Skip to content
އެސްފިޔަ

އަންޖަލް (11)

ޕާރޓީ ނިންމާލުމަށްފަހު ދަރުބާރުގެއިން ނިކުމެގެން އެންމެންވެސް ތިބީ އެމީހެއްގެ ކާރު އަންނަންދެނެވެ. އިސްހާޤުގެ ކާރު އައުމުން އާތިކާއާއި އަސްމާ އަދި ޖޫދު ކާރަށް އެރިއެވެ.

” އަންޖަލް އާދޭ ޖައިޝްއާއެކު..” އިސްހާޤު މެން ކާރަށް އަރަން އައި އަންޖަލްއަށް ބަލާލަމުން އިސްހާޤު ބުނެލިއެވެ. އިސްހާޤުގެ ބަހަކާ ދެކޮޅުހަދަން ނުކެރުމުން އަންޖަލް ގޮސް ޖައިޝް ކައިރީ އޭނާގެކާރު އަންނަންދެން މަޑުކޮށްލިއެވެ. އިސްހާޤުމެން ދިއުމުން ދަރުބާރުގެ ބޭރުގައި ތިބީ ޖައިޝްއާއި އަންޖަލް އެކަންޏެވެ. ކާރުގެ އިންތިޒާރުގައި ހުރި އަންޖަލް އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. ޖުނާން އެގޮތަށް ނުކުމެގެން ދިއުމުން އަންޖަލް ކަންބޮޑުވިއެވެ.

” ކިހިނެއްވީ.. ޖުނާންއަށް ގުޅާލަބަލަ…” ޖައިޝްއަށް އަންޖަލް ކަންބޮޑުވެފައި ހުރިތަން ފެނުމުން ހިތާ ދެކޮޅަށް ބުނެލިއެވެ. އަންޖަލް ހީވަނީ ޖައިޝް އެކަމަށް ހުއްދަ ނުދީގެން ހުރިހެނެވެ. ވަގުތުން ފޯނުނަގާ ޖުނާންއަށް ގުޅާލިއެވެ. ކާރުއައިސް މަޑުކޮށްލީ އެވަގުތުއެވެ. ޖައިޝް އަންޖަލް އަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ. އަންޖަލް ކާރަށް އެރުމުން ޖައިޝްވެސް ފަހަތު ސީޓުގައި އިށިދެލިއެވެ.

” އަޅެ ފޯނެއް ނުނަގާ..” އަންޖަލް ބުނެލިއެވެ. ޖައިޝް އޭނާގެ ފޯނުނަގާ ޖުނާންއަށް ގުޅާލިއެވެ.

***

މޭޒުމަތީގައި ރިންގުވެ ރިންގުވެ އޮތް ފޯނަށް ބަލަހައްޓާއިގެން ޖުނާން އިނެވެ. އަންޖަލް އެހާ ބޮޑު ލަދެއްގެ ތެރޭ ހުރިއިރު އޭނާއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. އެއްކޮޅުން ވިހާ ބޮޑުކުރި މަންމައެވެ. އަނެއްކޮޅުން އެންމެ ލޯބިވާ މީހާއެވެ. ޖުނާން ބޮލުގައި އަތްއަޅާލީ އޭނާއަށް އަންޖަލް ގެއްލޭހެން ހީވާތީއެވެ. ތެދުވެގެން އައިސް ފޯނު ނިއްވާލިއެވެ.

***

“ނުނަގާ ދޯ…” ކަންބޮޑުވެފައި އަންޖަލް އަހާލިއެވެ. ޖައިޝް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ގޭދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ޖައިޝް އައިސް އަންޖަލް ފައިބަން ކާރުގެ ދޮރު ހުޅުވަދިނެވެ. ޖައިޝްގެ މިފަދަ ކޮންމެ ހަރަކާތަކުންވެސް އަންޖަލްގެ ހިތުގައި ވިންދެއް ޖަހާލައެވެ. ޖުނާންވެސް ނުކޮށްދޭފަދަ ކަންތައް ޖައިޝްގެ ފަރާތުން އަންޖަލްއަށް ފެނެއެވެ.

ދެމީހުން އައިސް ގެޔަށް ވަތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. ކުޑަކޮށް އަދިރިކޮށް ގޭތެރެ އޮތުމުން ސިޓިންގް ރޫމުގައި ޖުނާން އިންކަން ދެމީހުންނަކަށްވެސް ނޭގެއެވެ. ޖައިޝް މަޑު މަޑުން އަންޖަލްގެ ފަހަތުން ހިގަމުން ދިޔައެވެ. އަދިރީގެ ތެރޭގައި ވަރަށް ފަރިތަކަމާއެކު އަންޖަލް ހިގަމުން ދިޔައެވެ.

” ތީ ހިޔަޅެއްތަ.. ކޮންފަދަ ފަރިތަކަމެއް..” ޖައިޝް ބުނެލިއެވެ. އަންޖަލް ހިނިގަޑު ދިޔައީ ފަޅައިންނެވެ. ޖައިޝް މި ބުނިއެއްޗެއް އަންޖަލް އަށް މަޖާވިއެވެ. ޖުނާން އަށް އަޑެއް ލައްވާލާކަށްވެސް ނުކެރުނެވެ. މިރޭ ވެގެން ދިޔަކަންތަކަށް އޭނާ އިންތިހާއަށް ދެރަވެއެވެ. އަންޖަލްއަށް އެހީވާން އޭނާ ކިތަންމެ ބޭނުންވިޔަސް އޭނާގެ މަންމަ އެކަން ހުއްޓުވިކަން އަންޖަލްއަށް އަންގަން ބޭނުންވިއެވެ. އެވާހަކަ ދައްކަން ތިރީގައި އަންޖަލްގެ އިންތިޒާރުގައިވެސް އިނީ އެހެންވެއެވެ. ހެމުން ހެމުން ގޮސް އަންޖަލް އޭނާގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ހެދުން ބާލަން އަންޖަލްއަށް އުދަގޫވިއެވެ. ޒިބު އަޅުވާފައިވުމުން ވަރަށް ހާލުން ފަހުތުގައި އިން ޒިބު ނައްޓާލުމަށްފަހު އެއްޗެހި ބަދަލުކޮށްލިއެވެ. މަރީ މިރޭ ކުރި ކަންތަކަށް އަންޖަލް މަރީއަކަށް މާފެއް ނުކުރާނެއެވެ. މީ މަރީ އަންޖަލް އަށް ލަޑެއް ދޭންވެގެން ގަސްދުގައި ކުރިކަމެއްކަން އަންޖަލްއަށް އެގެއެވެ. މިވަގުތު މަރީވެސް އޮންނާނީ ނިދާފައި ކަމުން މާދަން ހެދުނު މަރީއާ ސުވާލު ކުރަން އަޒުމްކަޑައަޅައިގެން ފެންތައްޓެއް އަޅައިން އައިސް ގޮޑީގައި އިށީން ތަނާ އަންޖަލްގެ ފޯނަށް މެސެޖެއް އައެވެ. ޖުނާންގެ ނަން ފެނުމުން އަންޖަލް އަވަސް އަވަހަށް މެސެޖަށް ފިއްތާލިއެވެ. އަދި ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލާލިއެވެ. އޭރު ޖުނާން ތިރީ ގޯތިތެރޭގައި ހުއްޓެވެ. އަންޖަލް ދުވެފައި ތިރިއަށް އައިސް ޖުނާން ގައިގާ ބައްދާލިއެވެ. ހަޤީޤަތުގައި އަންޖަލް އެހެން ކަންތައް ކުރީ އެގަޑީ ރުޅިއައިސް ލަދުގަނެފައި ވުމުންނެވެ. ފަހުން ޖުނާން އެގޮތަށް ދިއުމުން ރުޅިއާދެވުނީ ކޫސަނި ކަމަކާކަން އަންޖަލްއަށް އިހުސާސްވިއެވެ.

ދުވެފައި ނުކުތް އަންޖަލް އަސްމާއަށް ފެނުނެވެ. މިހާ ދަންވަރު އަންޖަލް ދުވެފައި ބޭރަށް ނިކުތީ ކީއްކުރަންބާއޭ އަސްމާގެ ހިތަށް އެރިއެވެ. އަންޖަލް ފަހަތުން އައިސް ދޮރު ކައިރީގައި އަސްމާ މަޑުކޮށްލިއެވެ. އޭނާގެ އަތުގައި އޮތް ފެންޖަގު އަތުން ދޫވީ ފެނުނު މަންޒަރަކުންނެވެ. ޖުނާން ގައިގާ އަންޖަލް ބައްދާލައިގެން ހުރިތަން ފެނުމުން އަސްމާގެ ރުޅިގަޑު ފަޅައިން ދިޔައެވެ. މިދަޑިވަޅުގައި ޖަގަޑާހަދަން އަސްމާ ބޭނުން ނުވުމުން އެބުރި ގޮސް ކޮޓަރިއަށް ވަނެވެ.

” ހިގާލަންދާނަން..” އަންޖަލް ދުރުކޮށްލުމަށްފަހު އޭނާގެ މޫނަށް ބަލާލަމުން ޖުނާން އަހާލިއެވެ. އަންޖަލް ހެވިލާފައި އަތްދިއްކޮށްލީ ދާން ހިގާށޭ ބުންމުންނެވެ. ރަސްފަންނާއި ޖުނާންމެންގެއާ އިންނަނީ އެންމެ 3 މިނިޓުގެ ދުރުމިނެކެވެ. ދެމީހުން އަތުގައި ހިފައިގެން ހިގާލާފައި ގޮސް ރަސްފަންނަށް ވަނެވެ. ދަންވަރުގެ ވަގުތު ކަމުން މަގެއްމަތިން މީހެއްވެސް ފެންނާކަށް ނެތެވެ. ދޭތެރެއަކުން ސައިކަލެއް ދުއްވާލާކަން އެކަންޏެވެ. ހިތްގައިމު ވައިރޯޅިތަށް ޖެހެމުން ދިޔައެވެ. އަންޖަލް ހުރީ ކުޑަކޮށް ހީކަރުވައިގަނެފައެވެ. އަންޖަލްއަކީ ފިންޏަށް ވަރަށް ބަލި މީހެކެވެ. މާ ބޮޑަށް ފިނިވެއްޖެނަމަ އެހާ ކިބިހި އަޅާނެއެވެ. ޖުނާން އަންޖަލް ގަޔާ ކައިރިކޮށްލިއެވެ. އަދި ހިގާފައި އައިސް އެތާގައި އިން ޖޯލީގައި އަންޖަލް ބައިންދާލިއެވެ.

” އަހަރެން މިރޭ ވީ ކަންތަކަށް މާފަށް އެދެން… ” ޖުނާން އަންޖަލްގެ ފިނި އަތުގައި ހިފާލަމުން ބުނެލިއެވެ.

” އަހަންނަށް އެގޭ ޖުނާން ގަސްދުގަ ނުންކަން އެހެން ހެދީ.. އެތާ ވަރަށް މީހުން ތިއްބެއްނުން…” އަންޖަލް ކިބިއްސެއް އަޅާލަމުން ބުނެލިއެވެ.

” އާނ…” ޖުނާން ބޭނުންވީ އަސްމާއާ ހެދި ނުދެވުނު ވާހަކަ ބުނަންށެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުކުރެވުނެވެ. މަންމަ އަންޖަލް އެހާ ގާތްނުވުމަށް ބުނި ވާހަކަ ބުނާކަށް ޖުނާން ބޭނުމެއް ނޫނެވެ.

” އަންޖޫ… މިސާލަކަށް އިގޭ… މިސާލަކަށް މަންމަ ބޭނުން ނުވަނިއްޔޯ އަންޖޫ އާ އަހަންނާ ގުޅެން.. ދެން އަންޖޫ ކިހިނެއް ހަދާނީ…” ޖުނާން މިހެން ބުނުމުން އަންޖަލް އަށް ހައިރާން ކަމެއް ލިބުނެވެ. މީގެ ކުރިން ޖުނާން މިފަދަ ވާހަކައެއް އަންޖަލް ގާތަކު ނުދައްކައެވެ.

” ދެން ކީއްކުރާނީ.. އަހަރެން ޖުނާންއާ ދުރުވާނީނުން..” އަންޖަލް މިހެން ބުނެލީ ޖުނާން ކިޔާނެ އެއްޗެއް ބަލާލުމަށެވެ. ޖުނާން އަންޖަލްގެ އަތުގައި އެއަށްވުރެ ބާރަށް ހިފާލިއެވެ.

” އަންޖޫ.. ތިހެން ދެން ދުވަހަކުވެސް ނުބުނަށްޗޭ.. އަހަންނަށް އަންޖޫ އާ ނުލާ ނޫޅެވޭނެ… ” ޖުނާން އިސްޖަހާލަމުން ބުނެލިއެވެ.

” އައްދޭ.. ކިހިނެއްވީ.. ޖުނާން ތިބުނީ މިސާލަކަށޭ… އެކަހަލަ ދުވެހެއް ނުދައްކަވާތޯ އަހަރެން އަބަދުވެސް ދުއާކުރަން.. އައި ރިއަލީ ލަވް ޔޫ ޖުނާން..” އަންޖަލް ޖުނާންގެ ކޮޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

***

ޖައިޝް ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިއުމަށެވެ. ހެދުނު ތެދުވެ ފެންވަރާލައިގެން ތައްޔާރުވުމަށްފަހު ސައިބޯން ތިރިއަށް ފޭބިއެވެ. އޭރު އެކަކުވެސް ފެންނާކަށް ނެތެވެ. ކާގެ ތެރެއިން އަންޖަލްގެ އަޑު މަޑުމަޑުން އިވެމުންދިޔައެވެ. ކިތަންމެ މަޑޫން އިވުނަސް ޖައިޝްއަކަށް އަންޖަލްގެ އަޑެއް ނޯޅޭނެއެވެ. ޖައިޝް ކާގެއާ ދިމާލަށް މިސްރާބު ޖެހީ އަންޖަލް ބިރުގަންނަވާލުމުގެ ނިޔަތުގައެވެ. ކާގެއަށް ބޯދިއްކޮށްލިވަގުތު އަންޖަލް މަރީގެ އަތުގައި ހިފަހައްޓައިން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޖައިޝް ހަލުވިކަމާއެކު އައިސް މަރީގެ އަތް ފޮޅާލިއެވެ.

” މިބުނީނުން ބުނާށޭ.. މަރީ އަހަރެންދެކެ ތިހާ ރުޅިއައިސް އަހަންނަށް ތިހާ ޖެއްސުން ތިކުރަނީ ކީއްވެ.. އަހަރެން މަރީއަށް ކޮންކަމެއް ކޮށްގެންތަ؟” އަންޖަލްގެ ލޮލުން ކަރުނަ ހިލުނެވެ.

” އަޅުގަޑު ކީއްތޯ ކުރީ؟” ފަހަތުން އާތިކާ އައިސް ވަތްތަން ފެނުމުން މަރީ މަކަރުވެރި ގޮތަކަށް ދެރަވާ ކަމަށް ހެދިލިއެވެ. އޭރުވެސް ޖައިޝް ހުރީ މަރީގެ އަތުގައި ހިފައިންނެވެ.

” ޖައިޝް ކަލޭ މަރީއާ އަޅައިގަތީތަ އޭނ… އަހަންނަކަށް ނުބުނެވޭތަ އަހަރެން މިގެއަށް ގެނެސް ހުންނަ މީހުންނާ ނުބެހޭށޭ..” އާތިކާ އައި ރުޅިގައި މަރީ އެތަނުން ބޭރަށް ދާން ބުނެލިއެވެ. ސައިބޯން ތިރިއަށް ފޭބި ޖައިޝްގެ މުޅި މޫޑު ހަރާބުވިއެވެ. ސައިވެސް ނުބޮއެ އެތަނުން ނިކުމެގެން ދާން ހިގައިގަތް ތަނާ ގޭގެ އެންމެން ކަހަލަ ގޮތަކަށް ސައިބޯން އައިސް އިށީދެލިއެވެ. އިސްހާގު ވެސް ހުރުމުން ޖައިޝް އައިސް އިށީނުމަށްފަހު ފެންތައްޓެއް އެކަނި ބޯލިއެވެ. ޖުނާން އަންޖަލްއަށް ބަލާލާ ގޮތުން އަންޖަލް ރަކިވެގެންދެއެވެ. މީއަސްމާ އަށް ބަލަން ކުޅަދާނަ ވާވަރު ކަމެއް ނޫނެވެ. އަންޖަލް އާއި ޖުނާންގެ ގުޅުމެއް އޮންނަކަން މިހާރު އަސްމާ އަށް އެގެއެވެ. އެކަން ހުއްޓުވަން އޭނާ ކޮންމެ ގޮތެއްވެސް ހަދާނެއެވެ. ޖުނާން ސައިބޮއެ ނިންމާލާފައި ދާން ތެދުވަމުން ބޮލުގެ އިޝާރާތުން އަންޖަލް ގާތު އައުމަށް އެދުނެވެ. އަންޖަލް އޭނާގެ ކޯޓު ނަގާ އަތްދަބަސް ކޮޑުގައި އުޅުވާލުމަށްފަހު ތެދުވެގެން ހިގައިގަތެވެ.

” އަންޖަލް މީގެ ފަހުން ޖައިޝް އާ އެކު އޮފީހަށް ދޭ.. ތީ މިހާރު ޖައިޝްގެ ސެކެޓްރީއެއްނުން..” ޖުނާން އާއި އަންޖަލް ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރީ އިސްހާޤު މިހެން ބުނެލުމުންނެވެ. އަސްމާ ފުން ނޭވާއެއް ދޫކޮށްލީ އޭނާ އެހެން ބުނަން އުޅެނިކޮށް އިސްހާޤު ބުނެލުމުންނެވެ. އޭނާ މާ ބޮޑު ކަމެއް ނުކޮށް އަންޖަލް އާ ޖުނާން ދުރުކުރަން ފުރަތަމަ ފިޔަވަޅު އިސްހާޤު އަޅާދިނުމުން އަސްމާ އުފާވިއެވެ. ނަމަވެސް އިސްހާޤު މަޤްސަދު މުޅިން ތަފާތެވެ. ޖައިޝް އަށް އަންޖަލް ކަމުދާކަން އިގުނު ދުވަހުން ފަށައިން އިސްހާޤު ބޭނުން ވަނީ ޖައިޝް އާއި އަންޖަލް ގުޅުވާށެވެ. އެގޮތުން އެފުރުސަތު ދިނުމަށްޓަކައި ޖައިޝްއާއެއްކޮށް އަންޖަލް ފޮނުވަން އޭނާ ބޭނުންވީއެވެ.

“ލައްބަ..” އިރުކޮޅަކު ޖަވާބު ނުދީ ހުރުމަށްފަހު އަންޖަލް ބުނެލިއެވެ. އިސްހާޤުގެ ބަހަކާ ދެކޮޅު ހެދުމަކީ މިއަދު އަންޖަލް އަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ އެކަނިވެރިވި ދުވަހު އެއްލާ ނުލާ އަމިއްލަ ދަރިއެއްފަދައިން ބަލާނެކަމަށް އިސްލާޤު ވަނީ ބުނެފައެވެ.

***

އޮފީހަށް ވަދެގެން އައި ޖައިޝް އާ ދިމާލަށް ސޮނިވެއްޓިފައި އަންހެން ކުދިން ބަލަމުން ދިޔައެވެ. ކޯޓު ފާޓުލޫނު ލާފައި ހުރި އިރު ޖައިޝްގެ ފިރިހެންވަތަކަން އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. އަންޖަލް އޭރު ފަހަތުން އަންނަ ކަމެއް އެމީހުންނަކަށް ނުފެނެއެވެ. ލިފްޓަށް އަރަން ދިޔަ އަންޖަލް ފެނުމުން އަންހެން ވެރިން ކުދި ކިޔަން ފެށިއެވެ.

” ޕިސް އަންޖަލް ހާދަ ލަކީ އޭ ދޯ.. މިހާރު އެގޭ ޖައިޝްގެ ސެކެޓްރީއަކަށް… އަހަރެން އަދި ހުރީ އެޕޯސްޓަށް ކުރިމަތި ލާންވެގެން..” އެތަނުން އެކަކު ބުނެލިއެވެ.

” އަހަރެން އަޑު އެހިން ސިހުރު ހަދައިން އެގޭގަ އަންޖަލް އެއުޅެނީ.. އެންމެން ލޯމައްޗަށް ދަޅަ ދައްކައިގެން..” ދެންހުރި މީހާ މިހެން ބުނިއަޑު ލިފްޓް އަންނަންދެން މަޑުކޮށްލައިގެން ހުރި އަންޖަލް އާއި ޖައިޝް އަށް އިވުނެވެ. ޖައިޝް ފަހަތަށް އެބުރި ހިގައިގަންނަން އުޅުމުން އަންޖަލް ޖައިޝްގެ އަތުގައި ހިފާލުމަށްފަހު ދެކޮޅަށް ބޯ ތަޅުވާލީ ނުދާށޭ ބުނުމުގެ ގޮތުންނެވެ. އޮފީހަށް އައި ފުރަތަމަ ދުވަހު މީހުން ޖައިޝްދެކެ ރުޅިއަންނާކަށް އަންޖަލް ބޭނުމެއް ނޫނެވެ. އެވެސް އަންޖަލް އާހެދިއެވެ. އަންޖަލްގެ އަތް ދުރުކޮށްލުމަށްފަހު ޖައިޝް ހިގާފައި އައިސް އެވެރިން ކައިރީ މަޑުކޮށްލިއެވެ.

” ދެކުނިންތަ..” ޖައިޝް އެ އަންހެން ކުއްޖާއާ ދިމާލަށް ބަލާފައި ބުނެލިއެވެ.

” ކޯންޗެއް…  ކޯންޗެއްތޯ..” އެ އަންހެން ކުއްޖާ ކުޑަކޮށް ޖެހިލުންވިއެވެ.

” ދެކުނިންހޭ އަންޖަލް ސިހުރު ހަދަނިކޮށް… ” އަޑަށް ބާރު ލަމުން ޖައިޝް ބުނެލިއެވެ. އެ ކުއްޖާ ބިރުން އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ.

” ނުފެންނަ ކަންތައް ތަކާ އަޑު އިވޭ ކަންތައް ތަކަކީ ހަޤީޤަތެއްތޯ ނުބަލާ ފާޑު ފާޑުގެ އަޑު ނުފެތުރިއްޔާ އަހަންނަށް ރަގަޅީ… މިފަދަ އަޑު ފަތުރާ އޮފީސް ތެރޭ މަސްލަހަތު ނަގާލާ މީހުންނަށް މި އޮފީހުން ޖާގަ ނޯންނާނެކަން އަބަދުވެސް ހަދާން ކުރާތި..” ޖައިޝްގެ ކޮންމެ ބަހެއްވެސް އަންޖަލް ކަނުލާ އަޑު އަހަމުން ދިޔައެވެ. މިގޮތަށް ކުރިންވެސް އަންހެން ވެރިން އޭނާ އޭ ކިޔައިން އެތަކެއް ވާހަކަ ތަކެއް ދައްކާފައިވެއެވެ. ޖުނާންއަށް ވެސް އެކި ދުވަސް މަތިން މިފަދަ ވާހަކަ ދައްކާ އަޑު އިވެއެވެ. ނަމަވެސް ޖުނާން އެކަންތައްތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާއެވެ. މީ ޖައިޝް އޮފީހަށްއައީ ފުރަތަމަ ދުވަހެވެ. އަންޖަލް އޭ ކިޔައިން އެއްޗެއްކޭ ބުނި އަޑު އިވުމުން ޖައިޝް އަނެއްކާވެސް އަންޖަލްގެ ދިފާއުގައި ނުކުތީއެވެ.

“ތޭންކްސް..” ޖައިޝް އައިސް ލިފްޓަށް އެރުމުން އަންޖަލް ބުނެލިއެވެ.

” އަހަރެން ކުރިންވެސް ބުނިންދޯ މީހުން ކިޔާހާ އެއްޗަކާ ކުރާހާ ކަމެއް ބަލަން ނުހުންނާށޭ… އެހެންނޫނަސް އަންޖަލް ނުން ކޮންމެ މީހަކަސް އަހަރެން މިހެން ކަންތައް ކުރާނީ..” ޖައިޝް ބުނެލީ ދޮގު ހަދަމުންނެވެ. ހަޤީޤަތުގައި އަންޖަލް އާ ދިމާލަށް މީހަކު ބާރަށް އެއްޗެއް ބުނުމަކީ ވެސް ޖައިޝް އެދޭ ކަމެއް ނޫނެވެ. ޖައިޝްގެ ކެބިން ކުރިމަތީ ޖުނާން ދެކޮޅަށް ހިގާލަ ހިގާލާ ހުއްޓެވެ. ހެވިފައި އައި ޖައިޝް އާއި އަންޖަލް އެވަގުތު އޭނާ އަށް ފެނުނެވެ. ކޮޓަރިއާ އަރާ ހަމަވުމުން ޖުނާން އަންޖަލް ގާތަށް ޖެހިލިއެވެ.

” އަންޖޫ.. އަހަރެން ކެބިންނަށް އާދެބަލަ..” އަންޖަލްގެ އަތުގައި ހިފާލަމުން ޖުނާން ބުނެލިއެވެ. އަންޖަލް ޖުނާންގެ ފަހަތުން ހިގައިގަތް ވަގުތު އަންޖަލްގެ އަނެއް އަތުގައި ޖައިޝް ހިފާލިއެވެ. މިކަމުން އަންޖަލް އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއްފަހަރު ޖައިޝް މޫނަށް ބަލާލަމުން އަނެއް ފަހަރު ޖުނާންގެ މޫނަށް ބަލާލީ ހަދާނެ ގޮތް ހުސްވުމުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Afu

    Yay me first dhww ???????♥️♥️♥️… Alhe varah varah reethi mi prt vx Masha Allah ???????? n alhey haadha curious kohshey thi nihmaaly …. Anjal kaakaa ehkoh baa dhww dhaanee …. Waiting for nxt ….
    Salanghae ❤️❤️?❤️?❤️?❤️?❤️
    Stay safe ??????
    TC ?????
    Saranghae ♥️?❤️♥️?❤️♥️♥️❤️??❤️?❤️?❤️????????

    1. Krystal
      Afu

      Hahaha yes afu first dhw.. congrats ❤❤
      Awwnn thank you afu ?????
      Hehe afu ah heevany kaakaa ehkoh hen dhaany???
      Nado saranghae ??
      Stay safe and tc

  2. راني

    مشا الله its febulas.. alhe aneh prt pls pls pls avahah up kohdhehchey….❤❤❤❤❤❤❤❤❤

    1. Krystal
      راني

      Thank you راني ???
      Insha allah avahah upkohdheynan ingey ?

  3. Bookworm

    Masha allah?…vvv reethi mi part vx?…curiously waiting for the nxt part?…lysm dear???

    1. Krystal
      Bookworm

      Thank you bookworm??
      LyT ????

  4. ?Black Swan?

    Masha Allah Varah reethi mi part ves.. Curiously waiting for the nxt part.. Saranghae EONNIE.. Lysssssssssssssmmmm???????

    1. Krystal
      ?Black Swan?

      Thank you sweety??
      Nado saranghae.. jal jinaesseo??

  5. Kookie

    Krystal sia jaish aa ehkoh anjal fonuvaa. Ekam fahun fahun varah dheravey thin meehunnah ekaku dheke loabi vevuneema.???? E thanun dhe meehehge heart break vefa ekakah dho libeyny?. E mary e hunnany kihineh vefatha. Magey hithah araa ??eyna boluga ehchakun jahaa faanamey. Jaish kahala meehun thibeyny varah madhun.?? I’m so curious.
    Hama heevany korean lovestory eh hen.Krystal sis please aadheys kohfa mi bunany avahah anih bai up koh dhee. Much loves. Stay safe sis ❤❤❤❤

    1. Krystal
      Kookie

      Hahaha.. jaish aa ehkohtha hama fonuvan v?? Ekm anjal loabivany junan dhekeye… yuh thives thedhuvahaka eh.. ekm kihineh ingeny aneh dhemyhunnah ves hama caring kudhin kolheh libdhaane nun ???
      Hahahah.. thadhuvaa varah nujahahchey anehkka… asluves dhw.. jaish kahala meehun v madhu ???
      Haha.. insha allah avahah upkohdheynan inge kookie… stay safe ❤❤

  6. Bluebird

    Awwwwwwn now What will happen????? ?????
    Maashaa Allah very nice…… ????????
    I like it soooooo????? soooooo??????? soooooo ????soooooo ???????much……
    This story is very ??????very ?????very very ?????very ????very ?????niiiiiicccccceeeee…….. ????
    Keep it up my sweeeeeeeeeet eonnie……☺️☺️☺️???☺️☺️☺️
    사랑해 언니 ❤️❤️❤️❤️❤️???????❤️❤️❤️❤️❤️??????❤️❤️❤️❤️❤️❤️❤️❤️❤️??????
    조심해요…. ?????????????????????보라해…….

    1. Krystal
      Bluebird

      Thank you dongsaeng ❤
      Nado saranghae.. dhen vaagoi balan hurey???

  7. ?Ril?

    Hiiii siooo????
    Jal jinesseyo??
    Masha Allah sis . This part is also amazing….. ????keep it up sis?????
    Waiting for the next….????
    Saarangeyo❤️❤️❤️❤️❤️❤️
    Joshimheyo❤️❤️❤️❤️❤️

    1. Krystal
      ?Ril?

      Hello ril dongsaeng!!! How how..
      Nae jaljinaejji…
      Thank you ril ❤❤❤
      Nado saranghae ❤❤

  8. Laya

    Masha allah sis.. mi part hama varah reethi… awwnnnn so romantic ❤❤❤
    Sis laya ah jaish dheyn v nuntha… he is way too sweet… v jai vey….
    Saraghae sis.. hope you reply to this msg… sis vahaka nudhahkaathy laya varah dheravey

    1. Krystal
      Laya

      thank you laya.. hahaa laya hama jaish gendhanv.. krystalge ehves mahssalaeh nei…
      alhey.. krystal layage comments ah reply kuramey.. dheranuvahchey..

  9. stry lover

    Masha allah??… Vvv reethi mi part vx?… Anjal dheyny jaish ah ingey? nd not to that junaan?… Junaan anjal dheke asluves loabi vaanama anjal ge dhifaauga nukunnaane dhw?… Whn nxt?… Curiously waiting??… Lysm darl❤️??… Saranghae sissyyy????❤️

    1. Krystal
      stry lover

      thank you stry lover 🙂
      hahaha.. junaan dheke haadha rulhi eh thiai.. junaan ah nukerunynun dhaan… 🙂
      lysm tc 😀

Comments are closed.