ލޯތްބައްޓަކައި(20ވަނަ ބައި)
7 އަހަރު ފަސް
ކައިވެނީގެ ހުދު ހެދުމުގައި ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ފަލަކް ހީވަނީ ހޫރުޕަރީއެއް ހެންނެވެ.ފަސްބަޔަށް ބޮޑުކޮށް ހުރި އެ ލޭސް ހެދުމެގެ މޭމަތިވަނީ ހުދު ކުލައިގެ މިނަލުން ޒީނަތްތެރި ކުރެވިފައެވެ.ކަރުގައި ޖަވާހިރުގެ ބޮޑު ހާރެއް އަޅާފައިވީއިރު މުށި ކުލައިގެ އިސްތަށިގަނޑު ގައި ވަނީ ހުޅިއެއް ޖަހާލެވިފައެވެ.ލުއި މޭކްއަޕެއް ކުރެވިފައިވީ ފަލަކްގެ ދޮން މޫނުގައި ކުރު އިސްތަށިތަށް ބޮސްދެމުން ދިއައިރު ފެންނަލެއް ނުހަނު ފުރިހަމައެވެ.މަދީ ހަމަ އެންމެ އެއްޗެކެވެ.އުނިކަމަށް ދައްކަނީ ހަމަ އެންމެ ކަމެކެވެ.އެ މޫނުމަތީގައި ނެތީ ރީތި ހިނިތުންވުމެކެވެ.ލޯގަނޑުން އަމިއްލަ ސޫރަޔަށް ނަޒަރު ހުއްޓާލައިގެން ހުރި ފަލަކްގެ ހަނދާނަށް އައީ މީގެ އެއްހަފްތާ ކުރިން ކަން ހިނގައިދިޔަ ގޮތެވެ.
*************
ރޫމާގެ އާއިލާއާއެކު ފަލަކް އުޅެމުން އައީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ.ރޫމާއާއި ނުހާ އާއި އެކު ފަލަކް އުޅެމުން އައި އިރު ވޭތުވެދިޔަ ހަތް އަހަރު ތެރޭ ފަލަކް ވަނީ އޭނާގެ ހުވަފެން ހަޤީގަތަށް ހަދާފައެވެ.މިއަދު އޭނާއަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ.ރޫމާގެ ފިރިމީހާ ނަޔާޒް އަދި ނިކްޔަން އުޅެމުން އައީ އެމީހުންގެ ބިޒްނަސްގެ ފެކްޓްރީ ތަށް ހުންނަ އޮސްޓްރޭލިއާގެ ކޫމާގައެވެ.ތިން އަހަރު ދުވަހު ތައުުލީމު ހާސިލު ކުރުމަށް ސިޑްނީގައި ހުރުމަށްފަހު ބިޒްނަސްއަށް ނިކުތް ނިކްޔަން އާއިލާއާއި ދުރުގައި ހުންނަން ބޭނުން ނުވިޔަސް ބައްޕަގެ އެދުމަށް ދެކޮޅު ނަހަދައި ކޫމާއަށް ދިޔައީއެވެ.މީގެ ސަބަބުން ނިކްޔަންއާއި ފަލަކް ބައްދަލުވަނީވެސް ވަރަށް މަދު ފަހަރެއްގައެވެ.ރޫމާގެ ފަރާތުން މަންމައެއްގެ ލޯބި ފުރިހަމަޔަށް ލިބުނަސް ރަޝްފާއާއި ފާލިހު މަތިން ފަލަކް އަބަދުވެސް ހަނދާން ކުރެއެވެ.އަދި ރަފްގާ އުޅެމުން އައި ގޮތްވެސް އޭނާ ދިއައީ ޝޫރާ މެދުވެރިކޮށް ބަލަމުންނެވެ.ހަމަޖެހުމާއި އެކު އުޅެމުން އައި ނަމަވެސް އެ ކުޑަ ހަމަޖެހުން ވެސް ފަލަކްގެ ދިރިއުޅުމުގައި ހަރުލައި ހުރީ އެންމެ ހަތްއަހަރު ދުވަހުއެވެ.ރޫމާގެ ސިއްހީ ހާލަތު ގޯސްވެ ޑޮކްޓަރަށް ދައްކަން ރޫމާ ގޮވައިގެން ފަލަކް ދިއަ ދުވަހަކީ ދިރިއުޅުމުގައި ތިންވަނަ ފަހަރަށް އެއް އިހުސާސެއް ފަލަކްއަށް ކުރެވުނު ދުވަހެވެ.އާއިލާގެ ގާތް މެންބަރެއް އަނެއްކާވެސް ވަކިވެ ދިއުމުގެ ބިރު ހީވި ދުވަހެވެ.ޓެސްޓުތަށް ހެދުމަށްފަހު ލިބުނު ނަތީޖާ ބަލައި ޑޮކްޓަރު ބުނި ގޮތުގައި ރޫމާއަށްވަނީ ލޭގެ ކެންސަރު ޖެހިފައެވެ.ތިން ވަނަ ސްޓޭޖެވެ.ދުނިޔޭގައި ހުރުމަށް ރޫމާގެ އަތުގައި މާ ގިނަ ދުވަހެއް ނެތެވެ.އެންމެ ގިނަ ވެގެންވެސް ހަމަސް ދުވަހެވެ.ކެންސަރު ބައްޔަކީ އަދި އަދާއި ޖެހެންދެން ވެސް އެއްވެސް ދާއިމީ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވީއިރު ކިތަންމެ ފައިސާއެއް ހުރި ނަމަވެސް ނަޔާޒްއަކަށް އޭނާގެ އަނބިމީހާ ސަލާމަތްކުރެވޭނެ ގޮތެއް ނެތެވެ.ވަގުތުން ނިކްޔަންއާއި ނަޔާޒް ސިޑްނީއަށް އައެވެ.އެކަމާ ހިތާމަ ކޮށް އެންމެން ބަލިކަށި ވުމުގެ ބަދަލުގައި ރޫމާ ބޭނުންވީ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތަކުގައި އާއިލާ އާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރާށެވެ.ކޮންމެ މީހެއްވެސް އެމީހަކަށް ވީވަރަކުން ރޫމާއާއި އެކު ވަގުތު ހޭދަ ކުރުމަށް އިސްކަންދިނެވެ.18 އަހަރުގެ ނުހާއަށް އެންމެ ބޮޑު ހިތްވަރެއް ލައިދިނީ ފަލަކްއެވެ.މަންމަ ކުރިމަތީ ގަދަކަމުން ނަމަވެސް ހިނިތުންވާން ނުހާގެ އިތުރުން ނިކްޔަންއަށް ވެސް ފަލަކް ދަސްކޮއްދިނެވެ.މިހާލަތާއި އޭނާ ވަނީ ކުރިންވެސް ކުރިމަތި ލާފައި ވިއްޔާއެވެ. ރޫމާގެ އެންމެ ފަހުގެ އެދުމަކަށްވީ ނިކްޔަންގެ ކައިވެނި ކުރެވޭތަން ދެކުމެވެ.ނިކްޔަން އަމިއްލަ ދިރިއުޅުމެއް ފަށާތަން ދެކުމެވެ.މިއަދު ފަލަކް ކައިވެނީގެ ހެދުމުގައި އެހެރީ ރޫމާގެ އެންމެފަހުގެ އެދުން ފުރިހަމަ ކޮއްދީ ނިކްޔަންއާއި ކައިވެނި ކުރުމަށެވެ.ނިކްޔަންއާއި ކައިވެނި ކުރަން އަމިއްލަ ޒަމީރު އެއްބަސް ނުވިޔަސް ފަލަކް މި ކައިވެންޏަށް އެއްބަސްވީ ރޫމާއަށް ކުރާ އިޙުތިރާމާއި ރޫމާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.ރޫމާގެ އާއިލާ އޭނާއަށް ވީ މަދަދާއި އެހީތެރިކަން އަދި ދިން ލޯތްބާއި އަޅާލުމަށް ބަލާފައި މީ ކުޑަވަރެކޭ ފަަލަކްގެ ހިތް ބުނަމުން ދިއައެވެ.
**************
ހިޔާލުތަކުން ފަލަކްއަށް ނިކުމެވުނީ އެކޮޓަރީގެ ދޮރު ހުޅުވާފައި ނުހާއާއި ރޫމާ ވަދެގެން އައުމުންނެވެ.ކުރިއަށް ވުރެ ހިކިވެ އަނަރޫފަވެފައި ރޫމާގެ ހަށިގަނޑު ހުރި އިރު ލޯކައިރިވެސް ވަނީ ކަޅުވެ ވަޅު ހެދިފައެވެ.ނަމަވެސް އޭނާގެ މޫނުމަތީގައި ވަނީ ނުފުލާ ހިނިތުންވުމެކެވެ.ފަލަކްއާއި ނިކްޔަންގެ ކައިވެންޏަކީ އޭނާ ދެކުނު ހުވަފެނެކެވެ.މިއަދު އެހުވަފެން ހަޤީގަތަކަށްވާތަން އަމިއްލަ ދެލޮލުން ދުށުމަށްފަހު މި ދުނިޔެއާއި ވަކިވެ ދާން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ.18 އަހަރު ފުރިފައިވާ އިރު ނުހާއަކީ ރީތި ކަން ހުސްކޮއްގެން ހުރި އަންހަން ކުއްޖެކެވެ.ހިމަތޮޅި ހަށިގަނޑަކއި ރީތި ބައްޓަމެކެވެ.ދޮން ހަންގަނޑަކާއި ކަޅު ކުލައިގެ ކަޅިއެކެވެ.ފަން އިސްތަށި ކޮޅު އަރަނީ ކޮނޑާއި ހިސާބަށެވެ.މިރެއަށް ނުހާވެސް ހުރީ ވަރަށް ފުރިހަމަޔަށް ތައްޔާރު ވެގެންނެވެ.އޭނާލައިގެން ހުރީ ޑަސްޓީ ޕިންކް ކުލައިގެ މެކްސީއެކެވެ.”ވާއު ފަލަކް ދައްތާ….ޔޫ ލުކް ޖަސްޓް ލައިކްއަ ޕްރިންސެސް”ފަލަކްގެ އަތުގައި ހިފާލަމުން ނުހާ ތަޢުރީފު ކޮއްލިއެވެ.”މާޝާﷲ….”ފަލަކްގެ ބޮލުގައި ފިރުމާލަމުން ރޫމާ ބުނެލިއެވެ.ރޫމާގައިގައި ބައްދާލަމުން ފަލަކް ޝުކުރު އަދާކޮއްލިއެވެ.”ހިނގަ ދާން ފަލަކް ދައްތާ އެވްރީވަން އިޒް ވެއިޓިންގް”ފަލަކްގެ ހެދުމުގެ ފަސްބައި ރީތި ކޮއްްލަމުން އަވަހަށް ކައިވެނި ކުރެވޭ ހޯލަށް ދާން ހިނގާށޭ ނުހާ ބުނެލިއެވެ.”ނުއްކޯ…..މިހާރުދެން ފަލަކް ދައްތައެއް ނޫނޭ ކިޔާނީ…ދޮންބެ ދައްތަ ކިޔާބަލަ”ރޫމާގެ ޖުމްލައާއި އެކު ފަލަކް އިސްޖަހާލި އިރު ނުހާގެ ލުއި ހުނުމުގެ އަޑު އިވިގެން ދިއައެވެ.”އޯކޭ…މައި ޕްރިޓީ ދޮންބެދައްތަ އެންޑް މައި ލަވްލީ މޯމް ލެޓްސް ގޯ”ހިތާމަ ފޮރުވަން މަސައްކަތް ކުރަމުން އެންމެންވެސް އުފާވެރި ކަން ގެންނަން މަސައްކަތް ކުރާކަން އެންމެންގެ ހަރަކާތްތަަކަށް ބަލާފައިވެސް ހާމަވެއެވެ.ފަލަކް ގޮވައިގެން ކައިވެނި ކުރެވޭ ހޯލަށްދާން ރޫމާއާއި ނުހާ އަވަސްވެގަތެވެ.އޭރު ފަލަކް ހުރީ ރަނގަޅަށް ފިނިވެފައެވެ.
**********
”ކުރީގެ ފުލުސް ކޮމިޝަނާރ އަދި އުލްފަތް ޤްރޫޕް އޮފް އިންޑަސް ޓްރީސް ގެ ވެރިޔާ އަބްދުލް ހަނީފްގެ މައްޗައް ކުރެވިފައިވާ އޭނާގެ ކުރީގެ އަނބިމީހާ ހައްވާ އުލްފާގެ މަރުގެ ދައުވާގެ އަޑުއެހުން އަންނަ މަހަށް ފަސްކުރެވިފައިވާއިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ މި ދައުވާ އަބްދުލް ހަނީފްގެ މައްޗައް ކޮއްފައިވަނީ ހުދު އޭނާ އަދި މަރްހޫމް ހައްވާ އުލްފާގެ ކައިވެންޏަށް ލިބިފައިވާ ދަރި އަދި ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލް އާލިމް އަބްދުލް ހަނީފް ކަމުގައިވުން.މިއަދުގެ އަޑުއެހުންކުރިއަށް ދިޔަގޮތް ދެނެގަތުމަށް ޓަކައި އަޅުގަނޑުމެންގެ ސްޓޫޑިއޯގައި މިވަގުތު މި އިންނެވީ ހައި ކޯޓުގެ ފަނޑިޔާރު ޒާހިދު ހަސަން.ޕްރޮޤުރާމަށް މަރުހަބާ އިނގޭތޯ ޒާހިދް”ކުރިމަތީގައި ހުރި ބޮޑު ފަތި ޓީވީއަށް ނަޒަރު ހުއްޓާލައިގެން ހިނިތުންވެލައިގެން ހުރި އާލިމްގެ އަތުގައި ހޫނު ކޮފީ ޖޯޑެއް ހުރިއިރު އޭނާ ހުރި ގޮތުންވެސް ކަމަކާއި ހިންހަމަޖެހިފައި ހުރިކަން ހާމަވެއެވެ.”ޝުކުރިއްޔާ އިނގޭތޯ…ޓީވީ ބަލަމުން އަންނަ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު…މި ކޭސްގެ އިސް ގާޒީ އެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ އިންސާފަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްޤެކޭ އެކަމަކު ކުށެއް ކުރެވިފައިވާ މީހާއަށް އިންސާފަކީ އެމީހަކަށް ހައްޤު އަދަބޭ….އަޅުގަނޑު މި ކޭސްއާ ހަވާލުވީ މީ ކިހާ ދުވަހެއްވެފައިވާ ކޮންބަޔަކާ ގުޅުންހުރި ކޭސް އެއްކަން ރަނގަޅަށް އިނގިހުރެ…މަރްހޫމް ހައްވާ އުލްފާގެ މަރަކީ ބައެއްގެ ރޭވުމަކަށް ވާނަމަ އެފަރާތަކަށް ހައްޤު އަދަބު ލިބިގެން ދާނެ”ގާޒީ ގެ ދުލުން އިވި ދިއަ ބަސްތަކާއި އެކު އާލިމްގެ މޫނުމަތީގައިވީ ހިނިތުންވުން ފުންވެގެން ދިއައެވެ.”އަޅުގަނޑު މެނަށް ހަބަރު ލިބިފައިވާ ގޮތުގަ ވަކީލު އާލިމް އަކަށް އަދި އެއްވެސް ހެއްކެއް ގާޒީ އާއި ހަމަޔަށް ގެނެސް ދެވިފައެއް ނުވޭ…ކުޑައިރުއްސުރެ އަމިއްލަ ބައްޕަޔާާ އާލިމްއާއި ދޭތެރޭ ހިނގާފައިވާ ހަމަނުޖެހުންތަކަށް ބަލާއިރު މި ދައުވާ އަކީ އާލިމް އޭނާގެ ބައްޕަގެ ކިބައިން ބަދަލު ހިފުމަށް ކޮއްފައިވާ ބާތިލު ދައުވާއަކަށް ވެދާނެ ތޯ؟”ޕްރޮގުރާމުގެ ރިޕޯޓަރަކަށް އިން އަންހެންކުއްޖާ ކޮއްލި ސުވާލާއިއެކު އާލިމްގެ މޫނުމަތީގައި ވީ ހަމަޖެހުން ގެއްލި ދިއައިރު ބާރު ބާރަށް ކައިލާން އޭ ކިޔައި އޭނާ ހަޅޭއްލަވައިގަތެވެ.”ލައްބަ ސަރ ކިހިނެއްވީތޯ؟”އެތަނަށް އައިސް ހުއްޓުނު ފިރެހެން މީހާ އަހާލީ ޖެހިލުންވެ ހުރެއެވެ.އާލިމްގެ ގަދަ ރުޅިއަކީ އޭނާއަށް އާ އެއްޗަކަށް ނުވިއަސް ކައިލާން ޖެހިލުންވެއެވެ.”ކާކު އެއީ؟”ޓީވީގައި އިން އަންހެން ޕްރެސެންޓަރާއި ދިމާލަށް އިޝަރާތް ކުރަމުން އާލިމް އަހާލިއިރު އޭނާގެ ކަތުރު ކަށިގަނޑަށް ވާންވެގެން ދިއައެވެ.”ސަރ އެއީ…”ކައިލާންގެ އަޑުގައި ވެސް މަޑުތުރުތުރެއް ވިއެވެ.”އެއީ ކާކުހޭ ކައިލާން”އަނެއްކާވެސް އާލިމް އަހާލިއެވެ.”ރާއްޖެ ޓީވީގެ ޕްރެސެންޓަރު އަދި ޖާރނަލިސްޓް، އައިޝަތް ޔަނާ، މިކޭސް އާ ހަވާލުވެގެން ހުރި ރިޕޯޓަރު”ހަލުވި ބަސްތަކެއް ކައިލާންގެ އަނގައިން ނިކުމެގެން ދިއައިރު ޓީވީ އިން ފެންނަންހުރި ޔަނާއާއި ދިމާލަށް ފުންކޮށް އާލިމް ބަލާލިއެވެ.ދޮން ހަންގަނޑަކާއި ބޮޑު ދެލޮލެކެވެ.ކުޑަކުޑަ މޫނަކާއި ހިމަތޮޅި ރީތި ބައްޓަމެއްގެވެރި ހަށިގަނޑެކެވެ.ކަޅު ކޯޓު ފަޓުލޫނުގައި ހުރިއިރު އަޅާފައި ހުރި ކަޅު ޝޯލްގެ ތެރެއިން ޔަނާގެ ދޮން މޫނު ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ.ވާހަކަ ދެއްކުމުގައި ހަރުދަނާކަމާއި ހަލުވިކަންވީއިރު ދައްކާ ވާހަކަޔާ އެއްގޮތަށް މޫނަށާއި އަތަށް ގެންނަ ހަރަކާތްތަކުގެ ސަބަބުން މީހުންގެ ސަމާލުކަން ދަމައިގަންނަ ގޮތެއްހުރެއެވެ.ކޮންމެވެސް ތާކުން ޔަނާ ފެނިފައިވީ ހަނދާން އާލިމްވީ ނަމަވެސް ކޮންތާކުން ކަމެއް ހަނދާނަކަށް ނައެވެ.”ކައިލާން ގެޓް މީ އޯލްދަ އިންފޯރމޭޝަން އެބައުޓް ދިސް ގާރލް…ހަނދާންކުރާތި ޑޯންޓް އިވެން މިސް އަ ސިންގަލް ފެކްޓް”ޔަނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި އާލިމްގެ އަޑުގައިވަނީ ޝައުގުވެރިކަމެވެ.އަޅިކުލައިގެ ލެންސް ލައްވާފައި ހުންނަ އެ ކަޅީގައި މިހާރު ވަނީ ފުން ކަޅުކަމެވެ.އެ ތޫނު ދެލޯ ފޮރުވާލެވިފައިވަނީ ކަޅު ކުލައިގެ ނަމްބަރު އައިނަކުންނެވެ.ހުދު ގަމީހަކާއި އަޅި ފަޓުލޫނެއްލައި ދަށަށް ޖަހާފައި ހުރި އިރު ބަލާލި ކޮންމެ މީހަކަށްވެސް އާލިމްއަކީ ހަރުދަނާ ޒުވާނެއްކަން އިނގިގެން ދާނެއެވެ.”އޯކޭ ސާރ”އޭ ކިޔައި ކައިލާން އަވަހަށް އެތަނުން ނިކުމެގެން ދިއައިރުވެސް އާލިމްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ޓީވީއަށެވެ.”ޔަނާ….”މަޑުމަޑުން އެ ނަން އާލިމް ކިޔާލީ އެއްމިޔަ ޔަކުން ހީލަމުންނެވެ.
************
ރާއްޖެ ޓީވީގެ އޮފިސް ބިލްޑިންގް އިން ނިކުތް ޔަނާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.ދެންމެ ޕްރޮގުރާމު ހުށައަޅަން ލައިގެން ހުރި ކޯޓު ފަޓުލޫނު ބަދަލުކޮށް މިހާރު ޔަނާ ލައިގެން ހުރީ ދަނބު ކުލައިގެ ކަކުލާއި ހަމަޔަށް އަންނަ ދެފަރާތުން ފެޅި ހެދުމެކެވެ.ކަޅު ސްކިނީއަކާއި ކަޅު ޝޯލެއް އަޅައިގެން ހުރި އިރު އެ ބޮޑު ދެލޮލުގައި ވަނީ ނިދީގެ އަސަރު ތަކެވެ.”ހުވާ މިބުނީ މި މެނޭޖަރަކާ ހެދި އަހަރެން މަރާލަން ކަންނޭގެ ދެން އެ އަބްދުލް ހަނީފް އަންނާނީ…ހަމަ އަހަރެން އެ ކޭސް ބޭނުމެއް ނޫނޭ ބުނީމަވެސް އޯ ޔަނާ އައި ބިލީވް އިން ޔޫ އޭ ކިޔާފަ އަހަންނަން އެ ކޭސް ދީފި އެންނު…އަދި އަރާމުގަ ތަނެއްގަ ފޫކޮޅު ޖައްސާލަދިނަކަ ވެސް ދެނީކީ ނޫނޭ..ދެޓް އީވަލް ފޮކްސް..”ޕާރކު ކޮއްފައި ހުރި އޭނާގެ ހުދުކުލައިގެ ފީނޯ ސައިކަލަށް އަރާ ބޮލަށް ހެލްމެޓް މަހާލަމުން ޔަނާ އޭނާގެ މެނޭޖަރާއި ދިމާލަށް ކުދި ކިޔައިލިއެވެ.އުޅެންޖެހޭލެއް ބުރަކަމުން ކޮންމެ ރެއަކު ގެއަށް ދެވޭއިރު އޭނާ ހުންނަނީ ބުރާންތި ވާވަރު ވެފައެވެ.ސައިކަލުގައި ގޮސް ގޭ ދޮރުމައްޗަށް މަޑު ކޮއްލުމަށްފަހު ޔަނާ ސައިކަލު ޕާރކު ކޮއްލިއެވެ.ފުންނޭވާ އެއް ލުމަށް ފަހު އަތްދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެން ހުރެ ގެއަށް ވަދެގެން ދިއަ ޔަނާއަށް ނޭނގުނީ އޭނާގެ ހަރަކާތްތަކަށް ބަލަން މަގުގެ އަނެއްފަޅީގައި މީހަކު ހުރިކަމެވެ.ޔަނާ ގެއަށް ވަނުމާއި އެކީ އެމީހަކު ސައިކަލަށް އަރައިގެން ނައްޓާލިއެވެ.”ސަރ ސަރ…ހުރިހާ މައުލޫމާތެއް ލިބިއްޖެ….ދެއަރ އިޒް ސަމްތިން ޔޫ ނީޑް ޓު ނޯ”ކަޅު އަނދިރިކަންވީ އެ ކޮޓަރީގެ ތެރެއަށް ވަދެގެން އައި ބޯ ދިގުކޮށް ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ.އެ ޒުވާނާގެ އަޑަށް އެ ކޮޓަރީގެ ބޮކިތަށް ދިއްލިގެން ދިއައިރު ފުރަގަސްދީންގެން ކޮއްޅަށް ހުރި ފިރެހެން މީހެއް އެ ޒުވާނާއާއި ދިމާލަށް އެނބުރިލިއެވެ.”ސަރ ރާއްޖެ ޓީވީގެ ފަރާތުން މި ކޭސް އާ ހަވާލުވެގެން ހުރި އައިޝަތް ޔަނާގެ ބެކްގްރައުންޑް އަޅުގަނޑުމެން ވަަރަށް ރަނގަޅަށް ޗެކް ކޮއްފިން….ސަރ ހަނދާން އެބަ ހުންނެވިތޯ މީގެ ހަތްއަހަރު ކުރިން ގެއްލިގެން ރިޕޯރޓުކުރި ޔާފިއު…މުހައްމަދު ޔާފިއު…”ޔާފިއުގެ ނަން އަޑުއިވުމާއިއެކު ހަނީފްގެ ދެލޯ ބޮޑުވެގެން ދިއައިރު އޭނާގެ މޫނުމަތިން ދާތިކި ފަޅުވާން ފެށިއެވެ.”ޓެކްސީ ކޮމްޕެނީއެއްގެ މެނޭޖަރުކަން އަދާކުރި ޔާފިއުތަ؟”އިތުރަށް ޔަޤީންކޮއްލުމުގެ ގޮތުން ހަނީފް އަހާލިއެވެ.”އާދެ ސަރ…އައިޝަތް ޔަނާއަކީ މުހައްމަދު ޔާފިއުގެ ކޮއްކޮ”ދެން އިވިގެންދިޔަ ޖުމްލައާއެކު ހަނީފްގެ ދެލޯ ބޮޑުވެގެން ދިއައިރު އަތުގެ އިޝާރާތުން އޭނާ އެ ޒުވާނާއަށް އެތަނުން ދިއުމަށް އެންގިއެވެ.ދޮރު ލެއްޕުނުކަން ޔަޤީންވުމާއި އެކު ކުރިމަތީ ހުރި މޭޒުމަތީގައި ހުރި ސާމާނުތަށް ހަނީފް އޭނާގެ އަތުން ޖަހައި ބުރުވާލިއެވެ.
***********
ކަޅުކުލައިގެ މާރސިޑީސް ކާރު އައިސް މަޑުކޮއްލީ ހިލްޔާ ހޮޓެލުގެ ކުރިމައްޗަށެވެ.ކާރުގެ ޑްރައިވަރު އައިސް ފަހަތު ދޮރު ހުޅުވާލުމާއިއެކު ނިކުތް އަންހެން މީހާއަށް ގިނަ ބައެއްގެ ނަޒަރުތަށް އަމާޒުވާން ފެށިއެވެ.ހުދު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެ އަންހެން މީހާގެ އިސްތަށިގަނޑު އަރަނީ އޭނާގެ ގަމީހުގެ ގިރުވާނާ ހިސާބަށެވެ.އޮފަ ކަންގަދަ ހުދުކުލައިގެ ހައިހީލްސް އަކަށް އަރައި ހުރި އިރު އަތުކުރީގައި ޒަމާނީ އަގުބޮޑު ގަޑިއެއް އަޅާލެވިފައި އޮތެވެ.އެ ގަޑިއަށް ނަޒަރެއް ހިންގާލުމަށްފަހު ކޯޓުގެ ގޮތް އަޅުވާލަމުން އެ އަންހެންމީހާ ގޮސް ހޮޓަލުގެ ތެރެއަށް ވަދެގެން ދިއައެވެ.”ވެލްކަމް ރަފްގާ މޭމް”ހޮޓަލުގެ މީޓިންގް ރޫމަށް ވަދެގެން އައި ރަފްގާ ފެނުމުން އެތާ ހުރި ދިގު މޭޒެ ދަށުގައި ތިބި އެންމެންވެސް ކޮއްޅަށް ތެދުވީ އިޙުތިރާމު އަދާކުރުމުގެ ގޮތުންނެވެ.ގޮސް އެމޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން ރަފްގާ އެހެން އެންމެނަށް އިށީންނަން އެންގިއެވެ.”ފަރުހާދް ނިއު މާރކެޓިން ޕްލޭން ރެޑީތަ؟”މޭޒުގެ އެއްފަޅީގައި އިން މުއައްޒަފަކާ މުހާތަބުކޮށް ރަފްގާ އަހާލިއެވެ.”ލައްބަ މޭމް”އެ މުއައްޒަފުގެ ޖަވާބާއި އެކު ރަަފްގާ ދެންބަލާލީ އޭނާގެ އަނެއްފަޅީގައި ތިބި މުއައްޒަފުންނާއި ދިމާލަށެވެ.”މި މަހުގެ އެކައުންޓިން ޑީޓެއިލްސް މާދަން ހެނދުނު ހުންނަން ޖެހޭނީ އަހަރެންގެ މޭޒުމަތީގަ…ފަރުހާދު ގޯ އޮން ވިތަ ދަ ޕްލޭން”ރަފްގާގެ އަމުރަށް ހުރިހާ މުއައްޒަފުން ބޯ ޖަހާލިއިރު ފަރުހާދު އަވަސްވެގަތީ އޭނާ ތައްޔާރު ކޮއްފައިވާ ޕްލޭން ފްރޮޖެކްޓަރުން ދައްކާލުމަށެވެ.ޕްރެސެންޓޭޝަންގެ ސްލައިޑުތަކަށް ގެއްލިފައި ތިބި ހުރިހާ މުއައްޒަފުން ސިހުނީ މީޓިންގް ރޫމްގެ ތެރެއިން އިވިގެން ދިއަ ފޯނެއްގެ ރިންގުގެ އަޑަށެވެ.ނުރުހުމާއިއެކު އެއަޑު އައި ދިމާލަށް ރަފްގާ ބަލާލިއެވެ.”މިސް ތޫމާ ހައު މެނީ ޓައިމްސް ޑޫ އައި ހޭވްޓު ޓެލް ޔޫ މޯބައިލް ފޯންސް އަރ ނޮޓް އެލޯވްޑް އިން މައި މީޓިންގްސް”އައި ރުޅި އާއި އެކު ރަފްގާ ހަޅޭއްލަވައިގަތް އިރު ތޫމާ އިނީ ބިރުންގޮސް ވިރެން ކައިރިވެފައެވެ.”ސޮރީ މޭމް އޮޅިގެން””އޮޅިގެންނޭ؟އަހަރެންނާއެކު ހަތަރު އަހަރު ވަންދެން މަސައްކަތް ކުރަމުން އަންނަ މީހެއްގެ ކިބައިން މިކަހަަލަ މިސްޓޭކެއް އަހަންނަކަށް ޤަބޫލެއް ނުކުރެވޭނެ…އިނގޭތަ އަހަރެންގެ ކިހާ ވަގުތެއް ކަމެއް ތޫމާއާ ހެދި މިވޭސްޓްވީ…ޔޫ އަރ ފަޔާރޑް ގެޓް އައުޓް ފޮރޮމް ހިއަރ”އައި ރުޅީގަ ރަފްގާ ތޫމާ ވަޒީފާއިން ވަކި ކޮއްލީ އެ ކުޑަ ކުށުގެ ސަބަބުންނެވެ.އެއްވެސް އަޑެއް އިއްވާ ނުލާ ދެންތިބި މުއައްޒަފުން ތިބިއިރު ދެން ވަޒީފާ ގެއްލިގެން ދާނީ ކާކުގެ ބާއޭ އެންމެންގެ ހިތަށްއެރިއެވެ.ރަފްގާ ވިޔަފާރީގެ ކަންކަމާއި ހަވާލުވީ ފަހުން އެތަށް ކުރިއެރުމެއް ހިލްޔާ ކުންފުންޏަށް ލިބެމުން ދިޔަ ނަމަވެސް ރަފްގާއާއި މުއައްޒަފުންނާއި ދޭތެރޭ އޮންނަ ގުޅުން ރަނގަޅެއް ނޫނެވެ.އެ އަރާ ސިނގު ރުޅި ގަނިފަހަރު ރަފްގާއަށް ބޭލެނީ އޭނާގެ މުއަޒަފުންނަށެވެ.ކުޑަވެސް ކުށެއް ކުރެވިއްޖެނަމަ އެމީހެއްގެ ދުވަސް ދިއައީއެވެ.މާފުކުރުމާއި މާފަށް އެދުމަކީ ރަފްގާގެ ކިބައިގައި އެއް އިރަކުވެސް ހުރި ސިފަ އެއް ނޫން ވިއްޔާއެވެ.މީޓިންގް ނިންމާލުމަށްފަހު ގެއަށް އައިސްވައިން ރަފްގާ ފެނުމުން އޭނާގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުންވެސް އޭނާގެ މޫޑް އެހައި ރަނގަޅު ނޫންކަން ރާއިދާއަށް އިނގުނެވެ.ބުނަން އޮތީވެސް އިތުރަށް ރަފްގާގެ މޫޑް ހަރާބު ވާނެ ފަދަ ވާހަކައެކެވެ.”ރަފް”ރާއިދާ ގޮވާލުމާއި އެކު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ރަފްގާ ހޫމް އަޅުވާލީ ފޯނުން ނަޒަރު ވަކިނުކޮށް ހުރެއެވެ.”ރަފްގެ ތުއްތުގެ ކައިވެނި މިއަދު ފަލަކްއާ ކުރެވޭނެ ވާހަކަ ދޮންތަ ބުނެފި”ރާއިދާގެ ޖުމްލައާއިއެކު ހައިރާންކަން އެކުލެވިގެންވީ ބެލުމަކުން ރަފްގާ ރާއިދާއަށް ބަލާލިއެވެ.”ވަޓް…ވާއު ދެޓްސް ގްރޭޓް…ބައްޕަގެ މުދަލާ ފައިސާއާ ފަލަކްއަށް ލިބެން ބޭނުން ނުވީމަ އަހަރެމެން އެހާ ބޮޑު ރޭވުމެއް ރޭވީ…ސޭޑްލީ ދެޓް ޕްލޭން ފްލޮޕްޑް އެންޑް ޑޭޑް…ހެހެ ބަޓް މިއަދު ފަލަކްއަށް މާ ބޮޑު މޮޅެއްނޫންތަ އެލިބެނީ؟އޮސްޓްރޭލިއާގެ މަޝްހޫރު ވިޔަފާރި ވެރިއެއްގެ ހުރި ހަމައެކަނި ފިރެހެން ދަރިއޭނަ އެ ކަޓުވާލީ…މޯމް އަޅެ މަޖަލެއް ނޫންތަ؟”ހިނިގަނޑެއް ޖަހާލަމުން ރަފްގާ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.”ރަފް މަންމައަށް އިނގޭ އޭރު އެ ސްޓެޕް ނެގުނީ މާ އަވަސް އަރުވާލައިގެން ކަން އެކަމު…””މޯމް ހަނދާން ބަހައްޓާތި ފަލަކްއެކޭ އެއްވަރަށް ޑޭޑްގެ މަރުގެ ޒިންމާ މޯމްގެ ބޮލުގަވެސް އެޅުވޭނެކަން….އަހަރެންކައިރި މޯމް އެވާހަކަ ބުނީވެސް ފަލަކް ގެއިން ނިކުތީމަ…މޯމް އަށް އެކަމުގަ ހުރި ރިސްކް އިނގި ހުރެ ކުރި ކަމެއް އެއީ ސޯ ނައު އައި ޑޯންޓް ކެއަރ”ރާއިދާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލުމަށް ފަހު ރަފްގާ ސިޑިން އަރައިގެން ދިއައެވެ.އޭރު ރާއިދާގެ މޫނުމަތިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.ކޮޓަރިއަށް ވައިން ގޮތަށް ރަފްގާ ޓީވީ ހުޅުވާލިއެވެ.ޓީވީން އިވެމުންދިޔަ ހަބަރުތަކަށް ކަންފައިތްދީގެން އިން ރަފްގާއަށް އާލިމްގެ ނަން އަޑުއިވުމުން ހިނިތުންވެލެވުނެވެ.އެ ލޯބި އޭނާއަށް ނުލިބުނުތާ އެހެންމީހަކަށް ލިބުނަކަ ހަމަހިލާ ރަފްގާ ނުދޭނެއެވެ.މިވީ ހަތް އަހަރު ތެރޭގައިވެސް ރަފްގާއައީ އާލިމްގެ ދިރިއުޅުމުގައި ދިމާވަމުންދިޔަ ހުރިހާކަމެއް ގާތުން ބަލަމުންނެވެ.
******
ކައިވެނި ކުރަން ހަމަޖެހިފައި ވީ މޭޒު ދޮށުގައި އިން ނިކްޔަން އަށް ސިޑިން ފައިބައިގެން އައި ފަލަކް ފެނުުމުން ކަޅިޖަހާލަންވެސް ނޭގުނެވެ.މިރޭ ފަލަކް އެހާވެސް ފުރިހަމައެވެ.ފަލަކްގެ އަތުގައި ހިފައިގެން ހުރި ރޫމާގެ މޫނުމަތީގައި ވީ ނުފިލާ ހިނިތުންވުން ފެނުުން ނިކްޔަންއަށްވެސް ހިނިތުންވެވުނެވެ.އިސްހިއްލާލަމުން ފަލަކް އެ ހޯލަށް ބަލާލިއެވެ. މުޅި ތަން ތައްޔާރު ކުރެވިފައިވަނީ ހުދާއި ޑަސްޓީޕިންކް ކުލައިނެވެ.ހުދުކުލައިގެ ފަރުދާ ތަކާއި މަޑު ފިޔާތޮށި އަދި ހުދު ކުލައިގެ އޯކިޑްމަލެވެ.އުއްބައްތިއާއި ފެއަރީ ލައިޓްސް އަދި ޗާންދަލިޔާގެ އަލިން މުޅި މާހައުލުވަނީ އަލިކުރެވިފައެވެ.މޭޒުދޮށުގައި އިން ނިކްޔަން ފަލަކްގެ ލޮލުގައި އަޅައިގަތީ ދެމެވެ.ކަޅު ކޯޓު ފަޓުލޫނު އަދި ކަޅު ޓައީ އަކާއި އެކު އިސްތަށިގަނޑުރީތި ގޮތަކަށް ސްޓައިލު ކުރެވިފައިވީ އިރު އެހާ ހިތްގައިމެވެ.ނުހާއާއި ރޫމާ ފަލަކް ގޮވައިގެން ގޮސް ނިކްޔަންގެ ގާތުގައި ހުރި ގޮނޑީގައި ބޭންދުމާއިއެކީ ކައިވެނީގެ ހުތުބާފެށިގެން ދިއައެވެ.އެހުރިހާ އިރު ފަލަކް އިނީ ދެއަތް މޮޑެ މޮޑެއެވެ.ނިކްޔންގެ އަނގައިން އަނބި ޤަބޫލު ކޮއްފީމޭ ބުނުމާއިއެކީ ފަލަކްއަށް ބަލާލެވުނީ ދުރުގައި ހުއްޓިހުރި ރޫމާއާއި ދިމާލަށެވެ.ރޫމާގެ މޫނުމަތީގައި ވީ އުފާވެރިކަން ފެނުމުން ފަލަކްއަށްވެސް ހިނިތުންވެލެވުނެވެ.ކައިވެނީގެ ހަފްލާ ފެށިގެން ދިއުމާއިއެކީ އެ ބޮޑު ހޯލް މެހެމާންނުން ފުރެންފެށިއެވެ.އެމީހުނާއި ދިމާލަށްް އައި ޒުމާ ލޫތް އަދި ޒުމާގެ އުރުގައި އިން ދެ އަހަރުގެ އެދެމީހުންގެ ދަރިފުޅު ލުޔޫން ފެނުމުން ފަލަކްއަށް އުފަލުންގޮސް ދަތްޕިލަ ފެންނަވަަރަށް ހީލެވުނެވެ.ލޫތުގެ އަތަށް ލުޔޫން ދިނުމަށް ފަހު ފުރަތަމަ ވެސް ޒުމާއައިސް ފަލަކްގެ ގައިގައި ބައްދާލިއެވެ.ނިކްޔަންއާއި ފަލަކްއަށް މަރުހަބާ ކިޔައި ސަލާމް ކޮށް އެދެމީހުނާއި އެކު ތަސްވީރެއް ނެގުމަށް ފަހު ޒުމާއާއި ލޫތް ގޮސް މޭޒެއްގައި އިށީންދެލީ އެހެން މެހެމާނުންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ.”ފަލަކް”ދާދި ކައިރިން އަޑު އައި ދިމާލަށް ފަލަކް ބަލާލިއެވެ.މައުރިފާ އާއި ޝޫރާ އަދި ހަމްދާން ފެނުމުން ފަލަކްގެ އިތުރުން ނިކްޔަން ވެސް ހިނިތުންވެލިއެވެ.އެތަށް އަހަރަކަށް ފަހު އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވުމުން ނިކްޔަން ވެސް ވަރަށް އުފާވިއެވެ.”ވަރަށް ދެރަވި އިނގޭ ފަލަކް އަހަންނާ ދާންގެ ވެޑިންގްއަށް ނައީމަ”ޝަކުވާ ކޮއްލަމުން ޝޫރާ ތުންދަމާލި ގޮތުން ފަލަކްގެ އިތުރުން މައުރިފާއަށްވެސް ހެވުނެވެ.”އަބަދުވެސް އުފަލުގަ ހުންނާތި އިނގޭ”ފަލަކްގެ ބޮލުގައި ފިރުމާލަމުން ލޯތްބާއި އެކު މައުރިފާ ބުނެލިއެވެ.ބޯޖަހާލަމުން ފަލަކް މައުރިފާގެ ގައިގަ ކުޑަކށް ބައްދާލިއެވެ.ހަމްދާންއާއި ގަޔާވެވި ލޯބިވެވުމުން ޝޫރާއަށް ހަޤީގީ ލޯތްބަކީ ކޯޗެއްކަން ދަސްވިއެވެ.ޝޫރާ އައި ހަމްދާން އަދި މައުރިފާ ގޮސް އިށީނީ ޒުމާ މެންތިބި މޭޒުގައެވެ.ހަފްލާ ނިމިގެން ދިއައިރު ފަލކް އަދި ނިކްޔަން ވެސްތިބީ ވަރުބަލި ވފައެވެ.ކަޕަލް ފޮޓޯކޮޅެއް އަދި އާއިލީ ފޮޓޯކޮޅެއް ނަގައި ނިމުމުން ރޫމާ އަވަހަށް ފަލކްއާއި ނިކްޔަން އަށް ކާން ދޭން އުޅުނެވެ.ލޫތު އާއި ހަމްދާންއާއި އެއްމޭޒެއްގައި ނިކްޔަން ކާން އިން އިރު ފަލަކްއިނީ ޝޫރާ ޒުމާ މައުރިފާ އަދި ނުހާއާއި އެކު އެހެން މޭޒެއްގައެވެ.”ފަލަކް ނާވަސްތަ؟”ލާނެއް ރާގަކަށް ޒުމާ އަހާލުމުން ފެންފޮދެއް ބޯ ލަމުން ފަލަކް ކޮންކަމަކަށް ހެއްޔޭ އަހާލިއެވެ.”ސުހާގް ރާތް އަކަންނު”ޝޫރާ ބުނެލި އެއްޗަކުން ފަލަކްގެ އަނގައިގަ ހުރި ފެންތަން ބުރައިގެން ނުދިއައީހަމަ ކިރިޔާއެވެ.”އިޓްސް އޭން އެރޭންޖްގްޑް މެރިއޭޖް ގާއިސް”ލޫތް އާއި ހަމްދާން ދިމާކުރަން ފެށުމުން ނިކްޔަން ބުނެލިއެވެ.”އަހަރުންނަށް އިނގެޔޭ ނިކްގެ ހިތުގަ ފަލަކްއާ މެދު އޮތީ ކޯޗެއްކަން”ހަމްދާން ބުނެލުމާއެކު ނިކްޔަން އިސްޖަހާލިއެވެ.”އަހަރެން ބޭނުމެއް ނޫން ފަލަކްއަށް އެއްވެސް ކަމެއް ފޯރސް ކުރާކަށް އެނޫނަސް މީ ދެން ކޮން ވާހަކައެއްތަ”މައުލޫ ބަދަލުކޮއްލަން ނިކްޔަން މަސައްކަތް ކުރިއެވެ.އެކައްޗެކޭވެސް ނުބުނެ ލޫތް އިނީ ފަލަކްއާއި އާލިމްއާއި ދެމެދު މީގެ ހަތްއަަހަރުކުރިން ކަންތަށް ވެދިޔަ ގޮތާމެދު ވިސްނާށެވެ.އާލިމްވަނީ އެހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދީފައެވެ.
ކައިނިމުނުން ފަލަކް އެރެޔަށް ހާއްސަ ކޮޓަރިއަށް ގެންގޮސްދިނީ ޒުމާއާއި ޝޫރާ އަދި ނުހާއެވެ.އެ ކޮޓަރިތެރެ ޒީނަތްތެރި ކޮއްފައިވާލެއް ފުރިހަ ކަމުން ފަލކްއަށް ބަލަހައްޓައިގެން ހުރެވުނެވެ.އުއްބައްތިއާއި މަޑު ފިޔާތޮށި އަދި ހުދު ކުލައިގެ ލިލީ ބޭނުންކޮއްގެން ޒީނަތްތެރި ކުރެވިފައި ވުމުން މުޅި ކޮޓަރި ތެރޭގައި ވެސް ހިފާފައި ހުރީ މާމެލާމެލީގެ މީރު ވަހެވެ.ނިކްޔަން އަންނަން ވާއިރަށް ހޭލާ ހުންނަން ބޭނުން ނުވާތީ ފަލަކް ބޭނުންވީ އަވަހަށް ފެންވަރާލާށެވެ.އޭނާގެ އެއްވެސް އަންނައުނެއް އެ ކޮޓަރީގައި ނުހުންނާނެ ވާހަކައާއި އޭނާ ލާންޖެހޭނީ ޑްރެސިންގް ޓޭބަލް މަތީގައި ހުންނާނެ ފޮއްޓެއްގައި އޮތް އެއްޗެއްކަމުގައި ޒުމާ ބުނެފައި އޮތުމުން ފަލަކް ގޮސް ޑްރެސިންގް ޓޭބަލްމަތީގައި އޮތް ފޮށި ހިފައިގެން ފާހަނާއަށް ވަނެވެ.ފެންވަރާލައިގެން އެ ފޮށިހުޅުވާ ބަލާލި އިރު ފެނުނު އެއްޗަކުން ފަލަކްގެ ދެލޯ ބޮޑުވެގެން ދިއައެވެ.ހިތާ ހިތުން ޒުމާއާއި ދިމާލަށް އެއްޗެހި ކިޔަމުން ލާން ނުލާން ހުރެފައިވެސް އިތުރު ގޮތެއް ނެތުމުން އެ ލައިގެން ފާހަނައިން ނިކުތް ފަލަކް ސިހުނީ ކޮޓަރިތެރޭގައި ހުރި ނިކްޔަން ފެނުުނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
68 Comments!
Comments are closed.



Salaam readers!hope you all are safe and sound❤️So here is the 20th part of loaiibahtakaa
Hope you all like it
Feel free to express you opinion and stay in touch with me thrgh comment?❤️
Love you all
Take care
❤️
I dont like it……. But i loved it❤️❤️❤️❤️????
Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️☺️ take care ♥️♥️♥️
Yes congrats darling you first?thankyou tc?❤️
Wow booooo…..❤️?… Anuahs beynun vigothah falak and nikyan….yeyeyeyeyey?????.. mi part ves Hama varah salhi…alhey roomaa rangalhu vaane tha ….varah dhera Nik ge mom ah ehnn veema…???…and I think aalim like yanaa kanneynge..and haneef varah Goas???..Eyna ah molheh viya nudheythi..dhn shoora ves ah visnihjje rangalhu…and Rafga is so foni… Eyna ah eyna fenifa e hunnaneee…MAA fuhppaafa ?????..luv u booo and TC…see you soon ❤️??❣️
Ahahha yes arrange marriage eh dhw??third stage rooma blood cancer ge can’t rangalhuwanings ???aalim ah yana libuna dheyne tha rafga dhiri hutta???yes haneef so bad dhwww hahah thankyou lym tc❤️❤️❤️❤️
Nooon dhn falak and aalim maa gulhenyy???
Ayeeeeee but she is married nowww?♥️
Was waiting for this ♥️
As usual mi part vex Hama salhi
Keep going ✨♥️
Thankyou you reesh♥️
noooooooo ???… nik and falak e gulhnyy… ner beynumy aalim and falak…???… so saad, aalim and falak look gorgeous together than nik and falak..
anyways, nwr beynun vaa gothaka abadhaku stry eh vx nudhaane dhw aphu… mi part varah reethi and aalim look so handsome after 7y..
hope vaahaka nimey iru falak and aalim gulheyne kama..
Yesss nikyan and falak are marrieddsss nowww dhwww lets see what happens thankyou nerr♥️?
Owwwwwwwwww…. MaShaAllah Mi part Vvvvvvvv Reethi ingey sis.. Finally falkee and Yan marry kury… ??????So cute… But Poor Aalim….???????????????????? Im feeling sympathy… ???
E marriage work out vaaneba.. And Alhe e Yana ei kaakutha. I I dnt like the new comers..
Lysm sisoooooo…???? tvvvvgc stay safe
Bas ahaign kiyavaathi.. Sis vaane inge molhu kujjakah vaan. If eyrun Scarlet Vvvvvvvv happy vaane.. جزاك الله خير
Darlinggg yanaa is not a new comer ey hadhaan weytha shoora mengeyga oii movie time akah dhiya strict mom eh hunna girl eh thats yanaa e part ga wes yanaa ulheyne…and yes finally nikyan and falak got married dhwww???thankyou lwbssss❤️❤️❤️I will try my best insha allah
Ohhhhh I totally forgot that
Hii sisoo?? Mi part ves vrh Sali masha Allah.???? Falak aa nick Aaa marry kureetha enme fahun?? aley vrh deraveje?? but no choice dhw sis. But still beynun aalim an Falak gulen?? But it’s okkk dhw but rafgaa mihaaru haadha fonyey dhw ????mihaaru I hope aalim mom get justice as well as Falak dad dhw sis☺️☺️☺️
Btw waiting for the next???
Love u sis❤️❤️
Tc and stay safe ❤️❤️
Yeeees falak and nikyan dhww???thankyou darlinggg?❤️Yes goas kameh kohfa huriyya salaamatheh nuweyeyne???lym stay safe❤️
V reethi mi baives. Ekamaku mistake eiy faahagakolladheynan. Dhivehin liyunas ehen bahakun liyunas e liyaa jumula eiy ninmaafa fullstop jahaafa eh space dhookoffa dhen aneiy jumula liyan fashaanee ingeyy. Mi vaahakaige authorves kiyaane kanneynge mi sitega hunna ehen vaahakathavves. Hama mibunigothau e vaahakathakuga hunnaanee jumula ninmaairu fullstop jahaafa space dhookou dhen oiy jumula liyefa. Eiy aslu liyanyyaa liyan jehey goiy adhi liyungandu reethives vaanee egothau liyuneema. Ehenihen kanthahththau v baraabaru ingey. Imlaa kuh v madhukan faahaga kollan. Mibuni kanthakau visnaigen dhen huri part thau liyelaanekamau heekuran.
Thankyou nike yess i will correct that?
Heiii sisoo…..wowwww varah reethi mi part ves.nd falak nd Nikyan wed kuree dhw….nd tht ragga haadha bodhaa meehekeyyy…????aalim nd yaana dhw dhn vaanee…nik ge mom ah cancer jehefadhw??….plss falak nd nik abadhu happy kohdhey thi…curiously can’t wait for next part. whn is next part sis?
Love you so much
Take care
Byeee
Hey hafooo
Yes finally married dhwww…rafga is hama big bleh??yes next part soon insha allah♥️Lym tc❤️
Woah??? Maasha Allah mi part ves varah salhi????????? Enmennah visnunas e Rafga gandakah nuvisneyne?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️ Alhey Aalim akah nuntha Falak??????????????????
Ahahha dhw rafga akah laahiku nuwisney??yes falak is married nowww?❤️❤️❤️Thankyou darling?
varah reethi ????
falak n yan marry kureedhw..?
aalim haadha dheravaaney alhe…
anyway whn next sis.. curiously waiting….
luv ya ♥️♥️♥️♥️♥️♥️♥️♥️
? take care and stay safe ???
Aalim dhereh nuwaane ehnu maybe he has moved onn??thankyou no one lym stay safe♥️?
Afaaaaaa❤….love mi prt haadha salhi ey??..insha allah adhi falky ah nikyan dheke loabi veveyne??…mi rafga ves dhw?…aalim fahathun ulhey magnetic insaaneh thr??…7 years fahun v.bodu suprise eh thi dhiniy??….kuriy prt ah abu kuri 2 cmnt ves nufenun…fahun kuri cmnts fenunakas??….waitin???….
Tc and stay safe?
love ya
????❤
Alhey abu hiykuriy aalimge ai eiy his hair kamah?????LOL
And abu adhi last part ah first abu kuri comments nueh feney ingey dhemme fenuny??✨
Ehehehehe BIG SUPRISE eh dhw hahaha?♥️Thankyou so much abu?lym stay safe♥️
Nice hama. Curiously waiting for the next part
When next?
Lymorrrr ???????????
Next part soon thankyou shaima?♥️♥️♥️♥️
Sis today I m in top of the world ?? I feel like I m in top of the world bcox my dream came true no Nik and falak at married I m sooooooooooooooooooooooooo happy thank you sis for fulfilling it I always believed u wil never le me down so thank you afu sis I love u sis curiously waiting for next part lily and lots of love from Elsa to u sis tc
Ehhehheeh THANKYOU elsa well the story that i planned ga nik and falak gets married so they didn???lym darling always stay happy♥️♥️♥️
Varah salhi mi part ves
Whn Next
And how many part is left in this story?????
Thankyou iraas♥️Next part soon insha allah♥️Mi balany 9 or 12 waru kamah it maybe more lets see djw?
Sis when is next part
Masha Allah ❣️…vvvvvvvvvvvvvvvvvvv…reeeeeeeeeeeeeeeeeeethiiiiii love ur story…❤️❤️??❣️❣️??? Waiting for next part… this is my favourite story now avahah next part up kohdhyba ???????? The BEST STORY EVER
Wow..varah reethi mi partves ❤❤❤ waiting for next ☺
Thankyou darling ?♥️
Masha Allah Masha Allah varah varah varah reethi mi prt vx ❤️❤️❤️❤️❤️ yey nik falakee gulhuneee o ???????♥️♥️♥️ alhey dhn vaanee kihinei baaaa ahhahahahha ???????? suhaagraathu ??????? curiously waiting for nxt ???? lysssssmmmmmm ❤️❤️❤️
Stay safe ♥️♥️♥️
TC ❤️❤️❤️❤️
Luv u bigu Koh ?????
Ahahahha yes SUHAAGRAATH???thankyou afu darling♥️♥️♥️♥️Luv you tooo BIG kon tc?♥️
What’s suhaagraathu..???? Sounds like hindi
Hehehe blue bird it’s called first night
And ya it’s a Hindi word
Maashaa Allah V v v v v Salhi….. ??????????????????????????????????This is the first time commenting on this…… Soooo nice ????????????????
… Im speechless….. ???⚕️⚕️⚕️⚕️
I think nighty eh kanneyge??????? Let’s see dhw…….?????? ???
Saranghae….. ??????????????????????????????????????
Thankyou bluebird♥️Ahaha lets see koacheh kan dhw box ah laafa zuma men???love you too?♥️K drama fan eh dhwww?♥️
Yeah fan eh even Kpop. ???I think you are wondering about my name…. I watched “house of Bluebird” and I searched through Internet about Bluebird to check if it is a bird and it’s actually a bird… Very nice Bird from America I guess I remember…… It is in blue colour and has a brown and orange belly…… Soooooo cute….? Are u a fan too???? which is your favourite on going k drama???? (^_-)???BTW I want to say you really take after your sister lily in writing stories… You both are very great and especially you…… ✌️✌️✌️
Nado Saranghae eonnie….. ??????????????????? Josimhaeyo……………..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Borahae ???????
Thankyouu?✨I’m a fan but i dont watch ehaa ginain heehe yes me and lilly dhww♥️❤️?❤️♥️
Hey sisoooooo
This part is fabulous ???????????ekm so so so sad rooma ah cancer jehuneema???????falak and nikyan happy koh bahahtahchey♥️♥️??yanaa souds so fun AHAHAHAHHA evil fox oaaaa ? ??????
Lysm❤️♥️❤️♥️❤️
Tc sisoo?♥️?♥️?♥️
Ahahahha dhwww thankyou nuhyy?❤️
What’s suhaagraathu..???? Sounds like hindi
Ahahha bluebird it means first night after marriage in hindi????
Afutteeyyy hiiii…… Sorry dhoonigandaaaa… Hiiiii afaaaaa vvv reethi mi prt vc love u darling and tc…..
Thankyou raaya♥️✨
Alim Kobaa dhen hadhaannaathaaly dhw falak mathin meege 21 vana partah inthizaaru kuran
Konirakuntha next part up kuranee
Insha allah today I will submit
Vvvvv reethi ??♥️?whn nxt??
Nik n falak vx goahennoon ?
Waitinggg ?
Thankyou ♥️?✨
kon iraku up vanee cant wait v.reethi
Insha allah soon
Finally completed the 20 episodes within today n I’m really speechless.?It’s such a incredible story n can’t wait to read the upcoming episodes??
Really appreciate your hardwork n wish u all the best ??❤️❤️❤️??
Sisoooooo next part Kobtha
I have submitted it
When kiyaalan libeynee.. Im dying to read it
Sis when is next part I m waiting for it sooooooooooooooooooooooooo oooooo curiously
Submitted
Love this story..my favourite story..??❤️???????❣️❣️?? when next part