ނޭދެމޭ ދުރުވާކަށެއް ލޯބިވާ…10
ހަވީރުގެ ހިތްގައިމު ވަގުތެވެ. މާލޭގެ ހަމަހިމޭންކަން ގެއްލުވާލައިފައި ވަނީ މަގުމަތީގައި ހޭލަމޭލަވެ އުޅުނު މީހުންނާއި ދުއްވާ އެއްޗެހީގެ ސަބަބުންނެވެ. ލާރާ މަޑު ހިނގުމެއްގައި ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފޯނަށެވެ. އެންމެ ހިނދުކޮޅަކަށް ވެސް ފޯނުން ނަޒަރު ވަކިކޮށް ނުލާ ހިނގަމުން ދިޔަ ލާރާ ގޮސް ލައިގަތީ ކުރިމަތިން ލާފައި އައި މީހެއް ގައިގައެވެ. ހަމަ އެއާއެކު ލާރާ އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ލާރާ އެ މީހާ އާއި ދިމާއަށް ބަލާލިއެވެ. އެ ޒުވާނާ ލައިގެން ހުރީ ހުދު ކުލައިގެ ހޫޑީ އަކާ ކަޅު ކުލައިގެ ރިޕްޑް ޖިންސެކެވެ. ދެ އަތް ޖިންސުގެ ޖީބަށް ޖަހާލާފައި ވާއިތު ކަންފަތަށް ހެޑްސެޓު ޖަހާފައި ވުމުން ވަރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. އޭނާގެ ދިގު ވެފައިވާ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. އަދި ލޮލުގައި އަޅާފައިވާ އަވި އައިނުގެ ސަބަބުން އެ ޒުވާނާގެ ރީތި ކަން އެތައް ގުނައެއް ރީތިކޮށްދޭ ކަހަލަ އެވެ. އޭނާގެ ތޫނު ނަޒަރު ހުއްޓިފައި ވަނީ ލާރާ އާއި ދިމާއަށެވެ. ލާރާ އެ ޒުވާނާ އަށް ބަލާލައިފައި އޭނާ އާއި ދިމާއަށް ލޯ އަޅާލިއެވެ. އަދި ވެއްޓިފައި އޮތް އޭނާގެ ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލިއެވެ. ސްކްރީން އެއްކޮށް އޮތީ ތެޅިފައެވެ. ލާރާ އަށް ރުޅި އާދެވުނީ އޭނާ ކުރިމަތީގައި ހުރި ޒުވާނާ ދެކެ އެވެ. “އޯހ ނޯ. އަހަރެންގެ ފޯނު. މީ އަހަރެން ހާދަ ލޯބިން ގެންގުޅުނު ފޯނެކޭ. އެކަމަކު ތީނަ އަކާ ހެދި އެ ހަލާކުވީ.” “އަހަންނާ ހެދިއޭ؟ އަދިވެސް އަހަރެން ކުށްވެރި ކުރަންތަ ތި އުޅެނީ. މަންޖެ އެއްނު އައިސް އަހަރެންގެ ގައިގައި ތި ޖެހިގަތީ” “އޯހ ހެލޯ މިސްޓަރ. އަހަރެން އެބަ އުޅެންތަ ތި މީހާ ގައިގަ ޖެހޭ ހިތުން. މާކަ ރީތި މީހެއް ވެސް ނޫނޭ.” “އޭތް ބަލަ އަހަރެން ކޮން އިރަކުތަ މަންޖެ ކައިރީ ބުނީ އަހަންނަކީ ރީތި މީހެކޭ” “އަހަރެން ނޫޅެން ކޮންމެހެން ކަލޭ އާއި ވާހަކަދައްކާ ހިތަކުން” “އަހަރެން ވެސް ނޫޅެން ކޮންމެހެން މަންޖެ އާއި ވާހަކަ ދައްކާ ހިތަކުން ނެތް” “ހުހް” މިހެން ބުނުމަށް ފަހު ލާރާ ހިނގައިގަތީ އަވަހަށް އޭނާގެ ދައްތަ ލާޝާ މެން ގެއަށް ދެވޭތޯއެވެ.
ލާޝާ މެންގެ އަށް ގޮސް ވަތް ލާރާގެ ދެ ބުމަ ގޮށް ޖެހުނީ ފެނުނު ސޫރަ އެއްގެ ސަބަބުންނެވެ. އާނއެކެވެ. އެއީ ހަމަ މިއަދު މަގުމަތިން ދިމާވި ޒުވާނާ އެވެ. “ޔޫ އަގެއިން” ލާރާ އާއި ޔާނިޝް އަށް އެއްފަހަރާ ބުނެވުނެވެ. “ކަލޭ ކީއްތިކުރަނީ މިތާ؟” އަނެއްކާވެސް ލާރާ އާއި ޔާނިޝް އަށް އެއްފަހަރާ ބުނެވުނެވެ. ހަމަ އެއާއެކު އެ ތާނގައި ތިބި ލާޝާ އާއި ނިއަލްގެ އިތުރުން ނައިހާ އާއި ނާއިކް އަށް ވެސް ހެވުނެވެ. “ތި ދެމީހުން އެކަކު އަނެކަކު ދަންނަންތަ” ނިއަލް އަހާލިއެވެ. “އާނ” ޔާނިޝް ބުނެލިއެވެ. “އެ ދޮގެއް ދޮންތަބޭ. އަހަންނަކަށް ނޭނގެ މީ ކާކު ކަމެއް. އެކަމަކު މިއަދު މަގުމަތިން ދިމާވި. އަދި އެނގޭތަ މި މީހާ އަކާ ހެދި އަހަރެންގެ ފޯނު ވެއްޓި ތެޅުނީ” “އެއީ އަހަރެންގެ ސަބަބުން ވީކަމެއް ނޫން. މި މަންޖެ އައީ މަގުމައްޗަށް ސަމާލު ކަމެއް ނުދީ ފޯނާ ކުޅެމުން. ދެން އެހެން އަންނަނިކޮށް އަހަރެން ގައިގަ ޖެހި މި މަންޖެ ގެ ފޯނު ވެއްޓި ތެޅުނީ.” “އަޅެ ފަހެ ކަލޭ މަށާ ދިމާއަށް މަންޖެ އޭ ނުކިޔަފާނަންތަ.” “އޯކޭ މަންޖޭ” ޔާނިޝް ލާނެތް ގޮތަކަށް ބުނެލިއެވެ. “ދެން ދޮންތާ. މި މީހާ ކައިރީ ބުނެބަލަ އެހެން ނުކިޔާށޭ.” “އެ ތެދެއް ޔާން ދެން ލާއްކޮ އެހާ ރުޅި އަންނަންނާ ތިހެން ނުކިޔާބަ” ލާޝާ ހެމުން ހެމުން ބުނެލިއެވެ. “އަހަރެން އެބަ އުޅެންތަ އޭނަ ރުޅި އައިސް ދާނެތީ ބިރުން. އެކަމް ދެން ލާޝް ބުނީމަ އެހެން ކިޔުން ހުއްޓާލަފާނަން.” ޔާނިޝް މޫނަށް މަޖާ ގޮތެއް ހަދާލަމުން ބުނެލިއެވެ. ޔާނިޝް މޫނަށް ހަދާލި ގޮތުން ލާރާ ނޫން ހުރިހާ އެންމެން ބާރު ބާރަށް ހޭން ފެށިއެވެ. ލާރާ ޔާނިޝް އަށް ބަލާލައިފައި ޔާނިޝް އާއި ދިމާއަށް ލޯ އަޅާލިއެވެ. “މީ ކާކުތަ. އަހަރެން ކުރިން ނުވެސް ދެކެން މީނަ އެއް” ލާރާ އަހާލިއެވެ. “ތި ދެމީހުންނަށް އެކަކު އަނެކަކު ތަޢާރަފު ކޮށްދެވޭނީވެސް ދެމީހުން އެއް ގަލަކަށް އެރީމައެއްނު.” ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ނާއިކް ބުނެލިއެވެ. “އަހަރެން އެބަ އުޅެންތަ އޭނަ އާއި އެއް ގަލަކަށް އަރާ ހިތުން.” ޔާނިޝް ކުޑަ ކުއްޖަކު ފަދައިން ތުންކޮޅު އޫ ކޮށްލަމުން ބުނެލިއެވެ. “އޭތް ބަލަ މަށެއް ވެސް ނޫޅެމޭ ކޮންމެހެން ކަލޭއާ އެއް ގަލަކަށް އަރާ ހިތަކުންނެތް. މިސްޓަރ ކްރޭޒީ..” “މިސް ކަޕް ކޭކް” ޔާނިޝް ލާރާ އާއި ދިމާއަށް ލޯ އަޅާލަމުން ބުނެލިއެވެ. “ތިި ދެމީހުން އެހަށް ޒުވާބު ކުރުން ހުއްޓާބަލަަ. ގޮޮތް ނޭނގޭ ކުޑަ ކުުދިންނަށް ވުރެން ވެސްް ތި ދެމީހުންގެ ހާލު ދެރަަ އެއްނު. ތި ވަރުން ދަންނާ މަށަަށް ހީވަނީ ދުވަސްކޮޮޅަކުން ތިި ދެމީހުންގެ ނަން ވެސް ލޯޯޯބިވެރިންގެ ލިސްޓައް އަރާނެހެން.” ނައިހާ ބުނެލިއެވެ. “ނޯ.. އެހެނެއް ނުވާނެ. އަދި އެވެސް އަހަންނާ މީނަ އާ.. ނޯވޭ… ހުހް” އަކުރު ތަކަށް ބާރު ލާފައި ލާރާ އާއި ޔާނިޝް އަށް އެއްފަހަރާ ބުނެވުނެވެ. “އަޅެ ފަހެ ތި ދެމީހުން ރާވައިގެންތަ ތި އުޅެނީ އެއްފަހަރާ އެކައްޗެއް ކިޔަން” ނިއަލް ހެމުން ހެމުން ބުނެލިއެވެ. “ޔާން.. މީ ލާރާ. ލާޝް ގެ ކޮއްކޮ. އަހަރެމެން ލޯބިން ކިޔަނީ ލާއްކޮ.” ނައިހާ ލާރާ ކައިރިއަށް ގޮސް ލާރާގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ބުނެލިއެވެ. “ވަޓްއެވާ… އަހަރެން ހަމަ ކިޔާނީ ކަޕް ކޭކް.” ޔާނިޝް މިހެން ބުނުމުން ލާރާ ޔާނިޝް އަށް ބަލާލައިފައި ވައްތަރު ޖައްސާލިއެވެ. “އޯކޭ.. ލާއްކޯ..” ނާއިކް ލާރާ އަށް ގޮވާލިއެވެ. “ހޫމްމްމް” ލާރާ ބުނެލިއެވެ. “މީ ޔާނިޝް. ކުރުކޮށް ނަމަ ޔާން. ޔާން އާއި އަހަރެންނާ ނިއާ އަކީ ބެސްޓް ބަޑީސް.” ނާއިކް ލާރާ އަށް ޔާނިޝް ތަޢާރަފު ކޮށްދިނެވެ. “އޯހހހ…. ބެސްޓް ބަޑީސް ވީމަ ދޯ މިސްޓަރ ކްރޭޒީ އަށް ދޮންތަމެން ކައިވެނި ކުރި ތަނަށް ނާދެވުނީ” “ނޫން ލާއްކޯ. ޔާން އޭރު ހުރީ ބޭރު ގައުމަކަށް ކިޔަވަން ގޮސް. އޭނަ އުޅުނު އަންނަން ވެސް. އެކަމަކު އެ ދުވަސްކޮޅު ކިޔެވުން ހުރި ގޮތުން ޔާން އަށް އާދެވޭ ގޮތް ނުވީ.” ނިއަލް ރައްދުގައި ބުނެލިއެވެ. ލާރާ ނިއަލް އަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ.
*************
“ހަލޯ… އާޒިލް ދޯ ތީ” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ މާޝާ އަހާލިއެވެ. “އާނ މީ އާޒިލް.. ތީ ކާކު؟ ކީއްކުރަން އަހަންނަށް ތި ގުޅީ؟” “އަހަރެން މީ މާޝާ. އާޒިލްގެ ފަރާތުން ކަމެއް ބޭނުން ވެގެން އަހަރެން މި ގުޅީ.” “ކޮން ކަމެއް؟” އާޒިލް އަހާލިއެވެ. މާޝާ އޭނަ ރާވައިފައިވާ ގޮތް އާޒިލް އާއި ހިއްސާ ކުރި އެވެ. އާޒިލް އެކަމަށް އެއްބަސްވީ މާޝާ ހީވެސް ނުކުރާހާ ފަސޭހަ ކޮށެވެ. “އަހަރެން މާޝާ އަށް ޔަޤީން ކަން މި ދެނީ. އަހަރެން އެކަން ކުރާނަން. އެކަމަކު އަހަރެން ބޭނުންވާނެ ދިހަ ވަރަކަށް ހާސް ރުފިޔާ” “މައްސަލަ އެއް ނެތް. އަހަރެން އާޒިލް އަށް އެވަރަށް ފައިސާ ދޭނަން. އަހަރެން އެބަ ފޮނުވަން އޭނަގެ އެޑްރެސް އާއި ފޮޓޯ. ދެން އޭނަ އަށް ފާރަލާފަ އޭނަ އެކަނިވާ ގަޑިއެއްގަ އަހަރެން ދެންމެ ކިޔައިދިން ގޮތަށް ކަންތައް ކުރަންވީ” “އޯކޭ” އާޒިލް މިހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. މާޝާގެ ތުންފަތް މަތީގައި ދުވެލީ ނުބައި ހިނިތުންވުމެކެވެ. “ލާޝާ.. އަހަރެން ކަލޭގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާނަން” މާޝާ ހަރުކަށި ކަމާއެކު މިހެން ބުނުމަށްފަހު ނުބައި ގޮތަކަށް ހޭން ފެށިއެވެ.
ރޭގަނޑުގެ ވަގުތެވެ. ލާޝާ އިނީ އެނދުގެ ހެޑްބޯޑުގައި ލެގި ލައިގެންނެވެ. ނިއަލް އޮތީ ލާޝާގެ އުނގުގައި ބޯ އަޅައިލައިގެންނެވެ. ނިއަލް އެހެން އޮވެފައި އިރުއިރުކޮޅާ ލާޝާގެ ހަ މަސް ފުރި ހަތް މަހަށްދާ ބަނޑުގައި ލޯތްބާއެކު ފިރުމާލައިފައި ބޮސް ދެއެވެ. އެކިއެކި ވާހަކަތައް ދައްކަން އޮއްވައި ލާޝާ އަށް ނިދުނެވެ. ނިއަލް ލާޝާ ރީތި ކޮށް އެނދުގައި ބާއްވާލައިފައި ލާޝާގެ ނިތުގައި ބޮސްދިނެވެ. އަދި ލާޝާ ގައި މަތީގައި ބެޑުޝީޓު އަޅާދިނެވެ. ވަރުބަލި ވެފައި ހުރި ވަރުން ނިއަލް އަށް ވެސް އޮށޯވަލި ތަނާހެން އެއްވެސް އުނދަގުލަކާ ނުލައި ނިދުނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


safarey mi baii vx varah reethi hama thi vx thari eh………keep it up attamahey
Thank yuu nu attamahey?♥️
Alsu mi vhk ga maashaa ahee Kon thaakun mi bunee kithah vaana part gahey eyyee kureega eh ves meeheh ge frd eh heyy ?????✌️✌️?✌️?✌️?✌️?✌️?
Alheyy varah reethi mi part vc….sis kon irakun nxt part kiyaalan libeynee….waitin????
Thankyu lamko❤️
Nxt part vrh avahah up kohdheynan Insha Allah☺️
Masha allah?..vhk vvv reethi?..hama speechless?..whn nxt..curiously waiting for the nxt part…lysm darl…
Thankyu dear❤️
Insha Allah Nxt part up kohdheynan friday ga☺️
Alhey mi part ves hama varah habeys ????????????????????nd varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah nice ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️bunaane eh cheh ves neyge hama molhee ??????????????????????hama speechless ?????????????superb ?????????????????bt thankolheh kuree ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ummeedhu kuranee nxt part dhiguvaane kamah ??????????????????BTW mi story Reethi ??????????????????????nd lovely ?????????????????????????sifa kurun thah ves hama varah salhi ???????????????????tc…… ?????????????????stay safe……….., ❣️??❣️??❣️??❣️??❣️??❣️??❣️??lymmmmmmmm?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?lots and lots of love form Ahuu, ????????????????????????????????
Thankyuuuuuuuuu soooooooooo muchhhhhhhhhhhhh ahuuuuuuuu….. Nxt part thankolheh dhigu kohla dheveythw balaanan☺️
Stay safe❤️
Lym dear❤️
Mi part vvvvvvvv Reethi ma sha allah❤️ keep it up dear❤️
Thankyuu dear❤️?
Waaaaw? Masha Allah vrh reethi mi prt ves.
Waiting for the next part.
All the best kokky?
Stay safe?
Lysm❤️
Thankyu dhahthuuu?♥️
Tc?
Lym✨❤️