Skip to content
އެސްފިޔަ

އައިނާ (2) 17

ސަތާރަވަނަބައި

ކުއްޖާ އާއި ސަމާސާ ކުރުމުގައި އައިނާ އިނެވެ. ކައިރީގައި އަޝްހާވެސް އަރުޝް އުނގަށް ލައިގެން އިނެވެ. އަރުޝް އަށް ބޭބީ ކުޑަކަމުން އަތްލަން ނުކެރިގެން އަޝްހާގެ އުނގުގައި މަޑުމަޑުން އިނެވެ.

***

‘އަރިން’ ގެ ނަމުން އެކުއްޖާ އަށް ނަން ކިއީ ބޯބޭލުމަށްފަހުއެވެ. ފެންވަރާ ނަލަ ކޮށްލައިފައި އެކުއްޖާ ބޭރަށް ނެރުމުން ތުއްތު އަރިން ކައިރިން އެކަކުވެސް ނުފިލައެވެ. ލޯބި އަރިން އުރައިގެން ހަވީރުގަޑީގައި އައިނާ އިނީ އެކުއްޖާ ހޭލައިގެން އެވަގުތު އޮތީމައެވެ. އިސްރާ އުޅުނީ ފެންވަރައެވެ.

ކައިރީގައި އަޝްހާ ފޯނާއި ކުޅެން ހަމަޖެހިލައިގެން އިނެވެ. އަނީލް އާއި އިޔާޒުވީ ރަށުޕިކަޕެއްގައި ޕާރްސަލް ތައް ބަހަން ގޮހެވެ. އިރުކޮޅެއްނުވެ އެތަނަށް ހިޝާން އައެވެ. އައިނާގެ ކުރިމަތީގައި އިން ސޯފާގައި އިށިންދެފައި އައިނާ އަށް ލުއި ހިނިތުންވުމެއް ހިޝާން ހަދިޔާ ކުރިއެވެ.

“ހިޝާންބެ މެން ފެއާވެލް އެއް ބާއްވަން އުޅޭކަމުގެ ޚަބަރުލިބުނު.. ގްރޭޑް ޓުވެލްގެ ކުދިން ނިމޭތީޔޯލަ.. އިލެވެންގެ ކުދިންނަށް އިންވައިޓެއް ނުދެންތަ..؟” އަޝްހާ ފޯނު ނިއްވާލަމުން ބުނެލިއެވެ.

“އިލެވެންގެ ކުދިންނަށް އިންވައިޓްދޭގޮތަށް މިހާރު އޮތީ..” ހިޝާން ސޯފާގެ ލެގޭ ބައިގައި ބުރަކަށި ޖައްސާލަމުން ބުނެލިއެވެ. “އަސްލުތަ..؟ ކޮންއިރަކުތަ އޮތީ..” އަޝްހާ ކެތްތެރިކަމެއް ނެތްފަދައިން އަހާލިއެވެ.

“ބޮޑުޓެސްޓު ނިމި ރިޕޯރޓް ފޯމް ލިބުމާއި އެދޭތެރޭގައި އަންނަ ބްރޭކްގަ އޮތީ..” ހިޝާން ވެސް ހަމަޖެހިލައިފައި ބުނެލިއެވެ. “ކޮންތާކު ބާއްވަން ހަމަޖެހުނީ..؟” އަޝްހާ ޝައުގުވެރިވެފައި އެހިއެވެ. “އަދި ވަކިތަނެއް ހަމަ ނުޖެހޭ..” ހިޝާން އައިނާ ކައިރިއަށް ޖެހިލައި އަރިން ގެ ކޮލުގައި ކޮއްޓާލަމުން ބުނެލިއެވެ.

“އަން.. އުރާލަބަ..” ހިޝާން އަށް ބަލާލަމުން އައިނާ ބުނެލިއެވެ. “ނޫން ނުކެރޭނެ.. އަރިން ބޭބީ ބޮޑުވީމައި އަހަރެން އަންނާނަން އުރަން.. އަތްލައިގެން އުޅެނިކޮށް ތަނަކަށް ތަދުވެސް ވެދާނެ..” ހިޝާން ދެކޮޅުހެދި އެވެ.

އަޝްހާ އެވަގުތު ފޯނުކޯލެއް އައުމުން އެތަނުން ދިޔައެވެ. ހިޝާން ދާންވެއްޖެ ކަމަށް އައިނާ ކައިރީ ބުނެލިއެވެ. “އެކަމް ނުވޭ ދާހިތެއް..” ހިޝާން ސަމާސާ ރާގަކަށް ބުނެލިއެވެ. “ހުއް.. ދެން ކާކުތަ ބުނީ ދާށޭ ވެސް ނުދާށޭވެސް..” ލަދުގަތްކަން ނާންގަންވެގެން އަރިންގެ އަތުގައި ހިފާލަމުން އައިނާ ބުނެލީ ހިޝާން އަށް ބަލައިވެސް ނުލައެވެ. “އާހް.. މިތަނަށް ތަދުވެއްޖެ..” ހިޝާން އޭނާގެ ހިތާއިވީ ދިމާލުގައި އަތްއަޅާލަމުން ބުނެލިއެވެ. “ދެން ހިޝާން!! ދޭ މިތަނުން.. މަންމަ އަށް ފެނިއްޖެއްޔާ ކީކޭ ހިތައް އަރާނީ.. ބައްޕަވެސް އައިސްދާނެ..” އައިނާ އެއްފަހަރު ސިޑި އާއި ދިމާއަށް އަނެއް ފަހަރު ދޮރާއި ދިމާ އަށް ބަލާލަމުން ބުނެލިއެވެ.

“ހާދަ ބިރެކޭ ދޯ ތިގަންނަނީ.. މިދަނީއޭ..” ހިޝާން ދާންވެގެން ހަށިގަނޑު ސީދާ ކޮށްލަމުން ބުނެލިއެވެ. އަދި ގުދުވެ އައިނާގެ ކޯތާފަތުގައި ތުންފަތް ޖައްސާލާފައި، ތަޅުދަނޑި ޝަހާދަތް އިނގިލީގައި އަނބުރަމުން ނިކުމެގެން ދިޔައެވެ.

ދެލޯބޮޑުވިގޮތައް އައިނާ އިނީ ގުޑާލަންވެސް ނުކެރިފައެވެ. އައިނާ އަށް ހޭވެރިކަމެއްވީ އަރިން ކުކުރާލުމުންނެވެ. އެކުއްޖާ މަސަލަސް ކުރަން ވެގެން އުޅެނިކޮށް އެތަނަށް އިސްރާ އައެވެ.

“ކޮބާ މިހާރު މިތާއިން އަޝޫ..” އިސްރާ ދިޔައިރު ވެސް އަޝްހާ އިނެވެ. އެހެންކަމުން އައިއިރު ނެތުމުން ސުވާލުކުރިއެވެ. “ފޮ.. ފޯނެއް އައިސްގެން ބޭރަށް ނިކުތީ..” އައިނާ ބުނެލިއެވެ.

އިސްރާ ވެސް ވާހަކަ ގިނަ ކުރަން ނަހަދައި އެތަނުން ދިޔައީ އަރިން ބަނޑުހައިވެގެން އުޅޭތީވެއެވެ. އެވަގުތު އަނީލްވެސް އައެވެ.

މުޅިދުވަހު ބުރަކޮށް އުޅުމުގެ ސަބަބުން ވަރުބަލިވެގެން އަނީލް ދިޔައީ ކޮޓަރިއަށް އަރާމު ކޮށްލާށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަޝްހާވެސް އައެވެ. “އަނާ.. މިވީކެންޑްއަށް ފަހު ސްކޫލުތައް ހުޅުވެއެއްނު..؟” އަޝްހާ އައިނާ އާއި އެއްކޮށް އެކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

“އޯހް.. އަދި މިއުޅެނީ އެއްވެސް ފިލާވަޅެއްވެސް ނުނިންމާ.. ޕިސްޕިސް.. ރިންކޮ އައި ފަހުން އެހެން ކަމެއް ހަނދާން ވާވަރެއް ނުވޭވިއްޔަ.. ދެން މިރޭގަ ފަށާނީ..” އައިނާ އެނދުމައްޗައް ވެއްޓިގަނެފައި ބުނެލިއެވެ.

“ހުމްމްމ.. އަހަރެން ވެސް އޮންނާނެ ފަށާފަ.. އެކަމު ނުނިމިގެން މިއުޅެނީ.. އެކަމް ވަރަށް ކުޑަކޮށްފަ ހުންނާނީ.. އަރުޝް ހުއްޓަސް އަހަރެންނަށް ނިކަން ފަސޭހަ ވިއްޔަ.. އޭނާ އަތަށް ފޮތަކާއި ފަންސޫރެއް ދިނީމައި އެހެން މީހަކަށް އުނދަގުލެއް ޖެއްސުމެއް ނުކޮށް ހުރެދާނެ..” އަޝްހާ ވެސް އައިނާގެ ކައިރީގައި އިށީންދެލަމުން ބުނެލިއެވެ.

“ކޮންއިރަކުން އަޝޫ ދަނީ..؟” އައިނާ އަޝްހާ އާއި ވީދިމާއަށް ބޯ އަރިކޮށްލަމުން ބުނެލިއެވެ. “ތިއުޅެނީ މިހާރު ނުގޮސްގެން ދޯ..” އަޝްހާ ފާޑަކަށް ހީގަންނަމުން ބުނެލިއެވެ. “ދެން އަޝޫ..!! އެހެނެއްނޫނޭ.. ހަމަ އަހާލީ އޭ.. އޯކޭ އޭ އުމުރު ދުވަހު މިގޭގައި އުޅުނަސް.. މިގެއިން އަޝޫ ނެރޭނެ މީހަކު ނާންނާނެ..” އައިނާ ސީރިއަސް ކަމާ އެކީ ބުނެލިއެވެ.

“އޭ އޭ.. ބަލަ ހާދަ ސީރިއަސް ކޮށް ތިނެގީ.. އެއީ މަޖަލަކަށް ބުނެލި އެއްޗެކޭ.. އަނާވެސް ދޯ..” އަޝްހާ އައިނާގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. “ހޫމް.. އަހަރެންވެސް އޭ..” އައިނާވެސް ހެވިފައި ބުނެލިއެވެ.

އެގޭގައި އިރުކޮޅަކު މަޑުކޮށްފައި އަޝްހާވެސް ގެއަށް ދާން ނިކުތެވެ. މަގުގެ އެއްފަރާތުގައި ހިނގާލާފައި ދަނިކޮށް ކުރިމައްޗައް މީހަކު އެރުމުން އިސްއުފުލައި ބަލާލިއެވެ. ސޯޓަކާއި ގަޔަށް ދޫ ޓީޝާޓެއްގައި ހުރިއިރު ކުޑަކޮށް ދިގު އިސްތަށިގަނޑު އޮތީ އެއްވެސް ތަރުތީބެއްނެތި ހާވާލައިފައެވެ. ލޮލުގައި އިން އަވި އައިނު ނަގައި ބޮލުގައި އަޅުވާލަމުން އެމީހާ އަޝްހާ އަށް ބަލާލިއެވެ.

“އަޝް ބޭބީ.. އަޅެ ކިހާ ވަރަކަށްތަ އަހަރެން އިގްނޯ ކުރާނީ.. އަހަރެން އަޝް ބޭބީ ފަހަތުން މިހާވަރަށް އުޅޭއިރު އަޅެ ޔެސް އޭ ބުނެބަ ބޭބީ.. ޕްލީސްސްސް..” އަޝްހާގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ.

އަޅައިވެސް ނުލައި އަޝްހާ ކުރިއަށް ހިނގައި ގަތެވެ. ނަމަވެސް މަޑުކުރަން ޖެހުނީ އެމީހަކު އަތުގައި ހިފުމުންނެވެ. “ދޫކުރޭ!!” އަޝްހާ އަތައް ނަޒަރު ހިންގާލަމުން ރުޅިވެރި ކަމާއެކީ ބުނެލިއެވެ. “ދޫކުރޭ!!” އަޝްހާ އަނެއްކާވެސް ހަމަ އެރާގުގައި ހަރުކަށި ކަމާ އެކީ ބުނެލިއެވެ.

“އަހަރެން ދޫނުކޮށްފިއްޔާ..” ހަމަޖެހިލައިފައި އެމީހާ ބުނެލިއެވެ. “މިބުނީނު ދޫކުރާށޭ މައުލާން!!!” އަޝްހާގެ ހިތްހަމަ ނުޖެހިފައިވާ މޫނު ފެނުމުން މައުލާން ދޫކޮށްލިއެވެ. “އަޅެއެއްމެ ފަހަރަކު ޔެސްއޭ ބުނެބަލަ.. އައި ވިލް މޭކް ޔޫ ހެޕީ..” މައުލާން އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ.

“ބުނަންތަ ރަނގަޅު ވާހަކަ އެއް.. އަހަރެން މިވަރަށް އިގްނޯރ ކުރާއިރު ހުންނާނީ ޖަވާބު ލިބިފަ ކަންނޭނގެ.. އެކަމު މިފަހަރު ހަމަ ސާފު ރީތި ދިވެހިބަހުން ބުނާނަން.. އަހަރެންގެ ޖަވާބަކީ ނޫނެކޭ، ނޫނެކޭ، ނޫނެކޭ..!!!!” އަޝްހާ ބަހަކަށްވުރެ ބަހެއް އަޑުހަރުކޮށް މިހެން ކިޔާފައި ދާން ހިނގައި ގަތެވެ. މައުލާން މިފަހަރަކު ހުއްޓާކަށް ނޫޅެއެވެ.

“ހަނދާން ކުރައްޗޭ އަޝް ބޭބީ.. އަހަރެން ނޫން މީހަކާއި އަޝް ބޭބީ ގުޅުނަކަ ނުދޭނަން.. މާރކް މައި ވޯޑްސް..” މައުލާން ދިނީ އިންޒާރެކެވެ. އެކަމުން އަޝްހާ އަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއް ނުވެއެވެ. ފަހަތް ބަލައިވެސް ނުލައި ކުރިއަށް ދިޔައެވެ.

މައުލާން އަކީ ގްރޭޑް ފަހަކުން ހަތަކަށް އަޝްހާ އާއި އެއްކުލާހަކު ކިޔެވި ކުއްޖެކެވެ. ނަމަވެސް އަށަކުން އެހެން ކުލާހަކަށް ބަދަލުވީއެވެ. އޭގެފަހުން އަދި އެއްކުލާހަކަށް ނުދެއެވެ. އަޝްހާގެ ހިތައް އަރަނީ ނަސީބެކޭ އެވެ. އެހެން އުޅެމުން ދިހައެއްގެ އަހަރު ނިމެން އުޅެނިކޮށް މައުލާންގެ ހުށައެޅުމެއް އަޝްހާ އަށް ލިބުނެވެ.

ނަމަވެސް މައުލާންގެ އުޅުން އަޝްހާ އަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ކިޔެވުމަށް މޮޅަސް އަޚްލާގީ ގޮތުން ދަށް ވުމުން އަޝްހާ އަށް ކަމު ނުދަނީ އެވެ. ދިހައެއް ނިންމާފައި މައުލާން އިތުރަށް ކިޔަވާކަށްވެސް ނުހަދައެވެ. ރަށު ތެރޭގައި އެގޮތް މިގޮތަށް އެނބުރެނީއެވެ.

***

ހިޝާން އެނދުގައި އޮށޯވެލައިގެން އޮތީ އައިނާގެ ޚިޔާލުގައެވެ.  އެއީ ފަހަކަށް އައިސް އާދަ އެވެ. މި ހަފްތާ ތެރޭގައި ނަޝްވާގެ އުދަގުލެއް ނުވާތީވެ ހިޝާން ހުންނަނީ ހިސާބަކަށް ހަމަ ޖެހިފައެވެ. ހިޝާން ނިންމައިގެން ހުރީ ދެން ނަޝްވާގެ އުނދަގުލެއް ނުޖެހޭނެ ކަމަށެވެ. އެކަމާ ހިތްހަމަ ޖައްސާލައިގެން އޮށްވާ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކުކަމެއްވެސް ހިޝާން އަކަށް ނޭނގެއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. A aaR

    Hurihaa readers ah vx minivan dhuvahuge thahuniyaa kiyan.. n hoping that I guys loved the 17th episode.. next as usual I’ll submit it on tomorrow night insha Allah.. stay safe dear ❤ readers ?? TC

  2. Aalif

    Wait I will comment vaahaka kiyaafa yey haalakun first one libihje comment kurumun

    1. A aaR
      Aalif

      ? congra Aalif..

  3. Aalif

    A aar ahves minivan dhuvahuge thahuniya kiyan?????

    1. A aaR
      Aalif

      ? jazaakallah khairan

  4. ?Ril?

    Mi part ves vrh Sali
    Masha Allah
    Speecless
    Waiting for next
    Luv u
    Stay safe

    1. A aaR
      ?Ril?

      ? ❤️ ? ? jazaakallah khairan ril.. lyt

  5. Anonymous

    varah reethi mi part vx…. waiting for the nxt prt…

    1. A aaR
      Anonymous

      ? ❤️ ? ? jazaakallah khairan Anonymous

  6. I-sherth

    mirey up vaane thr nxt part…vrh reethi mi prt vx….

    1. A aaR
      I-sherth

      Jazaakallah khairan.. Idk I-sherth.. its ?submitted..

  7. I-sherth

    Alheyy… Adhi vx vhk up nuvanee thr… vrh kiyaa hithun mihuree nxt part….

    1. A aaR
      I-sherth

      It’s submitted dear.. Idk why its not published.. ??

  8. Aalif

    ?????Eid Mubarak A aar wish u a happy eid

    1. A aaR
      Aalif

      Advance Eid Mubarak Aalif

  9. 16 SHABAKKO 7

    Cop salhi ?

    1. A aaR
      16 SHABAKKO 7

      Jazaakallah khairan shabakko

Comments are closed.