ލޯތްބައްޓަކައި(13ވަނަ ބައި)
”ބަލަ ލައިލާ ތީ ނުވިސްނޭ ކުޑަކުއްޖެއްތަ..ނިކަން ތި ބޮލުގެ ބޭނުން ކޮއްބަަލަ…އޭނަޔައް ލާރި ދެންޏާ ހަމަ ދޭހާ ވާނީ…އެނޫނަސް އުލްފާގެ މަރަށް މިއަހަރު ދެ އަހަރު ފުރޭނެ…އޭނާގެ މަރަކީ އެންމެންގެ ލޮލައް އެކްސިޑެންޓެއް..އޭގެ ހަޤީޤަތް އިތުރު މީހަކައް އިނގުނަކަ އަހަރެން ނުދޭނަން”ދެން ހަނީފުގެ ދުލުން އިވިގެން ދިޔަބަސްތަކުން އައި ރުޅިޔާ އެއްވަރައް އާލިމް ދެރަވެސް ވިޔެވެ.ކަތުރު ކަށިގަނޑައް ވާންވެގެން ދިއައިރު ހަނީފްމެން ކޮޓަރީދޮރުގައި ހިފަން އާލިމް ހިއްލާލި އަތް އަނބުރާ ގެންނަން ޖެހުނީ ހާޖަރާ އާލިމްގެ އަތުގައި ހިފައިގެންގޮސް އޭނާގެ ކޮޓަރިއައްވެއްދުމުން ނެވެ.އޭރު އާލިމްގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ.
***********
ގެއަށް އައިސް ވަތް ނިކްޔަން އެންމ ފުރަތަމަ ވެސް ވައިތްގޮތައް ގޯރީ ގާތުގައި ނުހާ ކޮބައިތޯ އަހާލިއެވެ.ގޯރީ ނުހާ އޮތީ ނިދިފައި ކަމުގައި ބުނުމުން ކޮޓަރިއަށް ގޮސް ފެންވަރައިލައިގެން ނިކްޔަން މެންދުރު ނަމާދު ކޮއްލިއެވެ.”ނިކް ބައްޕަ ގުޅި…”ކޮޓަރިން ނިކުތް ނިކްޔަންއަށް ސޯފާގައި އިން ރޫމާގެ އަޑު އިވުމުން ޤަބޫލު ނުކުރެވޭ ކަހަލަ ގޮތަކައް ރޫމާއާއި ދިމާލަށް ބަލައިލިއެވެ.”މަންމަ މެސެޖެއް ކޮއްފަ ކިޔައިދިނީ މިއަދު ކަންތައް ވީގޮތް…ދެން ގުޅައިގެން ވަރަށް ގިނައިރު ނުހާޔާ ވީޑިއޯކޯލް ކޮއްގެން އިނީ…އެހި ނިކް ކޮބާހޭވެސް…”ރޫމާ ކިޔައިދިނެވެ.”މަންމަ މެސެޖު ނުކުރި ނަމަ އޭނަ ނުވެސް ގުޅީސް…މިހާރު އެންމެ ފަހުން މިކޮޅައް އައިތާ ފަސްމަސް ވަނީ…އެކޮޅައް ދިޔަފަހުން މަންމަ ބުނެބަލަ އޭނަ އަމިއްލަޔައް ފެނިގެން އަހަރެމެންގެ ހާލު ބަލާލަން ގުޅާލި ދުވަހެއް…”ނިކްޔަންގެ ހިތުގައި ނަޔާޒް އާ މެދު ވީ ޝަކުވާއެވެ.ނަޔާޒް އޭނާގެ ހުރިހާ ވަގުތެއް ހޭދަ ކުރަނީ ވިޔަފާރީގެ ކަންކަމުގައެވެ.ދަރިންނާއި އަނބިމީހާއަށް ވަގުތު ދީއެމީހުންނާއި އެކު ވަގުތު ހޭދަ ކުރުމަކީ އެއް އިރެއްގައިވެސް ނަޔާޒްއަށް މާމުހިންމު ވީ ކަންތަކެއް ނޫނެވެ.ރޫމާވެސް އެއްޗެކޭ ނުބުނެ އިނީ އޭނާގެ ހިތުގައިވެސް އެ ޝަކުވާ ތައް ފުނިޖެހި ބަންޑުންވާން ކައިރިވެފައި ހުރީމައެވެ.
***************
ހާޖަރާއަށް އާލިމްގެ އަތުގައި ހިފައި ކޮޓަރިއަށް ވެއްދުނީ ހަމަ ކިރިޔާއެވެ
އެނޫނީ މިއަދު ގޭތެރޭގައި ކަންތައްގަނޑެއް ހިނގާނެ ކަން ޔަޤީނެވެ.”އާލް”ހާޖަރާ އާލިމްއަށް ގޮވާލީ އެތައް އިރެއް ވެގެން ދިޔަ އިރުވެސް އާލިމް ބަހެއް ނުބުނެ ފާޑަކަށް ގަބުއަރާފައި އިންނަން ފެށުމުންނެވެ.އިިވި ދިޔަ ވާހަކަތަކުން އާލިމްގެ ހިތުގައި އޮތް ޝައްކު ޔަޤީނައް ބަދަލުވެގެން ދިޔައިރު އޭނާ އިނީ އަދިވެސް އެވާހަކަ ތައް ޤަބޫލު ނުކުރެވިފައެވެ.ނަމަވެސް ހަނީފުގެ އަނގައިން ބޭރުވި ކޮންމެ ލަފްޒެއް އޭނާގެ ކަންފަތުގައި ހަރުލައިފިއެވެ.އެއީ ހަމަ އޭނާގެ ބައްޕަ ހެއްޔޭ އާލިމްގެ ހިތައްއެރި އެވެ.ކިތަންމެ ނުބައިވިޔަކަސް ހަނީފްއަށް މީހެއްގެ ދިރިއުޅުން ނަގާލަން ކެރިދާނެ ކަމަކައް އާލިމް ހީ އެއް ނުކުރެއެވެ.އޭނާ ކުރީގައި އުލްފާގެ މަރުގެ ތުހުމަތު ހަނީފްގެ ބޮލުގައި އަޅުވަނީ އުލްފާ އެކްސިޑެންޓުވީ ހަނީފް ރަނގަޅައް އުލްފާ ނުބެލުމުން ކަމައް އޭނާ ޤަބޫލު ކުރާތީއެވެ.އަދި އެހާ އަވަހައް ހަނީފް އެހެން މީހަކާ އިނުމުން އެކަމާ ހިތްހަމަ ނުޖެހޭ ތީއެެވެ.ނަމަވެސް މިއަދު ހުރިހާ ހަޤީގަތެއް މިއޮތީ އޭނާގެ ކުރިމަތީގައެވެ.ފަރުދާގެ ފަހަތުގައި ތިބެގެން ލައިލާ އާއި ހަނީފް ހިންގި ޖަރީމާ މިއޮތީ ފަޅާ އަރާފައެވެ.އާލިމްގެ ލޯބިވާ މަންމަ ގެ ގާތިލަކީ ހަމަ އޭނާޔާ އެއްފުރާޅެއްގެ ދަށުގައި އުޅޭ އޭނާގެ ބައްޕައެވެ.މިއަދު އެކަމުގެ ޤާބިލްކަން ނެތަސް އެ ޤާތިލުންނައް އެމީހުންގެ ކުށުގެ އަދަބުދޭން އާލިމް ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ.ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އާލިމް އިންތަނުން ކޮއްޅައް ތެދުވީ އާ އަޒުމަކާއި އެކީގައެވެ.
****************
އަސުރު ނަމާދައް ބަންގި ގޮވުމުން ކިޔަވަން ސްޓަޑީ ޓޭބަލްގެ ކައިރީގައި އިން ފަލަކް ތެދުވެގެން ގޮސް ފާހަނައަށް ވަނެވެ.ފެންވަރާލައިގެން ނިކުމެ އަސުރު ނަމާދު ކޮއްލުމައްފަހު ކުޑަ ގޮތަކައް ރީތި ވެލައިގެން ފަލަކް ތިރިއަށް ފޭބިއެވެ.އޮފީހުގައި އަވަދިނެތި އުޅުމަށްފަހު ފާލިހް ގެއަށް އައީވެސް ހަމަ އެވަގުތު ގައެވެ.ފާލިހްގެ އެދުމަށް ބައްޕައާއެކީ ހަވީރުގެ ސަޔައް އިންސާފުކުރުމުގައި ފަލަކް ބައިވެރި ވިއެވެ.”ދަރިފުޅު ސުކޫލުގެ އެއްވެސް ޕޯސްޓަކައް ކުރިމަތި ލައިގެންތަ ތިއުޅެނީ…؟ރަފް ބުނި ރަފް ކުރިމަތިލީ ޤޭމްސް ޑެޕިއުޓީއަށޭ”ފާލިހްގެ ޖުމްލައާއެކު ފަލަކް ފާލިހާއި ދިމާލައް ބަލާލަމުން ބޯޖަހާލިއެވެ.އޭނާ ކުރިމަތި ލީ މަޤާމު ބަދަލުވިކަމީ ނަސީބެކޭ ފަލަކްގެ ހިތައް އެރިއެވެ.ނޫންނަމަ އޭނާ ރަފްގާޔާ ވާދަ ކުރަން ޖެހުނީސްއެވެ.”އަޅުގަނޑު ކުރިމަތިލީ ސުކޫލް ޑެޕިއުޓީ ކެޕްޓަންއަށް”ފަނޑު ހިނިތުންވުމާއެކު ފަލަކް ބުނެލިއެވެ.ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ މީހުން ބުނެއުޅެނީ މިހެންވެތާއޭ ފަލަކްގެ ހިތައް އެރިއެވެ.އެވަގުތު ގޭދޮރުގެ ބެލް އަޅާލުމާއި އެކު ސިޑިން ފައިބައިގެން އައި ރަފްގާ ދޮރު ހުޅުވާލިއެވެ.ކުރިމަތީގައި ހުރި ޝޫރާ ފެނުމުން މަންމާ ދަނީއޭ ރާއިދާ އަށް އަޑު އިޭވަރައް ބުނެލުމައްފަހު ޝޫރާއާއި އެކު ނިކުމެގެން ދިއައެވެ.ސައި ބޮއެ ނިމުމުން ފަލަކް ބޭނުންވީ ނުހާގެ ގާތައް ގޮސްލާށެވެ.ގޭ ދޮރުގައި ބެލްއަޅަލި އަޑު އިވުމުން ގޯރީ ގޮސް ދޮރު ހުޅުވާލިއެވެ.އެތެރެއިން ރޫމާ ކާކުހޭ ބުނެލި އަޑުވެސް އިވުނެވެ.ވަދެގެން އައި ފަލަކް ފެނުމުން ރޫމާ ނުހާގާތައް ހެއްޔޭ އަހާލިއެވެ.ފަލަކް ބޯޖަހާލުމުން ރޫމާ ފަަލަކްއަށް ނުހާގެ ކޮޓަރި ދައްކާލަ ދިނެވެ.”ފަލަކް ދައްތާ އާދޭ އިށީނދޭ”އެކޮޓަރިއަށް ވަދެގެންއައި ފަލަކް ފެނުމުން ނުހާ ބުންޏެވެ.މުޅި ކޮޓަރި ފަރުމާ ކޮއްފައިވަނީ މަޑު ދަނބު ކުލައިންނެވެ.ބޮޑު އެނދުމަތީގައި މޮނޮޕޮލީ ބޯރޑު ފަތުރާލައިގެން ނުހާ އާއެކު ފޯރީގައި މޮނޮޕޮލީ ކުޅެން އިން ނިކްޔަންއަށް ފަލަކް ފެނުމުން އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ.ލައިގެން ހުރީ ކަޅުކުލައިގެ ރަތް މާތަކެއްޖެހީ ފައި ފޮރުވޭވަރުގެ އަތްކުރު ހެދުމެކެވެ.އުނަގަނޑާ ދިމާލުން ވަނީ ހެދުމުގެ ފޮތިކޮޅަކުން ބަންދެންހެން އައްސާލާ ޓައީ ގޮށެއް ޖަހާލެވިފައެވެ.ކަރުގައި ދޯޕައްޓާއެއް ނެތަސް އެދޮން ކަނދުރާ މިއަދު ފޮރުވާލައިފައި ވަނީ ހާމަޔައް ދޫކޮއްލައިފައި އޮތް މުށި ކުލައިގެ ދިގު އިސްތަށިގަނޑުންނެވެ.ހިނިތުންވެލަމުން ފަލަކް އައިސް އިށީނދެލީ ނިކްޔަންއާއި ކުރިމައްޗައް ވާ ގޮތަށެވެ.”ދޮންބޭ އަލުން ސްރާޓް ފަލަކް ދައްތަ އަށްވެސް ލައިގެން”ނުހާގެ އަޑައް ސިހިފައި ކަހަލަ ގޮތަކައް ނިކްޔަން އަލުން ކަރުދާސް ރުފިޔާތައް ބަހަން ފެށިއެވެ.މަޖަލާ ސަކަރާތުގައި ނުހާއާއެކު ފަލަކްއާއި ނިކްޔަން މަޢުރިބު ނަމާދައް ބަންގި ގޮވަންދެން ކުޅެން ތިބީ ފޫހި ކަމެއް ނެތިއެވެ.ބަންގި ގޮވުމުން ފަލަކް ގެއަށްދާން ތެދުވުމުން ފަލަކްއާއި އެކީހެން ނިކްޔަންވެސް މިސްކިތައްދާން ނިކުތެވެ.”ފަލަކް…ވަރަށް ބޮޑަށް ތޭންކިޔޫ…”ލިފްޓުގެ ކައިރީ މަޑުކޮއްލަމުން ނިކްޔަން ބުނެލުމުން ފަލަކް ކޮންކަމަކައް ހެއްޔޭ އަހާލިއެވެ.”އަސްލު ތެންކިޔު އަކުން ފުއްދާލެވޭ ވަރައް ވުރެންވެސް މާ ބޮޑު ކަމެއް ފަލަކް ކޮއްދިނީ…މިއަދު ފަލަކް އެތަނަށް ނުދިޔަ ނަމަ ނުހާ…..”ނިކްޔަން އަށް ބުނެވުނީ އެހިސާބަށެވެ.ފަލަކް ނިކްޔަންގެ އަނގަމަތީ އަތްއެޅީ އިތުރަށް ވާހަކަ ނުދެއްކުމަށް އެދެމުންނެވެ.ފަލަކްގެ ކުއްލި އަމަލާއި އެކު ނިކްޔަންއަށް ފަލަކް އާ ދިމާލަށް ބަލާލެވުނެވެ.އޭރު އެ ވިލު ނޫކުލައިގެ ދެލޮލުގެ ތެރޭގައި ކަރުނަ ބޮނޑިވެފައި ހުއްޓެވެ.”ނުހާ އަކީ އަހަރެންގެވެސް ކޮއްކޮއެއް ކަމަށް އަހަރެން ދެކެނީ…އާއިލާގެ މީހަކު ވަކިވުމަކީ ކޮންކަހަލަ ކަމެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ…އަނެއްކާ އެކަން ތަކުރާރުވާކަށް އަހަރެން ނޭދެން…ނަސީބެއް އެއީ އެވަގުތު އެތާގަ އަހަރެންނަށް ހުރެވުން…އެއީ މާތްﷲ ގެ ކުޅަދުންވަންތަކަން..ނިކްޔަން ޝުކުރުވެރި ވާން ވީ އަހަރެންނަކަށް ނޫން…އެކަލާނގެއަށް…”ނިކްޔަންގެ އަނގަމަތިން އަތް ނަގަމުން ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ފަލަކް ވާހަކަ ދެއްކިއެވެ.ފަލަކްގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން ނިކްޔަންއަށް އުނދަގޫ ވިއެވެ.އެ ކަރުނަތައް ފޮހެލާދީ ފަލަކް އޭނާގެ ހިމާޔަތުގެ ދަށަށް ގެނެސް އެމޭގައި ފޮރުވާލަން ހިތްއެދެނީ ކީއްވެ ބާއެވެ.”ފަލަކް، ނިކްޔަން އޭ ކީމަ ވަރަށް އޮޑް ނިކް ކިޔަން ވީނު”ފަލަކް ދެރަވެފައި ހުރުމުން ނިކްޔަން ސަމާސާ ކޮއްލީ ފަލަކް ހެއްވާލުމަށެވެ.އޭނައަށް އެކަން ކާމިޔާބު ވެސް ވިޔެވެ.”އެންމެންވެސް ނިކް ދޯ ކިޔަނީ..އެހެންވީމަ އަހަރެން ތަފާތު އެއްޗެއް ކިޔަން ބޭނުމީ…އަމްމްމް…ޔަން ކިޔަސް އޯކޭތަ؟”ހީލަމުން ކުޑަކޮއް ވިސްނާލަމުން ފަލަކް ބުނެލިއެވެ.ފުޅާ ހިނިތުންވުމަކާއެކު ބޯ ޖަހާލަމުން އެންމެ ރަނގަޅޭ ނިކްޔަން ބުނެލިއެވެ.”ސޯ ފްރެންޑްސް ޔަން؟”ސަލާމައް އަތް ދިއްކޮއްލަމުން ފަލަކް އަހާލިއެވެ.އެއަތުގައި ހިފަމުން ޔެސް ފަލްކީ އޭ ނިކްޔަން ބުނެލިއެވެ.ލަސްނުކޮއް ނިކްޔަން އަވަސްވެގަތީ މިސްކިތައް ދިއުމަށެވެ.ފަލަކްވެސް އަވަސް އަވަހައް ގެއަށް ގޮސް ނަމާދައް އެރިއެވެ.
އާދުވަހަކަށް އިރުއަރައި ދުނިޔެއަށް އަލިކުރަން ފެށުމާއެކު މާލޭގެ މަގުތައް ހަލަބޮލި ވާން ފެށިއެވެ.ހޭލަ މޭލަ ވެ އުޅޭ މީހުން ގިނަވާންފެށިއެވެ.ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިއައީ އެމީހެއްގެ މަންޒިލަށް ވާސިލު ވުމަށެވެ.ނަމަވެސް އެއްވެސް މަންޒިލެއް ނެތި އުޅޭ މުސާފިރުން ވެސް ވަކި މަދެއް ނޫނެވެ.ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ މީޓިންގް ރޫމަށް ސުކޫލުގެ އިސްމަޤާމު ތަކަށް ނޮމިނޭޓްވި ޤާބިލު ކުދިން އެއްވެ ތިބީ މީޓިންއަކަށެވެ.ސުކޫލުގެ އިސްވެރިން ކެމްޕެއިނުގެ ކަންކަމާއި މަޤާމަށް ކުދިން ހޮވުމުގެ ޕްރޮސެސް ހުރިހާ ކުދިންނަށް ރަނގަޅަށް ކިޔާދިނެވެ.މީޓިންގް ނިންމާލައިފައި ދިޔަ ހުރިހާ ކުދިން ވިސްނަމުން ދިއައީ ކެމްޕެއިނާއި މެދުގައެވެ.ކެމްޕެއިނު އޮންނަނީ ދެދުވަސް ފަހުން ކަމުން އެންމެން ހޭފޭނާރާ އުޅުނީ އެ މަސައްކަތުގައެވެ.
ދެދުވަސް ފާއިތު ވެގެން ދިއައީ ހީވެސް ނުކުރާހާ އަވަހަށެވެ.ސުކޫލަށް އައިސް ހަދައިގެން ގެނައި ޕޯސްޓާރ ތައް ކެންޓީން އޭރިއާ ގައި ހިއްޕާލުމަށް ފަހު އެނބުރި ކުލާހަށް އައި ފަލަކްއާއި ޒުމާއަށް ހައިރާން ކަމެއް ލިބުނީ އެމީހުން ޕްރިންޓު ކޮއްގެން ގެނައި ބެޖްތައް އަޅާފައި ހުރި ކޮތަޅު ކުލާހުގައި ނެތުުމުންނެވެ.މުޅި ކުލާސް ތެރެ ހޯދައި ބަލައި ވެސް ނުފެނުމުން ކުރާނެ ކަމެއް ނޭނގިފައި ދެކުދިންނަށް ތިބެވުނީއެވެ.”އަޅެ ކޮންތާކަށްތަ އެކޮތަޅު އެދިޔައީ…ކާކުތަ އެ އެފޮރުވީ…”ކުލާހުގެ އެކި ދިމަދިމާލަށް ބަލަމުން ޒުމާ ވާހަކަދެއްކިއެވެ.އޭރު ކުލާހުގެ އަނެއް ފަޅީގައި ތިބި ރަފްގާއާއި ޝޫރާގެ މޫނުމަތީގައި ވަނ ކާމިޔާބީ އާއި މަކަރުވެރިކަމެވެ.”ޒުމް އޭފޯ ގަނޑުތައް އެބަހުރިތަ؟”ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ފަލަކް އަހާލިއެވެ.”އާން އެބަހުރި…ކިިހިނެއްވީ؟”ޒުމާ ސުވާލު ކޮއްލިއެވެ.”އެ ގަނޑޫ ތަކާ މަރކާރ ސެޓު ހިފައިގެން ހިނގާބަ ލައިބްރަރީ އަށް..އަވަސް..”ފަލަކް އެދުނު ފަދައިން ޒުމާ ކަންތައް ކުރިއެވެ.ލައިބްރަރީ އަށް ގަޑި ކަޓުވާފައި ދާން ބޭނުން ނުުވިޔަސް އިތުރު ގޮތެއް ނެތެވެ.ދަމުން ޒުމާ އާލިމް އަށާއި ލޫތައް ވެސް މެސެޖެއް ފޮނުވާލާ ވެގެން އުޅޭ ގޮތް އަންގާލިއެވެ.ފަލަކްމެން ލައިބްރަރީ އަށް ދިޔަތާ މާގިނައިރެއް ނުވަނީސް އެދެމީހުންވެސް އައިއްސިއެވެ.ބްރޭކް ގަޑި ޖެހުމުގެ ކުރިން އެ މީހުނަށް ނިންމާލެވުނީ ހަމަ ކިރިޔާއެވެ.އޭފޯ ސައިޒް ޕޭޕަރު ތަކުން ހިމަ ދިގުކޮއް ގަނޑު ކޮޅު ތަކެއް ކަފައި އޭގައި ލިޔަން ޖެހޭ އިބާރާތް ކޮޅު ލިޔެ ވަގުތު ހަމަ ނުވަނީސް ނިންމާ ލެވުމުން ފަލަކް ހުރީ ހިންހަމަ ޖެހިފައެވެ.އަދި އޭނާއަށް އެހީވެދިނީތީ އެންމެނަށް ޝުކުރު ވެސް އަދާ ކުރިއެވެ.ނަމަވެސް ޒުމާގެ ސަމާލުކަން ހުރީ އެހެން ދިމާލަކަށެވެ.ކުރީ ދުވަހު ރަފްގާއާއި ޝޫރާގެ ފަރާތުން ފެނުނު މަންޒަރު ތަކުގެ ސަބަބުން މިއަދު ބެޖުތައް ގެއްލުމުން އޭނާއަށް އެމީހުނަށް ޝައްކު ކުރެވެނީއެވެ.ބެޖުތައް ފޮރުވީ އެމީހުނޭ އޭނާގެ ހިތް ބުނަނީއެވެ.”އޭ ޒުމް ކޮންތާކަށް ގެއްލިފަ؟”ގެނައި ސާމާނުތައް ހިފައިގެން އާލިމް އާއި ފަލަކް ލައިބްރަރީ އިން ނިކުމެގެން ދިއައިރުވެސް ޒުމާ އިންތަނުން ގުޑި ނުލާ އިނުމުން ލޫތު އަހާލިއެވެ.”އެ މީހުން ދިއައީ ދޯ…ހިނގާ ދާން”ޒުމާވެސް އަވަހަށް އިން ތަނުން ތެދުވިއެވެ.އޭނާއަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ އަތުގައި ހިފައި އެތަނުން ފޮތް ހަރުގަނޑުތައް ހުރި ދިމާލަށް ލޫތު އޭނާ ގެންދިއުމުންނެވެ.އޭރު ލޫތުގެ މޫނުަތީގައި ވަނީ ލާނެއްކަމުގެ ވިދުވަރެކެވެ.ޒުމާ ހުރީ ދެލޯ ބޮޑު ކޮއްލައިގެން ލޫތް އާއި ދިމާލަށް ބަލަހައްޓައިގެނެވެ.އެ ފޮތް ހަރުގަނޑުތައް ހުރީ ފާރާއި ވަރަށް ބޮޑަށް ނިވާވެފައި ކަމުން އެކަކަށްވެސް އެތާގައި ބަޔަކު ތިބި ތަނެއް ނުފެންނާނެ އެވެ.ލޫތު މަޑު މަޑުން ޒުމާއާއި ކައިރިވަމުން ދިއައެވެ.މިހާރު ޒުމާހުރީ ލޫތުއާއި ފޮތް ހަރުގަނޑާއި ދެމެދުގައެވެ.”ލޫތް..މީހަކަށް ފެނިދާނެ”ލަދުން އިސްޖަހާލަމުން ޒުމާ ބުނެލިއެވެ.”އަހަންނަށް ހެޔޮ މީހަކަށް ފެނުނަސް މިއަދު އަހަރެންނަށް ޖަވާބެއް ނުދީ ޒުމާއަކަށް ނުދެވޭނެ”ޒުމާގެ ކަންފަތާއި ކައިރިވެލަމުން ލޫތު ވާހަކަދެއްކީ ވައި އަޑުންނެވެ.ލޫތްއާއި އެހާ ގާތުގައި ހުންނަން ޖެހުމުން ޒުމާގެ ހިތް ދިއައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.”ދެން ބުނެބަލަ އަހަންނާ ރައްޓެހި ވާނަންތަ؟”މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ލޫތު ޒުމާއާއި ކޮއްލި ސުވާލު އޭނާ ތަކުރާރު ކޮއްލިއެވެ.އިސްޖަހައިގެން ހުރި ޒުމާ އިސްއުފުލާ ލޫތްއާއި ހަތަރު ކަޅި ހަމަކޮއްލަމުން ފުޅާ ހިނިތުންވުމަކާއި އެކީ ޔެސް އޭ ބުނެލިއެވެ.އަދި ލޫތުގެ އަތް ދަށުން ރެކި ގަންނަމުން ގޮސް ލައިބްރަރީ އިން ނިކުތެވެ.އޭރު ލޫތުގެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.ގިނަ އިރު ކުަރަން ނަހަދާ އޭނާވެސް އަވަސް އަވަހަށް ތިރިއަށް ދާން އަވަސްވެގަތެވެ.
ފޯރިޔާއެކު ހުރިހާ ކުދިން ކެމްޕެއިނު ކުރަމުން ދިއައިރު ފަލަކްގެ އަތުގައި ހުރި ބެޖުތައް ފެނުމުން ރަފްގާއާއި ޝޫރާގެ ދެބުމަ ގޮއްޖެހިގެން ދިއައެވެ.ފަލަކް ކެމްޕެއިނަށް ގެނައި ބެޖުތައް ފޮރުވީވެސް އެދެމީހުނެވެ.ފޯރިޔާއެކު ކެމްޕެއިން ނިމުމުން ދެން އޮތީ ވޯޓު ލުމެވެ.ވޯޓުލުމަށް ހުރިހާ ކުދިން ހޯލަށް ޖަމާވެ ހިސާހިތަކު ވޯޓުގެ ކަންތައްވެސް ނިމިއްޖެއެވެ.ވޯޓުގެ ނަތީޖާ މިއަދު ގެއަށް ދިއުމުގެ ކުރިިން ލިބޭނެ ކަމުގައި ބުނުމުން ކުލާހުގައި އިން އިރުވެސް ފަލަކް އިނީ ނުތަނަވަސް ވެފައެވެ.ބައެއްފަހަރު ނުތަނަވަސް ވެގެން ގޮސް ނިޔަފަތި ވެސް ހަފައިލެވެއެވެ.އެންމެ ފަހު ގަޑި ޖެހުމުން ހުރިހާ ކެންޑިޑޭޓުން މީޓިން ރޫމަށް އައުމަށް ގޮވާލިއެވެ.”ރަފް އަހަރެން ހޮވޭނެ ދޯ”ތެޅިތެޅި އޮތް ހިތަކާއެކު މީޓިންގް ރޫމްއާއި ހިސާބައް އާދެވުމުން ޝޫރާ ރަފްގާގާތުގައި އަހާލިއެވެ.ބޯޖަހާލަމުން ރަފްގާވެސް އެތެރެއަށް ވަންނަން މިސްރާބު ޖެހީ އޭނާވެސް ކުޑަކޮން ހާސްވެފައި ހުރުމުންނެވެ.މީޓިން ރޫމުގެ ބޭރުން ފަލަކް ފެނުމުން ނިކްޔަން އިޝާރާތުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެލިއެވެ.ހިނިތުންވެލަމުން ފަލަކް ވެސް މީޓިންގް ރޫމަށް ވަނެވެ.ދުރުގައި ހުރި އާލިމްއަށް މިމަންޒަރު ފެނުމުން މެޔަށް ފާޑެއްގެ ގޮތެއް ވެގެން ދިއަހެން ހީވިއެވެ.މީޓިންގް ރޫމަށް ހުރިހާ ކުދިން ހަމަ ވުމުން ލީޑިން ޓީޗަރުން ނަތީޖާ އިއްވަން އަވަސްވެގަތެވެ.އޭރުވެސް ފަލަކްގެ ހިތް ދިއައީ ބާރުބާރަށް ތެޅެމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.



Masha allah?..mi part vx v salhi n unique???..curiously waiting for the nxt part☺️..keep up the good work dear?..lysm?..
Thankyou so much bookworm?lym and congrats you first ?
Thank u aphxxc
Salaam everyone…here is 13th part..hope you all will like it..
If you have anything to tell or ask regarding the story’s current track please feel free and let me know thrgh comments
Stay safe love you all❤️
Sorry?????.. I was wrong..aphxxx..hope u won’t be offended at me for writing your name wrongly?..once again sooorry?
Alhey when did you write it wrong?it’s completely fine?
Sorry?????.. I was wrong..aphxxx..hope u won’t be offended at me for writing your name wrongly?..once again sooorry?
It’s completely fine i dont minddd?
Thnk u for not minding me …I’m relieved now… ??
Rafgaaaaaaaaaaa???????????????… Varugadha insaaneh mee shoora aa dhemeehun kidnep kohlan v dhww riloooo n ahuu n siss …. Ahuu mithaa ebaulhn thr ….. Btw this part is habeys ♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️…. Hama speechless ??????? …. Alhe I think falak hoveyne thwche dhww rilooo ahuu …. Nxt prt avas kohlahchey…. Can’t wait… Btw waiting ???????????….. Lots and lots of love from Afu ????????????????????…. Stay safe ????
TC ?????
Lysssssmmmmmm ???????❣️❣️❣️❣️❣️❣️❣️❣️
Dhw rafga ah wejje bondi eh dheyn hama ???thankyou afu darling stay safe lymmm❤️❤️❤️❤️❤️????
Aaaan Hama huvaamibunee dhw I am ready ey afuuu. I ah ves heevanee falak hoveyne henney. ?????☺️☺️???❤️??
Alhey booo haada curious kohllaaafa thi ninmmaaleee.falak hovahchey konmes magaamakah.. e shoora aa rafga hovaane kameh neiy?. Haadha foohseh veyey e dhemeehun falak aa jahsaalaagen ulheythee???. Btw mi part ves hama varah salhi?♥️✌❣?. Keep it up boo. Love u and see u. Tc?♥️
Ahahaha curiosity is good??thankyou boo see you tmrw lymm❤️❤️
Alhey Aalim moya??a you can’t get Falak only Nickyan can get Falak only Nickyan .. anyways mi part ves varah reethi ingey… Curiously waiting for the next part ☺️☺️☺️
Ahahhaa but seems like aalim likes falak dhw or maybe loves herrrr hingaa balamaa kaakah tho falak libeny????thankyou darling?
Alheyyyyyy haadha avahah thi nimmaaly… ???
I Shaaa Leah falak hoveyne…. ?? Alhe Aphxx darling,, make that possible… Puleeeeeeeeeeeeez…. Feeling pity for Aalim….? his dad and step mom haadha gohey… My besty hn hama mi Aalim vs sifa vaathy aa ehkh I’m in his side ingey, #afu #ril.. Hehehe real life Aalim ah vs falak liben Beynumey… Lol… Aphxxx dhooonyaa ur the best ingey hama….. جزاك الله خير
Lysm…. ❤️❤️???????
InShaaAllah falak hoveyne***
Awwww thankyou scarlet??asluwes aalim ge life is very sad dhw lets hope alimageh fennaane kamah awas musthagu baleh ga dhww….and falak libeyne myheh hama ingeyny ehme fahu waguthu ga ingey ly darling stay safe❤️❤️???
Masha allah…masha allah…vvvvv reethi mi part vx??..mulhi stry mihaaru 7 faharu kiyaalevijje..hama vvv salhiey buneveyny???…I just love it?…lysm darl❤️?
Alheyyyy ?❤️❤️❤️❤️Thankyou so much shaayan lym???
woooww… ??.. varah varah varah reethi… everyone says that they want, nik and falak, but i love aalim and falak more.. they look so adorable when fighting ?… love this story ❤️
Eyeee hehhe thankyou
Masha Allah sis mi part ves Hama amazing. ?????Alim ah ingunee dhw eynage mom ge death truth….???☺️ Mi shooraa aa rafgaa mihaaru maamachashey edanee dhw sis…. ???I hate them for disturbing falak…?????
Btw I think falak hen dhw hoveynee… ☺️☺️??
Waiting for next sis??????
Love uuuuuu ❤️❤️??
TC❤️❤️❤️??
Stay safe❤️❤️❤️?
Ahahaha dhw rafga and shoora ulhey goii dhw????aalim sad dhw yess?thankyou darling lets see wht happens ly stay safe?❤️
Maasha Allah mi part ves varah salhi ???????????????
Sifa kohdheefa hunna goii varah loabi ingey????????????
Aalim????? Huvaa mi Shoora akaa Rafga gandah landeh dheyn vejje???????????????
Dhemeehun kure ekaku ves nuhoveynama majaa vaane ???
asluwes dhw ekaku wes nuhoweynama kada waane ??edhemyhunnah bondi eh hama boan dheyn wejje???alhey thankyou so much naani ly❤️❤️❤️?
plxx reply to my comment too..??…
I think your comment was awaiting moderation ehnwe nufenuny
Wow?…sissy…mi part vx vvv salhi ingey?…v reethi sifakurunthah vx…alhe Falak ah dhera gotten nahadhache ingey plx?…luv u n ur stry darl…keep it up dear…whn nxt…curiously waiting…
Hey stry lover…thankyou im very happy you guys find it nice means alot?❤️❤️?you all ge comments rlly motivates me to write❤️❤️ Thankyou once again and next part i will submit tmrw?
Woooooooooooooooooooooow….. Hama vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv impressive vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv Loabi kaige mathin hama handhaan kohdhey ingey…. ? ? ?????????????????????????????????????????????LOTS OF LOVE……. ???????????????????????????????????????????????????????????????????????????????????????????????
Ahahaha ayeeeeee❤️???thankyou naya stay safe ly?
Haaaai afaaaaa.. I miss u darling…. Mi part vc haadha reehchey…. Omg curiously waiting for the nxt part love you darling?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
Hey raaaya imyt?thankyou so much❤️?❤️?❤️