Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 18, 2020 6 Mins Read
31 Comments

އެނބުރި ލަންޑަންއަށް އައިސް އެރިކް ފުރަތަމަ ވެސް ދިޔައީ އިޝަލް ބުނެގެން އެގެއަށް އިޝަލްއާ ބައްދަލު ކުރާށެވެ. އެ ދުވަހު އިޝަލްގެ ދެބެއިންގެ ދެދަރި ހުރިހާ ކުދިންނާ އެރިކްއާ ބައްދަލުވިއެވެ. މެޗަކުން ނޫން ގޮތަށް ޔޫސުފްއާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ފުރަތަމަ ފަހަރަށް އެރިކްއަށް ލިބުނެވެ. ޔޫސުފްގެ ފަރާތުން އޭނާއަށް ތަޢުރީފުގެ ބަސްތައް ލިބުމުން އެރިކްއަށް އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވެވުނެވެ.
******

ގިނަ ދުވަސް ތަކެއް ކޮށްފައި ލައިޝާ ފެނުމުން މިންހާ އެކުއްޖާ ދޫނުކުރެއެވެ. ތިން އަހަރުގެ ލައިޝާވެސް މިންހާ ގާތުން ދުރަށް ނުދެއެވެ. މަންމަ އާއި ބައްޕައަށް ފަހު ލައިޝާ އެންމެ އެކުވެރީ ބޮޑުދައިތަ މިންހާއާއެވެ. މާނީއަށް ވީޑިއޯ ކޯލް ކުރިއަސް ލައިޝާ ހޯދާނީ މިންހާއެވެ.

މިންހާ އަތު ނުޖެހެން ލައިޝާ ދުވަމުން ދިޔައެވެ. އެކުއްޖާ ދުވާލެއް ބާރުކަމުން ދެންމެ ދެންމެ ވެއްޓިދާނެހެން ވެސް ހީވެއެވެ. ލައިޝާ ވެއްޓި އަނިޔާއަށް ވެދާނެތީ މިންހާ އުޅުނީ ވަރަށް ބަލައިގެންނެވެ. ލައިޝާ މިންހާއަށް ބަލައިލައިފައި ހެމުން ދުވުން ބާރުކޮށްލަން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އެތަނަށް އައި އެރިކްފެނި އެކުއްޖާ ހުއްޓުން އެރިއެވެ. ކުރިން ނުދެކޭ މީހަކަށް ވުމުން އެރިކް ފެނުމުން ރަކިވީއެވެ. ލޯބިކޮށް ދުވެލައިފައި ގޮސް މިންހާގެ ފަހަތަށް ލައިޝާ ވަނެވެ.

އެރިކްއަކީ ކުޑަކުދިންނަށް ވަރަށް ފޯރި ހުންނަ ޒުވާނެކެވެ. އޭނާގެ ހަގަށް ތިބޭ ތިންކޮއްކޮ އެންމެ ތުއްތުއިރު އެކުދިން އުރާ ހިތުން ނިދިޔަވެސް ނުދެއެވެ. ނިދާފައި ތިއްބައި ވެސް ގޮސް ނަގައިފާނެއެވެ. އަލާޔާ އާއި އަކްޔަންއަށް ވެސް އޭނާ ނުހަނު ވަރިހުރެއެވެ. މަދުން ނަމަވެސް ފެނިފައި ވާތީ އެ ދެކުދިންވެސް އޭނާއާ ރަށްޓެއްސެވެ.

އެރިކް މަޑުކޮށްލައިގެން އިނުމުން ލައިޝާ ދެއަތް ހިއްލައިލައި ލުމުން އެކުއްޖާ އުރަން ވީކަން މިންހާއަށް އެނގުނެވެ. ލައިޝާއަށް ވީ ގޮތުން ހިނި އައިސްފައި ހުރެ މިންހާ ލާއިޝާ އުރާލިއެވެ. މިންހާ ކޮނޑުގައި ބޯ އަޅައިލަމުން ލައިޝާ މޫނު ފޮރުވާލިއެވެ. “ނުދަންނަ މީހުންނާ އެހާ ރަށްޓެއްސެއް ނުވާނެ” މިންހާ ފުރަތަމަ ފަހަރަށް އެރިކްއާ ވާހަކަ ދެއްކިއެވެ. “ހޫމް އެއީ ބައެއް ކުދިން އުޅޭ ގޮތް. އަހަރެންގެ ކޮއްކޮމެންވެސް ކުޑައިރު އުޅުނީ އެހެން. މަންމަ ބުނި އަހަރެންވެސް އުޅުނީ ހަމަ އެހެންނޯ” އެރިކް ގަޔާވެފައި އިނދެ ބުނެލިއެވެ.
“ލައި. އެއީ އިޝަލްބޭބެގެ ފްރެންޑެކޭ. އެރިކްބޭބެ ސަލާން ކޮށްލަބަލަ” ލައިޝާ ތިރީގައި ބައިންދައިފައި އެކުއްޖާ އަތުގައި ހިފައިގެން ގޮސް އެރިކް ކުރިމަތީ މިންހާ ބޭންދިއެވެ. އެރިކް ލައިޝާއަށް އެއްވަރަށް ތިރިވެފައި އެކުއްޖާއާ ސަލާންކޮށްލިއެވެ. “ހައި” ސަލާން ކޮށްފައި މިންހާ އަތުން ނެއްޓިގެން ލައިޝާ ދުވެފައި ގޮސް އަލައިކާ ކޮޓަރިއަށް ވަނެވެ. “ލައި ވަރަށް ވަރަށް ލަދުގަންނާނެ” “ލައި އެކަންނެއް ނޫނެއްނު. ޔޫ ވެސް އުޅެނީ އެހެން.” މިންހާގެ ކޯތާފަތް އެކީ ރަތްވެގެން ދިޔައެވެ. އެރިކް އެފަދަ އެއްޗެއް ބުނާނެ ކަމަކަށް މިންހާ ހިއެއް ނުކުރެއެވެ. “ބަލަ މިހާރުވެސް ލަދުން ރަތްވެފަ” ލާނެއް ގޮތަކަށް ހީލައިގެން ހުރެ އެރިކް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭންގިފައި ދެއަތުގެ އިނގިލިތަކާ ކުޅެން މިންހާ އިނެވެ. މިންހާއަށް ވަމުން ދިޔަ ގޮތުން އެރިކް އަނގައިން ލުއި ހުނުމެއްގެ އަޑު ނުކުތެވެ. އެއާއެކު ލޯ ކުޑަކޮށްލަމުން މިންހާ އެރިކްއަށް ބަލައިލިއެވެ. އެރިކްއާ ހަތަރު ކަޅި ބައްދަލުވީ ހިނދު މިންހާ ގައިގައި ކަރަންޓު އޮއެވަރެއް ދަތުރުކޮށްލިއެވެ. މަޑުފެހި ކުލައިގެ ލޯ އޭނާއަށް އަމާޒުވެފައި ހުރިއިރު އެ ތޫނު ނަޒަރުން އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. އެރިކް ހީލިއިރު ދެކޮލަށް އެޅުނު އަޑިކޮޅުން އޭނާ އާޝޯޚުވިއެވެ. “އޯ މައި ގޯޑް ހީ އިޒް ސޯ ހޮޓް” މިންހާއަށް އެހެން ބުނެވުނީ ބާރަކަށް އެނގުނީ އެރިކްގެ ދެލޯ ބޮޑުވެގެން ދިއުމުންނެވެ. ގަތް ލަދުން އެންމެ ސިކުންތުކޮޅަކުވެސް މަޑު ކުރާކަށް ނުކެރުނެވެ. ބާރު ހިނގުމެއްގައި ގޮސް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

މިންހާ ދިޔަ ދިމާއަށް ބަލަން އޭނާގެ ފަން އިސްތަށިގަނޑު ތެރެއަށް އަތް މަހައިލައިގެން ހުވަފެނީ ގޮތަކަށް އެރިކް ހުއްޓެވެ. ރަކި ގޮތަކަށް ހީލައިފައި އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

ދެލޯ މަރައިގެން އިނދެ އަމިއްލަ ނަފްސަށް ކުދި ކިޔަމުން މިންހާ ސިޑިން އެރިއެވެ. ހިތް އަވަސްވެފައި ހުރި ވަރުން މިންހާ ފައި އޮޅި ކައްސާލިއެވެ. ވެއްޓިދާނެ ކަމުގެ ބިރު ހިތަށް ވެރިވުމާއެކު ތޫލި އަޑެއް އަނގައިން ނުކުތެވެ. އެހެނަސް ވެއްޓުމުގެ ކުރިން މިންހާގެ އަތުގައި ހިފައި ވެއްޓުނަ ނުދީ މީހަކު އޭނާ ހިފެހެއްޓިއެވެ. ހިތްއެދެވުނީ އެއީ އެރިކްއަށް ވުމަށެވެ. އެރިކްއަށް އެ ހިސާބަށް ނާދެވޭނެކަން އެނގުނު ނަމަވެސް ބޭނުންވީ އެއީ އެރިކްއަށް ވުމަށެވެ. “މިންކޮ ބަލައިގެން އުޅެބަ. ދެންމެ ވެއްޓުނު ނަމަ ބޮޑު އަނިޔާއެއް ލިބުނީސް” މިންހާގެ ފަރުވާކުޑަ ކަމުން ހިތްހަމަނުޖެހިފައި ޔޫސުފް ބުނެލިއެވެ. މިންހާ ބަލައި ނުލައި އުޅުމުގެ ސަބަބުން ކުރިންވެސް ހުރީ އަނިޔާވެފައެވެ. އޭނާ ލަންޑަނަށް އައުމުން ރަނގަޅަަށް ކޮއްކޮ ބަލަން މަންމަ އާއި ބައްޕަ އޮތީ ބުނެފައެވެ.

މިންހާ ތިރި ބަލައިލީ އެރިކް ހުރިތޯއެވެ. ހިނި އައިސްފައި ބަލަން ހުރި އެރިކް ފެނުމުން އަވަސް އަވަހަށް މިންހާ ނުބަލާ ކަމަށް ހެދުނެވެ. މިންހާ ތިރި ބަލައިލުމުން ޔޫސުފްވެސް ބަލައިލިއެވެ. ހިނި އައިސްފައި ހުރި އެރިކް ފެނުމުން މިންހާއަށް ވެގެން އުޅޭ ގޮތް ކޮންމެސް ވަރަކަށް ރޭކައިލިއެވެ. “ސާބަސް އިނގޭ. ބައްޕައަށް ގުޅާފަ ބުނާނަން މިންކޮގެ ވެޑިން ރެޑީ ކުރަން އުޅޭށޭ. އެރިކްއާ ދެމީހުން..” ޔޫސުފްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މިންހާ އަތުގެ ހަމަލާއެއް އޭނާގެ އަތަށް އެރިއެވެ.

ކުރެވުނު ކަންތައް މިންހާ ޒާޔާއަށް ކިޔައިދިނުމުން ޒާޔާ ފަސް މިނެޓު ވަންދެން ހުއްޓާ ނުލައި ހުނެވެ. “ހުވާ ދެން ނުކެރޭނެ ދުވަހަކުވެސް އޭނާ ކުރިމައްޗަަށް އަރާކަށް. ދިވެހިން ބުނެވުނު ނަމަވެސް އޭނާއަށް ބުނި އެއްޗެއް ނޭންގުނީސް. މޮޔަ ކަމުން އިންގްލިޝްއިން ވިއްޔާ ބުނެވުނީވެސް” މިންހާ ދެންވެސް އަމިއްލަ ނަފްސަށް ކުދި ކިއެވެ.

އެރިކް މާ ހިނިއައިސްފައި ހުރުމުން ވެގެން އުޅޭ ގޮތާ ބެހޭ ގޮތުން އިޝަލް ސުވާލު ކުރިއެވެ. ކަމެއް ނުވެޔޭ ބުނެފައި އެރިކް އޭނާ އާއި މިންހާ ދެމެދު ހިނގި ކަންތައް އެކުވެރިޔާއަށް ސިއްރު ކުރިއެވެ. “އޯކޭ. މަ ބުނީ ކޮބާތަ ވެލެރީ؟” ވެލެރީގެ ވާހަކަ އެހުމައެކު އެރިކްގެ މޫނަށް ފޫހިކަން ވެރިވިއެވެ. “އެލެކް އަހާއިރުވެސް އިނގެއެއްނު މަ އޭނާދެކެ ފޫހިވާވަރު. އިއްޔެވެސް މެސެޖުކޮށްފަ އިން ޑިނާރއަކަށް ދާން ހިނގާބަލާށޯ ކިޔައިފަ” އެރިކްގެ އަޑުންވެސް އޭނާ ގަޔާ ނުވާކަން އެނގެއެވެ.

ވެލެރީއަކީ ލަންްޑަން މޮޑެލްއެކެވެ. ވެލެރީ އާއި އެރިކް ދިމާވީ އިޝްތިހާރެއް ޝޫޓް ކުރަން ގޮސް އުޅެނިކޮށެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެލެރީ ހުންނަނީ އެރިކްއާ އަޅައިގަނެފައެވެ. އެރިކް އެހާ ވަރުން ނޫޅޭއިރުވެސް އަބަދު މެސެޖުކޮށް ގުޅައި ހަދައެވެ. އެކަމާ ހެދި އެރިކް ވެލެރީދެކެ ފޫހިވެއެވެ. ވެލެރީގެ ނަން އަޑުއިވުނަސް މޫޑު ޚަރާބުވެއެވެ. އެކަން އެނގި ތިބެ އޭނާގެ އެކުވެރިން ބައެއް ފަހަރު އޭނާ ރުޅިއަރުވަން ދިމާކޮށް ހަދައެވެ.

އިޝަލް ޓްރެއިނިންނަށް ދިއުމާއެކު ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން ހޫނު މަރުހަބާއެއް އޭނާއަށް ލިބުނެވެ. އޭނާ އެނބުރި އައުމުން ހުރިހާ ކުޅުންތެރިންވެސް ތިބީ އުފަލުންނެވެ. ޓީމާއެކީ ޓްރެއިން ކުރުމުގެ ބަދަލުގައި އިޝަލް އޭނާގެ ޕާސަނަލް ޓްރެއިނާރގެ އެހީގައި ކުދި ކުދި ކަސްރަތު ކުރިއެވެ.

އަހާން އާއި ޒާޔާ އަދި މިންހާ ހަވީރު ހިނގާލަން ނިކުތެވެ. ދޭތެރެ ދޭތެރެއިން އަބަދުވެސް ލަންޑަންއަށް އައިސް އުޅޭތީ އެކުދިންނަށް ލަންޑަންގެ މަގުތައް ވަނީ ދަސްވެފައެވެ. އެއްވެސް އުނދަގުލަކާ ނުލައި ހިނގައިލައިފައި އުޅެވެއެވެ. ތިން ކުދިން ގޮސް ވަނީ ލަންޑަންގެ މަޝްހޫރު ޕާކަކަށެވެ. ހަވީރު ގަޑިއަށް ވުމުން ކުޑަކުދިން ފުދޭވަރަކަށް ޕާކުގައި އުޅުނެވެ. ތިންތަށި ހޮޓް ޗޮކްލެޓް ގަނެގެން ތިން ކުދިން ގޮސް ބެންޗެއްގައި އިށީނެވެ. މިންހާ އާއި ޒާޔާ ފޮޓޯ ނަގަ ނަގައިފައި އުޅުނު ގޮތުން އަހާން ކުދި ކިޔަމުން ދިޔައެވެ. އަހާން ކިޔައި އެއްޗަކަށް އަޅައިލުމެއް ނެތި އެ ތިން ކުދިން ފޮޓޯ ނަގަމުން ދިޔައެވެ.

“ހާއި ގާލްސް” ކުއްލިއަކަށް އައި ނައިތަނެއް ނޭންގި ފެނުނީ އެރިކް އައިސް މިންހާ އާއި ޒާޔާ ކުރިމަތީ ހުއްޓިލި ތަނެވެ. ސިހުނު ވަރުން ޒާޔާ އަތުން ފޯނުވެސް ދޫވެގެން ވެއްޓުނެވެ. މިންހާވެސް ފާޑަކަށް ހުއްޓުން އަރައިފައި އިނީއެވެ. “ހައި އެރިކް. ބްރޯ މިތާ ކީއްކުރަނީ؟” އަހާން ހިނި އައިސްފައި ހުރެ އައިސް އެރިކްއާ ސަލާންކޮށްލިއެވެ. “މިދެން މިއަދު ހިނގާލަން ނުކުމެ މި އުޅެނީ” މިންހާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އެރިކް ކުރިމަތީ އެންމެ ސިކުންތަކު ހުރުމަކީވެސް އޭނާއަށް ކުޅަދާނަކަމެއް ނޫނެނެވެ. އިސްޖަހައިގެން އިން ގޮތަަށް އިސްއުފުލާ ބަލައިވެެސް ނުލައެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ އެރިކް ގިނައިރު މަޑުނުކޮށް ދޭތޯއެވެ.

އެރިކްއަކީ އެއް އިރެއްގައިވެސް އަންހެން ކުދިންނާ ސަމާސާކޮށް އުޅުނު ޒުވާނެއް ނޫނެވެ. ވެގެން ވަންޏާ ބަލާނީ ވާހާކަ ވެސް ނުދައްކާވޭތޯއެވެ. ނަމަވެސް މިންހާއާ ދިމާވީން ސުރެ އެ އަންހެން ކުއްޖާއާ ސަމާސާކޮށްނުލާ ދޫކޮށްލާ ހިތެއް ނުވެއެވެ. އޭނާ ކުރިމައްޗަށް އަރަން މިންހާ ލަދުގަންނަކަށް އެނގި ހުރެ އެކުއްޖާ ކުރިމައްޗަށް އަރާ ހިތްވަނީއެވެ. ލަދު ގަތީމަ މިންހާ މޫނު ރަތްވާ ގޮތް އެރިކްއަށް ރީއްޗެވެ. މިންހާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތަށް ގޮތެއްވެލައެވެ.

ލީގުގައި އާސެނަލް ކުޅެން އޮތް މެޗު އަމިއްލަ ދަނޑުގައެވެ. މިންހާމެން ތިބުމާއެކު އިޝަލް އެމީހުން ގޮވައިގެން ދަނޑަށް ދާން ބޭނުންވިއެވެ. އަހާން އާއި ޒާޔާ ދާން އެއްބަސްވި ނަމަވެސް މިންހާ ދެކޮޅުހެދިއެވެ. “ނޫނެކޭ. ބޭނުމެއް ނޫން ދާކަށް. ކަޒް ކުޅެނީކީވެސް ނޫން” އިޝަލް އާދޭސް ކުރުމުންވެސް މިންހާ ދާން އެއްބަހެއް ނުވިއެވެ. “ދެން މިންނު ޕްލީޒް” އިޝަލް މިންނުއޭ ކިޔައި އޭނާއާ މުޚާޠަބު ކުރުމުން އިޝަލް މިންހާ ގެންދަން ބޭނުންވެފައި ހުރި މިންވަރު އެނގެއެވެ. އެވަރުންވެސް މިންހާ ހަމަ ހިލާ އެއްބަހެއް ނުވިއެވެ. “މިންނު ނުދަންނާ އަހަރެންވެސް ނުދާނަން” ޒާޔާވެސް ބޭނުންވީ މިންހާއާ އެކު މަޑު ކުރާށެވެ. “ސަހާދެއް މިދެމީހުންނަށް ދެމީހުންނާ ވަކިން ނޭވައިވެސް ނުލެވޭ ދޯ!” ދެފަރާތަށް ބޯހޫރާލަމުން އަހާން ބުނެލިއެވެ. ޒާޔާ މޫނަށް ވައްތަރެއް ޖައްސައިފައި އަހާންއާ ދިމާއަަށް ދޫ ނެރުނެވެ.

“އިޝަލް ބުނި މިންހާ މެޗު ބަލަން ނުދާނެ ވާހަކަ” ސިޑި މަތީ އިށީންދެލަައިގެން މިންހާ ފޯނާ ކުޅެން އިންދަ އެރިކްއައެވެ. ކުއްލިއަކަށް އައިސް ވާހަކަ ދެއްކުމުން މިންހާ ސިއްސައިގެން ދިޔައެވެ. “ޖިންނިއެއް ތަ ތީ؟” އެރިކްއާ ހެދި މިންހާއަށް އުނދަގޫވާން ފެށިއެވެ. އޭނާ އެރިކްއަށް ފިލަން އުޅޭ ވަރަކަށް ފެންނަލެއް ގިނަވެއެވެ. ގިނަ ފަހަރަށް އެރިކް އަންނަތަން އޭނާއަށް ނުވެސް ފެނެއެވެ. “ވެދާނެ އެހެން ކަމަށްވެސް” މިންހާ އިތުރަށް ހައިރާންވީ އޭނާ ދިވެހިން ބުނުމުން އެރިކްއަށް ބުނީ ކީކޭކަން އެނގުމުންނެވެ. އިތުރަށް މަޑު ކުރަން ނަހަދާ މިންހާ ދާން ހިނގައިގަތުމާއެކު އެރިކް އޭނާގެ އަތުގައި ހިފައި އެރިކްއާ ދިމާއަށް ދަމައިގަތެވެ. “އަަހަރެން ޖިންނިއަކަށް ވެދާނެތީ ބިރުގަތީތަ؟” އެރިކްގޭ މޭގައި ތަތްވެފައި އިން މިންހާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެރިކް އަތުގެ ބީހުން އިޙްސާސް ވުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސިހުރުވެރި ދެލޮލުގެ ނަޒަރު މިންހާގެ ލޮލަށް އަމާޒުކޮށްލިއެވެ. ފިޔަވަޅުގެ އަޑު އިވުމާއެކު އެރިކް މިންހާ އަތުން ދޫކޮށްލިއެވެ. އަވަސް އަވަހަށް ދުރަށް ޖެހިފައި މިންހާ ފުންކޮށް ދެތިން ނޭވައި ލިއެވެ. ހީވީ ނޭވައި ނުލައި އެތައް އިރަކު ހުރެފައި ނޭވައިލީ ހެންނެވެ. “ރިކް އޭ ކަލޭ މިހާރު ވެލެރީއާ އެއްކޮށް ޑިނާރއަކަށް ދާންވެއްޖެއްނު. އެ މަންޖެ މަށަށްވެސް އެބަ..” އެރިކް ގާތު ހުރި މިންހާ ފެނި އިޝަލް ބުނަން އުޅުނު ޖުމުލަ އެއްކޮށް ނުބުނެ ހުއްޓާލިއެވެ. އެރިކް ދެލޯ މަރާކި ގޮތުން ހިތްހަމަ ނުޖެހުނުކަން އެނގެއެވެ. “ހާއި ކަޒް. މަ ހީކުރީ އަހާން އާއި ޒާޔާއާ އެއްކޮށް ބޭރަށް ދިޔައީ ކަމަށް” ނުވާކަމަކަށް ހެދެމުން އިޝަލް މަޢުޟޫ ބަދަލުކޮށްލިއެވެ. “ކަޒް މަގޭ ޚިޔާލު ބަދަލުވެއްޖެ. މަ ދާނަން މެޗު ބަލަން” އެރިކްއަށް ބަލައިލައިފައި މިންހާ ބުނެލިއެވެ. “ކިހިނެއް މިންނު ކޮންވިންސް ކުރީ؟” މިންހާ ދިއުމުން އަޖައިބުވެފައި އިޝަލް އަހާލިއެވެ. އެރިކް ދެކޮނޑު އަރުވައިލަމުން ނޭންގެއޭ ބުނެލިއެވެ.

ޚުދު މިންހާއަށް ވެސް މެޗު ބަލަން ދާން އޭނާގެ ހިތް ބަދަލުވީ ކީއްވެ ކަމެއް ނޭންގުނެވެ. އޭނާއަށް ދާން އެއްބަސް ވެވުނީކަންވެސް ރޭކައިލީ އިޝަލް ގާތު އެހެން ބުނެވުނީމައެވެ. “އެެރިކް” މަޑު މަޑުން މިންހާގެ އަނގައިން އެރިކްގެ ނަން ނުކުތެވެ.

ވެލެރީ އޭނާގެ އެކުވެރިންނަށްވެސް އުނދަގޫ ކުރަން ފެށުމުން އޭނާއާ އެއްކޮށް ޑިނާރއަކަށް ދަން އެރިކް އެއްބަސްވިއެވެ. ހުދު ޓީޝާޓާކައި ކަޅު ޖިންސެއް ލައިގެން ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުވެގެން އެރިކް ދިޔައެވެ.

ވެލެރީ އަންނަން ބުނި ރެސްޓޯރަންޓް ކުރިމަތީ މަޑުކޮށްލައިގެން އެރިކް ހުއްޓެވެ. އިޝަލްގެ އިތުރުން ދެތިން އެކުވެރިއަކު ޖެއްސުމަށް އޭނާއަށް މެސެޖު ކުރިއެވެ. އެ އެންމެންނަށް ރުޅި އިމޯޖީ ފޮނުވައިފައި ޑާޓާ އޮފްކޮށްފައި ޖިންސުގެ ޖީބަށް ފޯނުލިއެވެ.

ފަރި ހިނގުމެއްގައި އޭނާއާ ދިމާއަށް އަންނަނުން ދިޔަ ވެލެރީ އެރިކްއަށް ފެނުނެވެ. ވެލެރީ ލައިގެން ހުރި ކަކުލާ ހަމައަށް އަންނަ ހެދުމުން އޭނާގެ ދޮށް ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ. ސްޓްރޯބެރީ ކުލައިގެ ކޮނޑާހަމައަށް އަންނަ އިސްތަށިގަނޑު ރީތިކޮށް އެއްފަރާތަށް ގަތާލައިފައި އޮތެވެ. އަރައިފައި ހުރި އުސްފައިވަނުގެ ސަބަބުން ވެލެރީގެ އަސްލު އިސްކޮޅަށްވުރެ ދިގުކަމަށް ދައްކައެވެ. މޫނުގައި ކޮށްފައި ހުރި ގަދަ މޭކަޕުން ވެލެރީގެ ރީތިކަން ވަނީ އިތުރުވެފައެވެ. ވެލެރީއާ ދިމާއަށް ބެލުން އެރިކްއަށް ވީ އުނދަގޫ ކަމަކަށެވެ. އަވަހަށް އިސްޖަހައިލެވުނޯ އެހެންވެއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރި ވެލެރީ ގޮވާލުމުން ކުޑަކޮށް އިސްއުފުލައިލައިފައި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

މިންހާ އެނދުގައި އޮށޯވެލައިގެން ފޯނުން އިންސްޓަގްރާމް ބަލަން އޮތެވެ. ފޫހިވެފައި އޮތުމާއެކު ކުރަން އެންމެ ރަނގަޅު ކަމަށް ފެނުނީއެވެ. މަތިން ފެށިގެން ތިރިއަށް ސްކްރޯލް ކުރަމުން ދަމުން ހުއްޓާލަން ޖެހުނީ ލަންޑަންގެ މަޝްހޫރު މޮޑެލް ވެލެރީ ވެސްޓް ކޮށްފައި އިން ޕޯސްޓް ފެނިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯތްބައްޓަކައި(19ވަނަ ބައި)

Next

ފެވިފާ ތިނަން ވެޔޭ މިހިތުގާ 10

Next
July 19, 2020

ފެވިފާ ތިނަން ވެޔޭ މިހިތުގާ 10

Previews
July 17, 2020

ލޯތްބައްޓަކައި(19ވަނަ ބައި)

31 Comments!

  1. Kiyara says:
    July 18, 2020 at 2:07 am

    Salam dear readers. Here is the 4th part of Manzil. Hope u all enjoyed reading this episode. What do u think will happen? Whom do u ship? Ishal and Minhaa or Minhaa and Eric. Or Eric and Valerie? Leave a comment and stay safe everyone♥️

  2. Iby says:
    July 18, 2020 at 4:07 am

    Varah reethi mi part ves next part ah inthizaaru kuran . and please eric and minhaa ge bai thankoheh ginain gedhesdhehchey . Btw mi part ves varah habeys.
    Good luck .love you kiyaa???

    1. Kiyara says:
      July 20, 2020 at 1:54 pm

      Thanks dear ♥️

  3. Abu❤ says:
    July 18, 2020 at 6:17 am

    Aljey….mi velery eh tho celery eh ves ulhey gotheh dhw….boa halaaku….BTW as always hama best….love ya

    1. Kiyara says:
      July 20, 2020 at 1:55 pm

      Thanks dear ♥️

  4. girl says:
    July 18, 2020 at 7:37 am

    Eric and Minha gulhenee…?
    I think Zayaa &Ishal..?
    Story hama best. Mihaaru konme dhuvahaku heylaagothah auto in ves balaalevey up kohfa in tho.
    Thanxx sis! For ur hard work.. ???

    1. Kiyara says:
      July 20, 2020 at 1:56 pm

      Thanks dear♥️

  5. Blue? says:
    July 18, 2020 at 9:34 am

    Yeah…even i like eric and minha…they are so cute together…Zaya and ishal is okk…i think they both will also look cute together…and thnkxx for uploading the story so early…hope u will continue to upload in the same way…aslu vaahaka eha gap bodu nukoh upload kuraathy vx eiee mi vaaahaka ehaa kiyaa hiy vaa ehsababu….lysm sis

    1. Kiyara says:
      July 20, 2020 at 1:57 pm

      Thanks dear♥️

  6. Aish says:
    July 18, 2020 at 11:36 am

    Woww??? Mi part vx hama habeys thigothu gai kuriah?
    Aish ah heevany hama minhaa aa Ishal hen.
    N when next part? Mihaaru madumadun story fesheny dhw mi?????? Curiously waiting ngey…
    Lyssm??
    Tc
    Stay home?

    1. Kiyara says:
      July 20, 2020 at 1:57 pm

      Thanks dear♥️

  7. mai says:
    July 18, 2020 at 12:45 pm

    Woww v nice
    Kiyara is a really nice name.. ? Masha Allah
    Can you tell me your full name?

    1. Kiyara says:
      July 20, 2020 at 1:58 pm

      Thanks dear♥️ lets keep my full name as a secret. Hope u don’t mind dear

    2. mai says:
      July 20, 2020 at 3:47 pm

      Ofc sis ?

  8. Yumko says:
    July 18, 2020 at 1:10 pm

    V reethi
    Cant wait for next part

    1. Kiyara says:
      July 20, 2020 at 1:59 pm

      Thanks dear♥️

  9. Een says:
    July 18, 2020 at 2:05 pm

    I’ll say ishal and Minhaa ey….. They will look cute together……btw story is Hama habeys……..Minhaa and Ishal gulhuvachey pls pls pls pls♥️♥️??????????

    1. Kiyara says:
      July 20, 2020 at 1:59 pm

      Thanks dear♥️

  10. Shuba... says:
    July 18, 2020 at 3:38 pm

    I think ishal n minha maa gulhey… Btw vhk vrh reethi.
    Curiously waiting for the next part
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Kiyara says:
      July 20, 2020 at 2:00 pm

      Thanks dear♥️

  11. Starlight vixx says:
    July 18, 2020 at 9:05 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️

    1. Kiyara says:
      July 20, 2020 at 2:01 pm

      Thanks dear ♥️

  12. Sweety says:
    July 18, 2020 at 10:56 pm

    I like ur story

    1. Kiyara says:
      July 20, 2020 at 2:02 pm

      Thanks dear ♥️

  13. Opinion says:
    July 19, 2020 at 12:44 pm

    This part is also nice…i think eric and minha is the bst couple…they are so matching….and abadhu cousins are gulhuvanyaa vx kada…and mibaiga eric aa minhaage vaahaka genes dhn edhemyhun like vanikoh ishal aagulhu v ma kada

    1. Faiherrr?? says:
      July 19, 2020 at 1:57 pm

      Yh exactly. I agree with you Opinion ?????☺️☺️☺️??????

    2. girl says:
      July 19, 2020 at 3:21 pm

      Yes I also agree. Plus minhaa is also having some feelings for Eric.❤

    3. Kiyara says:
      July 20, 2020 at 2:03 pm

      Thanks dear ♥️

  14. Ms Chocolate says:
    July 20, 2020 at 8:05 am

    I think ishal and minhaa

  15. Shiyaan says:
    July 20, 2020 at 10:47 pm

    I don’t think….. but exactly they will look gorgeous in my opinion❤️❤️ can’t wait to see next babe❤️ I love you kiyara and your stories ❤️❤️? be strong and be safe ❤️

  16. Shaba SHABAKKO says:
    July 21, 2020 at 3:10 pm

    Nice ❤️❤️
    ?❤️?

Comments are closed.

Next Episodeމަންޒިލް 5←


All Right Reserved!