ތިޙިޔާލުގާ…. ( 1 )
އާދުވަހަކަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދިޔަ އިރާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޒާރާގެ ހުގައި ވަނީ ބަޔާންކުރަން ނޭގޭ ހުސްކަމެއް އުފެދިފައެވެ. އެކިކޮޅުކޮޅައް ދަތުރުކުރަމުން ދިޔަ ދޯނިތަކައް ޒަރާ ބަލާލިއެވެ. އެވަގުތު ޒާރާގެ ހަޔާތުގެ މަންޒިލާ މެދު ޒާރާއަށް ވިސްނާލެވުނެވެ. ހަޔާތުގައި އުފެދިފައިވާ ފަޅުކަން ދުވަހަކުވެސް ފޫބެއްދޭނެބާއޭ ހިތައް އެރިއެވެ.
ޒިރުގެ ރަން ދޯދިތައް ލޮލައް އުދަގޫކުރަން ފެށުމުން ޒާރާއިން ތަނުން ތެދުވެ ހިގައިގަތެވެ. އަށްމަހުގެ ބަޑާއެކު މަޑުހިގުމެއްގައި ޒާރާ ގެއާއި ދިމާއަށް ދިޔައެވެ.
” މިއަދުވެސް ތިއައީ އެކަނި އެތަނައް ގޮސްފަ ދޯ…” ގެއައް އައިސް ވަނުމާއެކު ޒާރާގެ ކަންފަތުގައި ޖެހުނީ ނުހާގެ އަޑެވެ. އެއީ މިހާރު ޒާރާ އެކަނި ބޭރައްގޮސްފިނަމަ އަބަދުވެސް ނުހާގެ އާދައެވެ. ނުހާއަކީ މިހާރު ޒަރާގެ ހަޔާތުގައި ހުރި އެއްމެ މުހިންމު މީހާއެވެ. ދުނިޔެއައް ބާކީވެފައި ހުއްޓާ އޯގާތެރިކަމުގެ އަތެއް ދިއްކޮއްލި އެކުވެރިޔާއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒާރާ ނުހާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ޒާ އަހަރެން ދައްކާވާހަކަވެސް އަޑުއަހާބަލަ… އަހަންނަކަށް ކަމަކުނުދޭ މިހާރު ޒާ އެކަނި ތަންތަނައްދާކަށް” ބަދިގެއިން ބޭރައް ބޯ ދިއްކޮއްލަމުން ނުހާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. ޒާރާ އަނެއްކާވެސް ހިނިތުންވެލިއެވެ.
“ޒާ…. ޕްލީޒް..”އެތައްހާސް ކަރުނައަކައްވުރެ ހިތި ހިނިތުންވުމެއް ޒާރާ ވުމުން ނުހާއަށް ބުނެވުނެވެ.
“އަބަދުވެސް އަހަރެން ޒާއާއި އެކީގައި ވާނަން… “ނުހާ މަޑުމަޑުން ޒާރާ ގައިގާ ބައްދާލަމުން ބޮޑުވެފައިވާ ޒާރާގެ ބަޑުގައި ފިރުމާލިއެވެ. ޒާރާ މަޑުހިގުމެއްގައި ގޮސް ސޯފާގައި ހަމަޖެހިލިއެވެ.
“މިއަދުމީ ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސްދޯ… އަހަރެން ޑިއުޓީ…””..ސައިޑް ޓޭބަލްމަތީގައި އިން ކަލަންޑަރައް ބަލަން ހުރެ ނުހާ ބުނެލިއެވެ.
“އޯކޭވާނެ…. މިއަދު ދެން ނުޒޫއާއި އެކީގަ ދާނީ…. އޭނަ މިހާރު ނިމެން އުޅޭނެ….”ފޯނުން ގަޑި ބަލާލަމުން ޒާރާ ބުނެލިއެވެ.
“ނުހާ …. ހާދަމީރުވަސް ދުވައޭ… ކުޅިމަސް ހެދީދޯ….”ގެއައް ވެދެވުމާއެކު އެންމެ ފުރަތަމަވެސް ނުޒުހާގެ ނޭފަތުގައި ޖެހުނީ ނުހާ ހަދާ ކުޅިމަހުގެ މީރުވަހެވެ.
“ސާބަސް އެއްކަލަ ކޭމާޓް….. “ހިނިގަޑެއް ޖަހާލަމުން ނުހާ ނުޒުހާއާއި ދިމާކޮއްލިއެވެ. ނުޒުހާ އައުމުން ނުހާ އޮފީހައް ދާން ތައްޔާރުވާންދިޔައީ ނުޒުހާ ގާތުގައި ޒާރާއާއި އެކު ޑޮކްޓަރައްދާން ބުނެފައެވެ.
“އަހަރެންމީ ކޮއްކޮ… އެކަމަކު ދޮންތަ އަހަންނައްވުރެވެސް ޒާދެކެ މާލޯބިވޭ ކަންނޭގެ…. “ތުން ދަމާލަމުން ނުޒުހާ ޝަކުވާ ކޮއްލިއެވެ.
“އުމުރުން އަހަންނައްވުރެ ކުޑަޔަސް އެހެން ހުރިހާ ކަމަކުން ކުރީގައެއް ނު ތި އުޅެނީ….. އަހަންނައްވުރެ ކުރިން ގައިމުވެސް މެރީކޮއްފިއެއްނު….”އެވަގުތު ގޭތެރެއައް ވަތް ނުޒުހާގެ ފިރިމީހާ ފަޔާޒް ފެނުމުން ނުހާވެސް ދިމާކޮއްލިއެވެ. ނުޒުހާ އެއްޗެއް ބުނުމުގެ ކުރިން އަވަސްއަވަހައް ކޮޓަރިއައް ދެމިގަންނަމުން ދޮރު ލެއްޕިއެވެ.
ނުޒުހާއާއި ނުހާގެ މަންމަ މަރުވިއިރު އާއިލާގެ އިތުރު މީހަކު ނެތުމުން ހުރިހާމުދަލެއް އެދެކުދިންނައް ލިބުނުއިރު މާލޭގައި އަޅާފައިވާ ފަސް ބުރީގެ އެއިމާރާތްވެސް އެކުދިންނައް ލިބުނެވެ. އެއްވެސް ދަތިކަމެއްނެތި ދިރިއުޅުމައިގެން ކުރިއައްދާން އެދެކުދިންނައްވަނީ މަގުފަހިވެފައެވެ. އެކަމާ ދެމީހުންވެސް އަބަދުވެސް ޝުކުރުވެރިވެއެވެ.
“ޒާ…. ދާންވީމަ ގޮވާލާ…”ފަޔާޒްގެ ފަހަތުން ކޮޓަރިއައް ދަމުން ނުޒުހާ ބުނެލިއެވެ. އެއްމެރަނގަޅުކަމުގައި ބުނެފައި ޒާރާވެސް ކޮޓަރިއައް ދިޔައީ އިރުކޮޅަކު އަރާމުކޮއްލުމަށެވެ. ކޮޓަރިއައްވަދެ އެދުގައި ހަމަޖެހިލުމާއެކު ޒާރާގެ ކުރިމަތީގައި މާޒީގެ ސޮފުހާތައް ނުއުޅެންފެށިއެވެ. އެމާޒީ ހަދާން ކުރަން ބޭނުން ނުވިޔަސް އަދިވެސް ޒާރާ އަށް އެކަމެއް ނުވިއެވެ.
******************************************************************************
ޒާރާއަކީ އެއާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މެދުފަންތީގެ އާއިލާއެއް ނަމަވެސް ޒާރާގެ ކޮންމެ އެދުމެއް އެއްމެފުރިހަމަ ގޮތުގައި ހަމަޖައްސާދީފައިވަނީ ޝަކުވާކުރުމެ ފުރުސަތެއް ޒާރާއައް ނެތްވަރަށެވެ.
“ޒާރ.. ދަރިފުޅާ… ދެންތެދުވޭ…. މިހާރު ނުވައެއްޖަހަނީއޭ….”ޒާރާގެ ކޮޓަރީ ދޮރުގަ ޓަކިޖަހަމުން ޒާރާގެ މަންނަ ޒާހިދާ ގޮވާލިއެވެ.
“އެބައަންނަން ފެންވަރާލައިގެން….. “ލޯ އުގުޅަމުންގޮސް ދޮރު ހުޅުވާލައިފައި ޒާރާ ބުނެލިއެވެ. ލޯބިން ޒާރާގެ ބޮލުގައި ފިރުމާލަމުން މަންމަ ނިކުމެގެން ދިޔައީ އަވަސްކޮއްލައިގެން އައުމައް ބުނެފައެވެ.
ގޭގައި އުޅޭއިރު އާންމުކޮއް ލައިއުޅޭކަހަލަ ޓީޝާޓަކާއި ފުޅާހަރުވާޅެއް ލައިގެން ވައް ބުރުގާ ރީތިކުރަމުން އައިސް ބަދިގެއައް ވަންނަން އުޅުނު ޒާރާ މީހެއްގެ ގައިގަ ޖެހިފައި ވެއްޓުނެވެ.
“ތުއްތޫ…..”ވީ ތަދުން ލޯ މަރާލައިގެން އިދެ ޒާރާއައް ބުނެވުނެވެ. އެމީހެއްގެ ގައިގަ ޖެހުނުވަގުތު ދުވި ސެންޓުގެ ވަހުން އެއީ ނިހާން ކަމުގައި ޒާރާ ޔަގީންކުރިއެވެ. އެޓާނިޓީގެ އިންޓެންސް އަކީ ޒާރާއައް ނޭފަތައް އުދަގޫކުރާވަހެއް ނަމަވެސް ނިހާން އެވަރެއް ނެތެވެ. މާލޭގައި ކިޔަވަން ހުންނަ ނިހާން ރަށައް އަންނަކަން ޒާރާއަށް ނުވެސް އެގެއެވެ. ނަމަވެސް ތަދުވުމުން އެކަމާ ވިސްނާވެސް ނުލެވުނީއެވެ. ކުޑައިރުކޮޅަކު އެހެން އިނުމައްފަހު ފުންމައިގެން ތެދުވެ ނިހާންގެ ގައިގާ އޮޅުލައިގަތެވެ. މީހެއްގެ ހުނުމުގެ އަޑައް ޒާރާއައް ލޯހުޅުވާލެވުނެވެ. އޭރު ކުރިމަތީގައި ނިހާން ހޭން ހުއްޓަވެ. ބައްދައިގަނެގެން ހުރެވުނީ ނިހާން ގައިގަ ނޫންކަން އެގުމާއެކު ޒާރާ އަށް ދުރައް ޖެހެވުނެވެ. ކުރިމަތީގައި ހުރި މީހަކައް ބަލާލުމެއްވެސް ނެތި ބަދިގެތެރެއައް ދެމިގަތެވެ.
“ޒާރޫއަސްލުވެސް ހީކުރީ އެއީ ތުއްތުކަމައް ތަ؟”ޒާރާގެ ފަހަތުން ހެމުން ބަދިގެއައްވަދެ ނިހާން އަހާލިއެވެ.
“ނިހާން ކޮންކަމަކާ ހާދަވަރަކަށް ތި ހެނީ….”މޭޒުކައިރީގައި ސައިބޯން އިން ނަވާލް އަހަލިއެވެ.
“ދޮންބޭ މި…. ތުއްތުގެ ކުނި ސެންޓްވަސް …. އެހެންވެޔޭ ނޭގުނީ….” ވީގޮތް ނިހާން ކިޔާދިނުމާއެކު ޒާރާ ޝަކުވާ ކުރިއެވެ. އޭރުވެސް ޒާރާހުރީ ލަދުން ވިރިވިރިއެވެ.
“ސާބަސް ޒާރޫ އަށް … އެސެންޓު ޖަހާފާނެ ދޯ އެހެން މީހެއްވެސް…. ބައިދަވޭ އެއީ ތުއްތުގެ ބެސްޓް ފްރެންޑް ޔުއާން…”ޒާރާއާއި އިރުކޮޅަކު ދިމާކޮއްލުމައްފަހު ނިހާން ނުކުމެގެން ދިޔައެވެ. އެއާއެކު ބަދިގޭގައި ތިބި ނަވާލް އާއި ޒަހުވާން ޒާރާއާއި ދިމާކުރަން ފެށިއެވެ. ހަތަރުކުދިން އެކުގައި ބޮޑުވެގެން އައިއިރު އެކުދިންގެ މެދުގައި އުފެދިފައިވަނީ ވަރައްވެސް ވަރުގަދަ އެކުވެރިކަމެކެވެ. އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު ޒާހިދާއާއި ނިހާދު ތިބެނީ އުފަލުން ފޮޅިފައެވެ.
މެންދުރު ވެގެން އައިއިރު ޖޯލީގައި ހެއްލާލަ ހެއްލާލައި އޮތް ޒާރާ އޮތީ ލަވަޖަހާލައިގެން ލޯމަރާލައިގެންނެވެ.
“އޭތް މިތާގަދޯ ތިއޮތީ…. އަހަންނައް ހޭލެވުނު އިރު ރޫމްގަ ނެތީމަ މިނިކުތީ…”ނިހާންގެ އަޑައް ޒާރާ ލޯހުޅުވާލާފައި ހައިރާންވެފައި ނިހާން އައް ބަލާލިއެވެ.
“ލޯބޮޑުކޮއްފަ ބާލާކައް ޒާރޫ އަކާ ނޫނޭ މިވާހަކަ ދައްކަނީ…. ޔުއާންއާ…”ޒާރާއާއި ދިމާއައް ނިއްއެއްލަމުން ނިހާން ބުނެލިއެވެ. ޒާރާ ޖޯލި ފަހަތައް އެބުރި އަވަސްއަވަހައް ބަލާލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Yeyyy mee first dhww❤anyways vrh salhi vaahaka….