ޖައިޝް 11
ކުޑައިރުކޮޅެއްގެ ތެރޭގައި ޖައިޝްގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އަތް ތުރުތުރު ލައިގެން އޭނާގެ އަތުން ފޯނުވެސް ވެއްޓިގަތެވެ.
”ޝިޔާން ދެން ތީ ކޮން ސަކަރާތެއް.” ހަމަހޭވެރިކަން ވުމުން އަވަސް އަވަހަށް ވެއްޓިފައި އޮތް ފޯނު ނަގައި އަނެއްކާވެސް ކަންފަތުގައި ޖަހައިލިއެވެ. އޭރު ޖައިޝްގެ އަޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. ނިތްކުރިމަތިން އޮށްދާތަށް ހިއްލަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
”ޖައިޝް. އަހަރެން ސަކަރާތެއް ނުޖަހަން. އެދުވަހު އަހަރެން ދިޔައީމެއްނު ރައްޓެހިން ފެނިގެން. އެދެމީހުން ޕޮޒިޓިވް ވީ. އަހަރެން އެމީހުންނާ ސަލާމް ވެސް ކުރިން. ވަރަށް ކައިރީ ހުރީ. ކޮންޓެކްޓް ޓްރޭސިން ހެދިއިރު އޭނާ ބުނި އަހަރަންގެ ނަން. ދެންމެ އަހަރެންނަށް އެޗްޕީއޭ އިން ގުޅީ. އެމީހުން ގުޅާނެ ޖައިޝްއަށް. އަހަރެން ބުނިން ޖައިޝް އާ ބައްދަލުވިއޭ.” ޝިޔާން ތަފްސީލު ދެމުން ދިޔައިރު ޖައިޝްގެ ހިތް ވަނީ މެކުހަށް އަރައިފައިއެވެ. ތެޅެމުން ދިޔަލެއް ބާރުކަމުން މޭކަށި ފަޅާފައި ދެންމެ ދެންމެ ނިކުމެދާނެ ހެންވެސް ހީވަމުން ދިޔައެވެ.
އެއްވެސް އެއްޗެއް ނުބުނެ ޖައިޝްއަށް ފޯނު ކަނޑާލެވުނީ ކީއްވެ ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. އާދައިގެ ބައްޔަކާމެދު އެހާ ބިރުގަންނަނީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާ އާ އެބަލި ހަމަކުރުމުން އެހައި ޙާސްއެވަނީ ކީއްވެ ކަމެއް ނޭނގެއެވެ. ޖައިޝްއަށް ގޮޑިން ތެދުވެފައި އެންމެންނާ ދުރަށް ޖެހިލެވުނެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަތައް ރޮނގަކަށް ފައިބަމުން ދިޔައެވެ. މުޅިގައި ރޫރޫ އަޅަމުން ދިޔައެވެ.
”އަހަރެންނާ އެކަކު ވެސް ކައިރި ނުވޭ.” ޖައިޝްއަށް ހުރިތަނަށް ތިރިވެވުނެވެ. އަދި ބޮލުގައި އަތް އަޅައި އިސްޖަހާލިއެވެ. ހިނދެއް ހިނދަކަށް ޖައިޝްގެ ރުއިމުގެ އަޑު ބާރުވަމުން ދިޔައެވެ. ޖައިޝްގެ އެބުނުމާ އެކު މުޅި ގޭގައި ވެސް ހީވީ ބޮމެއް ގޮއްވާލިހެންނެވެ. ނިޔާޝާ އާއި ޒާން އަށް ބޮޑު ސިހުމެއް ލިބިގެން ދިޔައިރު ރީޝްއަށް ހުރީ އެކިޔަނީ ކީކޭ ކަން ނޭނގިފައިއެވެ.
”ޖައިޝް ކީކޭ ތިކިޔަނީ؟” ރީޝްއަށް ކޮޅަށް ތެދުވުނެވެ. އަދި ޝިޒާގެ ގައިގައި ބައްދާލިއެވެ. އޭރު އެދެލޮލުންވެސް ދިޔައީ ކަރުނަތައް އޭގެ މަގާމު ދޫކޮށް ތިރިއަށް ފައިބަމުންނެވެ. ”ޖައިޝް.”
”އާން ރީޝް. މަންމާ. ބައްޕާ. އަހަރެންނަށް. އަހަރެންނަށް ބަލި ޖެހިފަ ހުރި މީހަކާ ބައްދަލުވެއްޖެ.” ނިޔާޝާގެ މޭގަނޑަށް ހީވީ ފިނި ފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާގެ ހަށީގައި ހޭ ހުރީވެސް ކިރިޔާއެވެ. ދުލަކަށް ބަހެއް ނައިތާ އެސްފިޔަ ޖަހާލާނެ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބުނެވެ. ކުޑަމިނުން ލޮލުން އެންމެ ކަރުނައެއްވެސް ނުވެއްޓުނެވެ. ޒާންއަށް އޭނާގެ ހިތުގައި އަތް އަޅާލައި ލޮލުން ވެއްޓެން ދިޔަ ކަރުނަ އެނެއް އަތުން ފުހެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ވެސް ހުރެވުނީ ނުތަނަވަސް ވެފައި ހުރެއެވެ.
”ނޫން. ނޫން. ޖައިޝް ބުނޭ ތީ ދޮގެކޭ. ބުނޭ ދޮގެކޭ. ބުނޭ ތީ ސަމާސާއެކޭ. އެހެންނެއް ނުވާނެ. ނުވާނެ.” ރީޝްއަށް އަޑުގެ ނެތްތަނަށް ރޯން ފެށުނެވެ. ދެކަންފަތުގައި އަތް އަޅައިގެން ތިރިވަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައީ ވާރޭ ވެހޭ ބީދައިންނެވެ. ޝިޒާއަށް ވާނުވާ ނޭނގިފައި އިންތާ އިނދެވުނު އިރު އޭނާގެ މަންމަ އާއި ބައްޕަ އަދި މާމަ އާއި ކާފަ ރޮމުން ދިޔުމުން އޭނާގެ ތުންވެސް ދިޔައީ ބޮޑުވަމުންނެވެ. ކަރުނަތައް ލޮލަށް ޖަމާވަމުން ދިޔައެވެ.
”ނޫން ރީޝް. މިއީ ހަގީގަތަކީ. އެދުވަހު ރަސްފަންނުން ޝިޔާންގެ ރައްޓެހިން ފެނިގެން އޭނާ ދިޔައީ އެމީހުން ކައިރިއަށް. ސަލާމްވެސް ކުރި. އަހަރެން ދުރުގައި ހުރިން. އެކަމު ޝިޔާން އިނީ އަހަރެންގެ ސައިކަލު ފަހަތުގަ.” ކޮށްފައި ހުރި އަސަރެއްގެ ސަބަބުން ޖައިޝްއަށް ވާހަކަ ދެއްކުން ވީ ދަތިކަމަކަށެވެ.
މީ އަޖައިބެއް ނޫން ހެއްޔެވެ؟ ގޭގައި އޮތަސް ބަލި ޖެހޭނޭ ބުނެ ބައްޔަށް ޖޯކް ޖަހަމުން ދިޔަ މީހެއް މިއަދު އެރޮނީ ކީއްވެ ހެއްޔެވެ؟ އޭނާ އާ ހަމައަށް ބަލި އައުމުން ކަރުނަ އެޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އާދައިގެ ބައްޔެކޭ ކިޔައި ދައުވާ ކުރި މީހަކީ އޭނާ ނޫން ހެއްޔެވެ؟ މިއަދު އެބަލި ޖެހިދާނެތީ ބިރު އެގަންނަނީ ކީއްވެ ހެއްޔެވެ؟ އަނބިދަރިންނާ މައިންބަފައިން ނުރައްކަލަށް ހުށަހެޅުމުން މިއަދު އެކަމާ ކަންބޮޑު އެވަނީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިން އެކަމަށް ނުވިސްނާ ބޭނުން ގޮތަކަށް އުޅެލިއިރު މިދުވަސް އަންނާނެ ކަމަށް ހިތަށް ވެސް ނާރުވަނީ ހެއްޔެވެ؟ މިދުވަސް އައުމުން ކަރުނަ އަޅައި ރޯންޖެހޭނެކަން ފަހެ ނޭނގެނީ ހެއްޔެވެ؟
މުޅި މާހައުލަށް ވެރިވެފައިވީ ހިތާމައިގެ ސާލެކެވެ. ރުއިމާއި ގިސްލުމުގެ އަޑު ނޫން އެހެން އަޑެއް ގޭތެރެއިން ނީވެއެވެ. އެކިއެކި ގޮޑީގައި އިށީންދެގެން މޫނުގައި އަތް އަޅައިގެން ރޮމުން ދިޔައިރު ގޮތް ހުސްވެފައިވާ ބަޔަކާ އެއްވެސް ތަފާތެއް ނެތެވެ. ކާމޭޒު ދޮށުގައި ހުރި ގޮޑިއެއްގައި ރީޝް އިށީންދެލައިގެން ރޮމުން ދިޔައިރު ކައިރީގައި އޭނާގެ ހަރަކާތްތަކަށް ބަލަން ޝިޒާ އިނީ ވަމުން ދިޔައީ ކިހިނެއްކަން ނޭނގޭ ހާލުއެވެ. ”މަންމީ ލޭ.” ރީޝްއަށް ހަމަހޭވެރިކަން ވީ ޝިޒާގެ މައުސޫމް އަޑު ކަންފަތުގައި ޖެހެމުންނެވެ. އޭރު އޭނާއަށް ދިޔައީ ނޭފަތް ތިރިން އެއްޗެއް ފައިބަމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވެމުންނެވެ. އަތުން ފުހެލާއި އެއަތަށް އޭނާ ބަލައިލިއެވެ. ރަތް ކުލައިގެ އޮލަ ލެޔެއް ހޭކިފައި ހުރުމުން އޭނާ ސިންކު ދޮށަށް ގޮސް އަވަހަށް ދޮވެލިއެވެ. އަދި ޓިޝޫ އަކުން ނޭފަތް ރީތިކޮށް ސާފުކޮށްލުމަށްފަހު އަނެއްކާވެސް އައިސް ހަމަ އެތަނުގައި އިށީންދެލިއެވެ.
ކޮޓަރީގައި އެކަނި މާ އެކަނި އޮތް ޖައިޝްގެ ލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ. އެހެން އޮއްވާ އޭނާ ސިއްސައިގެން ދިޔައީ ފޯނުގެ ރަނގަބީލުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ނުދަންނަ ނަންބަރެއް، އޮފީސް ނަންބަރެއް ފޯނުގެ ސްކްރީނަށް އަރާފައި އިނީތީ ޖައިޝްއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ހަނދާނަށް އައީ ޝިޔާން ބުނި ވާހަކައެވެ. ”އެމީހުން ޖައިޝްއަށް ގުޅާނެ.” ގުޅަނީ އެޗްޕީއޭއިން ކަން އެނގުމާއިއެކު އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
”އައްސަލާމް އަލައިކުމް. ތިއީ ޖައިޝް ދެއްތޯ؟” އެކޮޅުން ދައްކަމުން ދިޔަ ކޮންމެ ބަހެއް ޖައިޝްގެ ހިތަށް އައިސް ހަމަލާދެމުން ދިޔައީ އެހިތް ބަލިކުރަމުންނެވެ.
”މައްޗަންގޯޅި.. ރިހި. ރިހިދޯދިގެ.. ފަސް ވަނަ ފަންގިފިލާ.” ޖައިޝް އޭނާ ދިރިއުޅެމުންދާ ގޭގެ ނަން ބުނިއިރު އޭނާގެ އަޑުގައި އެއްވެސް ދިރުމެއް ނެތެވެ.
ފޯނު ބޭއްވުމާއިއެކު އަނެއްކާވެސް ޖައިޝް އެނދުމަތީގައި ބޯ އަޅާލިއެވެ. އަދި ފުންކޮށް ވިސްނަން ފެށިއެވެ. އެގޮތުގައި ދިހަވަރަކަށް މިނެޓް އޮތުމަށްފަހު ޖައިޝް އަށް އޮތްތަނުން ތެދުވެލަން ޖެހުނީ ރީޝް އައިސް ދޮރު ހުޅުވާލުމުންނެވެ.
”އާދެބަ. ބަޔަކު އައިއްސި ޖައިޝް ހޯދަން.” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު އޮތް ތަނުން ތެދުވެގެން ދޮރާ ދިމާލަށް ޖައިޝް ހިނގައިގަތީ ބިރުވެރިކަމަކާއެކުއެވެ. ކޮޓަރިން ނުކުމެ ޖައިޝް ބޮޑު ދޮރު ކައިރީގައި ހުރި ދެމީހުން ކައިރީގައި ގޮސް ހުއްޓިލިއެވެ. އަދި ރީޝް އަށާއި ޝިޒާއަށް ފެންކަޅިވެފައިވި ލޮލަލުން ބަލައިލިއެވެ.
ޖައިޝްގެ ވޭނީ ބަލައިލުމާއިއެކު ރީޝްގެ ލޮލުން އަނެއްކާވެސް ކަރުނައެއް ވެއްޓިގަތެވެ. އަނގައިން އަޑެއް ނުކުމެދާނެ ކަމުގެ ބިރަށް ރީޝްއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވެނުވެ.
”އަޅުގަނޑުމެން މިއައީ އެޗްޕީއޭގެ ފަރާތުން. މިވަގުތުން ފެށިގެން މިގެ މިވަނީ މޮނިޓަރިން ގެ ހާލަތަށް ގެނެސްފައި. އެހެންކަމުން ގެއިން އެކަކަށްވެސް ބޭރަކަށް އަދި ވަދުމަށްވެސް ހުއްދައެއް ނުދެވޭނެ. އެހެން ހަދަން މިޖެހުނީ ޖައިޝްގެ އެކުވެރިޔާ ޝިޔާން ކޮވިޑް ނާވަރައަށް މިއަދު ވަނީ ޕޮޒިޓިވް ވެފައި. މީގެ ދުވަހެއް ކުރިން ޖައިޝް ވަނީ ޝިޔާން އާ ބައްދަލުވެފައި. އެހެންވީމަ އަޅުގަނޑުމެން ބޭނުން ޖައިޝްގެ ޓެސްޓް ވެސް ހަދައިލަން. ޖައިޝް ޕޮޒިޓިވް ނުވިޔަސް ސާދަ ދުވަހުގެ ކަރަންޓީނުގައި ހުންނަން ޖެހޭނެ.” އެމީހުން ބުނި ވާހަކަތައް އަޑު އަހާކަށް އެތަނުގައި ހުރި އެކަކަށް ވެސް ފަސޭހައެއް ނުވިއެވެ. ކޮންމެ ޖުމުލައެއް އެމީހުންގެ ކަންފަތުގެ ތޫރިއާ ހަމައަށް ފޯރަނީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ.
އެދެމީހުން ޖައިޝް ގޮވައިގެން ދިޔައިރު ނިޔާޝާ، ޒާންގެ އިތުރުން ރީޝް ވެސް ދިޔައީ ރޮމުންނެވެ. އެތައް ހާސް ކަރުނައެއް އެ ތިން މީހުންގެ ލޮލުން ވެއްޓެމުން ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް އެ ހިތުގައި ވަކި އަޅަމުންނެވެ. ގަބޫލު ކުރަން ދަތި ކަންތައްތައް މުޅިންވެސް ވަމުން ދިޔައިރު ދެން ވާނެ ގޮތަކާމެދު އެންމެންވެސް ދިޔައީ ހާސް ވަމުންނެވެ.
***
ގުދުރަތުގެ އިލާހީ ގާނޫނުގައި ވާ ގޮތަށް އިރު މުޅި ދުނިޔެއަށް އަލްވަދާއު ކިޔުމަށްފަހު ހަނދު ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔައީ އެކިމީހުންގެ ހިތްތަކުގައި އަދި ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. ގުޅީފަޅު ކަރަންޓީނު ފެސިލިޓީގައި އެކަނި މާއެކަނި އޮތް ޖައިޝްގެ ހިތަށް ދިޔައީ އެތައް ތުރާތަކެއް ލިބެމުންނެވެ. ބަލީގެ ކުޑަވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ނުފެނުމުގެ ސަބަބުން އޭނާގެ ހިތަށް ވަނީ ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބިފައިއެވެ. ނަމަވެސް ޓެސްޓްގެ ނަތީޖާ އަދިވެސް ނުލިބޭތީ އޭނާގެ ހިތުގެ އެއްކަނެއްގައި ނުތަނަވަސްކަން ދިޔައީ އުތުރި އަރަމުންނެވެ.
އެކަނި މާ އެކަނި އެތަނުގައި އޮތް އިރު އޭނާގެ ސިކުނޑީގައި ކޮއްޓަމުން ދިޔައީ ފާއިތުވި ދުވަސްތަކުގައި އޭނާއަށް އުޅެވުނު ގޮތާމެދުއެވެ. އުޅެވުނީ ރަނގަޅަށް ކަމެއް ގޯސްކޮށް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ހިތުން އެންމެ އެންމެ މޮޅަށް އުޅެމުން ދިޔަ ނަމަވެސް ކުރީގެ އަހަރުތަކުގައި އުޅެވުނު ގޮތުގެ ސަބަބުން އޭނާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ނަމަވެސް ކީއްވެ ކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ.
***
”މިގޭގެ ފަސްވަނަ ބުރީގަ އުޅެނީ ޒާންބެ މެންތަ؟” ހައިރާންވެފައި ހައިޝަމް އެހެން އަހައިލީ މޭޒު ދޮށުގައި ފޮތެއް ހިފައިގެން މާނިއުއަށް ކިޔައިދެމުން ދިޔަ މީޝާ އާއެވެ.
”ހޫމް. ކިހިނެއްވީ؟” ފޮތް ކިޔައިދިނުން މެދު ކަނޑައިލުމަށްފަހު ހައިޝަމް ބުނަން އުޅުނު ވާހަކައަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ ހައިޝަމްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމެއްގެ ސަބަބުންނެވެ.
”އެގޭ މީހަކު ކޮވިޑަށް ފައްސިވި މީހަކާ ބައްދަލުވެގެން މުޅި މިގެ ބަންދުކޮށްފި. އަހަރެންނަށް ހީވަނީ ޖައިޝްހެން. ކަރަންޓީނަށް ގެންގޮއްސި އޭ އެބައޮތް.” ހައިޝަމްގެ މޫނުމަތިންވެސް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އެއްގެއެއްގައި އުޅެމުން ދިޔަ މީހެއް ބައްޔަށް ފައްސިވުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ބިރުވެރިކަން އުފެދޭނެކަން ގައިމެވެ.
”ސުބްހާނަﷲ. ތީ ކިހިނެއްވީ ކަމެއް. ރީޝް ބުނި ޖައިޝްވެސް އެއްވެސް ތަނަކަށް ނުދާ ވާހަކަ. ދެން ކިހިނެއް ފައްސި ވާނި. އެހެންނޫނީ ރީޝް ދޮގު ހެދީ ކަންނޭނގެ. ބޭރަށް ދިޔައީމަ ދޯ އެޖެހުނީ. ގޭގެ ރީތިކޮށް އޮތަސް ނުވާނެ ދޯ.” މީޝާގެ ހިތް އެންމެ ބާރަށް ތެޅެމުން ދިޔައެވެ.
ބަލިޖެހުނު އަދި ބަލި އެގެޔަށް ވަތް ގޮތް ނޭނގުމުގެ ސަބަބުން މީޝާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައިރު ރީޝްއަށް ވާނެ ގޮތް ނޭނގޭތީ އޭނާގެ ހިތް ހާސްކުރުވަމުން ދިޔައެވެ. ހައިޝަމް ބުނި ވާހަކައެއް އޭނާއަކަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ގޭގައި ރީއްޗަށް އޮއްވާ ބައްޔެއް ޖެހިދާނެ ހެއްޔެވެ؟
***
ނިޔާޝާ އާއި ޒާންގެ ދެލޮލުން އެންމެ ސިކުންތަކަށް ވެސް ކަރުނަ ނުހިކޭއިރު ގިސްލުމުގެ އަޑުވެސް ގޭތެރެއިން އެންމެ ފަހަރަކުވެސް ނުކެނޑެއެވެ. ނަމަވެސް ރީޝް ދިޔައީ ކަށީގައި ނެތް ހިތްވަރު ލައިގެން ރުއިން ހުއްޓާލުމަށްފަހު ދެއަތް މައްޗަށް ހިއްލުމަށްފަހު ދުއާ ކުރަމުންނެވެ. ހުރިހާ ކަމެއް އައްސަވާ ވޮޑިވެގެންވާ ރަސްކަލާނގެ ހަޝްރަތަށް ދުޢާ ކުރުން ނޫން ގޮތެއް މިއަދަކު ރީޝް އަކަށް ނެތެވެ. ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވަނީ އެކަލާނގެއެވެ. އެއީ އަޒީޒުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަ ކުރައްވައިފި ކަމެއް ބަދަލު ކުރެވޭނެ ކަމީ ނުވާނެކަމެކެވެ. ނަމަވެސް މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ.
***
ނުވައެއް ޖަހާއިރު ޓެސްޓްގެ ނަތީޖާ ލިބޭނެކަން އުނގުނީންސުރެ ޖައިޝްގެ ހިތް ދިޔައީ އޭގެ އެންމެ ބާރު މިނުގައި ތެޅި ފޮޅެމުންނެވެ. ނުވައެއް ޖަހަން ތިން މިނެޓަށް ވުމާއިއެކު ޖައިޝްއަށް އޭނާގެ ފޯނު ހުޅުވާފައި އިންތިޒާރު ކުރެވެމުން ދިޔައީ އެޗްޕީއޭގެ މެސެޖަކަށެވެ. އެހެން އޮއްވާ ޖައިޝްގެ ފޯނު ވައިބްރޭޓް ވެލިއެވެ. އަދި އެޗްޕީއޭއިން މެސެޖެއް އައިކަމަށް އެރިއެވެ.
ތެޅެމުން ދިޔަ ހިތަށް ކުޑަވެސް ތަސައްލީއެއް ނުލިބެއެވެ. މުޅިގައި އުދާހުން ފެންވަރައިލާފިއެވެ. ތުރުތުރު އަޅަމުން ދިޔަ ހިތަކުން ޖައިޝްއަށް އެ މެސެޖް ހުޅުވާލެވުނެވެ. އަދި ދެލޯ މަރައި ވަރަށް ވެސް ފުން ތިން ނޭވާ ލިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Yayyy I am first varah reethi mi part ves curiously waiting for the next part ☺️
yayyy congratulations dear.. and thank u soo much.. keep waiting.. once again thanks a lot..
Ehnma raaya ah heevy rangalhah… hehe… aslaai vrh ehgoii… hama vrh iburaitheri vaahaka eh! Keep it up nafu? ly and stay safe❤❤❤
yah raaya ah hama hyvi gothah dhw mi v.. hehe.. lets see dhn vaane gotheh.. thank u sooo much dear.. it means a lot.. u too stay safe and lym
omg jaish ah kihinehbbaa vaanee?
but mi part varah varah reethi??
?masha allah?
u’ve got the honor sisooo???
i can’t even wait to neexttt???
ly sisoo??
stay safe??
alhey jaish ah vaani kihineh baa dhw.. lets see.. thank u sooo much lamko.. it means a lot.. alheyy.. but keep waiting ingeyy.. u too stay safe. lym
Maasha Allah V reethi mi part ves. Curiously waiting for the next part
Ly sis
thank u sooo much aashko.. it means a lot dear.. keep waiting.. stay safe.. lym..
Wow.. Mi part ves varah ???varah???? varah varah???? Salhi..
I like this story..????
Keep it up.. ??????
Good luck.. ☺️☺️☺️☺️☺️????☺️☺️
Nado Saranghae Eonnie… ❣️❣️❣️❣️????????????????????????????????❤️❤️❤️❤️❤️❤️????
alheyy bluebird ge colorful commenteh anehkaa vs kiyaalevihjje.. thank u sooo much dear.. it means a lot..vr ufaavehjje vaahaka kamudhiyae ma.. saranghae .. stay safe..
when next part
submit kohlaafa v.. neyge dhn upload vaane ireh.. maybe miadhu hama kiyaalan libidhaane.. keep waiting
cannot wait for the next part??????
alheyyy but keep waiting ingeyy chimmy dear.. maybe miyadhu vedhaane upload..
alhey im so sorry nafu sis…mi part ah vrh lahun mi cmnt kurevuny vx??…im sooooooo sorryyy sissooo….aslu school feshigen ulhey theeve….btw mi bai vx varah varah reethi…masha allah…speechless….once again sorry siss??…i feel soo bad…ehaa lahun cmnt kurevunyma??….LYSM…STAY SAFE….
alheyy kairaa its ok ey.. thats not a problem dear.. lahun comment kurevunas.. sch feshigen ulhey iru ehnves vaanehnu.. vaahaka ah vure sch maa muhinmu vaane dhw.. awww thank u sooo much dear.. it means a lott ingeyy.. alheyy thihaa varah sorry nubuney.. its okk.. nafu ah kairaage comment eh fenunyma vr happy lahun viyas.. lymmm u too stay safe..