Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް….1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 14, 2020 4 Mins Read
34 Comments

މުޅި ސްޓޭޑިއަމް އެކީ ވަނީ ހިމޭންވެފައެވެ. ދެޓީމުގެ ސަޕޯޓަރުންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ދަނޑުމަތީ އަދި ބެންޗުގައި ތިބި ކުޅުންތެރިންގެ މޫނު މަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ. އެއްބައި ކުޅުންތެރިން މޫނުގައި ޖާޒީ އަޅައިގެން ތިއްބެވެ.

ބެންޗުގައި ކުޅުންތެރިންނަށް އިރުޝާދު ދޭން ހުރި އަކްމަލްގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ދަނޑުމަތީގައި އާސެނަލް ޓީމުގެ މެޑިކަލް ޓީމުން ފަރުވާދެމުން އެދަނީ އޭނާގެ ފިރިހެން ދަރިފުޅަށެވެ. ޑޮކްޓަރުންގެ ހަރަކާތްތަކުން އިޝަލްގެ ހާލު ރަނގަޅު ނޫންކަން ދަނޑުގައި ތިބި އެންމެންނަށްވެސް އެނގެއެވެ. އަކްމަލްއަށް ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ އޭނާގެ ދަރިފުޅު ރައްކާތެރިކޮށް ދެއްވުން އެދިއެވެ.

ދަނޑުމަތީ އިށީންދެލައިގެން އިން އެރިކްގެ ލޮލުން ހުއްޓުމެއް ނެތް ކަރުނަ އަންނަމުން ދިޔައެވެ. އިޝަލްއަށް އަނިޔާ ލިބުނީ އޭނާގެ ފަރުވާ ކުޑަކަމުންނެވެ. ބޯޅައަށް ބަލަމުން ބާރު ސްޕީޑުގައި ދިޔަ ގޮތަށް ގޮސް އޭނާ ބޫޓުގެ ދަށްފުށް އިޝަލްގެ މޫނު މަތީގައި ޖެހި ވަގުތުން ނޭފަތުން ލޭފައިބައިގަތެވެ. އިޝަލް ދަނޑު މައްޗަށް ވެއްޓުނީ ހޭނެތިގެންނެވެ. އޭނާގެ ސަބަބުން އެންމެ ގާތް އެކުވެރިޔާ އަދި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ފުރާނައަށް ނުރައްކާވުމުން ހިތް ފަޅައިގެން ދާ ވަރުވިއެވެ.

އޮކްސިޖަން ގުޅައިފައި ވަގުތުން އިޝަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ފަނަރަ މިނެޓަށް ފަހު އަނބުރާ ކުޅުން ފެށުނެވެ. ދެ ލަނޑު ކުރީގައި އާސެނަލް އޮތްނަމަވެސް އާސެނަލް ކުޅުންތެރިންގެ ކިބައިން އުފާވެރިކަމެއް ނުފެނެއެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ އިޝަލްއާ މެދު ކަންބޮޑުވެފައެވެ. އުމުރުން ވިހި އަހަރުގެ އިޝަލް އަކީ އަރަމުން އަންނަ ޒުވާން ގޯލް ކީޕަރެކެވެ. ރިއަލްމެޑްރިޑް އަދި ބާސެލޯނާ ފަދަ ބޮޑެތި ކުލަބުތަކުން އިޝަލްއަށް ހުށަހެޅުންތައް ލިބެމުން އައި ނަމަވެސް އާސެނަލްއަށްޓަކައި ހިތުގައިވި ލޮތްބެއް ބޮޑުކަމުން އެ ކުލަބު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. އާސެނަލްއިންވެސް އިޝަލް ދޫކޮށްލަން ބޭނުން ނުވެއެވެ. އާސެނަލް ސަޕޯޓަރުންގެ ލޯބިވެސް އިޝަލް ވަނީ ހޯދާފައެވެ. ގިނަ މެޗުތަކެއްގައި މޮޅު ސޭވްތަކެއް ކޮށްގެން އާސެނަލް ބަލިވިޔަނުދީ އިޝަލް ވަނީ ހިފަހައްޓާފައެވެ. އޭނާގެ އުމުރުން ނަވާރަ އަހަރުގައި އެފްއޭކަޕް ފައިންލަ މެޗުގައި ބަދަލު ކީޕަރެއްގެ ގޮތުގައި އަރައި ޕެނަލްޓީ މަތަކޮށްގެން އާސެނަލްއަށް ތަށި ހޯދައިދީފައެވެ. އިޝަލްއަށް އަނިޔާ ވުމަކީ އާސެނަލް އަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. މި އަހަރު އެމީހުން ޕްރިމިއާރ ލީގު ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅިގެން ދާނެއެވެ.

މެޗު ނިމުމާއެކު މަޑު ކުރަން ނަހަދާ އަކްމަލް ހޮސްޕިޓަލަށް ދިޔައެވެ. އޭރު އިޝްމާ އަދި އަލައިކާ ތިއްބެވެ. ހޮސްޕިޓަލަށް ދިއުމުން އަކްމަލްއަށް ލިބުނު ޚަބަރުން އޭނާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ދެގަޑިއިރު ތެރޭ ދަރިފުޅު ހޭނާރައިފިނަމަ ކޯމާއަކަށް ދިއުމުގެ ބިރު އޮތްކަން ޑޮކްޓަރު ހާމަކުރިއެވެ.

އެކުވެރިޔާގެ ހާލު އިނގުމުން އެރިކްގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. އެތައް ފަހަރެއްގެ މަތިން އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއް ފަހަރު ނަމަވެސް ބަލައިލިނަމަ އޭނާއަށް އިޝަލް ފެނުނީހެވެ. އެރިކްއަށް ކޮށްފައި ހުރި އަސަރު އެހެން ކުޅުންތެރިންނަށް އެނގިގެން ހިތްހަމަޖައްސައި ދޭން މަސައްކަތް ކުރިއެވެ. ކުޅޭއިރު އެ ފަދަ ކަންކަންވެސް ވާނެކަން އެރިކްއަށް ވިސްނައިދިނެވެ. ނަމަވެސް އެއިން އެއްވެސް ކުޅުންތެރިއެއްގެ ބަހަކުން އެރިކްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ދެގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް އިޝަލް ހޭނޭރުމުން ކޯމާއަކަށް ދިޔައީކަމަށް ޑޮކްޓަރުން ޚަބަރު ދިނެވެ. މުޅި ފުޓުބޯޅަ އާއިލާ އެކަމުގެ ހިތާމަ ފާޅުކުރިއެވެ.

އިޝަލް ކޯމާއަކަށް ދިޔަ ޚަބަރު ވެގެން ދިޔައީ ކުޅުންތެރިންނާއީ ސަޕޯޓަރުންނަށްވެސް ލިބުނު ހިތްދަތި ކަމަކަށެވެ. އާސެނަލް އަދި އިޝަލްގެ އެތަށް ސަޕޯޓަރުންނެއް އިޝަލްއަށްޓަކައި ހެޔޮ ދުޢާކޮށްފައި ސޯޝަލް މީޑިއާއަށް ޕޯސްޓްތައް ލިއެވެ.

ގިނަބައެއްގެ ފާޑުކިޔުމާއި ނުރުހުން އެރިކްއަށް ލިބިގެން ދިޔައެވެ. ރާއްޖޭގެ ބައެއް ސަޕޯޓަރުން އެއީ އެރިކް ގަސްތުގައި އިޝަލްއަށް ދިން އަނިޔާއެކޭ ކިޔައި އެރިކްއަށް ފިޔަވަޅު އަޅަން ގޮވަމުން ދިޔައެވެ.

އެރިކްގެ ދިފާއުގައި އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ އަކްމަލްއެވެ. އެރިކްއަކީ ގަސްތުގައި އެފަދަ ކަމެއް ކުރާނެ ކުޅުންތެރިއެއް ނޫންކަން އަކްމަލްއަށް އެނގެއެވެ. ހިނގާ ދިޔަ ހާދިސާގެ ސަބަބުން އުމުރުން ނަވާރަ އަހަރުގެ އެރިކްގެ ކެރިއަރު ހަލާކުވާކަށް އަކްމަލް ނޭދެއެވެ.

އޭނާގެ ދިފާއުގައި އަކްމަލް އަދި ޓީމުގެ އެހެން ކުޅުންތެރިން ނުކުތުމުން އެރިކްއަށާ ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެކުވެރިޔާ ހޭނުލަނީސް އެހިތަށް އެކީ ހަމަޖެހުމެއް ނުލިބޭނެއެވެ.

ޕްރެކްޓިސް ނިންމައިފައި އެރިކް އިޝަލް ގާތަށް ހޮސްޕިޓަލަށް ދިޔައެވެ. އިޝަލް ބާއްވައިފައި އޮތް ރޫމް ބޭރުގައި މަޑުކޮށްލައިގެން އިން އިޝްމާ ފެނުމުން އެރިކްއަށް އިސްޖަހައިލެވުނެވެ. އަނބުރާލާފައި ނުކުންނަށް ދާން ހިނގައިގަތެވެ. އިޝްމާއާ ކުރިމަތި ލާކަށް އޭނާއަކަށް ނުކެރޭނެއެވެ. “އެރިކް؟” އިޝްމާއަށް އެރިކް ފެނުމުން ގޮވާލިއެވެ. ކުށްވެރިއެއް ފަދައިން އެރިކް އިޝްމާއާ ކުރިމަތިލިއެވެ. “އިޓްސް ނޮޓް ޔުއާރ ފޯލްޓް” އެރިކްގެ ހިތުގައިވީ ކީކެކަން އެނގި ހިނިތުންވެލަމުން އިޝްމާ ބުނެލިއެވެ. “އެތެރެއަށް ވަދެލާ. އިޝަލްގެ ކަޒިންއެއް މިގަޑީ އިނީ” އެރިކް ބޯ ޖަހައިލައިފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އިޝަލް ބާއްވައިފައި އޮތް އެނދާ ޖެހިގެން އިން ގޮނޑީގައި ސަތާރަ އަހަރުގެ މިންހާ އިނެވެ. އިޝަލް އަތް މަތީ އޭނާގެ އަތް ބާއްވާލައިގެން އިން އިރު މިންހާގެ ރީތި ބޮޑު ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ދޭތެރެއަކުން ނޭފަތްވެސް ދަމާލައެވެ.

އެރިކް އެތެރެއަށް ވަންއިރުވެސް މިންހާއަކަށް ނޭންގެއެވެ. އޭނާ ދިޔައީ އިޝަލްއާ ވާހަކަ ދައްކަމުންނެވެ. މިންހާ ވާހަކަ ދެއްކީ ދިވެހި ބަހުން ކަމުން ކީ އެއްޗެއް އެރިކްއަކަށް ނޭންގުނެވެ.

ދޮރު ހުޅުވައިފައި މީހަކު ވަންހެން ހީވުމުން މިންހާ ދޮރާ ދިމާއަށް ބަލާލިއެވެ. ޤަބޫލު ނުކުރެވިފައި ހުރި ފަދައަކުން މިންހާ އެސްފިޔަތަށް ތަޅުވާލިއެވެ. “އޯ މައި ގޯޑް” މިންހާ ވާހަކަ ދެއްކީ ހަމައެކަނި އޭނާއަށް އަޑު އިވޭ ވަރަށެވެ.

މިންހާ ދުވެފައި ކަހަލަ ގޮތަކަށް ނުކުތުމުން އެރިކް ކޮނޑު އަރުވާލަމުން އެއް ބުމަ ހިއްލައިލިއެވެ. އޭނާ ފެނުމުން އަންހެން ކުދިން އެގޮތަށް ދިއުމަކީ އޭނާއަށް އާ ކަމެއް ނޫނެވެ. އޭނާއަށް ބަލާލެވޭ ގޮތަކުންވެސް އަންހެން ކުދިން މޮޔަވާން ފަށައެވެ.

ދޮރުފަތުގައި ލެގިލައިގެން އިން މިންހާގެ ދެލޯ ހުރީ މެރިފައެވެ. “އޯ މައި ގޯޑް” ވައި އަޑުން މިންހާއަށް ކިޔެމުން ދިޔައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން ފުން ނޭވައެއް ދޫކޮށްފައި ހަމަޖެލިއެވެ. މަޑު މަޑުން ދޮރު ހުޅުވާލީ އެތެރޭ ހުރި އެރިކްއަށް އޭނާ ދޮރު ހުޅުވާކަން އަންގަން ބޭނުން ނުވުމުންނެވެ.

މިންހާ ކުރިން އިން ގޮނޑީގައި އިށީންދެގެން އެރިކް އިން އިރު އޭނާގެ ދެއަތް ވަނީ މަހާލެވިފައެވެ. އަތުގެ އިނގިލިތަކުގެ ކޮޅު ނިއްކުރީގައި ޖައްސައިގެން ހުރިއިރު މޫނު މަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

“މިންނު ކިހިނެއްވެ ވަގެއްހެން..” ދޮރާ ހަމައަށް އައި ޒާޔާ ބާރުބާރަށް ވާހަކަ ދައްކަން ފެށުމުން މިންހާ ޒާޔާ އަތުގައި ވިކައި ގަނެފައި ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލިއެވެ. “ޝްޝްޝް އެރިކް” މިންހާ އެރިކްއޭ ބުނުމުން ޒާޔާގެ ދެލޯ ބޮޑުވެ އަނގަ ތަން މިނަށް ހުޅުވިގެން ދިޔައެވެ. “އެރިކް އޭޒް އިން އެރިކް ޙައްދިދް؟” ދޮރުން އެތެރެއަށް ބޯ ދިއްކުރަމުން ވައި އަޑުން ޒާޔާ އެހިއެވެ. މިންހާ ނިކަން އަވަހަށް ބޯ ޖަހައިލިއެވެ.

“ބްރޯ ގިނަ ދުވަހު ތިހެން އޮންނަން ނުހަދައްޗޭ. އިޝަލް ތިހެން އޮންނަހާ ހިނދަކު އަހަންނަކަށް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ. އަވަހަށް ތެދުވާތި” ކުރަކިވެފައިވި އަޑަކުން އެރިކް ބުންޏެވެ. އަތުގައި އޮތް ގަޑި ބަލާލުމަށްފަހު އެރިކް ދާން ތެދުވިއެވެ. ދޮރުން ބޯ ދިއްކޮށްގެން ތިބި މިންހާ އާއި ޒާޔާ ރީތިކޮށް އޭނާއަށް ފެނުނެވެ.

އެރިކް ބަލާލުމާއެކު ތެޅިގަނެފައި ޒާޔާ އާއި މިންހާ ދުއްވައިގަތެވެ. އެރިކް ނުކުންނަން ވާއިރަށް ދެކުދިން ގޮސް ގޮނޑީގައި އިށީނެވެ. ދެ މީހުންނަށްވެސް ދިޔައީ ފުންކޮށް ނޭވައި ލެވެމުންނެވެ. އެރިކް ދަމުން އެ ދެކުދިންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ޒާޔާ އާއި މިންހާ ތިބި ތަނަށް އަނބުރައި ގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. “އޯ މައި ގޯޑް. ނަސީބެއް އިޝް ދޮންތަ ދިޔަކަށް އެހެންނޫނަމަ ދެންމެ އަހަރުން ބަސްޓް ވީސް” އެރިކް ގޮސް ލިފްޓަށް އެރުމާއެކު ޒާޔާ ބުނެލިއެވެ. އިޝްމާ ބޭރު ގޮނޑީ އިނދެފައި ތިރިއަށް ދިޔައީ ޒާޔާ އައުމުންނެވެ.

މިންހާ އާއި ޒާޔާ އެކުގައި އިޝަލް ބާއްވައިފައި އޮތް ކޮޓަރިއަށް ވަނެވެ. ދެ ކުދިންގެ ތުންފަތް މަތީގައިވި ހިނިތުންވުން ވަގުތުން ފިލައި ދިޔައެވެ. “ކޮބާ ހީވޭ ކަމެއްހެން. އެރިކްއަށް އަހަރުން ނުދައްކަން އުޅެނިކޮށް އެ އޮތީ ފެނިފަ. ކަޒް ބުނީ ހަމަ ރަނގަޅަށް. އެރިކް ފެނުމުން ފާޑަކަށް މޮޔަވީ. ދެންވެސް އެނާ ފެނިގެން މަށާ ޒާޔާއާ މޮޔަ ނުވަނީސް ތެދުވަން އުޅެ. ސޭވް އަސް ފްރޮމް ހިމް” ސަމާސާ ގޮތަކަށް ބުނި ނަމަވެސް މިންހާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. މިންހާ ގާތު އިން ޒާޔާވެސް ހުރީ ފެންކަޅިވެފައެވެ. އޭނާވެސް އެއީ ތެދެކޭ ކިޔައި އަވަހަށް ހޭލުމަށް އިޝަލް ގާތު ބުންޏެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އިޝާލް ނުހޭލައެވެ. ހާލަތު ގޯސްނުވި ކަމުގައި ވިއަސް ރަނގަޅެއްވެސް ނުވެއެވެ. އެ ދުވަހު ހޮސްޕިޓަލަށް ދިޔަ ފަހުން އެރިކްއެއް ނުދެއެވެ. އިޝަލްގެ އާއިލާ މީހުންނާ ކުރިމަތި ލާނެ ގޮތެއް އޭނާއަށް ނޭންގުނީއެވެ. ކޮންމެ ދުވަހަކު ޕްރެކްޓިހުން އަކްމަލް ފެނުމުންވެސް އޭނާ ހުންނަނީ ކުށްވެރިކަން އިޙްސާސް ކުރެވިފައެވެ.

އިޝަލް ނުލާ އާސެނަލް ކުޅުނު ފުރަތަމަ މެޗުގަ ފުރަތަމަ ފަސް މިނެތި ތެރޭގައި އެރިކްއަށް ހެދުނު ގޯހަކުން ރެލިގޭޝަން ޒޯންގައި އޮތް ބާންލީ އިން އާސެނަލް ކޮޅަށް ލަނޑެއް ޖެހިއެެވެ. ކީޕަރު އެރިކްއަށް ދިން ބޯޅަ އޭނާ ނުވިސްނައި ހުރުމުގެ ސަބަބުން ދުވެފައި އައި ބާންލީ ކުޅުންތެރިޔާ އަތުލީއެވެ. މެޗުބަލަން ތިބި ސަޕޯޓަރުންގެ ނުރުހުން އެރިކްއަށް ލިބެން ފެށިއެވެ. މެޗުގެ ފުރަތަމަ ހާފްގައި އެރިކްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ދެވަނަ ހާފުގައި އަކްމަލް ޖެހުނީ އެރިކް ބެންޗުގައި ބައިންދާށެވެ. އެރިކްއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ފުރަތަމަ ހާފުގަައި ބާންލީ އިން ތިން ލަނޑު ކާމިޔާބު ކުރިއެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އަމިއްލަ ދަނޑުގަަައި އާސެނަލް ފުރަތަމަ ފަހަރަށް ބަލިވިއެވެ.

ހެދުނު ގޯސްތަކަށް ސަޕޯޓަރުންގެ ކިބައިން އެރިކް މާފަށް އެދުނެވެ. ކުރިއަށް އޮތް މެޗުތަކުގަައި އޭނާގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނަން ކަމުގައި އޭނާ ވައުދުވިއެވެ. އަދި އާސެނަލްއަށް ލީގު ހީދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަޕޯޓަރުން އަދި އެކުވެރިޔާ އިޝަލްއަށްޓަކައި ކޮށްދޭނަން ކަމުގަައި ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޝަހަރު 20ވަނަބައި

Next

ލޯބިވަން ޔާރާއޭ ކިޔުންތެރިންނަށް

Next
July 14, 2020

ލޯބިވަން ޔާރާއޭ ކިޔުންތެރިންނަށް

Previews
July 13, 2020

ޝަހަރު 20ވަނަބައި

34 Comments!

  1. Kiyara says:
    July 14, 2020 at 2:34 am

    Salam everyone. Here is the first part of Rastha season 3 Manzil. Manzil is the title i actually wanted to give rastha but changed at very last minute before uploading so i decided to upload season 3 as Manzil. In this story i will focus more on football so there will be a lot of matches. Main characters of the story are Minha, Eric and Ishal. Minha is Arash and Maany’s daughter and yoosuf’s sister. Ishal is Akmal and Ishma’s son and Alika’s brother. Eric is a new character and will be explained more as the story goes on. Ahaan (ahusam and isra’s son Aira’s brother) Zaya (maaiz and navya’s daughter yaaz’s sister) will be recurring characters.
    Hope u all enjoys reading this episode. Hopefully next episode will be uploaded Next week In Sha Allah. Leave a comment and stay safe♥️

  2. Shuba... says:
    July 14, 2020 at 5:57 am

    Wowww http://www... Vrh reethi mi part vx. I’m speech less
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Kiyara says:
      July 14, 2020 at 3:47 pm

      Thanks dear♥️

  3. Shiman says:
    July 14, 2020 at 9:05 am

    Omg this part is awesome??can’t wait for next part.. Love you kiyaa sis❤️❤️

    1. Kiyara says:
      July 14, 2020 at 3:50 pm

      Thanks dear♥️

  4. Shaee says:
    July 14, 2020 at 9:17 am

    Vrrrr Reeth is be safe sis?

    1. Kiyara says:
      July 14, 2020 at 3:48 pm

      Thanks dear♥️

  5. ނަމެއްނެތި says:
    July 14, 2020 at 10:01 am

    އައްސަރިބަހާއި ސާބަސް،،ކިއާރާ ދޫންޏާ.!ކިތަށް ގަލަން ކިއާރާ ގެންގުޅޭތީތަ މިގޮތަށް ދެލިހހުސްވުމެއް ފަނޑުވުމެއް ކަމެއް ނެތި ލިޔެވެނީ؟.

    1. Kiyara says:
      July 14, 2020 at 3:49 pm

      Thanks dear♥️ this means a lot♥️

  6. Een says:
    July 14, 2020 at 10:58 am

    Yesss kiyara……….this part is awesome…….. curiously waiting for next……lysm and tgc….kiyara dear♥️♥️♥️♥️♥️???????? and ishal ah ehen nahadhaa…….???????

    1. Kiyara says:
      July 14, 2020 at 3:50 pm

      Thanks dear♥️

  7. Abu❤ says:
    July 14, 2020 at 10:59 am

    Ohhh.your the best…..kiyaaa vvvvvvvvv.reethi….thiy hama fisaari liyun theriyeh…age bunedhiy faanan thr…love you …waiting

    1. Kiyara says:
      July 14, 2020 at 3:51 pm

      Thanks dear♥️

  8. manzil fan says:
    July 14, 2020 at 5:21 pm

    Kiyaa.. Oh thanxx solo much.
    Luv you???.
    Hama v best. V molhu?? when is next part sis.
    Can’t wait ???

    1. manzil fan says:
      July 14, 2020 at 5:23 pm

      So*

  9. manzil fan says:
    July 14, 2020 at 5:22 pm

    So*

  10. Felix says:
    July 14, 2020 at 7:04 pm

    Courtois ge badhaluga Leno ge pic eh cover ah laan feney miee hiyaaleh

    1. Kiyara says:
      July 14, 2020 at 8:22 pm

      Hehehe yweah i actually forgot abt leno. Now it will be very difficult to change but thanks ingey♥️

  11. Lavza says:
    July 14, 2020 at 8:35 pm

    Kiyaa sis….How old is minha…….varah reethi.,….waiting for the next part

    1. Kiyara says:
      July 14, 2020 at 11:06 pm

      Thanks dear ♥️ she is seventeen

  12. Aish says:
    July 14, 2020 at 8:44 pm

    Alhey alhey alhey alhey alheyyyyy maany ge photo minhaa ah dhwww haadha dhigu inthizaareh ge feshumekey anehkkaa vx miaeee site balaily raasthaa in naane kamakahvx noon aslu raasthaa season 1ah maany ah laifa in photo maa football gothakah fenunyma ranglhah balaily ekam namuga iny manzil then handhaan v Kiya name badhaluvaaney bunihandhaan author balaili iru kiyara inyma Ava’s avahah kiyaaly
    Omggggg this is awesome ingey asluves vvvv reathi ekam dhera eee maany men muskulhi vaarey???
    Aslu season 1 ge main aky maany n Aaraash dhw n 2 ga yoosy dhen meega e thinkudhin sooooo excited to read this???? raasthaa season 1 nukun iraku Aish mi site akun vaahaka eh nukiyan kiyan feshuny mi dhiya aharu season 2 continue Vani Koh raasthaa jahaafa inyma aslu k vx 1st épisode kiyaafavx football v ma v kiyaahihvi…… V fahunvx season 1 n 2 handhaan aa kohllan kiyaalaifin aslu football is half of my life ehnve Kan neynge aslu mi vaahaka ehaa kiyaa hiy vany vx N one more thing this is my favorite story
    Keep it up kiyaa dhoooneeeee ❤️❤️❤️
    Stay safe
    Tc

    1. Kiyara says:
      July 14, 2020 at 11:10 pm

      Thankuu sooooo much for the lovely comment dear. Really happy to know. Heheheh ♥️

  13. Aish says:
    July 14, 2020 at 8:54 pm

    One more question season 1 ge Aaraash photo ah laifa e iny kaaku?? Cuz eh kairy ehymavx nubungey☹️ ekam eyna ah ingeyo

    1. Kiyara says:
      July 14, 2020 at 11:12 pm

      Alvaro Morata. Hehehehe

  14. Kairaa says:
    July 14, 2020 at 10:24 pm

    varah varah reethi mi bai vx…..masha allah..??….curiously waiting for the nxt part….lysm stay safe

    1. Kiyara says:
      July 14, 2020 at 11:13 pm

      Thanks dear♥️

  15. Shehe says:
    July 14, 2020 at 10:42 pm

    V v reethi mi part vx ??❤Ma Sha Allah??? curiously waiting for the nxt part ??stay safe sissy????

    1. Kiyara says:
      July 14, 2020 at 11:15 pm

      Thankss dear♥️

  16. kara says:
    July 14, 2020 at 11:58 pm

    Sis woww nice.????
    Totally love this..???
    Great work????
    When is next part.. Can’t waitttt.
    Sis kihineh? stay safe. Love u ?❤

    1. Kiyara says:
      July 15, 2020 at 11:49 am

      Thankss dear♥️ mihaaru ihnnane next part up kohllafa. I am good Alhamdulillah

  17. Liyuntheriya says:
    July 15, 2020 at 3:29 pm

    Ehaa avahah 1st, 2nd n 3rd episode up kolladhineethee v bodah thanks. Kuriah out thanugaives thigothugai hifahahtaalaa kiyuntherin maa dhigu inthizaareh kuruvan nujassaa avahah episode thah up kohdheyne kamah ummeedhu kuran. Anyways keep up the good work and take care.

  18. ❤️Princess❤️ says:
    July 16, 2020 at 8:36 am

    Wow! Nice kiyara sis!

  19. Anonymous says:
    July 20, 2020 at 5:01 pm

    ❤️❤️

  20. STRAY KIDS says:
    July 20, 2020 at 7:57 pm

    ????????????????????????????????????????????❤❤❤❤❤❤❤?????????????????????????

Comments are closed.

Next Episodeމަންޒިލް 2←


All Right Reserved!