Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

އަހަރެންގެ ނަސީބު ( ފަހުބައި )

kudhoo Level 310 Stories100 Comments
August 31, 2020 7 Mins Read
16 Comments

އެއްވެސް މީހަކު ދޮންމަންމަގެ ވާހަކަތަކަށް އެއްޗެކޭ ނުކިޔައެވެ. ނަމަވެސް ޒިމްރާން މަންމަ ކީ އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެ. “އެއީ އަމީރާގެ މާޒީއާ ބެހޭ ގޮތުން އެކިޔަނީ…އަޅާ ނުލާ އެވާހަކަތައް މިހާރަކު މުހިއްމެނުވާނެ…” ނާފިޒު ޒިމްރާން ކައިރީ ބުންޏެވެ. އާޔަން ބުނުމުން ޒިމްރާންމެން ކެއުމަށްޓަކައި ބަދިގެއަށް ވަނެވެ. އެއްޗެހީގެ ރަހަ ބަލާލުމަށްފަހު ކާ އެއްޗިހި މީރުވެގެން ޒިމްރާން އެވާހަކަވެސް ދެއްކިއެވެ. ވާހަކަ ދައްކާ ގޮތުން ޒިމްރާން އަކީ ވަރަށް ހިތްހެޔޮ މީހެއް ހެން ހީވެއެވެ. ނަމަވެސް އަންނަ ހަފްތާގައި ކައިވެނި ކުރާ ވާހަކަ ބުނުމުން އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހިތްއަވަސް ވަމުންގޮސް ފަޅައިގެން ދާނެހެންވެސް ހީވެއެވެ.

ނަމަވެސް މީ އަހަރެން ބޭނުންވާގޮތެވެ. ކައިވެންޏަށް ޒިމްރާންގެ މައިންބަފައިންވެސް އައެވެ. އަހަރެން ވަރަށް އުފާވިއެވެ. އެމީހުންބޭނުންވީ ކައިވެނީގެ ކުޑަ ސަޔެއްވެސް ދިނުމަށެވެ. ޒިމްރާން ކަންތައް ކުރަމުންއައީ ކައިވެންޏައްޓަކާ ކަންކުރާނެ އެންމެ ފުރިހަމަ ގޮތަށެވެ. ކައިވެނިކޮށް ނިމިގެން ސައިއޮތީ އަހަރެންގެ ގޭގެ ބޭރުގައެވެ. ގޯއްޗަކީ ބޮޑު ގޯއްޗަކަށްވެފައި ހުސްޖާގަ ވަރަށް ބޮޑެވެ. ސައިނިމިގެން ކޮޓަރިއަށް ވަދެވުމާއެކު ޒިމްރާން އޭނަގެ ފަޓުލޫނުގެ ޖީބުން ކުޑަ ފޮއްޓެއް ނަގައިފައި ހުޅުވައިލިއެވެ. އޭގައި އޮތީ އަތުގައި އަޅައި ރަން ކެވެލި ކޮޅެކެވެ. އެއީ އަހަރެން ވަރަށް ގަޔާވާ އެއްޗެކެވެ. އަހަރެން އެހަދިޔާ ގަބޫލުކުރީ ހިތުގެ އެންމެ އަޑިންނެވެ. އަހަރެންގެ އަތުގައި އެރަން ކެވެލިކޮޅު އަޅައި ދިނުމަށްފަހު ޒިމްރާން އެދުނީ ކިރުތައްޓެއް ގިރައިގެން އައުމަށެވެ. އަހަރެން ކިރުތަށި ގިރައިގެން އައުމުން ޒިމްރާން އެއިން އެއްބައި ބުޔެވެ. އެއަށްފަހު ބާކީބައި އަހަންނަށް ދިނެވެ. ކިރުތައްޓަކީ އަހަރެންނަށް މީރު އެއްޗަކަށް ނުވިޔަސް އަހަރެން އެތަށީގެ ބާކީހުރިބައި ބުއީމެވެ. އެއަށްފަހު ޒިމްރާން އަހަރެންގެ ނިތްކުރިއާ ދިމާއިން ބޮލުގައި ހިފަހައްޓައިގެން بسم الله ކިޔައި، ބަރަކާތަށް އެދި ދުޢާކުރިއެވެ. ” އޭ الله މީނާގެ ހެޔޮކަމާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާ ނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ.“ އެއަށްފަހު އޭނާ އެދުނީ ދެރަކޮޢަތް ނަމާދެއް ދެމީހުން އެއްކޮށް ތިބެގެން ކުރުމަށެވެ. އެހެންކަމުން ވުޟޫކޮށްގެން އަންނަން އަހަރެންކައިރީގައި ބުންޏެވެ. އަހަރެން ވުޟޫކޮށްގެން ފާޚާނާއިން ނިކުތުމުން ޒިމްރާންވެސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުތެވެ. ނަމާދު ކުރިއިރު އަހަރެން ހުރީ ޒިމްރާންއަށްވުރެން ކުޑަތަންކޮޅެއް ފަހަތުގައެވެ. ނަމާދުކޮށް ނިމިގެން ޒިމްރާން ދެއަތް އުފުލި މަންޒަރު ފެނުމުން އަހަރެންވެސް ދުޢާކުރުމަށްދެއަތް އުފުލީމެވެ. އަހަރެން އަނެއްކާވެސް އަލަށް މިފެށުނު ދަތުރުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުޢާ ކުރީމެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެންނަށް ހީވީ އަހަރެންގެ ދިރިއުޅުން އުޖާލާވެގެން ދާނޭ ކަމުގެ ފެހި ސިގްނަލް ލިބުނީހެންނެވެ. އަހަރެމެން އެކޮޅަށް ބަދަލުވާން ހަމަޖެއްސީ ހަފްތާއެއް ފަހުންނެވެ. ގޭތެރޭގައި ހިނގަމުންދާ ކަންތައްތައް ޒިމްރާންއަށްވެސް ފެނެއެވެ. ނަމަވެސް އެއާ ވިދިގެން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒިމްރާން އަހަރެންނަށް ވަރަށް ހެވެއެވެ. ބަދިގެ ތެރޭގައި އަހަރެންނާއި ހުޒޭމާ އުޅޭއިރުވެސް އެހީވެދޭން ހުރެއެވެ. އަހަރެންގެ ދަރިފުޅަށްވެސް ވަރަށް އަޅާލައެވެ. މިހާރު ދަރިފުޅަށް އަށް އަހަރުވެއްޖެއެވެ. ދަރިފުޅު އުޅެނީ ގްރޭޑް ދޭއްގައެވެ. އެއީ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ. ކިޔެވުމަށް ވަރަށް ސަމާލުކަން ދެއެވެ. އެއީ އަހަރެންގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ޒިމްރާންގެ މައިންބަފައިންވެސް އަހަރެންނާއި ދަރިފުޅަށް ހެވެއެވެ.

ފުރަން އޮތްދުވަހު އަހަރެމެން ފުރުވަން ގޭގެ އެއްވެސް މީހަކު ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނަމަވެސް އާޔަން ދުލެއް ނުކުރިއެވެ. އަހަރެން ފުރުވަން އާޔަންގެ ދެމަފިރިންނާއި ދަރިފުޅު ދިޔައެވެ. ވަދާޢީ ސަލާމް ކުރުމަށްފަހު އަހަރެން އެތެރެއަށް ވަނީމެވެ.

ފަސްއަހަރު ފަސް

” އަޒް ދަރިފުޅާ ނުދުވެ މިކޮޅަށް އާދެބާ…” އަހަރެންގެ  ދެއަހަރުގެ ދަރިފުޅަށް ގޮވައިލީމެވެ. ވަރަށް ސިޔާސަ ކުއްޖެކެވެ. އިޒާއާ މުޅިން ތަފާތެވެ. ފަހަރެއްގައި ފިރިހެން ކުއްޖަކަށް ވީމާ ކަމަށްވެސް ވެދާނެއެވެ. ” ކިހިނެއްވީ..މިއަދުވެސް މަންމަޔަށް އަތުނުވެ ދުވާ ދުވަހެއްތަ؟..” ޒިމްރާން ގެއަށް ވަންއިރު އަޒް ދުވާތަން ފެނުމުން އަހާލިއެވެ. ޒިމްރާން މިއީ ހަމަ ހަޤީގަތުގައިވެސް އަހަރެންގެ އަތުގައި ހިފާލި ނަސީބެވެ. އަހަރެން އެތައްފަހަރަކު މާތް ﷲއަށް ޙަމްދުކޮށް ޝުކުރުކުރަމެވެ. ޒިމްރާންގެ އާއިލާވެސް އަހަރެމެންނަށްޓަކައި ފިދާވެއެވެ. އަހަރެންގެ އަންހެންދަރިފުޅު އިޒާވެސް ބަލައިގަތީ އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.

އަހަރެން އެނބުރި ރަށަށް ދާން ބޭނުންވެއެވެ. ނަމަވެސް އަދި ޒިމްރާން ކައިރީ ނުބުނަމެވެ. އަހަރެން ބޭނުންވަނީ އިޒާގެ ހަގީގަތާ ކުރިމަތިލާށެވެ. އަހަރެންނަށް އެފަދަ ދެރައެއްދީފައި އެމީހުންނަކަށް އުފަލުގައި އުޅެން އަހަރެން ބޭނުމެއް ނުވެއެވެ. ހުޒޭމާ އަދި އާޔަންވެސް އަހަރެންނަށް ވަރަށް ގިނައިން މެސެޖުކޮށް ހަދައެވެ. ނަމަވެސް އެމީހުނަށް ޖަވާބެއް އަހަރެންދެނީ މަދު ފަހަރަކުއެވެ. ހަޤީގަތުގައި ވާހަކަ ދައްކާކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. ހުޒޭމާގެ ވާހަކަތަކުން ދޮންމަންމަ މިހާރު ވަރަށް ބަލިކަން އެނގެއެވެ. ނަމަވެސް އާޔަން ނޫނީ އޭނާއަށް އަޅާލާނެ އެކަކުވެސް ނެތެވެ. މޮޅަށް ޑޮކްޓަރ ކަން ކިޔަވައިގެން އައި ނަވާރުވެސް އެއްވެސް އެއްޗަކަށް ނުވިއެވެ. ވަޒީފާއަށް ގޮސްފައި އެތަނުގައިވެސް ހަރުލާގޮތެއް ނުވިއެވެ. އެއްރިސޯޓުން އަނެއް ރިސޯޓުން އެނބުރެނީއެވެ. ދެން ހުރީ ތާނިޔާވެސް މުޅި ރަށުތެރެއަށް ގިނަވެގެން އުޅެނީއެވެ. ދެން ހުރިމީހާ ޖަލުން ސަލާމަށްވާގޮތެއް ނުވެއެވެ. ދެން ހުރިމީހާ ގެއިން ފެންނަ މީހެއްކަމަކަށް ނުވެއެވެ. ކިރިޔާވެސް ހަރުދަނާކަމެއް ލިބުނީ އަހަރެންގެ ބައްޕަ ދުނިޔޭގައި އެއްޗަކަށް ހެދުނު މީހާއަށް އެކަންޏެވެ.

އަހަރެންނަށް ފައިސާއަކަށް ބޭނުމެއް ނުވެއެވެ. އާޔަން އަހަރެންނަށް ފައިސާ ފޮނުވަން އުޅުމުން އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ޒިމްރާންގެ އާއިލާއަކީ މުއްސަނދި އާއިލާއެކެވެ. ޒިމްރާންގެ މަންމަގެ ފަސްދަރިން ތިބޭ އިރު އެންމެންވެސް ތިބެނީ މޮޅަށް ކިޔަވައިގެން ހަރުދަނާ ވަޒީފާތަކުގައެވެ. އަހަރެން އިޒާގެ ކަންތައްތަކުގައި ދާހިއްވާލެއް ބޮޑުކަމުން ޒިމްރާންއާ އެވާހަކަ ދެއްކީމެވެ. ޒިމްރާންއަކީ އަހަރެން އެދޭ އެއްވެސް ކަމަކަށް ދެކޮޅުހަދައި މީހެއް ނޫނެވެ. އަހަރެންގެ ކޮންމެ އުފަލަކަށް އަހަރެން ބޭނުންވާ ކޮންމެ ކަމެއް އޭނާއަށް ވީވަރަކުން ކޮށްދޭން މަސައްކަތް ކުރެއެވެ. ޙަޤީގަތުގައި އަހަރެންނަށް މިހާރު އިހުސާސް ކުރެވެމުންދަނީ އަހަރެންމީ ރާނީއެއްހެންނެވެ. އާނއެކެވެ. އަހަރެންމީ ޒިމްރާންގެ އަދި މިއާއިލާގެވެސް ރާނީއެކެވެ. އެންމެންވެސް އަހަރެންދެކެ ލޯބިވެއެވެ. އަހަރެމެން ފުރަން ހަމަޖެއްސީ އިޒާ ބަހައްޓާފައެވެ. އިޒާ ސްކޫލް ދުވަސްކޮޅެއްކަމުން ކިޔެވުމަށް ބުރޫއަރާފާނެތީއެވެ. އަނެއްކޮޅުން އިޒާ ދާކަށް ބޭނުމެއްވެސް ނުވެއެވެ. ޝަކުވާ ނުކުރި ނަމަވެސް އެހިތުގައި އެތަނާމެދު އޮތް ނަފްރަތު މިކަމުންވެސް ހާމަވެގެން ދިޔައެވެ.

އަހަރެން ރަށަށް ދިޔައީ މިއޮތް ހުރިހައި ދުވަހު ފޮރުވައިގެން ގެންގުޅުނު ލިޔެކިޔުންތައްވެސް ހިފައިގެންނެވެ. އަހަރެން އައުމުގެ ކުރިން ހުޒޭމާއަށް އެންގީމެވެ. އަދި އަހަރެން ގޭ އެންމެންނާވެސް ބައްދަލު ކުރަން ބޭނުންވާ ކަމުގައި ބުނީމެވެ. ހުޒޭމާ އަހަރެންނާއި ވަރަށް ސުވާލުކުރިއެވެ. ނަމަވެސް އަހަރެން ބައްދަލުކުރާ ބޭނުން ހުޒޭމާއަށްވެސް އަދި އެނގޭނެ ކަމުގައި ބުނީމެވެ. އަހަރެންނަށް ރަށަށް އާދެވުނީ ރޭގަނޑެއްގައެވެ. އަހަރެން އެގެއަށް ދާކަށް ޒިމްރާން ބޭނުމެއް ނުވިއެވެ. އެހެންކަމުން އުޅެން ނިންމީ ނާފިޒުގެ ގޭގައެވެ. އަހަރެން ގޭގަ ހުންނަން ނުގޮސްގެންވެސް ހުޒޭމާ ވަރަށް ޝަކުވާ ކުރިއެވެ. ނަމަވެސް އެއީ ޒިމްރާން ބޭނުންވި ގޮތް ކަމުގައި އަހަރެން ބުނީމެވެ.

ފަހު ދުވަހު ހެނދުނު ސައިބޮއިގެން އަހަރެން ދާނެ ވާހަކަ ބުނީމެވެ. އަހަރެން ދާންވާއިރަށް އެންމެން އެއްތަން ކުރާނެ ކަމުގައި ހުޒޭމާ ބުންޏެވެ. މިކަމާ ކުރިމަތިލާން ވުމުން އަހަރެންގެ ހިތް ކޮންމެވެސް ވަރަކަށް ތޮޅެމުން ދިޔައެވެ. ނަމަވެސް ޙަޤީގަތް އެނގޭނީ ކުރިމަތިލާގެން ނޫންހެއްޔެވެ. އަހަރެންނަށް ރޭގަނޑު ނިދިވެސް ހަމަޔަކަށް ނުލިބެއެވެ. ކުރަން އުޅޭ ކަންތައްތަކާމެދު ވިސްނޭތީއެވެ. ޒިމްރާންގެ އެއްބާރުލުމާ އަޅާލުން އަހަރެންނަށް ވަރަށް ބޮޑަށް ލިބެމުން ދިޔައެވެ.

ހެނދުނު ސައިބޮއިގެން މަޑުވެސް ކޮށްނުލާ އަހަރެމެން ދިޔައީ  ދޮންމަންމަގެ ގެއަށެވެ. ނާފިޒުގެ މީހުން އަޒް ބަލާނެ ވާހަކަ ބުނުމުން އަހަރެން ދިޔައީ އެމީހުންއަތަށް އެދަރިފުޅު ދީފައެވެ. އަހަރެން ވަންއިރު ސިޓިންގ ރޫމް ސޯފައިގައި ދޮންމަންމަ އިށީދެގެން ހުއްޓެވެ. އަހަރެން ފެނުމާއެކު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އަހަރެންގެ ބައްޕަ ނިޔާވި ފަހުންވެސް އަހަރެންނަށް ދޮންމަންމަގެ މޫނުމަތިން އަހަރެން ފެނުމުން ފެނުނު ފުރަތަމަ ހިނިތުންވުމެވެ. އަހަރެން އެއަކަށް ރައްދެއް ނުދެމެވެ. ދޭކަށް ބޭނުމެއްވެސް ނޫނެވެ. އަހަރެން އެހިނިތުންވުން ބޭނުންވަނީ މިއަދަކުއެއް ނޫނެވެ. ބަޔަކު ސަލާން ގޮވިއަޑަށް ހުޒޭމާ ބަދިގެ ތެރޭ ހުރެފައި ނިކުތެވެ. ހުޒޭމާގެ ފަހަތުން ކަހަލަ ގޮތަކަށް އާޔަންއާއި އެމީހުންގެ ބޮޑު ދަރިފުޅު ނިކުތެވެ. ހުޒޭމާ އަހަރެން ފެނުމާއެކު އައިސް ބައްދައިލައިފިއެވެ. ދުރުގައި އެމަންޒަރުބަލަން ހެވިފައި އާޔަން ހުއްޓެވެ. ” ވަރަށް އުފާވެއްޖެ.. ކޮބައި އަޒްއާ އިޒާ..؟..” ހުޒޭމާ އަހާލިއެވެ. “އިޒާ އެކޮޅުގައި މިކޮޅަށް އަންނާކަށް ބޭނުމެއް ނުވި… ދެން ކުޑަ މީހާ ނާފިޒުމެން ގޭގައި…ކޮބާ އެހެން މީހުން.. ” އަހަރެން އަހާލީމެވެ. ” ދެން ހުރީ ދާނިޝް… ދެން ހުރީ ތާނިޔާ.. އަދި ނޭނގެ ހޭ ޖެހުނުކަމެއް ރޭގަ ގެއަށްއައިސް ވަންއިރެއްވެސް ނޭނގެ..” ހުޒޭމާ ބުންޏެވެ. ” އާޔަން ދާނިޝްއަށް ގޮވައިލަންވީއެއްނޫ.. ” ހުޒޭމާ އާޔަން ކައިރީ ބުންޏެވެ. އަޔާން ދާނިޝް އުޅޭ ކޮޓަރިއާ ދިމާލަށް ދިޔައިމައި އަހަރެން އެމީހުންގެ ކުޑަ މީހާ ކޮބައިތޯ ހުޒޭމާ ކައިރިން އަހާލީމެވެ. ” ނިދިފައި މިހާރު ހޭލަން އުޅޭ ގަޑި މީ…” ހުޒޭމާ ބުންޏެވެ.

އަހަރެންނާއި ޒިމްރާން ގޮސް ސޯފައިގައި އިށީދެލީމެވެ. ދޮންމަންމަޔާ ޖެހިގެން ހުރި ސޯފާގައެވެ. އެ ސޯފައިގައި ހުންނައިރު ކޮޓަރި ތަކުން ނިކުމެގެން ތިރިއަށް އަންނަ މީހން ނުފެނެއެވެ. އެންމެން އައިސް ސޯފާ ތަކުގައި އިށީދެއްޖެއެވެ. ދާނިޝް ބަލާވެސް ނުލައެވެ. ދޮންމަންމަގެ އަޑެއް ބަޑެއްވެސް ނީވެއެވެ. ހީވީ ގަބުރު ތަކެއް ބަހައްޓައިފައި ހުރީހެންނެވެ. އަހަރެން އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލީ ދާނިޝް އަތަށެވެ. ދާނިޝް ހުރީ ސުވާލުގެ ނަޒަރަކުން އަހަރެންނަށް ބަލަހައްޓައިގެންނެވެ. އެހެންމީހުންވެސް ތިބީ އެފަދަ ގޮތަކަށެވެ. އަހަރެންމީ އެގޭގައި އުޅެ ބޮޑުވިއިރުވެސް އާޔަން ނޫން މީހަކާ ވާހަކަދައްކާ އުޅޭ މީހެއް ނޫނެވެ. އެހެންވީމައި ސުވާލްވެސް އުފެދޭނެ ނޫންހެއްޔެވެ. ދާނިޝް މަޑުމަޑުން ސިޓީ އުރައިގައި ހިފިއެވެ. އަދި އެއީ ކޯއްޗެއްތޯ އަހާލިއެވެ. ކުރިން އަހަރެންނަށް ޖެއްސުންކޮށްފައި ވާހަކަދައްކަމުން އައިރާގުގެ ކަންފުޅެއްވެސް ނެތެވެ. ހިމޭން އަޑެކެވެ. ” ކަނޑާފަ ބަލާބަލަ އޭރުން ކޯއްޗެއްކަން އެނގޭނެ..” އަހަރެން ބުނެލީމެވެ. ދާނިޝް މަޑުމަޑުން އޭތި ކަނޑަން ފެއްޓިއެވެ. ހުޒޭމާއަކީ އެއްތާކުވެސް އަނގަމަޑުން ނުހުރެވޭ މީހަކަށް ވުމުން އޭނަޔަކަށް ނުހުރެވުނެވެ. ” ތިއީ ދާނިޝްއަށް އެކޮޅުން ވަޒީފާއެއް ލިބުނު ކަމުގެ ލޔުމެއްހެން އަހަރެންނަށް ހީވަނީ… ދާނިޝްއަށް އެކަނިތަ ހަދިޔާ ގެނައީ..” ހުޒޭމާ އަހާލިއެވެ. ” ހަދިޔާ ޙައްގުވާ ބަޔަކަށް ނޫންތަ ހަދިޔާ ގެންނަން ޖެހޭނީ… ހުޒޭ އެ ގުރޫޕަށް ލައްވައި ނުލީ…” އަހަރެންވެސް މަޖާ މޫޑެއްގައި ބުނެލީމެވެ. ނަމަވެސް އަހަރެންގެ ހިތް ރުޅިން ހަލާކުވަނީއެވެ. އަހަރެންގެ ފިރިމީހާ އަހަރެންގެ އަތުގައި ހިފަހައްޓައިލައިގެން ގާތުގައި ހުއްޓެވެ. ” ހާދަ ދެރައޭ ޗޮކްލެޓެއް ނަމަވެސް ލިބުނު ނަމަ ދޯ…” ހުޒޭމާ ބުންޏެވެ. އެވަގުތަކީ އޭގައި ހުރި ލިޔުންތައް ނަގައިގެން ދާނިޝް ބެލި ގަޑިއެވެ. ދާނިޝްގެ ނަޒަރު އެއިން ވަކި ނުވެއެވެ. އާޔަން އެތައް ފަހަރަކު އެއީ ކޯއްޗެއްތޯ އަހާފިއެވެ. ނަމަވެސް ދާނިޝްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ” އަހަރެން ބޭނުންވަނީ އެންމެ ސުވާލެއްގެ ޖަވާބު… އަހަރެންނަށް މިކަން އޮޅުންފިލުވައިދޭން އަހަރެން ބޭނުންވަނީ… އަހަރެންނަށް މިހެން ހެދީ ކީއްވެކަން ބުނެދޭންވީ..” އަހަރެން ބުނީމެވެ. ދާނިޝްގެ އަތުގައި ތިބި ގަނޑުތައް އާޔަން އަތުލިއެވެ. އޭރުވެސް ދާނިޝްގެ އިސްޖެހިފައިވާ މޫނު މައްޗަކަށް ނުއުފުލައެވެ. އެގަނޑުތައް އަތުލި އާޔަންވެސް ހުރީ ބަސްހުއްޓިފައެވެ. އަހަރެން އާޔަން އާ ދިމާލަށްވެސް ބުނީމެވެ އަހަރެންނަށް ތީގެ ޖަވާބު ދިނުމަށެވެ. އެދެމީހުންވެސް ބަލައިލީ ދޮންމަންމަގެ މޫނަށެވެ. ދޮންމަންމަ ހުރީ ވާނުވާގައެވެ. ދޮންމަންމައަކަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ހުޒޭމާއަށްވެސް ވީގޮތް އެނގުމުން އަނގައިންވެސް ބުނަން ނުކެރި ހުރީއެވެ. އޭނަވެސް އެމީހުން ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައި ހުރި ފަދައެވެ. ” ކިހިނެއްވީ؟..” ދޮންމަންމަ އަހާލިއެވެ. ” މަންމާ ވަގުތު ޖެހިއްޖެ… ހުރިހާ ކަމެއް އަބަދަކު ފޮރުވައިގެނެއް ނޫޅެވޭނެ… އެމީހަކު ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބެން ޖެހޭނެ… މަންމަ ފޮރުވައިގެން ބޮޑު ފޮއްޓަށް ލައިގެން އުޅޭ ކަންތައް އެނގިއްޖެ…” އާޔަން ބުންޏެވެ. އެހެންވީމަ އާޔަންއަށްވެސް އެނގެނީތާއެވެ. އަހަރެންގެ ހަނދާނަށް އައީ އެއްދުވަހު މަންމަ ކުރި ޒުވާބެއްގެ ތެރެއިން އެއީ އަހަރެންގެ ކުށެއްނޫންކަން މަންމަޔަށްވެސް އެނގޭނޫންހޭ އާޔަން ބުނިދުވަހެވެ. އެދުވަހު އަހަރެންނަށް ނަގައިގަނެވުނުނަމަ މާކުރިންވެސް މިކަން އެނގުނީސްތާއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް އެނގިގެންދާނީ އެކަމެއްގެ ވަގުތުއައިސް ޖެހުމުން ނޫންހެއްޔެވެ.

” މަންމާ ކިޔައިދީ އަހަރެން ގަސްދުގައި އެއްވެސް މީހަކަށް ދެރައެއްނުދެން އަދި ނުވެސް ދޭނަން… އަހަރެންގެ މުޅި ޙަޔަތާ ބަރުބާދުވެއްޖެ… އަހަރެން ދުނިޔޭގައި ހުއްޓަސް އަހަރެންގެ ރޫހު މަރުވެއްޖެ… އަހަރެންގެ އަމިއްލަ ދަރިއެއް ލޮލުކުރިމަތީގައި ހުރެ އަހަރެންނަށް ބަހެއް ކިޔައި ނުލެވޭތީ އަހަރެން ހިތައް ތަދުވޭ.. އަހަރެން ގަސްދުގައި ނޫނަސް މީހަކަށް އެފަދަ ވޭނެއް ދެވުނީތީ ތާ އަބަދު ހިތުގައި މުޅި ގައިގައި ރިއްސައި..މަންމާ މިއަދުވެސް ޙަޤީގަތް ހާމަކުރަން ބޭނުމެއް ނުވޭތަ؟… މަންމަ އަމީރާއަށް ދެރަޔަށް އެދުނަސް މަންމައަށް މަންމަގެ އަމިއްލަ ދަރިންގެ ފަރާތުން ނުލިބުނު ހުރިހާއެއްޗެއް ވެސް ލިބިފައި ހުރީ އޭނަގެ ފަރާތުން … މަންމަ އަށް ލިބުނީވެސް އޭނައާ ހެދި…ދެން ކީއްވެ ؟ އަދިވެސް މަންމަޔަށް ނުވިސްނޭތަ؟..” ދާނިޝް ގޭގައި ނޫޅޭ ސަބަބުވެސް ދަނިޝްއަށް ބުނެވިއްޖެއެވެ. ނަމަވެސް އަދިވެސް އެކަން ކުރީ ކީއްވެ ކަމެއް ކިޔައެއް ނުދެވެއެވެ. ބޮޑު މާސިންގާ ފިރިހެނަކު ކުރިމަތީގައި ހުރެ ރޯ މަންޒަރު ފެނުމުން އަހަރެންވެސް ދެރަވިއެވެ. ނަމަވެސް އެއީ އަހަރެންނަށް އަނިޔާ ދިން ފަރާތެވެ. އަހަރެންގެ އަބުރު ނަގާލި އިންސާނާއެވެ. އަހަރެންނަށް މިދުނިޔެމަތީގައި ލިބެން އޮތް އެންމެ ބޮޑު ލަދުގައިބައްދައިލިމީހާއެވެ. އަހަރެން އޭނަގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަޔަކަށް އުފާކުރަންވީ ނޫންހެއްޔެވެ. އަހަރެން އިންތިޒާރު ކުރަމުން އައީ އަހަރެންގެ ސުވާލުގެ ޖަވާބަށެވެ.

” އަމީރާ މި މަންމަޔަށް މާފު ކުރޭ! މަންމަޔަށް އެނގޭ މަންމަޔަށް މިއުފާވެރިކަމާއި މިތަނަވަސްކަން ލިބުނީ އަމީރާގެ ބައްޕަ ފަރާތުންކަން…އަދި އަމީރާގެ ބައްޕަ ނިޔާވިޔަސް އަމީރާ މިއެއްޗެއްސައިގެން ނޫޅުނިތީކަން… އެކަމަކުވެސް މަންމަޔަށް ހީކުރެވިފައި އޮތީ އަމީރާ ކޮންމެވެސް ދުވަހަކުން މިހުރިހާ އެއްޗެއް ހޯދަން އަންނާނެ ކަމުގައި… އެހެންވެ މަންމަ ބޭނުންވީ އަމީރާ ދެވުނު ހާ ދެރައެއް ދޭން ދުވަހަކުވެސް ސަލާމަތް ނުވާނެހެން.. އަމީރާއާ ދޭތެރޭ އެހެން ކަންތައް ނުކުރުމަށް އާޔަންއާ ދާނިޝް އެތައް ފަހަރަކު މަންމަ ކައިރީ ބުނި… ދާނިޝް އަމީރާއަށް ޖެއްސުންކޮށްހަދަމުން އައީވެސް ކޮންމެހެން އަމީރާ  ދެރަ ކުރާކަށް ނޫން…އޭރު އެއީ އޭނަ މަޖަލަކަށް ކުރަމުން އައި ކަމެއް… ނަމަވެސް އޭރުވެސް މަންމަ ހިތާހިތުން އޭނަ އެކަން ކުރަމުން އަންނާތި އުފާވިން…. އަމީރާއަށް ތިކަންތަކާ ދިމާވީވެސް މަންމަ ކުރި ކަމަކުން… ކޮންމެ ރެއެއްގައިވެސް އެންމެ ލަހުން ކާން ވަންނާނީ އަމީރާކަން އެނގި ހުރެ ކާއެއްޗެއްސައް މަންމަ ނިދާ ބޭސް އެޅީ… އަދި ދާނިޝް ކޮންމެ ރެއަކުވެސް ދަންވަރު ބަދިގެއަށް ވަންނާނެ ޖޫސް ބޯން އެހެންވެ އޭނަގެ ޖޫސްފުޅިއަށްވެސް ބޭސް އެޅީ.. އެހެނަސް ދާނިޝްއަށް ކަމެއްވާކަން އެނގުނީ..އެއްރޭ އޭނަ ޖޫސް ތަށިން ކުޑަފޮދެއް ބުއިރެއެއްގައި، އޭނައަށް މާއަވަހަށް ހޭ ޖެހުނީމަ… އޭނައަށް ކުރެވުނު ކަމެއްވީ އޭނާ ގަސްދުގައި ނޫންކަން އޭނައަށް އިހުސާސްވީ… ނަމަވެސް އޭނަ އަމިއްލައަށް ވަމުންދާ ގޮތްބެލީ..އަދި މަންމަ ބޭސްއަޅާކަންވެސް އެނގުނީ… އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ އަމީރާ ބަނޑު ބޮނޑުކަން އެނގުނީ… ދާނިޝްއަށް އެއީ ދާނިޝްގެ ދަރިއެއްކަން އެނގޭތީ މަންމަޔާ ވަރަށް ޒުވާބުވެސް ކުރި.. ކަމުގެ ގޮތުން އޭނައަށް ކުރެވުނީ ކޮށްގެން ނުވާ ވަރުގެ ކަމެއްކަން އެނގޭތީ އޭނައަށް އެވާހަކަ ދައްކަން ނުކެރުނީ…އަދި މަންމަ ކައިރީ އެތައް ފަހަރަކު ބުނި އަމީރާއަށް ހަޤީގަތް ކިޔައިދޭން…އެހެނަސް މަންމަ ބޭނުންވީ އެކަމުގެ ސަބަބުންވިޔަސް އަމީރާ މުޅި އުމުރައްވެސް ފައްސައިލަން… އަހަރެން އެދުވަހު ޖެހުމުން އަމީރާ ވެއްޓި ބޯފަޅައިގެން ދިޔަ ދުވަހު ޑޮކްޓަރު ބުނި އަމީރާ ޖެހުނު ގޮތަކުން މާޒީން ބައެއް ފަހަރެއްގައި ފިލާފައޭ ހުންނާނީ… އެކަންވީވެސް އެހެން.. އަމީރާއަށް އަސްލުވީ ކަންތައް ހަނދާނުގައެއްނެތް…އެހެނަސް އާޔަން ކިޔައި ދިން ވާހަކަތައް އެކަނި އެނގުނީ… އާޔަން އަކަށްވެސް ކުރިއަކުން ނޭނގޭނެ މިކަމެއް… އެކަމަކު އެއްދުވަހެއްގައި މަންމަޔާ ދާނިޝްއާ ކުރި ޒުވާބެއްގެ އަޑު އާޔަންއަށް އިވުނީ… އަމީރާ މަންމައަށް މާފު ކުރޭ…މަންމައަށްއެނގޭ މަންމައަށް ކުރެވުނީ ކޮށްގެން ނުވާނެ ވަރުގެ ފާފައެއްކަން…” ދޮންމަންމަ އަހަރެންގެ ފައިދަށަށް ވެއްޓި ރޮއެފައި އާދޭސް ކުރަން ފެށިއެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ މުޅިން ފޮތިފޮތިވެފައެވެ. ދޮންމަންމައިން ނުބައި ވާހަކަވެސް އަހަރެން އަޑުއަހަމެވެ. ނަމަވެސް މިހާ ނުބައި ވެދާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ފާފަޔެކޭ ބުނިއިރު ހިތައް ބިރުވެރިކަމުގެ ކަންފުޅެއްވެސް ނުވަންނަނީ ހެއްޔެވެ. އަމިއްލަ ބަނޑުން ވިހޭ ދަރި ލައްވާ އޭނައަށްވެސް ނޭނގުމެއްގެ ތެރޭގައި އެފަދަ ނުބައިކަމެއް ކުރުވީއެވެ. ހަޤީގަތުގައި ދާނިޝްއަކަށް ކުށެއްނުކުރެވެއެވެ. މީހަކު މަޖުބޫރުން ކުރުވީއެވެ. ނަމަވެސް އޭނާ ހަޤީގަތް ސިއްރުކުރުމަކީ އޭނައަށް ކުރެވުނު ކުށެކެވެ. ދެން އާޔަންއަށްވެސް އެނގުނު ހިސާބުން އެކަން ސިއްރު ކުރުމީ އޭނައަށް ކުރެވުނު ކުށެވެ. އަހަރެން އެކަކަށްވެސް މާފު ކުރާކަށް ބޭނުމެއް ނުވެއެވެ. މާފު ކުރިޔަސް އަހަރެންގެ އަބުރާ އިއްޒަތް އަހަރެންނަށް އަނބުރައެއް ނުލިބޭނެއެވެ. އެމީހުން އަހަރެންގެ ލިބާހުގައި ޖެއްސީ ދުވަހަކުވެސް ފިލައިގެން ދާނެވަރުގެ ލައްގަނޑެއް ނޫނެވެ.

ވެގެން އުޅޭގޮތް ހުޒޭމާއަށް އެނގުމުން އޭނާގެ ލޮލުންވެސް ކަރުނަ ހުހެއް ނުވެއެވެ. ހުރިހާ ތަނަކަށް އަނަގަބާނައިގެން އުޅޭ މީހާއަށް ލޮލުން ކަރުނަ ވެއްޓުން ނޫންކަމެއް ނުކުރެވުނެވެ. އަހަރެން ދޮންމަންމަގެ އާއިލާ ގޮވައިގެން ކޯޓަށް ދާކަށް ބޭނުމެއް ނޫނެވެ. އެމީހުން ގެންދިޔަޔަސް އަހަރެންގެ އަތުން ގެއްލުނު އެއްޗެއް އަނބުރައެއް ނުދެވޭނެތީއެވެ. ނަމަވެސް އަހަރެން އެމީހުންނަކަށް މާފެއް ނުކުރަމެވެ. އަހަރެން ޒިމްރާންގެ އަތުގައ ހިފައިގެން އެގެއިން ނިކުތީމެވެ. އަބަދުގެ އަބަދަށް އެމީހުނަށް އަލްވަދާއު ކިޔަމުންނެވެ. އެނބުރި އެމީހުން ފެންނަ ހިސާބަކަށް އަހަރެންނައި އަހަރެންގެ ދަރިން ގޮވައިގެން އަންނާކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ އަތުގައި މާތްރަސްކަލާނގެ އަހަރެންގެ ނަސީބު ލައްވައިލައިފިއެވެ. އަހަރެންނަށް ހެޔޮއެދޭ އާއިލާއަކާ ލޯބިވާނެ ބައިވެރިޔަކު ލިބިއްޖެއެވެ. ދަރިންނަށް ހެޔޮ ސީދާމަގު ދައްކައިދޭނެ ހެޔޮލަފާ ބައްޕަޔަކު ލިބިއްޖެއެވެ. ދުނިޔޭގެ ނަސީބު އަހަރެންނަށް ލިބިއްޖެއެވެ.

( ނިމުނީ )

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވާލޯބި އެނގޭނަމަ

Next

ނޭދެމޭ ވަކިވުމެއް-6

Next
August 31, 2020

ނޭދެމޭ ވަކިވުމެއް-6

Previews
August 31, 2020

ވާލޯބި އެނގޭނަމަ

16 Comments!

  1. ޔާމާ says:
    August 31, 2020 at 6:35 am

    Vvv reethi..kudhu ge new story akah inthizaarukuran

    1. kudhoo says:
      August 31, 2020 at 8:14 am

      Thank you yaamaa. Insha Allah…coming soon. thank you for the comment.

  2. Ram says:
    August 31, 2020 at 8:02 am

    Maasha allah vvvvreethi????????

    1. kudhoo says:
      August 31, 2020 at 8:15 am

      Thank you Ram… thank you abadhuves kudhoo ge story ah comment eh kolla thee.

  3. Liyaa says:
    August 31, 2020 at 9:07 am

    Mashaa allah ♥️?? reethi vaahaka keep it up

    1. kudhoo says:
      September 14, 2020 at 1:54 pm

      ???Thank you liyaa

  4. unknown queen says:
    August 31, 2020 at 10:37 am

    Maasha Allah ❤️♥️ vvv reethi
    Next story avahah up kollacchey??

    1. kudhoo says:
      August 31, 2020 at 2:25 pm

      Thank you.. Insha Allah…

  5. Neen says:
    August 31, 2020 at 12:46 pm

    Wow vara vara reethi stories ❤❤

    1. kudhoo says:
      August 31, 2020 at 2:28 pm

      Thank you neen.

  6. thiththaaa says:
    August 31, 2020 at 7:23 pm

    masha allah,,,,,varah reethi mi vaahka vess…..i loved this from start to end….will wait for ur next story….keep it up kudhu..

    1. kudhoo says:
      September 1, 2020 at 5:52 am

      Thank you Thithaaa. Insha Allah.

  7. Zaa says:
    September 3, 2020 at 12:05 am

    Masha Allah varah loabi varah thafaathu story eh,❤️

    1. kudhoo says:
      September 14, 2020 at 1:55 pm

      ???Thank you zaa

  8. Naayaa says:
    September 9, 2020 at 12:05 pm

    Aslu kuda koh islaahu kollan jehey thankolheh mivaahakaiga ebain
    Mivaahakaiga ulhey ameera akee dheenu ge rivethi usooluthakaa ehgothah ulhey kujje kamah vanyyaa eynaage aailaa in kurevunu kushah maaf kohdhinnun eii emme rangalhu gotheh noontho. Adhi eves Dhaanish kusheh nei kameh kamah vaathee. Dhen Aayan ah ves ekahala vaahaka eh bunan nukereyne thaa dhw…
    Mikamaa medhu kudha koh visnaalun edhen
    Mulhi ekoh v reethi vaahaka eh maasha allah??
    Looking forward to read other stories from you

    1. kudhoo says:
      September 14, 2020 at 1:57 pm

      ?????thank you… Insha Allah kuriah liyaa vaahaka thakuga ragalhu kuraanan.

Comments are closed.



All Right Reserved!