Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފަނާ 2

I-RaM Level 110 Stories
April 18, 2015 3 Mins Read
8 Comments

ލަތާ ގޮސް ދޮރުހުޅުވިއިރު ކުރިމަތީ ހުރި މީހާފެނި އަހަރެންގެ ހަތަރެސްފައި ގަނޑުވެގެން ދިޔަކަހަލައެވެ.ކުރިމަތީ އެ ހުރީ މުޅި ދުނިޔޭންވެސް އަހަރެން އެންމެ ނަފްރަތު ކުރާ ސޫރައެވެ. އާއެކެވެ.އެއީ އަޒާލްބެ އެވެ.ބައްޕަގެ އެންމެގާތް އެކުވެރިޔާގެ ދަރިފުޅެވެ. މާލޭގެ ބޮޑު މުއްސަނޖެކެވެ.އެހެނަސް އަޒާލްބެ އަހަރެންގެ ރަށަށް އައިސް އަހަރެންގެ ސްކޫލުގަ މަސައްކަތް ކުރަންފެށި ފަހުން އަޒާލްބެ މުޅިހެން އުޅެނީ އަހަރެންގެ ރަށް އިސްދޫގައެވެ. އަޒާލްބެ ހުންނަނީ އަހަރެންގެ ގޭގައެވެ. އަޒާލްބެ އައިތާ 2އަހަރަށް ވުރެ ގިނަދުވަސްހޭދަވިއިރު މާލެ ދަނީ ހަމައެކަނި ސްކޫލު ޗުއްޓީގައެވެ.އަޒާލްބެ މިރަށައް ދެވިހިފިއިރު އޭގެ ސިއްރަކީ އަހަރެންގެ މަންމަ އާއި އަހަރެންކަށް ވިސްނުނީ އަޒާލްބެ މަންމަ އާއި އޮންނަ ގާތް ގުޅުމާއި އަހަރެންނާ މެދު ދެކެމުންއަންނަ ވިހަ ގަދަ ނަޒަރުންނެވެެ. އަޒާލްބެގެ އުދަނގޫ ބޮޑުވާފަށާފައިވަނީ މީގެ ތިންމަހެއްހާ ކުރިން މަންމަ މާލެއް ދިޔަ ދަތުރަށް ފަހުއެވެ. އަހަރެންގެ ހަށިގަނޑުން އެ މިނިކާވަގެއް ފަދަ ނަޒަރު ވަކި ކޮށްނުލާއިރު އަހަރެން ނިދީމަ އަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެން ކައިރީ ނިދަން އޮތުންވެސް އަޒާލްބެ ދަނީ އާދައަކަށް ހަދަމުންނެވެ.ކީއްވެކަމެއް އަހަންނަށް ނޭގުނަސް އަހަރެންނަށް އަޒާލްބެ ގެ އެއަމަލުތަކުން އުުދަނގޫވެ މިހާރު އެކަންވަނީ ބޮޑުބިރެކަށް ވެފައެވެ. މަންމަ އަށް މިމަންޒަރުތައް ފެންނައިރުވެސް އާޅާނުލުމުން އަހަރެނަށް ގޮތްހުސްވިއެވެ.އެހެނަސް އަހަރެންގެ ހިތުގައި އެމީހާގަނޑަށް އުފެދިފައިވާ ނަފްރަތުގެ ފާެރު ހައްތަހާ ދިއައީ ބޮޑުވަމުންނެވެ. މަންމަ އަޒާލްބެއާއި ގާތްވެފާވާ ވަރުފެނުންމުން އަހަންނަށް ވަރަށް އަސަރު ކުރި އެވެ. އަހަރެން މިހާ ދުވަހުން މަންމަ ކައިރީ އުޅެެމުންދިއައިރުވެސް ނުލިބުނު ގާތްކަމާއި ލޯބި އެ ނުދަންނަ ބީރާއްޓެހި މީހައަށް ދޭން ނެގީ ކުޑަ ދުވަސްްކޮޅެކެވެ. މަންމަ މެންގެ އެގުޅުމަށް އަހަރެނަށް ނަމެއްނުދެވުނަސް އެ ކުރަމުންދަނީ ނުބައިކަމެއްކަން އެނގި އަހަންނަށް އަބަދުވެސް މަންމަ އަޒާލް ބެ އާއި އެކުފެނުނީމާ ފާރަވެރިވެވެން ފެށިއެވެ. ހިތުގެ ކަނެއްގަ މަންމަ އޮތް ކުޑަކުޑަ ޖާގަ ވެސް މަންމަ އަތުން ވެއްޔާ މޮޑެލީ އަޒާރުބެ އާއި ފަހުން މަންމަ އުޅެންފެށި ގޮތުންނާއި އަހަރެން އެ މުޑުދާރު މީހާގެ ސިކާރަވެރި ލޮލުގައި އަޅައިގަތުމުންވެސް މަންމަ އެކަމަށް އަޅާނުލަ ހިތްވަރު ދޭންފެށުމުންނެވެ. އަހަރެން މިހުރިހާ ކަމެއް މީހަކާ ހިއްސާ ނުކުރިއަސް ވަރަށް ފޮރުވައިގެން އުޅޭ އަހަރެންގެ ޑައީރީގައި މިވާހަކަތަށްަ ބަރާބަރަށް ހިއްސާކުރީމެވެ. އަޒާލްބެގެ ކޮންމެ އަމަލެއް ވަކިވަކިން އަހަރެން ހާމަ ކުރަމުންދިއައީ އަހަރެން ވެއްޓެ ކާއިރިވެފަވާ އަދަވަޅު ނުފެނިއެވެ.އަޒާލްބެ ފެނި ވެފައިހުރި ފޫހި އަހަރެން ކޮޓަރި އަށް ވަދެފައި އިށީނދެލީ ހިތްނުތަނަވަސް ވާންފެށުމުންނެވެ. ބިރުވެރިކަން ހިތުގައި ހޭލަންނެގީ މަދު ސިކުންތްތަކެވެ. އެހެނަސް ކޮޓަރީގަ މާގިނަވަގުތު ހޭދަކުރަންނުހަދާ އަހަރެން ގެއިންބޭރަށް ދާންނުކުމީމެވެ. އޭރު ގޭތެރޭން މަންމަގެ ހުނުމުގެ އަޑާއި އަޒާލްބެގެ ސަކަރާތުގެ އަޑުއިވެމުންދިއައިރު އަޒާލްބެ މަސައްްކަތް ކުރަމުންދިއައީ މަންމަ ލައްވާ ކޮންމެވެސް ކަމެއް ކުރުވަން ރާވަމުންހެންހީވެއެވެ. އަހަރެންގެ ސައްކުނަޒަރާއި އެކު ސިކުނޑި ދެމުންދާ ސިގްނަލްތަކުން ގޭގަ ހުންނަ ޖެހިލުން ވެސްވެއެވެ. ވިސްނުންތަކަށް ގެއްލި ހުރެ ބޭރަށް ނުކުނަށް ދިމާކޮއްލިތަނާ ދޮރުހުޅުވާފަވަން ލަތާދައްތަ ގައިގާ އަޅައިގެންފާ ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު ބިމަތީ ޖެހުނު ކޮތަޅުތަކަށް ބަލާލަމުން ޗޮކެއްކަނޑާލާފަ އެކޮތަޅުތައްނަގާ ލަތާ ދައްތަ އާއި ހަވާލުކުރިއިރު ލަތާދައްތަގެ ނަޒަރު އަހަރެންގެ މޫނުން ވަކިނުވެހުރިތަން ފެނި ސިހުނެވެ. ބަދަލްގައި އަހަރެން ކޮށްލީ ސަމާސާއެކެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި އެމޫނަށް ހިނިތުންވުން ވެރިވިއިރު ވެފަހުރި ހާސްކަން އެއްކޮށް ކަނޑައިގެން ނުދެއެވެ. ލަތާ ދައްތައަކީ އަހަނަން ހެޔޮއެދޭމީހެއްކަން އިހުސާސްކުރެވެއެވެ،އެހެނަސް ލަތާ ދައްތަ އަށްވެސް އަހަންނަށް މާބޮޑު އެހީތެރިކަމެެއްނުދެވެނީ އެއީ ނުކުޅެދޭމީހަކަށް ވީމަކަން އަހަރެން ގަބޫލްކުރަމެވެ،ލަތާ ދައްތަ އަށް ވާހަކަ ނުދެއްކުނަސް ވަށާގެންވާ ކަންތައްތަކާއި އަޑުތައް އިވެއެވެ. ހެއްކަކީ ލަތާދައްތަ އަހަެރމެންގޭގަ މަސައްކުރަން އައިސް ހޭދަކުރާ ބާރަ ގަޑިއިރު އަހަރެންގެ ހަށިފާރަވެރި އެއްފަދައިން ރައްކާތެރި ކޮށްދޭން މަސައްކަތްކުރާ ކަމުގެ އިހްސާސާއި އަހަންނަށް ބަހައްޓާ ހާއްސަ ސަމާލުކަން ފެނުމުންނެވެ. ލަތާދައްަތަ އަހަރެން ކައިރީއިސާރާތުން އެއްޗެއް ބުނަން އުޅުނެވެ. ލަތާދައްތަ ބުނި އެއްޗެއް އެނގުމުން އަހަރެންހާސްވިއެވެ.މާދަމާ ލަތާ ދައްތަ ދަނީކަމަށް އިސާރާތުން ބުނެލިއިރު އެ ދަނީ އަހަންނާ ވަރަށް ދުރައްކަން އެނގުމުން ލޮލޮން ބޭއިހްތިޔާރުގައި ކަރުނަ އައެވެ. ލަތާ ދައްތަ އަހަންނާ ކައިރިވެ،އަހަރެންގައިގާ ފިރުމާލުމުން އަހަންނަށް އެއަތުންގެ ހިމާޔަތް ތެރެއަށް ވަދެވުނީ ކެއްތެރިކަން ކުޑަވެފާވާ މީހެއްފަދައިންނެވެ. އަހަންނަ ވިސްނާލެވުނީ ދެން އަހަރެންގެ ހަޔާތަށް އަންނަ އުޅޭ ތުފާނައި ދެތެރޭއެވެ.ސިގްނަލްތައް ދެމުން ދެމުން ގޮސް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުވެސް ބޯމަތިން ނަގާ މިއޮށް ވަޔާ އެއްލާލީއެވެ. ލޯފޮހެލަމުންހިނިތުންވެލީ އެދައްތަ އަށް އުފަލުން ވަދާއުކިއުމަށެވެ. އެހެނަސް އެލޮލުގައިވެސްވީ ކަރުނައެވެ. އަހަރެންގެ އަނދިރިވަމުންދާ ދުނިޔެ އިހްސާސް ވާކަން އެދެލޮލުން ދޭހަވިއެވެ. އަހަރެމެން މެދަށް ވެރިވެފާވާ ހަމަހިމޭން ކަން ނަގަލީ ކޮންމެވެސް މީހަކު ކަރުކެހެލި އަޑަށެވެ.އޭރު ގޭދޮރުންބޭރަށް ނުކުތުމަށް އަންނަ އަޒާލްބެ ހުރީ އަހަރެމެންނާއި ވަރަށް ކައިރީގައެވެ.އަޒާލްބެ އަހަންނާއި ދިމާލަށް ބަލާލުމަށް ފަހު ވިހަ ހިނިތުންވުމެ ދިންތައް ފެނި އަހަރެންގެ ލޮލުން އަލިފާން ބުރައުގަތެވެ.އައިރުޅިން ދުވެފައި ކަހަލަ ގޮތަކަށް އަހަރެންގޭން ނުކުމެ ކުރިމަތީ އޮތް އަތިރީއާ ދިމާލަށް ދިއައީމެވެ.ރަޅު ތަކުގެ އަޑު މަޑުވެފައި މަޑުމަޑު އައިރޯޅިތަކުން ހަމަޖެހުން ހޯދަ މަސައްކަތް ކުރިއިރުވެސް އެކަން ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން އޮތެވެ. އަހަރެންގެ އެކަނިވެރި ހަޔާތުގެ ފަޅުކަން ފިލުވާދޭ މަންޒިލަކީ މިއީއެވެ. މިހަމަހިމޭން މާހައުލުން އަހަންނަށް ލިބިދޭ އުފާ ބަޔާންކުރަން ދަތިވެއެވެ. އަތިރީގެ ސަފް ދޮންވެލި މަތީ އޮށޯވެލައިގެން އޮތްއިރު ރާޅުަތަކާ އަރަގުވެގެން ގޮސް މި މަގްސަދެއް ނެތް ހަޔާތާއި ދުރަށްދެވޭނެނަމައޭ ކިތަންމެ ފަހަރަކު ހިތަން އަރައެވެ. މަންމަގެ ނަފްރަތާއި އެއްވަރަށް ރަށުގެ މީހުންގެ ފަރާތުންވެސް ލިބެނީ އަހަންނަށް ނަފްރަތެވެ.އެންމެވެސް ދެކެނީ އަހަންނަކީ މަންމަ ދޭކޭފަދައިން ސުންޕާ ކުއްޖެއް ގޮތުގައެވެ. އަހަރެންގެ އޮތީ ކޮންކުށެއްހެއްޔެވެ؟ ކުރިއަށް އޮތީ އަހަންނަށް ކިހާ އަނިޔާވެރި ދުވަސްތަކެއްބާއެވެ…….ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (11 ވަނަ ބައި(

Next

ސާޔާ (6 ވަނަ ބައި)

Next
April 20, 2015

ސާޔާ (6 ވަނަ ބައި)

Previews
April 18, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (11 ވަނަ ބައި(

8 Comments!

  1. aika says:
    April 18, 2015 at 5:10 pm

    Wow
    Im the first
    kn iraku next part
    V reethi

  2. I-RaM says:
    April 18, 2015 at 5:19 pm

    thanks aika . as soon as possible i will upload next part..

  3. fini says:
    April 18, 2015 at 7:51 pm

    ya ehaa nice ey nun adhi kuda than kolhey

  4. mimmi says:
    April 19, 2015 at 12:14 am

    Nyc

  5. shalls says:
    April 19, 2015 at 9:44 am

    Ehaa nice eh nun. BT keep it up.. Maa kuru

  6. shazz says:
    April 19, 2015 at 4:14 pm

    maa kuree

  7. een says:
    April 20, 2015 at 10:57 am

    HARDHA KUREYYYY

  8. inki says:
    April 20, 2015 at 11:57 pm

    އެއީ އަޒާލްބެ އެވެ.ބައްޕަގެ އެންމެގާތް އެކުވެރިޔާގެ ދަރިފުޅެވެ. މާލޭގެ ބޮޑު މުއްސަނޖެކެވެ.އެހެނަސް އަޒާލްބެ އަހަރެންގެ ރަށަށް އައިސް އަހަރެންގެ ސްކޫލުގަ މަސައްކަތް ކުރަންފެށި ފަހުން އަޒާލްބެ މުޅިހެން އުޅެނީ އަހަރެންގެ ރަށް އިސްދޫގައެވެ. އަޒާލްބެ ހުންނަނީ އަހަރެންގެ ގޭގައެވެ. އަޒާލްބެ އައިތާ 2އަހަރަށް ވުރެ ގިނަދުވަސްހޭދަވިއިރު މާލެ ދަނީ ހަމައެކަނި ސްކޫލު ޗުއްޓީގައެވެ.އަޒާލްބެ މިރަށައް ދެވިހިފިއިރު އޭގެ ސިއްރަކީ އަހަރެންގެ މަންމަ އާއި އަހަރެންކަށް ވިސްނުނީ އަޒާލްބެ މަންމަ އާއި އޮންނަ ގާތް ގުޅުމާއި އަހަރެންނާ މެދު ދެކެމުންއަންނަ ވިހަ ގަދަ ނަޒަރުންނެވެެ.
    dhn vrah undhaoo ekko liyefa othyma.. paragraph khleema kiyaalan fasyha veene hn heevey… dhn varah odd gotheh hurey kiyaa iru… nan maa ginanin use koffa hureema

Comments are closed.

Next Episodeފަނާ 3←


All Right Reserved!