އައިނާ (2) 16
ސޯޅަވަނަބައި
ދެމީހުން ކޮފީ ބޮއެގެން ގެއިން ނިކުތް އިރު ނުވައެއް ޖަހަނީ އެވެ. އައިނާ އާއި ހިޝާން ގޮސް ކްރިސްޓަލްގެ އަށް ވަތްއިރު ގޯތިތެރޭގައި ކުނިތައް ހޮވުމަށާއި ސާފުކޮށް މީހުން އުޅެއެވެ.
***
އެތެރެއަށް ވަތްއިރު އާޝިޔާ އާއި އިޔާޒު ހެނދުނުގެ ސައި ހިފައިގެން އިސްރާ ކައިރިއަށް ދާން ނިކުންނަނީ އެވެ. އޭރު އަޝްހާ އަދި ނުތެދުވެއެވެ. ހިޝާން ކޮޓަރިއަށް ވަދެ ފެންވަރައި ރީތިވެގެން ނިކުތްއިރު އަދިކިރިޔާ އަޝްހާ ފާހާނަ އަށް ވަނީ އެވެ.
އަޝްހާ އަށް ތައްޔާރު ވެވުނު އިރު ނުވަގަޑި ބައި ވަނީ އެވެ. އޭރު ހައިފާ އާއި ނޫހު އަށް ވެސް މިހަބަރު ލިބިގެން އަވަހަށް ދަނީ އެވެ. ތިންމީހުން ކާރުގައި ހޮސްޕިޓަލަށް ދިޔައެވެ. ވޯޑަށް ދިޔައިރު އެންމެން އަޑުގަދަ ކޮށްލައިގެން އުޅެއެވެ. އޭރު ހައިފާ އޭނަކައިރީގައި ނުބުނެގެން ޝަކުވާ ކުރެއެވެ. އެނދުގައި ހެވިފައި އިސްރާ އިނެވެ.
ބޭބީ އޭރު އޮތީ އަރާމުކޮށް ނިދާލާފައެވެ. އައިނާ ވަތް ގޮތައް އިސްރާގެ ގާތުގައި އިށީންދެލިއެވެ. “ބަލަ މިހާރު އަނާ ތީ ދޮންބެ ދައްތަގެ ބޭބީ އެއް ނޫނޭ.. ތީ މިހާރު މިއޮތް ބޭބީގެ ދޮންތި އަދި ދޮންބެދައްތަގެ ބޮޑު ކުއްޖާ..” މިތަން އަޝްހާ އަށް ފެނުމުން ބުނެލިއެވެ.
“ހޫން.. ދެން ހެވޭ.. ހަމަ އަޝޫ އަށް ވެސް ވާނީ ތިހެން ދޯ.. ނޫންތަ..؟” އައިނާ ދޫނުކުރަން ވެގެން ބުނެލިއެވެ.
އެއެންމެން އައުމުން ޚަދީޖާ ދިޔައީ ގެއަށެވެ. އަރުޝް އެކަނި ގޭގައި ނިދާފައި އޮތުމުން އާޝިޔާ އާއި އިޔާޒުވެސް ދިޔައީ އެވެ. މަރިއަމް އާއި ހުމައިދުގެ އިތުރުން ހިޝާން އާއި ހައިފާ އާއި ނޫހު ދިޔައީ ނޫހު ގެ އާއިލާ މެންބަރުން ފުރާތީވެ އެއާޕޯޓަށެވެ.
އެތާގައި އައިނާގެ ކުޑަ އާއިލާ އެކަނި ވީއެވެ. އަޝްހާވެސް ހިޝާންގެ ފަހަތުން ދިޔައެވެ.
***
އެހާ އަވަހަށް ފުރަން ޖެހުމުން ނައިލް އިނީ ހިސާބަކަށް މޫޑު ކަޓާފައެވެ. އެންމެ ފަހުން އަޝްހާ ފެނިވެސް ނުލައި ދާން ޖެހުމުންނެވެ. ނަމަވެސް އޭނާ އުފާކުރީ އަޝްހާގެ ނަމްބަރު އޭނާގެ އަތުގައި އޮތުމުންނެވެ. މާލެގޮސް ހަމަ ޖެހިލައިގެން ގުޅާނީ އޭ ނައިލްގެ ހިތައް އެރިއެވެ.
އަޝްހާވެސް އެއާޕޯޓަށް ދިޔައީ ނައިލް ދެކިލާ ހިތުންނެވެ. ޚުދު އަޝްހާ އަށްވެސް އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ. ހަމަ ދެކިލާ ހިތްވަނީ އެވެ. އެރޭގައި ހަމަ އެކަނި ހިނިތުންވުމެއްވެސް ދިނީ ލަދުން ނައިލް އާއި ދިމާ އަށް ބަލަން ވެސް ނުކެރުމުންނެވެ. އެރޭގެ ހުރިހާ އިރު އޭނާ އަށް ނައިލް ބަލާކަން ފާހަގަ ކުރެވުމުންވެސް އަޝްހާ އަށް ނޭނގޭ ގޮތްތަކެއް ވިއެވެ.
ނޫހުގެ އާއިލާ ވަދެގެން އައުމުން ނައިލް ފެނޭތޯ އަޝްހާ ބަލަން ފެށިއެވެ. މިތަން ހިޝާންއަށް ނުލާހިކު ރީއްޗައް ފެނުނެވެ. “ހެއި.. އެބަ އާދެއޭ ތިހޯދާ ކުއްޖަކު..” ހިޝާން ގެއަޑައް ސިއްސައިގެން ދިޔަ އަޝްހާ، ދެލޯ ބޮޑުކޮށްފައި ހިޝާން އަށް ބަލާލިއެވެ.
“އަހަރެން ނުހޯދަމޭ ނައިލް އެއް..” އަޝްހާ މިހެން ބުނެފައި ދޮރުން ނިނުންނަން ހިނގައިގަތް ވަގުތަކީ ނައިލްވެސް ވަންނަން ހިނގައިގަތް ވަގުތެވެ. އިސްޖަހައިގެން ނިކުތް އަޝްހާ އަށް ކުރިމަތިން ފޯނުބަލަމުން އައި ނައިލް އެއް ނުފެނުނެވެ. ނައިލް އަށްވެސް އަޝްހާ ނުފެނުނީއެވެ. އޮޓޯ ދޮރެއްކަމުން ދެމީހުންނަށް ވެސް ނުބެލުނީއެވެ.
ނައިލްގެ ދަތްދޮޅި އަޝްހާގެ ނިތްކުރީގައި ޖެހުމުން ދެމީހުންނަށްވެސް ކުޑަކޮށް ތަދު އިހުސާސް ކުރެވުނެވެ. އެހެންވެ ދުރުވިގޮތަށް ކާކުތޯވެސް ނުބަލައި ދެމީހުންނަށްވެސް ތަދުވިތަނުގައި ފިރުމާލެވުނެވެ.
އަޝްހާ އިސްއުފުލާލީ އެމީހަކާއި ދިމާލަށް ފަތިވަރެއް އަމުނާލާށެވެ. ނަމަވެސް ކުރިމަތިން ފެނުނު ނައިލް ފެނިފައި ބުނަން އުޅުނު ބަސްވެސް އަރުތެރޭގައި ތާށިވިކަހަލަ އެވެ. ނައިލް އަށް ބަލަހައްޓައިގެން އަޝްހާ އަށް ހުރެވުނީ ދުނިޔެ ހިނގުން ހުއްޓުނު ފަދައިންނެވެ.
ނައިލްގެ ހާލަކީތޯއެވެ. ކުރިމަތީގައި އަޝްހާ ހުރުމުން އޭނަގެ ދެލޯ އެހެން ދިމާލަކަށް އަނބުރާލަން ނުކުޅަދާނަވިއެވެ. އެހާވެސް އަޝްހާގެ ފުރިހަމައެވެ. ބޮޑު ދެލޮލުގައިވާ މުށިކުލައިގެ ކަޅި އަކީ އަޝްހާގެ ރީތިކަން އިތުރުކޮށްދޭ އެއްކަމެވެ. ތުނިތުންފަތާއި ހިތުފަތުބުމައެވެ.
އަޝްހާގެ ބޮޑުދެލޯ ނައިލް އާއި ދިމާލުން ވަކިކުރަން އަޝްހާ އަށްވެސް އުނދަގޫވިއެވެ. މީހުން މަދުން ދާ ފްލައިޓަކަށްވުމީ އެމީހުންގެ ނަސީބް ތޯއްޗެކެވެ. އެހެންނޫނީ ޓޫރިސްޓުންގެ ކެމެރާތަކުން ރެކެން ވާނީ އުނދަގޫ ކަމަކަށެވެ.
އެއީ އެކަހަލަ މަންޒަރަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރުތަކެވެ. ނޫހުގެ އާއިލާ މީހުން އުޅުނީ އެވަގުތު ޗެކިން ވުމުގައި ކަމުން އެދެމީހުންނަށް ސަމާލު ކަންދެވޭވަރެއް ނުވިއެވެ.
މިތަން ހަމައެކަނި ފެންނުނީ ހައިފާ އާއި ހިޝާންގެ އިތުރުން ނޫހު އަށެވެ. “އެހެމް އެހެމް.. ނައިލް.. ޗެކިން ނިމެނީ..” ނޫހު ނައިލް ކައިރިއަށް ޖެހިލައިފައި ބުނެލިއެވެ. ނޫހުގެ މޫނުމަތީގައިވި ލާނެތް ހިނިތުން ވުން ފެނުމުން ނައިލް އަށް ބޯކަހާލެވުނެވެ.
އަޝްހާއަށް ހޭވެރިކަމެއްވީވެސް ނޫހު އެހެން ބުނުމުންނެވެ. އަވަހަށް ދޮރުން ނިކުމެގެން އަޝްހާގޮސް ކުރިމަތީގައި ހައްދާފައި ހުރި ގަސްތައް ކައިރީގައި މަޑުކޮށްލިއެވެ. އަވަސްވެފައިވާ ހިތުގެ ހިނގުން ހަމައަކަށް އަޅުވާލަންވެގެން ހިތާއިވީ ދިމާލުގައި އަތް އަޅާފައި އޮބާލިއެވެ.
“އާރގްގްހްހް.. ކިހިނެތްތަ މިވަނީ.. އައި ކާންޓް ފީލް ދިސް.. މީއީ ރަނގަޅު ގޮތެއް ނޫން.. އެކަމް ކީއްވެތަ މިހެން މިވަނީ .. މިނައިލް އެއް ފެންނައިރަށް އަހަރެން ލަދުން ހަލާކުވޭ.. ހިތް ހީވަނީ ރޭސްޖަހާހެން.. ހަމަ އެވަގުތު އަތްފައި ފިނިވެ އައްސިވެސް ވާންޖެހޭތަ.. ހުވާ މިބުނީ.. އެއްކަހަލަ ކަންތައްތަކައި ލައިގަންނާނީ.. ނައިލް ގައިގައި ގައިގަޔަށް އަރާ ބައްޔެއް ޖެހިފައި ހުރީކަންނޭނގެ.. އަނާ އާއި އެއްކޮށް ދާންވީ ހޮސްޕިޓަލަށް މަންމަ އަށް ނޭނގި ދައްކަން….” އިހުސާސްތައް ފޮރުވަންވެގެން އަޝްހާ ގާތައް އާދެވުނީ ރުޅިއެވެ.
“ދެޓްސް ނޮޓް އަ ޑިސީސް އަޝޫ…” ފަހަތުން އިވުނު އަޑަކުން އެނބުރި ބަލާލިއެވެ. ކައިރީގައި ހުރި ހައިފާ ފެނުމުން އަޝްހާ ރަކިވިއެވެ. އެހެން ކިޔުނީ އަނގައިން ކަންވެސް ރޭކާލީ ދެނެވެ.
“ނޫނޭ..؟!؟! އެހެން ކިހިނެތް ވާނީ..” އަޝްހާ ހައިރާންވެފައި އެހި އެވެ. “ދެޓްސް ކޯލް ލަވް އަޝޫ.. މީހަކު ފެނުމުން ލަދުގަތުމާއި، ހިތް އަވަސް ވުމާއި، އެމީހަކު ދެކިލާހިތް ވުމަށް ކިޔާ ނަމަކީ އެއީ….” ހައިފާ އަށް ބުނެވުނީ މިހާހިސާބަށެވެ. ނޫހު އޭނާގެ ކޮންމެވެސް ރައްޓެއްސަކާއި ދިމާވެގެން ހައިފާ ތަޢާރަފް ކޮށްދޭންވެގެން ގޮވާލިއެވެ.
ހައިފާ ދިޔައީ އަޝްހާ ސުވާލު މާކުތައް ގިނަކޮށްލާފައެވެ. އަޝްހާ ވިސްނަމުން ދިޔައެވެ. އޭނާ އަށް ހަމަ އެހެން ވެދާނެ ހެއްޔެވެ. އޭނާގެ ހައްޔަރުގައި އޮތް ހިތް އަތުން ދޫވި އިރުވެސް ރޭކާ ނުލި އަޝްހާ އަށް ވިސްނެމުން ދިޔައީ މިކަހަލަ ވިސްނުންތަކެވެ.
***
ވިހެއިތާ ފަސް ދުވަސް ފަހުން އިސްރާ ގެއަށް ދޫކޮށްލީ ދެމައިންގެ ވެސް ޙާލު އިތުރަށް ގޯސްނުވުމުންނެވެ. އިސްރާ ގެއަށް ދޫކޮށްލުމުން އިސްރާ އާއި އިތުރު ކަމެއް ކުރާކަށް އަނީލް ނުޖައްސައެވެ. ގެއަށް މަސައްކަތު މީހެއް ގެނައީ އައިނާ ކިޔަވާ ދުވަސްވަރު އުނދަގޫ ވެދާނެތީވެއެވެ.
ޚަދީޖާވެސް ގިނައިން އުޅެނީ އެގޭގައެވެ. މާމަ ދަރިފުޅު ފެންވަރުވާ ކަންތައް ކުރަނީ، އިސްރާ އަދިވެސް ގަދަ ނުވާތީވެއެވެ.
***
ދެދުވަސްފަހުން އައި ބުރާސްފަތި ދުވަހެވެ. ގޭތެރޭގައި އަޑުގަދަ ކޮށްލައިގެން އުޅެނީ މިއަދަކީ އިސްރާ އާއި އަނީލްގެ ދަރިފުޅައް ނަން ކިޔާ ދުވަސްކަމުންނެވެ. ބަކަރި ކަތިލީ ބޭރު ލައިއެވެ. އަނީލްގެ ބޭރުގައުމެއްގައި އުޅޭ ރައްޓެއްސެއްގެ އެހީތެރި ކަމާއެކުއެވެ.
ގޭގެ ގޯތިތެރޭގައި ދެއުނދުނެއް ބަހައްޓައިފައި ހުއްޓެވެ. އެއް އުނދުނަށް ހަލުވިދާ ކައްކަން އުދާފައި ހުރިއިރު އަނެއް އުނދުނަށް ހުރީ ނޫޑުލްސް ކައްކަން އުދާފައެވެ. އެއިރު ބޭބީ އުނގައް ލައިގެން އެތުއްތު ކުއްޖާ އާއި ސަމާސާ ކުރުމުގައި އައިނާ އިނެވެ. ކައިރީގައި އަޝްހާވެސް އަރުޝް އުނގަށް ލައިގެން އިނެވެ. އަރުޝް އަށް ބޭބީ ކުޑަކަމުން އަތްލަން ނުކެރިގެން އަޝްހާގެ އުނގުގައި މަޑުމަޑުން އިނެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Here is the 16th prt of the story.. hope you all loved it.. feel free to comment your views… next prt I’ll submit tomorrow night insha Allah.. ?❤? tc.. stay safe everyone
vrh rythi mi part vx… kn nameh baa ekujjaa ah kiyaanee… mee kithah part ge sty eh thr
??❤ Jazaakallah khairan I sherth.. don’t know.. think 25 to 30
Vrh Sali mi part Vs Masha Allah?????????????????
Ashaa aa nail new couple kaneyge dhw hehheheh????? soo cute Aley??
Waiting your the next??
Love uuu ❤️❤️?
TC and stay safe ❤️❤️❤️❤️
?? Jazaakallah khairan.. lyt ❤ stay safe
Nice?
??❤ jazaakallah khairan
Aikko innaane A aaR ah insta un follow request fonuvaafa.. btw stry hama vrh salhi ?
Jazaakallah khairan aikko.. you can ❤?? dm me..
?????????????????????????
❤️❤️❤️❤️❤️❤️❤️❤️Masha Allah ❤️❤️❤️❤️❤️❤️❤️❤️varah Reethi
“??”
Jazaakallah khairan shabakko