Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ތިޔަލޯބިން ހިތް ފުރިއްޖޭ..
ލޯބި

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)

Nym Level 110 Stories
July 19, 2020 3 Mins Read
8 Comments

ޔުސްރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު އިވުނު ވާހަކައިން ޔުސްރާގެ ދެލޯ ބޮޑުވިއެވެ. އެއީ ހަމަ ހަގީގަތެއްބާއޭ ހިތުގައި ސުވާލު އުފެދުނެވެ.

“ހީކުރީތަ އަހަރެން ވަރިކޮއްލާފައި އައިސް ތިގޮތައް ހުރެވޭނެކަމަށް…” އިޝާގެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

“އަހަރެން ދެންކިހިނެއްތަ ހަދަންވީ…. އިޝާ އަހަންނާއެކު އުޅެން ބޭނުމެއްނުވޭ….އެކަމުގެ ހެކި އަހަންނައް ފެނުނީ… ދެން އަހަރެން އިޝާ ވަރިކޮށްދިނީ… މިހާރު ގައިމުވެސް އިޝާގެ މިނިވަންކަމަކަށް ހުރަސްއަޅާކަށް އެއްވެސް މީހަކު ނުހުންނާނެ… ޔޫ ކޭން އެއްޖޯއި ޔުއާރ ލައިފް .. ” ހަމަޖެހިލާފައި ހައިކަލް ސޯފާގައި އިށީނެވެ.

“އަހަރެން އެއްމެ ފުރަތަމަ ދުވަހުވެސް ބުނިންދޯ އަހަރެން ކުއްޖަކު ބޭނުމެއް ނޫނޭ… އެކަމަކު ހައިކް އައްޓަކައެއްނޫންތަ އަހަރެން …. އަހަރެން ދުވަހަކުވެސް ބުނިންތަ އަހަރެން ބޭނުމެއް ނޫނޭ ހައިކްއާއި އެކީގަ އުޅޭކަށް…” ރުޅިއާއި ހިތާމަ އެކުވުމުން އިޝާގެ އަޑު ކުރެހުނެވެ.

“އިޝާ އަހަންނާ ވާހަކަ ދައްކައިގެން ދޯ އަހަރެންކައިރީގަ އެއްޗެއްބުނެވޭނީވެސް…. އިޝާއަށް ހީވޭތަ އަހަރެންމީ ހުންނަ މީހެކޭވެސް.. އަހަރެންމީ އިޝާގެ ފިރިމީހާއޭ… އެކަމަކު އަހަންނަށް ގިނަފަހަރު މިހާރު ނޭގޭ އިޝާ އުޅޭތަނެއްވެސް…. އަހަރެން ވަރަށް ދުވަހު ކެއްކޮއްފިން އެކަމަކު ދެން އަހަންނަކަށް ނުވާނެ… ” ހައިކަލް ރުޅިމަޑުކުރާން މޫނުމަތީގައި އަތް ހިންގާލިއެވެ.

“އަހަރެންމީ އަބަދުވެސް މިހެން އުޅުނު މީހެކޭ…. މެރީކުރިއިރުވެސް ހައިކް އަށް އެގޭނެ އެކަން…. އެހާދުވަސްކޮއްފަ އަހަންނަށް އަހަރެންގެ ލައިފް ލިބުނީމަ އެހެން އުޅެވުނީ… ދެން އެހެނެއް ނުވާނެޔޭ… ބައްޕައަށް އެގިއްޖެއްޔާ ކިހިނެއްވާނީ…” އިޝާ ހައިކަލްގެ ކުރިމަތީގައި ކަކޫމައްޗައް ތިރިވިއެވެ.

“މައްއައްޓަކާ… ބައްޕައައްޓަކާ… ހައިއްކޮއައްޓަކާ… އަހަރެން ވަރައްދުވަހު އުޅެފިން… ދެންވެސް އުޅުނީމުސް… އެކަމަކު އިޝާ އެހެން ފިރިހެނެއްގެ އެދުމަތި ފަޅުފިލުވާދިނީ އަހަރެންގެ ފަރާތުން ކޮންކަމެއް އުނިވެގެން…. އަހަންނައް ސިއްރުން ލޯބިވެރިއެއް ގެންގުޅުނީ …. އިޝާއަށް ހީވީކަންނޭގެ އެކަން އުމުރުދުވަހު ސިއްރުވާނެއޭ…. ” އެ ހަގީގަތް ހާމަކުރުން ހައިކަލް އަށް އުދަގޫވިއެވެ. ހިތުގައިވި ލޯބި މަރުވެފައިވީ ނަމަވެސް އެއީ މިހުރިހާދުވަހު ހައިކަލް އާއެކު އުޅުން ހައިކަލްގެ އަންހެނުންނެވެ.

“ވަޓް….. ހައިކް އަހަރެން…. ކިހިނެއް…” މިހުރިހާދުވަހު އިޝާ ހައިކަލް އަށް ސިއްރުކޮއްގެން އުޅުނުކަންތައް ހައިކަލްއަށް އެގިއްޖެކަން އެގުމުން އިޝާއަށް ދައްކާނެ އިތުރު ވާހަކައެއް ނޭގުނެވެ.

“ތިވިސްނަނީ އަހަންނައް ހަގީގަތް އެގުނު ގޮތެއްދޯ…. މިރޭ އަހަރެން ބޭނުން އިޝާއަށް ހުރިހާކަމެއް އެގެން…. އިޝާ ހަދާންވޭތަ އަހަރުމެން ފުރަތަމަ ދިމާވިގޮތް….. ފެމިލީ ފްރެންޑްސް ގެ ގޮތުގަ ދިމާވީ… ފެމެލީއިން އަހަރުމެންގެ ކައިވެނި ހަމަޖެއްސީ…. މަންމަ މެންނައްޓަކާ އަހަރެން އިޝާ އާއި ކައިވެނި ކުރީ…. އިޝާއައްޓަކާ އަހަރެންނައް ކޮއްދެވުނު އެއްމެ ރަގަޅަކައް އަހަރެންއައީ ހުރިހާކަމެއް ކުރަމުން… ފެމެލީއައި އަހަރެންގެ ޖޮބް ދޫކޮއްލާފަ އަހަރެން ރާއްޖެއައީ މަންމަ މެން ކައިރީގަ އުޅެންޖެހުމުން އިޝާގެ މިނިވަންކަން ގެއްލޭތީ…. އީޝާއަށް ކައްކަން ނޭގޭތީ އަހަރެން އެކަންވެސް ދަސްކުރީ ….. ދުވަހަކުވެސް އަހަރެން ޝަކުވާކުރިންތަ؟؟ ގޭތެރެ ސާފުކުރުން އެއްޗިހިދޮވުން ކެއްކުން ހުރިހާކަމެއް އަހަރެން އެކަނި ކުރީ…. ވަޒީފާއައް ދަމުން ހުރިހާކަމެއްކުރިއެރު އަހަރެންނައް އުދަގޫނުވާނެތަ؟އިޝާ ޕްރެގްވީމަ ގިނަވަގުތު އިޝާ އައްދޭނަވެގެން އަހަރެން ގެއައް މަސައްކުރާން ދެމީހުންގެނައީ…އެކަމަކު އިޝާ އެއްފަހަރުވެސް އަހަރެންނާމެދު ވިސްނާލިންތަ؟؟ ހައިއްކޮ ލިބުނުފަހުން އަހަރެން ހީކުރީ އެދަރިފުޅައްޓަކާ އިޝާ ބަދަލުވާން މަސައްކަތް ކުރާނެކަމައް އެކަމަކު އެއީވެސް އަހަންނައް ކުރެވުނު ކުންހީއެއް… ޔުސްރާ މިގެއައް އަހަރެން ގެނައީ އިޝާ އައް އެކުއްޖާ ނުބެލުނީމަ….. އަހަރެންގެ ދަރިފުޅު ނުވެސްދަންނަ މީހެއްގެ އަތްމައްޗައް ދޫކޮއްލާފަ ގޮސް އިނުންވީ އަހަންނައް ހާދަ އުދަގޫކަމަކަށޭ…. އެކަމަކު އަހަރެންނައް އިތުރު ގޮތެއްވެސްނެތް… މަންމައަށް އަންގަން އަހަރެން ބޭނުންނުވީ އެމީހުންގެ ހިތް އިޝާގެމައްޗައް ގޯސްވާން އަހަރެން ބޭނުންނުވީ…. މިވޭތުވި ތިންމަސްދުވަހު އެއްފަހަރުވެސް ހައިއްކޮއައް ވަގުތު ދިނިންތަ؟؟؟ އަހަންނައް ވަގުތުދިނިންތަ؟؟؟ އަހަނައް އެގޭ އިޝާ ރިސޯޓުތަކައްދާކަން.. އަހަރެން އިޝާއައް ފާރަލީން އަހަންނައް ނުދަންނަ ނަންބަރަކުން ލިބުނު ފޮޓޯތަކެއްގެ ސަބަބުން…. މިދިޔަ ހަފްތާގައި އިޝާ ރިސޯޓްގަ ޒިވިޔަން އާއި އެކު އުޅުނު ހުރިހާގޮތެއް އަހަރެން ދެކުނުނިން …. އެދުވަހު އެހުރިހާކަމެއް ފެނުނީނަމެސް އަހަރެން ދެރައެއް ނުވި… އެކަމަކު ރުޅިއައި އަހަރެންގެ އަތްބެއްގެ ގޮތުގަހުރެ އެހެން އުޅުނީމަ…. އަހަރެންނާއެކު އުޅެންބޭނުން ނުވިއިރު އެވާހަކަވެސް ބުނެލިނަމައެއްނު… އަހަރެން އިޝާ މިނިވަން ކޮއްދިނީމުސް….” ހައިކަލް ހުރިހާވާހަކައެއް ދައްކާނިންމާލިއިރު ތުރުތުރުއަޅައެވެ. އައިސްފައިހުރި ރުޅި ކޮންޓްރޯލްކުރަމުން އަތް ޖީބައްޖަހާލިއެވެ.

“ޔޫ މީންސް …. ޔޫ ޑޯންޓް ލަވް މީ…” އިރުކޮޅެއްގެ ހިމޭންކަމަކައްފަހު އިޝާ އަހާލިއެވެ.

“ރިއަލީ އިޝާ…. މިހުރިހާ ވާހަކައެއް ދެއްކީމަ އިޝާއައް ކުރަން އެގުނު ސުވާލަކީ ތިއީތަ؟؟؟؟ އައިކާންޓް ބިލީވްދިސް… ފައިން އަޑުއަހާ…. އައި ޑޯންޑް ލަވް ޔޫ…. ބިކޯޒް ޔޫ ނެވާރ ގިވްމީ އަ ރީޒަން ޓު ލަވް ޔޫ…” ހައިކަލް ގެ އަޑު ބާރުވިއެވެ. ދޮރުކައިރީގައި ހުއްޓި ހުރި ޔުސްރާވެސް ދިޔައީ ސިއްސައިގެންނެވެ. އެހާ ފާޅުކަން ބޮޑުކޮއް ހައިކަލް އެހެން ބުނެލުމުން އިޝާގެ ގާތައް ރުޅިއައެވެ.

” ނޯ… ހައިކަލް މިހާރު ތި އުޅެނީ އެ ކަޓު ޔުސްރާއާއި ހިތާވެގެންނެއްނު… އަހަރެން މިތަނުން ދާއިރު ދާނީ ހައިޝާވެސް ގޮވައިގެން..  ” ހައިކްލް އާއި ދިމާއައް ހަޅޭލަވައިގަތުމައްފަހު އިޝާ ކޮޓަރިއާއި ދިމާއައް ހިގައިގަތެވެ. ހައިކަލް އިޝާގެ އަތުގަ ހިފާ ހުއްޓުވިއެވެ.

“އަހަރެންގެ ދަރިފުޅު ގައިގަ އަތްވެސް ލައިގެން ނުވާނެ… ޖަސްޓް ގެޓް އައުޓް..” ހައިކަލްގެ ކެއްތެރިކަން ކޮޅުންލިއެވެ.ހައިޝާ އާއި ވަކިވުމާދޭތެރޭ ވިސްނާލުމުންވެސް މުޅިމީހާ ރޫރު އަޅައިގަތެވެ. ގަދަކަމުން ގޭދޮރާދިމާއައް އިޝާގެއަތުގައި ހިފައިގެން ހައިކަލް ހިގައިގަތެވެ. އެވަގުތު އިޝާދައްކަމުންދިޔަ އެއްވެސް ވާހަކައެއް ހައިކަލްގެ ކަންފަތާހަމައައް ނުފޯރައެވެ. ހައިކަލް ހުރީ އެއައްވުރެ ބޮޑައް ރުޅިއައިސްފައެވެ. އިޝާ ބޭރައްނެރުމައްފަހު ހައިކަލް ދޮރު ލައްޕާ ތަޅުލިއެވެ. ދޮރުފަތުގަ ލެގިލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. އޭރުވެސް އިޝާ ދޮރުގެ އަނެއްފަރާތުގައި ތަޅަމުންދިޔައެވެ.އިޝާ ދޮރުގަ ތެޅުން ހުއްޓާލުމުން ހައިކަލް މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭރު ހައިކަލް ލޯ ވަނީ ކަރުނުން ފުރިފައެވެ.  ލޯހުޅުވާލިއިރު ކުރިމަތީގައި ހުރި ޔުސްރާ ފެނުމުން ހައިކަލްގެ އެސްފިޔަތައް ފޫދުއްވާލައިފަ ކަރުނަތައް އޮހިގަތެވެ.

ޔުސްރާއައް ބަލަހައްޓައިގެން ހުރެވުނީއެވެ. ފިރިހެނަކު އެގޮތައް ރޯތަން ޔުސްރާއައް ފެނުނީ އަލަށެވެ. ކުރަންވީކަމެއް ނޭގިފައިހުޓާ ހައިކަލް އައިސް ޔުސްރާ ގައިގަ އޮޅުލައިގަތެވެ. ޔުސްރާ ކުޑަކޮއް އަރިވެސް އަޅާލިއެވެ. ނަމަވެސް ހަމަޖެހިލަމުން ހައިކަލް އާއި ވާަހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ޔުސްރާގެ ދުލުގައި ހީވަނީ ތަޅެއްލެވިފައި ވާހެންނެވެ. ފަސްވަރަކައް މިނެޓު އެހެން ހުރުމައްފަހު ހައިކަލް ޔުސްރާއާއި ދުރައްޖެހިލިއެވެ. ހަމަޖެހިލުމައްފަހު ޔުސްރާގެކިބައިން މާފައްއެދުމައްފަހު ކޮޓަރިއާއި ދިމާއަށް ހިގައިގަތެވެ. ކަންތައް ކުރެވުނު ގޮތުން ހައިކަލް ޔުސްރާގެ ހިތައްއަރާނެ އެއްޗެއް ނޭގޭތީ ހައިކަލްއައް އިސްއުފުލާ ޔުސްރާއާއި ދިމާލައް ބަލާލަންވެސް ނުކެރުނެވެ.

“ހައިކް އަހަރެން އަބަދުވެސް ހައިކްއާއި އެކުގަވާނަން… ޕްލީޒް ނުރޮއި…. ތިލޮލުން ކަރުނަ އޮހޭ މަންޒަރުބަލަން އަހަންނައް ކެއްނުވާނެ….”…. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

މާޒީގެ ހިތި ހަނދާންތައް

Next

ޝަހަރު 22ވަނަބައި

Next
July 19, 2020

ޝަހަރު 22ވަނަބައި

Previews
July 19, 2020

މާޒީގެ ހިތި ހަނދާންތައް

8 Comments!

  1. Kiyaa says:
    July 19, 2020 at 8:20 pm

    Vr reethi mibaives..thankolheh kuree?next vr kiyaahithun mi hury?

    1. Anonymous says:
      July 21, 2020 at 9:22 am

      Thank u.. Insha Allah next part dhigukkohliyaanan

  2. Laalu says:
    July 19, 2020 at 8:29 pm

    Masha Allah waiting for nxt❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤stay safe

  3. Saaz says:
    July 19, 2020 at 10:19 pm

    Wow.. vvv salhi…im waiting for the next part

  4. Fan says:
    July 20, 2020 at 6:50 am

    Vr reethi mi partves❤waiting for next ??

  5. Noor says:
    July 20, 2020 at 7:39 am

    varah reethi mibaives ekam kuree 2 parts ah balaairu kudakoh odd gotheh mibai kiyaaleema heevey vedhaane mibai kuruveema kamah dhow anyways vaahaka varah reethi waiting for the next part keep it up dear ??

  6. ishy says:
    July 20, 2020 at 6:11 pm

    ey haadha nice ey…heevany lolah fenna hen..ekm haadha kurey

  7. imu says:
    July 22, 2020 at 2:31 pm

    waiting for next part….?

Comments are closed.

Next Episodeތިޔަ ލޯބިން ހިތް ފުރިއްޖޭ.. (4)←


All Right Reserved!