ޖައިޝް 10
ކުދިކުދި ރާޅު ތަކާ ސަމާސާ ކުރަމުން ދިޔަ ޖައިޝްގެ ތުންފަތުގައި ވަނީ ނުހަނު ރީތި ހިނިތުންވުމެކެވެ. މޫނުމަތި ވަނީ އުޖާލާވެފައިއެވެ.
ޝިޔާން ވެސް ޢޭނާގެ ރައްޓެހިންނާ ވާހަކަ ދައްކާލުމަށް ފަހު މަޑު ހުދުކުލައިގެ ވެލިގަނޑަށް ފައި ވައްދަމުން ޖައިޝްއާ ދިމާލަށް ދިޔައީ ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކާ ސަމާސާ ކުރަމުންނެވެ. އެތައް ދުވަހަކަށް ފަހު ބޭރަށް ނުކުމެލައި މާހައުލުގެ ހިތްގައިމުކަން ހިތަށް ވެރިވުމުން އޭނާގެ ހިތަށް ވަނީ ހަމަޖެހުމެއް ގެނެސް ދީފައިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލާފައިވެއެވެ.
”ޖައިޝް ހިނގާ ދެން ދާން.” ޝިޔާން ގޮސް ޖައިޝްގެ ގާތުގައި ހުއްޓިލައި މޫދުގެ ތެރެއަށް ފައި ލިއެވެ. އަދި މަޑުމަޑުން ހޫރުވަން ފެށިއެވެ.
”އޭން. ހާދަ އަވަހަކަށް ދާން ތިއުޅެނީ. އަދި އައިސް ފަނަރަ މިނެޓްވެސް ނުވާނެ.” ޖައިޝްއަށް ލިބުނު ހައިރާން ކަމުގައި އެހެން ބުނެލެވުނީވެސް ހައިރާންވެފައިވާ ރާގެއް އަޑުގައި އަޅުވާލަމުންނެވެ.
”ކީއް ދެން ކުރާނި. ގެއިން ނުކުމެގެން އައީމަ މަގޭ ފޯނު ރުއިން ހުއްޓާނުލާގެން މިއުޅެނީ. ހިނގަދާން ދެން އަވަހަށް.” ޝިޔާންގެ މޫނުމަތިން ފޫހިކަން ފެންނަމުން ދިޔައެވެ. އަދި ދެމީހުން އަވަހަށް އެތަނުން ނުކުމެ ޕާކް ކޮށްފައިވާ ސައިކަލަށް އަރައި ގެޔާ ދިމާލަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.
ޖައިޝް ސައިކަލު ދުއްވަން އިން އިރު ޝިޔާން އިނީ ޖައިޝްގެ ފަހަތުގައިއެވެ. އެކިއެކި ވާހަކަ ދައްކަމުން ޝިޔާންގެ ގެޔާ ދިމާލަށް މިސްރާބު ޖެއްސެވެ. އަދި ޝިޔާން ގެޔަށް ލައި ދިނުމަށްފަހު ޖައިޝް ދެން ދިޔައީ އޭނާގެ ގެޔަށެވެ.
މަޑު ދުވެލީގައި ދުއްވާފައި ގޮސް ޖައިޝްއަށް ސައިކަލުގެ ދުވެލި މަޑުކުރަން ޖެހުނީ ދެޕޮލިހުން އައިސް ކުރިމައްޗަށް އެރުމުންނެވެ. ހައިރާންވެފައި ޖައިޝް އެދެމީހުންނަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭނގޭ ހާލުއެވެ. ބޭރަށް ނުކުމެގެން އުޅުމުގެ ސަބަބުން އެކި އެކި ސުވާލު ކުރުމަށްފަހު އެދެމީހުން ޖައިޝް ގެޔަށް ފޮނުވާލީ ދެން ދުވަހަކުން ބޭރު ތެރެއިން ފެނިއްޖެނަމަ ޖޫރިމަނާ ކުރާނެ ވާޙަކަ ބުނުމަށްފަހުއެވެ.
އަނެއްކާވެސް ދޫނި ކޮއްޓެއް ފަދަ ގޭތެރެއަށް ވަންނަން ޖެހުމުން ޖައިޝްގެ ތުންފަތުގައި ކުޅެލާފައިވި ލުއި ހިނިތުންވުން ފަނޑު ވެގެން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ގޭތެރެއަށް ޖައިޝް ވަދެގެން ދިޔައިރު ނިޔާޝާގެ އިތުރުން ޒާންގެ ހިތްހަމަނުޖެހުމުގެ ނަޒަރުވެސް ހުއްޓިފައި ވަނީ އޭނާއަށެވެ. ސޯފާގައި ޝިޒާ ގޮވައިގެން އިން ރީޝްއަށް އޭނާ ގެޔަށް ވަދެގެން އައި އިރުވެސް ނޭނގެއެވެ.
”މިހާ އަވަހަށް ކޮންތާކަށް ގޮސް ތިއައީ؟” ޒާންގެ ރުޅިވެރި ބަސްތައް އިވިފައި ޖައިޝްއަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ. ދިޔަ ގޮތަށް ގޮސް ރީޝްގެ ގާތުގައި އިށީންދެ ކޮޑަށް އަތްވައްޓާލިއެވެ. އަދި އެނެއް އަތުން ޝިޒާގެ ފުށްކޮޅެއް ފަދަ ދެކޮލާ ކުޅެން ފެށިއެވެ. ޓީވީއަށް ގެއްލިފައި އިން ޝިޒާއަށް ޖައިޝް ފެނުމާއިއެކު ސޯފާއިން ތެދުވެގެން ގޮސް ޖައިޝްގެ އުނގަށް އަރައި އޭނާގެ ގައިގައި ބައްދާލިއެވެ. ”ޖައިޝް، ދަރިފުޅާއި ރީޝްގެ ގައިގައި އަތް ނުލައި ފެންވަރައިގެން އާދޭ. ތަންތަން ނުދާށޭ ބުނެފަ އޮތް އިރުވެސް ކޮންތާކަށް ގޮސްތަ ތިއައީ؟”
”މަންމާ. އަހަރެން މީހަކާ ކައިރިއެއް ނުވަމޭ. ދެން ކީއްކުރަންތަ ހަތްފެނުލާ ފެންވަރަން ވީކީ. ދެން މިއައީ ގޭގައި އިނެ އިނެ ބޮލަށް ބަރުވާތީ ހިތްހަމަ ޖައްސާލަން ގޮސް.” އަނެއްކާވެސް ޖައިޝް ޝިޒާއާ އެކީ ކުޅެން ފެށިއެވެ. ކުޑަމިނުން ބަލީގެ ނުރައްކާ އާ މެދު ވިސްނާލާ ހެންވެސް ހީނުވެއެވެ. ވާނި ގޮތެއް ނޭނގޭތީ އެކަމާ ފިކުރު ބޮޑުވާ ހެންނެއް ވެސް ނުހީވެއެވެ.
”އެކަމަކު ޖައިޝް. މީހަކާ ކައިރި ނުވިއަސް މީހުންނަށް އެބަ ޖެހޭ. ވައިގެ ތެރެއަށް ސްޕްރެޑް ވާ ވައިރަސް އެއް އެއީ. އެހެންވީމަ ކަމާ ބެހޭ މީހުން ދައްކާ ވާހަކަތަކަށް ޖެހޭނެ ބޯ ލަނބަން. ޝިޒާ ބަހައްޓާފަ ފެން ވަރައިގެން އާދޭ. މެޝިނަށް ގަމީހާ ފަޓްލޫނުލާ. އިނގޭ.” ރީޝްގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ކުރިއަށް ވާނެ ގޮތް، ވާން އޮތް ގޮތް ނޭނގުމުގެ ސަބަބުން އޭނާގެ ކަންބޮޑުވުން އިތުރުން ވާން ފެށިއެވެ. ރީޝް އަވަސް އަވަހަށް ޖައިޝްގެ ކައިރިން ދުރަށް ޖެހިލައި ޝިޒާ ގޮވައިގެން ބަދިގެއާ ދިމާލަށް ދިޔައެވެ. ނަމަވެސް ޖައިޝް އަދިވެސް އިންތަނުން ގުޑާލަން ހިތަށްވެސް ނާރުވައެވެ.
***
”ހެލޯ ރީޝް. ކިހިނެއްތަ ހާލު؟” ފޯނު ނެގިކަން އެނގުމާއިއެކު މީޝާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ. އަދި އުފާވެފައި ހުރެ ވާހަކަދައްކަން ފެށިއެވެ. ދިހަ މިނެޓްގެ ވާހަކަ ދެއްކުމަށްފަހު މީޝާއަށް ފޯނު ބާއްވާލެވުނީ ހިތްހަމަޖެހިފައިވާ ހިތަކާ ގެންނެވެ. ރީޝްގެ ހުރިހާ ކަމެއް ރަނގަޅުކަން އެނގުމުން މީޝާއަށް ފުން ނޭވާ އެއް ދޫކޮށްލެވުނެވެ.
ފޯނު މޭޒުމަތީ ބާއްވާލުމަށްފަހު މީޝާ ގޮސް ސޯފާގައި އިށީންދެލައި ޓީވީ ހުޅުވާލިއެވެ. އަދި ހަބަރުން ކިޔަމުން ދިޔަ ވާހަކަތައް އަޑު އަހަން އިންދާ އޭނާ ސިއްސައިގެން ދިޔައީ މާނިއު ފަހަތުން އޭނާގެ ލޮލުގައި އަތް އަޅާލުމުންނެވެ. ”ކާކު؟ ކޮން ކުއްޖެއްތަ މިއުޅެނީ؟” މީޝާ ލޯބިން ފުރިގެންވާ އަޑަކުން ވާހަކަ ދައްކާލުމާއިއެކު މާނިއުގެ މައުސޫމް އަޑުން ހޭންފެށި އަޑު އިވިގެން ދިޔައެވެ. އަދި އޭގެ ފަހަތުން ދެން އިވިގެން ދިޔައީ ހައިޝަމްގެ އަޑެވެ.
މީޝާ މަޑުމަޑުން މާނިއުގެ އަތް ނަގައިލުމަށްފަހު އެދެއަތުގައި ހިފަހައްޓާލައިގެން އޭނާގެ ކުރިމައްޗަށް ގެނައެވެ. އަދި ވަރަށް ލޯބިން މާނިއުގެ ގައިގައި ބައްދާލުމަށްފަހު ގެނެސް ސޯފާގައި ބައިންދާލިއެވެ. ”މަންމިގެ ދޫނި ކޮންތާކުން ތިޔައީ؟ މަންމަ މުޅި މިގޭ ހޯދައިފިން ދަރިފުޅު ނުފެނިގެން.”
”މިއައީ ބެލްކަނިން ދޯ ބައްޕީ. ކޮއްކޮ މިއައީ އެއްވެސް ކާރެއް ނެތް ރޯޑެއް ކުރަހާލާފަ. މަންމީ މިއޮތި ކޮއްކޮ ކުރެހި ރޯޑް.” މީޝާގެ އަތަށް ކުރަހާފޮތު ގަނޑެއް ދިއްކޮށްލަމުން މާނިއު މީޝާގެ އުނގައި ބޯ އަޅާލިއެވެ.
”މާޝާ ﷲ ދަރިފުޅާ. ވަރަށް ރީތި ވަރަށް ފުރިހަމަ މި ކުރެހުން. ދަރިފުޅު ހާދަ މޮޅު ވެއްޖޭ ދޯ މިހާރު.” މާނިއުގެ ބޮލުގައި އަތް ހާކާލަމުން މިޝާ އެހެން ބުނެލުމަށްފަހު ހައިޝަމްގެ މޫނަށް ބަލައިލިއެވެ. އަދި އެދެލޮލަށް ބަލައިލާ ހިނިތުންވެލިއެވެ.
”މަންމީ. ކީއްވެތަ މިހާރު ރޯޑްގަ އެއްވެސް މީހެއް ނޫޅެނީ؟ ކާރުވެސް ވަރަށް މަދު، ސައިކަލެއް ވެސް ނުފެނޭ. އެހައި މަދުން އޭއްޗެހި ފެނުނީމަ ކޮއްކޮ އޭނީ ކޮންމެ އެއްޗަކުން ވަން އެތި ކުރަހާފަ.” މީޝާގެ އުނގުން ބޯ ނަގައިލުމަށްފަހު މާނިއު ބުނެލިއެވެ. އަދި ހައިޝަމްގެ މޫނަށް ބަލައިލިއެވެ.
”ދަރިފުޅާ އެއީ މިހާރު އެބައުޅެއެއްނު ވައިރަސް އެއް. އެ ވައިރަސް އިން ރައްކާތެރިވާން. އެހެންވެ ދަރިފުޅުމެންގެ ސުކޫލްވެސް ބަންދުވީ. ޕާކް ތަންތަނަށްވެސް ނުދަނީ އެހެންވެ.” ހައިޝަމް ވަކިން އިން ސޯފާއިން ތެދުވެލައިގެން އައިސް މާނިއުގެ ފައި ނަގައިލުމަށްފަހު އެތަނުގައި އިށީންދެ އުނގަށް އަނެއްކާވެސް މާނިއުގެ ފައި ލިއެވެ. އޭރު މާނިއު ދިޔައީ ނިދިއައިސްގެން ތާއްޔާ ޖެހެމުންނެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި މާނިއުއަށް ފުން ނިންޖަކަށް ގެނބިގެން ދިޔައިރު ހައިޝަމް އާ މީޝާ އިނީ ޓީވީއަށް ގެއްލިފައިއެވެ. އެއްދުވަހެއްގެ ތެރޭ ސަތޭކަ މީހުންނަށް ވައިރަސް ޖެހިގެން ދިޔައީތީ ދެމީހުންގެ ހިތުގައި ވެސް ބިރުވެރިކަން އުތުރި އަރައިގަތެވެ.
***
ފަތިހުގެ އަރައިމު ނިދި ނަގައިލުމަށްފަހު ރީޝް އުޅެމުން ދިޔައީ ކެއްކުމުގައިއެވެ. ހަމަ ނިދި ރަނގަޅަށް ނުލިބުމުގެ ސަބަބުން އޭނާގެ ލޯ ކައިރި ކަޅުވެފައި ވި އިރު މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ. ހިކިފައިވާ ތުންފަތުގެ އެކި ތަންތަން ފަޅައިގެން ގޮސްފާވާއިރު މީހާގެ އަތް ދިޔައީ ތުރުތުރު ލަމުންނެވެ. އުދާހުން މުޅި މީހާ ފެންވަރާލާފައިވި އިރު އިރުއިރުކޮޅުން ޝަބްނަމް ތިކިތަކެއް ފަދަ އުދާސްތައް ބުރުގަލުން ފުހެލައިއެވެ.
ނިދައިގެން ހޭލައިގެން ލޯ އުނގުޅަމުން ޖައިޝް އައިސް ބަދިގެއަށް ވަދެލުމާއިއެކު ރީޝް އަށް އެދިމާ ބަލައިލާފައި ހިނިތުންވެލެވުނެވެ. އަދި އަވަހަށް ކާން އިއްތާށޭ ބުނެލެވުނީ ރޭގަނޑުވެސް ނުކައި ހުރުމުން ޖައިޝް ބަޑުހައި ވެފައި ހުންނާނެ ވަރު އެނގުމުންނެވެ. ”އެބަ އަންނަން މޫނު ދޮވެލައިގެން.” ފެން ފޮދެއް ބޯ ލުމަށްފަހު ޖައިޝް ބަދިގެއިން ނުކުމެގެން ގޮސް ކޮޓަރިއަށް ވަދެގެން ދިޔައެވެ.
ހަމައެވަގުތު ނިޔާޝާވެސް ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަދެލިއެވެ. ”ދަރިފުޅާ. ހާދަ އަވަހަކަށް މިއަދު ތި ކައްކަނީ؟” ނިޔާޝާ ސައި ކައްކަން ތައްޔާރުވެލިއެވެ. އަދި މޭޒުމަތި ސާފު ކުރުމަށް މޭޒުމަތީގައި އިސްޕެންޖް ހާކަން ފެށިއެވެ.
ތިރީސް ވަރަކަށް މިނެޓް ކޮޓަރީގައި ހޭދަ ކުރުމަށްފަހު ޖައިޝް އައިސް ބަދިގެޔަށް ވަދެލީ ޝިޒާވެސް ގޮވައިގެންނެވެ. އޭރު ޝިޒާ ވަނީ ފެންވަރުވާ ރީތި ކޮށްލާފައިއެވެ. ހުރިހާ ކަމެއް ކޮށްފައި އެހުރީ ޖައިޝްކަން އެނގުމާއިއެކު ރީޝްއަށް ހިނިތުންވެލެވުނެވެ. އަދި އަވަހަށް މޭޒުމައްޗަށް ކާ އެއްޗެހި އެރުވުމުގައި އުޅުނެވެ. ”މަންމާ ބައްޕަ ހޭލާފިތަ؟” ރީޝް އުޅުނީ ޒާން އަށް ކާން ގޮވަން ދާށެވެ. ނަމަވެސް އޭގެ ކުރިން ޖައިޝް ރީޝް ހުއްޓުވުމަށްފަހު ޒާން އަށް ގޮވަން ދިޔައެވެ.
”މިދަނީ އަދި ބައްޕައަށް ގޮވަން ދާން. އާދޭ ކާން.” ކޮޓަރިން ނުކުތް ޒާން ފެނިފައި ޖައިޝްއަށް މަޑު ކޮށްލެވުނެވެ. އަދި ޒާން އާ އެއްވަރަކަށް ހިނގާލާފައި ގޮސް އޭނާގެ ގޮޑީގައި އިށީންދެ ކެއުމާގެން ކުރިއަށް ދިޔައެވެ.
ކެއުމުގެ މެދު ތެރެއިން ޖައިޝްއަށް ފޯނެއް އަންނަން ފެށުމުން އެންމެންގެ ސަމާލުކަން ވެސް ފޯނަށް ހުއްޓިގެން ދިޔައެވެ. ޖައިޝް ކާން ބޭންދުމަށްފަހު ސޯފާ މޭޒުގައި އޮތް ފޯނު ބަލައި ދިޔައީ ރީޝްއެވެ. ގުޅަނީ ޝިޔާން ކަމަށް ބުނެ ފޯނު ނަގައިލުމަށް ފަހު ޖައިޝްއަށް ފޯނު ދީފައި އޭނާވެސް ގޮސް ގޮޑީގައި އިށީންދެ ކެއުމާގެން ކުރިއަށް ދިޔައެވެ.
އެއްވެސް ވާހަކައެއް ނުދައްކާ ގަނބުވެފައި އިން ޖައިޝް ފެނިފައި އެންމެންގެ މޫނުގައިވެސް ސުވާލު މާކެއް ކުރަހާލެވުނެވެ. ވީ ކިހިނެއްކަން ނޭނގޭ ހާލު ކިހިނެއްހޭ ވީ ވެސް އަހައިލާ ކަށް އެއިން އެކަކަށް ވެސް ހިތްވަރެއް ނުލިބުނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޖައިޝްގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އަތް ތުރުތުރު ލައިގެން އޭނާގެ އަތުން ފޯނުވެސް ވެއްޓިގަތެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Me frst thr… hehe.. btw stry v reethi masha Allah…bodah reesh n jaish ge luv seen seen genesdhehchey?
yeyeyayyyyy.. yess laalu ur first.. congratulations dear.. hehe.. alheyy thank u soo much laalu.. ya will try ingey.. once again thank u sooo much.. stay safe
Woowwww… vrh curious kohlaafa thi ninmaaly… i think shiyan ah covid 19 jehunyhen… bodah heevany… anyways am curiously waiting for the next part
alheyyy thank u soo much raaya.. ooh balamaa dhw shiyan ebuny kykey kan.. maybe raayage thi hiyaalaa ehgothah vs kanthah vedhaane. faharehga nuve ves dhaane.. lets see.. once again thanks a lot.. keep waiting.. stay safe
Vvv reethi mi part vx ingey… Whn nxt… Curiously waiting
alheyy thank u soo much bookworm.. vr avahah kiyaalan libeyne.. keep waiting.. once again thanks a lot dear..
Alheyy mihaaru kihinehbbaa dhw evee??
Im very curious to see what will happen in nxt part??
Ehn part thakekey eh gothah mi part vc varah varah reethi??
Sis ur one of my fav author??
Can’t wait to read nxt part?❤️❤️
Ly❤️ stay safe??
alheyyyy kihineh baa dhw evy.. balamaa dhw evy kihineh kan.. aww thank u sooo much lamko.. it means a lot.. alheyyy vr vr vr vr vr ufaavehjje lamko ge fav author ah v ma.. aslu vs.. keep waiting for the nxt part.. y too stay safe.. lym
kihineh e v????
alhey vrh curious kohllaafa thi ninmaaly??
varah varah reethi mi bai vx?????
masha allah??
curiously waiting for the nxt part???
LYSM????
STAY SAFE❤️❤️
alheyyy balamaa dhw evy kihineh kan.. kon kahala habarehbaa dhw elibuny.. aww thank u sooo much kairaa dear.. once again thank u sooo much.. keep waiting for the nxt.. u too stay safe.. lymm