އަންޖަލް (9)
އާތިކާގެ އަތުގައި ހިފާލުމަށްފަހު އިސްހާޤު އާތިކާގެ އަތް ފޮޅާލިއެވެ. ޖައިޝާ ދޭތެރޭ އާތިކާ ކަންތައް ކުރާ ގޮތަކީ އިސްހާޤް އެއް ގޮތަކަށްވެސް ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ.
” އާތިކާ ކިހިނެއްވެގެންތަ ތިއުޅޭނީ… ޖައިޝްއަކީވެސް މަގޭ ދަރިއެއް.. މިގޭ އެހެން ކުދިންހެން އޭނައަށްވެސް މިގޭތެރޭ ބޭނުން ކަމެއް ކުރެވޭނެ…” އިސްހާޤުގެ ރުޅިގަޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަންޖަލް އައިސް ޖައިޝްގެ އަތުގައި ހިފާފައި ގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަންޖަލްގެ ސަބަބުން ޖައިޝްއަށް އެފަދަ ކަމެއް ދިމާވެދާނެ ކަމަކަށް އޭނާ ހިތަކަށްވެސް ނާރައެވެ. ޖައިޝްއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ދެރަވެ ލަދުގަނެފައެވެ.
” އަހަރެން މިގެއަށް ގެނެސް ހުންނަ މީހުންނަކީ ޖައިޝްއާ ބެހޭ މީހުންނެއް ނުން… އިސްހާޤުވެސް ކޮންމެހެން ޖައިޝް ރަގަޅު ކޮށްފަ ވާހަކަ ދައްކާނެ ކަމެއް ނެތް..” އާތިކާ ބޮޑަށް ރުޅިއައި އޭނާ ގޯސްކޮށްފައި އިސްހާޤު ވާހަކަ ދެއްކުމުންނެވެ.
” މަރީ ކިހިނެއްވީ.. ގައިމު ޖައިޝް ހުރެ ބަހައްޓާފަ މަރީ އަށް ތިހެން ނަހަދާނެ..” އިސްހާޤު އާތިކާ ދައްކާ ވާހަކަ އިތުރަށް އަޑު އަހަން ބޭނުން ނުވެގެން ސީދާ މަރީއާ ސުވާލު ކޮށްލިއެވެ.
” އަޅުގަޑު ދިޔައި އަންޖޫ ކައިރިން މާފަށް އެދެން.. ދެން ޖައިޝް ސާރ ހީކުރީ އަޅުގަޑު އަނެއްކާ އަންޖޫ ގައިގަ ޖަހަން އައިކަމަށް… އަންޖޫ ރޯން ފެށީމަ ..” މަރީ ދެރަވާ ކަމަށް ހެދިލުމަށްފަހު ދޮގު ހެދިއެވެ.
” އެ އަންޖޫ ވެސް އުޅެނީ މޮޔަވެގެން.. އިސްހާޤު ވެއްޖެ އޭނަ މިގޭގަ ބަހައްޓަން.. މިހާރު ގޭތެރޭގަ ހަމަޖެހުމެއް ނުލިބެޔޭ..” އާތިކާ މަރީގެ ވާހަކަ އަށް އަސްމާއަށް ބަލާލުމަށް ފަހު ބުނެލިއެވެ. އަސްމާ ނުރުހުންވެފައި ހުރީ ކުށެއްނެތް އަންޖަލްއާ ދިމާލަށް އާތިކާ އެއްޗެހި ކިއުމުންނެވެ. އިސްހާޤު ހުއްޓާލާށޭ ބުނާފަދަ ގޮތަކަށް އަތް އުފުލާލުމަށްފަހު އަސްމާ ގެ ކޮޑުގައި ހިފައިގެން ގޮސް ސިޑިން ފޭބިއެވެ. މި މަންޒަރު ވީ އާތިކާ ގެ ރުޅިގަޑު އިތުރުވެގެން ދިޔަ ކަމަކަށެވެ. ކުރިމަތީ ހުރި މަރީގެ ކޯމަތީ އޭނާ ޖެހީ ޖައިޝް އަށް ވުރެ ބޮޑަށް މަރީ ދެކެ އައިސް ހުރި ރުޅިންނެވެ.
” ކަލޭ ޖެހޭތަ މިގެއަށް ގެންނަ ގޮތަށް ގޮސް އަންޖަލް އާ ބެހެން… އަހަންނަށް ކަލޭގެ ގޮތް އިގެޔޭ… އަހަރެން ކަލޭ މިގެއަށް ގެނައި އަހަރެންގެ ގިނަ ކަންތައް ތަކަކީ ކަލޭ ކުރާ ކަންތައްތަކަށް ވުމުން… ވިސްނައިން އުޅޭތި..” އާތިކާ މިހެން ބުނުމަށްފަހު ހިގައިގަތީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އާތިކާގެ ބަޑި ފަޅައިން ދިޔައެވެ. ޖައިޝް ގައިގާ އެހާ ބާރަށް ޖެހުމުން އޭނާގެ ހިތަށް ކެއްނުވީއެވެ. ހަޤީޤަތުގައި އާތިކާ ޖައިޝްއަށް އަޅާލަން ބޭނުމެވެ. ނަމަވެސް ޖައިޝް ފެންނަ ކޮންމެ ފަހަރަކު އޭނާގެ މާޒީ އޭނާއަށް ހަދާންވަނީއެވެ. އެކަމާ އޭނާއަށް ރުޅިއާދެވެނީއެވެ.
***
“ސޮރީ… އަހަންނާ ހެދި..” އަންޖަލް އިސްޖަހައިލައިގެން ހުރެ ބުނެލިއެވެ.
” ކީއްވެ އަންޖަލް އާ ހެދި ވާން ވީ… އަހަރެން މާ ރުޅިގަދައީ..” ޖައިޝް އަންޖަލް އަށް ބަލާލަމުން ބުނެލިއެވެ. އަންޖަލްވެސް އިސްއުފުލާ ޖައިޝްއަށް ބަލާލިއެވެ. އެދޮންމޫނުގައި އާތިކާގެ އަތްތިލަ ރީތިކޮށް އަރާފައި ހުއްޓެވެ. އަންޖަލްއަށް ބޭއިޙްތިޔާރުގައި އޭނާގެ އަތް ޖައިޝްގެ މޫނުގައި ޖައްސާލެވުނެވެ. ޖައިޝްގެ ހިތުގެ ތެޅުން ގަދަވާންފެށިއެވެ. ފިހާރައަކަށް ގޮސްފައި މައިގޭޓުން ގެއަށް އައިސް ވަތް ޖުނާންއަށް ބެލްކަނީގައި ތިބި ޖައިޝްއާއި އަންޖަލް ފެނުނެވެ. އިރުކޮޅެއްވަންދެން ބަލަން ހުރެވުނީ ވާނުވާ ނޭގި ހުރެއެވެ. ޖުނާން ބާރުބާރަށް ގޭގެ މައިގޭޓު ލައްޕާލިއެވެ. މިއަޑަށް އަންޖަލް އާއި ޖައިޝް ދިޔައީ ސިއްސައިގެންނެވެ. އަންޖަލް އަވަސް އަވަހަށް އޭނާގެ އަތް ދުރުކޮށްލުމަށްފަހު ކޮޓަރިއަށް ގޮސް ވަނެވެ. ޖައިޝް ފާޑަކަށް ޖުނާންއަށް ބަލާލުމަށްފަހު ކޮޑުއަރުވާލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޖުނާން ގާތަށް ރުޅިއައެވެ. އަދި އައިސް ގެޔަށް ވަތް ގޮތަށް ފޯނުނަގާ އަންޖަލްއަށް ގުޅާލިއެވެ.
” ވަޓްސް ގޮއިންގް އޮން އަންޖޫ..” އަންޖަލް ފޯނު ނެގުމާއެކު ޖުނާން ބުނެލިއެވެ.
” ނަތިންގް.. މިއަދު އާތި މަންމަ ޖައިޝް ގައިގަ ޖެހީ… އަހަންނާ ހެދި..” އަންޖަލް ވީގޮތް ޖުނާންއަށް އަކުރުން އަކުރަށް ކިޔާދިނެވެ. ޖުނާންއަށް ހަމަޖެހުމުގެ ނޭވާއެއް ލީ އޭނާ ހިތުގައި އުފެދުނު ކުށްހީ ހަޤީޤަތަކަށް ނުވުމުނެނެވެ.
” ކިހިނެއްވީ.. ޖުނާން ޖޭވީތަ… އައްދޭ އަންޖޫގެ ޖުނާން އަށްވެސް ޖޭވާން އިގޭތަ..” އަންޖަލް ޖުނާން އާ ދިމާކޮށްލިއެވެ.
” ނޯ ވޮރީސް ޖުނާން.. އައި އޮންލީ ލަވް ޔޫ… ” ފޮނި ވާހަކަ ތަކުގައި ރތަރިއާ ހަދާ ބާލަމުން ދެމީހުން ފޯނުގައި ތިއްބާ ނިދުނު އިރެއްވެސް ނޭގުނެވެ.
***
ޖައިޝް ހީވަނީ ރޭގައި ނުނިދާ ހުރިހެންނެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިގާލަ ހިގާލާ ވިސްނުމެއްގެ ތެރޭގައި ގެއްލިފައި އޭނާއަށް ހުރެވުނެވެ. ފޯނު 8 ޖެހިތަނާހެން އެލާމް އަޅާން ފެށިއެވެ. އެލާމް ކަޑާލުމަށްފަހު ދުވެފައި ގޮސް ބެލްކަންޏަށް ނުކުތެވެ. މިއަދުވެސް އަންޖަލް އެހެން ދުވަސް ތަކެކޭ އެއްގޮތަށް ވަރަށް ރީޗެވެ. އަންޖަލް އޮފީހަށް ދާން ޖުނާންގެ ކާރަށް އެރުމުން ޖައިޝް ދުއްވައިގަތީ އިސްހާޤު ހޯދުމަށް އެކޮޓަރިއާ ދިމާލަށެވެ. އިސްހާޤު ހުންނާނީ ކޮން ކޮޓަރިއެއްގައިކަން ޖައިޝްއަށް ނޭގުމުން ފުރަތަމަ އޭނާގޮސް ޓަކިޖަހާލީ އަސްމާގެ ކޮޓަރީގައެވެ. ސަބަބަކީ އޭނާގެ މަންމަގެ މޫޑު ހެދުނު ހެދުނާ ދުއްވާލަން ބޭނުން ނުވުމެވެ.
” ބައްޕަ ކޮބާ..” ދޮރު ހުޅުވާލުމުން ފޯނަށް ބަލަހައްޓައިގެން ހުރެ ޖައިޝް ބުނެލިއެވެ.
” ބައްޕަ ގޮއްސި…” އަންހެން އަޑަކުން އިސްހާޤު ބުނެލީ ޖައިޝް އާ ސަކަރާތް ޖަހާލުމުގެ ގޮތުންނެވެ. އަސްމާގެ އަޑު ނުންކަށް އެގުމުން ޖައިޝް އިސްއުފުލާ ބަލާލިއެވެ. ޖައިޝް ކައިރިއަށް ހިނިއައި އަތުގައި އޮތް ތުވާލިން ބުރުގާ އެއްހެން ބޮލުގައި އޮޅާލަމުން އަންހެން ގޮތަކަށް ޕޯސްކޮށްގެން ހުރި އިސްހާޤު ފެނުމުންނެވެ. އިސްހާޤުގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައި ޖައިޝް ހޭތަން ފެނުމުންނެވެ. އޭނާ އަބަދުވެސް ޖައިޝްއާއެކު ސަކަރާތް ޖަހާ ހަދާ ހިތްވެއެވެ. މިގޮތަށް އަސްހާޤު ހޯދަން ޖައިސް މީގެ ކުރިން އައިސްފައި ނުވެއެވެ.
” ކިހިނެއްވީ ދަރިފުޅާ… އަރާ އިރާ އެއްކޮށް ބައްޕަ ހޯދަންތިއައީ..” އިސްހާޤު އަހާލިއެވެ.
” ވަރަށް ބޮޑު ވާހަކައެއް ދައްކަން.. ބައްޕަ ފްރީތަ..” ޖައިޝް މިހެން ބުނުމުން އިސްހާޤު ކޮޓަރިއަށް ވަންނަން ތަންދެއްކިއެވެ. ކޮޓަރި ތެރޭގައި އިން ސޯފާގައި ޖައިޝް އައިސް އިށީދެލިއެވެ.
” އަޅުގަޑު ބޭނުން ބައްޕަ ކުންފުނީގަ މަސައްކަތް ކުރަން…” ޖައިޝް މިހެން ބުނުމުން އިސްހާޤު ހީވަނީ ކޮލްގެޓް އިސްތިހާރެއް ކުޅެން ތައްޔާރުވިހެންނެވެ. އުފަލުން އައިސް ޖައިޝްގެ ކައިރީ އިށިނުމަށްފަހު ޖައިޝްގެ އަތުގައި ހިފާލިއެވެ.
” އަސްލުތަ… ބައްޕަ ވަރަށް އުފާވެއްޖެ… ބައްޕަގެ ހުވަފެނަކީ ތި ތިން ބެއިން ބައްޕަގެ ކުންފުންޔާ ހަވާލުވުން… ދަރިފުޅަށް ތިހާ ބޮޑު ބަދަލެއް އައިތީވެސް ބައްޕަ ވަރަށް އުފާކުރަން…” ޖައިޝް އަށް ބަލާލަމުން އިސްހާޤު ބުނެލިއެވެ. އަސްމާ އައިސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ. ދެބަފައިން ވާހަކައިގާ ތިބިތަން ފެނުމުން ކައިރިއަށް އައިސް އަސްމާވެސް އިށީދެލިއެވެ.
” ދަރިފުޅު ހާދަ ހެދުނަކާ.. ކޮންވާހަކައެއްގަތަ..” އަސްމާ ހީލަމުން އަހާލިއެވެ.
” އަސްމާ.. ޖައިޝް ވަޒީފާއަށް ނިކުންނަން ބޭނުމޯ.. މިއަށްވުރެ އުފާވެރި ހަބަރެއް ކޮބާ…” އިސްހާޤު ބުނެލިއެވެ.
” އެހެންތަ މާ ރަގަޅަކަށްނުން މި ދިމާވީ… ޖައިޝްގެ ސެކެޓްރީއެއް ހޯދަން މާ ބޮޑު ކަމެއް ކުރާނެ ކަމެއް ނެތެއްނުން.. އަންޖޫ ހުންނާނެނުން.. އަދި އަންޖޫ އަށް ޕޯސްޓެއް ނުދޭ ކަމަށް ވަނީ.. އަހަރެން ވާހަކަ ދައްކާލަންތަ ޖުނާންއާ..” އަސްމާ ފުރުސަތުގެ ބޭނުން ހިފާލީ މިހާރަކަށް އައިސް ޖުނާން އާއި އަންޖަލް މާ ގުޅިގެން އުޅޭތީ އެކަން ހުއްޓުވޭތޯއެވެ. އަސްމާ މިބުނި އެއްޗަކުން ޖައިޝްގެ މޫނު އަލިވެގެން ދިޔައެވެ. އެއީ ޖައިޝް އެންމެ ބޭނުންވާ ގޮތެވެ. އޭނާ އެވަހަކަ ބައްޕަ ކައިރީ ބުނަން ނުކެރި ހުއްޓާ އަސްމާ ބުނުމުން އަސްމާއަށް ހިތުގެ އަޑިން ޝުކުރު އޮއްސަމުން ދިޔައެވެ.
” އުހުން.. އަހާނެ ކަމެއް ނެތް.. ޖައިޝް އަންނަ ހަފްތާގަ ނުކުންނަ އިރު ޖައިޝްގެ ޕާސަނަލް ސެކެޓްރީއަކަށް ހުންނާނީ އަންޖަލް… އަހަރެން އެކަން ހަމަ ޖައްސާނަން..” އިސްހާޤާށް ޖައިޝްގެ އުފާވެރިކަން ފެނުމުން ބުނެލިއެވެ.
***
އޮފީހުގެ ބްރޭކް ގަޑި ޖެހުމުން އޮފީހުގައި މުއަށްޒަފުންނަށް ހާއްސަ ކޮށް ހަދާފައި ހުންނަ ކެންޓީނަށް ހުރިހާ އެންމެން ޖަމާވަމުން ދިޔައެވެ. ލައިނެއްގައި އެތުރިލައިގެން އެންމެން ތިބީ އެމީހެއްގެ ވަގުތު ކާއެއްޗެހި އަޅަން އައިސް ޖެހެންދެނެވެ. އަންޖަލް އައިސް ލައިންގެ އެންމެ ފަހަތުގައި މަޑު ކޮށްލިއެވެ. މަޑުކޮށްލުމާއެކު ކުރިމަތީ ހުރި ފިރިހެން ސްޓާފް އަންޖަލް ކުރިއަށް ދިއުމަށް ތަން ދައްކާލިއެވެ. އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ހެވިފައި ބޯ ހޫރާލިއެވެ. ކުއްލިއަކަށް ޖުނާން އައިސް ކެންޓީނު ތެރެއަށް ވަނެވެ. އާންމުކޮށް ޖުނާން ކަނީ އޭނާގެ ކެބިންގައި އިދެއެވެ. ނަމަވެސް އަންޖަލް އެ އޮފީހަށް މަސައްކަތް ކުރަން އައި ފަހުން ޖުނާން އަބަދުވެސް ދަނީ ތިރީ ކެންޓީނަށެވެ. ޖުނާން އައިސް ފަހަތުގައި މަޑުކޮށްލުމަށްފަހު އަންޖަލް ގާތު އައުމަށް އެދުނެވެ. އޭރު ހުރިހާ މުއައްޒަފުން ކަހަލަ ގޮތަކަށް ފަސް އެބުރި އަންޖަލް އަށް ބަލަމުން ގެންދިޔައެވެ. އަންޖަލް އަށް އެމީހުންގެ ބެލުންތަކުން އުދަގޫވާ ގޮތްވިއެވެ. ޖުނާން އަށް ބަލާލުމަށްފަހު އަތުގައި އިންތަށި ބަހައްޓާފައި ބޭރަށް ހިގައިގަތެވެ. ޖުނާންވެސް އަންޖަލްގެ ފަހަތުން ނިކުމެގެން އައެވެ.
” ޖުނާން… އަހަރެން ބޭނުމެއްނުން މީހުން އެގޮތަށް އަހަންނަށް ބަލާކަށް.. ހީވަނީ އަހަރެން މީ ކުއްވެރިއެއްހެން..” އަންޖަލް ހިގަމުން އައިސް މަޑުކޮށްލުމަށްފަހު ފަސްއެބުރިބަލާލާފައި ބުނެލިއެވެ.
” އެއީ އެމީހުންގެ ގޮތް.. ހައިނާސް ތަކެއް ހެންދޯ ހީވަނީ..” ޖުނާން މަޖާވެލަން ބުނެލިއެވެ.
” މަޖަލެއް ނުން އިގޭ.. ސީރިއަސްލީ އައި އޭމް ނޮޓް ހެޕީ އަބައުޓް އިޓް..” އަންޖަލް ފޫހިކަން ދައްކާލަމުން ބުނެލިއެވެ. އެތާ މަޑު ނުކުރަން ނުކައި އަންޖަލް ގޮސް ޖުނާންގެ ކެބިންނަށް ވަދެ ޔުމްނާގެ ކައިރީ އިން މޭޒުގައި އިށީދެލާފައި ބޮލުގައި އަތް ވިއްދާލިއެވެ. އަންޖަލް ނުކައި އައުމުން ޖުނާން ކަންބޮޑުވެފައި ފޯނުނަގާ ޓޭކް އަވޭއަކަށް އޯޑާރ ދިނެވެ.
***
: ފަސްދުވަސް ފަސް:
އިސްހާޤު އަވަދިނެތި އުޅުނީ ޖައިޝް ވަޒީފާއަށް ނިކުތުމުގެ ކުރިން ކުންފުނީގެ ޝެއާ ހޯލްޑަރުންނަށް ޖައިޝް ތައާރަފް ކުރުމުގެ ޖަލްސާއަށް ތައްޔާރު ވުމަށެވެ. ދަރުބާރުގެ ބުކިންގް ހެދުމާއި އޮފީހުގެ ހުރިހާ މުއައްޒަފުންނަށް ދައުވަތުދޭން ކާޑު ހެދުން އިސްހާޤުގެ ސެކެޓްރީ ނިމާލް އާ ހަވާލްކުރިއެވެ. ކުރިއަށް އޮތީ ދެދުވަސް ކަމުން ވާންޖެހޭ ތައްޔާރީތައް އެންމެ ފުރިހަމަ ގޮތުގައި ވަމުން ގެންދިޔައެވެ. އަންޖަލްއަށްވެސް ޖައިޝް ވަޒީފާއަށް ނުކުންނަކަން އޮތީ ޔުމްނާގެ ފަރާތުން އަޑު އިވިފައެވެ.
ޖުނާން އަށް މިހަބަރު ލިބުމުން އުފާވިއެވެ. އޭނާވެސް ބޭބެ އާއެކު މަސައްކަތް ކޮށްލަން ހުރީ ނުހަނު ބޭނުންވެފައެވެ. ޖުނާން އޭނާގެ މަންމަ އާ ވަހަކަ ދައްކާ ހަދާލަން ގޮސް އެކޮޓަރިއަށް ވަނެވެ. މީ ޖުނާންގެ އާދައެކެވެ. އަބަދުވެސް އަސްމާ އަށް ޖުނާން ވަރަށް ބަލައެވެ. ހަމަ ރަންގަޑެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.
” މަންމާ.. ދޮންބެ ޖޮބަށް ނިކުންނަނީ ދޯ.. އަހަންނަށް ކުރިން އެގުނު ނަމައެއްނުން އަވަހަށް ދޮންބެގެ ސެކެޓްރީންގެ އިންޓަވިއުއެއް ބާއްވާނީ..” ޖުނާން އިށިންނަމުން ވާހަކަ ދެއްކިއެވެ.
” ދަރިފުޅު އެކަމާ ހާސްވާނެ ކަމެއް ނެތް… ބައްޕަ ވީ ސެކެޓްރީއެއްވެސް ހަމަ ޖައްސާފަ.” އަސްމާ ހީލުމަށްފަހު ބުނެލިއެވެ.
” އެހެންތަ އެއީ ކާކު އަނެއްކާ… ބައްޕަ ރައްޓެއްސެއްގެ ދަރިއެއްތަ؟ ” އެހާ އަވަހަށް ސެކެޓްރީއެއް ހަމަޖައްސައިފިއޭ ބުނުމުން ޖުނާން ކުޑަކޮށް ހައިރާންވިއެވެ.
- އަންޖޫ … އަންޖޫ… އަންޖޫ…
ޖުނާންގެ ކަންފަތުގައި އަންޖަލްގެ ނަން ގުގުމައިގެން ދިޔައެވެ. އޭނާ ނިންމައިގެން ހުރީ ޔުމްނާ ޖައިޝްގެ ސެކެޓްރީއަކަށް ބަދަލު ކޮށްފައި އަންޖަލް އޭނާގެ ސެކެޓްރީއަކަށް ހެދުމަށެވެ. ޖުނާންއަށް ޖައިޝް އަންޖަލް އާ ވަހަކަ ދައްކާ ހަދަންވެސް ބޭނުމެއް ނޫނެވެ. އަނެއްކާ މިހާރު އަންޖަލް ޖައިޝްގެ ސެކެޓްރީއަކަށް ވުމުން ޖުނާން އަށް އެކަން އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އަސްމާ ހުރީ ޖުނާންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލަންށެވެ. މިހާރު އަސްމާ އަށް ޖުނާން އަންޖަލްދެކެ ލޯބިވާކަން ރަގަޅަށްވެސް އެގިއްޖެއެވެ. އެކަމާ އަސްމާ ޖެހިލުންވެ ބިރުގަތެވެ. ދެން އަސްމާއެއް އޭނާ ކުރިން ކުރިފަދަ ކަމެއް ނުކުރާނެއެވެ. ޖުނާން ޝަންމަ އާ ކައިވެނި ކުރީވެސް އަސްމާގެ އެދުމުގެ މަތިންނެވެ. އިސްހާޤެކޭ އެއްގޮތަށް އަސްމާއާއި ޝަންމަގެ މައިންބަފައިންނަކީ ކުޑައިރުގެ ރަހުމަތް ތެރިންނެވެ. އަންޖަލް ކިތަންމެ ކަމުދިޔަޔަސް އަސްމާ އަންޖަލް އާ ޖުނާން ނުގުޅުވާނެއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އަންޖަލް އާ ޖުނާން އަސްމާ ދުރުކުރާނެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Yayyyy me first dhoo…☺️☺️☺️ Varah reethi mi part vesss waiting for the next part
Hehe yes starlight vixx first dhw.. thank you ??
anajal r jaish maa gulhey….vhk hama vv salhi …waiting for nxt prt
Hehe ehentha! Varah gina reàders ah kamudhey anjal and jaish
And thanj you ❤
Masha Allah varah reethi mi prt vx ♥️♥️ waiting 4 nxt … Alhe anjal libeynee kaakahba dhooo … Curiously waiting for nxt !!! … Siss hws u ??… Siss maa bxy ee thr ….. Saranghae ♥️♥️♥️♥️
Stay safe TC
gyejib-ae salanghae ♥️♥️♥️???
Hello afu… kihinehtha???
Thank you ??
Hehehe afu buneba kaakah anjal dheyn v??? ??
Alhamdulillah I am fine.. reply nukureveythy varah dheravey… buxy kamun hama… insha allah balaanan dhen reply kureveytho…
Unniedo saraghae uri dongsaeng ??
Yaaap hello sissooo… I’m fine .. wc .. owwn naseebeh nu fine kan I thought u were sick ….. Ohhhhhnnn so sad btw iss okay I can understand … Yeyyy thnks …. Saranghae
Owwwnn thankyw siss … Yah alhamdhulillah I’m fine toooo …. Naseebehnu siss fine kann I thought u were sick ??? …. I think jaish ah dhooo …. Jaish n anjal dhoo gulhenee ….. N eh. Readers ah vx e dhemeehun dhoo gulhenee ……. Iss okay I can understand …. Yeyyyy …..
deo salang ♥️♥️♥️♥️♥️♥️
Hehe.. aslu reply nukurevunyma v gina readers kanboduvejje… will try to atleast send one reply to each reader…
Yuh krystal ah ves salhi anjal aa jaish aa gulhuniyya.. ekm who knows dhw afu.. ani na neo boda deo saranghae
Vrh salhi mi part vx… Next part thankolheh avahah up kohdhehchey☺️❤️
Thank you thithu.. yes insha allah avahah upkohdheynan ingey ?
Wow sis finally story aisi dhw. Masha Allah sis haadha saliey mi part ves
Waiting for the next.
Saarangey
Josimheyo❤
Thank you uri dongsaeng.. missed you… i read all your comments but couldnt reply to any of it… sorry dear.. 마니 곡정해찌
Yaaap hello sissooo… I’m fine .. wc .. owwn naseebeh nu fine kan I thought u were sick ….. Ohhhhhnnn so sad btw iss okay I can understand … Yeyyy thnks …. Saranghae
Awwwwwwn sissssyyyyy I missed you soooooo soooooo much… ??????I was soooo worried ? ??….. Finally i got to read this part…. It’s awesome….☺️☺️☺️☺️☺️☺️☺️☺️. And It’s long, so it’s more amazing…. I like it..???????. Curiously waiting for the next part…. LYSSSSSSM TC❤️❤️❤️❤️❤️❤️❤️❤️???????????????????
Aaawwwnnnn uri dongsaeng nado bogosipposeo ❤❤❤
Hehe thank you sweety… unnie do mani saranghae
When qill you upload the next part …..
Hello!
I have already submitted. Adhi reviewing ga kanneyge.. insha allah miadhu libeyne!