ލޯތްބައްޓަކއި(16ވަނަ ބައި)
”ސޮރީ އެންޑް ވަރަށް ބޮޑަށް ތެންކިޔު ހެލްޕް ވެދޭން މިއޮތް ހުރިހާ އިރު މިތާ އިނީމަ”ފަލަކް ނިކްޔަންއަށް ޝުކުރު އަދާ ކޮއްލިއެވެ.”ހޫމް…އަސްލުވެސް މިތާގަ އިނދެ އިނދެ މިހާރު ބުރަކައްޓައް ވެސް ތަދެއް އަރައިފި….ފަލްކީ އަހަރެންނަށް ޝުކުރު އަދާކުރަން ބޭނުމިއްޔާ ކަމެއް ކޮއްދޭން ކެރޭނެ ތަ؟”ބުރަކަށީގައި ރިއްސާކަމަށް އެކްޓުކޮއްލަމުން ފަހު ޖުމަލަ ނިކްޔަން އަހާލީ ސީރިއަސްކމާއި އެކީގައެވެ.”ސޮރީ…އަޅެ ކީތްކޮއްދޭންވީ”ނިކްޔަން އާ ދިމާލަށް ބަލާލަމުން ފަލަކް އަވަހަށް އަހާލިއެވެ.”އިނގޭންނު ތޮއިފް ދޯ…؟މިރޭ އެބައޮތް އޭނަގެ ބާރތްޑޭ ޕާރޓީ….ފަލްކީ އަހަރެންނާއެކު ޕާރޓީއަށް ގޮސްދޭންވީ”ހިނިތުންވެލަމުން ނިކްޔަން އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.”އަހަރެން ޕާރޓީއަށް؟ޔަން އާ އެކީ؟”ދެލޯ ބޮޑު ކޮއްލަމުން ފަލަކް އަހާލިއެވެ.”ހޫމްމް…ކިހިނެއްވީ އަހަރެންނާއެކީ ދިއުން މަނަލީތަ؟”ލާނެއް ރާގަކަށް ނިކްޔަން އަހާލީ ފަލަކް އާއި ދިމާލަށް ގުދުވެލަމުންނެވެ.”ނޫން އެހެނެއް ނޫން…އެހެން މިބުނީ އަހަރެން ޔަން އާ އެކީ ގޮއްސިއްޔާ ސުކޫލް ކުދިން ފާޑު ފާޑު ވާހަކަ ދައްކާނެ…”ފަލަކް އެ ބުނީވެސް ތެދެކެވެ.މިހާރުވެސް ބައެއް ވާހަކަތައް ދެކެވޭކަން އޭނާއަށް ރަނގަޅަށް އިނގެއެވެ.”މީހުން ކިޔާނެ އެއްޗަކަށް ބަލައިގެން ކިހިނެއް އަހަރެމެން އުޅޭނީ…ބީ ރެޑީ އެޓް 8:30 …އެންޑް ޔެސް ވެއަރ ސަމްތިންގް ބްލެކް”އެހެން ބުނެލުމަށް ފަހު ސްޓަޑީއިން ނިކުމެގެން ނިކްޔަން ދިއައިރު ފަލަކްވެސް އިންތަނުން ތެދުވެގެން ގެއަށް ދިއައެވެ.ނިކްޔންގެ އެ އެދުމަށް ފުރަގަސްދޭން އޭނާއަކަށް ނުކެރޭނެއެވެ.އެހެންކަމުން އިޝާ ނަމާދަށް ފަހު ފަލަކް ތައްޔާރުވާން ފެށިއެވެ.
***********
އިޝާ ނަމާދުން މިސްކިތުން އައި ގޮތަށް ނިކްޔަން ވެސް ތައްޔާރުވާން ފެށިއެވެ.ކަޅު ކުލައިގެ ގަމީހެއްލައި ތިރިން ކަޅު ކުލައިގެ ފަޓްލޫނެއްލައި ބެގީ ކޮއްލާފައި ހުރުމުން ނުހަނު ފިރެހެން ވަންތައެވެ.ލައިގެން ހުރި ގަމީހުގެ މޭމަތީގައި ވަނީ ހުދު ކުލައިގެ ޑިޒައިނެއް ކުރެވިފައެވެ.ފަން އިސްތަށިކޮޅު މައްޗައް ނަގާ ހިއްލާލުމަށް ފަހު ކަޅުކުލައިގެ ކޯޓެއްލައި ގޮށް އަޅުވާލިއެވެ.ހަމަގައިމުވެސް މިރޭ ނިކްޔަންގެ އެ ރީތި ހިނިތުންވުން ފެނިއްޖެ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ފިދާވާނެއެވެ.ސެންޓު ކޮޅެއް ޖަހާލައިގެން އެއްޖީބަށް އަތް ޖަހާލައިގެން ހުރެ ނިކްޔަން ކޮޓަރިން ނިކުތެވެ.” މާޝާﷲ،… މަންމަގެ ނިކް ހާދަ ހޭންޑްސަމް އޭ ދޯ”ސިޑިން ފައިބައިގެން އައި ނިކްޔަން ފެނުމުން ކޮއްޅަށް ތެދުވެ ނިކްޔަން ގެ ގަމީހުގެ ގިރުވާނު ރަނގަޅު ކޮއްލައި ދެމުން ރޫމާ އޭނާގެ ދަރިފުޅަށް ތަޢުރީފު ކޮއްލިއެވެ.”މަންމާ ހޭންޑްސަމްގެ ބަދަލުގަ ހޮޓް އޭ ބުނި ނަމަ…ކޮޒް ދޮންބެ އިޒް ލުކިންގް ހޮޓް”ނިކްޔަން އާ ދިމާލަށް އިޝާރާތުން އެންމެ ފުރިހަމަ ކަމުގައި ބުނެލަމުން ނުހާވެސް ތަޢުރީފު ކޮއްލިއެވެ.”ޕިސް ނުއްކޯ…ނުއްކޮގެ ދޮންބެއަކީ ސައިތައްޓެއް ނޫނޭ ހޮޓްވެފަ ކޫލް ވާކަށް”ރޫމާ ބުނެލީ ސަމާސާ ރާގަކަށެވެ.އެއާ އެކު ނުހާއާއި ނިކްޔަންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.”އޯކޭ ތެންކިޔު ދެން މަންމަމެނާ ހެދި ގަޑިވެސް ޖެހިދާނެ…އޭރުން ތޮއިފް ޖޫރިމަނާ ކަންނޭނގެ ކުރާނީ…ބާއި”ހެމުން ހެމުން ގެއިން ނިކުމެގެން ނިކްޔަން މިސްރާބުޖެހީ ތިރީ ފަންގި ފިލާއަށެވެ.”އަހާ ނިކް…ތަނަކަށް ދަނީތަ؟”ވަދެގެން އައި ނިކްޔަން ފެނުމުން ރާއިދާ އަހާލީ އެހާ ފުރިހަމަޔަށް ނިކްޔަން ތައްޔާރު ވެގެން ހުރުމުންނެވެ.”މި ސުކޫލް ކުއްޖެއްގެ ޕާރޓީއަކަށް…އެންމެ ރަނގަޅުތަ ފަލަކް ގެންދިޔައަސް؟”ފާލިހް އާއި ދިމާލަށް ބަލާލަމުން ނިކްޔަން ކޮއްލި ސުވާލާއިއެކު ރާއިދާގެ މޫނުމަތީގެ ކުލަވަރު ރަނގަޅަށްވެސް ބަދަލުވެގެން ދިއައެވެ.”އާން ފަލަކް އޮތީ ހުއްދަ ހޯދާފައޭ ބޭބެ ކައިރިން…އެނޫނަސް ފަލަކް އަބަދު އެހެން ގޭގަ އިންނާތީވެސް ބޭބެއަކަށް ކަމަކުނުދޭ…ޖެހޭންނު ދޯ މީހުންގެ ތެރެއަށް ނިކުމެލާ ހަދަންވެސް…ނިކްވާނެ ވީވަރަކުން ފަލަކްއާއެކު ބޭރަށް ގޮސްލާއުޅެން އިނގޭ”ފުޅާ ހިނިތުންވުމަކާއި އެކު ފާލިހް ބުނެލިއެވެ.އެއާއެކު ނިކްޔަންވެސް ބޯޖަހާލަމުން ސިޑި އާއި ދިމާލަށް މިސްރާބު ޖެހި އިރު ރާއިދާ ހުރީ ދެންމެ ފާހިލް ބުނި ބަސްތަކުގެ ސަބަބުން ނުރުހުންވެފައެވެ.ސިޑިއާ ދިމާލަށް ގޮސް އަރަން ދިމާކޮއްލި ނިކްޔަން ހުއްޓުން އެރީ އެއްއަތުން ލައިގެން ހުރި ހެދުމުގައި ހިފަހައްޓާލައިގެން ސަލްމާއާއި އެކު ސިޑިން ފައިބައިގެން އަންނަ ފަލަކް ފެނުމުންނެވެ.ސާދަ ވިލޭރޭގެ ހަނދު ބިމަށް ފޭބިޔަސް މިރޭ ފަަލަކްހާ ފުރިހަމަ ނުވާނެ ކަން ޔަޤީނެވެ.ފަލަކްގެ ލޫޅާފަތި ހަށިގަނޑަށް ހިފިފައިވީ ކަޅުކުލައިގެ އޮފް ޝޯލްޑާރ މާރމެއިޑް ހެދުމުގައި ފަލަކް ފެންނަނީ އުޑުންފައިބާ އިން ތަރިއެއް ހާ ފުރިހަމަކޮންނެވެ.ހެދުމުގެ އެއް ފަރާތުގައި ވަނީ ރޫތަކެއް ޖައްސާފައެވެ.ފައިތިލަ އާއި ހަމައަށް އަރާ އެހެދުމާއި އެކު ފަލަކް އަރައިގެން ހުރީ ކަޅުކުލައިގެ ހައިހީލްސް އަކަށެވެ.ދިގު އިސްތަށިގަނޑަށް ރީތި ގޮތެއް ހަދާލައިފައި ހުރި އިރު ބޮޑުބައި އޮތީ ފަހަތަށް ދޫކޮއްލާފައެވެ.ލުއި މޭކްއަޕެއް ކުރެވިފައި ވީ ހުރު ތުނި ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލައިގެ ސަބަބުން ހީވަނީ ރަތް ފިނިފެންމަލެއް ހެނެވެ.ފަލަކްއަށް ގެއްލިފައި ހުރި ނިކްޔަން ސިހުނީ ފަލަކް ސިޑިން ފައިބައިގެން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލުމުންނެވެ.”ވާއު ފަލްކީ ޔޫ ލުކް ގޯރޖަސް”ނިކްޔަން ތަޢުރީފު ކޮއްލުމުން ފަލަކް ބަލާލީ ސިޑި މަތީގައި ހެވިފަ ހުރި ސަލްމާއާއި ދިމާލަށެވެ.”އޯލް ތޭންކްސް ޓު ހަރ…އިނގޭތަ ޔަން އަށް މީ ސަލްމާއްތަ ދިން ހެދުމެކޭ…މޭކް އަޕް ކޮއްދިނީވެސް ސަލްމާއްތަ…އަހަރެންނަކަށް ނޭނގޭ މި ގޮތަށް ރީތި ވާކަށް ހަމަގައިމުވެސް…”ފަލަކް ސަލްމާއަށް ޝުކުރު އަދާކުރިއެވެ.އޭނާ ލާނެ ހެދުމެއް ނޭނގިގެން އުޅެނިކޮއް އައިސް އެހީވެދިނީ ސަލްމާއެވެ.ނިކްޔަން ވެސް ސަލްމާއަށް ޝުކުރު އަދާކުރުމަށްފަހު އަވަސްވެގަތީ ޕާރޓީއަށް ދިއުމަށެވެ.
***************
ޝޫރާއާއި ރަފްގާ ޕާރޓީއަށް ދިއުމަށް ތައްޔާރު ވަމުން ދިއައީ ޝޫރާގެ ގޭގައި ތިބެއެވެ.ތޮއިފްގެ މެސެޖު މިއަދު މެންދުރު ލިބުމުން، ޝޫރާގެ ގެއަށް އަންނަމުން ރަފްގާއައީ ހުރިހާ ރީތިވާ ސާމާނަކާއި ލާންބޭނުންވާ ހެދުންވެސް ހިފައިގެނެވެ.ރީތިވާ މޭޒުގެ މަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ރަފްގާ ގުޅަނީ ކާކު ތޯ ބަލާލިއެވެ.ގުޅަނީ ރާއިދާކަމުން ރަފްގާ ފޯނު ބިޒީ ކޮއްލީ މިވަގުތު މަންމައާއި ވާހަކަ ދައްކަން ބޭނުންނުވުމުންނެވެ.ކަޅުކަން ގަދަ އިސްތަށިގަނޑު މައްޗައް ނަގާ ބޮޑު ހުޅިއެއް ޖަހާލަމުން ރަފްގާ ލޯގަނޑުން އަމިއްލަ ނަފަސަށް ބަލާލިއެވެ.އޭނާ ލައިގެން ހުރީ ކަކުލަށް ވުރެން ކުރު ކަޅު ކުލައިގެ ލޭސްފޮތީގެ ހެދުމެކެވެ.ސްކާރޓެންހެން ފުޅާކޮށް ހެދުމުގެ ތިރި ހުރި އިރު، އޭނާގެ އުނަގަޑާއި ދިމާލުން ވަނީ ރަންކުލައިގެ ވިދުމެއް ހުރި ބެލްޓެއް އަޅާލެވިފައެވެ.ވީ ނެކް އެއް ހުރި އެހެދުމުން ރަފްގާގެ ހަށިގަނޑާއި ނުހަނު ގުޅެއެވެ.މޫނުމަތީގައި ގަދަ މޭކްއަޕެއް ކުރެވިފައި ވީއިރު ތުންފަތުގައި ޖައްސާފައިވަނީ ގަދަ މެރޫން ކުލައެކެވެ.އަރައިގެން ހުރި ރަންކުލައިގެ ހައިހީލްސްގައި ފަރިކޮއްހިނގާލާފައި ގޮސް ރަފްގާ އެކޮޓަރިން ނިކުތެވެ.އޭރު ސިޓިން ރޫމުގައ އަތައް ޕާރުސަލެއް ލައިގެން ޝޫރާ ހުއްޓެވެ.ބުޅި އިސްތަށިގަނޑު މައްޗައް ނަގައި އައްސާލެވިފައިވީއިރު ކުރު އިސްތަށިކޮޅުތަށް ދިއައީ ޝޫރާގެ މޫނުގައި ކޭއްތެމުންނެވެ.ލައިގެން ހުރީ ކަޅުކުލައިގެ ޖަމްޕްސޫޓް އެކެވެ.ލަސްކުރަން ނަހަދާ ޓެކްސީއެއްގައި ދެކުދިން އެކީ މިސްރާބުޖެހީ ސޯލްޓް ކެފޭއަށެވެ.
***********
ސޯލްޓް ކެފޭގެ ޕާރޓީއޮތް ހޯލަށް ވަދެގެން އައި އާލިމްއަށް ގިނަ އަންހެން ކުދިންގެ ނަޒަރު ވަނީ ހުއްޓިފައެވެ.ލާފައިވަނީ ޕާރޓީގެ ތީމް އައި އެއްގޮތަށް ކަޅުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ.ހަމަ އެކުލައިގެ ކޯޓެއް ލައިގެން ހުރި އިރު ކަރުގައި ރަން ކުލައިގެ ބޯ ޓައީ އެއް އޮތެވެ.ފިރިހެން ވަންތަ ހިނގުމެއްގައި ގޮސް ތޮއިފްއާއި ސަލާމް ކޮއްލުމަށް ފަހު އަތުގައި އޮތް ޕާރުސަލް އާލިމް ތޮއިފްއަށް ދިނެވެ.ދެތިން ފޮޓޯ ނަގާލުމަށްފަހު ވަށައިގެންވާ މާހައުލަށް ބަލަމުން މޭޒެއްގައި އިށީނދެލަމުން އާލިމް ލޫތުގެ ނަންބަރަށް ޑައިލް ކޮއްލިއެވެ.އިރުކޮޅެއްނުވެ ޒުމާގެ އަތުގައި ހިފާލައިގެން އައިސް ލޫތުވެސް އެތާ ހުއްޓިލިއެވެ.ޕާރޓީ ހޯލް ތެރެއަށް ވަދެގެން އައި ރަފްގާގެ ދެލޯ ހޯދަމުން ދިއައީ އާލިމްގެ ހިތްގައިމު ސޫރައެވެ.މޭޒެއްގެ ކައިރީ އިށީނދެ ތިބި ޒުމާ ލޫތު އަދި އާލިމް ފެނުމުން ރަފްގާއަށް ހިނިތުންވެލެވުނީ އޭނާއާއި އާލިމްއަށް ދާދި އެއްކުލައަކުން ހެދުން އެޅިފައި ވުމުންނެވެ.ކަޅު ކުލައާއި ރަން ކުލައެވެ.”އޭ ޒުމް މަގޭ ކަމަނަ ނާންނަނީތަ މިތަނަށް”ޒުމާއަށް ގޮވާލަމުން އާލިމް އޭނާގެ ހިތުގައި އޮތް ސުވާލު ކޮއްލިއެވެ.ފަލަކްގެ ސޫރަ ދެކިލުމަށް އޭނާގެ ހިތް އަބަދުމެ ހުންނާނީ ބޭގަރާރު ވެފައެވެ.ހިތްއެދެނީ އަބަދުވެސް ފަލަކް އޭނާއަށް ފެންނަ ހިސާބު އޭނާގެ ކުރިމަތީގައި ހުރުމަށެވެ.އާއެކެވެ.ދުވަހަކުވެސް ލޯތްބަކީ ކޯޗެއްކަން ފެނި އަދި އިހުސާސް ވެފައި ނުވާ އާލިމްގެ ހިތް ފަލަކްގެ ލޯތްބަށް މިއަދު އެދެންފަށައިފިއެވެ.ފަލަކްއަކީ އާލިމްގެ އަނދިރިކަމާއި ނަފްރަތުން ފުރިގެންވީ ދިރިއުޅުން އުޖާލާ ކޮއްދިން އައްޔެވެ.”މިހާރު އާލްއަށް ފަލަކްއާ ނުލާ ނޭވާވެސް ނުލެވޭ ދޯ…ތިދެން އަވަހަށް ތެޔޮ ނާށި ކާޅު ޖަހައި ނުގަންނަނީސް ތިކަމާ އުޅެން މަށަށް ފެންނަނީ”ލޫތު އޭނާ ދެކޭ ގޮތް ހާމަކުރިއެވެ.އެކުވެރިޔާގެ ހިތުގެ ހާލު އޭނާއަށް ކިތަންމެ ރަނގަޅަކަށް ވެސް އިނގެއެވެ.”ކާޅަކަށް ލާހިކެއް ނޫން ތެޔޮ ނާށި ޖަހައި ގަންނާކަށް….މަށަކަށް ހީއެއްނުވޭ އޭލެވެލް ނުނިމެނީހެއް ފަލަކް ތިކަހަލަ ކަމަކަށް އާބަސް ބުނާނެ ހެނެއް…މަށަށް ފެންނަނީ އެޓްލީސް މިއަހަރުގެ އިމްތިހާނު ނިމުނީމަ ބުނަން މަޑުކޮއްލަން”ފަލަކްގެ ހިޔާލު ހުރި ގޮތް ރަނގަޅަށް އިނގޭތީ ޒުމާ ބުންޏެވެ.ތިންމީހުން ދައްކަމު ދިޔަ ވާހަކަ މެދުކަނޑާލީ މަާވަރަކަށް ޕާރޓީގައި ތިބި އެންމެން ދޮރާއި ދިމާލަށް ބަލާތީއެވެ.ނިކްޔަންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރެ ހޯލްގެ ތެރެއަށް ވަދެގެން އައި ފަލަކް ފެނުމުން އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިއައެވެ.ބައެއް މީހުން އެ ޖޯޑުގެ ފުރިހަމަ ކަމަށް ތަޢުރީފު ކުރަމުން ދިއައިރު،އަނެއްބަޔަކު ދިއައީ ހަސަދަ ވެރިކަމާއި އެކު ފާޑު ކިޔަމުންނެވެ.އިން ތަނުން އާލިމްއަށް ކޮއްޅަށް ތެދުވެވުނު އިރު ޒުމާއާއި ލޫތަށް ވެސްވީއެވަރެވެ.ޖޫސްތައްޓެއް ހިފައިގެން ދޮރާއި ދިމާލަށް އެނބުރިލި ޝޫރާއަށް މިމަންޒަރު ފެނުމުން އޭނާގެ އަތުގައި ހުރި ޖޫސްތަށި ބިންމަށްޗަށް ވެއްޓި ތެޅުނު އިރު ރަފްގާ އަވަހަށް ވެއިޓަރަށް ގޮވާ އެތަން ސާފުކުރަން ބުނެލަމުން ޝޫރާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.ނިކްޔަންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރި ފަލަކްއަށް މޭޒެއްގެ ކައިރީގައި ތިބި އާލިމްމެން ފެނުުމުން އަވަހަށް ތޮއިފްއާއި ސަލާމް ކޮއްލައި ނިކްޔަންގެ ގާތު ބުނެލުމަށް ފަހު އެދިމާލަށް މިސްރާބުޖެހިއެވެ.ފަލަކްއާއި ނިކްޔަންގެ އެ ގާތްކަމުގެ ސަބަބން އާލިމްގެ ހިތުގައި ރިއްސާލިއިރު އެދިމާލަށް އައި ފަލަކް ފެނުމުން އޭނާ އަވަހަށް މޫނުމަތިން ހަމަޖެހޭ ގޮތް ދައްކާލިއެވެ.ފަލަކް އައިސް ހުއްޓުމާއި އެކީ ޒުމާ އެއްފަހަރާ ހުރިހާ ސުވާލެއް އޮއްސާލިއެވެ.އަދި ނިކްޔަންއާއި ދެމީހުންގެ ދޭތެރޭ އޮތީ ކޮން ގުޅުމެއްހޭ އެހުމުން ކުރު ގޮތަކަށް ފަލަކް މިއަދު ކަންތައްވީ ގޮތް ކިޔާދިނެވެ.އަދި އޭނާއާއި ނިކްޔަންއާއި ދެމެދު އެކުވެރިކަން ފިޔަވާ އެހެން އެއްވެސް ގުޅުމެއް ނެތޭ ބުނެލިއެވެ.އާލިމްގެ ހިތައް ތަސައްލީ އެއް ލިބިގެން ދިއަ ނަމަވެސް،ފަލަކް އޭނާއަށް ގެއްލި ދާނެ ކަމުގެ ބިރު ހީވަން ފެށިއެވެ.”ހާއި ކްރީޕް….އަހަރެންނާ ވާހަކަ ނުދައްކަން ހުވާ ކޮއްގެންތަ ތިހިރީ؟”އާލިމްގެ ގާތަށް ޖެހިލަމުން ފަލަކް އަހާލިއެވެ.”ނޫނޭ މަ މިހިރީ މިތާގަ މާ ވިދާ އެއްޗެއް ހުރީމަ އެނޫން ދިމާލަކަށް ބަލަން ނޭނގިފަ”ސީދާ ސީދަލަށް ނުބުނި ނަމަވެސް އާލިމް ފަލަކްއަށް ތައުރީފު ކޮއްލިއެވެ.އާލިމް އެބުނީ އަންހެން ކުއްޖެއްގެ ވާހަކަ ކަން ފަލަކްއަށް ރަނގަޅަށްވެސް ފަހުމުވިއެވެ.ޕާރޓީގެ ތެރޭގައި ތިބި ކުދިންނާ ދިމާލަށް ފަލަކް ބަލާލީ އެތަނުން އެންމެ ވިދާ ފާޑުގެ ހެދުމެއް ލައިގެން ހުރީ ކޮން ކުއްޖެއްތޯ ބަލާލުމަށެވެ.ފަލަކްގެ ހަރަކާތް ތަކަށް ބަލަން ހުރި އާލިމްގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.”ދެން ބުނަންވީ އިނގޭ ކާކުތަ؟”އާލިމްގެ އަތުގައި ވިކާލަމުން ފަލަކް އަހާލުމާއި އެކީ އައްދިއްޔޯއި އޭ ކިޔައި އާލިމް ފަލަކްއާ ދުރުވެލިއެވެ.އާލިމް އެ މާނަ ކުރީ ކޮން ކުއްޖަކަށްތޯ އިނގެން އޭނާގެ ހިތް އެހާ ބޭނުންވަނީ ކީއްވެ ބާއޭ ފަލަކްގެ ހިތައް އެރިއެވެ.”އެއްކަލަ ދެމީހުން އަވަހަށް ކޯޅެން ފެށީދޯ…ޕިސްޕިސް”ޒުމާއަށް މިމަންޒަރު ފެނުުމުން ހެވުނު އިރު އާލިމްގެ މޫނުމަތީގައި ވެސް ވަނީ ފުރިހަމަ ހިނިތުންވުމެކެވެ.އެކުވެރިއަކު ގޮވާލުމުން އާލިމް ފަރާތަކަށް ޖެހިލުމާއި އެކީހެން ތޮއިފް މައިކު ހިފައިގެން ސްޓޭޖަށް އެރިއެވެ.”އެންމެނަށް ވެސް ވަރަށް ބޮޑަށް ތޭންކްސް މި ސެލެބްރޭޝަންގަ ބައިވެރި ވެދިނީމަ…ކުޑަކޮން ވައި ވާހެން ހީވާތީ ގޭމެއް ކުޅެން މިއުޅެނީ އިނގޭ..މިއުޒިކް ޖަހާލީމަ އެންމެންވެސް ޕާރޓްނަރަކާ އެކު ކަޕްލް ޑާންސެއް ކުރަންވީ…އެކަމް ޓްވިސްޓަކީ ލަވަ ބަދަލުވާ ކޮންމެ ފަހަރަކު ޕާރޓްނާސް ސްވިޗް ވާނެ…ފަސް ލަވަ ނިމޭ އިރު ފެށިއިރު އެއްކޮން ތިބި ދެމީހުން އެކީގަ ތިބެއްޖިއްޔާ އަހަރެންގެ ފަރާަތުން ގިފްޓެއް އޮންނާނެ…ހިނގާ ފަށަމާ”ތޮއިފް ސްޓޭޖުން ފޭބުމާއި އެކު ރާއިފްގެ ކައިރީގައި ހުރި އާލިމް ފަލަކް ހުރި ދިމާލަށް ހިނގައިގަތީ ފަލަކް އާއި އެކު އެ ޗެލެންޖުގައި ބައިވެރިވުމަށް އެހުމަށެވެ.ނަމަވެސް އާލިމްއަށް ފަލަކްއާއި ހިސާބަށް ދެވުމުގެ ކުރިން ނިކްޔަން ގޮސް ފަލަކްގެ އަތުގައި ހިފައިގެން ޑާންސްގައި ބައިވެރިވިއެވެ.މި މަންޒަރު ފެނުމުން ޝޫރާގެ ދެއަތް މުއްކެވިގެން ދިއައިރު ރަފްގާ ޝޫރާގެ އަތުގައި ހިފާލަމުން ރިލޭކްސް އޭ ބުނެލިއެވެ.އަދި އިންތަނުން ތެދުވެގެން ގޮސް މޭޒެއްގެ ކައިރީ ހުއްޓި ހުރި އާލިމްގެ ގާތުގައި ރަފްގާ ހުއްޓިލިއެވެ.”އާލް…”ރަފްގާގެ އަޑަށް އާލިމް ރަފްގާ އާ ދިމާލަށް ބަލާލަމުން ހިނިތުން ވެލިއެވެ.”ވޮނަ ޑާންސް؟”ރަފްގާ އަހާލުމުން ޝުއާރ އޭ ބުނެ އާލިމް ރަފްގާއާއެކު ޑާންސްގައި ބައިވެރި ވިއެވެ.ރަފްގާ ހުރީ އުފަލުން ފޮޅިފައެވެ.ނަމަވެސް އާލިމްގެ ނަޒަރު ހުއްޓިފައި ވަނީ ގާތުގައި ތިބެ ނަށަމުން ދިޔަ ފަލަކް އާއި ނިކްޔަންއަށެވެ.ނިކްޔަންގެ އަތް ފަލަކްގެ ހިމަ އުނަގަނޑުގައި އަޅުވާލެވިފައި ވީއިރު ފަލަކްގެ އަތް ވަނީ ނިކްޔަންގެ ކޮނޑުގެ މަތީގައެވެ.ލަވަޔާ އެއްވަރަށް ނަށަމުން ދިއައިރު އިރުއިރު ކޮޅާ ނިކްޔަން ބުނެލާ އެއްޗެހިން ފަލަކްގެ މޫނުމަތިން ރީތި ހިނިތުންވުމެއް ދުވެލައެވެ.ލަވަ ބަދަލު ވުމާއި އެކީ ނިކްޔަން ފަލަކް އަނބުރާލިއެވެ.އެނބުރެމުން ދިޔަ ފަލަކް ގޮސް ތަތްވީ އާލިމްގެ މޭމަތީގައެވެ.
ހިތް އަވަސްވާ ގޮތް ވިޔޭ
ބާރު ދޫވާ ގޮތް ވިޔޭ
މޭ ތެޅޭ ހެން ހީވިޔޭ
ވާ ގޮތެއް ވެސް ނޭނގެޔޭ
ލޯބިވާހެން ހީވަނީ އޭ
މަޑު މަޑުން ހިތް ލެނބެނީއޭ
ހިތް އަވަސްވާ ގޮތް ވިޔޭ
ބާރު ދޫވާ ގޮތް ވިޔޭ
އާލިމްގެ ހިތުގެ ހާލު ޖަހާފައި ހުރި ލަވައިން އިވިއިވި ހުރި އިރު ފަލަކް ހުރީ އާލިމްގެ ދެލޮލުގައިވީ އަސަރުތައް ދެނެގަންނަން ނުކުޅެދިފައެވެ.ޕާރޓްނަރުން ބަދަލުވުމާއި އެކު އާލިމްއާއި ދުރުވާންޖެހުމުން ނުރުހުންވެފައި ހުރި ރަފްގާ އިތުރަށް ރުޅިއައީ އާލިމްގެ އަތުތެރޭގައި ހުރި ފަލަކް ފެނުމުންނެވެ.ހަމްދާންގެ އެދުމަށް އޭނާއާއެކު ނެށުމުގައި ބައިވެރިވި ޝޫރާއަށް ޕާރޓްނާރ ބަދަލުވުމުން ނިކްޔަން އާއި އެކު ނަށާލަން ފުރުސަތު ލިބުނެވެ.ނަމަވެސް ނިކްޔަންގެ ސަމާލުކަން ހުއްޓިފައިވީ ފަލަކްއަށެވެ.އެހެން މީހަކު ފަލަކްގެ ގައިގާ އެފަދަ ގޮތަކަށް ބީހޭކަށް އޭނާގެ ހިތް އެއްބައް ނުވެއެވެ.ނިކްޔަން އޭނާއަށް ބަލާވެސް ނުލުމުން ލަވަ ބަދަލުވުމާއި އެކު ޝޫރާ ގޮސް ގޮނޑީގައި އިށީނީއެވެ.އެންމެ ފަހު ފަހަރަށް ލަވަ ބަދަލު ވުމާއި އެކު ހުށިޔާރު ކަމާއި އެކު އެނބުރެމުން ދިޔަ ފަލަކްގެ އަތުގައި ހިފައި ނިކްޔަން އޭނާގެ ގާތަށް ފަލަކް ގެނައެވެ.ސިއްސައިގެން ދިއުމުން ފަލަކް ނިކްޔަން އާދިމާލަށް ބަލާލީ ދެލޯ ބޮޑުކޮއްލައިގެން ހުރެއެވެ.ނަމަވެސް ނިކްޔަންގެ މޫނުމަތީގައިވީ ލާނެއް ހިނިތުންވުން ފެނުުމުން ފަލަކްއަށް ހެވުނީއެވެ.ޕާރޓީ ހޯލުން ނިކުމެވެން އިންނަ ބެލްކަނީ ކޮޅަށް އާލިމް ދިއައީ ފަލަކްއާއި ނިކްޔަންގެ އެ ގާތް ކަން އޭނާއަށް ބަރުދާސްތު ނުވުމުންނެވެ.ބެލްކަނީ ކޮޅަށް ނިކުތް އާލިމް ފެނުމުން ވަގުތުގެ ބޭނުން ހިފާ ރަފްގާވެސް އާލިމްގެ ފަހަތުން ދިއައެވެ.”އާލް”ރަފްގާގެ އަޑު އިވުމުން ފަހަތް ބަލާލި އާލިމް ސިހުނީ އޭނާއާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ރަފްގާ ފެނުމުންނެވެ.ދެން ރަފްގާ ކޮއްލި ކަމަކުން އާލިމްގެ ދެލޯ ބޮޑުވެގެން ދިއައިރު އޭނާ ބެލީ ރަފްގާ ދުރު ކުރެވޭތޯއެވެ.ނަމަވެސް ރަފްގާ އޭނާގެ ހަށިގަނޑުގައި ހިފަަހައްޓައިގެން ހުރި ބާރުކަމުން އެކަން ވާގޮތެއް ނުވިއެވެ.ބެލްކަންޏަށް ނިކުމެގެން ދިއަ އާލިމް ފެނުމުން ޑާންސް ނިންމާލައިފައި ބެލްކަންޏާއި ދިމާލަށް ފަލަކް މިސްރާބުޖެހިއެވެ.”ކްރީޕް މިތާ ކީތް….”ބެލްކަންޏަށް ވަންނަމުން ވާހަކަދެއްކި ފަލަކްގެ ދެލޯ ބޮޑުވެގެން ދިއައީ ފެނުނު މަންޒަރެއްގެ ސަބަބުނެވެ.ވައިރޯޅި އަކަށްވެސް ގޯނާ ނުކުރެވޭނެ ހާ ގާތުގައި ރަފްގާއާއި އާލިމް ތިބި އިރު އެދެމީހުންގެ ދެ ތުންފައިތް ވަނީަ ގުޅިފައެވެ.ފަލަކްގެ އަޑު އިވުމުން ހުރި ބާރެއް ލާ އާލިމް ރަފްގާ ދުރަށް ކޮއްޕާލިއެވެ.އަދި ފަލަކްއާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.އަތުން އެކަން މަނާ ކުރަމުން ފަލަކް އެތަނުން ދުއްވައި ގަތްއިރު އޭނާގެ ދެލޮލުން ދިއައީ ކަރުން އަންނަމުންނެވެ.ދުވެފައި ޕާރޓީ ހޯލުން ނިކުމެގެން ދިޔަ ފަލަކް ފެނުމުން ރަފްގާގެ މޫނުމަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ.ފަލަކްގެ ފަހަތުން ނިކްޔަންވެސް ޕާރޓީ ހޯލުން ނިކުމެގެން ދިއައިރު މިތަން ފެނުމުން ޒުމާ އާއި ލޫތު އާލިމް ހޯދަން އަވަސްވެގަތެވެ.”ރަފްގާ ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ”ފަލަކް ދިޔަ ދިމާލަށް ބަލަން ހުރި އާލިމް ރަފްގާ އާއި ދިމާލަށް އެނބުރެމުން އަހާލިއިރު އޭނާގެ ދެލޮލުގައި ވަނީ އިންތިހާ ރުޅިވެރި ކަމެވެ.”ސޮރީ…އާލް…އެކަމް އަހަރެންނަށް ވެސް އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ކުރެވޭނީ ވަކި ވަރަކަށް…އާލް އައި ލަވްޔޫ ސޯމަޗް…”އަނެއްކާވެސް ރަފްގާ މަސައްކަތް ކުރީ އާލިމްއާއި ކައިރިވާށެވެ.ރަފްގާއެކޭ މޮޔަ ވެފައި ހުރި މީހެކޭ ތަފާތެއް ނެތެވެ.ނަމަވެސް މިފަހަރު އާލިމް ރަފްގާ ދުރައް ކޮއްޕާލިއެވެ.ފަލަކްގެ ކުރިމަތީގައި އޭނާގެ އަގު ވެއްޔާ މޮޑެވިގެން ދިއައީ ރަފްގާގެ ސަބަބުން ކަމުން އާލިމްގެ ހިތުގައި ރަފްގާއާއި މެދު ރުޅިވެރިކަން އުފެދިގެން ދިއައެެވެ.”އަހަރެންގެ ހިތުގަ ރަފްގާއާ ދޭތެރޭ އެކަހަލަ އެއްވެސް އިހުސާސެއް ނެތް…މީގެ ފަހުން އަންނާ ކައިރި ނުވާތި”އިންޒާރެއް ދެމުން އާލިމް އެތަނުން ނިކުމެގެން ދއައިރުވެސް ރަފްގާ ހުރިތާ ހުއްޓި ހުރީ އެވެ.އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ.އޭނާ އެގޮތަށް ކަންތައް ކުރީ މިރޭ އާލިމް ލޫތު އަދި ޒުމާގެ މެދުގައި ދެކެވުނު ވާހަކަ އޭނާއަށް އަޑުއިވުމުނެނެވެ.އާލިމް ފަލަކް ދެކެ ލޯބިވާކަން އިނގުމުން އޭނާ އައި ރުޅީގައި ބޭނުންވީ ފަލަކް އާލިމް މަތިން ފޫހިކުރުވާށެވެ.މިއީ އޭނާއަށް މިވަގުތު ވިސްނުނު އެންމެ މޮޅު ގޮތެވެ.އާލިމް ބެލްކަންޏަށް އައުމުން އޭނާ އާލިމްގެ ފަހަތުން އައީ ފަލަކް އެދިމާލަށް އަންނަން ހިނގައިގަތްތަން ފެނުމުންނެވެ.”އަހަރެންގެ މީހަކަށް ނުވެވެންޏާ ވަކިން އެ ފަލަކްއަށް އާލް ލިބުނަކަ އަހަރެން ނުދޭނަން”ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލަމުން ރަފްގާ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ބުނެލިއެވެ.
ކާރު ތެރޭގައި އިން އިރުވެސް ހުއްޓުމެއް ނެތި ފަލަކްގެ ރީތި ދެލޮލުން ދިއައީ ކަރުނަ އަންނަމުންނެވެ.ކިހިނެއްވީތޯ ނިކްޔަން އެތައް ފަހަރަކު އެހުމުންވެސް ފަލަކް ގެ ފަރާތުން ޖަވާބެއް ނުލިބުުމުން އިތުރަށް އެއްޗެކޭ ނުބުނެ ނިކްޔަން އިނީ ޑްރައިވަރު ވެސް ހުރުމުންނެވެ.އާލިމް އެހެން އަންހެން ކުއްޖަކާ ގައިގޯޅިވެ ހުރި މަންޒަރު ފެނުމުން އޭނާ ދެރަވާންވީ ކީއްވެ ބާއޭ ފަލަކްގެ ހިތައްއެރިއެވެ.އޭނާއަށް އާލިމްއާއި މެދު ހާއްސަ ގޮތަކަށް ދެކެވެނީ ހެއްޔެވެ؟އާލިމް އާ މެދު ފޮނި އުންމީދުތަކެއް ކުރެވުނީ ކީއްވެ ހެއްޔެވެ؟އޭނާއަށް އާލިމް ދެކެ ލޯބި ވެވުނީ ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
75 Comments!
Comments are closed.



Sis I m first dho now only I got I m just gonna read it
Ahaha yes congrats you furst elsa???
Hello afaa……….. My bad 2nd dhw…. ????…. Ekam Dhn nerey prt ehga first comment kureveytho balaanan…… Vvvvvvvv reethi u get story thah
Thankyou ♥️✨
Yayyy I am second varah reethi mi part ves curiously waiting for the next part ☺️
Yes congrats starlight vixx and thankyou❤️
Wow wow.. this is amazing. Enme kiyaahiy vaa hisaabunnehnu thi ninmaaly vx. Can’t wait for the next part..
Ahahaha thankyou yaanaa?
Wowwwww ?????????…… Hama just amazing ♥️♥️♥️♥️♥️♥️♥️♥️♥️ …. Alhe dhn kihinei baa dhww ??????… Btw sisssooooo falakee n yan gulhuvaanee puleeeeeeeex ??????? dhww riloooooooo ♥️♥️♥️ … Waiting for nxt igey siss ….. Lysssssmmmmmm ??????
Stay safe ????
TC ♥️♥️♥️♥️♥️
Lots and lots of love from Afu ♥️♥️♥️♥️♥️♥️
As i said before afuuu darling hama ehme fahu waguthuga ingeyny falak libeny kaakah kann??❤️ Thankyou darlinggg lots of love from me too stay safe?❤️????
Sis I love this part also very beautiful but I have a request and a wish but don’t know weather u will be able to fulfill it
Thankyou wat is it darling?
heartbroken wantss to be first… yaahoo?❤??
Gohodo dhyburi yaahoo a lil late??❤️ Miss you gobolhi??????
It’s in your hands to fulfill it or not this is the first time I requested someone to do something ? for me in a website hope u will fulfil it sis love u ❤️❤️❤️❤️❤️❤️❤️
Alhey wat is it? If possible i will… and you mentioned that you want to contact me ryt?if you have hangouts you can contact me darling:)❤️
U may find it funny but my wish is to !Ake falak and Nik a couple ❤️ really funny dho
Ahahha it isn’t funny darling i understand ehehe story is quite long ingey and adhi emyhun bodu wes waane dhw mibuny 20s ga thaa marry kureweyny so lets see if nikyan gets falak?❤️❤️
Also I have hangouts can u send me your number
@[email protected]
Sis accept my invitation
My email is [email protected]
Sis can u accept my invitation
My email is [email protected]
Sis accept my invitation
In Hangouts
I did 🙂
this is amazing… falak e rulhi a eii kanneyge aalim dheke, ohh nooooo…. plxx e dhemyhun gulhuvachey..
mi rafgaa ulhey gothe ??.. eii dhn meehun ulhey faade tha.. hama gothe hadhan v, eyrun kanne eyna ah vineynyy… dear rafga, aalim and falak is meant for each other.so go and find someone else who will love u. hope this helps ?
varah varah varah varah reethiiiiiii…
Hahahah Thankyou
A mi vaahaka ves mi part ves varah reethi???
Btw this is my first comment to this story….. Varah reethi mi prt.. varh furihama. Story kiyan but buxy veema alhugahdhah comment nukirevenee… Sorry???
Anyway waiting for the nxt prt….??
Btw how old r u…??
Its okay no one and thankyou so much? wrh ufaa wejje comment fenunyma and i am just 15 will be sixteen this year ❤️
Can we be friends then……..????
I’m 14 years old…??
Sure ?❤️
Thankx❤️
Wow…… ❤️❤️❤️ I love this. I’m waiting for the next one. ❤️❤️❤️????
Thankyou nish❤️?
Wowww just amazing…?????.ekm falak loves aaaaalim!!!! I want falak and nikyan alheyyyyy at the end edhemyhun gulhuvaaa dhehchey sisoooo?❤❤❤❤❤❤????? and rafga ulhey gotheh dhw i hate herrrrr ughhhhhhhhhhhh why cant she let others be happyyyy she is so cruellll??????
Tc sisooo ????
Ly stay safe , Curiously waiting for the next part?❤❤❤?
Ahahhaa thankyou nuhyy darling❤️❤️❤️Asluwes rafga hama ??????stay safe lym??
Booooo mi part ves hama varah salhi.♥️?❣. Obiness to the max?♥️?❣..keep it up.. waiting for the next part..up soon.luv u boo and tc. See u♥️?❣☺️??
Thankyou boooo?❤️❤️❤️Lym stay safe cya?
Woohooo. I hope Falak and aalim gulheynekamah. They are so lovely.❤❤❤ varah salhi mi part ves.
Thankyou Aisha❤️Lets hope for the best dhww
Yes.. falak n Salim gulhenee…❤️❤️❤️
?Btw whn nxt prt?
I won’t say anything to that hama end ga ingeyny kaakah tho falak libeny ?? next part i will submit insha allah tonight ?❤️
Aalim actually ???
Auto correction…
Btw sis I have send an invitation in hangouts I think…?
Ok i am checking 🙂
Maasha Allah mi part haadha loaaaaaaabi eyyyyy????????????????????????????????♥️♥️♥️♥️♥️♥️
Sifa kurunthah varah varah varah varah reethi Maasha Allah???????
Rafgaaa???????????????????????????
E Rafga gandeh ge undhagu haadha bodu vejjey????♀️?♀️?♀️ Heyo nuvaane Aalim aa Falak ah ehen nuhadhaaba??????? Aslah rovijjey aphxxx??????
Thankyou naani darling❤️❤️❤️? means alot?alheyy dont cry darling rafga wrh goas dhw asluwes? nurohchey ingey ??
Mi part ves varah Sali,,Perfact?????????? Hama speechless..????
Aley rafgaa ehedy kihinehtha hama huvaa hithaharaa story ah vadhefaa rafgaa karualaafaa aburaa anaanee ey ves.????????? Heheheh. ????Falak ah Alim dheke loabi vevuny kaneyge dhw sis. ??I guess soo.?. sis we can also be friends right❤️❤️?. But I don’t use hangout…. ???
Waiting for the next ….. ?❤️❤️
Love uuu sis ❤️❤️
TC and stay safe❤️❤️
Thankyou ril darling??i wish we cud kill that rafga?yes sure we can be frnds tc love you❤️❤️❤️❤️
Youuu rafgaaaa…i’ll kill yuhhhhh…..Brat….afa alhe kihineh tha ehen viyyy….?????so sad…btw story vvvv.salhi engey….love yuhh
Rafga s evil plans kyhkuraany dhw abu thankyou and lym❤️❤️
Mi story ves v v salhi..v dhera aslu Falak ah vaagoiy…waiting for the nxt part❤️
Yes poor falak dhw?thankyou rane❤️
Wowwwwww…. Awesome ❤. Amazingly incredible story. Mee alhun ah emme kamudhaa story’s ga himenney story. I’m so curious about what’s gonna happen next?? Sis avahah up kohlahchey.. And this is my first comment and sorry for not commenting on other episodes. Masha Allah keep up with the good work ❤✨
Thankyou
Nice story
Ty
Awwwwwwwwn???? falak loves Aalim and dhw… Alhe rafga haadha goahey.. But dhn vaanee Kihineh baaa.. Both sis same boy dheke loabi veema.. Haadha strange love triangle eh…. ? falak puleeeez don’t cry dhoonya.. I Aphxx sis pls don’t hurt falak ingey.. We can’t blame this situation on Rafga also.. It’s just love.. And love is strange and the most complicated word in the dictionary.. ??
Lysm Scarlet ge loabi loabi sisoooo…❤️❤️❤️????? Tvvvvvvvvvvvgc
Ahahaha yes its very strange dhw ekm Love aky wes gadha baarun hoadhey ehcheh noontha dhwww…rafga shud understand that dhww???
Thankyou scarlet lysmmm❤️??❤️❤️❤️
Alheyyy… Afaaaaa… Miss vey v nodah ingey….. Ekam still vvv bxy with my school workss…… Anyways….. Haadha molhey u, maashaa allah keep it up…. May god give u all the happiness in this world…… Love u…. Tc…. ❤️❤️❤️❤️❤️❤️❤️❤️
Miss more raaya❤️❤️ Yes do your all school works ingey firsttt?? thankyou so much raaya lym tc??❤️❤️
Thank u afaa….. Ekam aslu v dhera vey habareh nuveveythee… Sorryy????❤️❤️❤️
Aphxxx insta beynun keran the
Kerannaa id nan bone bilai
Nukuran
Maasha Allah mi part varah salhi sis….this part is speechless sis….falak loves aalim dhw.so cuteeeee ❤❤❤❤❤❤but nik and falak ves varah cute ..curiously can’t wait for next part.whn is next part sis?
Love u nd story tooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Take care ???????????
Thankyou hafu❤️❤️❤️❤️❤️Feelings myt change as well dhwww hehe ly tc??
Alhey falak ah ehn nahadhaa ? e rafgaa e ulheny moya vegen tha Bodu barabo ??aalim and falak Aikko ah gulheny.. Plxxx e dhemyhun gulhuvaidhehche??btw mi vaahaka vrh reethi ingey.. Aneh bayah inthizaaru keraan ?
Baraboleh dhw hama??????ahaha lets see who gets falak AT THE END hehe thankyou aikko?
Alhe when thrr next part up vaany… Im dying to read it ??
Already submitted 17th part last night ?
Aan hama boda baraboleh??
Ahahhaha?
Kon eiraku aneh part up vaanyy ????????? Mihaaru inthizaaru koko moyavehkeh ?????❤❤❤
Yesterday up wejje darling i just saw ur comment❤️
Sorry movavehjeh ?????????????