Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 20, 2020 5 Mins Read
27 Comments

މިންހާ އެނދުގައި އޮށޯވެލައިގެން ފޯނުން އިންސްޓަގްރާމް ބަލަން އޮތެވެ. ފޫހިވެފައި އޮތުމާއެކު ކުރަން އެންމެ ރަނގަޅު ކަމަށް ފެނުނީއެވެ. މަތިން ފެށިގެން ތިރިއަށް ސްކްރޯލް ކުރަމުން ދަމުން ހުއްޓާލަން ޖެހުނީ ލަންޑަންގެ މަޝްހޫރު މޮޑެލް ވެލެރީ ވެސްޓް ކޮށްފައި އިން ޕޯސްޓް ފެނިފައެވެ.
****

އެރިކްއާ އެކު ނަގައިފައި އިން ސެލްފީ ޕޯސްޓްކޮށްފައި އިން އިރު އޭގެ ކެޕްޝަންގައި ‘ޑޭޓް ނައިޓް ވިތް މައި ބޯއި’ ލިޔެފައި އިނެވެ. ހިތަށް ވެރިވި ފޫހިކަމާއެކު ވަގުތުން އިންސްޓަގްރާމް ނިންވާލިއެވެ. ފޯނުވެސް އެނދު މައްޗަށް އެއްލާލައިފައި އޭނާގެ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނުކުތެވެ.

“އޭ މިންނު އިންސްޓަ ދެކުނިންތަ؟ މޮޑެލް ވެލެރިއާ އެއްކޮށް އެރިކް ޑޭޓަކަށް ގޮސްވީ” ޒާޔާއަށް އިންސްޓަގްރާމުން ވެލެރީގެ ޕޯސްޓް ފެނުމާއެކު ދުވެފައި އައިސް މިންހާއަށް އެ ޚަބަރު ދިނެވެ. މިންހާ ލުއި ހިނިތުންވުމަކާއެކު އޭނާއަށްވެސް އެ ޕޯސްޓް ފެނިއްޖެ ކަމަށް ބުންޏެވެ.

އާސެނަލް އަދި ލެސްޓާރ ސިޓީ އާސެނަލް ދަނޑުގައި ކުޅޭ މެޗު ފެށުމުގެ ކުރިން އިޝަލް ޑްރެސިންގް ރޫމްގައި ޓީމާއެކު ވަގުތު ކޮޅެއް ހޭދަކުރިއެވެ. ލީގު ހޯދުމަށްޓަކައި މި މެޗަކީވެސް އެޓީމަށް މުހިންމު މެޗެކެވެ. މެޗު ފަށަން ދިހަ މިނެޓަށް ވުމުން އިޝަލް ގޮސް މެޗު ބަލަން އަންނަ ޓީމުގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައި ހުރި ގޮނޑި ބަރީގައި އިށީނެވެ. ތަންކޮޅެއް ދުރުގައި ތިބި ޒާޔާ އަހާން އަދި މިންހާ ފެނުމުން ދުރުގައި ހުރެގެން އަތް ހޫރާލިއެވެ. އެމީހުންނަށް ގޮވައިފައި އޭނާ ގާތަށް އައުމަށް ބުންޏެވެ. ދާން ނުދާން ތިބެފައިވެސް ތިން ކުދިން ގޮސް އިޝަލް ގާތު ހުރި ހުސްތިން ގޮނޑީގައި އިށީނެވެ.

ދަނޑަށް ނުކުތް އެރިކްއަށް އިޝަލް ގާތު އިން މިންހާ ފެނި ހިނިތުންވެވުނެވެ. ކަޅު ކުލައިގެ ޝޯލްއާ އެކު ހަމަ އެ ކުލައިގެ މައްޗަކާ ޖިންސެއް ލައިފައި ހުރި އިރު މިންހާއާ ވަރަށް ގުޅެއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސައިފައި ހުރިއިރު މިންހާގެ އެސްފިޔަތަށް ދިގު ބޮޑު ދެލޮލާއި ގުޅޭހެން ލޯ ވަށައިގެން އަނދުން އަޅައިފައި ހުއްޓެވެ.

އާސެނަލްގެ ރަތާ ހުދު ކުލައިގެ ޖާޒީގައި އެރިކް ހަމަ ލޮލަށް ފެންނައިރު ޓީވީ އަދި ފޮޓޯތަކުން ފެންނަ ވަރަށް ވުރެ ރީއްޗޭ މިންހާގެ ހިތަށް އެރިއެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ގެނެސް ސްޓައިލްކޮށްފައި ހުރިއިރު ތުނބުޅި ހުރީ ރީތިކޮށް އެއްވަރު ކޮށްފައެވެ. “ހީ ލުކްސް ހޯޓް” މިންހާގެ ކަންފަތް ދޮށުގައި ވައިއަޑުން ޒާޔާ ބުނެލިއެވެ. ހިނިތުންވެލައިފައި މިންހާ އެއަށް އިތުރު އެއްޗެކޭ ނުބުނެއެވެ.

މެޗު ފެށުމާއެކު ސަޕޯޓަރުންގެ އަޑުވެސް ދަނޑުގައި ގަދަވާން ފެށިއެވެ. އެމީހުން އާސެނަލްގެ ފަރާތުން އުއްމީދު ކުރަމުން ދިޔައީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކިފަދަ މޮޅު ކުޅުމެއް ދެއްކުމެވެ. އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ އިން ފެށިގެން ކީޕަރުވެސް ސަތޭކަ ޕަސެންޓް ހިތްވަރު ލައިގެން ކުޅުމެވެ.

މެޗުގެ ފުރަތަމަ ތޭރެ މިނެޓުގައި ލެސްޓާއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެއިން ކޮންމެ ހަމަލާއެއް ކީޕަރު ނޫނީ ޑިފެންޑަރުން ސަލާމަތް ކުރެއެވެ. މެޗުގެ ނުހަނު ކުރީ ކޮޅުގައި ފަސް ކޯނަރު ލެސްޓާއަށް ލިބުނެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އާސެނަލްގެ ކީޕަރު އެރިކްއަށް ޖައްސައިލި ބޯޅަ ހިފައިގެން އަރިމަތިން ކުރިއަށް ދިޔައެވެ. ޕެނަލްޓީ އޭރިއާއާ ހަމައަށް ގޮއްސައި އެރިކް ނަގައިދިން ބޯޅަ ވެއްޓުނީ ސީދާ އާސެނަލް ފޯވާޑްގެ ފަޔަށެވެ. ހަމަޖެހިލައިފައި އެ ކުޅުންތެރިޔާ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވައިލައި އާސެނަލްއަށް ލީޑު ނަގައިދިނެވެ.

“އައުޗް” ފަޔަށް އަރައިގެން ދިޔަ ތަދާއެކު މިންހާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އިޝަލް އަތުގެ ބާރު ހަމަލާއެއް އޭނާގެ ފަޔަށް އެރީއެވެ. “ސޮރީ” އާސެނަލް ލަނޑު ޖެހުމުން އެރި ފޯރީގައި އިޝަލްއަށް މިންހާ ގައިގައި ޖެހުނީއެވެ. އޭނަ އަތި ޖެހޭ ހިސާބުގައި އިނީ މިންހާއެވެ. “ހުވާ މި ބުނީ. މަންމައެކޭ އަލްދައްތައެކޭ މީނައެކޭ ތަފާތެއް ނެތް” ތަދުވީ ވަރުން މިންހާ ލޮލުން ކަރުނަވެސް ހިލުނެވެ. ފުޓުބޯޅަ މެޗެއް ބަލަން މަންމަ މާނީ އަދި އަލައިކާ ގާތު އިންނަން ނުރައްކާވާހެން އިޝަލް ގާތު ހުރުމަކީވެސް ނުރައްކަލެވެ.

މުޅި މެޗުގައިވެސް އާސެނަލްގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔައެވެ. އިތުރަށް ލަނޑެއް ނުޖެހުނު ނަމަވެސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މެޗު ނިންމާލިއެވެ. މެޗުން މޮޅުވުމާއެކު ލީގު ހޯދުމަށް ކުރާ އުންމީދު ބޮޑުވެގެން ދިޔައެވެ.

މެޗު ނިމުމުން އެކުވެރިން ގާތަށް އިޝަލް ދިޔައެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އާސެނަލްދެކެ އޭނާ ލޯބިވާ ވަރު ހާމަވެއެވެ.

ގެއަށް ދިއުމުގެ ބަދަލުގައި ދަނޑުން ނުކުމެ އިޝަލް މިންހާމެން ގޮވައިގެން ލަންޑަންގެ މަގުތަކުގައި ހިނގާލަން ދިޔައެވެ. އަހާން އާއި ޒާޔާއާ އެއްވަރަކަށް ހިނގަމުން ދިޔައިރު އިޝަލް އާއި މިންހާ ދިޔައީ އެއްވަރަކަށް ހިނގަމުންނެވެ. އެހެންނާ ހުއްޓާ ނުލައި އަނގަތަޅާ މިންހާ ބަހެއްވެސް ބޭރުކޮށްނުލައި އިނެވެ. “މިންނު އޯކޭތަ؟” މިންހާގެ ހަމަހިމޭންކަމުން އިޝަލްއަށް އުނދަގޫވިއެވެ. “އަހަ. ކިހިނެއްވީ؟” ކުޑަކޮށް ސިހިފައި ކަހަލަ ގޮތަކަށް މިންހާ އަހައިލިއެވެ. “ހީވަނީ ދެރަވެފަ އިންހެން” ފަރުވާތެރި ކަމާއެކު މިންހާގެ މޫނަށް އިޝަލް ބަލާލިއެވެ. “އެއީ ހީވާ ގޮތް” މިންހާ ހިނިތުންވެލައިފައި އޭނާގެ އަތް އިޝަލްގެ އަތާ މަހާލިއެވެ. އެކަމުން އިޝަލްގެ ހިތަށް ބުނެދޭން ނޭންގޭ އުފާވެރިކަމެއް ލިބުނެވެ.

ހަތަރު ޒުވާނުން ހެމުން ހެމުން ގެއަށް ވަނެވެ. ސިޓިން ރޫމްގައި ތިބި މާނީ އާއި އާރާޝް ފެނި މިންހާއަށް އިތުރު އުފާވެރިކަން ލިބުނެވެ. “މަންމަ ބައްޕަަ. އޯވ ކޮން އިރަކު އައީ؟ އަޅެ ކީއްވެ ނުބުނީ؟” މިންހާ ދުވެފައި ގޮސް މާނީ ގައިގައި ބައްދައިލިއެވެ. ރޭގައި އޭނާ މާނީއަށް ގުޅުމުންވެސް ލަންޑަންއަށް އަންނަ ކަމެއް މާނީ ނުބުނެއެވެ. “މިންނު ސަޕްރައިޒެއް ނުވާނެއްނު ބުނީމަކާ” އާރާޝް ދަރިފުޅުގެ ނިތުގައި ބޮަސް ދިނެވެ. ލޯބިވާ އަންހެން ދަރިފުޅު ނުފެނި ހޭދަވި ދުވަސްތަކުގައި މާނީ އާއި އާރާޝްއަށް ފަޅުކަން އިޙްސާސް ކުރެވުނެވެ. ޔޫސުފް ލިވަޕޫލަށް ދިރިއުޅުން ބަދަލު ކުރި ފަހުން އެމީހުންނާއެކު އަބަދުހެން އުޅުނީ މިންހާއެވެ.

އެޕާޓްމެންޓް ތެރެއިން އެރިކްއަށް މަރުހަބާކީ ހަމަހިމޭން ކަމާއި އަނދިރި ކަމެވެ. ވަރުބަލި ވެފައި ހުރުމުން އެރިކް ގޮސް ސިޓިންރޫމް ސޯފާ ތެރެއަށް ވެއްޓިގަތެވެ. ޓީވީ ޖައްސާލުމަށްފަހު މިއަދު ކުޅުނު މެޗުގެ ހައިލައިޓްސްއަށް ލިއެވެ. ފޯނަށް ނޮޓިފިކޭޝަންއެއް އައިސްގެން ބަލާލިއިރު ވެލެރީއެވެ. މެޗުން މޮޅުވުމާއެކު މަރުޙަބާ ކިޔައިފައެވެ. އަދި އޭނާގެ ކުޅުމަށް ތައުރީފުކޮށްފައެވެ. ފޫހިވިއެއް ކަމަކު އެރިކް ޝުކުރު އަދާކޮށްފައި މެސެޖެއްކޮށްލިއެވެ. ފޯނު ބާއްވަން އުޅެފައި އައި ޚިޔާލަކުން އިންސްޓަގްރާމަށް ވަނެވެ. އޭނާގެ ފޮލޯވާރސް ބަލަމުން ދަނިކޮށް މިންހާ ޖަހައިފައި އިން އެކައުންޓް ފެނުމާއެކު ހިނިތުންވެވުނެވެ. ޕްރޮފައިލް ފޮޓޯއަށް ލައިފައި އިނީ ވޯލްޑްކަޕް ތަށްޓާއެކު ޔޫސުފްއާ އެކީ ނަގައިފައި އިން ފޮޓޮއެކެވެ. ޕްރައިވެޓް އެކައުންޓްއަކަށް ވުމުން ފޮލޯ ރިކުއެސްޓް ފޮނުވިއެެވެ.

ޒާޔާ އާއި މިންހާ ތިބީ މިންހާގެ ފޯނުން ވެރީގެ އިންސްޓަގްރާމް ޕޯސްޓްތައް ބަލާށެވެ. ވެލެރީގެ ޕޯސްޓްތަކަށް ފާޑުކިޔަމުން ދިޔަ ގޮތުން ވެލެރީއާ މެދު ހިތްހަމަ ނުޖެހޭކަން އެނގެއެވެ. މިންހާގެ ފޯނަށް އައި ނޮޓިފިކޭޝަން ފެނި ޒާޔާ އާއި މިންހާ ބާރުބާރަށް ހަޅޭއްލަވައި ގަތެވެ.

ޕީއެސް ކުޅެން ފޯރީގައި ތިބި އަހާން އާއި އިޝަލްއަށް މިންހާމެންގެ ހަޅޭކުގެ އަޑު އިވުމުން ގޭމް ދޫކޮށްފައި ދުއްވައިގަތެވެ. ޒާޔާ އާއި މިންހާއަށް ބޮޑު ކަމެއްވީއޭ ހިތައި އިޝަލް އާއި އަހާން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

“އޯ މައި ގޯޑް!” ލަސް ލަހުން އެސްފިޔަ ތަޅުވާލަމުން މިންހާ ދެވަނަ ފަހަރަށް ފޯނަށް ނަޒަރު ހުއްޓާލިއެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭންގިފައި ޒާޔާ އިން އިރު އޭނާގެ ދެއަތްވެސް އިނީ އުފުލިފައެވެ. ލިބުނު ޝޮކުގައި މިންހާ އޭނާގެ ފޯނު މެއާލާ ބޮނޑިކޮށްލިއެވެ.

މޭގައި އަތް އަޅައިގެން އުނދަގޫ ގޮތަކަށް އިން މިންހާ ފެނި އިޝަލްގެ މެއަަށް ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. މިންހާއަށް ބޮޑު ކަމެއް ވީކަމަށް ހިތައި ދުވެފައި ގޮސް މިންހާ ގައިގައި ހިފަހައްޓައި ކިހިނެއްވީ ތޯ އެހިއެވެ. “އޯ މައި ގޯޑް އެރިކް މަށަށް ފޮލޯ ރިކުއެސްޓް ފޮނުވައިފި” ފަނަރަ ވަރަކަށް ސިކުންތު ފަހުން މިންހާ ބުނެލިއެވެ. ކަންބޮޑުވެފައި ތިބި އިޝަލް އާއި އަހާންގެ މޫނަށް ވަގުތުން ރުޅިވެރިކަން ވެރިވިއެވެ. “ސާބަސް. އެހެންވެގެންތަ އަޑުގެ ނެތްތަނަށް ތި ހަޅޭއްލަވަނީ. ދެ މީހުންނަށް ބޮޑު އަނިޔާއެއް ވީކަމަށް ހީކޮށް ގޭމްވެސް ދޫކޮށްފަ މި އައީ” އަހާންގެ އަޑުގައިވީ ރުޅިވެރިކަމާއި ހަރުކަށި ކަމެވެ. ގޭމު ދޫކޮށްފައި އައިއިރު ކޫސަނި ކަމަކާ ދެމީހުން ހަޅޭއްލެވެމުން މާބޮޑަށް ހިތްހަމަ ނުޖެހުނީއެވެ.

މިންހާ ގައިން އަތްދޫކޮށްފައި އެއްޗެކޭ ނުބުނެ އިޝަލް ދިޔައީއެވެ. އިޝަލް އެ ދިޔައީ ރުޅި އައިސްގެން ކަން މިންހާއަށް އެނގުމުން އިސްޖައިލެވުނެވެ. މިންހާ އަދި ޒާޔާއަށްވެސް ކުއްވެެރިކަން އިޙްސާސް ކުރެވެމުން ދިޔައެވެ.

މިންހާމެން ހަޅޭއްލެވި އަޑަށް ކަންބޮޑުވެފައި އަލައިކާ އަދި މާނީވެސް އަވަހަށް މައްޗަށް ދިޔައެވެ. އޭރު ބާރު ހިނގުމެއްގައި އިޝަލް އަދި އަހާން ގޮސް އިޝަލް ކޮޓަރިއަށް ވަނެވެ.

“މަންމާ މާބޮޑު ކަމެއް ނުވެޔޭ. ސެލެބްއެއް މިންނުއަށް ފޮލޯ ކުރީ” މާނީ އާއި އަލައިކާ އައިސް އެހުމުން މޮޅިވެފައި ހުރި އަޑަކުން މިންހާ ބުނެލިއެވެ. “އޫ ކާކުތަ ފޮލޯ ކުރީ؟” ޝައުޤުވެރިވެފައި އަލައިކާ އަހައިލިއެވެ. ޒާޔާ އާއި މިންހާ އެކަކު އަނެކަކަށް ބަލައިލައިފައި ކިރިޔާ އިވޭ ވަރަށް އެރިކްއޭ ބުންޏެވެ. “އާސެނަލް އެރިކްތަ؟” މާނީވެސް ވަރަށް ވެފައި އަހަައިލިއެވެ. މިންހާ އާއި ޒާޔާ ރަކިވެފައި ތިބެ ބޯ ޖަހައިލިއެވެ.

އަކްމަލް އާއި އާރާޝް އިޝަލްގެ ކޮޓަރިއަށް ދިޔައިރު އަހާން އާއި އިޝަލް ރުޅިގަދަ ވެފައި ތިއްބެވެ. އަކްމަލް އާއި އާރާޝް ވެގެން އުޅޭ ގޮތް އެހުމުން އަހާން ކިޔައިދިނެވެ.
ވެގެން އުޅޭ ގޮތް އެނގުމުން އެ ދެމީހުންވެސް ފެށީ ހޭށެވެ. “ދަރިފުޅާ ތީ އެހާ ރުޅިގަދަ ވާވަރު ކަމެއް ނޫނޭ. އަންހެން ކުދިން އުޅޭނީ އެހެން. ބައްޕަމެންވެސް ޅައިރު ތި ކަހަލަކަންތައް ދިމާވެފަ ހުރީ. ނާޔާއެކޭ މާނީއެކޭ އިޝްއެކޭ ހަމަ އެއްވަރު ދޯ އާރާޝް” އާާރާޝް ހިނި އައިސްފައި ހުރެ ބޯ ޖަހައިލިއެވެ. “އިޝަލް ދޮންބެއަށް ގެޓުވޭ އިޝަލްގެ ތި ރުޅި. މިންނު އިޒް ލައިކް ހާ މަދާރ. ފުޓުބޯޅަ ނުބެލިއަސް އެ ކުޅޭ ކުދިންނަށް ފޯރި ހުރޭ. މާނީ ކުރިން އުޅޭ ގޮތުން ބައެއް ފަހަރު ވަރަށް ރުޅިގަދަވޭ. އިންތަނުން ނަގައި އެއްލާލަންވެސް ހިތަށް އަރާ ބައެއް ފަހަރު. އަދި މެޗު ބަލައި ގަޑީ އަރާ ފޯރީގަ ހަމަ އަތި ހުރި ބާރެއް ލައިފައި ތަޅައިގަންނާނީ. އޭރު ހަމަ ރުޅިގަދަވެގެން މޮޔަވާ ވަރުވޭ” އާރާޝް ޅަ އުމުރުގެ ހަނދާން އާކުރިއެވެ. މާނީއާ ދެމީހުން ޅައިރު އެކަކު އަނެކަކު ރުޅިއަރުވައިފައި އުޅުނު ގޮތެވެ. އެ ހަނދާންތައް އާވުމުން އާރާޝްގެ ހިތަށް އުފާވެރިކަން ލިބުނެވެ. އިޝަލް ރުޅިގަދަވެފައި އިން ގޮތުން އޭނާއަށް ސިފަވީ މާނީއާ ހެދި އޭރު އޭނަ ރުޅި އައުމުން ހުންނަ ގޮތެވެ. ބައެއް ފަހަރު ގޮސް މަންމަ ގާތު މާނީގެ ޝަކުވާ ކުރާ ހަނދާންވެސް ވިއެވެ.

އެރިކް އިންތިޒާރު ކުރަމުން ދިޔައީ މިންހާ ރިކުއެސްޓް ޤަބޫލު ކުރާނެ އިރަކަށެވެ. ބައިގަޑި އިރު ވެގެން ދިޔައިރުވެސް ޤަބޫލު ނުކުރެއެވެ. އެންމެ ފަހުން ފޯނު ބާއްވައިފައި ގޮސް ފެންވަރައިލައިގެން އައިސް އަނެއްކާވެސް ސޯފާގައި ޓީވީ ބަލަން ޖައްސައިލިއެވެ.

އެރިކްގެ އެޕާޓްމެންޓް ދޮރު މަތީ ހުއްޓިލައިގެން ވެލެރީ އިނެވެ. ކޮނޑުގައި އަޅުވައިފައި އިން ދަބަސް ތެރެއިން ކުޑަ ސްޕްރޭ ފުޅިއެއް ނަގައި މުޅި ގަޔަށް ޖެހިއެވެ. މޫނުގައި ފުށް އުނގުޅައިފައި ތުންފަތުގެ ކުލަ ގަދަ ކޮށްލިއެވެ. ހުޅި ޖަހައިފައި އޮތް އޭނާގެ ސްޓްރޯބެރީ އިސްތަށިގަނޑު ނިއުޅުވާ ދެކޮނޑު މައްޗަށް ވައްޓާލިއެވެ. ހިތްހަމަޖެހޭ ވަރު ވުމުން ބެލްއަށް ފިއްތާލިއެވެ.

ސޯފާ މަތީ ނިދިތާއްޔަށް ޖެހި ޖެހި އޮތް އެރިކްއަށް ބެލް އެޅި އަޑު އިވުމުން މޫނަށް ގޮތެއް ހަދާލެވުނެވެ. “މި ގަޑީ ކާކުތަ އެ އައީ؟” ފުސް މޫނާއެކު އެރިކް ގޮސް ދޮރު ހުޅުވާލިއެވެ.

ނިދި މޫނަކާއެކު އެރިކް ހުރިއިރު އޭނާގެ އިސްތަށިގަނޑުވެސް އޮތީ ތަރުތީބެއް ނެތް ގޮތަށް ހޭވިފައެވެ. ހަމަ އެކަނި ކަޅު ކުލައިގެ ސޯޓެއްގައި ހުރުމުން އެރިކްގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. “ވެލެރީ؟” ހައިރާންވެފައި ހުރެ އެރިކްއަށް ބުނެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތް ކަލާޔަށް އެދޭތީ..20

Next

ނޭނގޭ!(14)

Next
July 21, 2020

ނޭނގޭ!(14)

Previews
July 20, 2020

ހިތް ކަލާޔަށް އެދޭތީ..20

27 Comments!

  1. Kiyara says:
    July 20, 2020 at 1:52 pm

    Salam readers. Here is the 5th episode of manzil. Hope u all enjoy reading. If so leave a comment. Take care and stay safe everyone❤️

  2. luciyaa says:
    July 20, 2020 at 2:26 pm

    masha allah it awesome… when next part dear. curiously waiting

    1. Kiyara says:
      July 22, 2020 at 12:42 am

      Thanks dear♥️

  3. Faiherrr?? says:
    July 20, 2020 at 2:34 pm

    Yayyyyyy i really enjoyed by reading this part it was awesome,???????????????whn nxt sis waiting ingey sis lysm

    1. Kiyara says:
      July 22, 2020 at 12:43 am

      Thanks dear♥️

  4. Abu❤ says:
    July 20, 2020 at 2:59 pm

    Kiyaa mi third…yooohoo…kiyaafa cmnt kuraanan…

    1. Abu❤ says:
      July 20, 2020 at 3:06 pm

      You celery thi ulheniy ma athun maruvaantha??????…huvaa abu haadha rulhi araey mi celery gandu dheke???….Bt eric aa minnu gulhihgehyaa shal haadha dheravaaneyey???…kiyaa dhooni shal ah ehen nahadhahchey plxxx????….BTW hama best???….waiting ingey??….love ya❤tc

    2. Kiyara says:
      July 22, 2020 at 12:43 am

      Thanks dear♥️

  5. Starlight vixx says:
    July 20, 2020 at 3:14 pm

    Varah reethi mi part ves curiously waiting for the next part ☺️☺️ take care ♥️ stay home ? stay safe

    1. Kiyara says:
      July 22, 2020 at 12:44 am

      Thanks dear♥️

  6. Shuba... says:
    July 20, 2020 at 3:34 pm

    Huh varugadha velery eh… Vrh foohivaning vey…
    Btw vhk vrh vrh vrh vrh vrh vrh reethi………..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Kiyara says:
      July 22, 2020 at 12:44 am

      Thanks dear♥️

  7. girl says:
    July 20, 2020 at 4:02 pm

    Woow sis hama vvvv niceee. Heaven ves hevey majaa than thanu ga.?
    Ekam hama mioh vaa celery ehge thaneh Anna irah rulhives aadhevey?
    Haadhahaa vaa foni anhinekey dho..
    Stay safe siss. Lysm..❤❤❤

    1. girl says:
      July 20, 2020 at 4:05 pm

      Heven*

    2. girl says:
      July 20, 2020 at 5:45 pm

      Velery

    3. Kiyara says:
      July 22, 2020 at 12:45 am

      Thanks dear♥️

  8. girl says:
    July 20, 2020 at 5:40 pm

    Also vvvv ufaa vehje maanee & aaraash ge vaahaka aisa ineema… Not only minhaa was surprised I was too ?… Sis kobaatha Ahusam & israa…??
    Lysssssm..???

    1. Kiyara says:
      July 22, 2020 at 12:46 am

      Thanks dear♥️

  9. Aish says:
    July 20, 2020 at 6:16 pm

    Masha Allah ❤️?? kiyaaraa dhoongnaa vvvv bodah shukuriyya magey Maany aa Aaraash ge thankolheh genes dhiny th?? ekam rom eh noon hehe ? Aish ge Love story vx dhen Hama maany N Aaraash ge story aa gulhey???
    Vv reethi mi part vx ngey… Ekam varugadha velery ehnu??? sahaadheh mi buny
    Tc dear
    Lysm
    Stay home

    1. Kiyara says:
      July 22, 2020 at 12:47 am

      Thanks dear♥️ adhi ahnnane kuri ah huri baithakuga

  10. Shehe says:
    July 20, 2020 at 9:44 pm

    Ma Sha Allah mi bai vx v reethi keep it uo sissyy?????❤whn nxt part. Curiously waiting for the nxt part???❤ stay safe sissy????❤

    1. Kiyara says:
      July 22, 2020 at 12:47 am

      Thanks dear♥️

  11. Ey says:
    July 21, 2020 at 12:51 pm

    Ey evves kujjakah ingey tha MANSHA story ge furatahama season kiyan libeyne site eh..mihaaru third season thepress in nereny..please ingey kujjaku let me know..

    1. Lam ? says:
      September 2, 2020 at 7:17 pm

      Maasha season 3 Mihaaru up eh nukurey Dhw..

  12. Aish says:
    July 21, 2020 at 4:22 pm

    Ey’ Google search kohba Mansha vaahaka jahaafa… Eyrah vx fen naane?

  13. Aish says:
    July 21, 2020 at 5:13 pm

    Or Mansha jahaafa Google search kohllias fen naane?

  14. Shaba SHABAKKO says:
    July 22, 2020 at 3:03 pm

    Hama reethee?❤️
    Maasha Allah mi bai maa Reethi ❤️❤️

Comments are closed.

Next Episodeމަންޒިލް 6←


All Right Reserved!