Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (11 ވަނަ ބައި(

Shaam Level 110 Stories
April 18, 2015 3 Mins Read
4 Comments

ހޮސްޕިޓަލްތެރެއަށް ވަދެގެންދިޔައިރު އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ޒައިކްގެ ކުރިމައްޗަށް މިދަނީ ކޮން މޫނަކާއިގެން ބާވައެވެ. އެހެން މީހެއްގެ ހައްޤަކަށް ވަމުންމިދާ ދަނޑިވަޅުގައި ޒައިކްގެ ކުރިމަތީގައި އަހަރެންގެ އިޙްސާސްތައް ފޮރުވުމަށް ކުރެެން ހުރި މަސައްކަތެއް ކުރަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ.

އަހަންނަށް މިވަނީ ކޮންހާ ގޮތްތަކެއް ބާވައެވެ. ޒައިކް އެއީ އެމީހަކަށްޓާކާ އަހަރެންގެ ހިތް ދެވިފައިވާ ދެގޮތެއް ބަދަލެއް ނުވާނެ އަހަރެންގެ ލޯބިވާއެވެ. މިއަދުވެސް މިހިތުގައި އެކަން އޮތީ ހަމަ އެފަދައަކުންނެވެ. އަހަރެންގެ ހިތަށް ކިރިޔާވެސް ޝިފާއެއް ލިބެން އޮތީ ޒައިކްގެ ފަރާތުންކަން އަދިވެސް ހިތް ޤަބޫލްކުރާކަހަލައެވެ. މިހިތުގެ ޒަޙަމްތައް ރަގަޅުނުވެގެން އުޅެނީ އެހިތުން ފަރުވާއެއް ނުދޭތީތާއެވެ. އަހަރެންގެ ހިތުތެރޭގައި ދައުރުވަމުންދާ ކެކުޅުންތައް އަހަރެން މިދުލުން ބަޔާން ކޮށްދޭނީ ކިހިނެތްހެއްޔެވެ.

ޒައިކް އޮތް ކޮޓަރިއަށް އަހަރެން ފައިސަލްއާއި އެކު ވަނީމެވެ. ފައިސަލް ސަލާމް ގޮވާލުމުން ޖަވާބު ދިނީ އެ ކޮޓަރީގައި ހުރި ޑޮކްޓަރެކެވެ. އަދި އެއާއި އެކު އެދުގައި އޮތް ޒައިކްވެސް ސަލާމަށް ޖަވާބު ދިނެވެ.

އެމޫނު ފެނުމާއި އެކު އަހަރެންގެ ލޭގެ ހިގުން އަވަސްވިކަހަލައެވެ. އެ މައުސޫމު ދެލޯފެނި އަހަރެންގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ޒައިކްގެ މޫނު މަތިން އެއްވެސްކަހަލަ ހާސްކަމެއް ނެތެވެ.

“އަހަނ! ލައިލާތަ..އަވަހަށް އާދޭ އިށީދޭ.. މީކޮންބޭފުޅެއްތޯ!” އަހަރެންނާއި ޒައިކް ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިހުރެގެންނެވެ. އެއްވެސް ކަމެއް ހިގިކަހަލަ އެއްވެސް ނިޝާނެއް އަދި ރުޅިވެރިކަމުގެ އެއްވެސް ކަމެއް އޭނަގެ ފަރާތުން ފާހަގަނުކުރެވުމުން އަހަރެން ހުރީ ހައިރާންވެފައެވެ. އޭނަޔާ ދެން އިތުރަށް ދައްކާނެ ވާހަކައެއްވެސް ނޭގުނެވެ. އޭނަޔަށް ޖަވާބުދިނީ ފައިސަލް އެވެ.

“އަޅުގަނޑަށް ކިޔަނީ ފައިސަލް. އަޅުގަނޑުގެ ސައިކަލުންޖެހިފަ ތި ބޭފުޅާއަށް އަނިޔާވީ.. އަޅުގަނޑުމިއައީ އެކަމާ މަޢާފަށް އެދެން އަދި އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ބެލުމަށް”

ޒައިކް ކުއްލިއަކަށް އަހަންނާއި ވާހަކަ ދެއްކުމުން ފައިސަލް ހުރީ ހައިރާންވެފައެވެ.

“ނޫން،، އަޅުގަނޑު ތިޔަ ބޭފުޅުންގެ ފަރާތުން އެއްވެސްކަމެއް ބޭނުމެއް ނޫން. އިރާދަކުރެއްވިއްޔާ އަހަރެންގެ ޙާލު މިހާރު ވަރަށް ރަގަޅު.. އެނޫނަސް އެއީ އެކްސިޑެންޓެއް،، ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެން ދެއްވީތީ” ޒައިކް ހުރީ ވަރަށް ހަމަޖެހިލާފައެވެ.

” ވަރަށް އުފާވެއްޖެ ދިމާވީތީ .. އަދި ނަންވެސް ވިދާޅެއް ނުވަމެއްނޫންތޯ، ކިހިނެތްތޯ ލައިލާ ދަންނަނީ”

ފައިސަލް މަސައްކަތްކުރީ ޒައިކްއާއި ގުޅުން ބަދަހިކުރުމަށެވެ.

“އަޅުގަނޑުގެ ޒަމަކީ ޒައިކް.. ލައިލާ އެއީ ރަށުކުއްޖެއް… އަދި ރައްޓެއްސެއްވެސްމެ..އެހެންވެ އެހާ ރަގަޅަށް އެގެނީ”

ފައިސަލް އިތުރު ވާހަކައެއް ނުދައްކައެވެ. ޒައިކް އެހެން ބުނުމުން ފައިސަލް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެންގެ އިސްޖަހާފައިވާ މޫނު ފެނުމާއި އެކު ޒައިކް އާއި ސަލާމްކޮށް ނަމްބަރ ނޯޓްކުރުމަށްފަހު ނުކުމެގެން އައީއެވެ. ޔަޤީނުންވެސް ފައިސަލްއަށް މިހާރު އެއީ ކާކުކަން ވަރަށް ރަގަޅަށް އެގޭނެއެވެ. އަދި އަހަރެންގެ ހުރިހާ ހަރަކާތްތަކެއްގެ ސަބަބުވެސް އޭނައަށް އެގޭނެއެވެ.

ޒައިކް އޮތް ކޮޓަރިން ނުކުތް ވަގުތު ޒައިކްގެ ޑޮކްޓަރ އަހަންނަށް ގޮވާލިއެވެ. އަހަންނާއި ފައިސަލް އާއި ދެމީހުން މަޑުކޮށްލުމުން ޑޮކްޓަރ އަހަންނާއި އެކަނި ވަރަށް މުހިއްމު ވާހަކަތަކެއް ދައްކަން ބޭނުންވާކަމަށް ބުންޏެވެ. ފައިސަލްގެ މޫނަށް އަހަރެން ބަލާލީމެވެ.

” ލައިލާ އެހެންވީއިރު ޑޮކްޓަރއާއި ވާހަކަ ދައްކާލަން ވީނު.. އަހަރެން އަންނާނަން މިތާކައިރީ ފިހާރައަކަށްގޮސްލާފަ” ފައިސަލްގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ.

އަހަންނާއި ޒައިކްގެ ޑޮކްޓަރދިޔައީ ޑޮކްޓަރ ރޫމަށެވެ. އަދި އަހަރެންކައިރީގައި ގޮޑިއެއްގައި އިށީނުމަށް އެދުމަށްފަހު އަހަރެން މިއީ މީގެކުރިން ޒައިކްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލައިލާތޯ ސުވާލްކުރިއެވެ. އަހަރެން ޖަވާބުގައި ބޯޖަހާލީމެވެ.

“އަޅުގަނޑަކީ ޑރ.ޝިޔާމާ، އަޅުގަނޑަކީ ޒައިކްއަށް ކެންސަރ ޖެހުނު ފަހުން އޭނައަށް ފަރުވާދެމުން އަންނަ ޑޮކްޓަރެއް،  މިފަހަރުގެ އެކްސިޑެންޓް އަށްފަހު އަނެއްކާވެސް ޒައިކްގެ ޙާލަތު ގޯސްވާތީ އަޅުގަނޑު ޒައިކްގެ ފަރުވާއާއި މިޙަވާލްވީ، ލައިލާއަށް ވަގުތު ދެއްވެން އޮތިއްޔާ އަޅުގަނޑު ޒައިކް އާއި ބެހޭގޮތުން ލައިލާއަށް ބައެއް ވާހަކަތައް ސާފުކޮށްދޭން ބޭނުން. ވަގުތު ދެވޭނެތޯ”

އަހަރެން އަނެއްކާވެސް ބޯޖަހާލީމެވެ. ޑޮކްޓަރގެ ވާހަކަތަކުން އަހަންނަށް ދިޔައީހައިރާންކަން ލިބެމުންނެވެ.

” ލައިލާ އަށް އިގޭތޯ ޒައިކްގެ ބްލަޑް ކެންސަރ ހުންނަކަން، އަޅުގަނޑަށް އެގޭ ލައިލާއަށް އެކަން އެގިނުލައްވާކަން އަދި އެހެންވެކަން ލައިލާގެ ދިރިއުޅުން ތިހާ ބަދަލްވީވެސް، އާދެ ލައިލާ ، ޒައިކް މިހާރު އެހެރީ ކެންސަރގެ އެންމެ ފަހު ސްޓޭޖްގައި، އޭނަ ދިރިހުންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް، ކޮންމެ ދުވަހަކު ލޭ ބަދަލްކުރަންޖެހޭ، އެކަމަކުވެސް އޭނަ އަށް ފަރުވާއެއް ނުލިބޭ. ލައިލާއާއި ޒައިކްވަކިވީ މި ބަލި މެދުވެރިވެގެން، ޒައިކްގެ ރިޕޯޓްތަށް ތަޙްލީލްކޮށް ރާއްޖެއިން ބޭރުންވެސް ފަރުވާދެވިއްޖެ ، އޭނަ އަށް އެއްވެސް ކުރިއެރުމެއް ނައި، އޭނަ ލައިލާދެކެ އިންތިހާ އަށް ލޯބިވޭ، ލައިލާއަށް އެއްވެސް ގޮތަކުން ދެރަގޮތެއްވާކަށް އޭނައެއް ނޭދޭ.. ލައިލާ ދޫކޮށްލި ސަބަބކީވެސް އެއީ.. ލައިލާގެ ހަޔާތަށް މަދުދުވަސްކޮޅަކަށް އައިސްފަ ހިތްދަތިކޮށްފަދާކަށް އޭނަ ބޭނުމެއް ނުވޭ، އަޅުގަނޑަށް  މިކަންތައްތައް އެގުނީ އޭނައަށް ފަރުވާދިނުމަށް މިވީ މުއްދަތުގައި އޭނަގެ ފަރާތުން ސާފުކުރި މަޢުލޫމާތުތަކުން، އޭނަ ހުންނަނީ އަބަދުވެސް ވިސްނުމެއްގަ، އޭނައަށް ލައިލާގެ އަޅާލުން ބޭނުންވޭ، އޭނައަކީ ކުޑަ ދުވަސްކޮޅެއްގެ މެޙްމާނެއް، އަޅުގަނޑު މިވާހަކަ ލައިލާއާއި މިހާ ޕާސަނަލްކޮށް ބުނެލަންޖެހުނީވެސް ޒައިކްގެ ޙާލު އަބަދު އެގޮތަށްދެކޭކަށް އަޅުގަނޑު ބޭނުމެއް ނޫން، ޕޭޝަންޓަކަށްވުރެ އެއީ މިހާރު އަޅުގަނޑުގެ ރަޙްމަތްތެރިއެއް، އޭަނަގެ ވިސްނުން ހުންނާނެގޮތް އަޅުގަނޑަށްވުރެ ރަގަޅަށް އެގޭނީވެސް ލައިލާއަށް، އެހެންވެ މިވާހަކަތައް ބުނެލަން އަޅުގަނޑު ލައިލާގެ ފަރާތުން ފުރުސަތަކަށް އެދުނީ، ލައިލާއަށް އެގިލައްވާނީ ލައިލާ ކަންތައްކުރައްވާނެގޮތެއް، އަޅުގަނޑަށް އެގޭކަމަކީ ލައިލާގެ އަޅާލެއްވުން މިދުވަސްކޮޅު ޒައިކްއަށް ވަރަށް މުޙިއްމުކަން، އޭނަ އަބަދުމެ ބަލާހުވެފެންތަކަކީ ދައްކާ ވާހަކަ ތަކަކީ ތިއީކަން، ލައިލާގެ ހިތުގައި ޒައިކްއަށް ގަދަރެއްވާނަމަ އެކަން ހާމަކުރުމާއި ނުކުރުން އެއީ ލައިލާގެ އިޚްތިޔާރެއް”

ޑޮކްޓަރގެ ވާހަކަތައް އަޑުއަހާފަ އަހަންނަށް ބޭއިޙްތިޔާރުގައި ކޮޅައް ތެދުވެވިއްޖެއެވެ. ގިސްލަގިސްލާފައި ރޯން ފެށުނެވެ. އަހަންނަށް ތަޤްދީރު ނިޔާމިކުރަނީ ކޮންފަދަ ނިންމުންތަކެއް ބާވައެވެ. އެއްފަރާތުން އުފާވެރިކަމުގެ ހުޅުކޮޅު ރޯވާ އިރަށް އަނެއް ފަރާތުން ކަރުނަތަކުގެ ތެރޭގައި އެ ހުޅުކޮޅު ނިއްވާލައެވެ. ފާރުގައި ބޯ ޖައްސާލައިގެން ހުރެ އަހަންނަށް އަޑު ހަރުކޮށް ރޮވެން ފެށުނެވެ. އަދި އެއާއި އެކު ދުވެފައިނުކުމެގެން ގޮސް އަހަރެން ޒައިކްގެ އޮތް ކޮޓަރިއަށްވަދެ އޭނެގެ މޭމައްޗަށް ވެއްޓި ރޯން ފެށީމެވެ.

” ޒައިކް އަހަންނަށް މަޢާފްކުރޭ! އަހަންނަށް ޒައިކްގެ ޙާލު ނޭގުނީ، ކީއްވެ ޒައިކް އަހަރެންދޫކޮށްލަން ނިންމީ، ކޮންމެ ފަދަ ޙާލެއްގައިވެސް އަހަރެން މިހުރީ ޒައިކް އާއި އެކު ކުރިއަށް ދާން”

ޒައިކްގެ ގައިގައި ބައްދައިގެ އޮވެ އަހަރެން ކަރުނަތައް އަޅަމުން ދިޔައީމެވެ. އެއީ މީގެ އެތަށް ދުވަހެއްކުރީއްސުރެން ހިތުގައި ދައުރުވަމުންދިޔަ އުދާސްތަކެވެ. އަހަންނަށް މިއޮއްހާ ދުވަހު ޒައިކްއާއި މެދު މި ދެކެވުނީ ކޮންފަދަ ގޯސްކޮށްބާއެވެ. އޭނަ އަހަންނަށްޓަކާ ލޯބި ގުރުބާން ކޮށްލިއިރު އަހަރެން އޭނަ ކެހިދިނީ އޭ ހިތާ އޭނަގެ ހަނދާންތަކާ ދުރައްދެވޭތޯ މަސައްކަތްކުރީއެވެ. އާއެކެވެ. އެއީ އަހަރެންގެ ޒައިކް އެވެ. އަހަރެންނާއި ލޯބި ލޯބިން ގުޅިގެން އުޅުނު ޒައިކް އެވެ. އޭރެކޭ އެއްފަދައަކުން މިއަދުވެސް އޭނަ އަހަރެންދެކެ އިންތިހާ އަށް ލޯބިވެއެވެ. އޭނަގެ ހަޔާތުން ކޮންމެ ހިނދުކޮޅެއް އެދަނީ އަހަރެންގެ ހަނދާނުގައި ހޭދަކުރަމުންނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ބޮސްދީފާ ނުދޭ ކަލާ

Next

ފަނާ 2

Next
April 18, 2015

ފަނާ 2

Previews
April 18, 2015

ބޮސްދީފާ ނުދޭ ކަލާ

4 Comments!

  1. aika says:
    April 18, 2015 at 5:09 pm

    Wow this story is not good but it is superb
    I cant wait to read the next part
    Asluves v reethi

  2. mufff says:
    April 18, 2015 at 6:04 pm

    Alhey haadha dhera gothe k dho zaik ah midhimaa v…. Ekamaku vahaka hama superb vrh nice mi part

  3. faathun says:
    April 18, 2015 at 6:27 pm

    zaik maraa nulahchey please..laila aa zaik aa gulhuwaba..

  4. Poopoo says:
    April 19, 2015 at 2:00 am

    Pls dnt end zaik’s character! Let a miracle happen n save him pls

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (ފަހުބައި)←


All Right Reserved!