Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…9

autti_quin._ Level 110 Stories
June 30, 2020 4 Mins Read
17 Comments

ލާޝާ ދުވެފައި ގޮސް އެރީ ޓެރެސް އަށެވެ. ނިއަލް އިންނާނީ އެ ތާނގައި ކަން ޔަގީން ކޮށްލަމުންނެވެ. ލާޝާ ޓެރެސް އަށް ވަތް އިރު ނިއަލް އިނީ ގޮނޑިއެއް ގައި އިށީނދެގެން ދެ އަތުން މޫނު ފޮރުވައިލައިގެނެވެ. ނިއަލް އިން ގޮތް ފެނުމުން ލާޝާ އަށް ހީވީ އޭނާގެ ހިތުގެ ހިނގުން މަދު ސިކުންތު ކޮޅަކަށް ނަމަވެސް މަޑު ޖެހިލި ހެންނެވެ. ލާޝާ މަޑު ފިޔަވަޅު ތަކެއްގައި ގޮސް ނިއަލް ކުރިމަތީގައި ހުއްޓުނެވެ. އަދި ނިއަލްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ނިއަލް އައި ރުޅީގައި ލާޝާގެ އަތް ފޮޅުވާލިއެވެ. ލާޝާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ނިއަލް ރުޅިވެރި ނަޒަރަކުން ލާޝާ އާއި ދިމާއަށް ބަލާލުމުން ލާޝާގެ ހިތުގައި ރިއްސާލިއެވެ. ލާޝާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަން ފެށިއެވެ. މި ތަން ފެނި މަދު ސިކުންތު ކޮޅަކަށް ނަމަވެސް ނިއަލްގެ ހިތް ކަފަ ކޮޅެއްހާ ސާފު ވެގެން ދިޔައެވެ. “ކީއްވެ ލާޝް؟ ކީއްވެ؟ ބުނެބަލަ ކީއްވެތަ ލާޝް އެހެން ކަންތައް ތި ކުރީ؟ އަހަރެންނަށް ލާޝް ބޭނުންވާ ވަރަށް އުފާ ނުދެވެނީތަ؟ އެހެން ނޫނީ އެއްވެސް ކަމެއް އުނިކޮށް ކޮށްދެވުނީ ތަ؟ ތީއީތަ އަހަރެން ލާޝް ދެކެވާ ތެދުވެރި ލޯބީގެ އަގު ވަޒަން ކުރަން އެނގުނު ގޮތަކީ؟ ތި ގޮތަށް ކަންތައް ކުރި އިރު އަހަރެން ވާނެ ދެރަ ހަމަ ނުވިސްނުނީތަ؟ އަހަރެން ލާޝް ދެކެ ލޯބިވާ ވަރު އަންދާޒާ ވެސް ކޮށް ނުލެވޭތަ؟ އަހަންނަށް ލާޝް ބޭނުންވާ ވަރަށް ލޯބި ނުދެވެނީތަ؟ ތި ގޮތަށް ކަންތައް ކުރި އިރު އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅާ މެދު ވެސް ވިސްނާނުލީތަ؟ ބުނެބަލަ. ކޮން ކުށެއްތަ އަހަންނަށް ކުރެވުނީ؟ ތި ގޮތަށް ކަންތައް ކުރަން ކީއްކުރަންތަ އަހަންނާ ކައިވެނި ކުރީ؟” “އަހަރެން އެކަހަލަ ކަމެއް ނުކުރަމޭ ނިއާ. ނިއާގެ ފަރާތުން އަހަރެން ބޭނުންވާ ވަރަށް އުފަލާއި ލޯބި ލިބޭ. އަދި ނިއާ އަހަރެންނަށް ކޮށްދޭ ހުރިހާ ކަމެއް ކޮށްދެނީ ވަރަށް ފުރިހަމައަށް. އެއްވެސް ކަމެއް އުނިވެފައެއް ނެތް. އަހަރެން އެ ހުރިހާ ކަމަކަށް ނިއާ އަށް ޝުކުރު އަދާ ކުރަން. ދެން ނިއާ ތި ބުނީ އަހަރެމެންނަށް ލިބެން މި އުޅޭ ދަރިފުޅާ މެދު ވެސް އަހަރެން ވިސްނާނުލައޭ؟ ނޫން ނިއާ އަހަރެން ވަރަށް ވިސްނަން. އަހަރެން ބޭނުން އަހަންނަށް މަންމާ އޭ ކިޔާފަ ގޮވާލާނެ ލޯބި ލޯބި ކުއްޖެއް. ނިއާ އަށް ތި އުޅެނީ ކުށްހީ އެކޭ ކުރެވިގެން.” “އަދިވެސް ދޮގު ހަދަން ދޯ ތި އުޅެނީ. އަޅެ ފަހެ އަހަރެންގެ މި ދެލޮލުންނޭ ދުށީ ލާޝް އާއި އެ މީހާ ތިބި ގޮތް. މި ހިތަށް ހާދަ އަސަރެއް ކުރިއޭ. އަހަރެން ލާޝް ވެރިއެއް ނުކުރާނަން. އަހަރެން ލާޝް ވަރި ނުކޮށް ލާޝް އާއި އެކު އުޅެން މި ނިންމީ ލާޝްގެ ބަނޑުގަ ތި އޮތީ އަހަރެންގެ ވެސް ދަރިއަކަށް ވާތީ. ހަމަ އެކަނި އަހަރެމެންނަށް ލިބެން މި އުޅޭ ދަރިފުޅުގެ ހައްގުގައި.” “ނިއާ… ތިހެން ނުބުނޭ. އަހަރެން ދޮގެއް ނަހަދަމޭ. ގަބޫލު ކޮށްބަލަ.” “ގަބޫލު ކުރަން ބޭނުން ވިޔަސް ނުކުރެވޭނެ. އަހަރެން ދެކުނީމޭ ތި ދެ މީހުން ތިބި ގޮތް.” ނިއަލް މިހެން ބުނި ގޮތަށް ބާރު ހިނގުމެއްގައި ގޮސް ގޭން ނިކުމެ ކާރަށް އަރާ ދުއްވާލިއެވެ.

އޭރު ވާރޭ ހުއްޓައިފިއެވެ. ޖައްވުގައި ހިފައިފައިވާ ތެތް ފިނި ކަމުގެ ސަބަބުން ހިތްތަކަށް ހަމަ ޖެހުން ގެނުވައި ދޭނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. އެހާ ވެސް ހިތްގައިމެވެ. ޖެހިލާ މަޑު ވައިރޯޅި ތައް ގައިގައި ބީހިލައިފައި ދާއިރު ކުރެވޭ އިހުސާސް ބުނެދޭން ވެސް ދައްޗެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާތާ މަދު ފަހަރަކު ނޫނީ ދުއްވާ އެއްޗެއްގެ ވެސް ހިލަމެއް ނުވެއެވެ. ނިއަލް މާލޭގެ މަގުތަކުގައި ކާރު ދުއްވަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތި އެވެ. ނިއަލް އަށް ވިސްނެމުން ދިޔައީ ލާޝާ އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބާ މެދުއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ނިއަލްގެ ހިތުގައި ލާޝާ އަށްޓަކައި އުފެދިފައިވާ ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. އެތައް އިރެއް ވަންދެން ވިސްނަން ހުރުމަށްފަހު ނިއަލް މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ.

ލާޝާ އިނީ ގޭގެ ތަނަވަސް ބޮޑު ސިޓންރޫމުގައި އެކަކަށް އިށީނދެވޭގޮތަށް ބަހައްޓާފައި އިން ސޯފާގައެވެ. ނިއަލް އަންނާނެ އިރެއްގެ އިންތިޒާރު. ނިއަލް އެހާ ރުޅި އައިސްފައި ހުރި ތަން ފެނުނުމީ ފުރަތަމަ ފަހަރު ކަމަށް ވާތީ ލާޝާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އެކި ހިޔާލުތަކައް ގެއްލިފައި އިން ލާޝާ ސިހުނީ ނިއަލް އައިސް ގެއަށް ވަނުމުންނެވެ. “ކާނަން ތަ؟” ލާޝާ މަޑުމައިތިރި ކަމާއެކު އަހާލިއެވެ. ނަމަވެސް ނިއަލް އެށް މީހަކު އެއްޗެކޭ ކިޔިއޭ ވެސް ހީނުވިތާނގައި އެތާނގައި މީހަކު އިނޭ ވެސް ހީނުވާ ކަހަލައެވެ. ނިއަލް ލާޝާ އަށް ބަލާލުމެއް ވެސް ނެތި ގޮސް ވަނީ ކޮޓަރި އަށެވެ. ނިއަލްގެ މި އަމަލުން ލާޝާގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ލާޝާ ނިއަލް ދެކެ އިންތިހާއަށް ލޯބިވެއެވެ. ނިއަލް އަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އެ ހިތުގައި ރަސްކަން ކުރަމުންދާ ރާޖާ އެވެ. އަދި އޭނާގެ އަލަތު ފިރިމީހާ ވެސް މެއެވެ. ލާޝާގެ ލޮލުން ކަރުނަތައް ފައިބައިގަތީ ބަސް ބުނާހާ ވެސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނިއަލް އަށް ހަގީގަތް ކިޔާދެން ލާޝާ ބޭނުން ވެއެވެ. ނަމަވެސް ވެސް ނިއަލް ދެނީ ބީރު ކަންފަތެވެ. ލާޝާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެ މީހާ އަކީ ލާޝާ ބުނެގެން އެ ގެޔަށް އަައި މީހެއް ނޫނެވެ. އެއީ ލާޝާ ދަންނަ މީހެއް ވެސް ނޫނެވެ. މި ކަމުގެ ލާޝާގެ އެއްވެސް ކުށެއް ނެތް ނޫން ހެއްޔެވެ. ނިއަލް އަށް ހަގީގަތް އެނގޭނެ ނަމައޭ ލާޝާގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވެގެން ގޮސް މިއަދަކީ ލާޝާގެ ބަނޑަށް ފަސް މަސް ފުރުނު ދުވަހެވެ. ވޭތުވެގެންދިޔަ ދުވަސް ތަކުގައި ނައިހާ އާއި ނާއިކް އަށް ވަނީ ނިއަލް ލާޝާ އާއި މެދު ބަހައްޓާ ދުރުކަން ފާހަގަ ކުރެވިފަ އެވެ. ނާއިކް އާއި ނައިހާ ނިއަލް ކައިރީ ކިހިނެއްވީތޯ އެހުމުން ވެސް ނިއަލްގެ ފަރާތުން މާކަ އެދެވޭ ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ލާޝާ ކައިރީ ވެސް އެހިއެވެ. ނަމަވެސް ލާޝާ ހިޔާރުކުރަނީ ހަމަހިމޭން ކަމެވެ.

މެންދުރުގެ ވަގުތެވެ. ނައިހާ އާއި ލާޝާ ތިބީ ލާޝާ މެން ގޭގެ ސިޓންރޫމުގައި ވާހަކަ ދައްކާށެވެ. “ނައި. އަހަރެން ބޭނުން ނައި އާއި ވާހަކަ އެއް ހިއްސާ ކޮށްލަން.” ލާޝާ ބުނެލިއެވެ. ނައިހާ މަޑުމަޑުން ބޯ ޖަހާލީ އަވަހަށް ކިޔާށޭ ބުނާ ފަދަ ގޮތަކަށެވެ. ލާޝާ އެ ރޭގައި ވީ ހުރިހާ ކަމެއް ނައިހާ އަށް ކިޔާދިނެވެ. ބެލްކަނިން އަޑެއް އިވުމުން އިވުނީ ކޮން އަޑެއްތޯ ބެލުމަށްޓަކައި ލާޝާ ބެލްކަނީ ދޮރު ހުޅުވާލިތަނާހެން މީހަކު ކޮޓަރި ތެރެއަށް ވަދެ ލާޝާގެ އަނގަ މަތީގައި އަތް އެޅި ވާހަކަ އާއި، ނިއަލް އަށް ގުޅަން ވެގެން ފޯނު ނެގި ތަނާހެން ލާޝާ އަތުން ފޯނު އަތިލައިފައި އެނދު މައްޗަށް އެއްލާލި ވާހަކަ އާއި، ނިއަލް ކޮޓަރި އަށް ވަތް ވަގުތު އެ މީހާ ލާޝާ ގައިގައި ބައްދާލި ވާހަކަ އާއި، ނިއަލް ލާޝާގެ އެއްވެސް ވާހަކައެއް ގަބޫލު ނުކުރާ ތާނގައި އަޑު ވެސް ނާހާ ވާހަކަ އެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ލާޝާ އަށް ރޮވިއްޖެ އެވެ. އެންމެ ގާތް އެކުވެރިޔާ ރޯތަން ފެނުމުން ނައިހާގެ ދެ ލޯ ވެސް ފެންކަޅި ވެއްޖެއެވެ. ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުނު ކަމަކީ އެ ވާހަކަތައް އަޑުއަހަން އިތުރު މީހެއް ވެސް ހުރި ކަމެވެ.

ގެއަށް ވަދެގެން އައި ނިއަލް އަށް ހުއްޓެން މަޖުބޫރުވީ ލާޝާ އާއި ނައިހާ ވާހަކަ ދައްކާ އަޑަށެވެ. އާނއެކެވެ. ލާޝާ އެ ދައްކަނީ ހަމަ އެރޭގެ ވާހަކަ އެވެ. ނިއަލް ލާޝާ އާއި ދިމާއަށް ހިތު ހުރިހާ އެއްޗެއް ގޮވާލި ރޭގެ ވާހަކަ އެވެ. ލާޝާގެ ދުލުން ބޭރުވި ކޮންމެ ޖުމްލަ އަކުން ހީވީ ނިއަލްގެ ހިތުގައި މީހަކު ހިފާ ބާރު ކޮށްލާހެނެވެ. ނިއަލް އަށް އޭނާގެ ކުއް އިހުސާސް ވެއްޖެ އެވެ. އެހެންކަމުން އެންމެ ވަގުތު ކޮޅެއް ވެސް ބޭކާރު ނުކޮށް ކުޑަ ކުއްޖަކު ފަދައިން ދުވެލާފައި ގޮސް ލާޝާ ގައިގައި އޮޅުލައިގަތެވެ.

މީހަކު ލާޝާ ގައިގައި ބައްދާލުމުން ލާޝާ ދިޔައީ ސިއްސައިގެންނެވެ. އެއީ ނިއަލް ކަން އެނގުމުން ލާޝާގެ ހިތް އުފަލުން ފޮޅުނެވެ. “ސޮރީ ލާޝް. ލާޝް އަހަންނަށް މަޢާފު ކުރޭ. އަހަންނަށް އެނގޭ ވަރަށް ބޮޑު ކުށެއް ކަން މި ކުރެވުނީ. ސޮރީ.” “އިޓްސް އޯކޭ ނިއާ. އަހަރެން ނިއާ އަށް މަޢާފު ކޮށްފިން.” ރީތި ހިނިތުންވުމަކާއި އެކު ލާޝާ ބުނެލިއެވެ. އޭރު އެ މަންޒަރު ބަލަން އިން ނައިހާގެ މޫނު މަތިން ވެސް ފެންނަން ހުރީ އުފާވެރި ކަމެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

ލޯތްބައްޓަކައި(10ވަނަ ބައި)

Next

ވާށޭ މަށާ އެކީ-36

Next
June 30, 2020

ވާށޭ މަށާ އެކީ-36

Previews
June 30, 2020

ލޯތްބައްޓަކައި(10ވަނަ ބައި)

17 Comments!

  1. Aish says:
    July 1, 2020 at 10:34 am

    Wowww dear ❤️?❤️? this part is awesome ???? Masha Allah. hieh nukuran Nial ah ehaa avahah hageegai engeyne kamakah ❤️❤️❤️❤️❤️ ekam rangalhu thaa dhw. When next can’t wait….. Masha aslu v kada vaane dhw???
    Tvgc
    Stay safe

    1. autti_quin._ says:
      July 22, 2020 at 1:59 pm

      Ahahah thanks Aish ☺️❤️

  2. ❤️lamee❤️ says:
    July 1, 2020 at 10:46 am

    Hey safarey nial aa laasha dhure nukeraathi ingey
    ??

    1. nash says:
      July 1, 2020 at 12:36 pm

      ???????

    2. autti_quin._ says:
      July 1, 2020 at 8:19 pm

      ?????

  3. nash says:
    July 1, 2020 at 12:38 pm

    bune vx nulaa vhk eba liyan dhw….BTW mi story hama habeys….??????

    1. autti_quin._ says:
      July 1, 2020 at 8:18 pm

      Thnks..
      Dhn mihaaru engihje ehnu liyaa kan vx?❤️

  4. Lamko says:
    July 1, 2020 at 12:57 pm

    Varah varah reethi…sis ekm kudhi kudhi mistake eba huri nxt part ga rangalhu kollahchey???
    Waiting…..???

    1. autti_quin._ says:
      July 1, 2020 at 8:19 pm

      Thank u lamko…❤️

  5. ❤️lamee❤️ says:
    July 1, 2020 at 10:48 pm

    Hey tha gey bio ga konmes ehcheh liyabaa??

    1. autti_quin._ says:
      July 22, 2020 at 2:00 pm

      Hmm hmmm♥️

  6. ❤️lamee❤️ says:
    July 1, 2020 at 10:50 pm

    Asluves v ehen kahala mi vaahaka . Anehkaa thah dhimaavuthe mi kahala kameh? ekm v reethi

    1. nash says:
      July 2, 2020 at 8:09 am

      kuriyaalaa liyanu kanneynge marry kuryma vane goiye andhaaza kohlaafa

    2. autti_quin._ says:
      July 2, 2020 at 10:55 pm

      Adhi dhimaeh nuvey. Thah hama engeynu adhi myhakaa vx nynna kan?

    3. autti_quin._ says:
      July 2, 2020 at 10:56 pm

      ?

  7. ❤️lamee❤️ says:
    July 2, 2020 at 8:51 am

    Hmm ekm Inna fahunves dhera gotheh nuvehjuvvaa rangalhenu

    1. autti_quin._ says:
      July 22, 2020 at 2:00 pm

      ???‍♀️

Comments are closed.

Next Episodeނޭދެމޭ ދުރުވާކަށެއް ލޯބިވާ…10←


All Right Reserved!