ސާޔާ (6 ވަނަ ބައި)
ސާޔާ ވެއްޓެން ދަނިކޮން ހުޝިޔާރުކަމާއެކު މާހިލް ސާޔާ ހިފެހެއްޓިއެވެ. މާހިލް ސާޔާ އަތް ދަނޑި މައްޗަލައިގެންގޮސް ސޯފާގައި ބޭއްވިއެވެ. ވަށައިގެން ހޯދާލުމަށްފަހު ކާކޮޓަރިއަށްވަދެ ފެންފުޅިއެއް ހިފައިގެން އައިސް މާހިލް ސާޔާގެ މޫނަށް ފެންފޮދެއް ވިއްސާލިއެވެ. އިރުކޮޅެއް ވީތަނާ ސާޔާ ލޯ ހުޅުވާލާފައި ފުންމައިގެން ތެދުވިއެވެ. ކައިރީގައި އިން މާހިލް ފެނިިފައި ވިސްނާނުލައި ބާރަަކަށް މާހިލްގައިގައި އޮޅުލައިގަތެވެ. ކުއްލިއަކަށް ސާޔާ މިކުރިކަމަކުން މާހިލްވެސް ސިހުނެވެ. ނަމަވެސް މާހިލް ސާޔާ ދުރުކޮށްލާކަން ނޫޅުނެވެ.
ސާޔާ ހަމައަކަށް އެޅިލުމުން ކުރެވުނު ކަންތައް ހިތަށްއަރާފައި ލަދުގަތެވެ. މާހިލް ކައިރިން ސާޔާ މާފަށް އެދުނެވެ. މާހިލް އެއްވެސް ކަމެއް ނޫނޭ ކިޔާފައި ހިނިތުންވެލިއެވެ. ސާޔާ މާހިލް ކައިރީގައި އެގޭގައި ކުރަނީ ކީއްތޯއެހުމުން މާހިލް ވީގޮތް ކިޔައިދިނެވެ. މާހިލްއަކަށް އެއީ ސާޔާ އުޅޭ ގެ ކަމެއް ނޭނގެއެވެ. ކާރު ހުއްޓިގެން އުޅެނިކޮން ވާރޭގައި ޖެހިގެން އެންމެ ކައިރީގައި ހުރި ގެއަށް ވަނީއެވެ. ކަންތައް ވީގޮތް އެނގުމުން ސާޔާ ހިނިތުންވެލިއެވެ.
ވާރޭ ހަންތަހާ ބޯކުރަނީއެވެ. ސާޔާ ފޯނެއް ނުގެންގުޅޭތީ މާހިލްއަށް މީހަކަށް ގުޅާލެވޭކަންވެސް ނެތެވެ. މާހިލްގެ ފޯނު ކާރުތެރޭ ބާއްވާފައި އައީ ފޯނު ނިވިފައި އޮތީމައެވެ. ދެމީހުން ސޯފާގައި ތިބި އިރު ދެމީހުންވެސް ތިބީ ފިނިވެފައެވެ. ސާޔާ ތެދުވެގެންގޮސް އައީ ކޮފީހިފައިގެންނެވެ. ދެމީހުން ކޮފީގެ ފޮދުވަރުތައް ބޮމުން ދިޔައިރު އެކިއެކި ވާހަކަ ދެއްކިއެވެ. ސާޔާއާ ވާހަަކަ ދެއްކިނަމަވެސް މާހިލް ސާޔާގެ ދިރިއުޅުމާ ބެހޭގޮތުން އެއްޗެއް އަހާލަން ޖެހިލުންވިއެވެ.އެންމެ ފަހުން ސާޔާ ކައިރީގައި މާހިލް އާއިލާގެ މީހުންގެ ވާހަކަ އަހާލީ ދުރުދުރުންގޮސް ސާޔާއާ ސުވާލުކުރުމަށެވެ. ކިއެއްވެ ކަމެއް ނޭނގުނެވެ. މާހިލް ކައިރީގައި ސާޔާވެސް އޭނާގެ ހިތާމަތައް ހިއްސާ ކުރަން ބޭނުންވިއެވެ. ނަމަވެސް ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަކަށް ނުގެނެވުނެވެ. ސާޔާ ޖަވާބު ދިންލެންކުރުކަމުން ސާޔާ ލައްވާ އެއްވެސް އެއްޗެއް ބުނުވުމަކީ ފަސޭހަކަމެއް ނޫންކަން މާހިލްއަށް އެނގުނެވެ.
މާހިލްއަށް ލޯހުޅުވާލެވުމާއެކު ނިއްކުރީގައި ހިފަހައްޓާލެވުނެވެ. މިއޮވެވުނީ ސާޔާ މެންގޭގައިކަން އެނގުމާއެކު ތެދުވަން އުޅުނެވެ. މާހިލްއާއި ދާދި ކައިރީގައި ނިދިފައި އިން ސާޔާ ލޮލުގައި އަޅައިގަތީ ދެނެވެ. މާހިލް ތެދުވަން ހަނދާންނެތިފައި އިނދެވުނީ ސާޔާއާ ދިމާއަށް ބަލާށެވެ. ސާޔާއަށް ގޮވާލަން ހިތަށްއަރާފައިވެސް އަޅައިނުލާ ސާޔާ ހޭލާނެ އިރަކަށް އިންތިޒާރު ކުރިއެވެ. އެގޮތުގައި މާގިނައިރު އިންނާކަން މާހިލްއަކަށް ނުޖެހުނެވެ. ސާޔާއަށް މާހިލް އޭނާއާ ދިމާއަށް ބަލަން އިންތަން ފެނިފައި ރަކިވިއެވެ. ނުވާކަމަށް ހަދާފައި ސާޔާ މާހިލް ކައިރީގައި ހެނދުނުގެ ނާސްތާކޮންގެން ދާން މަޑުކުރަން އެދުނެވެ. މާހިލް ކިތައްމެ މަޑުކުރަން ބޭނުންވިޔަސް ލަސްވެފައި ހުރުމުން އެހެން ފަހަރަކުންނޭ ކިޔާފައި ދިޔައީއެވެ.
ދެހަފްތާ ނިމިގެން ދިޔައީ މާއަވަހަށްހެން ސާޔާއަށް ހީވިއެވެ. ހަމަޖެހިލައިގެން ދުވަސްކޮޅަކު އުޅެވުމަށްފަހު އަނެއްކާވެސް ދޮންމަގެ ނަފްރަތާ ކުރިމަތިލާން ޖެހުނީއެވެ. ޝިފާނާ ގެއަށް އައިސް ވަތް އިރު ހުރިހާ ދަތެއް ފެންނަން ހުއްޓެވެ. އޭނާގެ މޫނަށް ބަލާލާފައި ޝިފާނާ ހުރީ ވަރަށް އުފާ ވެފައިކަން އެނގެއެވެ. ސާޔާ ފެނުމުން ޝިފާނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ސާޔާއެތާ ނުހުންނަންވެގެން ކޮޓަރިއަށް ވަންނަން ދަނިކޮން ޝިފާނާ އޭނާއަށް އަމާޒުކޮން އެއްޗެއް ބުނެލާފައި މަލާމާތުގެ ހިނިގަނޑެއް ޖަހާލިއަޑުއިވިފައި ހިންދިރުވާލެވުނެވެ.
މާހިލް ސޯފާގައި އިށީދެލައިގެން އިންއިރު ވިސްނެމުން ދިޔައީ ސާޔާއާ މެދުގައެވެ. އިއްތިފާގަކުންވިޔަސް ސާޔާމެންގެއަށް ދެވުމުން ވަރަށް ގިނަ ކަންތައްތަކެއް މާހިލްއަށް ފަހުމްވެއްޖެއެވެ. ސާޔާގެ ލޮލުގައިވަނީ ފުންމިން ނޭނގޭ ހިތާމައާއި ހިތްދަތިކަމެވެ. އެއުމުރުގެ އެހެން ކުދިންނާ ބަލާފައި ސާޔާ މާބޮޑަށްވެސް ތަފާތެވެ. އެ އަންހެން ކުއްޖާގެ ހިތާމައަކީ ކޮބައިކަން ދެނެގަންނަން މާހިލް ނުހަނު ބޭނުމެވެ. ސާޔާގެ ފަރާތުން އެއްވެސް އެއްޗެއް އޮޅުން ފިލުވުމަކީ ވާނޭކަމެއް ނޫންކަން މާހިލްއަށް އެނގެއެވެ.
ސާޔާ މަންޒިލްގެއަށް އައިސް ވަތް އިރު މާހިލް ސިޓިންގރޫމްގައި އިނެވެ. ސާޔާގެ މޫނުމަތިން ފެންނަން ހުރި އަސަރަކުން މާހިލްގެ ހިތަށް ގޮތެއް ވިއެވެ. މޮޅިވެރިކަމުގެ ސާލެއް ލައިގެން ހުރިއިރު ހަމްދަރުދީވާހާވެއެވެ. މާހިލް ސާޔާއާއި ވާހަކަ ދައްކާލަން ހިތަށް އަރާފައިވެސް މަންމަ ހުރުމުން ވާހަކަ ދައްކާލާކަން ނުކެރުނެވެ.
ސާޔާ ނިދިފައި ހޭލެވުނު އިރު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެއެވެ. ތެދުވެ ނަމާދު ކޮށްލައިގެން އާދައިގެމަތިން އޭނާގެ މަސައްކަތް ފެށިއެވެ. ރޮށިފިހެ ނިމެން ކައިރިވެފައި ހުއްޓާ ޝިފާނާ ނުކުމެގެން އަންނަތައް ފެނުނެވެ. ޝިފާނާ މާއަވަހަކަށް އަންނާތީ ސާޔާއަށް ބަލަން ހުރެވުނެވެ. އެއީއަދި މިހާތަނަންވެފައިވާ ކަމަކަން ނުވާތީއެވެ. ޝިފާނާ ތައްޓެއް ހިފައިގެން އައިސް ފިހެފައި އޮތް ދެތިން ރޮށި ހިފައިގެންގޮސް ސައި ބުޔެވެ.ސާޔާ ކައިރީގައި ކައިސާ ބަލާލާށޭ ކިޔާފައި ސައިބޮއެ ނިންމައިގެން ޝިފާނާ ނުކުތީ ބޭރަށެވެ. ސާޔާ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. ކައިސާ ބަލަން ހަވާލުކުރުމުން ސާޔާ ހުރީ ގަބޫލުނުކުރެވިފައެވެ.
ޝިފާނާ ގެއިން ނުކުމެގެން މިސްރާބުޖެހީ ހަމީދުއާއެކީ އޭނާދާ ގެސްޓް ހައުސްއާ ދިމާއަށެވެ. އޭރުގަޑިން އަދި ހަގަޑި ބައި ނުވެއެވެ. ގަޑީގެ ގޮތުން މާގިނަ މީހުންނެއް ފެންނާކަން ނެތެވެ. ޝިފާނާ ގޮސް ގެސްޓްހައުސް ދޮރުމައްޗަށް މަޑުކޮށްލާފައި ފޯނުނަގާ ހަމީދުއަށް ގުޅާލިއެވެ. ހަމީދު އެތެރެއަށް ވަންނާށޭ ބުނުމުން ޝިފާނާ ވަތް އިރު ހަމީދު އެނދުމަތީ ހަމަޖެހިލައިގެން އޮތެވެ. ހަމީދު ކުއްލިއަކަށް ބައްދަލުކުރަން ބުނުމުން ޝިފާނާ އަވަސްވެގަތީ އެކަމެއް ހޯދުމަށެވެ.
ހަމީދު އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ޝިފާނާގޮސް ހަމީދުކައިރީގައި އިށީދެލުމަށްފަހު އަތުގައި ހިފާލިއެވެ. ހަމީދުގެ މޫނުމަތިން ފެންނަން ހުރި ކަންބޮޑުވުންފެނި ޝިފާނާވެސް ކަންބޮޑުވިއެވެ. ކޮންމެވެސް ކަމެއް ނުބައިކޮން ދިޔައީއޭ އޭނާގެ ހިތަށްއެރިއެވެ.
ޝިފާނާ ސުވާލުކުރަންފެށުމުން ހަމީދު އޭނާގެ ފިހާރައިން ވައްކަން ކުރިއްޔޭ ކިޔާފައި ޝިފާނާ ގައިގައި އޮޅުލައިގަތެވެ. “ޝިފާނާ އަހަރެން މުޅިން ބަރުބާދުވެއްޖެ.. ފިހާރާގައި ހުރި ހުރިހާ ފައިސާއެއް ވަގަން ނަގައިފި.. ގިނަ އަގުބޮޑު މުދާވެސް ނެތް..” ހަމީދު ވާހަކަދެއްކީ ރޮވިފައި އިންހެންނެވެ. ހަގީގަތުގައި ހަމީދު ބޭނުންވަނީ ޝިފާނާގެ އަތުން ފައިސާ އަތުލަށެވެ.އޭނާގެއަތުން ޝިފާނާއަށްޓަކައި ބެއްޔާއަށް ކުރަންޖެހުނު ހަރަދު ހޯދާށެވެ. ޝިފާނާ ހަމީދު ކައިރީ އަސްލަމް އަތުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފައިސާ ހޯދާނަމޭ ބުނެފައި ހަމީދުގެ ހިތްހަމަ ޖައްސައިދިނެވެ. ހަމީދު އިނީ ހިތާ ހިތާ ޝިފާނާގެ މޮޔަކަމުން އުފާވެއެވެ. ޝިފާނާއަކީ ހަމީދު ބޭނުންގޮތަކަށް ގެންގުޅެލެވޭނެ ކުޅޭ އެއްޗެއްކަން ހަމީދު ދަނެއެވެ.
ޝިފާނާ ގެއަށްއައި އިރު ސާޔާ ކައިސާއާއެކު އުޅެއެވެ. ސާޔާއެކީގައި ކައިސާ މާ މަޖާވެލާފައި އުޅޭތީ ޝިފާނާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އަވަސް އަވަހަށްގޮސް ކައިސާ ގޮވައިގެން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. ކައިސާ ބޮޑާހާކަން ފެށުމުން ޝިފާނާ ކައިސާ ގެންދިޔައީ ގަދަކަމުންނެވެ. ކައިސާއާއިއެކު ހޭދަކުރެވުނު މަދު ވަގުތުކޮޅުގައިވެސް ސާޔާ ހުރީ އުފާވެފައެވެ. އަދި މިނޫނީ ކައިސާއާއެކީ އުޅެލާނެ ފުރުސަތެއް ނުލިބެއެވެ. ގެއަށް އައިސް ވަތް އިރު ޝިފާނާގެ މޫނު މަތިން ފެންނަންހުރި ހާސްކަމާއިމެދު ސާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ސާޔާ އޭނާގެ މަސައްކަތް ފެށިއެވެ.
މެންދުރުގެ އެންމެ ހޫނުގަޑިއެވެ. ހޫނުގަދަކަމުން ބޭރަށް ނުކުންނަންވެސް އުުނދަގުލެވެ. އެހޫނު ގަނޑުގައި ހިގާފައި ސާޔާ ދިޔައީ ޝިފާނާ އޭނާގެ ރައްޓެހި ބަޔަކު އަންނާތީ ހަވީރު ސައިހަދަން ބުނެފައި އޮޮތުމުން އެއްޗެހިގަންނާށެވެ. ހޫނުގަދަ ކަމުން ސާޔާއަށް ރަނގަޅަށް ލޯވެސް ނުހުޅުވެއެވެ. ދާންޖެހުނީ ފުދޭ ވަރަކަށް ދުރަށްކަމުން ފިހާރައަށްވަދެ އެއްޗެހި ގަނެގެން ނުކުމެވުނު އިރު ހުރީ ވަރުބަލިވެ ކަރުހިއްކާފައެވެ. ވެފައި ހުރި ވަރު ބައްޔަކަށް ނުބަލާ ދެއަތުން ގަތް ކޮތަޅުތައް ހިފައިގެން ސާޔާ ހިނގައިގަތީ ގެއަށް ދާށެވެެ. ވަރުބަލިވެފައި ހުރުމުން ހިނގެނީވެސް މަޑުންނެވެ. ތަންކޮޅަކަށް ދިޔަތަނާ ކާރެއް ބަރުގޮނު އަޅާލި އަޑުއިވުނެވެ. އަޅައިނުލާ ކުރިޔަށް ހިނގައިގަތްތަނުން އަނެއްކާވެސް ބަރުގޮނު އެޅުމުން މިފަހަރު ހުއްޓި ބަލައިލިއެވެ. ސާޔާ ހުއްޓުމުން ކާރު ދޮރު ހުޅުވާލާފައި ފޭބި މާހިލްއެވެ. މާހިލް އެދުނީ އޭނާއާއިއެކު ކާރުގައިދާށެވެ. ދެކޮޅު ހަދާފައިވެސް ސާޔާ އެއްބަސްވީ މާހިލް ދޫނުކޮން ކިޔަން ފެށުމުންނެވެ. ވަރުބަލިވެސް ވެފައި ހުރީމައެވެ.
ސާޔާގެ އަތުން ކޮތަޅުތައް އަތުލާފައި ފަހަތު ސީޓުގައި ބަހައްޓާލާފައި މާހިލް ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލައިދިނެވެ. މާހިލްއާ އެހާ ގާތުގައި އިންނަން ޖެހުމުން ސާޔާ އިނީ ނުތަނަވަސްވެފައެވެ. ދެމީހުންގެ ދެމެދަށްވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ މާހިލްއެވެ، “ހެޕީ ސްވީޓް ސިކްސްޓީން ސާޔާ” މާހިލްގެއަޑު އިވިފައި ސަޔާ ހައިރާންވެފައި ސުވާލުކޮންލީ އޭނާގެ އުފަންދުވަސް އެެގުނު ގޮތަކާމެދުއެވެ. “ހެހެ ސާޔާއާ އާޔަން ކުރިން ދުވަހެއްގަ ސުވާލުކުރީމަ ބުނީމެއްނު.. އެހެންވެ އިނގުނީ.. އަހަރެން ސާޔާއަށް ހަދިޔާއެއް ދިނިއްޔާ ގަބޫލުކުރާނަންތަ؟” މާހިލް އެހެން ބުނުމުން ސާޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މާހިލްގެ ފަރާތުން ފެނުނު އޯގާތެރިކަމަކި ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައިވެސް އޭނާއަށް ނުލިބޭފަދަ އޯގާތެރިކަމެކެވެ. އެހެންވެ ބޯޖަހާލާފައި އާއެކޭ ބުނެލިއެވެ. މާހިލް ކާރު އެއްފަރާތެއްގައި މަޑުކޮށްލާފައި ނެގީ ކުޑަވަރެއްގެ ފޮއްޓެކެވެ. ސާޔާ ބަލައިލިއިރު އޭގައި އޮތް ފޯނު ފެނުމުން އޭގައި ހިފުމަށް އުޒުރުވެރިވިއެވެ. “ނޫން މާހިލް އަހަންނަކަން މިހާ އަގުބޮޑު އެއްޗެއްގައި ހިފާކަން ނުކެރޭނެ” ސާޔާއެހެން ބުނުމުން މާހިލް އޭނާއަކީ ސާޔާގެ އެކުވެރިޔަކަން ވަންޏާ އެ ގަބޫލުކުރަން ބުންޏެވެ. ” އެހެން ނޫނީ އަހަރެން ގަބޫލުކުރާނީ ސާޔާ އަހަންނަކީ ސާޔާގެ އެކުވެރިޔެއް ކަމަށް ގަބޫލު ނުކުރަނިއްޔޭ،.. އެހެން ނޫނަސް މީ އެހާ އަގުބޮޑު ފޯނެއްނޫނޭ އަހަންނަން އެނގޭ އެހާ އަގު ބޮޑު އެއްޗެއް ސާޔާ ގަބޫލެއް ނުކުރާނެކަން..” އެންމެފަހުން ސާޔައަށް ޖެހުނީ އޭގައި ހިފާށެވެ. ހުރި އެކަނި ރަހުމަތްރެރިޔާވެސް ގެއްލެއް ބޭނުން ނުވާތީއެވެ.
ގެއާއި ހަމައަށް އާދެވުމުން މާހިލްއަށް ޝުކުރު އަދާކޮށްފައި ސާޔާ ގެއަށް ވަނެވެ. ސާޔާގޮސް ގެއަށް ވަންނަދެން މާހިލް އޭނާއަށް ބަލަހައްޓައިގެން އިނެވެ. ސާޔާ ގޮސް ގެއަށްވަތްއިރު ކައިސާއަށް ކާންދޭން ޝިފާނާ އުޅެއެވެ. ސާޔާ އަތުގައި އޮތް ފޯނު ޝިފާނާއަށް ފެނިދާނެތީ ސާޔާ އަތުގައި އޮތް ކޮތަޅެއްތެރެއަށް ފޯނުލިއެވެ. ކައިސާގޮވައިގެން އެތަނުން ދިއުމުން ސާޔާ ފޯނުނަގާފައި ކޮޓަރިއާ ދިމާއަށް ދިޔައީ އެބާއްވާށެވެ. ކޮޓަރި ދޮރާ ހަމައަށް ދެވުނުތަނާ ޝިފާނާ ގޮވާލިއަޑު އިވުނެވެ. އަވަސް އަވަހަށް ފޯނު ހެދުމުން ނިވާ ކޮންލާފައި ފަހާނައަށްވަދެފައި މިއަންނަނީއޭ ކިޔާފައި ސާޔާ ކޮޓަރިއަށް ދެމިގަތެވެ. ދޮރު ތަޅުލާފައި ފޯނުނަގާ ބަލައިލިއިރު އެއަށް އޮތީ ސިމެއްވެސް ލައްވާފައެވެ. މާހިލްގެ ނަމްބަރު ފޯނުުގައި ސޭވްކޮށްފައި އިންތަން ފެނުމުން ސާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ހަވީރު ޝިފާނާ ބުނި މީހުން އަންނަންވާއިރަށް ސާޔާއަށް ސައިހަދާ ނިންމާލެވުނީ ކިިރިޔާއެވެ. އެއައި ބަޔަކަށް ސަމާލުކަމެއް ނުދީ ސާޔާ ނުކުތީ ޓިއުޝަންދޭންދާށެވެ. އޭނާ ނުކުތްއިރު ސިޓިންރޫމްސޯފާގައި އިން ފިރިހެންމީހާ އޭނާ ފެނުމުން ދެލޯބޮޑުކޮށްފައި ބަލަން އިންގޮތުން ސާޔާ ފޫހިވިއެވެ. ދުފާ ރަތްކޮންލައިގެން ސާޔާއާ ދިމާއަށް ބަލަހައްޓައިގެން އިނީ ދަހިވެތި ނަޒަރަކުންނެވެ. ސާޔާ އަވަސްއަވަހަށް ނުކުމެގެން ދިޔައީ އެމީހާގެ ދަހިވެތި ނަޒަރުން ސަލާމަތްވުމަށެވެ.
ސާޔާ ނުކުމެގެން ދިޔުމުން ހަމީދުއެއީ ސާޔާދޯއޭ ކިޔާފައި ތުބުޅީގައި އަތްހާކާލިއެވެ. ޝިފާނާއަށް ހަމީދުގެ ނަޒަރު ފާހަގަ ކުރެވުމުން ތުންއަނބުރާލެވުނެވެ. ހަމީދު ކައިރީގައި އިން ހަމީދުގެ އަންހެނުންނަން އެއިން އެއްވެސް ކަމެއް ރޭކައިނުލައެވެ. ޝިފާނާ ހަމީދުގެ އަންހެނުންނާ އެކުވެރިވީ ހަމީދު ބުނެގެންނެވެ.ހަމީދުގެ ކަންތައް ފަރީދާއަށް ފަޅާއަރައިފާނެތީއެވެ. ހަމީދުގެ މުއްސަދިކަމަކީ ހަގީގަތުގައި ފަރީދާގެ ފަރާތުން ލިބުނު އެއްޗެކެވެ. މިހާ ދުވަސްވަންދެން ފަރީދާއާއިއެކު ހަމީދު އުޅޭ ސަބަބަކީވެސް އެޔެވެ. ހަމީދުއަކީ ފަގީރު އާއިލާއެއްގެ މީހެކެވެ. ހަމީދު ފަރީދާއާއި ކައިވެނި ކުރީ ފަރީދާގެ މުއްސަނދި ކަމުގެ ބޭނުމުގައެވެ.
ވަރަށްގިނަ އިރު ވަންދެން ތިބެފައި ހަމީދުމެން ދިޔުމުން ޝިފާނާގެ މޫނުމަތިން ފެންނަންހުރީ ތަފާތު އަސަރެކެވެ. ސާޔާއާ ދޭތެރޭ ހަމީދު ގަޔާވީ ކަންނޭނގެއެވެ. ފުންވިސްނުމެއްގައި ހުރުމުން އަސްލަމް އައިސް ގެއަށް ވަތްއިރުވެސް ޝިފާނާއަކަށް ނޭނގުނެވެ. އަސްލަމް ތަންކޮޅެއް ބާރަށް ގޮވައިލުމުން ޝިފާނާ ސިއްސައިގެން ދިޔަތަން ފެނިފައި ދޮރުންވަދެގެން އައި ސާޔާ ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. ޝިފާނާ ސާޔާއާ ދިމާއަށް ކަޅިއަޅައިގެތެވެ. ވާހަކައެއް ދައްކާލާށޭ ކިޔާފައި އަސްލަމްގޮވައިގެން ޝިފާނާވަނީ ކޮޓަރިއަށެވެ.
“އަސްލަމް އަހަރެން އަސްލަމް ކައިރީގައި ވަރަށް ބޮޑު ކަމަކު ކިޔަން ވެއްޖެ.. ޝިފާނާ ވާހަކަދެއްކީ ވާހަކަ ފަށާނެގޮތެއް ނޭނގިގެން އުޅޭ ހެންނެވެ. އެހާ ބޮޑު ފައިސާގެ އަދަދެއްދޭށޭބުނަން ޖެހިލުންވީއެވެ. “އަހަރެން ބޭބެ ގުޅާފަ ބުނި މިއުޅެނީ އަލިފާން ރޯވެގެން ގެ އެއްކޮން އަނދައިގެންނޭ.. ވަރަށް ހާލުގައޭ މިއުޅެނީ..އަހަރެން ބޭނުންވަނީ ބޭބެއަށް އެހީވާން” ޝިފާނާ އަސްލަމް ކައިރީގައި ބޮޑު ދޮގެއް ހަދާލިއެވެ. “ޝިފާނާގެ ބޭބެއެއް ހުރީ ކޮންތާކު.. ކުރިއަކުން އަހަންނަކަށް ނޭނގެ ޝިފާނާގެ ބޭބެއެއް ހުންނަކަމެއްވެސް” އަސްލަމްގެ ޖުމުލަ އިވިގައި ޝިފާނާގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. “އާން ބޭބެ އަހަންނަކާ އެހާ ނުގުޅޭނެ.. އެކަމަކު އަހަރެން ބޭނުންވަނީ ބޭބެ ހާލުގައި ޖެހުނު ދުވަހު އެހީވާން..” ޝިފާނާ ގަދަކަމުން ލޮލަން ކަރުނަ ގެނެސްގަތެވެ. އެންމެ ފަހުން އަސްލަމް ފައިސާދެން އެއްބަސްވިއެވެ.
ފަތިސް ނަމާދަށް މާއަވަހަށް ތެދުވެވުނީމައި ސާޔާ މާހިލް އޭނާއަށް ދިން ފޯނު ހިފައިގެން އައިސް އެނދުމަތިގައި ޖައްސާލިއެވެ. މާހިލްގެ ތިން މިސްކޯލު އިންތަން ފެނިފައި ސާޔާ ދެރަވީީ މާހިލް ގުޅިއިރު ފޯނު ނުނެގުނީމައެވެ.މާހިލް އޭނާއަށް ރީތި އިނގިރޭސި އިބާރާތް ކޮޅަކުން ލިޔެލާފައި ގުޑްނައިޓް މެސެޖެއް ފޮނުވާލާފައި އިނީ ފޯނު ނުނެގީމަކަންނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.


Varah reethi dhen enkamu enhameedhu gadaa nugulhuvaathi saayaa aan please
V habeyx…. mi haaru eba rangalhu wey v vx… Keep it up…
thank you same & niyaza
V v v v v v v reethi..keep it up…next part v avahah up kohla dheechee..ehaaka intixaareh nukureveene..
v salhi.. hamed gandaa saya 2 myun mjuboorun vs nugulhuvaaa ti…eyrun v kada vaane…
thnk you iba in sha allah avahah up kohdeynan
vvvvvvvvvvvvvvvvvvvvvvvvvv nice but haadha dhuvahakunney up kurany keep it up….
thankyou semei & fini
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvreethi keep it up
Vvv Salhi alhe hurihaakameh falhaa aruvaalaafa e shifana and hamydh jalah laaba.. waiting 4 the next part… avahah up kurachey
thankyou zee & looshy
v reeethi! nxt part up kohdhecchey avahah.. n saayaa n maahil gulhuvacchey! eyrah v reethivaane.
V v v salhi vaahaka,, anehbai v avahah up kohdhehchay ..
Varah reethi hamiteaa shaaya nuguluvaathi eyru vaahaka hadivee timeehun falaa aruvaba avahah foari hifaanee eyrun net avahah an eh part genes dehche
Vahaka varah reethi…..keep it up
vrh salhi plx plx saayaa ar hamedhu ar nugulhuvaathi majuboorun viyas
Vvvvvvvvvvvv Habbu….. Waiting For Next Part…. Anehhkaa Maahil SaaYaa Ahh Dhinn Phone Shifaana
(AthuliYa Nudhehche… 😀 Keep Doing Well… (Y
Saaya reminds me of Cindrella
v salhi ..keep it up
thankyou ppl