Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (10 ވަނަ ބައި)

Shaam Level 110 Stories
April 16, 2015 3 Mins Read
6 Comments

އަނިޔާ ވެފައި އެވަނީ އަހަންނަށް ކަހަލައެވެ. ލެއާ ތަތްތެޅިފައި އެވާ ހަށިގަނޑަކީ އަހަރެންގެ ހިތުގެ ވިންދާއި ގުޅިފައިވާ މީހެއްގެ ހަށިގަނޑެކެވެ.

ފުލުހުންގެ ވެހިކަލްގޮސް ހޮސްޕިޓަލަށް މަޑުކޮށް ފައިސަލްއާއި އެކު އަހަރެން ހޮސްޕިޓަލަށް ވަދެގެން ދިޔަ އިރުވެސް އަހަންނަށް ބެލެނީ ފަހަތުން މީހުންތައް ވަށާލައިގެން ގޮވައިގެން އަންނަ ޒައިކްއަށެވެ.  ފައިސަލް އިމަޖެންސީ ރޫމަށް ވައްދައިފިއެވެ. ފަހަތުން ޒައިކް ވެއްދި ނަމަވެސް އިރުކޮޅަކުން އަހަންނަށް ޒައިކް ލޯމަތިން ގެއްލުނެވެ. ފަރުދާތައް ވަށާލެވިފައިވާ ޒައިކް ކައިރިއަށް ހޮސްޕިޓަލްގެ އެކި ޑޮކްޓަރުން ވަންނަމުންދިޔަ އެވެ.

މަންޒަރު ބަލަން ހުރުން އުދަގޫވެއްޖެއެވެ. ކަރުނަތައް ފޮހެމުން ޒައިކް ކައިރިއަށްދާން އަހަރެން ދުއްވައިގަތް ވަގުތު ކުރިމައްޗަށް އެރީ އަހަރެންގެ ބޭބެއެވެ.

“ލައިލާ.. މިވަގުތު އެތަނަށް ދިއުން ރަގަޅެއް ނުވާނެ..” ބޭބެ ގެ މޫނުމަތިން ހުރީ ރުޅިވެރިކަމެވެ. އަހަރެންނަށް ގިސްލަ ގިސްލާފައި ރޯންފެށުނެވެ. ބޭބެ އަހަރެން ގޮވައިގެން ބޭރަށް ނުކުތެވެ. އަދި ވެއިޓިންގ އޭރިއާގައި ހުރި އަހަރެންގެ ދައްތައަށް ގޮވާ އަހަރެން ގޮވައިގެން ބޭރަށް ދިއުމަށް އެދުނެވެ.

“ދައްތާ .. ޒައިކް ފައިސަލްގެ ސައިކަލުން ޖެހިފައި އަނިޔާ ލިބުނީ ޒައިކްއަށް.. އަހަރެން އޭނަ ކައިރިއަށް ފޮނުވަދީ”

އެތައް ވޭނަކާއި ކެކުޅުމުގެ ދުވަސްތަކަކަށް ފަހު އެމޫނު ފެނުނު ނަމަވެސް އަދި އެއީ މިހިތައް ކިތަންމެ އަނިޔާއެއް ދީފައިވާ މީހެއް ނަމަވެސް ، ޒައިކްއަށް ޒައްރެއްގެ މިންވަރު ނަމަވެސް ދެރައެއް ލިބޭކަށް އަހަރެންގެ ހިތެއް ނޭދެއެވެ.

“ލައިލާ.. ޖަޒްބާތުގައި ކަންކަން ކުރަން ނުވިސްނަބަލަ، އެއީ އެކްސިޑެންޓެއް، އަނިޔާ ލިބިފައި އެވަނީ ލައިލާގެ ފައިސަލްއަށް، ޒައިކް  އެއީ މާޒީއެއް،، އެކަން މިހާރު ނިމިއްޖެ.. އޭނަ ލައިލާދެކެ ލޯބި ނުވާއިރު ކީއްވެތަ އޭނަ ކައިރިއަށްދަނީ.. ރުއިން ހުއްޓާލަބަލަ. ފައިސަލް ލައިލާދެކެ އިންތިހާއަށް ލޯބިވާކަން އެގޭ . ލައިލާއަށްވެސް އެންމެ ރަގަޅުވާނީ ފައިސަލްއާއި ގުޅުން ބޭއްވިއްޔާ”

ދައްތަގެ ވާހަކަތަކަށް އަހަރެން ބޯޖަހާލީ މާޒީގެ ހަނދާންތައް ކޮންމެވެސް ވަރަކަށް ހިތަށްގެންނަމުންވެ. އަނިޔާ ލިބުނު ދުވަސްތައް ދައްތަ ބުނިފަދައިން އިއާދަނުވުމަށް ކަނޑައެޅި އަޒުމާވެސް އެކުގައެވެ. އިރުކޮޅަކުން އިމަޖެންސީ ރޫމުން ފައިސަލް ނެރުނުތަން ފެނުމުން އަހަރެން ދިޔައީ ދައްތަޔާއި އެކު ފައިސަލްކައިރިއަށެވެ. ފައިސަލްއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ސައިކަލްދަށުވެ ފައިގެ ފައިގައި ދެ އިންޗި ހާތަން ކަފައިގެން ގޮސްފައިވާކަމަށާއި ބޮޑުގެއްލުމެއް ނެތްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ޓެކްސީއެއްގައި ފައިސަލް ގެއަށް ގެންދިޔައީމެވެ. ޓެކްސީއިން ފައިބައިގެން ފައިސަލްއާއި އެކު ފައިސަލްމެންގެ ގެއަށް ވަނީމެވެ. ފައިސަލް އަހަންނާއި ވާހަކަ ދައްކާލަން ބޭނުންކަމަށް ބުންނުމުން ދައްތަ ހެމުން ގޭގެ އެތެރެއަށް ވަނެވެ. އަހަރެންވެސް އެދުނީ ފައިސަލް އަރާމުކޮށްލުމަށެވެ. ނަމަވެސް ފައިސަލް ބޭރުގައި ހުރި ޖޯއްޔެއްގައި އިށީދެ އޭނަގެ ސުވާލު ކޮށްލިއެވެ.

“ޖަވާބު ލިބުމުން ދޯ އަރާމެއް ލިބޭނީ” ފައިސަލް އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

ބޭ އިޙްތިޔާރުގައި ކުރެވެން ފެށި އިޙްސާސްތަކާއި އެކު އަނެއް ފަރާތައް އެނބުރި އަހަރެން މޫނުމަތިން ފެނިދާނެ ކަންބޮޑުވުމަކަށް ރެކުނީމެވެ. ފުން ނޭވާއެއް ލުމަށްފަހު އަހަރެން ފައިސަލްއާއި ވާހަކަ ދައްކަން ފެށީމެވެ.

” ފައިސަލް، ފައިސަލްތިއީ ވަރަށް އޯގާތެރި އަހަރެން ވަރަށް ގަޔާވާ މީހެއް، އަދި އެމީހަކާއިއެކު އަހަންނަށް އުފާވެރި ޒަވާޖީ ޙަޔާތެއް ކުރިއަށް ގެންދެވިދާނެ މީހެއްކަން އަހަންނަށް ޤަބޫލްކުރެވޭ، މި ބުނީ ފައިސަލް އަހަންނާއި މެރީ ކުރުމަށް އެދުނު އެދުން އަހަރެން ހެޔޮހިތުން ޤަބޫލްކުރަމޭ، އެހެންނަމަވެސް ފައިސަލް އަށް އަހަރެން ކުރިން ކިޔާދީފައިވާ އަހަރެންގެ މާޒީ އޮތީ އަހަރެންގެ ހިތުގައި ތާޒާކޮށް، އަހަރެން ޒައިކް ދެކެ އަދިވެސް ލޯބިވޭ، މިހެން މިބުނީ ފައިސަލްއަށް އަހަރެން އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާތީ، އަދި ފަހަރެއްގަ ފައިސަލް ބޭނުންވާ ވަރަށް އަހަންނަށް ލޯބި ނުދެވިދާނެތީ”

އަހަރެންގެ ވާހަކަތަކުން ފައިސަލްގެ އޯގާތެރިހިތަށް އަސަރުކޮށްފާނެތީ އަހަރެން ދެރަވިއެވެ. ނަމަވެސް އަހަރެން އެ އޯގާތެރިޔާއަށް އެއްވެސްކަމެއް އޮޅުވާލާކަށް ބޭނުމެއް ނޫނެވެ.

ފައިސަލް އަހަރެންގެ އަތުގައި ހިފާ އޭނައާއި ކައިރިކޮއްލިއެވެ.

” ލައިލާ.. ލައިލާއަށް އަދި އަހަރެން ލައިލާދެކެވާ ލޯބި އިޙްސާސްނުކުރެވެނީ.. އަހަރުން ދެމީހުން ގުޅި މިގުޅުންފުރިހަމަމިވީ.. އަހަރެން ޔަޤީންކޮށް އަރުވަން އަހަރެންގެ ލޯބިން ލައިލާގެ ހިތް ފުރާލަދޭނެކަމަށް، އޭރުން ދެން އިތުރު ވިސްނުމަކަށް އެހިތުގައި ޖާގައެއް ނޯންނާނެ”

ފައިސަލް އޭނަގެ ސާދާ ބަސްތަކުން އަނެއްކާވެސް އަހަރެން ހައިރާންކުރުވިއެވެ.

ލޮލުގައި ހުރިކަރުނަތައް ފޮހެލުމަށްފަހު އަހަރެން ހީލީމެވެ. އަދި ދެމީހުން އެތެރެއަށްދާން ހިގައިގަތީމެވެ.

“ދެން ތި ކައިވެނީގެ ތާރީޙްވެސް ބުނެފަ ނިންމާލާ”

ދެމީހުން ސިއްސައިގެން ދިޔައީ ބޭރު ދޮރުކައިރީގައި ހުރި އަހަރެންގެ ބޭބެގެ އަޑަށެވެ. ބޭބެއާއި ފައިސަލްގެ ބައްޕަ ވަދެގެން އެއަންނަނީ އަހަރުމެންގެ ވާހަކަތައް އަޑުއަހާފައެވެ.

ގޭގެތެރެއަށްގޮސް ފައިސަލްގެ މަންމައާއި އެންމެން ޖަމާވެ ފައިސަލްގެ ބައްޕަ އަހަރުމެން ދެމީހުން ކައިވެރި ކުރަންނިންމިކަން އިޢުލާންކުރިއެވެ. އަދި އެކަމާ ދެފަރާތުންވެސް ރުޙޭކަމަށާއި އަވަހަށް ނިންމުމަށް އެދުނެވެ. ފައިސަލް އެދުނީ ދެ ހަފްތާ ފަހުން ކައިވެނިކުރުމަށެވެ. ތާރީޚް އަވަސް ނަމަވެސް ހުރިހާ މީހުންވެސް ތިބީ މިކަމަށް ބޭނުންވަފައިކަމުން ދެން އިތުރަކަށް ދައްކާނެ ވާހަކައެއްވެސް ނެތެވެ. ވަރަށް ގިނަކަންތައްތައް ހަމަޖައްސަން ޖެހޭނެ ކަމަށް އަހަރެން ފައިސަލް އާއި ސުވާލުކުރީމެވެ.ނަމަވެސް ހުރިހާކަމެއް ފުރިހަމަކުރާނެކަމަށް އޭނަ ބުންޏެވެ. ފައިސަލް ހިތް އަދި މާ އަވަސްވެފައިވާކަހަލައެވެ.

ކޮންމެއަކަސް މިވަނީ އަހަރެންގެ ކައިވެންޏަށް ތައްޔާރުވެފައެވެ. ގެއަށް ގޮސް ޖައްސާލުމާއި އެކުހެން ފައިސަލް އަހަންނަށް ގުޅާފައި އެކި ސުވާލުތައްކޮށް ކައިވެނީގެ ތައްޔާރީތަކާއި ބެހޭގޮތުން ހިޔާލުހޯދަމުން ދިޔައެވެ. އަހަރެންވެސް އަހަންނަށް ކަމުދާ ގޮތްތަކާއި ކަންކަން ކިޔާދެމުން ދިިޔައީމެވެ. އެންމެ ފަހުން ނިދުނީވެސް ފޯނުގައި އޮއްވައެވެ.

ޖެހިގެން އައި ދުވަހު ހަވީރު އަހަރެން ފައިސަލްއާއި އެކު ދިޔައީ ފައިސަލްގެ އެދުމަށް ދެމީޙުން އެކުގައި ފޮޓޯ ނެގުމަށެވެ. ނަމަވެސް ފައިސަލް ސައިކަލްގައި ގޮސް މަޑުކޮށްލީ ހޮސްޕިޓަލް ކައިރިއަށެވެ.

“ކީއްކުރަން ހޮސްޕިޓަލަށް ތިއައީ” އަހަރެން ބޮޑަށް ހީކުރީ ފައިސަލްގެ ފައިގެ ފަރުވާއަކަށް އައީކަމަށެވެ.

“މިއައީ އަހަރެންގެ ސަބަބުން އަނިޔާވި މީހާގެ ޙާލުބަލާލަން، އޭނަ ދަޢުވާވެސް ދޫކޮށްލިކަމަށް ފުލުހުން ގުޅާފަ ބުނި، އެހެންވެ ދެން ނަސޭހަތްދީފަ މައްސަލަ ނިންމާލީވެސް، އަހަރެން ޖެހޭނެދޯ އޭނައާއި ބައްދަލުކުރަން،އެހެންވެ މިއައީ” (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ފަނާ 1

Next

(ސާޔާ (5 ވަނަ ބައި

Next
April 16, 2015

(ސާޔާ (5 ވަނަ ބައި

Previews
April 15, 2015

ފަނާ 1

6 Comments!

  1. xee says:
    April 16, 2015 at 9:57 am

    Reethi….ekam zaiku lailaa dhookohli sababu Ingen beynun v haa ves avahahakah……

  2. flower says:
    April 16, 2015 at 2:20 pm

    Kihvetha mi vaahaka ehaa kurukon genesdneny…thi than kolheh dhigukon genes dhibala..Btw mi vaahaka v reethi. ehen ve mibuny dhigukuraashey

  3. faathun says:
    April 16, 2015 at 3:49 pm

    ok dhw..ekm zaik aa lailaa aa gulhuwabala..

  4. shafu says:
    April 16, 2015 at 4:40 pm

    .♥♥♥
    ….Waiting for next part

  5. naanyyyyyy says:
    April 16, 2015 at 8:25 pm

    dhevvadhoo shafu tha

  6. mimmi says:
    April 17, 2015 at 12:15 am

    Mi part vs v nyc mimmi ah..veeha awahah up kohdhehchey 🙂

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (11 ވަނަ ބައި(←


All Right Reserved!