Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

(ސާޔާ (5 ވަނަ ބައި

ކުޑާ Level 110 Stories
April 16, 2015 4 Mins Read
8 Comments

 

އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބެން އޮތް ދުވަހު ސާޔާ ހުރީ އަތްފައި ފިނިވެފައެވެ. ދިހަ އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ބަލާ ހިތުން ކެތްކުރެވެނީއެއްވެސްނޫނެވެ. މާމަތީ ވަނައެއް ނުލިބުނަސް ހުރިހާ މާއްދާއަކުން ފާސްވާން އޭނާ ބޭނުމެވެ. ސާޔާ ނަތީޖާ ނަގަން ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އަތަށް ނަތީޖާ ލިބުމާއެކު ލިބުނު އުފާ ބަޔާންކުރަން ދައްޗެވެ. އޭނާ އޮތީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ. އުފަލުން ސާޔާ ގެއަށްއައީ ބައްޕަ އޭނާގެ ނަތީޖާއާއިމެދު ހިތްހަމަ ޖެހޭނެކަން އެނގޭތީއެވެ. ސާޔާ އައިގޮތަށް އައިސް ސިޓިންގ ރޫމް ސޯފާގައި އިން އަސްލަމްއަށް ގޮވާލާފައި ނަތީޖާ ލިބުނު ވާހަކަ ބުންޏެވެ. އަސްލަމް ހޫން އަޅުވާލާފައި އަޅައެއްނުލިއެވެ. ލޮލަން ކަރުނަ ޖަމާވުމުން ސާޔާ ކޮޓަރިއަށް ދިޔައީ އެތާ ހުރެހުރެވެސް އެންމެ ކުޑަމިނުން އަސްލަމް ބަލައިވެސް ނުލީމައެވެ. ސާޔާގޮސް ކޮޓަރިއަށް ވަތްތަން ބަލަން ކާކޮޓަރީގެ ދޮރުމަތީގައި ޝިފާނާ ހުރީ ހިނިއައިސްފައެވެ.

ސާޔާ ކޮންމެ ދުވަހަކު ހަވީރު ކުދިންނަން ޓިއުޝަން ނަގައިދޭންދާންފެށީ އަމިއްލައަށް އުޅެން ބޭނުންވާތީއެވެ. އޭރުން އެހެން މީހުންގެ މައްޗަށް ބަރޯސާވެގެން އުޅެން ނުޖެހޭނެތީއެވެ. ފަތިސް ނަމާދު ކުރާގޮތަށް ގޭތެރޭގެ މަސައްކަތްތައް ފަށައިގެން ހަވީރަށް ކިރިޔާ ނިންމާލެވެނީއެވެ.

އާދައިގެ މަތިން ސާޔާ ނުކުތީ ޓިއުޝަން ދޭން ދާށެވެ. ބާރު ހިނގުމެއްގައި ސާޔާ ދިޔައީ ގަޑިނުޖެހި ދާންވެގެންނެވެ. މަގުމަތިން ހިނގާފައިދާ މީހުން އޭނާއަށް ބަލާވަރުން ލަދުވެސް ގަނެއެވެ. ކިތައްމެ ރިތި ސިފައެއް ލިބިފައިވިޔަސް މާބޮޑެތި ހެދުންލާފައި ރީތިވުމަށް ސަމާލުކަން ނުދޭތީ އެރީތިކަންވަނީ ފަނޑުވެފައެވެ. ސާޔާގެ ރިތި ކަމާމެދުވެސް ޝިފާނާ އޭނާދެކެ ރުޅިއާދެއެވެ. ޝިފާނާ ލާބާވެފައި ހުންނަ ހެދުންތައް ސާޔާއަށްދެނީވެސް އެހެންވެއެވެ.

 

ސާޔާ މަންޒިލްގެއަށް ވަންނަން ދަނިކޮން ލޮލުގައި އަޅައިގަތް ޒުވާނާ ކޮންމެވެސް ތާކުން ފެނުނު ހެން ހީވެގެން އެޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފޯނަށް ބަލަހައްޓައިގެން ހުރި މާހިލް ފޯނު ޖީބަށްލާފައި ހިނގައިގަތްތަނުން އޭނާއަށް ސާޔާ ފެނުނެވެ. މާހިލްއަށް ވަގުތުން އެއީ އެދުވަހު ކާރަށް އެރިި ކުއްޖާކަން އެނގުނެވެ. “ހައި.. މިގޭގައި ކީއްކޮށްލަނީ” މާހިލް ސާޔާއާއި އަރާ ހަމަވެފައި ވާހަކަ ދެއްކިއެވެ. ސާޔާއަށް އެދުވަހު އެރުނީ މާހިލްގެ ކާރަށްކަން އެނގިފައި ހުރީ ލަދުންނެވެ. ލަދުން ހުރެވެސް ސާޔާ މާހިލްގެ ސުވާލަން ޖަވާނުދިނެވެ. މާހިލް ސާޔާ ކައިރީގައި ދެން މިއެކުވެރިވެވުނީއެއްނޫންހޭ ކިޔާފައި ދިޔައިރު ސާޔާ ގޭތެރެއަށްވަނީ ރަކިވެފައި ހުރެއެވެ.

ސާޔާއަށް ގެއަށްއައިސް ވަދެވުނު އިރު ޝިފާނާގެ ބާރުއަޑު ގުގުމާލާފައި ހުއްޓެވެ. ޖެހިލުންވެ ހުރެ ގޭތެރެއަށްވަތް ސާޔާ ފެނުމުން ޝިފާނާ ކަޅިއަޅައިގަތެވެ. “އާދެވިއްޖެ ދޯ.. މިދެން ކިހާ ބޮޑު ވެއްޖެ ކަމެއްތަ.. ކަލޭ ކައިރީގައި މަށަކަން ނުބުނެވޭތަ ކައިސާގެ ހެދުންތައް ދޮންނާށެކޭ..” ހެނދުނު ޝިފާނާ ކައިސާގެ ހެދުންތައް ދޮންނަންދިން ހަނދާން އަދި ކިރިޔާވީއެވެ. އެކަންތައް އޭނާގެ ހަނދާނުން ކައްސާލީ ކިހިނެއްކަމެއް ނޭނގުނެވެ. ޝިފާނާގެ އަޑުއިވުމުން ކޮޓަރީގައި އޮތް އަސްލަމްވެސް އެތަނަން އައެވެ. “ކިހިނެއްވެގެންތަ މިއުޅެނީ” އަސްލަމްގެ އަޑުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. ޝިފާނާ ސާޔާ މަސައްކަތެއް ނުކުރެއޭ ކިޔާފައި ކީމައި އަސްލަމްއަށްވެސް ގޯސްވީ ސާޔާއެވެ. ވީދެރައިން އިސްޖަހާލައިގެންހުރެ ސާޔާ ދިޔައީ ކައިސާގެ ހެދުންތައް ދޮންނާށެވެ.

މާހިލް އޮފީހުގައި އިންއިރު އޭނާގެ މަސައްކަތަށްވުރެ ބޮޑަށް ސިިކުނޑިއަށް އުނދަގޫ ކުރަމުންދިޔައީ ސާޔާގެ ހިޔާލުތަކުންނެވެ. ސާޔާއަކީ މާހިލްއާ މިހާތަނަން ބައްދަލުވި އެންމެ ތަފާތު ކުއްޖާއެވެ. ދެލޮލުން އަބަދުވެސް މާޔޫސްކަން ފާޅުވާން ހުންނައިރު މޫނުމަތިން ފާޅުވަނީ ސާދާކަމެވެ. ސާޔާގެ ހުންނަ މަޑުމައިތިރި މިޒާޖަކީ މާހިލްއަށް އެންމެ ކަމުދިޔަ ކަންތަކެވެ. އެއަންހެން ކުއްޖާއާ ބެހޭގޮތުން އޮޅުން ފިލުވަން މާހިލް ހުރީ ވަރަށް ޝައުގުވެރިވެފައެވެ.

ސާޔާ މަންޒިލް ގެއަށް އަންނަ ގަޑިއަށް ބޭރުގައި އުޅެފައި މާހިލް ގެއަށްއައީ ސާޔާއާ ރަހުމަތްތެރިކަން އުފަންދަން ބޭނުންވާތިއެވެ. މަންޒިލްގެއަކީ މާހިލްމެންގެއެވެ. ސާޔާ ޓިއުޝަންދެނީ މާހިލްގެ ދޮންބެގެ ދަރިފުޅު އާޔަންއަށެވެ. މާހިލް ގެއަށް އައިސްވަތްއިރު ސާޔާ އާޔަންގޮވައިގެން ޓިއުޝަންދޭން އިނެވެ. ސޯފާގައި ދޮންބެދައްތަ މުޒްނާ އިންތަން ފެނިފައި މާހިލްގޮސް މުޒްނާ ކައިރީގައި އިށީނެވެ. މާހިލް މުޒްނާއާއި ވާހަކަދެއްކި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސާޔާއަށެވެ. އާޔަން ސާޔާއާއިއެކު ބަސްއަހައިގެން ކިޔަވާތީ މާހިލް ހައިރާންވިއެވެ. އެއީ މުޒްނާއަށްވެސް ކުރަން އުނދަގޫ ކަމެއް ވިއްޔާއެވެ.

ޓިއުޝަން ނިންމާލާފައި ސާޔާ ދާންނުކުތުމުން މާހިލްވެސް އެބަ އަންނަމޭ ކިޔާފައި ބޭރަށް ނުކުތެވެ. ސާޔާ ދޮރާށިން ބޭރަށް ނުކުމެފައި ހުއްޓުނީ މާހިލް ގޮވާލި އަޑަށެވެ. ހައިރާންވެފައި ސާޔާ ފަހަތް ބަލައިލިއިރު މާހިލް އޭނާގެ ފަހަތުގައި ހުއްޓެވެ.މާހިލް ސާޔާ ކައިރީގައި ގެއަށް ލައިދޭންދާން ބުނުމުން އެއްބަހެއް ނުވިއެވެ.

މާހިލް ސާޔާއަށް ބަލަން ހުރިގޮތުން ސާޔާ ޖެހިލުންވިއެވެ. ދަނިއްޔޭ ކިޔާފައި ސާޔާ ހިނގައިގަތީ މާހިލްގެ ނަޒަރުން އުނދަގޫވެގެންނެވެ. “ސާޔާ މަޑުކޮށްބަލަ” މާހިލްގެ އަޑުއިވިފައި ސާޔާ އޭނާގެ ފިޔަވަޅު މަޑުޖައްސާލިއެވެ. މާހިލް ސާޔާ ކައިރީގައި ފޯނު ނަމްބަރު ދޭން އެދުމުން އިސްޖަހާލެވުނެވެ. މިފަދަ ޒަމާނެއްގައި އޭނާ އަތުގައި ފޯނެއް ނެތްވާހަކަ ބުނަން ކެރޭނެ ހެއްޔެވެ؟ ހަދާނެ ގޮތް ހުސްވެފައިހުއްޓާ އަނެއްކާވެސް މާހިލް ނަމްބަރު ދޭށޭ ބުންޏެވެ. ސާޔާ މާހިލް ކައިރީގައި ފޯނެއް ނުގެންގުޅެމޭ ބުނެފައި އަވަސް ފިޔަވަޅުތަކުގައި އެތަނުން ދިޔައީ ގަތް ލަދުންނެވެ.

ކައްކާ ނިމިގެން ބަދިގެތެރެ ސާފުކުރަން އުޅުނު ސާޔާ ސިކުނޑީގައި އެތަކެއް ކަންތަކެއް އެނބުރެމުންދިޔައެވެ. މަންމަ ވަކިވެގެން ދިޔުމަށްފަހު މިހާތަނަންވެސް އުޅެންޖެހިފައިވަނީ އެކަނިވެރި ދިރިއުޅުމެކެވެ. ޝިފާނާ ކައިސާއާއި ހެދި އުޅޭވަރުން މަންމަގެ މަތިން ވަރަށް ހަނދާންވެއެވެ. ސާޔާގެ ލޮލުން ކަރުނަ ފާއްދާލީ މަންމަގެ މަތިން މާބޮޑަށް ހަނދާން ވުމުންނެވެ. މަންމަ ދުނިޔޭގައި ހުރިނަމަ މިދުވަސް ދެކެން ނުޖެހުނީސް ކަންނޭނގެއެވެ.

ޝިފާނާ އަސްލަމް އާއި ކައިސާ ގޮވައިގެން ތުލުސްދުއަށް ދިޔައީ ޝިފާނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކު ކައިވެނި ޕާޓީއަށެވެ. އެމީހުން އެރަށަށް ދިޔައީ ދެހަފްތާ އެރަށުގައި މަޑުކުރާ ގޮތަށެވެ. ޝިފާނާމެން ގޭގައި ނޫޅޭތީ ސާޔާއަށް ގޭތެރޭގައި ތަންކޮޅެއް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބުނެވެ. އެކަނި ބޮޑު ގެއެއްގައި އުޅެން ޖެހިލުންވިނަމަވެސް ޝިފާނާގެ ރުޅިވެރި ބަސްތައް ދުވަސްކޮޅަކަށް އަޑުއަހަން ނުޖެހޭތީވެސް އުފާވިއެވެ.

ޝިފާނާމެން ނެތުމުން މާބޮޑު މަަސަައްކަތެއް ކުރަން ނުޖެހޭތީ ސާޔާ ސިޓިންގ ރޫމްގައިއޮތީ ޓީވީ ބަލާށެވެ. އޭރު އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާންފަށައިފިއެވެ. ސޯފާގައި އޮށޯވެލައިގެން އޮތް ސާޔާ ފުންމައިގެން ތެދުވީ ގެޔާ ވަރަށް ކައިރިން ބަޔަކު ދެބަސްވާ އަޑު އިވުމުންނެވެ. އެމީހުންގެ އަޑުން އެއީ ފިރިހެން ބަޔެއްކަން އެނގުނެވެ. ސާޔާގެ ހިތަށް ބިރުވެރިކަންވަނީ އެއީ ޕާޓޭންތަކަކަށް ވެދާނެތީއެވެ. އެކަނި ގޭގައި ހުރުމުން އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ބިރުން ހަދާނެގޮތް ހުސްވެފައި އިން މީހެއްހެން ސާޔާ އިނެވެ. ހިތްވަރުކޮށްލާފައިގޮސް ކުޑަދޮރު ފޮތިގަނޑު ހިއްލާލިއިރަށް އެތާ ތިބި މީހުން ފެނުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަރުގަޔާ ތަންތާ ފަން އަޅާލާފައި ހުރި ގޮތުން އެއީ ޕާޓޭން ތަކެއްކަން ޔަގީން ވިއެވެ. އެމީހުން އެތަނުން ދިޔައީ ފަތިސްވާން ކައިރިވެފައި ހުއްޓައެވެ. ސާޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ.

ނަސީބަކުން ޖެހިގެން އައިދެރޭ ކަންބޮޑުވާންޖެހޭ އެއްވެސް ކަމަކާ ދިމައެއް ނުވެއެވެ. އެހެންނަމަވެސް އެކަނި އޮންނަން ޖެހުމުން ކޮންމެ ރެއަކުވެސް އޮވެވެނީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. ކުރާނެ މާބޮޑު މަސައްކަތެއް ނުހުންނާތީ ސާޔާއަށް އަރާމު ކޮށްލަން ވަގުތު ލިބެއެވެ. ހައްޓަށް ލުއިވުމުން ސާޔާ ފެންނަނީ ތާޒާކޮށެވެ.

ހުކުރު ދުވަސްކަމުން ޓިއުޝަންދޭންވެސް ދާން ނުޖެހޭނެތީ ސާޔާ ހުރީ ފޫހިވެފައެވެ. ބޭރަށް ނުކުމެލާނަމޭ ހިތައި ހުއްޓާ ވާރޭ ވެހިގަތީ ވަރަށް ބޯކޮށެވެ. ގުގުރާ ވިދަން ފެށުމުން ސާޔާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ގުގުރާ ވިދާއިރު ސާޔާ ބިރުގަންނަން ފެށީ ކުޑަކުޑައިރު ޝިފާނާ ކުރިކަމަކުންނެވެ.

********

ރެއަކީ ބޯކޮންވާރޭ ވެހި ވިދާ ގުގުރި ރެއެކެވެ. އެކަނިމާއެކަނި ސާޔާ ކޮޓަރީގައި އޮތީ ފިނިވެފައެެވެ. ހީކަރުވަން ފެށުމުން ކުރުގެޅިލައިގެން އޮތީ ގައިމަތީގައި އަޅާނެ ރަޖައެއް ކޮޓަރިން ނުފެނުމުންނެވެ. އެހެން އޮއްވައި ޝިފާނާ އައިސް ވަނެއެވެ. އޭނާގެ އަތުގައި އޮތް ރަޖާ ފެނުމުން ކުޑަކުޑަ ސާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝިފާނާ އައުމުން ރައްކާތެރިކަން އިހުސާސްވިއެވެ. ނަމަވެސް ސާޔާގެ ތުންފަތުގައިވި ހިނިތުންވުން ފިލާ ދިޔައީ ޝިފާނާ ކިޔައިދިން ވާހަކަތަކުންނެވެ. މަންމަ މިރޭ އޮންނާނީ ވަޅުގަނޑެއްގައި ވާރޭ ތެރޭގައޭ ކިޔާފައި ވާހަކަ ދެއްކި އިރު ޝިފާނާގެ ހިތުގައި އީމާންކަމުގެ ކަންފުޅެއްވެސް ނުވެއެވެ. ޝިފާނާއަކީވެސް އާތިކާ ފަދައިން ނިމިގެންދާނެ މީހެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ޝިފާނާ ހިތްހަމަ ޖެހޭވަރުވުމުން ސާޔާ އެކަނި ބާއްވާފައި ނުކުމުގެން ދިޔައީއެވެ. ޝިފާނާ ދިޔުމަށްފަހު ސާޔާގެ ކުޑަކުޑަ ހިތް ފަޅައިގެންދާވަރުވިއެވެ. ޝިފާނާގެ ހިތުގައި އެކުޑަ ފުރާނައާމެދު ހަމްދަރުދީގެ ކަންފުޅެއްވެސް ނުވެއެވެ.

 

********

ބިރުންވިރިވިރި ހުރި ސާޔާ އިތުރަށް ސިހުނީ ބޯވާރޭގެ ތެރެއިން ގޭގެ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ބިރުންގޮސް މުޅިމީހާ ތުރުތުރު އަޅަމުން ދިޔައިރު ކޮޅަން ހުންނަންވެސް އުނދަގޫ ވިއެވެ. ހިތަށް ވެރިވަމުންދިޔަ ބިރުވެރިހިޔާލުތަކުން ހިތް ތޮރުފަމުންދިޔައެވެ، މެދު ނުކެނޑި ފަސް މިނިޓެއް ހާއިރު ޓަކިޖެހުމުން ސާޔާ މާތް ކަނލާންގެއާ ވަކީލުކޮށްލުމަށްފަހުގޮސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާލުމާއެކު ހަބަރު ހުސްވެގެން ސާޔާ ވެއްޓެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (10 ވަނަ ބައި)

Next

އިންތިޒާރު 22

Next
April 18, 2015

އިންތިޒާރު 22

Previews
April 16, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (10 ވަނަ ބައި)

8 Comments!

  1. xilaa says:
    April 16, 2015 at 11:23 am

    Wow vrh salhi

  2. niyasa says:
    April 16, 2015 at 11:35 am

    Haadha kurukon thigenes dheni varah reethi mivaahaka dhen faharakun bodu kongenes dhenchey

  3. nillu says:
    April 16, 2015 at 3:45 pm

    .. ekamu maa kureee dhw..warah furihama

  4. shafu says:
    April 16, 2015 at 4:32 pm

    …V nice mi story.waiting for next part..♥♥

  5. sernu says:
    April 17, 2015 at 12:41 pm

    varah asaru gadha story eh..love it.ekam maa kury ey.dhen faharakun thankolheh dhigu koh up kohba …
    .waiting for the next part…..

  6. ކުޑާ says:
    April 17, 2015 at 12:47 pm

    thnk u evryone

  7. shaa says:
    April 17, 2015 at 4:16 pm

    Haadha kurey……

  8. saran says:
    April 20, 2015 at 12:12 am

    Alhey khbaatha next part

Comments are closed.

Next Episodeސާޔާ (6 ވަނަ ބައި)←


All Right Reserved!