެކެވެ. ނަމަވެސް ތަޢުބާވުމާއެކުހެން ވެރި އިލާހު އެ ފުރާނަ ގެންދެވީ ސާފުކަންމަތީގައެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެއެވެ. ވަގުތުއައިސް ޖެހުމުން ލަހެއްފަހެއް ނޯންނާނެއެވެ. އެކަމެއްވެ ނިމޭނެއެވެ.

އިހަކަށްދުވަހު ބޮޑާވެ ކިބުރުވެރިކަމާއި އާރާއި ބާރަކީ ކޯއްޗެއްކަން އެހެން މީހުންނަށް ދައްކައިދޭން އުޅުނު ޒަޔާން މިޔަދުވަނީ އާރެއް ބާރެއްނެތި ވެލީގެދާނުގައި ނިދާލާފައެވެ. ނަމަވެސް ޝުކުރުހުއްޓެވެ. މަރުވުމުގެކުރިން އޭނާއަށް ހެޔޮވިސްނުން ލިބި ތަޢުބާވުމުންނެވެ. ވަޅުލުމުގެ ޖަނާޒާގައި ޒަޔާންގެ ބޭބެމެންވެސް ބައިވެރިވިއެވެ. ޒަޔާންއަށް އެހެން ދިމާވުމުން އެމީހުން ތިބީ ނުހަނު ދެރަވެފައެވެ. ރުޅިއިސްކުރެވުނަސް، އެމީހުންތިބީ ޒަޔާންއަށް އިތުރު ފުރުސަތެއް ދޭން ނިންމައިގެންނެވެ. މަންމަ އެމީހުނާއި ވަކިވުމަށްފަހުގައި ޒަޔާންވެސް އެމީހުންނާއި ވަކިވުމުން އަޑު ވީއްލާރުއެވެ.

ނަމަވެސް، ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ މި ހިތި އިމްތިޙާނުން ފާސްވުމުގެ ބޭނުމުގައެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިނަމަވެސްމެއެވެ. މީހުންގެ ވިހަ ބަސްތަކާއި ކުރިމަތިލަމުންނެވެ. ދިރިއުޅުމުގއިވާ ގޮންޖެހުންތަށް ހައްލުުރަން މަސައްކަތްކުރަމުންނެވެ.

***

އެއްވެސް މީހަކު މާޔޫސްނުވާށެވެ. ދުނިޔޭގެ ލަދާއި ގަދަރަށް ވިސްނައިގެން ވާނެފައިދާއެއްނެތެވެ. އެކެއް އަނެކަކަށް ބާރާއި ނުފޫޒު ދެއްކުމުގެ ބަދަލު ހިތްހެޔޮ ހިނިތުންވުމެއް ބައްދަލުކޮށް ތިބާގެ އަޙުތުންނަށް ހިތްޔެހޮކަމާއެކު އެހީވާށެވެ. ދުނިޔޭގެ އެކިތަންކޮޅުތަކުން މުއްސަނދިންނާއި ފަގީރުން އުޅުނަސް ތަފާތުކުރުންތައްނުގެންގުޅޭށެވެ. ކޮންމެ އިންސާނަކުވެސް ހައްދަވާފައިވަނީ މަހާއި ކައްޓަކުން ނޫން ހެއްޔެވެ. ކުރެވިފައިވާ ފާފަތަކަށް މީހުން މަޢާފު ނުދިނަސް އަދި ދިރިއުޅުމުގެ ހުޅުކޮޅު އެހިސާބުން އެ ނިވުނީއެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ސިއްކަޖެހި ދިރިއުޅުން ނިމިދާ ދުވަހެއް ނޫނެވެ. އެއީ މާޔޫސްވެ ބަލިކަށިވާންވީ ވަގިތެއް ނޫނެވެ. ހިތްވަރާއެކު ބަލިކަށިވެފައިވާ ހަށިގަނޑު ސީދާކޮށް ކޮޅަށް ތެދުވާށެވެ! ދުނިޔެއާއި ކުރިމަތިލާށެވެ. މާޔޫސްވުމުގެ ކުރިނ ތަޢުބާވެ އިޙުތިޔާރުކުރެވިފައިވާ ކަށިބޯ ޖަންގަލީގެ ގަސްތައް ކަނޑާ ބިމާއި ހަމަކޮށް ރަނގަޅު މަގު އިޙުތިޔާރުކޮށް އިމްތިޙާނުތަކާއި ކުރިމަތިލާށެވެ. އޭރުން އިންޝާﷲ ދިރިއުޅުމުގައި ކާމިޔާބުލިބޭނެވެ.

 

ނިމުނީ

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ފިޔަފަތް 14

Next

ނޭދެމޭ ވަކިވުމެއް-1

Next
August 9, 2020

ނޭދެމޭ ވަކިވުމެއް-1

Previews
August 6, 2020

ފިޔަފަތް 14

19 Comments!

  1. Faan says:
    August 8, 2020 at 3:50 pm

    Zalaf akee kaaku???

    1. Malsa Moosa says:
      August 9, 2020 at 11:46 pm

      Sorry that was a mistake faan

  2. Shuaa says:
    August 8, 2020 at 4:32 pm

    Kobaa tha aneh vhk??? I’m waiting for it

    1. Malsa Moosa says:
      August 9, 2020 at 11:46 pm

      Yh sorry shuaa just kinda busy. Insha Allah vrh avahah next part e story ge thanks

    2. Malsa Moosa says:
      August 9, 2020 at 11:51 pm

      Hey readers. hope you would like this short story. well, take care luv ya all. goodnyt

  3. magnumm says:
    August 8, 2020 at 8:56 pm

    Wow gurl!!? such a beautiful sad short stry which made me to cry?❤.. ekam vx really happy that u gave such a huge message through this stry??.. someday u might be a successful stry writerr?!! Wishinn u all da best ngey?..Take careeeeeeee and stay home? and be safeeeee?

    1. Malsa Moosa says:
      August 9, 2020 at 11:47 pm

      Aww thanks dude. Insha Allah. you 2 take care stay home. and study well. nyts

  4. ♥️Kookie V♥️ says:
    August 8, 2020 at 9:25 pm

    Wow Sali ???️

    1. Malsa Moosa says:
      August 9, 2020 at 11:47 pm

      Thanks Kookie V. nyts

  5. quentus says:
    August 9, 2020 at 8:39 am

    Woooooow lysh vrh emotional vaahaka eh????vrh rythi gey
    Luv u

    1. Malsa Moosa says:
      August 9, 2020 at 11:48 pm

      Thanks quentus 🙂 ly 2 nyts

  6. Kit ket cone says:
    August 9, 2020 at 10:22 am

    Vrh sali vaahaka eh???

    1. Malsa Moosa says:
      August 9, 2020 at 11:48 pm

      Thanks Kit ket cone. tc nyts

  7. Shaina says:
    August 9, 2020 at 8:37 pm

    Mihaaru esfiya aire ga ehves kujjaku story up nukuraneetha???☹️?

    1. Malsa Moosa says:
      August 9, 2020 at 11:49 pm

      Eheh neynge dhw shaina. Insha Allah admin vrh avahah stories thah upload kohlladhythw duaa kuramaa. nyts

  8. Starlight vixx says:
    August 9, 2020 at 10:03 pm

    hey mal we both are same age you are 13 dho even I am 13 BTW varah reethi mi vaahaka

    1. Malsa Moosa says:
      August 9, 2020 at 11:50 pm

      Helo Starlight vixx. Ohh that amazing! Thanks a lot 🙂 tc nyts

  9. Ur friend says:
    August 11, 2020 at 2:02 pm

    Vvvvvvvvvvv iburaih theri stry eh.. ma sha allah..❤️❤️?? alhugandu unmeedhu kurani mi stry ge sababun gina bayakah heo visnun libeyne kamah.. kepp up dear❤️❤️ mikahala gina strys genes dhehche

    1. Malsa Moosa says:
      August 16, 2020 at 7:58 pm

      Thanks dear. Yh I aslo hope soo. Labba! I’ll try my best. Thank you again 😉

Comments are closed.



All Right Reserved!